އެރޭ 11 ޖެހިއިރު ޒަޔާހުރީ ގޭ ދޮރާށި ކައިރީގައި ދައީ ގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ހުންނަތާ 10 ވަރަކަށް މިނެޓް ތެރޭގައި ދައީ ހުރީ ޒަޔާގެ ގޭ ކައިރީގައެވެ. ދައީ ފެނުމުން ޒަޔާގެ މުނުން ފެންނަން ހުރި ނުފިލާ ހިނިތުންވުމުގެ ސަބަބުން ދައީ ބުނަން ބޭނުންވެގެން އުޅޭ ވާހަކަ ބުނުމަށް ފަސްޖެހެވުނެވެ. ދައީއަށް ދިމާވެފައިވާ މަޖުބޫރީ އާއި އެ ދެމެދަށް އަންނަން އުޅޭ ތޫފާނުގެ ވާހަކަ ބުނެލަން ހިތް އެދުނެެވެ. ނަމަވެސް އެ ރީތި ހިނިތުންވުން ފަނޑުކޮށްލާ، އެ އެހިތްކަތިލާފަދަ ވާހަކައެއް ބުނުމަށް ދައީ ނުކުޅެދުނެވެ.
އެހެން ރޭރެއާ ޚިލާފަށް މިރޭ ދައީ ތަފާތުކަން ޒަޔާއަށް ފާހަގަވިއެވެ. ކިހިނެތްވީ ދައީ؟ ކޮންކަމަކާ ތިވިސްނަނީ؟ ޒަޔާ ސުވާލުކުރިއެވެ. ދޮގުހަދަން ބޭނުންނުވިޔަސް ތެދު ހާމަކުރެވޭކަށްވެސް ނެތެވެ. “ކަމެއް ނުވޭ ބޭބީ ގާރލް” ދައީ ބުނެލިއެވެ.
ކުރީ ރެއެކޭ އެއްގޮތަށް މިރޭވެސް ޒަޔާ އާއި ދައީ ވަކިވީ ފަތިސްނަމާދު ވުމުންނެވެ. ދައީ އަށް އަދި ޒަޔާއަށް ނޭނގުނު ކަމަކީ މި ހުރިހާ މަންޒަރުބަލަން ޒަޔާގެ މަންމަ ހުރިކަމެވެ. ޒަޔާގެ މަންމަ ސައީދާ ހިތް އުފަލުން ނަޝާލީ އޭނާގެ ދަރިފުޅުގެ ހިނިތުންވުމުގެ އަސްލަކީ ދައީ ކަން އިނގުމުންނެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދައީ އާއި ޒަޔާ އަކީ އެންމެ ކުޑައިރުވެސް އެކީގައި އުޅުނު ދެ އެކުވެރިންނެވެ. އެހެންކަމުން ސައިދާ ދައީ ދެކެވެސް ލޯބިވަނީ ދަރިއެއް ފަދައިންނެވެ. އަދި އެ ގުޅުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ.
ނަމަވެސް ސައީދާއަށް ޖަވާބު ނުލިބޭ ސުވާލަަކީ ފާއިތުވި 1 މަސް ތެރޭގައި ދައީ އެހާ ދުރުދުރުން ނުފެނި އުޅުމުގެ ފަހަތުގައިވާ އެއްޗެކެވެ. އެ ސުވާލުތަކުން ސައިދާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ދައީގެ މަންމަ ދިޔާނާގެ ސަބަބުން ވީކަމެއްކަމުގައި ސައިދާގެ ހިތް ބުނެއެވެ. ސައީދާ އަކީ އަބަދުވެސް ޒަޔާ އާއެކު ދައީ އުޅޭތީ އެކަމާ ނުރުހުންތެރިކަން ފާޅުކުރާ މީހެކެވެ. ސައީދާއަށް ދުޢާކޮށްލެވުނީ އެނާއަށް ހީވި ހީވުން ޙަޤީގަތަކަސް ނުވުމަށްއެދިއެވެ.
އަނެއްދުވަހަކީ ހުކުރު ދުވަސްކަމުން ޒަޔާ އަދި ސައިދާ އުޅުނީ މެންދުރަށް ކެއްކުމަށެވެ. ދެމީހުންވެސް ސިހުނީ ގޭގެ ބެލް ޖެހުމުންނެވެ. ސައީދާ އަތް ދޮވެލުމަށްފަހު އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއިރު ދޮރުކައިރީގައި ހުރި ދައީ ފެނިފައި އެތެރެއަށް ވަދުމަށް ބުނެލިއެވެ.
އާދައިގެ ހިނގުމެއްގައި އައިސް ދައީ ހުއްޓެލީ ޒަޔާގެ ކައިރީގައެވެ. ނުވެސް އެނގި ހުއްޓާ ކުއްލިއަކަށް ދައީ ފެނުމުން ޒަޔާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދެން އިވިގެން ދިޔައީ ދެމީހުންގެވެސް ހުނުމުގެ އަޑެވެ. މި މަންޒަރު ބަލަން ސައީދާ ހުރީ ވަރަށް އުފާވެފައެވެ.
ސައީދާ އެގަޑީގައި އޭނާގެ ފިރިމީހާ މަތިން ވަރަށް ހަނދާންވިއެވެ. މި އުފާވެރި މަންޒަރު ބަލައިލަން އޭނާގެ ފިރިމީހާ ހުރިނަމައޭ ސައީދާ ހިތަށް އެރިއެވެ. ޒަޔާގެ އުމުރުން 2 އަހަރުގައި ޒަޔާގެ ބައްޕަވަނީ ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެފައެވެ. ލޮލުން އައި ކަރުނަ ފުހެލުމަށްފަހު ސައީދާ ބަދިގެ ތެރެއަށް ވަދެލީ ދައީއާ ވާހަކަ ދައްކަމުންނެވެ.
