Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު 2) ތިންވަނަ ބައި

saana Level 110 Stories
August 20, 2017 4 Mins Read
17 Comments

ރީނާއާއި ސަމާއަކީ ދެބެންގެ ދެދަރި ދެބެންނެއްކަމަކު އެކުދިންގެ ގުޅުން އެއްބަނޑުއެއްބަފާ ދެކުދުން ނަށް ވުރެ ދުރުހެނެއް ހިޔެއް ނުވާނެއެވެ. އެއްކުއްޖެއްގެ ސިއްރު އަނެއްކުއްޖަކަށް އެނގޭނެއެވެ. ގޭގައި ކުރާ ލާނެތް ކަމެއްގައި ރާނާ ބެދޭ މަޅިއެއްގައި ސަމާވެސް ޖައްސާފައި ނޫނީ ރީނާ ހުއްޓައެއް ނުލާނެއެވެ. ދެކުދިން ބޮޑުވަމުން އައީވެސް ވަރަށް ލޯބި ލިބި ތަފާތު ކުރުމެއް ނުފެނި ސުލްހަވެރި މާހައުލެއްގައި ކަމުން އެކުދިން ނަށްވެސް ދަސްވެފައިވަނީ އެކުވެރި ކަމާ އެއްކުއްޖަކު އަނެއްކުއްޖަކަށް ދޫކުރުމުގެ އުސޫލެވެ. މާމަ ސަލްމާއަކީވެސް އުޅުން ހުރި ރަގަޅު މާމައެކެވެ. އެމާމަ ގާތުގައި ސައުވީސް ގަޑި އިރު ހޭދަކުރަމުންދާ ކުދިބަޔަކަށް ދަސްވަމުން ދާނީވެސް މިފަދަ ރީތި ނަމޫނާއެއްނޫން ހެއްޔެވެ.

*****

ފުރަމަތަ ޓަރމްގެ ރިޕޯޓް ލިބުނު އިރު މުޅިކުލާހުން އެއްވަނަ ރީނާ އަށް ލިބުނެވެ. ސަމާވެސް އެކުލާހުން އެންމެ މަތިން ފާސްވި ތިންކުދިން ތެރޭގައި ހިމެނުނެވެ. ސަލްމާ ކޮންމެ ފަހަރުަކުވެސް އެކުދިން ނަށް ހިތްވަރު ދިނުމުގެ ގޮތުން އެކުދިން ރިޕޯޓް ހިފައިގެން ގެޔަށް އަންނަންވާއިރަށް ކޮންމެވެސް ހަދިޔާއެއް އޮންނާނީ ތައްޔާރު ކޮށް ނިންމާފައެވެ. މިފަހަރު އެކުދިންނަށް ދޭން އުޅެނީ ވަރަށް ވެސް ބޮޑު ހަދިޔާއެކެވެ. އެކުދިން ވަރަށް ބޭނުން ވާނެ ހަދިޔާއެކެވެ. މިއަދު ކުދިން ބަލާދިޔައީ އެކުދިން ގެ މަންމައާއި ބައްޕައެވެ.އެއީ ހަމަ މިކަހަލަ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ރިޕޯޓާއެކު ގެޔަށް އައިސް ވަދެވުމާއެކު ސަމާ އާއި ރީނާ މާމަ ކޮބާތޯ ބެލިއިރު މާމަ ނަމާދަށް އިނުމުން ކުޑަކޮށް މާޔޫސް ވެލި ނަމަވެސް މާމަ ނަމާދުން ނިމެންވާއިރަށް އަވަހަށް ފެންވަރާލައިގެން ނަމާދުކޮށްލައިގެން އައީ މާމަ ދޭން އުޅެނީ ކޮން ހަދިޔާއެއްތޯ ބެލުމުގެ ޝަޢުގުވެރިކަން އޮތް ލެއް ބޮޑުކަމުން ނެވެ. މެންދުރުގެ ކެއުން ނިމުނު އިރުވެސް މާމަގެ ހަދިޔާގެ ވާހަކަ އެއް ނުދެއްކުމުން ރީނާއަށް މަޑުން ނުހުރެވިގެން ސަމާގާތު އެޝަކުވާ ކުރެވެން ފެށުނެވެ. ސަލްމާއަށް މިވެރިންގެ ޗުކުޗުކު އަޑު އިވުނެއް ކަމަކު މާކަ ފަރުވާލެއް ނުބަހައްޓާ ކާމޭޒު ދޮށުން ތެދުވެގެން ކޮޓަރިއަށް ދިޔައެވެ. ރީނާ ގޮސް ފަރުޝާ ގާތު ވެގެން އުޅޭ ގޮތެއް އެހުމުން ފަރުޝާއަށް ކަމެއްވެގެން އުޅޭ ކަމެއް ނޭގެޔޭ ބުނެލިއެވެ. ރީނާ ގަސްދުކުރީ މާމަ ގާތަށް ގޮސް އޮޅުން ފިލުވާށެވެ. ފަރުޝާވެސް ކުދިން ނާއެކު ސަލްމާގެ ކޮޓަރިއަށް ވަތް އިރުސަލްމާ އެނދުގައި އިށީދެ އިނެވެ. ސަލްމާއަށް އެކުދިން އަންނާނެ ކަން އެގޭތީ އިނީ ނިކަން ހެވިފައެވެ.

