Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ވައިވީމަ – (2) އައު ހަޔާތެއް

A.S.Cain Level 110 Stories
September 2, 2017 3 Mins Read
11 Comments

އަހަންނައް ހޭލެވުނީ ގަދަނިންޖަކުންނެވެ. އަޑެއް ބަޑެއް ނީވެއެވެ. ބޮލުގައި ރިއްސަނީކީ އެވަރަކަށް ނޫނެވެ. އަހަރެން ތެދުވެ ވަށައިގެންވާ އަނދިރި މާހައުލު ބަލާ ހައިރާންކަމުގެ ތެރެއަށް ގެއްލިއްޖެއެވެ. ‘ކިހިނެތް މިތަނަށް އަހަރެން އައީ؟’ އަހަރެންގެ ހަނދާނަކަށް ހަމަ އެކައްޗެއްވެސް ނައެވެ. ބަލާ ބެލުމުން އަހަރެން ހުރީ ހަދާ އިމާރާތެއްގެ ތެރޭގަކަން ޔަގީންކުރެވުނެވެ. ‘ހާދަ ބަނޑުހައޭ!’ ހީކަރުވަނީ އެވެ. ގައިގެ ހަންގަނޑު ވަރަށް ފިންޏެވެ. ހީވަނީ ހުންއައިއްސަ ހުރި ހެންނެވެ.
“މީހެކޭ؟” އަހަންނަށް ގޮވާލެވުނެވެ. ކަރުތެރޭން އަޑު އަންނަނީ ކިރިޔާ އެވެ. ބަނޑުހައިވެގެން މުޅި ހަށިގަނޑު ތުރުތުރު އަޅަނީއެވެ.
އަލިވާން ފަށައިފިއެވެ. ހިނގާލާނެވަރު ގައިގަ ނެތުމުން އަހަރެން އެތަނުގެ ކަނެއްގައި އިށީނދެ ފާރުގައި ބޯއަޅާލީމެވެ. ވަރުބަލިކަމުން އަނެއްކާވެސް ނިދެން ފަށައިފިއެވެ.

****************

“އަހަންނަށް ކުށެއް ކުރެވިއްޖެއްޔާ އަހަރެން ދެކެ ރުޅި އަންނާނަންތަ؟” ކަހުލާ އަހާލިއެވެ.
“އެވަރުގެ ކުށެއް ކަހުލާ އަކަށް ކުރެވިދާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.” އަހަރެން ކަހުލާއަށް ޔަގީންކޮށްދިނީމެވެ.
ކަހުލާ އަހަރެންގެ ތުނި ބޮލުގައި ފިރުމަމުން ބައްދާލިއެވެ. އަދި އަހަރެންގެ ކަރުގައި އެ ކަޅު ތުންފަތުން ބީހެންފެށިއެވެ. އަހަންނައް ކަހުލާގެ ބީހުންތަކަށް އެދެވެންފެށިއެވެ. އަދި މަސްތެއްގެ ތެރެއަށް ގެއްލި ވަރަށް ބާރަށް ކަހުލާ ގައިގައި ބައްދާލެވުނެވެ.

ނިދިން ހޭލެވުނުއިރު ހުރީ މަސްތެއްގެ ތެރޭގައެވެ. އިރު އަރައި މުޅި ސަރަހައްދު އަލިކޮއްލައިފިއެވެ. ‘އާނ! ކަހުލާ!’ އަހަރެންގެ ހަނދާނަށް އަންނަން ފަށައިފިއެވެ. އަހަރެން ގެއަށް ދާންޖެހޭކަންވެސް އެހިސާބުން އެނގުނެވެ. ޖީބުން ފޯނު ނެގިއްޖެއެވެ. ފޯނު އޮތީ ނިވިފައެވެ. ކޮޅަށް ތެދުވީމެވެ. ކޮންމެސް ކަހަލަ ބާރެއް ހަށިގަނޑަށް އަތުވެއްޖެއެވެ. ވަރަށް ރުޅިގަދަ ވެއްޖެއެވެ. “ކަހުލާ…” އަހަންނަށް ބުނެވުނެވެ. ވަރަށް ބަރު އަޑަކުންނެވެ. އިމާރާތުން ނުކުންނަން އަހަރެން ދިމާކޮށްލީމެވެ. “އާރ!” އިރުގެ އަލިކަން ގައިގައި ޖެހުމުން ހީވީ ހަންގަނޑު ފިއްސާލި ހެންނެވެ. ދިލަ ނަގާލީކީ އެވަރަކަށްނޫނެވެ. ފަހަތައް ޖެހިލާފައި އަނެއްކާވެސް ކުރިއަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ގަޔަށް އެވާ ތަދެއްގެ ސަބަބުން ކުރިއަށްދާނެ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެން ހަދާނެގޮތް ހުސްވެއްޖެއެވެ. ‘ކަހުލާ އަހަންނަށް ކީއްކުރީބާ؟’ ބަނޑުހައިވެގެން ބޯ އަނބުރަން ފަށައިފިއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ގޮސް އިމާރާތުގެ ތެރޭގައި ހުރި ވެލިބަސްތާތަކެއްގެ މަތީގައި އޮށޯވެގެން އޮތީއެވެ. އެހެން އޮއްވައި ނިދިއްޖެއެވެ.

