Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ގޮތެއްވޭ 7

Pinkish
April 5, 2017
4 Mins Read
97 Views
21 Comments

“އަލްހަމްދުލިލްލާހި. މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަަންމަ ނުބުނި ކަމުގައި ވިޔަސް މަންމަ ހާދަ ބޭނުމޭ މާމަ ދަރިއެއް. މިއަދު މަންމަގެމި އެދުން ވެސް ފުރިހަމަ ވެއްޖެ.” ޒާހިދާ މިހެން ބުނީ ޒެއިނާ ބޮލުގައި ފިރުމާލަމުންނެވެ. އޭރު އެދެލޯހުރީ ފެންކަޅި ވެފައެވެ. ޒެއިނާ ހުރީ ޝޮކެއްގައެވެ. ނަމަވެސް ޒާހިދާ ދެއްކި ވާހަކައަޑު އިވުނެވެ. ޒޭން ވެސް އޭރު ހުރި ފިޔަވަޅުމަތީ ހުއްޓެވެ.

“ތިތާ ނުހުރެ އާދެބަލަ މިކޮޅަށް” ޒޭން އަށް އިޝާރަތް ކުރަމުން ޒާހިދާ ބުނެލިއެވެ. ޒޭން އައިސް ޒެއިނާ ގެ އެނދު ކައިރި އިން ގޮނޑީގައި އިށީއިނެވެ. އެއަށްފަހު އެތާ އޮތް ބޭސް ސިޓީ ހިފައިގެން ތެދުވުމަށްފަހު ޒާހިދާ ވާހަކަ ދައްކަން ފެށިއެވެ. “އަންނާނަން ބޭސް ނަގައިގެން” “މަންމާ އަޅުގަނޑު” ޒޭންގެ ވާހަކަ ޒާހިދާ މެދު ކަނޑާލިއެވެ. “މަންމަ އަށް ވެސް އިގޭނޭ. ހުރޭ މިތާ” ޒާހިދާ މިހެން ބުނެފަ ނިކުމެގެން ދިޔައެވެ.

ޒޭން ޒެއިނާ އަށް ބަލާލިއެވެ. “ އައިމްސޮރީ ޒެއީ.އަހަރެންގެ ސަބަބުން މިހެން މިވީ.” ޒޭންވާހަކަ ދެއްކިއެވެ. މިއޮއްހާއިރު އިސްދަށަށް ޖަހައިގެން އިން ޒެއިނާ އިސްއުފުލާ ޒޭން އާދިމާލަށް ބަލާލިއެވެ. “މިކަމުގަ ޒޭން އާ އެއްވަރަށް އަހަރެންވެސް ކުއްވެރިވާނެ. އެކަމް އެކަން ނުވާކަމަކަށް ނުވާނެ. ދެން ވީ ކަމެއް ވީ. އަސްލު ބުނަން. ވަރަށް ހެޕީވޭ ބޭބީ އެއް ލިބެން އުޅޭތީ. އަހަރެން މަންމަ އަކަށް ވަނީ ހެހެ” ޒެއިނާ ގެ މިވާހަކައިން ޒޭން އަށް ވެސް ހިނިތުން ވެވުނެވެ. “އެންޑް އަހަރެން ޑޭޑް އަށް.”

ޒެއިނާ ހޮސްޕިޓަލް އިން ދޫކޮށްލިއިރު ހުރީ ރޭނގަޑު 11 ޖަހާފައެވެ. “ކޮންތާކުން 3 މީހުން ތި އައީ؟” ގެެއަށް ވަދެގެން އައި ޒާހިދާ ޒެއިނާ އަދި ޒޭންފެނުމުން އުމަރު އަހާލިއެވެ. “ބައްޕަ ކޮންއިރަކު އައީ؟” ޒޭން ވެސް ކޮށްލީސުވާލެކެވެ. “ ބައްޕަ އައިއްސިން 9 ޖަހާކަށް ހާއިރު. އެކަމް އާއިރު އެކަކުވެސް ނެތް. ކޮންތާކުން ތި އައީ؟

