Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (އަށާރަވަނަ ބައި)

azzadhil Level 210 Stories100 Comments
August 20, 2017 5 Mins Read
14 Comments

” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ.
” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރުޝީއަށް މޭގައި އަތް އަޅާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ގިސްލަމުން އަނގަމަތީގައި އެޅީ އެހެން މީހަކަށް އިވިދާނެތީއެވެ. މަޑުން މަޑުން ހިނގާފައި މަރިޔަމްގެ ކޮޓަރިއާ ދިމާއަށް ދިޔައިރު ދިރިހުރި ފުރާނަނެތް މަސްގަނޑެކޭ އެއްގޮތެވެ.

ހެނދުނު ހޭލައިގެން އާދައިގެ މަތިން ރައިހާނާ ކޮފީތަށި ބޮއެގެން ސައިހަދަން އުޅުނެވެ. އެއަށްފަހު މޭޒުމައްޗަށް ތަށިތައް އަރުވަން އުޅުނު ވަގުތު މަރިޔަމްގެ ކޮޓަރިން ނިކުމެގެން އަންނަ އަރުޝީ ފެނުނެވެ. އެކޮޓަރިން އަރުޝީ ނިކުމެގެން އަންނަތަން ފެނުމުން ރައިހާނާ ހިތުގައި އެކަމާ މެދު ސުވާލު އުފެދުނެވެ.
” އަރުޝީ ކީއްކުރަން މިގަޑީގަ މާމަ ކޮޓަރިއަށް ދިޔައީ.. ހުރިހާ ކަމެއް ރަނގަޅުތަ…” ރައިހާނާގެ ސުވާލަށް ދޭނެ ޖަވާބެއް އަރުޝީއަކަށް ނޭނގުނެވެ. ދޮގު ހެދުމަކީ އަރުޝީއަށް އުނދަގު ކަމަކަށްވާތީ ބުނާނެ އެއްޗެއް ނޭނގުނެވެ. އަރުޝީގެ ހިމޭންކަން ރައިހާނާގެ ހިތުގައި ސުވާލުތައް ގިނަ ކުރުވިއެވެ. އެވަގުތު ރައިހާނާ ކައިރީ ތެދުތެދަށް ކިޔައިދޭން އަރުޝީގެ ހިތަށް އެރިއެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ.
” މަންމާ…” ވަރަށް ހިތްވަރާއެކު އަރުޝީއަށް މިވަރުކޮށްލެވުމުންވެސް އަރުޝީގެ ޖުމްލަ ފުރިހަމަ ވާގޮތެއް ނުވިއެވެ.
” އަރުޝީ ރޭގަ ނިދީ މާމަ ކޮޓަރީގައޭ މަންމާ… ” ސިޑިން ފައިބަމުން އަންނަ ޒިވާންގެ އަޑަށް ރައިހާނާއާއި އަރުޝީ އެނބުރި ބަލާލިއެވެ.
” ރޭގަ ބުނެފި މާމަ ކައިރީގައޭ ނިދާހިތް ވަނީ.. ބަލިވީމަ މާމަ މަތިން ހަނދާން ވަނިއްޔޭ.. އެހެންވެ އަހަރެންގެ ހުއްދައާއި އެކު އަރުޝީ އެކޮަޓަރިއަށް ދިޔައީ” ރައިހާނާ އާއި އަރާ ހަމަކުރަމުން ޒިވާން ބުންޏެވެ. ޒިވާންގެ ހެދި ސާފު ދޮގުން އަރުޝީ ހުރި ހަމަ ހައިރާންވެފައެވެ. ދޮގު ހަދަންވެސް ފަސޭހަ މީހުން އުޅޭތާއޭ ހިތަށް އެރިއެވެ. ގައިމުވެސް ޒިވާން އެއީ ދޮގު ހަދަން މޮޅު މީހެކެވެ.