*************
“ޒެޑް!” ކުޑަ ކުޑަ ކަހުލާ ގޮވާލިއެވެ. ކަހުލާ އާއި އަހަރެން ތިބީ ސިޓިންގ ރޫމްގައި ކުޅެންށެވެ. “އަހަރެން ޒެޑް ދެކެ ވަރަށް ލޯބިވޭ.” ކަހުލާގެ ކުޑަ ހަށިގަނޑު އަހަރެންގެ ގައިގައި ބައްދާލައިފައި ބުންޏެވެ. އެއިރު އަހަންނަށް ވާނީ އުމުރުން 10 އަހަރެވެ. ކަހުލާއަށް ވާނީ 11 އަހަރެވެ.

14 އަހަރުކުރީގެ ހިޔާލެއްގެ ތެރެއިން އަހަންނަށް ނިދިންހޭލެވުން އިރު ހުރީ އަނދިރިވެފައެވެ. އަވަހަށް ތެދުވެ ހިނގައިގަތީ އެތަނުން ނުކުމެ އަހަރެންގެ ގެއަށް ދެވޭތޯއެވެ. މަގުމައްޗައް އަރައި ސައިކަލު ސްޓާޓް ކުރަންބެލިއިރު ތަޅުދަނޑި ވީތަނެއްވެސް ނޭނގެއެވެ. ނަސީބަކުން އެހެންލާފައި އައި ކާރެއް ހުއްޓުވިއްޖެއެވެ. އަވަހައް އެކާރުގައި ގެއަށް އާދެވިއްޖެއެވެ.
“ދަރިފުޅާ ކޮންތާކު އުޅެފަތަ ތިއައީ؟” މަންމަ ވަރަށް ހާސްވެފައި ބުންޏެވެ. “ކިހާވަރަކަށް ގުޅައިފިންތަ، ފޯނާ އެއްޗިސް ނިވާލައިގެން!”
އަހަންނަކަށް މަންމައަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ‘އެނގޭހާވެސް އެއްޗަކީ ވަރަށް ހާލުގައި ތެޅިފަކަން މި ގެއަށް އާދެވުނީ.’ “މަންމަ، ވަރަށް ބަނޑުހައި. ކޮންޗެއް ކާންހުރީ؟” އަހަންނަށް ފުރަތަމަވެސް އެހުނީ ކާއެއްޗެއްގެ ވާހަކައެވެ.
ގެއަށް އާދެވުނީމައި ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި މަންމަ ފެނުމުން ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ. މަންމަގެ މޫނުމަތިން މާޔޫސްކަން ގެއްލި ހިނިތުންވުމަކަށް ބަދަލުވިތަން އަހަންނަށް ފެނުންކަން މަންމައަށް އެނގުމުން އަވަހައް އެނބުރި ދިޔައި ބަދިގެއާ ދިމާލަށެވެ.
ރަނގަޅަށް ބަތާއި ރިހަ މޮޑެގެން ކައިނިމިއްޖެއެވެ. ދެން އަހަރެން ބޭނުންވީ އަވަހަށް ކޮޓަރިއަށްގޮސް ފެންވަރާލައިގެން ހަމަޖެހިލަންށެވެ. އެކަކާވެސް ވާހަކަ ދައްކާ މޫޑެއް ނެތެވެ. ކޮޓަރިއާ ހަމައަށް ނުދެވެނީސް އަހަރެންގެ 18 އަހަރުގެ ކޮއްކޮ ޖޭސް އައިސް އަހަރެން މަޑުކުރުވިއެވެ. “ބްރޯ ދީބަ ސައިކު.”
އަހަރެންގެ ސައިކަލު މަތިން ހަނދާންވެ އަނެއްކާވެސް އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ބުނެވުނީ ސައިކު ހަލާކުވެގެން ގަރާޖައްލައިފައި ވާނެކަމަށެވެ. އަދި ލިބޭނީ މާދަމާ ކަމަށެވެ.
އެންމެފަހުން ކޮޓަރިއަށް ވަޖެވިއްޖެއެވެ. ފެންވަރައިލައިގެން ކޮމްޕިޔުޓަރު ކައިރީގައި އޮންލައިން ވެލަން އިށީނީމެވެ. ކުއްލިއަކަށް އޯކައް ދަމަންފަށާފައި ހޮޑުލެވޭހެން ހީވެގެން ފާހަނައަށް ދުވެފައިގޮސް ގަދަޔަށް ހޮޑުލެވިއްޖެއެވެ. ކެއި ހުރިހައި އެއްޗެއް ބޭރުވީއެވެ. ބޯއަނބުރަން ފަށައިފިއެވެ. ‘އަހަންނަށް ކަހުލާ ކީއްކުރީބާ؟’
“ދޮންބޭ! ކީއްތި ކުރަނީ؟” ފާހަނާ ދޮރުގައި ޖަހާލައިފައި އަހަރެންގެ 20 އަހަރުގެ ކޮއްކޮ ޖެނިފަރ ގޮވައިލިއެވެ.
“ކަމެއްނުވޭ! ކީއްކުރަނީ ކޮޓަރިއަށް ވަދެގެން؟ ނުކުމޭ!” އަހަރެން ފާހަނާ ތެރޭގައި ހުރެފައި ޖަވާބު ދިނީމެވެ.
“އަހަރެންގެ ޕެންޑްރައިވް ނެގީ! އާނ! މި ނުކުތީ!” ޖެނިފަރ ގޮވައިލިއެވެ.
ލޯގަނޑު ކުރިމައްޗައް އަރައި އަހަރެންގެ ސިފަ ބަލާލީމެވެ. ހީވަނީ މަރުވެފައި ހުރި މައްޔިތެއްހެންނެވެ. ލޯކައިރި ހުރީ ހިކިގެންގޮސް ހުދުއަރައިފައެވެ. މުޅި ގައިގަ ރިއްސަން ފަށައިފިއެވެ. ހުންގަދަވެ ބޯއަނބުރަން ފަށައިފިއެވެ. ދާވެސް ހިއްލަނީއެވެ. އެކަމަކު ކޮޓަރީގެ އޭސީ ވެސް ހުރީ ޖައްސާފައެވެ. ފިނިކަމުން އޭސީ ނިވާލައިފައި އެނދުގައި ރަޖާއަޅައިގެން އޮށޯވެ ނިދިއްޖެއެވެ.

