Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލާކް… 24ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
August 20, 2017 5 Mins Read
19 Comments

މާލޭގެ ކާރޫބާރޫ ބޮޑު މަޖީދީމަގުން އެއްވަރަކަށް ދުއްވަމުންދިޔަ އަރޫންމެންގެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަވަހަށް އެމީހުންގެ މަންޒިލަށް ދެވޭތޯ މަސައްކަތް ކުރީއެވެ. މާވެޔޮމަގާއި ހަމައިން އަރޫން ޝަމާލް މެންނާއި ވަކިވީ މާހިލްމެންގެއަށް ދިއުމަށް ނިންމާފައި ވުމުންނެވެ.
ޒިޔާދާ މަންޒިލްއާއި ހަމަޔަށް ދެވުމާއިއެކު ޝަމާލްއާއި ޖަޒްލާންއަށް އެކަކު އަނެކަކާދިމައަށް ބަލާލެވުނީ ހައިރާންވީވަރުންނެވެ. މުޅިގެހެން އެއްކޮށްވަނީ ދިއްލާފައެވެ. އެގޭގައި މީހުން ނޫޅޭވެސް މީހަކު ނުބުނާނެއެވެ. “އޫމް އަނެއްކާ.. ވަގެއް.. ” ޖަޒްލާން އެހެންބުނުމާއެކު އަވަހަށް ސައިކަލް ޕާކްކޮށްލާފައި އެތެރެއަށް ވަދެގެން އައިރު ޝަމާލްވެސް އޭނާގެ ފަހަތުން ސިއްރުސިއްރުން ވަދެގެން އައެވެ.
އަރޫންއަށް މާހިލްދިން އެޑްރެހަށްދެވުމާއެކު އޭނާއަށް ގުޅާލިއެވެ. އެގެއަކީ ސެކުރިޓީގެއަކަށްވުމުން ބޭރުން އަންނަހާމީހަކަށް ވަދެވޭކަށް ނޯވެއެވެ. ” މާހިލް މިހުރީ ގޭކައިރީގަ.. ގޭޓްނުހުޅުވަނީސް ކިހިނެއްވަންނާނީ.. ” އެކޮޅުން ފޯނުނެގުމާއެކު އަރޫން ވާހަކަ ދެއްކިއެވެ. ” ތިކަމާ ހާސްނުވޭ.. މީރާންދޮންބެ އެބަދޭ ގެއަށްދާން އޭނަ ދަމުން އަރޫން ވައްދަދީފަ ދާނީ..” އެހެން ބުނުމާއެކު މާހިލް ފޯނުކަނޑާލިއެވެ. އޭރު މީރާންވެސް ގެއިން ނިކުންނަނީއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި މީރާން އައިސް ގޭޓް ހުޅުވާލާފައި އަރޫން އެތެރެއަށް ގެންގޮސް ކޯޑުޖަހާލާފައި ލިފްޓަށް އަރަން ބުންޏެވެ. އަރޫން ގޮސް ލިފްޓަށް އެރުމާއެކު ފަސްވަނަ ފްލޯއަށް ދިއުމަށް ބުނެފައި މީރާން ދިއުމުން އަރޫން ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފަހަކަށް ފިތާލިއެވެ.
ދެވަގުންހެން ޝަމާލްމެން ކޮޑަދޮރުން އެތެރެ ބަލާލިއެވެ. މުޅިގޭތެރެހެން ވަނީ ފޮޅާސާފުކޮށްފައެވެ. ހުރިހާ އެއްޗެއްވަނީ ތަރުތީބުންނެވެ. ” އެހެންވީމަ އެމީހާ އައިސް ސާފުކުރީތާ.. ” ޝަމާލް ހިތާ ހިތާކިޔާލިއެވެ. ނަމަވެސް ޖަޒްލާންބޭނުންވީ ގޭގައި މީހަކު އުޅޭތޯ ޗެކްކުރަން ކަމުން ޝަމާލްވެސް އޭނައާއި އެކު ގޭ މައިދޮރުކައިރީ ހުއްޓިލީ ބެލްޖަހާލުމަށެވެ. އެވަގުތު ފަހަތުން މީހަކު އައިސް ޖަޒްލާންގެ ކޮޑުގައި އަތްޖަހާލުމާއެކު ދެމީހުނަށް އެކީގަހެން އެނބުރެވުނީ ސިހުނުލެއް ބޮޑުކަމުންނެވެ.