މައިރާ ނިދީ ކޮންތާކުހޭ އެހުމުން ގެސްޓް ރޫމުގައި ކަމަށް ބުނެ އަނެއް ދޮގު ހަދަމުން ޒިވާން ސައިބޯން އިށީނެވެ. އަރުޝީ ވީ ފޫއްސެއްގެ ބޮޑުކަމުން އެތަނުން ދާން އުޅުނު ވަގުތު ރައިހާނާ ސައިބޯން އައުމަށް ބުންޏެވެ. ނަމަވެސް ޒިވާން އާއި އެއްމޭޒުގައި ސައިބޯން ބޭނުންނުވާތީ އަރުޝީ ވަކި އެއްޗެއް ނުބުނެ ހުރީއެވެ. ” މަންމާ އަރުޝީ ރޯދައޭ މިއަދު” ޒިވާން އަނެއް ދޮގު ހަދާލިއެވެ. އެވަގުތު އަރުޝީ ޒިވާން އަށް ނުރުހުމުގެ ލޮލަކުން ބަލާލިއެވެ. ޒިވާން މަލާމާތުގެ ގޮތަކަށް ހީލިއެވެ. އަދި ދެބުމަ ގޮށްޖަހާލީ އަރުޝީއަށް އިންޒާރުދޭ ފަދަ ގޮތަކަށެވެ.
” އެކަމަކު އަރުޝީ.. ރޭގަ ހުންއައިސް ގެން އޮވެފަ މިއަދު ރޯދަ ތިހިފީ” ރައިހާނާ ނުރުހިފައި ބުންޏެވެ. އަރުޝީއަށް ދޭނެ ވަކި ޖަވާބެއް ނޭނގުނެވެ. ބަލާލެވުނީ ޒިވާން އަށެވެ.
” ސާބަސް މަންމައަށް.. ރޯދަހިފައިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ.. އެއީ އިންސާނާގެ ހަށިގަނޑަށް ގިނަގުނަ ލާބައެއް ލިބޭކަމެއްނު.. ދޯ އަރުޝީ” ޒިވާން އަރުޝީއަށް ދޯ ދިނެވެ. ވީފުހިން ވަކި ޖަވާބެއް ނުދީ އަރުޝީ އަނބުރާ ގޮސް ކޮޓަރިއަށް ވަނެވެ.
” އަރުޝީއަށް ކިހިނެއްވެފަތަ ހުރީ.. ބަހެއްވެސް ނުކިޔާ ” އަރުޝީ ދިއުމުން ޒިވާން ކައިރީ އިށިންނަމުން ރައިހާނާ އަހާލިއެވެ.
” މާބޮޑަށް ވަރުބަލީ ކަންނޭނގެ.. ނިދާލާފަ ތެދުވީމަ ރަނގަޅުވެދާނެ” ޒިވާން ބުނެލިއެވެ. ރައިހާނާވެސް އިތުރަށް ސުވާލުކުރަން ނުހަދާ ސައިބުއިމާއިގެން ކުރިއަށް ދިޔައެވެ.
އެދުވަހު ހަތަރުދަމު އަރުޝީ ހޭދަކުރީ ބަނޑުހައިހޫނުކަމުގައެވެ. ޒިވާން އާއި ރައިހާނާގެ އިތުރުން މައިރާ އާއި ސައިހާނާ އަދި ނަޒްމާ މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ދުރުގައި އަރުޝީ ބަލަން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެ ދެރަވެފައެވެ. ހީ މަޖާ ކޮށް ކަމުން ދިޔައިރު އެންމެ ފުރިހަމަ އާއިލާއެކޭ ބުނެވިދާނެއެވެ. އެތަނުގައި އަރުޝީގެ ބޭނުމެއް ނެތޭ ހިތަށް އެރުމުން އަނގައިން މަޑުމަޑު އާހެއް ބޭރުކޮށްލެވުނެވެ.

