Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންދީނީލޯބި

ބިނާކުރުވަދޭ އެތިކޮޅުތައް – ތަޢާރަފް

ColdSight Level 1
August 20, 2017 2 Mins Read
4 Comments

” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ.

އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ ޝަހުސިއްޔަތު އުފައްދަދީ، އަހުރެންގެ މަގު-ގެއްލިފައިވީ އެކަނިވެރި ޅަފުރާގެ ބަޔަކަށެވެ. މި ވޭތުވެދިޔަ އަހަރުތަކުން އަހުރެން މިވަނީ އަހުރެންނަށް ހިނގާދިޔަ ކަންކަން ފަހުމުވެ ބަލައިގަންނަން ދަސްކޮށްފަ އެވެ. އެކަމަކު ކުޑަވެސް ތަދެއް އަހުރެންގެ ހިތުތެރޭގައި އަދު ފޮރުވިފައެއް ނުވެއޭ ބުނާނަމަ އެވާނީ އަހުރެން ދޮގު ހެދީ ކަމަށެވެ.

މި ފޮތަކީ އަހުރެންގެ ދިރިއުޅުމުގެ ހަޔާތުގައި އަހުރެން ކުރިމަތިލާފައިވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ނާހަގީގީ މަސައްކަތެކެވެ. އަހުރެން މި ވާހަކަތައް ހިއްސާކޮށްފައި މިވަނީ، އެބައެއްގެ އަމިއްލަ އުނދަގޫތަކުގައި ދުއްތުރާތަކާއެކު ކުރިމަތިލަމުންދާ މީހުންނަށް ލުޔެއް އިހުސާސް ކުރެވިދާނެ ކަމުގެ އުންމީދުގަ އެވެ. އެމީހުންގެ ތަދުތައް ވަނީ ސަބަބަކާނުލައި ނޫން ކަމާއި، އެމީހުން ކުރާ ހިތްވަރުތައް ދަނީ ބޭކާރުގޮތުގައި ނޫންކަމާއި، އަދި އެމީހުންގެ އަޑުތައް ދަނީ ނުއިވި ނޫންކަން އެނގިހުރެއެވެ. ރައްބު ހުރިހާކަމެއް އެކީ ކުރިމަތި ކުރުވަނީ ރައްބުގެ މާ މަތިވެރި މަގުސަދަކަށެވެ. އެހެންކަމުން،  އަހުރުމެންގެ އުދަނގޫތަކުން ނެރުވަދޭ ރަނގަޅު އަސަރު ދުށުމަށް އުންމީދު ކުރެވޭނީ، އަހުރެމެންގެ ތަދުތަކުގެ މާޒީއިން ދުރަށް ބެލުމަށް ދަސްކުރެވޭ ހިސާބުންނެވެ.

މިފޮތުގައިވާ ގިނަ ހާދިސާތައް ހަގީގަތުގައި އަހުރެންނަށް ދިމާވެފައިވެ އެވެ. ގިނަ ކަންކަން ނުވެ އެވެ. އެކަމަކު މިކަންކަން ހުރިހާ އުމުރުފުރައެއްގެ މީހުންނާ ވެސް ކޮންމެ ދުވަހަކުހެން ކުރިމަތިވާކަން އަހުރެންނަށް އެނގެއެވެ. ތިބާ އަކީ އޭގެ ތެރެއިން އެކަކު ނަމަ، އަހުރެންގެ އުންމީދަކީ މި ވާހަކައިން، ރައްބު، ގޯސް ކަންކަން ދުނިޔެމަތީގައި ހިނގުމަށް ވެދިޔަދެނީ ކީއްވެގެންކަން ތިބާ އަށް ފަހުމުވާނެ ކަމަށެވެ. އަދި ތިބާއީ އެފަދަ މުސީބާތްތަކާ ކުރިމަތިލާފައި ނުވާ ނަސީބުވެރިއެއް ނަމަ އަހުރެންގެ އުންމީދަކީ މި ފޮތް، އުނދަގުތަކާ ކުރިމަތިލާފައިވާ މީހުންގެ ހާލަތްތަކުގެ އިތުރު ރަނގަޅު ތަސައްވުރެއް ތިބާ އަށް ފޯރުކޮށްދިނުމެވެ.

ހަރުގަނޑެއްގެ ދަށުން ނުފަށާ ތިބާއަކަށް ހަރުގަޑެއްގެ މައްޗަކަށް ނޭރޭނެ އެވެ. މި ބުނުމުގެ މާނަ ކެނޑިފައި އޮވެދާނެ އެވެ. އެކަމަކު އޭގައި އެވަނީ ތެދެވެ. ދިރިއުޅުމުގެ ހުރިހާ ބަޔަކަށް ބެލިނަމަ ވެސް، އެންމެ ފުރަތަމަ އޮށެއް ހިރަފުހުގައި ފަސްލައިގެން ނޫނީ މީހަކަށް މަލެއް ނުފޮޅުވޭނެ އެވެ.