ފަސްވަނަ ފްލޯއަށް އެރެވުމާއެކު އަރޫން އެޕާޓްމަންޓްގެ ބެލްޖަހާލިއެވެ. ދޮރުހުޅުވާލީ ބޭރުމީހެއްކަމުން އަރޫން “މާހިލް” އޭ ބުނެލިއެވެ. އެއާއެކު އެމީހާ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އޭރުވެސް މާހިލް އަށް ހިނގައިހަދަން ހުއްދަނެތުމުން ވަނީ ކޮޓަރީގައެވެ. އެމީހާ އަރޫން ކައިރީ އައުމަށް ބުނުމަށްފަހު ކޮޓަރިއެއްގެ ދޮރުހުޅުވާލުމާއެކު އެތެރެއަށް ވަނުމަށް އެދުނެވެ. ވާނުވާ ނޭންގި އަރޫން ހުރީ ސުވާލުމަރކެއްގައެވެ. އެގޭތެރޭން އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވަނީއެވެ. މާހިލްގެ މަންމަމެންވެސް ގައިމުއުޅެންވާނެތާއެވެ.
ސިހިފައި އެނބުރުން ދެމީހުންގެ ދެލޯބޮޑުވީ ކުރިމަތީގައި މީރާންހުރުމުންނެވެ. މިރޭ ދަންވަރު އަންނަންބުނިމީހަކު އެހުރީ ދިމާކުރިމަތީގައެވެ. ޖަޒްލާން ދެފަހަރަކަށް ލޯފޮހެލިއެވެ. ޝަމާލްވެސް މަޑުމަޑުން ބިސްމިކިޔާފައި މީރާންގައިގަ އަތްޖަހާލީ ގަބޫލުކުރަން އުނދަގުވުމުންނެވެ. މީރާން އެކަނި ހުރުމުން އެހެންމީހުން ކޮބައިތޯ ބަލާލުމަށް މީރާންގެ ފުރަގަހަށް ޖަޒްލާން ބޯދިއްކޮއްލިއެވެ. އެއާއެކު ގޭގެ މައިދޮރުހުޅުުނު އަޑުއިވުނެވެ.
ދެފިކުރެއްގައި ހުރެނަމަވެސް އަރޫންގޮސް އެކޮޓަރީ ދޮރުކައިރީ ހުއްޓިލިއެވެ. “އަރޫން.. އަދޭ އެތެރެއަށް.. ” ތަނަވަސް ކޮޓަރީގެ އެއްފަޅީގައި ބެހެއްޓިފައިވާ ސޯފާގައި އޮށޯވެލައިގެން އޮތް މާހިލް ގޮވާލިއެވެ. އަރޫން ވަނުމާއެކު ބޭރުމީހާ އަވަހަށް ބޭރަށް ނިކުތެވެ. “ހާސްނުވޭ.. މީ އަހަރެންގެ އެޕާޓްމަންޓް.. މިތާންގަ ނޫޅޭނެ އަހަންނާ އަލީ ފިޔަވާ އެހެންމީހަކު.. އޭނަވެސް މިތާންގަ އެއުޅެނީ އަހަންނަށއ އަދި އެކަނިއުޅެވޭވަރުނުވާތީ.. ” މާހިލްއަށް އަރޫންގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ވާހަކަދައްކަން ފެށިއެވެ. އެވަގުތު އަލީ ތަބަކެއްގައި ދެކޮފީތަށިހިފައިގެން އައިސް ބެހެއްޓުމަށްފަހު ދޮރުލައްޕާލާފައި ދިޔައެވެ.
ގޭގެ މައިދޮރުހުޅުވުނުއަޑަށް ޝަމާލްއާއި ޖަޒްލާން އެދިމާ ބަލާލިއިރު މީރާން ހެމުން ހެމުން އެތެރެއަށް ވަނެވެ. އޭރު ދޮރުމަތީގައި ހުރި ހިޝާމްވެސް ހޭންފެށީ އެދެމީހުނަށް ވެފަހުރިގޮތް ފެނުމުންނެވެ. ކުއްލިއަކަށް މިޝާ އާއި މައިޝާ ގެ އިތުރުން ބިންޔާއާއި މަލާކް އެކީގަހެން އައިސް “ސަޕްރައިޒް..” އޭ ކިޔާ ކުރިމަތީގައި