(ނުވަވަނަ ބައި) ހަތްްއަހަރު ފާއިތުވެގެން ދިޔަލެއް އަވަހެވެ. އަލަތު ކައިވެންޏަށް ފަރިކޮށް ނަލަކޮށްފައިވާ ދުލްހަން އެއް ފަދައިން އައްސޭރިވިލާ ކުލަބޮކި ތަކުން ދިއްލާ އަޅައިފައިވެއެވެ. އިނާޒާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގޭގެ ބަގީޗާތެރެއަށް ޖަމާވެފައިވާ މެހެމާނުންނަށް އޭނާ މަރުހަބާ ކިޔަމުން ދިޔައީ ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ. ގަޔަށްބާރު ދިގު ހެދުމަކާއެކު އަޅާފައިވާ ރަނުގެ ގަހަނާތަކުން އޭނާގެ ޢުމުރު ހަގު ކަމަށް ދައްކައެވެ. އެންމެ ގާތުން އަނުމްގެ މަންމަ އިނާޝާވެސް އެކި ކަންކަމުގައި އިނާޒާގެ އަތް ގާތް ކޮށް ދިނުމުގައި އަވަދިނެތިވެ އުޅުނެވެ. މަންމައާއި އިނާޒާގެ މިގާތްކަން ފެނި އެންމެ އުފަލުން އިނީ އަނުމްއެވެ. ބަލްޚާ އެކި ކަންކަން ހަމަޖައްސަމުން މެހެމާނުން ކެއުމުގެ ކަންކަން އިންތިޒާމުކުރުމުގައި ގޭގެ އެހެން ނޯކަރުންނާއެކު އަވަދިނެތިވެ އުޅުނެވެ. މި މަންޒަރު ފެނި އެންމެ ދެރަވެފައި އިނީ، އިމީއެވެ. އެވަގުތު ދޮންބެ އެތަނުގައި ހުރި ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ބަލްޚާ އެގެއަށް ގެނައީ މެހެމާނެއް ކަމުގައި ދެކިގެން ނަމަވެސް އެގޮތުގައި އޭނާއަށް ދެމި ހުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ބަލްޚާގެ ހާލަތާމެދު ކިތައްމެ ދެރަވިޔަސް އެކަމުގައި އިމީއަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ގޭތެރޭގެ ޝަކުވާތަށް ބޮލަށްލައިގެން އެކަންކަން ހައްލުކޮށްދެވޭ ވަރަށްވުރެ ޠައްޔިބުވެސް އުޅެނީ އޮފީސް ކަންކަމުގައި އަވަދިނެތިވެއެވެ. މިވީ ހަތް އަހަރު ތެރޭގައި ވިޔަފާރީގައި އޭނާގެ އެންމެ ގާތް ބައިވެރިން އޭނާ ދޫކޮށްލީ ކުއްލިއަކަށެވެ. އެކަމުގެ ސަބަބުން އަޑިއަޅާލި، އޭނާގެ ވިޔަފާރި ނަގާ ކޮޅަށްޖެހުމަށް ރޭދުވާ ވަކި ނުކޮށް އޭނާއަށް ޖެހުނީ މަސައްކަތް ކުރާށެވެ. މީހާގެ ތަބީޢަތު ގޯސްވެ ހަށިގަނޑު އަރާމަކަށް އެދި ގޮވިޔަސް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ” ބަލް… އަޅޭ ދެން ދޭބަލަ ރެޑީވެގެން އަންނަން…” އިމީއަށް ނުހުރެވިގެން އެންމެފަހުން ބަލްޚާގެ ގާތަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ. ބަލްޚާ އިނާޒާއަށް ބަލައިލިއެވެ. އެ އަންހެންމީހާ އޭނާއަށް ކުރާ ނަފްރަތު ހިތަށް އެރިޔަސް އޭނާ ބިރުން ރޫރޫއަޅައި ގަނެއެވެ. މި ހަތް އަހަރުތެރޭ ކޮންމެވެސް އެހެން ތަނަކަށް ދާން އޭނާ ކިތައްމެ ފަހަރަކު މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކުވެސް އިމީގެ އާދޭހާއި، ޠާއްޔިބުގެ އެދުމާއެކު އޭނާ އެގޭގައި މަޑުކުރަނީއެވެ. “ބައި ދަ ވޭ… އިމީ ކިހިނެތްތަ؟” ބަލްޚާގެ ކުރިމައްޗަށް ހުއްޓިލަމުން އިމީ ނިކަން ހެވިފައި އަހާލިއެވެ. ބަލްޚާ އިމީއަށް ނިކަން ފުން ނަޒަރަކުން ބަލައިލިއެވެ. އިމީ ކުޑަކުއްޖަކުން ނޫންކަށި ޒުވާނަކަށް ވާތަން ނިކަން ގާތުން އޭނާ ދުށްޓެވެ. މި ޒުވާނާއަކީ ކާއިނާތުގައިވާ ހުރިހާ ރީތި ކަމެއް އެކުވެގެން އުފައްދަވާފައިވާ ރީތި ހުސްކުރި ފަތްމިންޏެކެވެ. ޢުމުރާއެކު އިމީގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑަށްވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ. ހަގީގީ އަންހެން ކުއްޖެއްގެ ހުރިހާ ސިފައެއް މިހާރު އޭނާއަށް ލިބިފައިވެއެވެ. މިރޭ އިމީ ލައިގެން ހުރި ކަޅުކުލައިގެ މަހުމާ ފޮތީގެ އިވްނިންގ ގައުންގައި އޭނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ވާގޮތަށް ގެނެސް ކޮނޑުމަތިން މޭމައްޗާ ހަމައަށް ވައްޓާލާފައިވާއިރު އެ ދޮން ކަނދުރާގެ ބޮޑު ބައެއް ހާމަވެފައިވެއެވެ. ކުއްލިއަކަށް މުޅިތަން އަނދިރިވުމާއެކު ބަލްޚާއަށް ތެޅިގަނެވުނެވެ. ގަދަވެގެން ދިޔަ، މެހެމާނުންގެ “ސިމިސިމި” ލެއްވުމުގެ އަޑާއެކު ދިއްލުނު ސްޕޮޓްލައިޓްގެ އަލި އެޅިފައިވާ ދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ކަޅު ޓަކްސިޑޯއެއްގައި ހުރި ޖައިޝް ފެނުމުން ބަލްޚާ ހުރި ތަނަށް ގަނޑުވާގޮތްވިއެވެ. ޖައިޝްގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑާއި، ތުނިކޮށް ބާލާފައިވާ ތުނބުޅި މަތިމަހުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށްދީފައިވެއެވެ. މި ހަތް އަހަރުތެރޭ ޖައިޝްއަށް އައިސްފައިވާ ބަދަލު ފެނިފައި ހައިރާންވީ ހަމައެކަނި ބަލްޚާއެއްނޫނެވެ. އެތަނުގައި އެވަގު ތިބި ކިތައްމެ ޒުވާން އަންހެން ކުއްޖަކު، ޖައިޝް ފެނުމާއެކު ހިތާ ދިމާލުން މޭގައި އަތް އަޅާލިއެވެ. އެވަގުތު އަވަސް ފިޔަވަޅުތަކެއްގައި ދުވަމުން ކަހަލަ ގޮތަކަށް ގޮސްް އަނުމް ޖައިޝްގެ މުލައްދަނޑީގައި އަތް އަޅުވާލިއެވެ. ” ނުވެސް ގުޅޭ ދޯ؟!.. އަނުމް ހީވާނީ ދޮންބެ ގައިގަ ތަތްލަވާފަ ހުންނަ އައްޓަ މަހެއްހެން! ވަރަށް ފޫހިވޭ! އަދި ބަލާބަލަ ލާފަ ހުރި ހެދުމެއް! ހީވަނީ ހަތަރެސްކަން ފޮއްޓަކަށް ބެލޫނެއް އަރުވާފަ ހުންނަހެން!” އަނުމްދެކެ ފޫހިވެފައި ހުރެ، އިމީ ކުދި ކިޔަން ފެށުމުން ނުހޭން ހުއްޓަސް ބަލްޚާއަށް ހެވުނެވެ. ” ބަޓް ޝީ އިޒް ނޮޓް ދެޓް ބޭޑް ދޯ! އެހެން ނޫނަސް މީހެއްގެ ފިގާ ހުންނަ ގޮތާމެދު އެހާ އޯވަކްރިޓިކަލް ވާކަށް ނުވާނެ ދޫނީ!” އިމީއަށް ވިސްނައިދޭ ރާގެއްގައި އެހެން ބުނަމުން ބަލްޚާ އިމީގެ ކޮލުގައި ހިފާލިއެވެ. އެވަގުތު ޖައިޝްއާއި […]