“އުމަރު އަށް އިނގޭތަ އުމަރު ކާފަ އަކަށް ވަނީއޭ.” ޒާހިދާ އުމަރު ކައިރިއަށް ޖެހިލަމުންބުނެލިއެވެ. “ނާހަމަތެދެއް؟” އުމަރު އަށް ބުނެވުނެވެ. ޒާހިދާ ބޯ ޖަހާލިއެވެ. “އަސްލުވެސް ދަރިފުޅާ ވަރަށް އުފާވެއްޖެ. ދަރިފުޅު ދެން އޮފީހަށް ދާނެ ކަމެއް ނެތް. ބައްޕަ ޒަރީރު އަށް ވާހަކަދައްކާނަން.” އުމަރު ބުނެލިއެވެ. “މާދެން ރޭ ވާނެ ކުޑަ ޕާޓީ އެއް ބާއްވާލަން” ޒާހިދާ ބުނެލިއެވެ. މިކަމަށް އުމަރު ވެސް އެއްބަސް ވިއެވެ. ޒެއިނާގެ މަންމަ އަދި ބައްޕަ އަށް ވެސް އެހަބަރު ދިނެވެ. އެމީހުންވެސްހުރީ ވަރަށް އުފަލުންނެވެ.

އާދުވަހެކެވެ. “ޒެއީ އަހަރެން މިދަނީ އޮފީހަށް. އެކަމް ތެދުވެގެން ނުވާނެ. ކަމެއްބޭނުން ވިއްޔާ މަންމަ އަށް ގޮވާނީ. މިއަދު ޑެކޮރޭޝަން ކުރަން އަންނާނެ މީހުން. “ ޒޭން ވާހަކަ ދެއްކީ އެނދުމަތީ އޮތް އޭނަގެ ލެޕްޓޮޕް ބެގް ކޮނޑުގައި އަޅުވައިލަމުންނެވެ. “ހޫން. އެކަމް އަހަރެ ފޫހިވާ އިރަށް ދާނަން އެތާ ސިޓިންގްރޫމްއަށް ޓީވީ ބަލަން” ޒެއިނާ ތުން ދަމާލަމުން ބުނެލިއެވެ. “މިތާވެސް މީނީ ޓީވީ” “ހެވޭ. އަހަރެން ދާނީ ބޭރަށް މިތާ އިންނަން ފޫހި. އޭރުން ޑެކޮރޭޝަންކުރާ ތަންވެސް ފެންނާނެ.” ޒޭންގެ ވާހަކަ ފުރިހަމަ ނުވަނިސް ޒެއިނާ ބުނެލިއެވެ. ޒޭން އޯކޭ އޭ ބުނެލަމުން ނިކުމެގެން ދިޔައެވެ.

ޒޭން ކާރަށް އަރައިގެން ނައްޓާލަނިކޮށް އެތާ މަގުމަތީ ހުރި ހުދާ ފެނުނެވެ. ހީވާގޮތުން ޓެކްސީ އެއް ނުލިބިގެން ހުރީއެވެ.”އަރާ ގެންގޮސްދޭނަން.” ޒޭން ހުދާ ކައިރިއަށް ކާރު މަޑު ކޮށްލަމުން ބުނެލިއެވެ. ހުދާ ހިނިތުންވެލުމަށްފަހު ކާރަށް އެރިއެވެ. “އޭ މިރޭ އަންނައްޗޭ އަހަރެމެން ގެއަށް . ކުޑަ ޕާޓީ އެއް އޮންނާނެ. އިޔާންވެސް ގޮވައިގެން އަންނައްޗޭ.” ޒޭން ބުނެލިއެވެ. “އެހެންތަ. ކޮން ޕާޓީއެއް؟” ހުދާ ސުވާލުކޮށް ލިއެވެ. ޒޭން ޒެއިނާ ބަނޑުބޮޑު ވާހަކަބުނެލިއެވެ. “ އަސްލުތަ.އަޅޭ. ކޮންގްރާ އިގޭ.” ހުދާ ވެސް ބުނެލިއެވެ.

ޒޭން އޮފީސްގެ މަސައްކަތްތަށް ނިމުން އިރު ހުރީ 5 ޖަހާފައެވެ. ޒޭން އަވަހަށް ގެއަށް ދެވޭތޯ އުޅުނެވެ. “މިއޮއް އައީނުން.” ގެއަށް ވަދެގެން އައި ޒޭން ފެނުމުން ޒާހިދާ ބުނެލިއެވެ. ޒޭން ހިނިތުން ވެލުމަށް ފަހު ކޮޓަރިއަށް ދިޔައެވެ. މަންޒަރު ބަލަން އިން ޒެއިނާވެސް ޒޭންގެ ފަހަތުން ދިޔައެވެ.

