
އާވާ ހަނދާން 6
އިޝާގެ މޫނު މަތިވަނީ މިލާފައެވެ. މަސައްކަތްކުރާނެ ޝައުގެއް ނެތި ކޮންޕިއުޓަރުގެ ސްކްރީނަށް ގެއްލިފައި އިންނަތާ މިހާރު އެތައް އިރެކެވެ. އިޝާގެ އުޅުން މި ވޭތުވެދިޔަ ހަފްތާއެއް ތެރޭ ބަދަލްވެއްޖެކަން އަރޫޝާއަށް ފާހަގަވިއެވެ. އަބަދުވެސް މަޑުމައިތިރި ކަމަށް ލޯބިކުރާ އިޝާ މިހާރު މާބޮޑަށް އެންމެނާއި އެކަހެރިކަން ފާހަގަވިއެވެ. ވަޒީފާ ދެކެ ނުލާހިކު ޝައުގު ހުންނަ އިޝާގެ މޭޒުމަތި ވަނީ ފައިލްތަކާއި ގަނޑުތަކުން ފުރާލެވިފައެވެ. ފަޒުނާގެ ހާލު ބަލާލަން އެގެއަށް ނުދާތާ ގުޅީ އެންމެ ފަހަރަކުއެވެ.
“ހާދަ ބޮޑު ފިކުރެއްގަ” އަރޫޝާ އިޝާ ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.
“އޭނ” އިޝާއަށް އަރޫޝާ ބުނިއެއްޗެއް ސާފު ނުވުމުން އަހާލިއެވެ.
“ހާދަ ބޮޑު ފިކުރެއްގައޭ މި އަހަނީ، ބަލިވެތަ އިޝާ ތިއުޅެނީ” އަރޫޝާ އަހާލިއެވެ.
“ނޫން ބައްޔެއް ނޫން، މަސައްކަތް ކުރާ ހިތް ނެތިފަ މި އިންނަނީ”
“އެއީ އޯ.. އޭޝްއާ ދެމީހުން ފައިޓެއް ހިންގާލަނީތަ”
“ފައޓެއް ވެސް ހިންގޭނީ އޭނަގެ ޚަބަރެއް ވެގެއްނު. ގުޅާނުލާތާ އެއް ހަފްތާ މިވަނީ. ފޯންވެސް ނިއްވާލާފަ އޮތީ” އިޝާ ކުޑަ ކޮށް ހީލަމުން ބުންޏެވެ. އެހެން ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ހިތާމައެވެ. އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން އެކަން ރަގަޅަށް ހާމަވެއެވެ.
“އަޅޭ.. އޭނަ އާއި ދިމާވޭތޯ ރައްޓެއްސަކަށް ނޫނީ އާއިލާ މީހަކަށް ގުޅާބަ . ވެދާނެއެއްނު ކަމެއް ދިމާވީ ކަމަށް” އަރޫޝާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.
“ތިކަން ވެސް ކުރާނީ ކިހިނެތް. ނޭނގެ އެއްވެސް މީހެއް، އެއިން މީހަކަށް އަހަރަމެން ދެމީހުންގެ ވާހަކަ އެގި ދާނެ ކަމަށް ވަރަށް ސިއްރުން އުޅުނީ”
“ހެހެ.. ދެން އެކަމާ މާބޮޑަށް ބޯގޮއްވާނެ ކަމެއް ނެތް.. ހިނގާ އޮފީސް ނިއްމާފަ އަހަރެމެން ގެއަށް. ބޭބެ ގޮއްސި އޮފީސް ޕުރޮޖެކެއްގަ ބޭރަށް ދެން މަންމަ އާއި ބައްޕަ ހިނގައްޖެ މާމިގީލީ ހުންނަ ރައްޓެއްސެއް ގާތަށް.. 3 މީހުން އެކަނި ވަރަށް މަޖާވާނެ އެއްނު. ”
“ބަލާލަން އިނގޭ” އިޝާ ބުނެލިއެވެ.
“ކޮން ބެލުމެއް.. އަންނަން ވާނީ. އިޝާ މަންމައަށް ގުޅައިންވިޔަސް ގެންދާނަން” އަރޫޝާ ހެމުން ބުނެލިއެވެ.
“ފަޒޫ” ގޭގެ ދޮރުން ވަނުމާއެކު އަރޫޝާ ބާރަށް ގޮވާލިއެވެ.