ހުއްޓިލިއެވެ. ބަހެއްބުނަން ނޭންގިފައި ދެމީހުނަށް ތިބެވުނީ ހަމަރަނގަޅަށްވެސް ސަޕްރައިޒްވެއްޖޭ ބުނާފަދައަކުންނެވެ. އެވަގުތު ޖަޒްލާންއަށް ބިންޔާބުރުގާ އަޅާފައިހުރިތަންފެނި އައިސް ކައިރީގައި ހުއްޓިލާފައި.. ” މިހާރުއަދި މާރީއްޗޭ. ” ބުނެލިއެވެ. ލަދުމަލެއްހެން ބިންޔާ އިސްޖަހާލުމާއެކު ” ހޫމް އެއްކަލަ ލަވްބަރޑް” އޭކިޔާ މަލާކްދިމާކޮށްލިއެވެ. އެންމެން އެކީގައި އެތެރެއަށް ހިނގައިގަތުމުން މަލާކް ފަހަތް އެނބުރި ބަލާލިީ އަރޫން ހަމަ ނާންނަނީތޯ ޔަގީންކޮށްލުމަށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމުން މޭގައި އަތްއަޅާލުމަށްފަހު މަޑުމަޑުން އެތެރެއަށް ދިޔައީ އަރޫން ނާންނަކަން ޔަގީންވުމުންނެވެ. އެމަންޒަރު ބިންޔާއަށްފެނުމުން ޖަޒްލާންއަށް ދައްކާލިއެވެ. ނަމަވެސް އެވަގުތު އެވާހަކަ ދެއްކުން އެހާ ރަނގަޅުނޫންކަމަށްބުނެ މަޑުޖައްސާލީ އެވެ. ގެއަށްވަދެވުމާއެކު “އެބައަންނަން..” ބުނެލާފައި މަލާކް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލީ އެހެންމީހުނަށް އޭނަ ރޯކަން އަންގަން ބޭނުންނުވާތީއެވެ. މިހުރިހާ ދުވަހުވެސް އެވަރަށް ހިތާމަކުރިއިރުވެސް އެއްވެސް މީހަކަށް އެކަން ރޭކާވެސް ނުލައެވެ. މަލާކް އޭނާގެ ހިތާއި ޝަކުވާކޮށް ރޮއިހަދަނީ އަބަދުވެސް އެހާސިއްރުންނެވެ.
“އަސްލު ކީއްވެ އަހަރެންކައިރީ އަންނަން ބުނީ.. ” އަރޫން އެންމެ ފަހުން ހަމަޔަކަށް އެޅިލާފައި ސުވާލުކުރިއެވެ. ” އަރޫން .. އަހަންނަކަށްނޭންގެ މިވާހަކަ ފަށާނެގޮތެއްވެސް.. ހުރިހާ ކަމެއްގޯސްވީ އަހަންނާހެދި.. އަހަރެންގެ އަމިއްލައެދުންބޮޑުކަމުން.. ” މާހިލް ލޮލުން އައި ކަރުތައް ފޮހެލިއެވެ. ” ކީއްވެ.. ކީއްވެ ތިހެން ތިބުނީ.. ” އަރޫން އަށް މާހިލްބުނިއެއްވެސް އެއްޗެއް ފަހުމެއްނުވިއެވެ. އެއާއެކު މާހިލް ކިޔާދޭން ފެށިއެވެ.
” އެއީ މީރާންދޮންބެގެ ކައިވެނިރޭގައި އެންމެފުރަތަމަ އަހަންނަށް އެނގުނީ މަލާކް އުޅެނީ އަރޫންއާއި ރައްޓެހިވެގެންކަން.. އެހެންވެ އަހަރެންބޭނުންވީ އަހަންނަށް ނުލިބުނުމީހަކު އަރޫން އަށްވެސް ނުލިބެން.. ”
” އެރޭއަހަރެން ބެލިބެލުމުން އަހަންނަށް އެގުން އަރޫންގެ މަންމަ އެގުޅުމަށް ނުރުހޭކަން.. އެހެންވެ އަރޫންގެ މަންމަ އަށް އެހަބަރު އަހަރެންދިނީ ފުރިހަމަހެއްކާއެކު އަރޫންމެން އެނބުރި ކިޔަވަންދިޔަދުވަހު އެއަރޕޯޓުން އަހަރެން ނެގި ފޮޓޯތައްދައްކައިގެން.. އެއަށްފަހު އަހަރެންވީ އަރޫންގެ މަންމަގެ އޭޖެންޓަކަށް.. އެހެންވެ އެދުވަސްކޮޅު އަހަންނަށް ވީވަރަކުން މަލާކްއާއިއެކު ހުރިހާ ވަގުތެއްހޭދަކުރިން.. އަރޫންއަށް މަލާކްގެ ގުޅުން އެކަމަކު އަހަރެން ހީކުރިގޮތާ ހިލާފަށް ދިޔައީ ބަދަހިވަމުން.. ”
