ދޮންވެލިގަނޑުގައި ފައި ޖެހުމާއެކު ގައިން ހީބިހި ނާގާހާވެއެވެ. ނަމަވެސް މަޑުފިޔަވަޅުގައި ގޮސް އަހަރެންނަށް ފުރަގަސްދީގެން މޫދަށް ބަލަހައްޓައިގެން، ހުދުކުލައިގެ އަތްދިގު ގަމީހަކާއި މަޑުނުކުލައިގެ ޖިންސުގައި ހުރި ޒުވާނާއާއި އަރާ ހަމަކޮށް މަޑުކޮށްލީމެވެ. އަދި، ހާސްވެފައި ހުރި ނަމަވެސް ބަހެއް ބުނެވޭތޯ އުޅުނީމެވެ. “މިއައީ” . ސިއްސައިގެން ގޮސްފައި އޭނާ އެނބުރިލީ އުފަލުން ފޮޅިފައިވާ މޫނަކާއި އެކުގައެވެ. “އާހް…” ދެތިން ފުންނޭވާލުމަށްފަހު އަހަރެންގެ ދެއަތްތިލަ ނަގާ އޭނާގެ ދެއަތުން ވަރަށް ލޯތްބާއެކު ފިތާލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އަހަރެންނާއި […]
“އަހަރެން ގަބޫލެއްނޫން މަރިޔަން އެކަނި ތަންތަނަށް ދާކަށް. މަނިކަށް އިނގޭތަ، އިހަށްރޭ އެމަންޖެ ކައިރީ އެހެން ފިރިހެންކުއްޖެއް އިންދާ ދެކުނިން.” ކިތަންމެ ސިއްރުން ބުނި ނަމަވެސް މަންމަ އެދެއްކިވާހަކަ ބައްޕަޔާއި އެއްވަރަށް އަހަރެންނާއި އަދި ޒުހުރާއަށްވެސް އަޑުއިވުނެވެ. އެއާއެކު މަންމަ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އެވަގުތު ހާސްކަމާއެކު ޒުހުރާއަށް ބަލާލެވުނެވެ. ދެރަވީ އަހަރެންގެ ނިންމުންތަކާމެދު މަންމަ ނުރުހޭކަން އެނގުމުންނެވެ. ޒުހުރާ ސޯފާއިން ތެދުވެ، ކައިރީގައި މޮޅޮވެރިކަމާއެކު އިސްޖަހައިގެން ކޮޅަށް ހުރި އަހަރެންނަށް ބަލާލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. ޖަވާބުގައި ޒުހުރާއަށް ހިނިތުންވުމެއްދޭން މަސައްކަތް […]
ހިނިތުންވެލާފައި މީޓިންގް ރޫމަށްދާން ހިނގައިގަތްތަނާ ފުރަގަހުން އަނެއްކާވެސް އިވުނީ ޒުހުރާގެ އަޑެވެ. “ޑރ.އިމްޔާ!” އަހަރެން ފަސްއެނބުރި ބަލާލީމެވެ. “ކީކޭ ޒުހުރާ؟” މިފަހަރު ރިސެޕްޝަނާ ތަންކޮޅެއްދުރަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ޖެހިލުންވެފައި ކަހަލަ ގޮތަކަށް ޒުހުރާ ވާހަކަދައްކަން ފެށިއެވެ. “ޑޮކްޓަރ! މިފަހަރު ހަނިމާދޫ އަށް ދުރުވާ ދަތުރުގައި އަޅުގަނޑަށްވެސް ދެވޭނެނަމަ. އަތޮޅުގެ ރަށްތަކުން އަޅުގަނޑަށް އެންމެރީތި ރަށަކީއެއީ. އެހެންވެ މިދެންނެވީ. ” ޒުހުރާގެ ވާހަކަ ހުރިގޮތުން އަހަރެންނަށް ހެވުނެވެ. “ހާސްނުވޭ. ތިކަމަށް ހުއްދަ ހޯދާނަން. ދެންދަނީ. މިހާރު އެއޮއްގެން 3 […]
“ހައި! ކޮންނަމެއް ކިޔަނީ؟” ލަވައިގައި އިވުނުހެން އެއަޑުގައި ވަނީ ޝާއިރީ ކަމެކެވެ. އަހަރެން ޖަވާބުނުދިނުމުން ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް އޭނާގެ މޫނުމަތީގައި ކުރިން ފާޅުވަމުންއައި ލާނެތްކަން ފިލައި ގޮސްފިއެވެ. އަދި އަވަސްއަވަހަށް އަހަރެންގެ އަނގަ މަތިން އޭނާގެ އަތްތިލަ ދުރު ކޮށްލިއެވެ. ހިތްހަމަޖެހުމުގެ ނޭވާޔާއެކު އަހަރެންގެ “އާހް”ގެ އަޑު މުޅި މާހައުލަށް ފެތުރިގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅައި ހަމަޖެހިލީމެވެ. އަދި އެތަނުންދިޔުމަށް އައިކޮޅަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލްތަކުން އޭނާވެސް އިތުރު ބަހެއްބުނަން ޖެހިލުންވެފައި އިނެވެ. […]
ދުނިޔެ އަކީ ހުވަފެނީ ޢާލަމެކޭ މީހުން ބުނެ އުޅެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަކީ ކޮންމެ ހިނދުކޮޅެއްގެ ޙަޤީގަތެވެ. އުފަންވީއްސުރެ މިއަދާހަމައަށް އަހަރެންގެ ހަމައެކަނި ހުވަފެނީ ޢާލަމަކީ، މީހުންނާއި އެކަހެރިވެ ހޭދަކުރާ ވަގުތުތަކެވެ. މިފަދަ ކޮންމެ ވަގުތަކީވެސް އަހަރެންނަށް އާހުވަފެނެއް ދައްކާފަދަ ޖާދޫއެކެވެ. އުއްމީދުކުރެވެނީ އަދި އިންތިޒާރުކުރެވެނީވެސް، ތަޤްދީރުގެ ފަންސުރުން އެހުވަފެންތަކުގައި ކުލަޖެއްސޭނެ ދުވަހަކަށެވެ. ކޯރުގެ އަނެއްފަރާތުގައި، ދުނިޔެއިން ލިބެން އޮތްހައި އުފަލެއް، އަހަރެންނަށް އިންތިޒާރު ކުރާ ކަހަލައެވެ. އެފަރާތަށް ދެވޭނީ ކޮންދުވަހަކުންބާއެވެ. އެ ހުވަފެނީ ޢާލަމުގައި، އިރުގެ ރަން ދޯދިން ފެންވަރަމުން، އެކިކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި، ދެއަތް […]