” ހޫން.. އައީ ދޯ” ކޮޓަރި ތެރޭން ފަޒުނާ ނިކުތީ ބޮލުގައި އާދައިގެ ބުރުގަލެއް އަޅަމުންނެވެ.
“މަގޭ ގެއޭމީ.. އައިސްގެން ނުވޭތަ”
“ތިހެން ނުބުނަމެއްނު.. ވަރަށް ބަޑުހައިވެއްޖެ، ހިގާބަ ކާން. އެކަނި ވީމަ ނުކައި މިހިރީ” ފަޒުނާ ބަޑުހައި އަތްކާތްތާލަމުން ބުނެލިއެވެ.
“މާ ރަގަޅަކަށްނު މިވީ، މިހިރީ ފަޒޫގެ އެކަނިވެރިކަން ފިލުވަދެން ގެނައި ކުއްޖެއް” އަރޫޝާ ސިޑިމަތީ ފޯނަށް ގެއްލިފައި ހުރި އިޝާގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ.
“އިޝާ، އައި މިސްޑް ޔޫ” ފަޒުނާއަށް އިޝާ ފެނުމުން ލިބުނީ އުފާވެރިކަމެވެ. އަދި އިޝާ ގައިގައި ބައްދާލެވުނެވެ.
” ހާދަ ދުރުދުރުން ކޮންތާކު ތި އުޅެނީ” ފަޒުނާ އަހާލިއެވެ.
“ލަވް ކުރައިސިސް އެއް އައިސްގެން އެއުޅެނީ” އަރޫޝާ ފަޒުނާގެ ސުވާލަށް ޖަވާބު ދިނީ އިޝާއާއި ދިމާކުރަމުންނެވެ.
ބަދިގެ ތެރޭގައި ދުވަމުން ދިޔައީ މީރު ކާތަކެތީގެ ވަހެވެ. އަރޫޝާ ނޫޑުސްލް ކައްކަމުން ދިޔައިރު އިޝާ ޗޮކޮލެޓް ޑިސާޓެއް ތައްޔާރު ކުރަމުން ދިޔައެވެ. އަދި ފަޒުނާ ކެއުމަށް މޭޒުމަތި ތައްޔާރު ކުރަމުން ދިޔައެވެ. މި އެކުވރި މާހައުލުގައި ވަގުތު ހޭދަކުރަމުން ދިޔައިރު ހުރިހާ އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
ކެއުމަށް މޭޒުމަތީ ތަށިތައް އަތުރާ ނިއްމާލިތަނާ ގޭގެ ދޮރުގެ ބެލް ރިންގްވާ އަޑުއިވުނެވެ.
“ފަޒޫ ދޭބަ ކާކުތޯ ބަލާލަން. އަހަރެން މިހިރީ ވަރަށް ހުތުރުކޮށް” އަރޫޝާ އައިކާކުތޯ ބެލުމަށް ފަޒުނާ ކައިރީ އެހިއެވެ.
“މިދަނީ” ފަޒުނާ އެހެން ބުނެލުމަށް ފަހު ދޮރާ ދިމާލަށް ހިނގައި ގަތެވެ.
ފަޒުނާ ރިންގްވަމުން ދިޔަ ދޮރު ހުޅުވާލިއެވެ.
“ސަޕްރައިސް” ދޮރު ހުޅުވާލުމާއިއެކު އިވުނު އަޑުން ފަޒުނާ ދިޔައީ ސިއްސައިގެންނެވެ. އަދި ކުރިމަތީ ހުރި މީހާއަށް ރަގަޅަށް ބަލާލެވުނެވެ.
އިސްކޮޅުން ފަޒުނާއަށް ވުރެދިގެވެ. އެދިގު އިސްކޮޅުގެ ވެރިޔާއަށް ލިބިފައިވަނީ ފަން އިސްތަށިގަޑެކެވެ. ލައިގެން ހުރީ އެންމެ ޒަމާނީ އަންނައުނެވެ. މިއާއިއެކު ލައިގެން ހުރި ކަޅު ބޫޓާއި އަތުކުރީ ގަޑިން އެއީ މިޒަމާނުގެ ފެޝަނަށް ލޯބިކުރާ މީހެއްކަން އެނގެއެވެ. ކައިރީގައި ހުރި ބޮޑު ފޮށިން އޭނާ އެއައީ ދަތުރެއް ކޮށްފައިކަން ފަޒުނާއަށް ޔަގީންވިއެވެ
ދެމީހުންނަށް އެކަކު އަނެކަށް ބަލިގެން އިރުކޮޅަކު ހުރެވުނެވެ. ކޮންމެ މީހެއްވެސް އެމީހެއްގެ ނަފްސާއި އަނެކަކީ ކާކުތޯ ސުވާލުކޮށްލެވެނެވެ.