” އެހެންއުޅެނިކޮށް އަހަންނަށް އަޑުއިވުނީ އަރޫންގެ ކައިވެނީގެ ވާހަކަ.. ނޫރާ ވެގެންދިޔައީ އަހަންނަށް އުޅެވެނީ ރަނގަޅަށްނޫކަން އަނގަދޭން އައިމީހަކަށް.. އެންމެފުރަތަމަ ފެނިލުމުންވެސް އަހަންނަށް ނޫރާ ވަރަށްކަމުދިޔަ.. އެދުވަހު އިހްސާސްވި އަސްލު މަލާކްދެކެ އަހަންނަށް ވެވުނީ ހަގީގީ ލޯބިނޫންކަން.. އެހެންވެ އެކަން އަހަރެން ހުއްޓާލީ.. ”
” އެއަށްފަހު އައީ އެންމެފުރަތަމަ އިންޒާރު.. އަހަރެން މަލާކްގެ ކަންކަމާއި ނޫޅޭކަން އެނގިގެން އަރޫންގެ މަންމަ އޭނަގެ ގޭންގްލައްވާ އަހަންނަށް ބިރުދެއްކީ.. ނަމަވެސް އޭރު ނޫރާވެސް އަހަރެންނަށްވަނީ ކާމިޔާބުވެފަ.. އެހެންވެ އެކަމާ އެހާވަރުން އަޅާނުލީ.. އެކަމަކު ބައްދަލްކުރަމުން ދިޔައީ ސިއްރުން.. އެސައިއްޓޭ މެންގެ ހުރި ފެންވަރު އަހަންނަށްއެނގޭ .. އެމީހުން މީހަކު މަރާލަންވެސް ފަސްނުޖެހޭނެ އެހެންވެ.. ”
އެހިސާބަށް ދިއުމާއެކު މާހިލް ވާހަކަ މެދުކަނޑާލިއެވެ. އަދި ” އަރޫން އަހަންނަށް ކަމެއްކޮށްދީފާނަންތަ.. ” އަހާލިއެވެ. މާހިލްގެ ވާހަކަތަކުން ބުނާނެ އެއްޗެއް ނޭންގިފައި އިން އަރޫން “ކޮންކަމެއް..” ތޯ ސުވާލުކޮށްލިއެވެ. ” އަހަންނަށް ދުވަހަކު ކަމެއްކޮށްދެންޏާ މަލާ އަށް ދެރައެއްނުދީ.. ހެޔޮނުވާނެ.. އެއީ މާތތް އަހުލާގެއްލިބިފައިވާ އެހާ ހުލްގުހެޔޮ ރަނގަޅުކުއްޖެއް.. ” މާހިލް އިސްޖަހާލާފައި ބުންޏެވެ. ” ދެން އެެެހެންވީމަ ތިބުނީ މާހިލްއަށް ނޫރާދޭށޭތަ.. ” އަރޫންބޭނުންވީ މާހިލްގެ މޫނުގެ އެކްސްޕްރެޝަން ރަނގަޅަށް ބަލާލާށެވެ. “ނޫން އެހެންނެއްނުބުނަން.. އެކަމަކު އެކަމުގަވެސް މިއަދު އެހީއެއްވެވެން އޮތީ ހަމަ އަރޫންއަށް.. ” ގޮތް ހުސްވެފައިވާ ހާލު މާހިލް އެހެންބުނީ އިތުރުގޮތެއްނެތްކަން އެނގޭތީއެވެ. ” ހޫމް ދެން އެހަށް އެވާހަކަ ބާއްވަމާ.. އެއީތަ ހަމައެކަނި މާހިލް ދައްކަން ބޭނުންވި ވާހަކައަކީ..” އަރޫން ބޭނުންވީ ހުރިހާކަމެއްވެސް ރަނގަޅަށް އޮޅުންފިލުވާށެވެ. “ނޫން.. އަދިނުނިމޭ.. އަރޫންގެ އެކްސިޑެންޓްގެ ހަގީގަތްވެސް އަހަންނަށް އިނގޭ.. އަދިވެސް އެކަންވެސް އެއޮތޯ ހެކިނުލިބިގެން ފަސްލެވިފައެއްނު.. އެދުވަހު އަސްލު އަރޫންގެ މަންމައަށް އެނގުން