“ތިއީ އަނެއްކާ ކޮން ރަށެއްގެ ކާކު؟” ޝާއިރާ ސުވާލުކުރިއެވެ. “ހަމަ ތަނަކުން މީހަކު ފެންނަން ވާއިރަށް ކައިވެންޏާ ހިސާބަށް ދާކަށް ނުވޭނު. އެ ވެދާނެ ކޮންމެފަދަ ސުންޕާ މީހަކަށް ވެސް”، ޝާއިރާ މި ބަސް އެއްލީ ހަމްނާއަށެވެ. އެގަޑީގައި ޝާއިރާގެ ކަޅި ހުއްޓިފައި ހުރީ ސީދާ ހަމްނާއަށް ކަމުން، އެކަން އެއްވެސް މީހަކަށް ވަންހަނާއެއް ނުވެއެވެ. “މިއީ އަނެއް.. މަންމަ އެ ބުނަނީ އެ މީހަކު ދަސްްކުރަން ވެސް ދުވަސް ނަގާނެ ނޫންހޭ!” އަލީ ހާރޫން ވަގުތުން […]
އެދުވަސް ނިމިގެންދިޔަ އިރުވެސް ހަމްނާއާ އާޒާދުގެ މައިންބަފައިންނަކާ އިތުރަކަށް ބައްދަލެއް ނުވިއެވެ. ކާން ނޫން ގޮތަކަށް ކޮޓަރިން ބޭރަށް ނުކުންނަން ހަމްނާއަށް ނުވެސް ކެރުނެވެ. ކާން ދިޔައީ ވެސް އާފްރީން ބަލާ އައިމައެވެ. އަނެއްކޮޅުން، މެންދުރުފަހު ގެއިން ނުކުމެގެންދިޔަ އާޒާދު އެނބުރި ގެއަށް އައީ ރޭގަނޑު 10 ވެސް ޖެހި ފަހުންނެވެ. އެހެންކަމުން، ސުވާލެއް ނުކޮށް ހަމްނާއަކަށް ކެތެއް ނުވިއެވެ. “ކޮންތާކަށް ދިޔައީ؟” މަޑުމައިތިރި ރާގެއްގައި ހަމްނާ އަހައިލިއެވެ. “ތިމާގެ މީހެއްގެ ގެއަށް ގޮސްލާފަ. ދެން އައި މަގުމަތިން ކުޑައިރުގެ […]
އާފްރީން ދިޔުމުން އަނެއްކާވެސް ހަމްނާ އެކަނި ވިއެވެ. އާފްރީން އޭނާ ކައިރީގައި މަޑުކޮށްލާށޭ ކިޔައި އޭނާ އެތާ ބައިންދާފައި ދިޔުމުން ހީވީ، އާޒާދު މަންމަމެން އުޅޭ ތަނަށް ދިޔުމުގެ ހުއްދަ، ހަމްނާ ކަހަލަ “ބީރައްޓެއްސަކަށް” ނެތީ ހެނެވެ. ކިތަންމެ ދެރަ ނުވާން އުޅުނަސް، ހަމްނާ އިނީ މާޔޫސްވެފައި ކަން މޫނުން އެނގެއެވެ. އާފްރީން ވަދެފައި ވެސް އެތައް އިރެއް ވީ ފަހުން ބަޔަކު މީހުން ވާހަކަ ދައްކާ އަޑު އިވިގެން، ކަރު އެލިފައި އިން ހަމްނާ ސޯފާގައި […]
ރާއްޖެ ދާން އާޒާދު އެއްބަސް ވިއިއިރު އޭނާގެ ޝަރުތެއް އޮތެވެ. އެއީ އެކޮޅަށް ގޮސްފައި ހުންނަން ޖެހޭނީ އޭނާގެ އުފަން ރަށުގައި، އޭނާގެ މައިންބަފައިން ކައިރީގައެވެ. އެކަމަކު ހަމްނާ މަންމަމެން ކައިރިއަށް ވެސް ޒިޔާރަތް ކުރާނެ ކަމަށް އާޒާދު ވަޢުދުވިއެވެ. ހަމްނާ އެކަމަށް ރުހި ޤަބޫލެވެ. އެއާއެކު، ރާއްޖެ ދާން ވާއިރަށް ބާޒާރުކުރަން ދެމަފިރިން އަވަސްވެގަތެވެ. ދެފަރާތުގެ އާއިލާއަށާއި ގާތް މީހުންނަށް ހަދިޔާ ގަނެފައި ފޮށީގައި އަންނައުނު ލާން ވެސް ޖާގަ ލިބުނީ ކިރިޔާއެވެ. ވެލާނާ އިންޓަނޭޝަނަލް […]
ފެންވަރައި ނިމިގެން، ތުވާލި އޮޅާލައިގެން ހަމްނާ ނުކުތެވެ. އޭރު ތެތް އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. ހަމްނާ އާޒާދު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އާޒާދު އޮތީ ދެލޯ މަަރައިގެން، ނިތްކުރިމަތީގައި އަތް ބާއްވާލައިގެނެވެ. އެކަމަކު ނިދާފައި އޮތްހެނެއް ހިއެއް ނުވެއެވެ. ހަމްނާ ލަދު އެއްފަރާތްކޮށްފައި އާޒާދު ކައިރީގައި އިށީނެވެ. އަދި އާޒާދުގެ އަތުގައި މަޑުމަޑުން އިނގިލި ހިންގައިލިއެވެ. ހަމްނާ، އާޒާދުގެ އިޝާރާތަކަށް ބަލަބަލައި އިންދައި އާޒާދު ކުރިކަމަކުން ހިތް ގެނބިގެން ދިޔައެވެ. އާޒާދު ހަމްނާގެ އަތް ދުރަށްޖައްސައިލީއެވެ. އަދި […]
