Skip to content
އެސްފިޔަ

ކީ ވަދާއޭ ރަންއަލީގާ 1

ރޭގަނޑުގެ ހަމަހިމޭން ވަޤުތުގައި ޒަޔާ ހުރީ ގޭގެ ދޮރާށިކައިރީގައި ކޮފީ އެއް ބޯށެވެ. މި ފަހަކަށް އައިސް ޒަޔާ ރޭގަނޑުގެ ގިނަ ވަޤުތެއް ހޭދަކުރަނީ މި ފަދަ ގޮތަކަށެވެ. ތަފާތު ޚިޔާލުތަކަށް ގެއްލި، ހިތާމައިގެ ސާލެއް ލެވިފައިވާ އެ މޫނުން އެތައް ކަމެއް ބުނެދެއެވެ. އެކަނިހުރެ ރުއިމަށްފަހު ޒަޔާ ކޮންމެރެއަކުވެސް ގެއަށް ވަންނަނީ މެންދަންވާ ފަހުންނެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ޒަޔާާގެ އުންމީދުގެ ހުޅުކޮޅު ކަނި ވަމުންނެވެ.

ރެއަކީ ހިތްގައިމު، ހަމަހިމޭން ރެއެކެވެ. މުޅި ފަޒާ ވަނީ ހަނދުގެ ފުރިހަމަ ކަމުން ދިއްލިފައެވެ. އެ ރަން އަލީގެ ތެރެއަށް ގެއްލިފައިވާ ޒަޔާއަށް ސިހިފައި ބަލައިލެވުނީ ޒަޔާގެ ކައިރީގައި މީހަކު ހުރި ކަމުގެ އިޙްސާސް ވުމުންނެވެ. ޒަޔާގެ ކައިރީގައި ހުރީ އޭނާގެ ލޯ ދުށުމަށްއެދި ބޭޤަރާރުވާ އޭނާގެ ހިތުގެ ހަމަޖެހުމެވެ.

“ދައީ” ޒަޔާއަށް މަޑުމަޑުން ގޮވާލެވުނެވެ. “އަމް ސޮރީ ޒަޔާ.. ވަރަށް ކެއްކޮށްފިން ޒަޔާ އާއި ދުރުގަ ހުރެވޭތޯ.. ބަޓް އައިކާންޓް ޑޫ ދިސް އެނީމޯރ.. އައި ލަވްޔޫ ސޯ މަޗް”

ދައީ މިހެން ބުނެލި ވަގުތު ޒަޔާއަށް ރޮވިފައި އެ ހަށިގަނޑުގައި ބައްދާލެވުނެވެ. އަދި ޒަޔާ އެހާ ދުރުކޮށްލާފައި ގެންގުޅުމުން އެކަމުގެ ޝަކުވާވެސް ކުރެވުނެވެ. “ދައީގެ ޚަބަރެއް ވޭތޯ ދައީގެ އިންތިޒާރުގަ ޒަޔާ މިތާގައި ކޮންމެ ރެއަކުވެސް ހުންނަން.. އެކަމް މެސެޖްއަށް ރިޕްލައި ނުކުރާއިރު މިދިޔަ 1 މަސް ދުވަސް މިދިޔައީ ޒަޔާއަށް ދައީ ނުވެސް ފެނިލާ.. ” ދެރަވެލާފައި ޒަޔާ ޝަކުވާ ކުރަމުންދިޔައިރު ދައީ ދިޔައީ އެ ސުވާލުތަކަށް ދޭނެ ޖަވާބަކާ މެދު ވިސްނަމުންނެވެ.

ކޮންމެ ގޮތެއްވިޔަސް ޒަޔާއަށް ދޮގުހަދަން ދައީ ބޭނުމެއް ނުވެއެވެ. އެހެން ކަމުން ދައީ ވާހަކަ އޮޅުވާލިއެވެ. “ދައީގެ ބޭބީ ގާރްލް.. އެހާ ދުވަސް ފަހުން ފެނުނީމަވެސް އަދިވެސް ރޮނީތަ؟ ދެން އަޅެ ހިލަބަ. ސޭޑް ފޭސް އަކާ ޒަޔާ އަކާ ނުގުޅެ. ދައީ ބޭނުމީ ޒަޔާ އަބަދުވެސް ހެޕީ ވެފަ ހުންނަން.. ސޯ ޕްލީޒް..” ދައީ މިހެން ބުނުމުން ޒަޔާ ލުއި ހިނިތުންވުމެއް ދިނެވެ..