އިރު އޮއްސެން ކައިރިވުމުން އަރުޝީ ބަދިގެއިން ނިކުތީ މަގްރިބް ނަމާދަށް އެއްޗެއް ކެވޭނެ ކަމުގެ އުއްމީދުގައެވެ. އޭރު ރައިހާނާ ތަފަތު ވައްތަރުގެ ކާނާ މޭޒުމައްޗަށް އަރުވާފައި ހުއްޓެވެ. ކާއެއްޗެހިން ދުވާ މީރުވަހުންވެސް އަރުޝީގެ ބަނޑު ފުރުނު ކަހަލައެވެ. ކާމޭޒު ދޮށުގައި އިށިންނަށް އުޅުނު ވަގުތު ގެއަށް އައިސްވަން ޒިވާން އަރުޝީއަށް ގޮވާ ބޭރަށް ދާން ތައްޔާރު ވުމަށް ބުންޏެވެ.
” ދަރިފުޅާ މަންމަ މިހުރީ އަރުޝީ ރޯދަވިއްލަން ހަދާދީފަ ހުރި އެއްޗެހި ދެން ކީއްކުރަން ބޭރަށް ދަނީ” ކާއެއްޗެހި އިސްރާފުކުރެވިދާނެ ކަމުގެ ބިރުހީވެ ރައިހާނާ ބުންޏެވެ.
” މަންމާ ޕްލީޒް.. އަދި އިންފަހުން އަރުޝީ ގޮވައިގެން ތަނަކަށް ދާން މިއުޅެނީ އަލަށް.. ” ކުޑަކުއްޖެހެން ޒިވާން ކުސްތަޅާލުމުން ވީފޫހިން އަރުޝީ އެނބުރުނީ އަނެއް ފަރާތަށެވެ.
” ޒިވާން މިއަދަކު ނޫން ދޯ.. އަހަރެން ބޭނުމީ ގެއިން ކާން” އަރުޝީ ދެކޮޅު ހަދަމުން މިހެން ބުނުމުން ޒިވާން ކައިރިއަށް ރުޅިއައެއް ކަމަކު ހިމޭނުން ހުރީ ރައިހާނާ ހުރީމައެވެ. ޒިވާން ހިތްހަމަ ނުޖެހުނީކަން އިހްސާސްވުމުން ރައިހާނާ އެދެމީހުންނަށް ވަގުތު ދިނުމަށްފަހު ކޮޓަރިއަށް ދިޔައީ މަގްރިބް ނަމާދުކުރަން ބޭނުންވާ ކަމަށް ބުނެއެވެ.
” އަރުޝީ މިއަދު ކާނީ އަހަރެން އަތުންދޯ” އެއް އަތުން އަރުޝީ ގައިގާ ވަށާލައި ޒިވާންގެ ގަޔާލައި ފިއްތާލަމުން ބުންޏެވެ. އަރުޝީ ވަކި އެއްޗެއް ނުބުނެ ޒިވާންގެ އަތުތެރެއިން ނިކުމެވޭތޯ މަސައްކަތް ކުރިއެވެ. އެއަށްފަހު ޒިވާން އަރުޝީގެ އަތުގައި ހިފައިގެން ގެންގޮސް ކާމޭޒު ކައިރީގައި ބޭންދިއެވެ. އަދި ރޮއްޓެއް ނަގާ ދެފަޅިއަށް ހަތަރު ބަޔަށް ކުދިކޮށްލަމުން އެއްބަޔާ ކުޅި މަސްކޮޅަކާ އެއްކޮލުމަށްފަހު އަރުޝީއަށް ދިއްކޮށްލިއެވެ. ނަމަވެސް އަނގަ ހުޅުވަން އަރުޝީ ހިތަށްވެސް ނާރާ ކަހަލައެވެ.
” އަނގަ ހުޅުވާ ދޫނީ” ލޯބިން ފުރިގެންވާ ގޮތަކަށް ޒިވާން ބުނުމުން އަރުޝީ ޒިވާންގެ މޫނަށް ބަލާލީ ރުޅިއައިސް ރަތްވެ އިނދެއެވެ.
” އަނގަ ހުޅުވާށޭ” މިފަހަރު ޒިވާންގެ އަޑުގައި ހަރުކަށި ކަމެއްވިއެވެ. ނަމަވެސް އަރުޝީ އޭނަގެ ގޮތުގައި އިންކަހަަލައެވެ. އެންމެފަހު ޒިވާން އޭނާގެ އަނެއް އަތުން އަރުޝީގެ ކޮލުގެ ދެފަރާތުގައި ހިފާ ބާރުކޮށްލިއެވެ.