9 ޖެހިތަނާ މީހުންތައް އަންނަން ފެށިއެވެ. ނޫކުލައިގެ ކަކުލާހަމައަށް އަންނަ ހެދުމަކާ ތިރިއަށް ސކިނީއެއްލާފަ ހުންނައިރު ޒެއިނާ ވަރަށް ރީތި ކަމަށް ދައްކައެވެ. އޭނަގެ ފަން އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ޒޭން އަށް އިރުއިރުކޮޅާ ޒެއިނާ އަށް ބަލާލެވެއެވެ. ޒޭން ވެސް މިއަދު ވަރަށް ސްމާޓެވެ. ކަޅުކުލައިގެ ގަމީހަކާ ޖިންސެއް ލަައިގެން ހުރީމަ އެ ފިރިހެންވަންތަކަން އިތުރުވެއެވެ. ޒޭންގެ ކައިރި ހުރި ޒެއިނާ އަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. އެތަނަށް އަންނަ މީހުންގެ ލޯތަށް ވަނީ އެ ރީތި ޖޯޑަށް ހުއްޓިފައެވެ. އެއްމެން ވެސް ދިޔައީ އެދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

“ދަރިފުޅާ. މަންމައާ ބައްޕަ މިއަދު ހާދަ އުފާވެއްޖޭ” ޒެއިނާގެ މަންމަ އާ ބައްޕަ އައިސް އެމީހުންކުރިމަތީ ހުއްޓިލަމުންބުނެލިއެވެ. ޒެއިނާ އެމީހުންގެ ގައިގަ ބައްދާލިއެވެ. ޒެއިނާގެ މޫނުމަތިން ހިނިތުންވުން އެރޭނުފިލައެވެ. އަންނަ މެހެމާނުންކައިރި ޒޭން މިއަހަރެ އަންހެނުންނޭ ކިޔާފަ ޒެއިނާގެ އުނަގަޑުގައި ހިފާފަ ކައިރި ކުރާއިރު ޒެއިނާ ވަރަށް ވަރަށް އުފާވެއެވެ.

ޒޭން އަށް ދޮރުން ވަދެގެން އައި ހުދާ ފެނުމުން ޒެއިނާ ކައިރި އެބަ އަންނަމޭ ކިޔާފަ ހުދާކައިރި އަށް ގޮސްހުއްޓުނެވެ. “އިޔާން ނާދޭތަ؟” ހުދާ އެކަނި ހުރުމުން ޒޭންއަހާލިއެވެ. “ހޫމް ބޭބީ ކައިރި އެކަކު ހުންނަން ޖެހޭނޭނުން. އެހެންނޫނަސް އޭނަ ވަރަށް ޕާޓީ ތަކަށް ނާންނާނެ. އަހަރެ ވިއްޔަ ހުންނަނީ އަންނަހިތުން ހޭބަލި ވެފަ” ހުދާ މިހެން ބުނެފަ ހޭން ފެށިއެވެ. ޒޭން ވެސް ހޭން ފެށިއެވެ. މިމަންޒަރު ބަލަން ހުރި ޒެއިނާ ގެ ހިނިތުންވުން ފިލާދިޔައެވެ. ޒެއިނާ ހީވަނީ ރުޅިން އަނދާފާނެ ހެންނެވެ. އަތުގައި ހުރި ޖޫސް ތަށި ގޮސްހުދާ މޫނަށް ޖަހާފާނަމޭ ހިތަށް އެރި ފަހަރު ވެސް މަދެއްނުވާނެއެވެ.

“މި ހުދާ. ނުބުންޏަސް އިގޭ ދޯ” ޒޭން ޒެއިނާ ކައިރި އަށް އައިސް ބުނެލިއެވެ. ޒެއިނާ ހިނިތުން ވާން މަސައްކަތް ކުރިއެވެ. ނަމަވެސް ހުދާ އަށް ޒެއިނާގެ ރުޅި މޫނު ހަމަ ރަގަޅަށް ވެސް ފެނުނެވެ. ހުދާ އަށް ހެވޭ ގޮތް ވިއެވެ. އޭނަ އަށް ވާނުވާ އިގޭތީ އެވެ. ޒޭން ވަނީ އޭނަ ކައިރި ހުދާ އަކީ ޒޭންގެ ކްރަޝް އެކޭ ބުނެފަ ވިއްޔާއެވެ.