މި ފޮތް ހަދިޔާ ކުރެވިފައިވަނީ އަހުރެންގެ މަންމައަށާއި ބައްޕަ އަށެވެ. އެބަޔަކާ އެކު އަހުރެންނަށް ރަހުމަތް ލިބިފައި ވި ހިތްހެޔޮ ބެލެނިވެރިންނަށެވެ. އަހުރެންގެ މައިންބަފައިންގެ ގޮތުގައި ވި ކަމަށްޓަކައި ޝުކުރުވެރި ވަމެވެ. އަހުރެންނަށް ލޯބިދީ އެއްބާރުލުން ދޭކަމަށްޓަކައެވެ. އަދި އެއް ވެސް ގޮތަކުން އަހުރެންނާމެދު އިތުބާރު ކުރުން ދޫކޮށްނުލާ ކަމަށްޓަކައެވެ. އަހުރެން ތިބާމެންދެކެ ލޯބިވަމެވެ.

އަދި މަތިވެރިވަންތަ ރައްބަށެވެ. އަހުރެންގެ ނިމިދިޔުމާ ހަމައަށް ދެމިގެންވާ އީމާންތެރި ކަމުގެ ބާލީހެވެ. އަނދިރީގެ ތެރޭގައި ވާ އަހުރެންގެ އައްޔެވެ. އަހުރެންނަށް ހައްގުވެރިކަން ނެތް ހިނދުގައި އަހުރެންގެ ރޫހަށް މައާފު ދިނުން މަތިވެރި ކުރި ރައްބެވެ. އަދި އަހުރެން އަހުރެންގެ އަމިއްލަ ނަފުސާމެދު އުންމީދު ދޫކޮށްލި އިރު،  އަހުރެންނާ މެދު އުންމީދު ކަނޑާލުމަށް ދެކޮޅުވެރިވި ރައްބެވެ. ރަނގަޅުވެތިކަމަށް ދިފާއުވެރިކަމައިގެން ގެންދިއުމަށް އަހުރެންނަށް ހިތްވަރާއި އަދި ރޫހުވެރިކަން ދިން ކަމަށްޓަކައި ރައްބަށް ޝުކުރުވެރިވަމެވެ. އަދި ނާއިންސާފުވެރިކަމާ ދެކޮޅަށް ތެދުވެ ހުރުމަށް ދިން ހިތްވަރަށް ރައްބަށް ޝުކުރުވެރިވަމެވެ. އަދި އަހުރެންގެ މާޒީގެ ލައްތަކަށް ފަސޭހަކަން ގެނެސްދިން ފައިދާ ހުރި ފިލާވަޅުތައް  އަހުރެންނަށް ދަސްކޮށްދިން ކަމަށްޓަކައި ވެސް ޝުކުރުވެރި ވަމެވެ. އަހުރުމެންގެ ކޮންމެ ދުވަހެއް ފެށުމުގެ ކުރިން، ރައްބުގެ އިރާދަ، އަހުރުމެން ކޮންމެ މީހަކު ވެސް މުހިންމުވެރި ކުރުވުމުގައި ރައްބު އަހުރުމެންނަށް އެހީތެރިވެދޭނެ ކަމަށް އަހުރެން ދުއާ ކުރަމެވެ. އަސްލު އުފައުވެރިކަމަކީ ކޮބައިކަން އެއިރުން އެންމެފަހުން އަހުރުމެންނަށް ދަސްވެދާނެ ކަމަށްޓަކައެވެ.

  • – ނުނިމޭ –

……………………………………………………..

ނޯޓު: މިއީ ތަރުޖަމާ ކުރުމުގެ ތެރެއިން ކުރެވިފައިވާ މަސައްކަތެކެވެ.

Share Article

Follow Me Written By

ColdSight

Level 1

Other Articles

Previous

02:30 ދިހަވަނަ ބައި

Next

ލޯބިން އަންނާށޭ ކަލާ…. (ދިހަ ވަނަ ބައި)

Next
August 20, 2017

ލޯބިން އަންނާށޭ ކަލާ…. (ދިހަ ވަނަ ބައި)

Previews
August 20, 2017

02:30 ދިހަވަނަ ބައި

4 Comments!

  1. khajja says:
    August 20, 2017 at 7:51 am

    Masha allah v rythi?? interesting mikahala dhyny echchehi bodah saaiu koh dheyne kamah ummydhukuran stries thakugaves bodah dhyny bai himanaigen up kohdheyne kamah abadhuves v hope kurevey shukuriyyaa n jazaakallah khairaa ??❤❤??????????

  2. shahoo says:
    August 20, 2017 at 8:16 am

    best maasha allah.keep it up

  3. Xxxx says:
    August 20, 2017 at 1:52 pm

    V.reethi…n interesting ?????????? waiting…???

  4. ރައު says:
    August 20, 2017 at 3:12 pm

    Mash Allah.. v reethi ibaaraai kurunthah… v molhu liyun therieh..

Comments are closed.



All Right Reserved!