” އަނގަހުޅުވާ އެހެން ނޫނީ މިކުޅިމަސް އެތި ހާކާލާނީ ލޮލުގަ..” ދަތްކުޑިވިކާލަމުން ޒިވާން ބުނުމުން އަރުޝީ އަނގަހުޅުވީ ޒިވާންގެ އިންޒާރަށް ބިރުންނެވެ. އެވަގުތު ޒިވާން އަރުޝީ އަނގަޔަށް ރޮށިކޮޅުޖެހީ އަރުޝީއަށް ތަދުވާނެ ވަރަށް ބާރަށެވެ. މިގޮތަށް ތިން ރޮށި ވަރަކަށް ކާންދިނުމުން އަރުޝީ ބަނޑުފުރުނެވެ.
” ޒިވާން ޕްލީޒް އަހަރެން ބަނޑުފުރިއްޖެ” އަރުޝީގެ އަޑު ޒިވާންއަށް ނީވޭ ކަހަލައެވެ. އެންމެ ފަހު ތެދުވެގެން އަރުޝީ ދާން އުޅުމުން ޒިވާން ހިފަހައްޓާ އެއްއަތުން އަރުޝީގެ އިސްތަށިގަނޑުގައި ހިފާ އަނެއް އަތުން ގަދަކަމުން ކާންދިނެވެ. އެންމެ ފަހުން ޒިވާން އަރުޝީ ދޫކޮށްލީ އޯކައިދަމަން ފެށުމުންނެެވެ. ޒިވާން ދޫކޮށްލުމާއެކު އަރުޝީ ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ.
ފާހާނައިން ނިކުތް އިރު އަރުޝީ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހޮޑުލައިލައި މޫނު މަތިން ރަތްވެފައި ވާއިރު ލޮލުން ކަރުނަ އައިސް ތުންފަތްމަތި ރަތްވެފައިވަނީ މާބޮޑަށް ކުޅިވުމުގެ ސަބަބުންނެވެ. އެނދާ ހަމައަށް ދެވުމާއެކު ހުރި ތަނުގައި އިށީނދެ އެނދުގައި ބޯއަޅާލީ މައިނޭވާ އަޅަމުންނެވެ. ޒިވާން އައިސް ކޮޓަރިއަށް ވަންކަން އެނގެއެވެ. ނަމަވެސް އިސްއުފުލާލައި ބަލާލާނެހާ ހިތްވަރެއް އަރުޝީގެ ކިބައަކު ނެތެވެ. ޒިވާން ފޮނިގޮތަކަށް ހިނގާފައި އައިސް ކުރުފައިމައްޗަށް އަރުޝީގެ ކުރިމަތީގައި އިށީނެވެ.
” އެނގޭތަ މިއަދު ތިލިބުނީ ކޮންކަމެއްގެ ސަޒާކަން” އަރުޝީގެ ދަތްދޮޅިދަށައް އެއް އިނގިލި ލައްވާލުމަށްފަހު އެމޫނު މައްޗަށް އުފުލާލަމުން ޒިވާން އަހާލިއެވެ.
” މިއަދު ހެނދުނު މަންމަ ކައިރީގައި އަހަރެން ވާހަކަ ބުނަން ގަސްދުކުރީމެއްނު.. އެހެންވެ.. ދެވަނަ ފަހަރަކަށް އެހެން ހިތަށް އަރުވާލިޔަސް ލިބޭނެ އަދަބު މާބޮޑުވާނެ..” އަރުޝީގެ ކޮލުގައި ހިފާ ފިތާލަމުން މިހެން ބުނުމުން އަރުޝީއަށް ޒިވާންގެ އެ އަތް ފޮޅުވާލެވުނެވެ. އެވަގުތު ސާބިތު ކަމާއެކު ޒިވާންގެ ދެލޮލަށް ބަލާލަމުން ހީލީ އަރުޝީއަށް ކާމިޔާބު ލިބިއްޖޭ ބުނާކަހަލަ ގޮތަކަށެވެ.
” އެންމެންނަށް އަނިޔާވެރިވެ ތިމާމީހާ އާއި ދޭތެރޭ ތިހާ ކިބުރުވެރި ތިވާއިރު އެނގޭތަ އަހަންނަށް މިލިބޭ ވަރުގެ އަނިޔާއަށްވުރެ ބޮޑެތި އަޒާބު ލިބޭނެ ދުވަހެއް އަންނާނެކަން” ސާބިތު ކަމާއެކު އަރުޝީ ބުނެލިއެވެ. އެއަށް ފަހު ހިތްވަރުކޮށްފައި އިންތަނުން ތެދުވަމުން ޒިވާން އާއި ކުރިމަތިލިއެވެ. ޒިވާން ވެސް އިންތަނުން ތެދުވެ ޖެހިލުންވެ އަރުޝީ އަށް ރަނގަޅަށް ނަޒަރު ހިންގާލީ އެދެލޮލުން ފެނުނު ސާބިތު ކަމެއްގެ ސަބަބުންނެވެ.