އެއަށްފަހު އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހުދެންވީ ގޮތެއް ނޭނގުނެވެ. ދެފަހަރަކު ލޯތަޅުވާލުމަށްފަހު އަރުޝީ ލޯ ހުޅުވާލިއެވެ. މަޑު މަޑު އާހަކާއެކު ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިހުމެއް ހުރީމައެވެ. ތެދުވަން މަސައްކަތް ކުރުމަށް އަނެއް އަތް އެނދުގައި ވިއްދާލުމާއެކު އަތުގެ ވާގި ދޫވެ އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ލޯމަރާލީ ބޮލަށް ބަރުވެ ރިއްސާލެއް ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ލޯހުޅުވާލުމާއެކު ސިހިގެން ދިޔައީ ކައިރީގައި އިށީނދެގެން އިން ޒިވާން […]
“ހެޕި ބާތުޑޭ.. ހެޕި ބާތުޑޭ ޓޫ ޔޫ ރިޒުވީ..” ޕާޓީގައި ތިބި އެންމެން އެކުގައި އަތް ޖަހަމުން އެ ލަވަ ކިޔަން ފެށިއެވެ. މުޅި ގޭ ތެރެއަށް ރިޒުވީން ރަނގަޅަށް ބަލައިލިއެވެ. އެ އެންމެން ވެސް ތިބީ ގުރާފެހިކުލައާއި ގަދަފެހިކުލައިން ހެދުން ލައިގެންނެވެ. ފެހިކުލައިގެ ފުއްޕާ ހަންތަކެއް ގޭގެ އެ ތަން މި ތަނުގައި ހަރުކޮށްފައި ހުއްޓެވެ. އެ މީހުންގެ ފުރަގަހުގައި ހުރި ފާރުގައި ގަދަ ފެހި ކުލައިގެ އިނގިރޭސި އަކުރުތަކަކުން ‘ހެޕި އެއިޓީން ރިޒުވީ’ ލިޔެފައިވީއިރު […]
އަނެއްކާވެސް ވައި ބާރުވެ ކަނޑު ގަދަވާންފެށިއެވެ. އެހާހިސާބުން ދިރިތިބި މީހުންގެ ހިތުގާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. އެކަމަކު ދާއިން ހިތް ބުނަމުން ދިޔައީ ރަށުން އެހީތެރިކަމެއް ލިބޭނެކަމަށެވެ. އެހެން ނަމަވެސް ބައެއްގެ ހިލަމެއް ނުވެ ލަސްވަމުންދާތީ ދާއިންގެ ހިތް ނުތަނަވަސް ވާންފެށިއެވެ. މިނުތަވަސްކަމުގާ ދާއިން އޮށްވާ ކުއްލިއަކަށް ދުރުން ހުދު އައްޔެއް ފެނުނެވެ. ނަމަވެސް އެއަލި ފެނުމާއެކުހެން ގެއްލުނެވެ. ދާއިން ވަށައިގެން ބަލާލިއެވެ. އެވަގުތު ގެގަނޑު މަތީގައި ތިބި މަދު މީހުންކޮޅު […]
ވާނީވެސް އެހެންތާއެވެ. ރަޔާހީން ވެއްޓެން އައި މަންޒަރު އެތަނުގައި އެވަގުތު ތިބި މީހަކަށް ވިއްޔާ ވަނީ ފެނިފައެވެ. ޔަޤީނުން ވެސް އެއީ މަރުގެ އެތިފަހަރެކެވެ. ވީއިރު މިހާރު ރަޔާހީން ސިޑީމަތީގައި ސަލާމަތުން ކޮޅަށް ހުރިތަން ފެނުމުން ބަލަން ތިބި މީހުން ނުސިހޭނެ ހެއްޔެވެ؟ އެކުޑަވަގުތު ކޮޅުގައި އޭނާ ސަލާމަތްވީ ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. ރަޔާހީން ދެފަރާތް ބަލާލީ ފެންނަ ހިސާބުގައި ބީ ފެންނަން ހުރިތޯއެވެ. ނަމަވެސް އެހިސާބުން ބީ ގެ އެއްވެސް ނިޝާނެއް ފެންނަން […]