” އަހަނ…ދަރިފުޅުމެން ކިހިނެތް ވީ އަނެއްކާ…ފަރުޝާ ވެސް ތިޔައައީ މާބޮޑު ކަމެއްވީތަ؟” ނުވެސް ދެނަހުރި ކަމަށް ހަދާ ލާފައި ސަލްމާ އަހާލިއެވެ.

” މަންމަ ސަމާމެންނަށް ހަދިޔާނުދޭތީ މާމަ ހަދާން ނެތުނީތޯ ބަލާލަން މިއައީ، ދޯ ދަރިފުޅާ” ފަރުޝާ ރީނާއަށް ބަލާލާ ފައި އެހެން ބުނުމުން ރީނާ އޭނާގެ މަންމައާއި އެއްބައިވެލާފައި ބޯޖަހާލިއެވެ. ސަމާ އެއްޗެކޭ ނުބުނެ އިނދެ އިނދެފައި މާމަ ބަލީތޯ މާމަކުރެން އަހާލިއެވެ. “ނޫން ދަރިފުޅާ، މާމަ ބަލީ ކީ ނޫން. ހަދިޔާ ދޭން ހަނދާން ނެތުނީކީވެސް ނޫން. އެކަމަކު މިފަހަރު ދޭން މިއުޅޭ ހަދިޔާ ގެ ގޮތުން ހިތައް އަރަނީ ދަރިފުޅުމެން އެހާ ހިތް ހަމަ އެއް ނުޖެހޭނެޔޭ، ! ” ސަމާ އަކީ ރީނާއަށް ވުރެ ދުރުވިސްނޭ ކުއްޖެކެވެ. ކަންކަމުގައި ގެންގުޅޭނީ ނިކަން ހަރުދަނާ ވިސްނުމެކެވެ. މިފަހަރުވެސް ސަމާއަށް ހީވީ މާމަ ދެރަވެގެން އުޅެނީ ދޭން އުޅޭ އެއްޗެއްގެ ކުޑަކަމުން ކަމުގައެވެ. ޗޮކްލެޓެއް ދޭން އުޅޭނީ ބާއެވެ. އެހެން ވީރު ކަމު ނުދާންވީ ކީއްވެ ހެއްޔެވެ. އެހެންޏާ މާމަ އަބަދުވެސް ކޮންމެވެސް ރެސްޓޯރެންޓަކަށް ނޫނީ އެކުދިން ގެ ރިސޯޓަށް ގެންގޮސް މަޖާކޮށްލާފައި ގެނެއެވެ. ކުދިންގެ އަމިއްލަ ރިސޯޓެއް ކަމަކު އެކުދިން ނަށް އެރަށަށް ދެވެނީ ވަރަށް ޚާއްސަ މުނާސަބަތު ތަކުގައި އެކަންޏެވެ. ދެން މިހެން މާމަ ދޭ ހަދިޔާ ތަކުގައެވެ. ސަމާވިސްނާލިއެވެ. މާމަ ދޭން މިއުޅެނީ ކޮންކަހަލަ ހަދިޔާއެއްބާއެވެ. އެއްޗެއް ނުބުނެ ރީނާ އިނީ ލިބުނު މާޔޫސް ކަމުގައެވެ. ރީނާ އުއްމީދު ކުރިވަރުގެ ހަދިޔާއެއް ނުލިބުނުތީއެވެ.

