ރަޔާހީން އަތުން އޭނާގެ އިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ ވިކްޔަން އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަން ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ކުރިއަށް ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް […]
ފަޒާތެރޭގައި ތެތްފިނިކަމެއް ހިފާލާފައި ހުރި އިރު ރިޒުވީން ނިދަންވެގެން އޮށޯވެ އޮތީ އޭނާގެ ގައި މަތީ ރަޖާގަނޑެއް އަޅައިގެންނެވެ. އެ ރޭގެ މޫސުމުގެ ފިނިކަމުގެ ސަބަބުން ރިޒުވީން އޮތީ ހީކަރުވައިގަނެފައެވެ. ޖަލުގެ ގޮޅީގެ ތެރޭގައި ހުރި ލަކުޑި އެނދެއްގައި އޭނާ އޮތް އިރު، ވިދާ، ގުގުރާ، ވާރޭ ވެހެމުންދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޖަލުގެ ތޭރީގައި މީހަކު ދަގަނޑު ބުރިއަކުން ތަޅާ އަޑު އިވެން ފެށިއެވެ. އެ އަޑު އިވިފައި ރިޒުވީން އެ ފަރާތަށް […]
އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ކަނޑުމަޑެވެ. ޖެހެމުންދަނީ ހިތްގައިމު ވައިރޯޅިތަކެކެވެ. މިހިތްގައިމު ދުވަހުގެ ހުރިހާ ވަގުތެއް ފާއިތުވެގެން ގޮސް ހަވީރު ވެއްޖެއެވެ. ހަނާ ތައްޔާރުވަމުން އެދަނީ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރުބަލަން ދާށެވެ. ތުޑީކޮޅާދިމާ އަތިރިމައްޗަށެވެ. ހަނާ އަވަސް ހިގުމެއްގައި އެދިމާ އަތިމައްޗަށް ފޭބިއެވެ. އަދި އެހެންޏާވެސް އިށީންނަ ބުޑުކައިރީ ފައިވާން ބަހައްޓާފައި ވެލިގަނޑުމިތީ ހުސްފައި އަޅާލިއެވެ. ބުޑުމަތީއިށީގެ ހަމަޖެހިލުމައްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ހަވީރު 5 ޖެހީއެވެ. އެއްފަހު ކެއްމަދުވެފަވާ ނަޒަރަކުން އޮއްސެންދާ އިރާ […]
މި އަދު މާކެޓިން މެނޭޖަރ އެއްގެ މަގާމްގައި އެބައްޕަގެ އަިމއްލަ ވިޔަފާރި ކުންފުނީ ގައި ވަޒީފާ އަދާ ކުރަމުން މިދާ ޒުވާން ބިޒްނަސް މޭން އަކީ ލޫތު އެވެ. އޭނާގެ މި ހިތްވަރާއި މިންނެތް މަސައްކަތަށް ޒިޔާ ގެ ބައްޕަ ޝުކުރުވެރިވެއެވެ. ލޫތު އޭނާ ގެ ދޮންބައްޕަ އެރޭ ހޮސްޕިޓަލުގައި އޮވެއެގެން ދެއްކި ވާހަތަކާއިމެދު އިތުރަކަށް ނުވިސްނައެވެ. ދޮންބައްޕަ ނެތް ދުނިޔެއެއްގައި ޒިޔާ އާއި އެނާގެ އެއްބަނޑު ކޮއްކޮ ޒީވާ ބެލުމުގެ މަސްއޫލއްޔަތަކީ ލޫތުގެ ކޮނޑުގައި […]
“އަހަރެންވެސް ޒީކްމަތިން ވަރަށް ހަނދާންވާނެ…. ނޭނގެ ކީއްވެގެންކަމެއް….. މިފަހަރު ޒީކް ދާތީ އަހަރެން މާބޮޑަށް ދެރަވޭ…. ކިތަންމެ ފަހަރަކުވެސް ހިތަށް އެރި ނުދާށޭ ބުނެފާނަމޭ……” ޒިކާންގެ ދެލޮލަށް ބަލަންހުރެ މިޝްޔާ ބުނެލީ ސަމާސާގޮތްގަނޑު ކަނޑުވާލަމުންނެވެ. ޒިކާން ކުޑަކޮށް ގުދުވެލަމުން މިޝްޔާގެ ކަންފަތްދޮށުގައި ބުނެލި އެއްޗަކުން މިޝްޔާގެ ތުންފަތަށް ރަކި ހިނތުންވުމެއް ވެރިވިއެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ފިނިފެންޖަންބުކުލަ ފާއްދާލިއެވެ. ރަކިވީވަރުން މިޝްޔާއަށް އިސްޖަހާލެވުނެވެ. “އޯކޭތަ….؟؟؟؟” މިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ޒިކާން އަހާލިއެވެ. އުފާވެރި ހިނިތުންވުމަކާއިއެކު […]
