Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަދިވެސް ބޭނުން… އެހެނަސް!

Tia Level 1
August 20, 2017 4 Mins Read
8 Comments

ރިއާ.. ! ރިއާ..! ރިއާ..!

ފަހަރަކަށްވުރެ ފަހަަރަކު ބާރުވަމުން ދިޔަ އަޑު ދިޔައީ ގަދަވަމުންނެވެ. ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ސިއްސައިގެންގޮސް ރިއާ އަށް ހޭލެވިއްޖެއެވެ. އޭސީގެ ފިނިކަން ކޮޓަރި ތެރޭ ހުރި ނަމަވެސް ހޫނުކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. ހެޑްބޯޑުގެ ބާލީސް ޖައްސާލުމަށްފަހު ހަމަޖެހިލައިގެން ޖައްސާލި ނަމަވެސް ރިއާގެ މޫނުމަތީން ފެންނަމުން ދިޔަ މާޔޫސްކަމާ ކަންބޮޑުވުން ބަލާލި މީހަކަށް ސިއްރުވެގެނެއް ނުވެއެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން އެމޫނުމަތީގެ ހާސްކަން ފޮރުވިގެން ނުދާ ކަހަލައެވެ.

ބާލީސްދަށް ހާވާލުމަށްފަހު ފޯނު ނެގިއެވެ. ރޭގަނޑުގެ ބޮޑުބައި އަދި އޮތީ ކުރިއަށްކަން އެނގުމުން އިތުރަށް ރިއާ ފޫހިކުރުވިއެވެ. ނިދަން މަސައްކަތް ކުރި ނަމަވެސް ނުނިދޭނެކަން ރިއާއަށް ޔަގީންވެއެވެ. އެކި އެކި ހިޔާލުތަކުން މީހާ މާޔޫސްކުރުވަމުން ދިޔަ ނަމަވެސް ދެވަނަ ފަހަރަށް އޮށޯވެލީ ނިދޭނެ ކަމުގެ އުއްމީދުގައެވެ.

 

ފާހާނާއިން ނުކުތްގޮތަށް އަލަމާރި ކައިރި ހުއްޓެލީ ލާނެ ހެދުމެއް ނަގާށެވެ. ހާވާލުމަށްފަހު އިސްތިރި ކުރުމަކާނުލާ ލެވޭނެކަހަލަ ޓޮޕް އެއް ނެގިއެވެ. އާދައިގެ ގޮތަކަށް ތައްޔާރުވެލީ ކޮންމެހެންވެސް އޮފީހަށްދާންޖެހޭނެތީ އެވެ. ކަމެއްނެތި ގޭގަ އޮތުމަކީ އެއްވެސް ވަރަކަށް ރިއާ ކުރަންބޭނުންވާ ކަމަކަށްނުވާތީއެވެ.

” ރިއާ.. ސައިބޮއިގެން އޮފީހަށް ދާންވީނު..! ” ރޮށި ފިހަންހުރި ނިހާގެ އަޑަށް ރިއާ ބަދިގެއަށް ވަނެވެ.

” ހެނދުނު ސައިބޮއިގެން އޮފީހަށްދާންވެއްޖިއްޔާ ކަންނެތްވުން ނޫންކަމެއް ނުވާނެ..” އެޖަވާބަކީ ނިހާއަށް އާޖަވާބަކަށްނުވާތީ ލުއި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލިއެވެ.

 

އާދައިގެ މަތީން ގަޑިއަށް އޮފީހަށް އައުމަކީ ރިއާ ކުރާ ކަމަކަށްވިޔަސް އޮފީހުގެ ގިނަ މުއައްޒަފުންނަށް އެކަމަކީ ހަރާމް ކަމެއްކަހަލައެވެ. އެންމެ އަވަހަށް އަންނަ މީހުންގެ ލިސްޓްގާ ނަން ހިމެނުމަކީ ރިއާ އަށް ލިބޭ ފަހުރެއްކަހަލަ އެވެ.

އާދައިގެ މަތީން ފުރަތަމަ ކަމަކަށް ސިސްޓަމް ހުޅުވާލުމަށްފަހު މެއިލްތައް ޗެކްކޮށްލިއެވެ. ކޮންމެހެން މުހިއްމު ކަމެއް އިންތޯ ބަލާލުމަށްފަހު ނޫނީ ކޮފީ ރޫމަށް ވަންނަން އާދަވެފައި ނުވާތީ އެވެ.