“ދަރިފުޅުމެން ރާއްޖެ ތެރެއަށް ދާހިތެއް ނުވޭދޯ؟” ކުޑަ ހިނިތުން ވުމަކާއެކު ސަލްމާ އެކުދިންނަށް ބަލާ ލާފައި މިހެން ބުނެލުމާއެކު އެއްކަލަ ރީނާގެ ދެލޯބޯޑުކޮށްލާފައި ސަމާއަށް ބަލާލިއެވެ. ދެކުދިން ދެމެދު އާދަޔާ ޚިލާފް އުފާވެރި މެސެޖެއް ބަދަލުކޮށްލެވުނު ކަހަލަ ބަލާލުމެކެވެ. ދެން ހަމަ އަނެއް ސިކުންތުގަ ފުންމައިގެން އައިސް މާމަ އުނގަށް ވެއްޓިގަފިއެވެ. “މާމާ……….ޕްލީސް………އަޅެ ގެންދާނަން ތަ. ކޮންރަށަކަށް ގެންދަން ތިއުޅެނީ. އަޅެ އަވަހަށް ބުނެބަލަ” ބައެއް ފަހަރު ރީނާ އުޅޭލެއް ޅަކަމުން އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެކުދިންނަށް ރީތި އުޅުމެއް ދަސްވެފައި ހުއްޓަސް މާމަ ގެ ކުރިމަތީގައި ރީނާގެ ބޭބީކަން ނިކަން ބޮޑަށް ފެންނާނެއެވެ. ސަމާވެސް މާމައާއި ގާތްވެލާފައި މާމަ ކުރެން އެތައް ސުވާލެއް އަހަން ފެށިއެވެ. ވާނީވެސް އެހެން ތާއެވެ. އެކުދިން ނަކީ ގޭން ބޭރަށް ގިނައެއްކޮށް ދެވޭނެ ބައެއްނޫނެވެ. ޚާއްސަކޮށް ރާއްޖެ ތެރެއެއީ އެއްގޮތަކަށް ވެސް ނުދާ ހިސާބެކެވެ. އެންމެ ދުރަށްވެސް ދެވެނީ ކުޑަބަނޑޮހަށެވެ. ދެން ރިސޯޓެވެ. އެއީވެސް މާލެ އަތޮޅެވެ. ދެފަހަރަކު މަތިން ރީނާ ގެ ބައްޕަ ގެ އާއިލާ މީހުން ގާތަށް އިންޑިޔާއަށް ގޮސްފިއެވެ. އެހެން ނޫނީ މިކުދިން ތިބޭނީ ކިތައްމެ ބޮޑު ބަންދެއް އަޔަސް މާލޭގައެވެ. ” އާނނނ ދަރިފުޅުމެން ގޮވައިގެން މި ބޮޑު ޢީދުގަ ކުޑަހުވަދޫއަށް ދާން މިއުޅެނީ…ބޮޑުބޭބެ ތިކުދިން ދެކެން ބޭނުން ވާތީ ގޮސްލަން. ………” ސަލްމާގެ ވާހަކަ ނުނިމެނިސް ރީނާ އުފަލުން ހަޅޭއްލަވަމުން ފުންމަން ފެށިއެވެ. ސަމާވެސް އުފަލުން ހެވި ދިލިފަ ރީނާއާއި ބައިވެރި ވެލަން ކުޑަކޮށް ނަށާލިއެވެ. ފަރުޝާވެސް އިނީ އެކުދިން އުފާވި ވަރު ފެނި ނިކަން ބޮޑަށް ހިނި އައިސް ފައެވެ.