“ރުޝް އެބައުޅޭތަ” އެމީހާ ދެމީހުންގެ މެދުގައި އޮތް ހަމަހިމޭންކަން ނަގާލިއެވެ.
“ނޫޅޭ ތިހެން ކިޔާ މީހެއް ސޮރީ” ފަޒުނާ ޖަވާބު ދިނެވެ.
“އެހެންތަ……..” ފަޒުނާގެ އެޖަވާބުން އެމީހާ ގެ މޫނުމަތި ސުވާލުން ފުރުނެވެ. އަދި ވަށައިގެން ހޯދާލެވުނެވެ.
އެމީހާއަށް އޮޅުނީ ކަމަށް ބަލައި ފަޒުނާ ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް އޭނާގެ ބާރުގަދަ ދެއަތުން ދޮރު ހުއްޓުވިއެވެ. އެމީހާގެ މިހަރަކާތުން ފަޒުނާ ކުޑަކޮށް ބިރުގަތެވެ. އެވަގުތު އެތެރެއިން އަރޫޝާ ގޮވާލި އަޑުއިވުނެވެ.
“ފަޒޫ ކާކުތަ”
އެއަޑާއި އެކު އެމީހާގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ.
“ރުޝް އެބައުޅޭދޯ” އަނެއްކާވެސް އެމީހާ އެހީ “ރުޝް”ގެ ވާހަކައެވެ.
ފަޒުނާގެ މޫނުމަތިން އޭނާއަށް “ރުޝް”އަކީ ކާކުކަން ނޭނގޭކަން ހާމަވިއެވެ.
“އޭ ކާކުތަ އައީ” ފަޒުނާގެ ޚަބަރެއް ނުވެ ލަސްވުމުން އަރޫޝާ އެތަނަށް އައެވެ.
“ދޮންބޭ……” ދޮރު ކުރިމަތީ ހުރި މީހާ ފެނުމުން އަރޫޝާއަށް ލިބުނީ ހައިރާންކަމެވެ. ލަސްނުކޮށް ގޮސް ބައްދާލެވުނީ ލިބުނެ އުފަލެއްގެ ބޮޑުކަމުންނެވެ.
“ނުވެސް ބުނެއެއްނު ތިޔައީ..އިނގޭ ދޯ މަންމައާއި ބައްޕަ ނޫޅޭކަން”
“އާން އިގޭ. ދޮންބެ އިއްޔެ އަންނަން ގުޅީމަ ބުނީ ރަށަކަށް ދާ ވަހަކަ. ދެން ޓިކެޓް ކެންސަލް ނުކުރަން މިއީ”
“ޓެސްޓް ނިމުނީތަ ތިޔައީ. ރުޝްއަށް ހަދިޔާ ގެނައިންދޯ”
“ސާބަސް އަދި މިއުޅެނީ ހަމަނުޖެހެލެވިގެން، އެހާ އަވަހަށް ހަދިޔާގެ ވާހަކަ ތިއަހަނީ.. ރުޝްއަށް ގެނައީ ބާބީ ޑޯލްއެއް” އަޝްފާން ސަމާސާކޮށްލިއެވެ.
“ހޫން ދެން ވަރަށް ފޫހިވޭ. ރުޝް ބޮޑުވެއްޖެއޭ” އަޝްފާން ގައިގައި ތަޅައިގަންނަމުން އަރޫޝާ ބުނެލިއެވެ.
“އެކަމެއް ނޭނގެ. ކުޑަކުއްޖެއްހެން އަދިވެސް ތިއުޅެނީ” އަޝްފާން އޭނަގެ ސަމާސާ ގަދަކޮށްލިއެވެ.
“ހެވޭ ދެން.. އަދި އިންޓުރޮޑިއުސް ނުކޮށްދެވޭ ދޯ. މީ ފަޒޫ. އަހަރެންގެ ބެސްޓް ފުރެންޑް. ފަޒޫ މީ ދޮންބެ. ދެމީހުން ކުރިން ފެނިފަ ކަންނޭނގެ ހުންނާނީ. ފަޒޫ އަންނާނެ ގްރޫޕް ސްޓަޑީއަށް އޭލެވެލްގަ އުޅުނު އިރު” އަރޫޝާ އޭނަގެ ދޮންބެ އާއި އެންމެ ގާތް އެއް ފަޒުނާ ތައާރަފްކޮށްދިނެވެ.