މަލާ ކައިރިއަށް ދާން ދިޔަކަން އެހެންވެ ހުއްޓުވަންވެގެން ސައިއްޓެމެން ގުރޫޕްމީހަކު ފޮނުވީ.. އެކަމަކު އޭނަޔަށް ވެސް ސައިކް ކޮންޓްރޯލްނުވީމަ ހީކުރިގޮތާ ހިލާފަށް އަރޫންއަށް ގެއްލުންވީ.. އަދި އެމީހާވެސް އެހާ އަނިޔާވީ.. އެނގޭތަ އަހަންނަށް އެކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލަން އޮތްދުވަހު އެތަނުން އަރޫންގެ މަންމަ މާސިއްރުން އުޅޭތީ ހަބަރުބަލާލީމަ އެމީހުން ދެއްކި ވާހަކައިން.. އެދުވަހު އަރޫންގެ މަންމަ ބޭނުންވީ ބާރުގެ ބޭނުމްކޮށްގެން އެ މީހާގެ ދުވަސްދުއްވާލަން އެކަމަކު އަރޫންގެ ހާލުބޮޑުކަމުން ފުރަންޖެހުނީމަ އެކަން ނުވީ.. އެނގޭތަ މިހާރު އޭނަވެސް ހުރީ ނުކުޅެދޭމީހެއްގޮތުގަ.. އަހަރެން އޭނަގެ ހާލުބަލާހެދިން އަދި ހުރިހާ ވާހަކައެއްހޯދިން.. ”
” އަރޫންމެން ބޭރަށް ދިޔައީމަ އަހަންނަށް ހިތަކަށް އަހަރެންގެ ލޯބިލިބުން ކަހަލަ.. އެކަމަކު ސައިއްޓެމެން އަހަންނަށް ފާރަލަމުން ދިޔަކަމެއް އަހަންނަކަށް ނޭންގެ.. އެމީހުނަށް އަހަރެން އަތުވީ ކުރިންރޭ ގަ ނޫރާގޮވައިގެން ގެއަށްލާން ދިޔަގަޑީ.. އޭގެ ކުރިން އަރޫންމެން އައިދުވަހުވެސް އެއަރޕޯޓުންވެސް އަރޫންގެ މަންމަ އަހަންނަށް އިންޒާރުދިން.. އެކަމަކު ލޯތްބަކީ ކަނުއެއްޗެއްވީމަ އެކަމަށް އަހަންނަށް ފަރުވާކުޑަކޮށްލެވުނީ.. މިއަދު މިހާލުގަ މިޖެހުނީ އެހެންވެ… ” މާހިލް ފުންނޭވައެއްލިއެވެ. “މީ އަހަރެން ދައްކަން ބޭނުންވި ވާހަކައަކީ.. މިކަން އަރޫންއަށް އެގެން އަހަރެން ކޮންމެހެން ވެސް ބޭނުންވީ ކައިވެނީގެ ކުރިން.. އަރޫންވެސް އޮޅުންގަނޑެއްގަ ބަހަށްޓަން ބޭނުންނުވާތީ.. އަދިއެއްވާހަކަ މަލާ އަށް އަހަރެން ދެރައެއްދޭން ބޭނުމެއްނުން.. އެކަމަކު މަލާ މިހާރު އަހަންނަށް ގުޅާ.. އަރޫންއަށް އެއްވެސް ކަމެއް ސިއްރެއްނުކުރާނަން.. ” “އެންމެ ރަންގަޅު މާހިލް މީދޯ އެހެންވީމަ ސައިއްޓޭގެ ފުރިހަމަނަމަކީ..” އަރޫން ޖީބުން ކަރުދާސްގަނޑެއްނަގާ ދިއްކޮލިއެވެ. ” ހޫމް މީ.. މީ އޭނަގެ ސައިކްލގެ ނަންބަަރު.. ކިހިނެއް އަރޫންއަށް އެނގުނީ.. ” މާހިލް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެއާއެކު އަރޫން އެރޭގަ ކަންތައްވީގޮތް އޮޅުންފިލުވައިދިނެވެ. އަދި އެރެއަށް ފަހު މިއަދާހަމަޔަށްވެސް ކަންތައްވަމުން ދިޔަގޮތް ވަރަަށް ތަފްސީލުކޮށް އޮޅުން ފިލުވައިދިނެވެ. އަރޫންގެ ވާހަކަ އަޑުއަހާފައި މާހިލް އިސްޖަހާލިއެވެ. ނޫރާއާއި މާހިލްގެ ގުޅުން