“މިރޭ ބައްޕަމެނާއެކު ކާގަޑީގަ ދަތުރު ރާވާނީދޯ..މާމަ ވެސް އެރަށަށް އަދި ދިޔައީ އެންމެ ފަހަރަކު އެއީ މާމަގެ މާމަ ނިޔާވެގެން ، އެރަށު މީހުން ވަރަށް ހެޔޮވާނެ. އަސްލު މާމަ މެންމީ އެރަށު ބައެއްވެސް ނޫން. ބޮޑުބޭބެ އެރަށު މީހަކާ އިނދެގެން އެރަށަށް ބަދަލުވީމަ މާމަ މެންވެސް އެރަށަށް ބަދަލުވީ، މިހާރު ދެން ބޮޑުބޭބެގެ ދަރިންގެ ވެސް ގެދޮރު އޮވޭ ވިއްޔަ، އަހަރުމެންނަށް ދަތިނުވެ އުޅެވޭނެ އެރަށުގަ.” ސަމާއިނީ މާމަ ގެ ވާހަކަތަކަށް ނިކަން ޝައުގުވެރި ކަމާއެކު އަޑުއަހާށެވެ. އެވަރުންވެސް ރީނާ މައތިރި ނުވެ ފުންމަނީއެވެ. “ދަރިފުޅާ ދެން މައިތިރިވެބަލަ، އަންހެން ކުދިން އުޅޭގޮތެއް ނޫނޭތީ” ފަރުޝާ ރީނާއަށް އަޑުލާން ފެށުމުން ސަމާ އިންތަނުން ތެދުވެފަ ރީނާގެ ފޫކޮޅުގައި ނިކަން ބާރު އެތި ފަހަރެއް ޖަހާލިއެވެ. އެޔާއެކު ރީނާ އަޑުގެ ކޮޅަށް އައްދިއްޔޯއޭ ކިޔާ ހަޅޭއްލަވައި ގަނެފަ އިރުކޮޅަކަށް މައިތިރި ވިއެވެ.

“އެހެރީނުން މައިތިރިވެފަ، ފޫކޮޅުގަ ސައްޕެއް އެޅީމަ ދެން ހިމޭން ވާނެ” ސަމާ ބުނެލިއެވެ.

“ދަރިފުޅާ ފަރުޝާ، ކިހިނެތް އޮތީ ބޮޮޑުޢީދު، ކަމެއް އެބަ އޮތްތަ؟” ސަލްމާ ފަރުޝާއާ ދިމާލަށް އެނބުރި ލާފައި އަހާލިއެވެ.

” ނޭގެ އަދި ރީހާން އައީމަ ވާހަކަ ދައްކާލަން ޖެހޭނީ. އަދި ދޮންތަކައިރީވެސް އަހަންވާންނުންދޯ” ސަލްމާމެން ދަތުރު ރޭވުމުގެ ވާހަކަ ދައްކަމުން ދިޔައިރު ރީނާ ކަލަންޑަރުން ބޮޑުޢީދު އަންނަން އޮތީ ކިތައްދުވަސްތޯ ގުނާލިއެވެ. ” ބަރާބަރު ފަނަރަ ދުވަސް ދެން އޮތީ، ނަސީބެއްނުން މާމަ ކުރިން ބުނިކަން، ކިރިޔާ ދެން ތައްޔާރުވެވޭނީދޯ “ރީނާ އެހެން ބުނުމާއެކީ އެންމެން އެއްފަހަރާ ހޭންފެށިއެވެ.