“އެހާދަ ކުރިއޭ. ދޮންބެ ހަނދާންވެސް ނެތް. ފަޒޫ ކިހިނެތް. އަހަރެން ރުޝް ކީމަ ނޭނގިފަ ދޯހުރީ” އަޝްފާން ފަޒުނާއަށް ބަލާލަމުން ބުންޏެވެ.
“ހެހެހެ.. މިހާރު އިނގޭނެއެއްނު. ދޮންބެ ހިނގާ ކާންދާން. ދެންމެ މިއައީ ކައްކާފަ”
“ފުރެޝް ވެލައިގެން ކެވޭނީ. އާދެބަ ދޮންބެގެ ގަމީސް އިސްތިރިކޮށްލަދޭން” ދަތުރުގެ ވަރުބަލިކަން ފިލުވައިލުމަށް އަޝްފާން ބޭނުންވިއެވެ.
“ފަޒޫ ޕްލީސް ދެވިދާނެތަ ދޮންބެ ގަމީސް އިސްތިރިކޮށްލަދޭން. އަހަރެން ބޭނުން ކެއުމުގެ ކުރިން ފެންވަރާލަން، މުޅިގައިން މިދުވަނީ ކާއެއްޗެހީގެ ވަސް” އަޝްފާންގެ ގަމީސް އިސްތިރިކޮށްލަދޭން އަރޫޝާ ފަޒުނާ ކައިރީއެދުނެވެ.
މަޑުމަޑުން އަޝްފާން ގެ ދޮރު ހުޅުވާލުމަށްފަހު ފަޒުނާ އެތެރެއަށް ވަނީ އަޝްފާން ފާހަނައަށް ވަންކަން ޔަގީންކޮށްލުމަށްފަހުގައެވެ. އަޝްފާން ކިޔަވަން ބޭރަށް ދިޔުމުން މިކޮޓަރީގައި އިސްތިރި ބެހެއްޓީ އެންމެނަށް ފަސޭހަވާނެ ކަމަށް ބަލާފައެވެ. ފަޒުނާވެސް ދޭތެރެއަކުން އިސްތިރިކުރަން މިކޮޓަރިއަށް އަންނާތީ އޭނާ ވަނީ މާހައުލަށް ކުޑަކޮށް ހޭނިފައެވެ. އޭގެ ބޭނުން ހިފައި އޭނާ ބޭނުންވީ އަޝްފާން ފާހަނައިސް ނިކުތުމުގެ ކުރިން އިސްތިރިކޮށް ނިއްމާލާށެވެ.
“ފަޒޫ” ފަޒުނާ ސިއްސައިގެން ދިޔައީ ފަހަތުން އަޝްފާންގެ އަޑު އިވުމުންނެވެ. އޭނާ ހީކުރިވަރާ ބަލައި އަޝްފާން ނިކުތްލެއް މާ އަވަސްވީއެވެ. މިސިހުމާއެކު އޭނާ އަތުގައި އެވަގުތު އޮތް އިސްތިރި ބިންމައްޗަށް ވެއްޓުނެވެ.
“ފަޒޫ ގައިގައި ޖެހުނުތަ” ހާސްކަމުގެ ރާގަކަށް އަޝްފާންއަށް ބުނެވުނެވެ. ބިންމައްޗަށް ވެއްޓުނު އިސްތިރި ނަގަން ފަޒުނާ ތިރިވި ވަގުތު އަޝްފާން އޭނާގެ އަތުގައި ހިފައި ކޮޅަށް ތެދުކުރުވިއެވެ. މި ކުއްލި ހަރަކާތާއެކު ފަޒުނާއަށް އަޝްފާންގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ފަޒުނާއަށް އަޝްފާންގެ ފުން ދެލޮލަށް ކުޑަ ހިދުކޮޅަކަށް ނަމަވެސް ގެބިގެންދެވުނެވެ. ތުވާއްޔާއެކު ހުރި އަޝްފާންގެ މުޅި ހަށިގަނޑު ވަނީ ފެންވެރުމުގެ ސަބަބުން ތަޒާވެލާފައެވެ. ބޯ އެއްކޮށް ހިއްކާނުލައި ހުރުމުން ފެންތިކިތައް އޭނާގެ ފަންއިސްތަށިގަނޑުން މޫނަށް ފައިބަމުން ދިޔައެވެ. އަޝްފާންގެ ރީތިކަން ފެނި އާޝޯހުވެފައި ހުރި ފަޒުނާއަށް ހޭވެރިކަންވީ އަޝްފާން އޭނާ އިސްތިރިކުރާ މޭޒާއި ދުރުކޮށްލުމުންނެވެ.