“އެރޭ މާހިލްއަަށް ހަމަލާދިންމީހުން ދުއްވި ސައިކަލްގެ ނަންބަރު އިނގޭތަ.. ” ކުއްލިއަކަށް އެއްޗެެއް ހަނދާންވާ ފަދައަކުން އަރޫން އަހާލިއެވެ. “ނޫރާމެންގޭ ބޭރުގަ އިން ކެމެރާއަށް ހަމަގައިމުވެސް އަރާނެއްނު.. ” އެއްބުމައަރުވާލަމުން ޖަޒްލާން އޭނައަށް އައިމޮޅުހިޔާލު ހުށައަޅާލިއެވެ. ” ޔެސް .. ތިބުނީ ހަމަރަނގަޅަށް ..” އަރޫންއަށް ޖަޒްލާންގެ އެހިޔާލުވަރަށް ކަމުދިޔައެވެ. ” މަށަށްމިހާރު އެއްޗެއްޝައްކު.. ޖަޒްލާންތީ އަނެއްކާ ޑޮކްޓަރެއްކަމާމެދު.. އާއެހެންޏާފަހެ.. ނުބުނާނެތަމިހެން.. ހީވަނީ ހަމަ ސްޕެޝަލްފޯސްގެ ހުނަރުވެރި އޮފިޝަލެއްހެންވީޔާ.. ” ޝަމާލް މިހެންބުނުމާއެކު ތިންމީހުނަށް އެކީ ހޭންފެށިއެވެ. […]
ކިޔާރާއަށް ނަކީލް ދެއްކި ވާހަކަތަށް އަޑުއިވުމުން ލިބުނީ ސިހުމެކެވެ. މާޔާ އެއީ ނަކީލްގެ އަންހެނުން ތާއެވެ. އެހެން ނަމަވެސް ކިޔާރާއަށް މާޔާއޭ ކިޔައި ގޮވަންވީ ކީއްވެ ހެއްޔެވެ.އަނެއްކާ ކިޔާރާއަކީ މާޔާ ބާވައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. …………………………………………………………………………….. ދުވަސްތަށް ފާއިތުވަަމުންގޮސް މިއަދަކީ ކައިލް އަންނަން ހަމަޖެހިފައިވި ދުވަހެވެ. ވޭތުވެދިޔަ ދުވަސް ތަކުގެ ތެރޭގައި ކިޔާރާއާއި ނަކީލްގެ މެދުގައިވަނީ ބޯފާރެެއްލެވިފައެވެ. ކިޔާރާ ފެންނަ ހިސާބަކަށްވެސް ނައިސް ވޭތޯ ނަކީލް މަސައްކަތްކުރަމުންދިޔަ އިރު […]
ފާހާނާގައި ހުރި މާހިލް ސިހުނީ އެއްޗެއް ވެއްޓުން ކަހަލައަޑެއްއިވުމުންނެވެ. ވީއެންމެ އަވަހެއްކޮއްލާފައި ތުވާލިއޮޅާލައިގެން ނިކުތް އިރު އެނދުމަތީގައި ނޫރާނެތުމުން މާހިލްއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހުރިހާބޮކިތަކެއްހެން އެކީޖައްސާލުމާއެކު ޓައިލްތަށް މައްޗަށް ވެއްޓިފައި އޮތް ނޫރާ މާހިލްގެ ލޮލުގައި އަޅައިގަތެވެ. ނަސީބަކުން މާބޮޑުއަނިޔާއެއް ވެފައެއްނެތެވެ. ނަމަވެސް ނިއްކުރިވަނީ ދުޅަވެފައެވެ. އެހެންވެ އަވަހަށް މާހިލް ނޫރާނަގާ އަތްދަނޑި މައްޗަށްލައިގެން ނަގާ އެނދުގައިބާއްވާލިއެވެ. އަދި ގައިމަތީގައި ފޮތިގަނޑުއަޅާލިއެވެ. ނޫރާއޮތްހާލު މާހިލްއަށް ދެނެގަނެވުނީދެނެވެ. ކުޑައިރުކޮޅެއްކުރިން މާހިލްއަށް ކަންތަށްކުރެވުނުގޮތް ހިޔާލަށް އައުމާއެކު އަވަހަށް ފެންފޮދެއްއަތަށް […]
“އެކޮއެ މިސޮރު ގޮވައިގެން ސިޓިން ރޫމަށް ހިގާ، މިތާ ބާއްވައިގެންނެއް މިކަމެއް ނުވާނެ” ރައޫފްބެ އެހެން ކިޔާ މާއިލް އަތަށް ނަގައިގެން ނިކުތީ ބޭރަށެވެ. އޭރުވެސް މާއިލް އޮތީ ދެލޯ މެރިފައެވެ. ހަގީގަތުގައި ރައޫފްބެ ކިޔަވަން ފެށުމުން މާއިލް އޮތީ ހޭނެތިފައެވެ. ރައޫފްބެ މާއިލް ގޮވައިގެން ނިކުތުމުން ޒޫމީވެސް ފަހަތުން ނިކުތެވެ. އޭރުވެސް ޒޫމީ ހުރީ ރޮއެ ރޮއެއެވެ. މަލަކާ ދެވުނު ހިތްވަރެއް ޒޫމީއަށް ދެމުން ދިޔައެވެ. އިސާހިތަކު އެވަގުތަކީ ސަލީމުމެން ވެސް އައިސް ވަން ވަގުތެވެ. […]