ޒެއިނާ އެރޭ އެއްކޮށް ޒޭން އަކާ ވާހަކައެއް ނުދައްކައެވެ. ނިދަން އޮއްތަމުން ޒޭން ސުވާލު ކުރީމަ ބޮލުގައި ރިއްސަނީ އޭ ކިޔާފަ ނިދަން މަސައްކަތް ކުރިއެވެ. އޭނައަށް މިވަނީ ކީއް ހެއްޔެވެ.ޒޭން ކޮންމެ ގޮތަކަށް އުޅުނަސް އޭނައަށް ކީއްހެއްޔެވެ. އެ ވިސްނުމުގައި އޮއްވައި ޒެއިނާ އަށްނިދުންއިރެއް ވެސް ނޭނގެއެވެ.

ދުވަސްތައް ހަލުވިކަމާއެކު ގޮސް މިހާރު ޒެއިނާގެ ބަނޑަށް 8 މަަސްވީއެވެ. ޒެއިނާ ބޮޑު ބަނޑެއް ލާފަ އިންނައިރު ވަރަށް ވެސް ރީއްޗެވެ. މި އަށް މަސް ތެރޭގައި ދެމީހުންނަށްވެސް ނޭނގޭ ގޮތްތަކެއްވިއެވެ. ނަމަވެސް އެއީ ކޮންކަމެއްކަމެއް ދެމީހުންނަކަށް ވެސްނޭނގެއެވެ. އިނގޭހާ ވެސް އެއްޗަކީ ދެމީހުން އެކަކު އަނެއްކަކާ ދުރަށް ދާން ބޭނުންނުވާކަމެވެ.

ޒެއިނާ ޒޭން އަށް ބަލާލިއެވެ. މިއަދުވެސް އެ އުޅެނީ އޮފީހަށް ދާށެވެ. ނުދާށޭ ބުނަން ވެސް ބައެއްފަހަރު ޒެއިނާ ހިތަށް އަރައެވެ. ޒޭން ވެސް ހިތަށް އަރަމުން ދިޔައެވެ. އެއްފަހަރު ވެސް ނުދާށޭ ޒެއިނާ ބުނާނަމައެވެ. އޭރުން ނުދާނަމެވެ.

“ކޮންއިރަކުން އަންނާނީ؟” ޒެއިނާ އަހާލިއެވެ. “ޒެއީ ބުނެފިއްޔާ ނުގޮސް ވެސް ހުރެފާނަން” ޒޭން ޒެއިނާ އަށް ބަލާލަމުން އެއްލޯމަރާލަމުން ބުނެލިއެވެ. “އެހެންތަ. ހެހެ. އަވަހަށް އަންނައްޗޭ. ހާދަ ފޫއްސޭ އެކަނި އޮންނަން.” ޒެއިނާ ބުނެލިއެވެ.. ޒޭން ބަލާނަމޭ ބުނެލުމަށްފަހު ނިކުމެގެން ދިޔައީ ދާހިތަކުން ނޫނެވެ. ޒޭން އޮފީހުގައި އެއްވެސް މަސައްކަތެއް ކުރާހިތެއް ނުވިޔެވެ. ހިތް އެދުނީ ގެއަށް ގޮސް ޒެއިނާ އުޅޭގޮތެއް ބަލާލާށެވެ. “ގޯޑް. އަހަންނަށް މިވަނީ ކިހިނެއް؟” ޒޭން މޭޒުމަތީ ޖަހާލަމުންނބުނެލިއެވެ. “ސަރ. 30 މިނަޓްސް ފަހުން މީޓީންގް އޮތީ. އެތަނަށް ވަން މުވައްޒަފަކު ބުނެލިއެވެ. ޒޭން ބޯޖަހާލިއެވެ.