ހަމްނާ އެ އިން ގޮތަށް އިންދައި އާޒާދު ނުކުތެވެ. އަދި ހުދު ހެދުމުގައި އިން ހަމްނާއަށް ބަލާލާފައި، އެ ދިމާއަށް ހިނގައިގަތެވެ. އާޒާދުގެ ފިޔަވަޅުގެ އަޑު އިވުނަސް، ހަމްނާ އިނީ ދެލޯ މަރާލައިގެނެވެ. މި ވަގުތުކޮޅަކަށް އޭނާ ތައްޔާރެއް ނޫނެވެ. އެވަގުތު އާޒާދު، ހަމްނާ އިން ދިމާގައި ހުރި ބެލްކަނީގެ ދޮރު ޖަހައި، ދޮރުފޮތިގަނޑު ކަހައިލިއެވެ. ހަމްނާގެ ހަތަރެސްފައި ފިނިވެގެން ގޮސް ހީވަނީ ގަނޑުފެންކޮޅެއް ހެނެވެ. އޭނާ އިސްޖައިގެން އިނީ އާޒާދު އަށް ބަލާލާނެ ހިތްވަރުވެސް ނުލިބިފައެވެ. […]
އެދުވަސްވަރު ހަމްނާގެ އާއިލާގައި ތިބި އޭނާއާ އެއް އުމުރުފުރައިގެ ދެ ކުއްޖެއްގެ ކައިވެނި ކުރެވިގެންދިޔައެވެ. އޭނާއަށް އެ ހަފްލާތަކަށް ނުދެވުނަސް، ބަރާބަރަށް މީސްމީޑިއާ މެދުވެރިކޮށް ދިޔައީ ޚަބަރު ބަލަމުންނެވެ. ހަމަ އެ ވާހަކަ ދައްކަން ހަމްނާގެ މަންމަ ގުޅި ދުވަހެއްގައި، ހަމްނާ މީހަކާ އިންނާނީ ކޮން އިރަކުންތޯ ވަރަށް ނޫން ކަމަށް ހަދާފައި މަންމަ ސުވާލުކުރިއެވެ. ހަގީގަތުގައި، ހަމްނާއަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަށްވުމުން، އެމީހުން ބޭނުންވަނީ ހަމްނާ އަވަހަށް މީހަކާ އިނދެ ހަޔާތެއް ފައްޓާނެ […]
މޫނު ދޮވެލައިގެން، ވަރަށް އާދައިގެ ގޮތަކަށް ގޭގައި އަޅާ ބުރުގާ އަޅައިގެން ހަމްނާ ތިރިއަށް ފޭބިއެވެ. އާޒާދުގެ ކާރު ކައިރީގައި މަޑުކޮށްލުމުން ދޮރު ހުޅުވައިދިނެވެ. ހަމްނާ އެތެރެއަށްވަދެ ކުރީ ސީޓުގެ ހަމަޖެހިލިއެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ވާން މިއުޅެނީ ކީއްކަމެއް އެނގެނީއެއް ނޫނެވެ. “އެންމެފުރަތަމަ ހަމްނާގެ ހިތުގަ ހުރި ސުވާލުތަކަށް ޖަވާބު ދޭނަން. އަހަރެން މިކޮޅަށް މިއައީ ހަމަ ދެންމެ ކަހަލަ ގޮތަކަށް. އެއާޕޯޓުން ސީދާ މިތަނަށް މިއައީ. 13 ގަޑިއިރުގެ […]
މެލޭޝިއާއަށް އެނބުރި ގޮސްފައި ކިޔެވުމަށް ހަމްނާ އިތުރު އިސްކަމެއް ދޭން ފެށިއެވެ. ގިނަ ވަގުތު ގޭގައި ހޭދަކުރިޔަސް، ބޭކާރު ވިސްނުންތައް ވިސްނަން ވަގުތެއް ނުވެއެވެ. އެހެން އުޅެނިކޮށް އެއްދުވަހަކު ކްލާހުގައި ނަގައިދިން ފިލާވަޅެއްގެ ތެރެއިން ވީޑިއޯއެއް ދައްކަން ފެށުމާއެކު، ހަމްނާގެ ސަމާލުކަން އެކީ ސްކްރީނަށް ހުއްޓުނީ ދަންނަ މޫނެއް ފެނިގެންނެވެ. އެއީ އާޒާދު ނޫން ދެވަނަ މީހެއް ނޫންކަން ޔަގީންވުމާއެކު، ހަމްނާގެ ހިތަށް ބުނަންނޭނގޭ ފަދަ ގޮތެއް ވިއެވެ. މިއޮއްހާ ދުވަހު ހަނދާނުން ފިލުވާލާފައި ހުރި ހުރިހާ […]