އޮތްވަރު މާހިލްގެ ފޯނުން އެނގިފައިވާކަން އަރޫން ބުނުމުން އިތުރަށް އަރޫން އާއި ކުރިމަތިލާން އުނދަގުވީއެވެ. އެނގިހުރެ އަރޫންގެ ވާންއުޅޭ އަނބިމީހާ އާއި އެކު އެކަހަލަ ގުޅުން ތަކެއް ބޭއްވުނީތީ ލަދުގަތީއެވެ. ” ހާސްނުވޭ.. ނޫރާ ޕްރެޖް އެއްނުން.. މިއަދު އޭނަ ގޮވައިގެން ޑޮކްޓަރަށް ދައްކަން އަހަރެން ދިޔައީ އެކަން ޔަގީން ކުރަން.. ” މާހިލް އަށް ވީގޮތް ފެނިފައި އަރޫން މާހިލްގެ ކޮންޑުގައި ޖަހާލަމުން ބުނެލިއެވެ. ” ތެންކިއު އަރޫން ނޫރާއަށް ތިހާ ރަނގަޅުވީމަ.. ” އަދިވެސް މާހިލް އިނީ ކުއްވެރިއަކު ފަދައިން އިސްޖެހިފައެވެ. “ހަމަޖެހިބަލަ އަހަރެން މިބުނީނު ހުރިހަ ކަމެއްއިނގެޔޭ.. އެކަމަކު އަހަރެންގެ މަންމަ ތިހާ ދަށްފަންތިއަކަށް ވެއްޓުނީމަ މިއަދު ވަރަށް ދެރަވެއްޖެ.. ” އަރޫން ގެ ލޮލުން ކަރުނަ ހިލުނެވެ.
އެތަށް އިރަކު އަމިއްލަ ނަފްސައް އަޑުލުމަށްފަހު މަލާކް އަވަހަށް ފާހާނާއަށް ވަދެ މޫނުދޮވެލިއެވެ. އަދި ވުޟޫކޮށްލައިގެން ނިކުމެ ދެރަކްއަތް ނަމާދެއްކޮށްލިއެވެ. ހިތަށް ހަމަޖެހުން ހޯދުމަށް އަބަދުވެސް މަލާކް ހަދަނީ އެހެންނެވެ. އެއްވެސް މީހަކު މަލާކްއަށް އުނދަގުނުކުރީ އޭނަގެ ހާލު ރަނގަޅަށް އިނގޭތީ ވަގުތު ދިނުމަށެވެ. ނަމަވެސް ހިޝާމް އަށް އެއްވެސް ކަމެއް ނޭންގޭތީ ގޮސް މަލާކް އަށް ގޮވިއެވެ. މަލާކް ނަމާދު ދޮޅިއާއެކު ދޮރުހުޅުވާލުމުން ހިޝާމް އަވަސްކޮށްލައިގެން އައުމަށް އެދިފައި ދޮރުލައްޕާލީ އޭނާގެ ދަރިފުޅުގެ ދީންވެރިކަމަށް ތައުރީފް ކުރާހާލުގައެވެ. ނަމަވެސް ހަޤީގަތް އެނގޭނަމަ އެބައްޕަގެ ހިތުގައިވެސް އެދަރިފުޅަށްވާ ހަމްދަރުދީ އުތުރިއަރާނެކަން ގައިމެވެ.
އެތައްވާހަކައެއް ހިއްސާކުރުމަށްފަހު އަރޫން އާއި މާހިލް ވަކިވީ ގާތްދެރަހުމަތްތެރިންގެ ގޮތުގައެވެ. ނިކުތް ގޮތަށް އަވަހަށް ޝަމާލްއަށް ގުޅާލާފައި އެގެއަށް ދާވާހަކަ އަންގާލިއެވެ. ވަގުތުން ޝަމާލް ޖަޒްލާން ގޮވައިގެން އަރިއަކަށް ޖެހިލާފައި އެކަން އަންގާލިއެވެ. އެއީ މަލާކްވެސް އަލުން އެމީހުނާއި އެކު
އަނގަތަޅާލުމަށް ނިކުތް ވަގުތެވެ. ” މަލްކޮ.. އެހަށް އާދެބަލަ މިކޮޅަށް.. ވާހަކައެއްބުނަން.. ” ޖަޒްލާން މަލާކް އަށް ގޮވާލިވަގުތު ގޭގެ ބެލްޖަހާލުމުން އެންމެނަށް އެކީގަހެން ބަލާލެވުނީ ދޮރާދިމާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (އަށާރަވަނަ ބައި)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފަނަރަވަނަ ބައި)