ޒޭން ދިޔައީ ކައިރީގައި ހުރި ރެސްޓޯރެންޓް އަކަށް މީޓިން ފެށުމުގެ ކުރިން ކޮފީ އެއްބޯލާށެވެ. ޒޭން ގޮސް އެތާ މޭޒު ކައިރި އިށީއިނުމަށްފަހު ކޮފީ އެއްގެންނަން ބުނެލިއެވެ. “ޕޮއް” ހުދާ މިހެން ބުނެފަ ޒޭން ގެ ކުރިމައްޗަށް ވާގޮތަށް އިށީއިނެވެ. ޒޭން ހިނިތުންވެލިއެވެ. އެއަށްފަހު ވަން މޯ ކޮފީ އޭ ޒޭން ވެއިޓާ އަށް ގޮވާލާފަ ބުނެލިއެވެ. “ކީއްވެފަ ތީނީ؟ މިއަދު ޒޭން ޒޭން އަކާ ވައްތަރެއް ނޫން.” ހުދާ ޒޭން އިންގޮތް ފެނުމުން ބުނެލިއެވެ. “ހެހެ. އެކީއްވެ. އަހަރެހަމަ ފިޓް” ޒޭންބުނެލިއެވެ. “މި 8 މަންތް ތެރޭގައި އަހަންނަށް ޒޭން ދަސްވެއްޖޭ. ދެންބުނެބަލަ. އަހަންނަށްވެސް އޭރުން ހެލްޕް އެއްވެދެވޭނީ” ހުދާ ބުނެލިއެވެ. ޒޭން އަނގަ ހުޅުވާލިތަނާ ވެއިޓާ ކޮފީ ހިފައިގެން އައެވެ.

ވެއިޓާ ދިޔުމުން ޒޭން ވާހަކަ ދައްކަން ފެށިއެވެ. “އަހަންނަކަށް ނޭނގެ ވާ ގޮތެއް. ހަމަ ޒެއީ ކައިރި ހުންނަ ހިތް ވަނީ . އޮފީސް މަސައްކަތް ކުރާހިތެއްނުވޭ. އަބަދު ޒެއީ ހަނދާން ވާނީ.” ހުދާ ހިނިތުންވެލިއެވެ. “ސާބަސް. ކުޑަކުއްޖެއްތަ ތީ. ތިއަށް ކިޔާނީ ލޯބި. ޔޫ ލަވް ހާ” ހުދާ ބުނެލިއެވެ. “ނޯ. ހެހެ. އައި ޑޯންޓް ލަވް ހާ. ވީ އާ ޖަސްޓް ބެސްޓް ފްރެންޑްސް އަހަންނަށް ކެއާ ކުރެވޭތީ އެހެން އެވަނީ.” ޒޭން ބުނެލިއެވެ. “ނޫނޭ ޒޭން. ތިޔަށް ކިޔާނީ ކެއާއެއް ނޫން. ތިއަށް ކިޔާނީ ލޯބި. އަބަދު އެމީހެއް ކައިރި ހުންނަ ހިތް ވުމާ އަބަދު ހަނދާން ވުމަށް ކިޔާނީ ލޯބި” ހުދާ މިހެން ބުނެފަ ނިކުންނަން ހިގާގަތެވެ.

ޒޭން ވިސްނާލިއެވެ. އަހަންނަށް ހަމަ ލޯބި ވެވުނީ ހެއްޔެވެ. އަހަރެން އަބަދު ޒެއިނާ ދެކޭ ހިތް ވަނީ ލޯބިވާތީ ހެއްޔެވެ. މިއޮއްހާ ދުވަހު ނޭނގޭ ގޮތެކޭ މިކިޔަނީ ލޯތްބައްހެއްޔެވެ. އެވަގުތު ޒޭންގެ ހިތް ޖަވާބު ދިނެވެ. އާއެކެވެ. ޒޭން އަށް ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލިއެވެ. “ޔެސް އައި ލަވް ހާ. ޔެސް އައި ލަވް ހާ” ޒޭންއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. އެއަޑު އަތަނުން ނިކުމެ ނިކުމެ ހުރި ހުދާ އަށް އަޑު އިވުނެވެ. ހުދާ އަށް ބޭއިހުތިޔާރުގައި ހިނިތުން ވެވުނެވެ.

ނުނިމޭ

51
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Pinkish

...