” އެނގޭތަ އެދުވަހުން އަނިޔާވެރިންނަށް ހުރި އަޒާބު.. އަދި އެނގޭތަ އެންމެ އަވަހަށް އިޖާބަ ކުރައްވާ ދުއާ ތަކުގެ ތެރޭގައި އަނިޔާލިބިފައިވާ މީހާގެ ދުއާ ވާކަން..” އަރުޝީގެ އަޑު ގަދަވާން ފެށިއެވެ.
” އަހަރެން މިއަދު ދުއާ ކުރަން.. ކަލޭ ކަލޭ ކުރި ކުށައް މިދުނިޔޭގައި ތައުބާ ނުވެއްޖެނަމަ ކަލެއަށް އެންމެ ވޭން ހުރި އަޒާބު ދެއްވާށި.. ކަލޭ މިދުނިޔޭގައި ތައުބާނުވެ ކަލޭ އިހާނެތި ކޮށް ކަންތައް ކުރި މީހުން މައާފަށް ނޭދިއްޖެނަމަ ކަލެއަށް ބިރުވެރިކަން ހުރި ވޭން ހުރި އަޒާބުދެއްވާށި” އަރުޝީއަށް ލިބިފައިވި ހިތްވަރު ފެނި ޒިވާން ޖެހިލުންވި ނަަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލިއެވެ. ނަމަވެސް އަރުޝއަށް މިކަން ސިއްރެއް ނުވިއެވެ. ޒިވާން ބިރުގަނެއްޖެކަން އެނގުމުން އަނގަމަތީ އަތް އަޅާފައި ހޭންފެށީ މަލާމާތުގެ ގޮތުންނެވެ. އެއާއެކު ޒިވާން ކައިރިއަށް އައިސްފައިވާ ރުޅިގަނޑު ދަގަވެ ބަލާކަށް ނުހުރެ ޒިވާންގެ ބާރުގަދަ އަތުން އަރުޝީގެ ކަންފަތްފިލާ މަތީގައި ލެވުނުހާ ބާރެއްލާފައި ޖެހިއެވެ. އެހިނދު ބޮލަށް އެނބުރުން އަރާ ތަށިމުށިތައް މައްޗަށް އަރުޝީ ވެއްޓުނެވެ. އެއަށްފަހު ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.
………………………………………………………………
އޮސްްޓްރޭލިއާ ގައި އާރާވް ހިފާފައި ހުންނަ އެޕާންޓްމެންޓްގެ ސޯފާގައި ނިދިފައި އޮތް އާރާވްއަށް ފުންމައިގެން ތެދުވެވުނެވެ. ކުއްލިއަކަށް ހިތް ބިރުގަންނަން ފެށި ކީއްވެ ކަމެއް ނޭނގުނެވެ. ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައެވެ. ހަމައެއާއެކު އަރުޝީ މަތިންވެސް މާބޮޑަށް ހަނދާންވާން ފަށައިފިއެވެ. އަރުޝީ ދެކިލަން ހިތް ގޮވަން ފަށަފައިފިއެވެ. އާރާވް އޭނަގެ ފޯނުގެ ސްކްރީންގައިވާ އަރުޝީގެ ފޮޓޮއަށް ބަލާލިއެވެ. އެފޮޓޮއަކީ އަރުޝީގެ ކައިވެނީގެ ރޭ އެކަކަށްވެސް ނޭނގޭނެ ހެން އާރާވް ނަގާފައިވާ ފޮޓޯއެކެވެ.
އާރާވް ވަގުތުން ވަގުތަށް ރާއްޖެ ދާން ބޭނުންވިއެވެ. ހަމަމިހާރު މިވަގުތު އަރުޝީ ދެކެން ބޭނުންވިއެވެ. ނަމަވެސް އެކަން ވާކަށް ނެތެވެ. އާރާވްގެ ކުރިމަތީގައި އަރުޝީ އެހެން މީހަކާއެކު އުޅޭތަން ބެލުމަކީ އާރާވްއަށް ކެތްވާނެ ކަމެއް ނޫނެވެ. އަދި ހާއްސަކޮށް އަރުޝީއަށް ފަހަރި ކިޔުމަކީ އަމުދުން ވާނެ ކަމެއް ނޫނެވެ.

