” އައްސަލާމަލައިކުމް .. ނަހީކްގެ ބެލެނިވެރިއެއް ދެއްތޯ؟ ” ގުޅިފަރާތުން ދެއްކި ވާހަކަ އެއް ވިއްޔާ އަދަބުވެރިކަމާއެކު ނިހާން އަޑުއެހިއެވެ. އަދި އަަވަސްވެގަތީ އެފަރާތުން އެދުނު ކަންތައް ކުރުމަށެވެ. ނަހީކްގެ ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ނަހީކް އަށް ބޭނުންވާ ހުރިހާކަމެއް ބަރާބަރަށް ކޮށްދިނުމަކީ ނިހާން ގަވާއިދުން ކުރާ ކަމެކެވެ. ބައްޕަ ނިޔާވުމުގެ ކުރިން ނިހާންގެ ގާތުން ހަމައެކަނި އެދުނު އެދުމަކީ ނަހީކް ރަނގަޅުގޮތުގާ ބަލާބޮޑުކުރުމެވެ. ނަހީކް […]
ރިއާ.. ! ރިއާ..! ރިއާ..! ފަހަރަކަށްވުރެ ފަހަަރަކު ބާރުވަމުން ދިޔަ އަޑު ދިޔައީ ގަދަވަމުންނެވެ. ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ސިއްސައިގެންގޮސް ރިއާ އަށް ހޭލެވިއްޖެއެވެ. އޭސީގެ ފިނިކަން ކޮޓަރި ތެރޭ ހުރި ނަމަވެސް ހޫނުކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. ހެޑްބޯޑުގެ ބާލީސް ޖައްސާލުމަށްފަހު ހަމަޖެހިލައިގެން ޖައްސާލި ނަމަވެސް ރިއާގެ މޫނުމަތީން ފެންނަމުން ދިޔަ މާޔޫސްކަމާ ކަންބޮޑުވުން ބަލާލި މީހަކަށް ސިއްރުވެގެނެއް ނުވެއެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން އެމޫނުމަތީގެ ހާސްކަން ފޮރުވިގެން ނުދާ ކަހަލައެވެ. ބާލީސްދަށް […]