“ފަޒޫއަށް ތަދުވިތަ” އަޝްފާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“ނޫން” އަޝްފާންގެ އެތޫނު ނަޒަރުން ފަޒުނާގެ ހިތް އަވަސްކުރުވިއެވެ. އަދި ލަދުގަނެ އިސްޖަހައިލެވުނީ އަދިވެސް އޭނާއާއި ދިމާލަށް ބަލަން ހުރެވުމުންނެވެ. ފަޒުނާގެ އެލަދުވެތިކަން ފެނި އަޝްފާންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ.
“ތެންކްޔޫ. އަހަރެން މިވަރުން ފުއްދާލާނަން” އެއްބައި އިސްތިރިކުރެވިފައިވާ ގަމީސް ނަގަމުން އަޝްފާން ބުނެލިއެވެ. އަޝްފާންގެ އެހެން ބުނުމާއެކު ފަޒުނާ ކޮޓަރިން ބޭރަށް ނިކުތުމަށް ބާރަށް ހިގައިގަތެވެ. އޭރު އޭނާ ހިރީ ލަދުން ވިރިވިރިއެވެ. އަދި އަޝްފާންގެ އެޖާދުވީ ރީތިކަމަށް ހިތްލެބިފައެވެ. އަޝްފާން އަށް މިކަން މަޖާވެ އެކަނި ހުރެ ނަމަވެސް ހެވުނެވެ.
“މަށަށް މެންގޯ ޖޫސްތައްޓެއް ގެނެސްދީބަލަ” ފޯނަށް ގެއްލިފައި އިނދެގެން އަޝްފާންއަށް ކާމޭޒުގެ އެއްފަރާތުގައި ކޮޅަށް ހުރި އިޝާއާއި މުހާތަބުކޮށް ބުނެލިއެވެ.
“ދޮންބޭ ، އެއީ މަސައްކަތު މީހެއް ނޫނޭ.. މީ އިޝާ.. އޮފީސްކުއްޖެއް އަދި އަޅުގަނޑުގެ އެއް ބެސްޓް ފުރެންޑް”
“ސޮރީ. ނޭނގުނީ” އަޝްފާން އިޝާއާއި ދިމާލަށް ރަގަޅަށް ބަލާލެވުނެވެ. އެވަގުތު ފެނުނު އިޝާގެ ފަރި ހިނިތުންވުމުން އަޝްފާންއަށް ދެވަނަ ފަހަރަށްވެސް އެހިނިތުންވުން ދެކޭހިތްވިއެވެ. ނަމަވެސް އިޝާ ހުރީ އިސްޖަހައިގެން ފޯނަށް ގެއްލިފައިކަމުން އެނަސީބު ނުލިބުނެވެ.
ފޯރިއާއި އެކު އެންމެން ކެއެމަށް އިންސާފުކުރަމުން ދިޔައިރު އިޝާގެ ހިޔާލްތައް ވަނީ އެހެން ދިމާލެއްގައި ކަން އަޝްފާންއަށް ހާމަވިއެވެ. އެހެންކަމުން ދޭތެރެއަކުން އޭނާ އިޝާއާއި ވާހަކަ ދައްކާލައެވެ. ނަމަވެސް އިޝާގެ ވާހަކަތައް ކުރުވެފަ ސާދާއެވެ. ތައްޓަށް އެޅި މަދު ނޫޑުލްސް ކޮޅުވެސް ނުކައި ހުރި ގޮތަށް ހުރީއެވެ. އިޝާގެ މި އުޅުންފެނި އަޝްފާން ކަންބޮޑުވިޔަސް އެކަން ހާމަ ނުކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
“ދޮންބޭ، އިޝާ ގެއަށްލައި ދީބަލަ، ރޭގަނޑުވީމަ އެކަނި ފޮނުވަން ނުކެރޭނެ” ކައި ނިއްމައި ހަމަޖެހިލަމުން އަރުޝާ އަޝްފާން ކައިރީ އެދުނެވެ.