” ހައި، ރިއާ .. އާދޭ ކޮފީއެއް ބޯލަން .. ތިކަންވެދާނެ ފަހުންވެސް .. ” ރިމީގެ އާދައިގެ މަތީން ކޮފީ ރޫމަށްދަމުން ރިއާ އަށް ގޮވާލިއެވެ.

” ހޭ ޔޫ ނޯ.. މިއަދު ޖޮއިން ކުރެއޭ އާ ކުއްޖެއް… އާ ބިޓެކޭ ކިޔަމާ ދޯ.. ” ރިމީ އަކީ މިޒާޖުގައި މަޖާގޮތެއް ހުންނަ އެންމެންނާ ގުޅޭ ކުއްޖެކެވެ. ވާހަކަ ދައްކަން ފަށައިފިއްޔާ ހުއްޓުމަކީ ރިމީއަށް އެހާ ފަސޭހަ ކަމަކަށްނުވެއެވެ. ބައިގަޑިއެއްހާ އިރު އަނގަތަޅާލަން ތިބުމަށްފަހު ދެމީހުންވެސް ނުކުތީ މަސައްކަތައިގެން މަސްއޫލު ވުމަށެެވެ.

އިސްޖަހާލައިގެން ފޯނާ ކުޅެމުން ދިޔަ ރިއާގެ ފޯނު ސިއްސައިގެން ދިޔަ ވަގުތު ވެއްޓުނީ އިހުތިޔާރަކާ ނުލައެވެ. ފޯނު ތަޅައިގެން ދިޔަ ނަމަ ރިއާގެ ރުޅިގަނޑު ޔަގީނުންވެސް އިންތިހާ އަށް ދާނެކަން އެއީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.

” ސޮރީ.. ”

ނިހާން މަޑުމައިތިރިކަމާއެކު މައާފަށް އެދުނެވެ. ފޯނަށް ދެވިފަހުރި ސަމާލުކަމެއްގެ ބޮޑުކަމުން ކުރިމަތީ ހުރި ޒުވާނާ ރިއާ އަށް ނުފެންނަ ކަހަލައެވެ. ދެވަނަ ފަހަރަށްވެސް ނިހާން މައާފަށް އެދުމުން ރިއާ އިސްއުފުލާ ބަލާލީ އެއްވެސް ޝައުގުވެރިކަމެއް ނެތިއެވެ.

އިސްކޮޅުންދިގު ބައިމަތިފުޅާ ޒުވާނެކެވެ. ލާފަ ހުރި މަޑު ނޫކުލައިގެ ގަމީހުގެ ސަބަބުން ނިހާންގެ ފިރިހެންވަންތަ ހަށިގަނޑު ފެނިއްޖެ އަންހެންކުއްޖަކުގެ ހިތްތައް ކަތިލާހާވެއެވެ. ރިއާ އެއްވެސް ފަރުވާލެއްނެތި މަޑުމަޑުންގޮސް ރިއާ އަށް ހާއްސަކުރެވިފައިވާ މޭޒުކައިރި އިށީނީ ނިހާން އަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. ނިހާން އަށް އެމަންޒަރު ބަލަން ހުރެވުނުކަން އިހުސާސް ކުރެވުނީ ފަރީދު ދެބުރަކަށް ގޮވާލުމުންނެވެ.

ރިއާ އަށް ނިހާން އަކީ ކާކުކަން އެނގުނީވެސް އޮފީސް ނިންމާފަ ގެއަށްދިޔަ ފަހުންނެވެ. ފަރީދުގެ ބަދަލުގާ އޮފީހުގެ އިސްވެރިއެއްގެ ގޮތުގާ ދެން މަސައްކަތް ކުރާނީ ނިހާން ކަން ރިމީ ކިޔާދެމުން ދިޔައީ ވަރަށް ޝައުގުވެރިކަމާ އެކުގައެވެ.