“އަޅެ ދަރިފުޅު ކީއްވެތަ މިހާރު މިގެއަށް ނާންނަނީ؟”
“މާ ބިޒީ ވިއޭ މަންމާ”.. ޒަޔާގެ މަންމައަށް ދޮގު ހަދަން ޖެހުމުން ދައީ ވަރަށް ދެރަވިއެވެ.
“ރޭގަ ދެކުދިން ހާދަ ލަސްވަންދެން ބޭރުގަތިބީ ކީއްވެ؟” ކުއްލިއަކަށް ސައީދާ ކޮށްލި ކަމަކުން ދައީ އަދި ޒަޔާއަށްވެސް ސިހުމެއް ލިބުނެވެ. އަދި ގަތް ލަދުން ޒަޔާ ދުވެފައި ގޮސް މަންމަ ގައިގައި ބައްދާލިއެވެ.
ސައިދާ އެ ސުވާލުކޮށްލީ ގަސްތުގައި ދެމީހުން ލަދުގަންނުވާލާށެވެ.
“ނު..ނު.. ނުތި.. ބެން.. ދޯ؟ ދައީ އަޅައަޅައިގެންފައި ބުންޏެވެ.
ޒަޔާ އެއްޗެއް ބުނުމުގެ ކުރިން ހުރިހާ ކަމެއްވެސް އެނގޭ ކަމުގައި ބުންނެވެ. އަދި ތި ގުޅުމަށް އެއްބަސްކަމުގައިވެސް ބުންޏެވެ. އަދި ބޭރުގައި އެކަނި އެހެން ނުތިބުމަށްވެސް ނަސޭހަތްތެރި ވިއެވެ.
ސައީދާ އެކަމާ އެއްބަސް ވުމުން ޒަޔާ އިނީ ވަރަށް އުފަލުންނެވެ. ނަމަވެސް ދައީ މާޔޫސްވިއެވެ.
ކޮންމެ ގޮތެއްވިޔަސް އޭނާ މަންމަ ބޭނުންވެއެވެ. ހަމަ އެއާ އެއްވަރަށް ޒަޔާ އަދި ސައިދާގެ ލޯބިވެސް ބޭނުންވެއެވެ.
ދައި ސިއްސައިގެން ދިޔައީ ޒަޔާ އައުމަށް އެދި ދައީއަށް ދެތިންފަހަރަކު ގޮވާލުމުންނެވެ. ދެމީހުންގޮސް ތިބީ ސިޓިންގްރޫމް ސޯފާގައެވެ. ޒަޔާ ފުރަަތަމަވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރުން ކަމުގައި ބުންޏެވެ. ދައީއަށް ވަޤުތުން ނޫނެކެޭ ބުނެވުނެވެ.
“އެ ކިއްވޭ ދައީ ނޫނެކޭ ތިބުނީ؟ ދައީ ބޭނުމެއް ނޫންތަ މެރީ ކުރާކަށް؟ ދައީ.. ޖަވާބުދިީބަލަ؟.. ” ޒަޔާހުރިހާ ސުވާލެއް ކުރިއިރުވެސް ދައީ އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
ދައީ ކުއްލިއަކަށް ތެދުވިއެވެ. އަދި ޒަޔާއާއި ފުރަގަހަށް އެނބުރެމުން ލޯ މަރާލިއެވެ. އަދި އަޑަށް ބާރުލައިފައި ބުނެލިއެވެ.
” އަޑުއަހަން ބޭނުންތަ؟ އަޑުއަހަން ކެރޭނެތަ؟ ސަބަބަކީ އަހަރެން ޒަޔަ ދެކެ ލޯބިނުވާތި.. އަހަރެން ބޭނުންވީ ޒަޔާ ތަލުވާލަން.. ތިކަހަލަ ކަމަކާ ދޭތެރޭ ނުވެސް ވިސްނަން.. ހެހެހެހެހެހެ”…
ދައީ އެހެން ބުނުމާއެކު ނޫން ނޫން ކިޔަމުން ޒަޔާއަށް ތިރިވެވުނެވެ.. މިއަދު އެހިތް ހަލާކުއެވީ ދުވަހަކުވެސް ހަލާކުނުވާ ވަރަށެވެ. ޒަޔާގެ އެ ވޭނީ ރުއިމުގެ އަޑުއެހުންވީ ދައީ އަށް ކެއްކުރަން ދަތި ކަމަކަށެވެ. އަވަސް އަވަހަށް ނުކުމެގެން ދިއައިރު ދައީ ދިޔައީ ކުރެވުނު ކަންތަކަށް އަމިއްލަ ނަފްސު ކުއްވެރިކުރަމުންނެވެ. ނަމަވެސް މިއަދު ދައީއަށް ވަނީ މަޖުބޫރުވެފައެވެ.
(ނުނިމޭ)
5 Comments!
Comments are closed.

Mifahe kudakujjeh dhaskuranliyaa echehtha.
haadha kurey mi part 🙁 bt adhi v salhi.. hope it will b long in nxt part….
Saeedha tha noony dhayanaa tha nuruheny mi gulhumah..
varah hadi mi prt…
v nice mi part avahah next up kohdheeba plx