“އައްސަލާމް އަލައިކުމް” އީސަބެ ފޯނުނެގުމުން ސަލީމު ސަލާން ގޮވައިލިއެވެ. “ސަލީމު ހާދަ ދުވަހެއް ކޮއްލައިފަ ތިގުޅާލީ، ކިހިނެއް ވީތޯ؟!، އަނެއްކާ ކަމެއް ދިމާވީތޯ؟!” އީސަބެ އެއް ނޭވަޔަކުން އަހައިލިއެވެ. “މިގުޅާލީ ފާޑެއްގެ ކަމެއް ދިމާވެގެން، އީސަބެއަށް މާލެ ޖައްސާލެވިދާނެތޯ؟” ސަލީމު ފުރަތަމަ ސަބަބު ބުނެ މާލެ އާދެވޭނެތޯ އަހައިލިއެވެ. “އެހެންތަ؟ ކުޑަގޮތަކަށް ކިޔާދީބަލަ އޭރުންތާ އިގޭނީ، ފަހަރެއްގައި ތިކޮޅަށް ނުގޮސްވެސް ހަމަޖެހިދާނެއް ނޫން” އީސަބެއަށް މާލެ ދިއުން އެހާ ފަސޭހަކަމަކަށް ނުވާތީ ރަށުގަހުރެގެން ކުރެވޭ ވަރުގެ ކަމެއްތޯ […]
ކައި ނިމިގެން އެންމެން ތިބީ މަޖާވާހަކައެއްގައެވެ. އޭރު ގަޑިން ފަސްގަޑި ބަޔަށްވުރެ ބޮޑު ވެއްޖެއެވެ. އުޑުމަތިން ރަތްވިލާގެ ނިޝާންތައްވެސް ފެންނަމުންދިޔައެވެ. ހިނގާލަން އައިސް އުޅޭ މީހުންތައްވެސް ގެޔަށް ދިއުމަށް މިސްރާބުޖަހާފައިވާތީ ފެނެއެވެ.ފުޓްބޯޅަ ކުޅެން ތިބި ބައިގަނޑުވެސް، ނިންމާލާފައި އެތަނުން ހިނގައްޖެއެވެ. ޝައުންވެސް ކުޅެ ނިމުމުން ޒިކާންމެންނާއި ބައިވެރިވިއެވެ. އެވަގުތު އިޔާޒް ކިޔައިދިން ޖޯކަކުން އެންމެނަށްވެސް ނުހީއެއް ނުތިބެވުނެވެ. ހެމުން އުނގުގައި ބޯއަޅާލި ޔަލްވީ، އެންމެން ހުނުން ހުއްޓާލުމުންވެސް އެގޮތަށް ބޯއަޅައިގެން އިނެވެ. ކައިރީގައި އިން އަޔާނީ އޭނާގެ […]
ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟ އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް […]
އަރޫންގެ މޫނުމަތިން ފެނިގެން ދިޔަ ސީރިޔަސްކަމުން ރާމިޒާއަވަހަށް ގޮސް ނޫރާގެ ކޮޓަރީގައި ޓަކިދިނެވެ. ނަމަވެސް ހަބަރެއްނުވިއެވެ. އެހެންވެ ދެވަނަފަހަރަށް ޓަކިދިނުމަށް އަތް ހިއްލާލުމާއެކު ދޮރުހުޅުވިގެން ދިޔައެވެ. ނޫރާހުރީ ނުހަނުފުރިހަމަޔަށް ތައްޔާރުވެގެންނެވެ. އެހެންވެ އަވަހަށް ރާމިޒާ ނޫރާގޮވައިގެން އައެވެ. ނޫރާފެނުމާއެކުހެން ބަލްޤިސްގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. ހުރިހާދަތްތަކެއްހެން ދައްކާލައިގެން ހުރެ އައިސް ނޫރާގައިގަ ބައްދާލީ ” މިރޭއަދި ވަރަށް ރީތި” އޭބުނެލާފައެވެ. އެމަންޒަރުބަލަން އިން އަރޫން ގެމޫނުމަތީގައިވެސް ވީ ނުފިލާ ހިނިތުންވުމެކެވެ. ގިނައިރު ނުތިބެ ދެއާއިލާއެކުގައި ރޭގަނޑުގެ […]