އެންމެ ފަހު ހިތަށް ލުޔެއް ހޯދާދިނުމަށްޓަކާ ވުޟޫކޮށްލައިގެން އައިސް ނަމާދުކުރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ގޮއްޔެ (ބާބު 2) ތިންވަނަ ބައި

Next

މަލާކް… 24ވަނަބައި

Next
August 20, 2017

މަލާކް… 24ވަނަބައި

Previews
August 20, 2017

ގޮއްޔެ (ބާބު 2) ތިންވަނަ ބައި

14 Comments!

  1. Xxxx says:
    August 20, 2017 at 5:21 pm

    V.nice mi part ves dear…???? waiting 4 next part sooon…..

  2. maroon says:
    August 20, 2017 at 5:27 pm

    Ameen.. i hate u too.. ekam story hama habeys. Zivan ah arushyge loabaky koahchehkan angaidhy. Loabaky kiha aguhuri ehchehkan.. wow ?

  3. aloo says:
    August 20, 2017 at 5:27 pm

    vvvv..reethi masha Allah..waiting 4 next part…. 🙂 🙂

  4. Mansha says:
    August 20, 2017 at 5:33 pm

    Yey….. Zivaanah ganna ulloooo. Kandu mahchah araa dhuvahakun koamaheh kaalaane mama dhw. Noony ushaali vahakaiga ulhey jinni fonuvan v dhw. Noony dhe athaa dhe fai bandhefa bulhalah kaan dhee…. ???????

  5. Aishath Lewsher says:
    August 20, 2017 at 5:37 pm

    ???????????????❤❤❤❤?❤?❤?❤?❤??????????❤????????????❤????????????????????????????????????????????????????????????

  6. writer says:
    August 20, 2017 at 5:56 pm

    Awesome… higaabala mi zivaan ah nulafaa ladeh dheyn…..maa gadha vegen ulheny fidikamun gos… aarav come and save ur heroine

  7. Shifu says:
    August 20, 2017 at 6:49 pm

    Aarav dheyba arushee salaamai kuran. V reethi mi part ves.

  8. Jummii says:
    August 20, 2017 at 6:58 pm

    Waaaaau. ?

  9. Tobby says:
    August 20, 2017 at 7:06 pm

    Haadha kurey ?

  10. Shaa says:
    August 20, 2017 at 7:27 pm

    Alhe haadha kurey adhives kiyahiyvanee

  11. F@@@ says:
    August 20, 2017 at 8:02 pm

    Wowwv.. hama v reethi????❤️❤️❤️????

  12. khajja says:
    August 20, 2017 at 11:38 pm

    Wow masha allah v rythi kon irakun nxt prt kiyaalan libeyny v kiyaahiyvey eba avaskolladhechchey plx plx plx gud nyt ly????❤??????????❤❤❤

  13. Sidhu says:
    August 20, 2017 at 11:52 pm

    Beautiful …..zivaan ah laden liben v gai vejje. …Aarav avahah aadhey arushy salaam ai kuran. ..

  14. Amin says:
    August 21, 2017 at 12:31 pm

    Aslu zivan ge plan tha furathama kolhu ehingi hadhisaatha ves.. Arusheemenge andhaalun n plus kaisan ge friend ves arushee kairi ah fonuvan..plus aarav ge e innanee kaisange hih tha??

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ނަވާރަަވަނަ ބައި)←


All Right Reserved!