Next
August 20, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފަނަރަވަނަ ބައި)

Previews
August 20, 2017

ހިތުގެ މިލްކުވެރިޔާ (އަށާރަވަނަ ބައި)

19 Comments!

  1. Layaa says:
    August 20, 2017 at 6:54 pm

    Assalaam alaikum .. hurihaaa ekuverinn.. miothee vaahakaige 24 vana episode.. unmeedhukuran thi hurihaaa ekuverinah mibaivess kamudhaanekamah..? and hurihaa comment thakah vakin reply nukurinamavess layaa hurihaakudhinge comment thahvess kiyan.. ?
    v ufaavey thikahala ekuverinthakeh libuneema ?❤ ly all ? insha allah maadhamaarey final episode upkohladheynan.. baahjaveri reygandakah edhen.. ???❤

  2. ? says:
    August 20, 2017 at 7:07 pm

    First yeyyyyyy

    1. Layaa says:
      August 20, 2017 at 7:54 pm

      Yes dear hama first

  3. SOI says:
    August 20, 2017 at 7:11 pm

    Layaa thankyew so much❤.hama bala bala indha thi up kury..mi part ves vv reethi..??
    Next part knirakun??

    1. Layaa says:
      August 20, 2017 at 7:55 pm

      Aww eeentha .. ?btw thankyou my dear SOI ??

  4. Navya says:
    August 20, 2017 at 7:25 pm

    Ohh haadha reechey mi part ves? next part ah v inthizaaru kurevey. .. layaa darlin hws u? Tc

    1. Layaa says:
      August 20, 2017 at 7:56 pm

      Alhamdhulillah ❤ btw thank you so mych my dear Navya ?? ?

  5. maaz says:
    August 20, 2017 at 7:58 pm

    v reethi?fahu episoda v ithizaaru kura.

  6. ??? says:
    August 20, 2017 at 8:12 pm

    Vvvvvvv rythi ???layaa alhe haadha avahakah mvaahaka ninnman thi ulheniii?

  7. Xxxx says:
    August 20, 2017 at 8:17 pm

    Woooww.. waiting 4 last episode dear????v.nice mi part ves….

  8. ♥♥♥♥♥♥♥♥♥ says:
    August 20, 2017 at 8:51 pm

    Wowwwwwwww

  9. aloo says:
    August 20, 2017 at 8:53 pm

    vvv reethi..hama habeys..waiting……………………….

  10. Robin says:
    August 20, 2017 at 11:38 pm

    Nice❤

  11. Rose says:
    August 20, 2017 at 11:40 pm

    Nice story…

  12. khajja says:
    August 21, 2017 at 12:06 am

    Ohhh wow?? masha allah v rythi v interesting when nxt prt avahah up kollabala kiyaahithun keiyvany ennoon ? gud nyt ly????❤❤❤????????

  13. Almaa says:
    August 21, 2017 at 4:47 am

    V v reethi mi part vs thanks Layaa

  14. Adha? says:
    August 21, 2017 at 10:06 am

    So ehen veema memory loss vegen neh noon dw malaak aa mi rulhi vee eh.. adhives shakkehge mathy mi hunnany layaa ? hope dhen oiy part in engeyne kamah.. loabi loabi ending eh genesdhehchey ingey??
    Waitingss ❤❤❤❤

  15. m says:
    August 21, 2017 at 10:07 pm

    layaaa..story

  16. Ivrisha says:
    August 21, 2017 at 10:17 pm

    Varah reethi. Kon irakun tha last part???

Comments are closed.

Next Episodeމަލާކް… 25ވަނަބައި←


All Right Reserved!