**********

ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރޭގައި ނިދާފައި އޮތް ސަލްމާއަށް ކުއްލިޔަކަށް ހޭލެވުނީ ކީއްވެކަމެއް ނޭގުނެވެ. މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އެކަމަކު ފަންކާހުރީ ހަމަ ފުލްކޮށް ޖަހާފައެވެ. ދެތިން ފަހަރަކު ސަލްމާ ގަޑިއަށް ބަލާލިއެވެ. ބަރާބަރު ތިންގަނޑި ފަނަރަ ހިގާފައި ހުރުމުން ދެކަށިހުރީ އެއްވެފައެވެ. ސަލްމާއަށްވިސްނާލަން ވަގުތުކޮޅެއް ނެގީ އެހެންވީމައެވެ. މިގަޑީގައި މިހޭލެވުނީ ކީއްވެބާއޭ ހިތާ ހިތުން ބުނެލެވުނެވެ. ފަތިސް ނަމާދަށް ވެސް ގޮވަނީ ފަހެއް ޖަހަންވެސް ގާތްވެފައި ހުއްޓާވިއްޔާއެވެ. އަދިވެސް ނިދޭތޯ މަސައްކަތް ކުރަން ވީއެވެ. ދެލޯ މަރާލާ ނިދަން ހިތުލައިގެން އަނެއްކާވެސް ހަމަ ޖެހިލިއެވެ. ފަނަރަމިނިޓް ވޭތުވެއް ޖެއެވެ. ބައިގަޑި އިރު ވޭތު ވެއްޖެއެވެ. އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. ފޫހިކަން ވަށާލުުމުން އެކި އެކި ޚިޔާލުތައް ބޮލަށް ސަވާރުވާން ފަށައިފިއެވެ. އެދުވަހެއް ދުވަހަކުވެސް ހަދާނުން ނުފިލާނެ ކިތައްމެ ހަދާނެއް އެބަހުއްޓެވެ. ފިރިމީހާގެ އެންމެ ފަހުގެ ނޭވާ ސަލްމާގެ އުނގުމަތީ އޮވެ ދޫކޮށްލި ހިނދުކޮޅަކީ ޚިޔާލަކަށްވެސް ގެންނަން އުނދަގޫ ވަގުތު ކޮޅެކެވެ. ހިތްދަތި ކަމުން ފުރިގެންވީ މަންޒަރެކެވެ. މިފަދަ އެކަނިވެރި ކޮންމެ ރެއެއްގެ ބައިވެރި އަކަށް ވެފައި ވަނީ އެދުވަހުގެ އެބިރުވެރި މަންޒަރު ތަކެވެ. މިރޭ ވެސް ހަމަ އެހަދާން ތައް ސަލްމާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. ފަހުދުގެ އެންމެ ފަހުގެ ބަސްތައް ކަންފަތުގައި ގުގުމައި ގަތް ކަހަލައެވެ. “ސަލް…ސަލް ދެރަނުވައްޗޭ…އޭރުން އަހަރެން ވަރަށް ދެރަވާނެ، އަހަރެން ނެތަސް ކުދިން ބަލާދޭތި، އުފަލުގަ ހުންނާތި، ގޭގެ ހުރިހާ އެއްޗަކާ ހުރިހާ މުދަލެއް ސަލްއަށް ހިބައިން ދީފިން. ސަލް ދެކެ ވަރަށް ލޯބިވޭ…..” ކުރު ނޭވާތަކެއް ލަމުން ދޭތެރެ ދޭތެރެއިން ވާހަކަ ހުއްޓަމުން ވެސް ބުނަމުން ދިޔައީ ސަލްމާގާތު އުފަލުގައި އުޅުމަށެވެ. ލޯބިވާ ވާހަކައެވެ. ހިތް ފަޅައިގެންދާފަދަ ހިތްދަތި ވަސިއްޔަތެކެވެ. ސަލްމާ އުނގުގައި ފަހުދު އޮތް އިރު އެ އުނގު ދިޔައީ ލެއިން ތަތްވަމުންނެވެ. ސަލްމާ ރޮމުން ފަހުދުގެ މޫނުގައި ބޮސްދެމުން ދަނީ މޮޔަވެފައި ވާ މީހަކު ފަދައިން ނެވެ. ގާތުގައި ދިހަ އަހަރަށްދާ ފަރީޝާ އާއި ނުވަހައަރުގެ ފަރުޝާ ރޮމުން ބައްޕައަށް ގޮވަމުން ދެއެވެ. ގާތުގައި ފަހުދުގެ ގާތް އެކުވެރިޔާ ސޮބާހު ހުރީ ބަސް ހުއްޓިފައެވެ. މީހާ މުޅިން ގަބުއަރައިފައި ހުރި ކަހަލައެވެ. ސަލްމާއަށް ވަށައިގެން ހިނގާ ކަމެއްވެސް ރޭކާ ނުލައެވެ. އޭނާ ހަމަ ރޮއި ރޮއިފައި ފަހުދުގެ ގައިގައި އޮޅުލަނީއެވެ. ކުއްލިއަކަށް ޚިޔާލުތަކުން ހޭލައްވާލީ ފަތިސް ނަމާދުގެ ބަނގީގެ އަޑަށެވެ. ހަމަ ޖެހެން މަސައްކަތް ކުރަމުން މަޑުމަޑުން ފާހާނައަށް ވަދެ ގަޔަށް ފެންކޮޅެއް އަޅާލާ ތާޒާ ވެލުމަށް ފަހު ފަތިސް ނަމާދަށް ތައްޔާރުވެލިއެވެ. ނަމާދަށް ފަހު މުސައްލަމަތީގައި އިނދެ ފިރިމީހާއަށް ޓަކައި ހެޔޮ ދުޢާ ކުރިއެވެ. މިއަދު އެ ފިރިމީހާއަށް ޓަކައި ސަލްމާއަށް ކޮށްދެވޭނީ މަދު ކަމެކެވެ. ފަހުދުގެ ފައިސާއިން ސޮދަގާތް ކޮށް ދުޢާކުރުން އެއީ ސަލްމާ ކުދިން ލައްވާވެސް ކުރުވާ ކަންކަމެވެ.