އާދައިގެ މަތީން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަފުތާއެއް ނިމިގެންދިޔައިރު ރިއާއަށް މާގިނަ ފަހަރަކު ނިހާން އާ ކުރިމަތިލާ ވާހަކަ ދައްކަން ނުޖެހުނު ނަމަވެސް ނިހާންގެ ސަމާލުކަން ރިއާ އަށް ދެވެމުންދާ ވާހަކަ އޮފީސް މާހައުލުގާ ކޮންމެވެސް ވަރަކަށް ދެކެވެން ފަށައިފިއެވެ. ރިއާ އަށް އެކަން މާބޮޑު ކަމަކަށް ނުވީ އެކަމަކީ މާ މުހިއްމު ކަމަކަށް ނުވާތީ އެވެ.

އާދައިގެ މަތީން ރިއާ އަށް ހޭލެވުނީ ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ފެންނަމުން ދިޔަ ހުވަފެނުގެ ސަބަބުންނެވެ. ތެދުވެގެން ފާހާނާ އަށް ވަނުމަށްފަހު ޖައްސާލާ ފޯނު ހުޅުވާލިއެެވެ. ނުދަންނަ ނަންބަރަކުން އައިސްފަވާ ވައިބަރ މެސެޖަށް ރިއާގެ ސަމާލުކަން ހުއްޓުނީ ކާކުކަން އިނގުމުންނެވެ. ނިހާން ރިއާ އަށް މެސެޖްކުރަންވީ ސަބަބެއް ރިއާގެ ވިސްނުމަކަށް އެއްގޮތަކަށްވެސް ނައެވެ. ދަންވަރުގެ ވަގުތެއްގާ ނިހާން ފަދަ މީހަކަށް ރިއާގެ ހަނދާންވާންވީ ކީއްވެ ހެއްޔެވެ؟ އެތައް ސުވާލުތަކަކުން ރިއާގެ ހިތް ފުރެމުން ދިޔަ ނަމަވެސް އެއިން މެސެޖަކަށް ޖަވާބު ދޭކަށް ރިއާ ބޭނުމެއް ނުވިއެވެ.

 

ރިއާ ދެކޭ ގޮތުގަައި އަމިއްލަ ފައިދާއެއްނެތި އެއްވެސް ފިރިހެނަކު ނޫޅޭނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އަމިއްލަ އެދުން ފުއްދާލާށެވެ. އެހެން ނޫނަސް ނިހާން އަކީ ބަލާ ބެލުމަށް ވަރަށް ފޯރުންތެރިކަން ހުރި މީހެއްކަން ދޭހަވެއެވެ. އެވަރުގެ މީހަކު ރިއާ އަށް މެސެޖް ކުރާނީ ކޮންމެވެސް އެހެން ބޭނުމެއް އޮވެގެންނެވެ. އެއީ ރިއާ ދެކޭ ގޮތެވެ. ރިއާގެ ހުރިހާ ވެސް އަޒުމަކީ އެފަދަ އެއްވެސް ފިރިހެނަކަށް ނާޖާއިޒު ފައިދާއެއް ނަގާނެ ފުރުސަތު ނުދިނުމެވެ.

ހުކުރު ދުވަސް ކަމަށްވިޔަސް ރިއާ އަމިއްލަ އަށް ހޭލައިގެން ނާންނަހާ ހިނދަކު ނިހާ އަކީ ރިއާ އަށް ގޮވާ މީހެއްނޫނެވެ. ފަހަރިއެއްގެ މަގާމުގާ ހުރި ނަމަވެސް ރިއާ އަށްޓަކައި ނިހާގެ ހިތުގާ ވަނީ މައިވަންތަ ކުލުނެވެ. ރިއާގެ ބޭބެގެ އަންހެނުންގެ ގޮތުގާ ރިއާގެ ގެއަށް ނިހާ ބަދަލުވީ ދުވަހުން ފެށިގެން ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ނިހާއެވެ. ވަޒީފާގެ ގޮތުން އާހިލް މަހުގެ ގިނަ ދުވަސްތަކުގާ ދިރިއުޅެމުންދަނީ ރިސޯޓް ގައެވެ. ކުއްޖަކު ލިބިފާ ނުވުމާއެކު ނިހާގެ މުޅިދުވަސް ހުސްކޮށްލާފައިވަނީ ގޭތެރޭގެ މަސައްކަތް ތަކަށެވެ. ލިބޭ ހުސްވަގުތު ތަކުގާ ކޭކު އަޅައިގެން ވިއްކުމަކީ ނިހާ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ.