“ގެނޭ ބޭބޭ ކާރު ތަޅުދަނޑި”
“ބޭބޭ ކާރު ފުރެންޑަކާއި ހަވާލުކޮށްފަ ދިޔައީ. އަން އަޅުގަނޑުގެ ކީ” އަރޫޝާ އޭނާގެ ކާރުގެ ތަޅުދަނޑި އަޝްފާން އަތަށް ދިނެވެ.
މަޑު ދުވެއްޔެއްގައި ކާރު މަޖީދީމަގުން ހެންވޭރާ ދިމާލަށް ދަތުރުކުރަމުން ދިޔައެވެ. ކާރު އެތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އިޝާ އިނީ ކާރުގެ ބިއްލޫރިން ބޭރަށް ގެއްލިފައި އިނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އަޝްފާންއަށް އިރުކޮޅުކޮޅާ ކާރުގެ ލޯގަނޑުން އިޝާއާއި ދިމާލަށް ބެލެއެވެ. އަދި ހިތާހިތާއި އިޝާގެ މޫނުމަތިން އެފެންނަ ނުތަނަވަސްކަމާއި މެދު ސުވާލުކޮށްލެވެއެވެ. ސީދާ އިޝާއާއި ސުވާލުކޮށްލާނަމޭ ހިތަށް އަރާ ފަހަރު މަދެއްނޫނެވެ. ނަމަވެސް އޭނާގެ އެހާ ހިތްވަރެއް ނެތެވެ.
މަޖީދީ މަގުން ކާރު ވަކި ހިސާބަކަށް ދެވުނުތަނާ ޓްރެފިކް ގިނަވެއްޖެއެވެ. ފަހަތުންނާއި ކުރިމަތީ އުޅަނދުތައް ތިބުމުން މަގުގައި ތާށިވިއެވެ. އެގޮތަށް ފަސްމިނެޓް ފާއިތުވެ ދިޔައިރުވެސް ކުޑަކޮށް ކުރިއަށްދެވޭގޮތް ނުވިއެވެ. ގެއަށް ދާން ލަސްވެފައި އިން އިޝާއަށް މިކަން މީ ބޮޑުކަމަކަށެވެ. ކާރުގައި އިނދެ ދޮރުން މަގުމަތީގެ ހާލަތު ބަލާލެވުނެވެ. ޓްރެފިކް އަދުވެސް ވަރަށް ގިނައެވެ. މިގޮތުގައި އެތައް އިރަކު އިންނަން ޖެހިދާނެހެން ހީވިއެވެ. އެހެންކަމުން އިޝާ ދަބަސް ކޮނޑުގައި އަޅުވައިލައި ކާރުގެ ދޮރު ހުޅުވާލިއެވެ.
“އިޝާ. ކޮންތާކަށް” އަޝްފާން އަވަސް އަވަހަށް އަހާލިއެވެ.
ނަމަވެސް އިޝާއަށް މި އަޑު އިވުނުހެން ހީނުވެއެވެ. ކާރު ގެ ދޮރު ލައްޕާލުމަށްފަހު އެއޮތް ޓްރެފިކް ބޮޑުމަގުން ޕޭމަންޓަށް އެރިއެވެ. އަޝްފާންއަށް މި މަންޒަރު ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. އޭނާ އަށް އިޝާގެއްލިއްޖެއެވެ. ކާރުން ފައބައި ވަށައިގެން ހޯދި ނަމަވެސް އިޝާގެ އެއްވެސް ހިލަމެއް ނުވިއެވެ.
ނިދަން އެނދުމަތީ އޮތް ފަޒުނާއަށް އޮވެވުނީ ހިނިތުންވެވިފައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެންފަނީ އަޝްފާންގެ ފިރިހެންވަންތަ ކަމެވެ. އެމަސްތުވީ ބެލުމެވެ. އެދީވާނަވީ ހިނިތުންވުމެވެ.
9 Comments!
Comments are closed.
If you read the story plz do leave a comment. Even if it is a negative comment it would be helpful to improve ?
alhey…
dhen vaany kihineiy..
vrh rythi mi part ves…
next part avahah up kohdhehchey..
can’t wait…
thanku AYSH ..
vaa goiy balaalan dhn oiy part kiyahchey
Vvv nice … I love it ❤❤
Waiting fr next part ???❤❤❤❤❤
thanku LUJJU
next part maybe today 🙂
V.nice .waiting for next part
thank you LUCKY
Alhey haadha comment eh vx nethey ….. varah salhi story ??