މިއަދު އެހެން ދުވަސް ދުވަހާއި ޚިލާފަށް ސަލްމާ ބޭނުންވީ އިރުކޮޅަކު އެނދުގައި އޮށޯވެލާށެވެ. ރޭގެ ނިދި ނުލިބުމުގެ އިތުރުން ފަހުދުގެ ޚިޔާލުތަކުން އަދިވެސް އެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. އެނދުގައި ހަަމަ ޖައްސާލުމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އަދިވެސް ބޭނުން… އެހެނަސް!

Next

ހިތުގެ މިލްކުވެރިޔާ (އަށާރަވަނަ ބައި)

Next
August 20, 2017

ހިތުގެ މިލްކުވެރިޔާ (އަށާރަވަނަ ބައި)

Previews
August 20, 2017

އަދިވެސް ބޭނުން… އެހެނަސް!

17 Comments!

  1. maroon says:
    August 20, 2017 at 3:09 pm

    Dhun boatu accident vytha?? V dhera vejje. Goyye fakeeru ?
    Goyye avahah dhey kaahtey kairiah. Inthizaaruga ebahuri…
    Saana.. story is amazing.. kon irakun next part.. mi partves up veythw ethah faharaku belijje ?? loves..tc

    1. saana says:
      August 20, 2017 at 3:28 pm

      thank you maroon…inShaAllah dhen las nukoh dhen huri baithah genes dheynan…

    2. song joong ki..KOREAN says:
      August 20, 2017 at 4:23 pm

      hey dear Maroon!!! long time no see!!! evarah first hoadhan vegen hutta balaali iru maroon iny first comment khfa viyya!! 😀 dhn faharakun Maroon aa compete kuran mivisnany first hoadhan. hehe 🙂 🙂 😉

    3. maroon says:
      August 20, 2017 at 5:29 pm

      Hahahaa… fb in fenunyma avahah site bely.. hihi..goodluck for next time SJKi…saana will wait eagerly?