ރިއާ އަކީ ބަސްމަދު ކުއްޖަކަށް ވުމާއެކު ނިހާ އާ މާގިނައިން ވާހަކަ ދައްކާ އުޅުމަކީ ރިއާ ކޮށްއުޅޭ ކަމެއްނޫނެވެ. އާހިލް ބުނާގޮތުންވިއްޔާ ރިއާ އަކީ ކުރިން ވަރަށް އަނގަގަދަ ސަކަރާތްބޮޑު އަންހެން ކުއްޖެކެވެ. ނަމަވެސް ކަންތައް ދިމާވިގޮތުން ރިއާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އެވެ. އެކަމާ އާހިލް އަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މައިންބަފައިން ދުނިޔޭގަ ނެތް ނަމަވެސް ރިއާ އަށް ދަތިވާނެ އެއްވެސް ކަމެއް ނޯވެއެވެ. އާއިލާ އަކީ ތަނަވަސް އާއިލާއަކަށް ނުވި ނަމަވެސް ރިއާގެ އާއިލާ އަކީވެސް ހަމަޖެހިލައިގެން ދިރިއުޅެވޭ ފެންވަރުގެ ބައެކެވެ.

ރިއާގެ ފަރާތުން ސަމާލުކަމެއް ނުލިބުނު ނަމަވެސް ނިހާން ހިތްވަރުދޫކޮށްލާކަށް ގަސްތެއް ނުކުރެއެވެ. ވެރި މީހާގެ މަގާމުގާ ހުރި ނަމަވެސް ވީ ކުޑަ ދުވަސްކޮޅުތެރޭ ނިހާން އަށް ރިއާ އަށް ހާއްސަކަމެއް ދެވިއްޖެއެވެ. ލޯބީގެ ނަން ދިނުމުގެ ކުރިން ރިއާގެ ހިތުގާ ވަނީ ކޮންކަހަލަ އިހުސާސްތަކެއްކަން ދެނެގަތުމަކީ ނިހާން އަށް ވަރަށް މުހިއްމު ކަމެކެވެ.

” ތީކޮންކަހަލަ އަންހެނެއްތަ؟ ” ރިމީ ކުރި ސުވާލަށް ހިނިތުންވުމެއް ދިނުން ފިޔަވާ އިތުރުކަމެއް ރިއާ ކުރާ ހިތެއް ނުވިއެވެ. ދެންވެސް ވާހަކަ ދައްކަންޖެހުނީ ރިމީ އަށެވެ.

” ހޮޓް ބިޓެއް ފަހަތުން ދުވާއިރުވެސް ތިހުންނަނީ އަޅާވެސް ނުލާ.. ”

ރިމީގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ފަހަކަށް އައިސް ރިއާގެ ހިތުންވެސް ހާއްސަ މަގާމެއް ނިހާން އަށް ދެވޭކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. އެކަން އެއްވެސް މީހެއްގާތު ދައްކަން ބޭނުންނުވަނީ ފިރިހެނުންނަށްޓަކައި ރިއާގެ ހިތުގާ އުފެދިފައިވާ ބިރުވެރި އިހުސާސްތަކުގެ ސަބަބުންނެވެ. ނަމަވެސް ފަހަކަށް އައިސް ބައެއްފަހަރު އެންމެން އެއްގޮތެއްނުވާނެއޭ ހިތަށް އަރަން މަޖުބޫރު ކުރުވަނީ ނިހާންގެ އަމަލުތައް ހުންނަ ގޮތުންނެވެ. ރިއާ އަށް ކުރާ އިހުތިރާމްގެ ސަބަބުންނެވެ.

މަސައްކަތް ނިންމާލުމަށްފަހު އޮފީހުން ނުކުރީ ގެއަށް ދިއުމަށެވެ. އާއްމު ގޮތެއްގަ ހިނގާލާފަ ދިއުމަށް އާދަވެފައި ހުރި ނަމަވެސް މޫސުން ދައްކާގޮތުން ހިނގާފަ ދިއުން ބުއްދިވެރި ނުވާނެކަން އުޑު މައްޗަށް ބަލާލުމުން ދޭހަވެއެވެ. ދެންމެ ދެންމެ ވެހިގަނެފާނެހެން ހީވާތީ މަގުމަތީ މަޑުކޮށްލީ ޓެކްސީއެއް ހޯދުމަށެވެ.

