“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.” އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ […]
” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]