އިޝާ ނަމާދުން ފައިބައިގެން ތިން ފިރިހެނުން އެއްކޮށް އަރޫޝާގެ ކޮޓަރިއަށް ވަނެވެ. އިރުތަކެއްނުވެ އިވެން ފެށީ ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ. ގަޑިން އެއޮތް ނުވަގަޑި ބައި ވަނީއެވެ. އަދިވެސް ޝާހިދުގެ ކިޔެވުމުގެ އަޑެއް ނުކެޑެއެވެ. ހަރުހިއްކާލާ ކޮންމެ ފަހަރު ފެންފޮދެއް ބޯލައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އަރޫޝާވަނީ ވޭނެއްގައިކަން އޭނާގެ ކުކުރުމުގެ އަޑުން އެނގެއެވެ. ދޭތެރެއަކުން ގަދައަށް ހެލިގަނެއެވެ. ލާމިއު އަރޫޝާގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު އަޝްފާން އޭނާގެ ކޮއްކޮގެ އަތުގައި ބާރަށް ހިފަހައްޓައިގެން […]
ބައްޕާ! ލޯ ހުޅުވާލެވުނުއިރު ލައިބާ އޮތީ ދާހިތްލާ ފޯވެފައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހީވަނީ ދެންމެދެންމެ ބޭރަށް ނިކުމެދާނެހެންނެވެ. ފުންމައިގެން ކޮޅަށް ތެދުވެ އެކި ފަރާތްފަރާތައް ނަޒަރު ހިންގާލިއެވެ. ދަރިފުޅާ! ކިހިނެތްވީ ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ ؟ އަދުނާނުގެ ލޯބިން ފުރިގެންވާ އަޑު ކަންފަތުގައި ޖެހުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ބައްޕަގެ ގާތުގައި އިށީނދެ އަދި ކިހާއިރެއް ވާނެތޯ ސުވާލުކޮށްލިއެވެ. އަދުނާނު ބޯޓުގެ ދިރުނބާކޮޅަށް އިޝާރާތްކޮށްލުމުން […]
ރޭގަނޑުގެ ކެއުމަށްފަހު އަރާމުކޮށްލުމުގެ ނިޔަތުގައި ކޮޓަރިޔަށް ވަން ލޫކް އޭނާގެ އެނދުމައްޗަށް ޖެހިގަތެވެ. ކައިރީގައި އޮތް ކަންނެޔޮ ބާލީސް ނެގުމަށްފަހު އޭގައި ބައްދާލީ އްރާމުކޮން ނިދުމުގެ ނިޔަތުގައެވެ. އަދި ފުންނޭވާއެއް ލުމަށްފަހު އޭނާގެ އެ ރީތި ލޯ މަރާލިއެވެ. ނަމަވެސް އެތައް ގަޑިއިރެއް އެތައް މިނެޓެއް ފާއިތު ވެގެން ދިޔައިރުވެސް ލޫކް އަކަށް ނުނިދުނެވެ. ލޫކްގެ ސިކުނޑީގައާއި ހިތުގައި ރަނިކަން ކުރަމުން ދިޔައީ މިއަދު ފެނުން އެ ހޫރެއް ފަދަ އަންހެން ކުއްޖާއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކަށް […]
ވަށައިގެން ވެރިވެފައިވަނީ އަނދިރިކަމާއި ނާމާންކަމެވެ. ބޯކަށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު އިވެމުންދަނީ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ. ވިދާލާ ކަންމެ ވިދުވަރަކާއިއެކު ކޮންމެ މީހަކުވެސް އެމީހަކާއި އެންމެ ގާތުގައި އިން މީހެއްގެ އަތުގައި ބާރަށް ހިފަހައްޓާލެވެނީ ދެން އިވިގެންދާނެ އަޑަކަށް ބިރުވެރިކަމާއިއެކު އިންތިޒާރު ކުރާ ހާލުގައެވެ. މިގޮތުގައި ހޭދަވީ ކިހާ ވަގުތެއްކަންވެސް އެއިން މީހަކަށް ނޭނގެއެވެ. ކޮންމެ މީހަކުވެސް ހެއްދެވި ފަރާތަށް ވަކީލުކޮށްލައިގެން އިނީ އެ ބިރުވެރިކަމުން ސަލާމަތްވޭތޯއެވެ. ބޯޓަށްއައި ކުއްލި ލޮޅުމާއިއެކު ކަނާތްފަރާތުން ބިންދާލި ރާޅުގެ […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެން ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