” އަހަރެން ލިފްޓެއް ދީފާނަން.. ” ސިއްސައިގެން ދިޔުމާއެކު އަތުގަ އޮތް ފޯނު ވެއްޓުނީއެވެ. އެއްޗެއް ނުބުނާނަމޭ ހީކުރި ނަމަވެސް ހުރިހާ ރުޅިއެއް ބޭލުނީ ނިހާން އަށެވެ. ތަޅައިގެން ގޮސްފަ އިން ފޯނުގެ ކަނަށް ބަލަން ހުރެވުނު އިރު ހިތާހިތުން ނިހާން އަށް ވަރަށް ހަޅޭއްލެވިއެވެ.

” ސޮރީ.. ” މަޑުމައިތިރި ކަމާއެކު ނިހާން ބުނެލިއެވެ.

ނިހާން އާ ހެދި ފޯނު ވެއްޓުނު މީ ދެވަނަ ފަހަރުކަމުން ރިއާ އިތުރަށް ރުޅިގަދަވިއެވެ. މަޑުކުރުމެއްނެތި އިތުރު އެއްޗެއް ބުނުމަކާނުލާ ރިއާ ހިނގައިގަތީ މޫސުމަށް ބެލުމެއްނެތި ގެއަށް ދިއުމަށެވެ.

ލޯމަތިން ގެއްލެންދެން ނިހާން ހުރީ ބަލާށެވެ. ރިއާ އާ ވާހަކަ ދެއްކޭނެ ގޮތެއް ހޯދުމަށް ނިހާން ކުރަމުންދާ ހުރިހާ މަސައްކަތެއްވެސް ބޭކާރު ވަމުން ދާތީ އެކަމާ މާޔޫސްވެފައި ހުރި ނިހާން ސިއްސައިގެން ދިޔައީ ފޯނުގެ އަޑަށެވެ.

” އައްސަލާމަލައިކުމް .. ނަހީކްގެ ބެލެނިވެރިއެއް ދެއްތޯ؟ ” ގުޅިފަރާތުން ދެއްކި ވާހަކަ އެއް ވިއްޔާ އަދަބުވެރިކަމާއެކު ނިހާން އަޑުއެހިއެވެ. އަދި އަަވަސްވެގަތީ އެފަރާތުން އެދުނު ކަންތައް ކުރުމަށެވެ.

( ނުނިމޭ )

Share Article

Follow Me Written By

Tia

Level 1

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…. (ދިހަ ވަނަ ބައި)

Next

ގޮއްޔެ (ބާބު 2) ތިންވަނަ ބައި

Next
August 20, 2017

ގޮއްޔެ (ބާބު 2) ތިންވަނަ ބައި

Previews
August 20, 2017

ލޯބިން އަންނާށޭ ކަލާ…. (ދިހަ ވަނަ ބައި)

8 Comments!

  1. Xxxx says:
    August 20, 2017 at 1:34 pm

    Wooooowww.. interesting..v.reethi feshumeh…. waiting 4 next part…???????

  2. Reet says:
    August 20, 2017 at 1:48 pm

    V vvvv reethi nimun reethi vaane kamah heekuran

  3. Naa says:
    August 20, 2017 at 8:59 pm

    “Aaadhaige mathin” maa ginain use kohffa.varah hadi ehenve ehen abadhu annaathy. Alhaiganey hama varah.vaahaka hadi eh nun.concept rythi vaane kamah mi balany

  4. aloo says:
    August 20, 2017 at 9:01 pm

    vv reethi…v intresting vaane hen hiy vaniy.. 🙂 🙂

  5. Saa says:
    August 20, 2017 at 10:29 pm

    V reethi. Veehaaves avahakah update koh dhehchey

  6. khajja says:
    August 21, 2017 at 8:34 am

    Wow ??? masha allah v rythi hyvey v rythivaane hen i luv it?? when nxt prt avaskollachchey nihaan neygey kaman hadhaafa riaa ah phone eh gift akah dhy avahah ? stry v obiness to the max ly??❤❤???????????????

  7. Aiymee says:
    August 21, 2017 at 10:24 am

    v reethi…next part ah inthixaaru mikurany..

  8. ROMAN REGINS says:
    August 21, 2017 at 2:13 pm

    Wow Nice

Comments are closed.


All Right Reserved!