    4. song joong ki..KOREAN says:
      August 20, 2017 at 5:38 pm

      yess!! dhn nxt time ga balaany dhww kaakutho ehvanayah dhany!! 😉 😉 hehe lets see. waiting for nxt part saana

  2. song joong ki..KOREAN says:
    August 20, 2017 at 4:20 pm

    my loving saana came back. mivaahaka up nuvyma heevy mi site falhuvihen. aslahvx. mivaahaka upveytho belunu adhadhehvx neynge 🙂 😀 adhi mi part nuvx kiyan. first hama comment eh kohlaahiyy vee! ekamuvx Maroon athulaifi dhw ehvana 😀 ok nxt time i’ll try to compete with maroon! hehehe. kiyaalaafa comment khlaanan ingeyyyy. ly 😉 🙂

    1. song joong ki..KOREAN says:
      August 20, 2017 at 4:33 pm

      eyyyyynnn??? Dhunboatu maru vee tha??? haadha dheraey ekamu!! goyye ah kaahtey libeynethaa dhw ehnviyya 😉 kaahtey hunnaany adhiv goyye annan dhn kaashi theyo fulhi hifaigen inthixaaruga 😉 😀 well, this part is just amazing ingey. next part maadhan dhw… waiting waiting dear. 🙂

    2. maroon says:
      August 20, 2017 at 5:42 pm

      I kinda hated him before. But v hurt vejje saana sifakohdhyfa in gothun.. feel sympathy.

    3. song joong ki..KOREAN says:
      August 20, 2017 at 5:47 pm

      yeah!! asluvx dhw maroon. dhun boatakas saana ge sifa kurun habeys kamun asaru khfi.

    4. maroon says:
      August 23, 2017 at 7:40 pm

      Saana when next part

  3. khajja says:
    August 21, 2017 at 12:20 am

    Masha allah v rythi v furihama when nxt prt avahah upkolladhybalaa gud nyt luv u?????❤❤❤????????????

  4. Adha? says:
    August 21, 2017 at 9:13 pm

    Alhe dhunboat vee niyaavefa tha… so sad dw.. saana nw salmaa ah gaaigandakah kithah years vedhaanetha.. varah young maama ehtha?

    1. song joong ki..KOREAN says:
      August 21, 2017 at 10:12 pm

      hehe adha. salmaa abadhuvx young vaaney. kaahtey aa hisaabah dhan dhen. 😉

    2. Adha? says:
      August 21, 2017 at 11:24 pm

      Hehe.. aslah ves young vaane…. kuryzamaanuga marry kuraane varah young iru .. ehenveema hama varah young vedhaanu?…. young nuviyass muskulhi vaa haaluves loabin ulhevidhaane dw?.. so kaahtey aa goyye aa ves gulheyne adhi….?

    3. song joong ki..KOREAN says:
      August 22, 2017 at 6:16 am

      heheheh yeah. gud point, ehn noonas kaashiheyo laathy kaahteyvx muskulhi eh nuvaanu 😉 😉 😀

  5. THINK says:
    August 22, 2017 at 9:10 am

    Dear admin I think it would be a really great idea if there was a way we can go deep conversations about the story.
    1. It would help the writer to get more creative ideas
    2. It would build a relationship among the readers and writers.
    3. And other benefits too.
    Hope you will put this idea to practice 🙂
    PS; adha maroon and song joong ki, love reading your comments

    1. Adha? says:
      August 24, 2017 at 10:07 am

      Hahaha? thanks dear..

Comments are closed.

Next Episodeގޮއްޔެ (ބާބު2) ހަތަރުވަނަ ބައި←


All Right Reserved!