ކޮޓަރިން ނިކުމެގެން ހިގާފައި ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ. ” އަޅުގަނޑަށް އެނގޭ ދައްތަ މާޔާއާއި ދޭތެރޭ ވިސްނާކަން.. އެކަމަކު ދައްތަގެ ތި އެދުން ކިހިނެތް..” އެކޮޅުން އިވެމުން ދިޔައީ ފާރިލްގެ އަޑެވެ. ” ދައްތައަށް އެނގޭ ހުރިހާ ކަމެއްވެސް.. ފާރިލް މާޔާ ދެކެ ލޯބިވާކަންވެސް އެނގޭ… ދައްތަ މާޔާގެ ދިރިއުޅުމާއި މެދު ވިސްނައި މިހާރު ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ… ދައްތަ އަށް ކަމެއް ކޮށްދެންޏާ […]
ވަށައިގެން ވެރިވެފައިވަނީ އަނދިރިކަމާއި ނާމާން ކަމެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު އިވެމުންދިޔައީ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ.
“އިޝާ ، ކޮންތާކަށް” އަޝްފާން އަވަސްއަވަހަށް އަހާލިއެވެ. އެހެންނަމަވެސް އިޝާއަށް މި އަޑު އިވުނުހެން ހީނުވެއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެއޮތް ޓްރެފިކް ބޮޑު މަގުން ޕޭމަންޓަށް އެރިއެވެ. އަޝްފާންއަށް މިމަންޒަރު ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. އޭނާއަށް އިޝާ ގެއްލިއްޖެއެވެ. ކާރުން ފައިބައި ވަށައިގެން ހޯދި ނަމަވެސް އިޝާގެ އެއްވެސް ހިލަމެއް ނުވިއެވެ. ނިދަން އެނދުމަތީއޮތް ފަޒުނާއަށް އޮވެވުނީ ހިނިތުންވެވިފައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަޝްފާންގެ ފިރިހެންވަންތަ ކެމެވެ. އެމަސްތުވީ ބެލުމެވެ. އެ […]
ތޫފާނީރެއެކެވެ.ވައިއެހާ ބާރެވެ.ނަމަވެސް މަގުމެދުން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް އެކަނިމާއެކަނި ހިގަމުން ދެއެވެ.ގައިގަ ވަރެއް ނެތްފަދައަކުންނެވެ.ކުޑަދޮރު ކައިރީގައި ހުރި ނަވިންއައް ކުއްލިއަކަށް މަގު ހުރަސް ކުރި މި ކުއްޖަ ފެނިއްޖެއެވެ.ނަވިންއަށް އަތުގައި އޮތް ގަޑިއަށް ބޭއިހްތިޔާރުގަ ނަމަވެސް ބެލިއްޖެއެވެ.އަސްތާއެވެ.ގަޑިން އެކެއްވެސް ޖަހައިފިއެވެ.އެވަގުތު ނަވިންއަށް ހިތް ތެޅޭހެން ހީވިއެވެ.މާބަރަށެވެ.ނަމަވެސް ހިންދިރުވައިލިއެވެ.އަދި ހިަށް އަރަމުން ދިޔައެވެ.އަނެއްކާ އަހަރެން ޖިންނި އަވަލަނީ ހެއްޔެވެ.މިހާ ދަންވަރު އެހާ ރީތި ސޫރައެއްގައި ހުރި އަންހެން ކުއްޖެއް މަގުން ފެނިދާނެ ހެއްޔެވެ.ހިތް ކިތަންމެ ސުވަލެއް ކުރަމުން […]