Other Articles

Previous

އާވާ ހަނދާން 6

Next

އެއީ ކީއްވެ؟ ހުރިހާ ބައިތަކެއްގެ ހަނދާން އާކޮށްލުމެއް

Next
April 6, 2017

އެއީ ކީއްވެ؟ ހުރިހާ ބައިތަކެއްގެ ހަނދާން އާކޮށްލުމެއް

Previews
April 5, 2017

އާވާ ހަނދާން 6

21 Comments

  1. Maahy ❤ says:
    April 5, 2017 at 11:54 pm

    Dhigukoh genesdeynamey bunefa ves kurukoh Koh thi genesdhiny? ekm ves v salhi❤❤
    BTW me first dhw ?

    1. Pinkish says:
      April 6, 2017 at 12:15 am

      Kuruvany eh.. srryy for that.. yeah yuh first.. thankx maahy ❤

  2. Naxy says:
    April 5, 2017 at 11:56 pm

    Haadha kurey… kon irakun next part.. vvvv reethi.. thankolheh dhigu kohleveykah nehtha

    1. Pinkish says:
      April 6, 2017 at 12:17 am

      Mobile in liyaathy neygenyy.. dhigu kureveythw balaanan.. friday ga in sha allah next part.. thankx naxy..

  3. Kiara says:
    April 6, 2017 at 12:03 am

    Haadha awahey dhuvas thah dhaaleh..
    Kameh nukurevi ulhenikoh baduboduve vihan thanyyaaru vejje..
    Heheh..
    Ekm vs salhi dhn..

  4. Kiara says:
    April 6, 2017 at 12:06 am

    Aslu dhigu kosheh genesdheefa othy..
    Ekm maa bodu kameh muvaathyve kuruhen heevanee kiyaa meehaa ah..
    Knme episode ehga vs knmevs bodu ragalhu kameh vaan jeheyne..
    Mihaaru mi episode ga ehvs kameh nuve..badubodukan egifa 8mnths fas..

    1. Pinkish says:
      April 6, 2017 at 12:21 am

      Yeah.. aslu story ge name aa gulhuvaigen story miliyanyy.. so thibunaa bodu kanthah aun ekashygen nuveyy i think. Bt yess kameh vaane adhi mi story ga.. keep waiting for that. V avahah mi story nimeyne vx nimeyne. Btw thankx for reading kiara..

  5. Reddish says:
    April 6, 2017 at 5:59 am

    Kihineh tha mobile in vaahaka liyaanee?

    1. Pinkish says:
      April 6, 2017 at 11:29 am

      Hehe.. neyge bunedheykah..

  6. Shaa says:
    April 6, 2017 at 10:20 am

    Reddish ah saabas hama ?…
    Vaahaka reethi ?

    1. Pinkish says:
      April 6, 2017 at 11:29 am

      Thankx shaa… ?

  7. Azu says:
    April 6, 2017 at 3:25 pm

    Hama type kuraanee ?

    1. Pinkish says:
      April 6, 2017 at 4:38 pm

      Ahahah.. yess..

  8. Jazz says:
    April 6, 2017 at 4:48 pm

    Hahaha.. ekam dhivehi font work nukuriyey.. reddish v try kurin .. dhivehi keyboard eh vx install kurin .. ekam nuvi ey.. arany root kuraa shoa phone?

    1. Pinkish says:
      April 6, 2017 at 6:48 pm

      Hehe.. idk dhen…

  9. Pinkish says:
    April 7, 2017 at 11:57 am

    Hey guyx.. i m sorry igeyy.. miadhu pinkish ehen rashakah dhaan miulheny. Ehnve v bxy.. so miadhuge part up eh nukohdheveyne.. hykuran understand vaane kamah.. igey aslu hiyhamanujeheynekan.. bt i m srryyy.. ekm kiriyaa vagutheh viyx up kohdheynan.. srryy again..

  10. Maahy ❤ says:
    April 7, 2017 at 9:22 pm

    Dhn kn iraku vaahaka up kohdheyny v kiyaa hithun mihury

    1. Pinkish says:
      April 7, 2017 at 9:29 pm

      Maadhenn..

  11. nonnx says:
    April 8, 2017 at 1:30 pm

    KOBA STORY

    1. Pinkish says:
      April 9, 2017 at 12:43 pm

      ☺☺?

  12. Dhivehi bahuge academy says:
    March 18, 2019 at 5:08 pm

    Keevvegentha aharenge noonu nonnani

Comments are closed.

All Right Reserved!