އެރޭ ފަތިސްނަމާދު ބަންގި ގޮވީ، ދެމީހުން އެތަށް ވައުދަކާ ހުވައެއް ކުރުމަށް ގޭ ދޮރާށިކައިރީގައި ތިއްބައެވެ. ބަންގި ގޮވުމުން ދެމީހުންވެސް ވަދާއީ ސަލާމް ކުރުމަށްފަހު ވަކިވީ މާދަމާ ރޭވެސް ބައްދަލުވާނެކަމަށް ވަޢުދުވެފައެވެ.

އެދުވަހު ޒަޔާގެ އެ އުފާވެރި މޫނު ފެނި ޒަޔާގެ މަންމަވެސް އެކަމާ އުފާކުރިއެވެ. ވާނީވެސް އެހެންތާއެވެ. ޒަޔާގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަތާ މަހެއްވަނީއެވެ. ސުވާލްކޮށްވެސް އެދެވޭ ޖަވާބެއް ވަނީ ޒަޔާގެ ފަރާތުން ނުލިބިފައެވެ.

ނަމަވެސް މިއަދު ޒަޔާއަށް ހީވަނީ ދެޢީދު އެއްފަހަރާ އައިސްގެން އުޅޭ ހެންނެވެ. އެހެން ދުވަސްދުވަހު ކަމެއް ކުރުމަށް ޒަޔާއަކީ އެހާ ލަސް ކުއްޖެކެވެ. އަބަދުވެސް އިންނާނީ ކަމަކަށް ގޮސް ގެއްލިފައެވެ. ނަމަވެސް މިއަދު ފެންނަމުން އެދަނީ ކުރީގެ އެ މައުސޫމު ޒަޔާއެވެ.

ޒަޔާގެ މަންމަ ސައީދާ މިކަމާ ސުވާލެއް ނުކުރީ ސުވާލްކޮށްފިނަމަ، އެ މޫނުމަތީގައިވާ އުޖާލާކަން ގެއްލިދާނެތީއެވެ. ނަމަވެސް އުފާވެރިކަމުގެ ފަހަތުގައިވާ ކަމެއް ހޯދުމަށް ސައީދާ އަޒުމްކަނޑައެޅިއެވެ.

އެރޭ 11 ޖެހިއިރު ޒަޔާހުރީ ގޭ ދޮރާށި ކައިރީގައި ދައީ ގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

(ނުނިމޭ

Comments (37)

  1. shaayan

    Mi vaahaka aky alhugandu mi sitega liyaa furathama vaahaka.. Hurihaa kiyuntherinnahvx mivaahaka kamudhaane kamah umnydh kuran.. ??

  2. Zyth

    Haadha kurey… thihaa kuru koh vaahaka genes dhenyaa kamaku nudhey

    1. shaayan
      Zyth

      2 vana part iraadhakurehviyya dhigu khdheynan.. Thanks zyth ??

  3. Saandy

    Feshun salhi… Ekam maa kurukoh thi genesdhiny… Next part dhigukolladhehchey… Kon dhuvasthakehga mivaahaka up kohdheny?? Best of luck 🙂

    1. shaayan
      Saandy

      Thank yuh sandy.. Iraahda kurehviyya 2 vana part dhigukhla dheynan.. Daily up khdheynan.. Inshallah.. ☺

  4. Naxy

    Vaahaka reethi kiyaa hihvaa vahaka akah vaane kamah ummedhu kuran… adhi nimen dhen kiyan libeyne kamah ves heekuran

    1. shaayan
      Naxy

      Thank yuh Naxy.. Yeah iraadha kurehviyya nimendhen daily up khdheynan.. ?

  5. Princess À

    Gud job shaayan.i loved the way you wrote.But make it lil longer .waiting.daily up kohdhehchey

    1. shaayan
      Princess À

      Thank yuh princess A… Next part dhigu khla dheynan.. N mi story nimendhen daily up khdheynan.. Inshallah.. ?

  6. Ninnu

    Upload it asap.coz i cant wait to read nxt part

    1. shaayan
      Ninnu

      Tonight I will.. Inshallah.. Thank yuh Ninnu ?

  7. sooo

    Mivaahaka reethi vaane hen hyvey.. Kon irakun dhen next part..

    1. shaayan
      sooo

      Thank yuh sooo.. Tonight.. Inshallah ?

  8. Visha

    Hervey reethivaane hen……

    1. shaayan
      Visha

      Yeah iraadha kurehviyya.. Thank yuh visha

  9. YammYoon

    Obinesss…. v salhi ingey feshun… Dhn ehn kiuntherin buni hen kury…Next part k vaane dhw… ????

    1. shaayan
      YammYoon

      Yeah.. Iraadha kurehviyya.. Thnx YammYoon ?

  10. Naakko

    Reethi ekamaku maa bodahves kuru mi part

    1. shaayan
      Naakko

      2nd part dhigukhlaanan iraadha kurehviyya.. Thnx Naakko ?

  11. Ahsin

    story salhi. handhuvaru ge ayya rihi alli dhw kiyanee. Ran ayye Shaayan othee liyefa.

    1. thoon
      Ahsin

      Ahsin thibuny thedhe. Vedhaane writer ah olhunykamah.

    2. shaayan
      Ahsin

      Thnx Again and thoon.. Thanks mistakes thah bunedheythi.. ?..

  12. rau

    wow… nice.. nimendhen genesdheyne kamah unmeedhu kuran. n thankolheh dhigu kollahchey..

    1. shaayan
      rau

      Thanks.. Yeah inshallah.. ?

  13. Chum handi

    Welcome to esfiya family… and so happy that you’ll upload the story daily… stop nukoh nimendhen genes dheh chey.. I love the story and one more thing… there’s an advice i wanna give you… Writer eh Famous vaanee negative comments libigen… Think that their negative comments means that they actually appreciate your work… and never loose hope because of them and always think that I can DO it! and if anything happens to you please let us know that.. then we won’t be disappointed on you.. hope you got what I said… waiting for the next part..:*

    1. shaayan
      Chum handi

      Thank yuh so much Chum handi.. ?

  14. Aphy

    Mi namuga mi site ga ehen vaahakaeh ves ebain dhw..anyways vaahaka v reethi vaanehen heevey

    1. shaayan
      Aphy

      Mi name ga ehn vaahkaeh inkameh neynge. Sorry for that.. Thank yuh Aphy ?

  15. Maakunbe

    Foohi gandeh

    1. shaayan
      Maakunbe

      Dhn Anna parts thah bodah kiyuntherij shauguveri kuruvaa fadha gothakah genesdheveythoa masahkaiyy kuraanan.. Inshallah.. And thank yuh so much maakunbe.. ?

  16. imagination

    really looking forward 🙂 good luck

  17. Khajja

    Wow feshun v rythi masha allah thankolheh kury n daily koh stry nimendhen up kolla dhevvun edhen aslu dailykoh kiyan nulibeynama baeffaharu baemmyhun foohivaane dhw anyway keep it up n luv u gud nyt all

  18. Lam

    Masha Allah..feshun reethi…daily koh upkohdhey thi…waiting

  19. anga

    kadha

  20. sannu

    varah kiyaa hiy vejje. ekam kiyeynee nd kiyaa hiy vaanee hutumeh nugenes vaahaka up kohliyya. dhn varah reethi vaane kamah hope kuran… ingey shaayan

  21. Sham cham

    Kobaa next part haadha inthizaareh eba kuramey

  22. Saaya

    Hey 2 vana bayah inthizaaru kuran

Comments are closed.