**********

“ދޮންބޭ! ހޭލަބަލަ! ކުއްޖަކު ދޮންބެ ހޯދަން އަތުވެއްޖެ! މިހާރު ހަވީރުވީއޭ! ބައްޕަވެސް ދެންމެ އެ ދުރުވީ ބޭރަށް!” ދޮރުގައި ބާރު ޓަކިބަރިއަކުން ތަޅާ އަހަރެން ނިދިން ހޭލައްވާލައިފައި ޖެނިފަރ ގޮވާލިއެވެ.
“މިދަނީ!” އަހަރެން ޖެނިފަރ އަށް ޖަވާބުދީފައި ފާހަނައަށް ވަދެ ފެންވަރައިލައިގެން ސާފުވެލައިގެން ސިޓިންގ ރޫމަށް ދިޔައިމެވެ.
ކަހުލާ ކަމަށް ހީކޮށް ބެލިއިރު އެހެން މީހެކެވެ. އެހައި ހިއްކެއް ނޫނެވެ. ހުރީ ލޮލުގައި އަނދުން އަޅައި ކަޅު ލިޕްސްޓިކް ޖައްސައިފައެވެ. އިސްތަށިގަނޑު ހުރީ ކޮނޑާހަމައަށް ކޮށާފައެވެ. ކަހުލާގޮތައް ހަމަ ކަޅު ހެދުމެއްލައިގެން ދެ އަތުގައި ކެވެލި އަޅާފައެވެ. އަހަރެން އޭނާއެއް ނުދަންނަމެވެ. އެކަމަކު އޭނާ އަހަރެން ހޯދަން އަހަރެންގެ ގެއަށް އައީތީ އޭނަގެ ހަޤީޤަތް ބަލަން ބޭނުންވިއެވެ. އަހަރެން ފެނުމުން ތެދުވެ ގެއިންނުކުންނަން އޭނާ ހިނގައިގަތެވެ. އިހުސާސް ކުރެވޭފަދަ ބާރެއް އޭނާގެ ފަހަތުން އަހަރެން ގެންދަންފެށިއެވެ. ‘މިއީ ކާކުބާ؟ މިހިނގަނީ ކޮންކަންތައްތަކެއްބާ؟ މިއީ އަނެއްކާ ކަހުލާގެ ރޭވުމެއްބާ؟’


***********

Share Article

Follow Me Written By

A.S.Cain

Level 110 Stories

Other Articles

Previous

02:30 އަށާރަވަނަ ބައި

Next

ޝުދޫ******* (20)

Next
September 2, 2017

ޝުދޫ******* (20)

Previews
September 2, 2017

02:30 އަށާރަވަނަ ބައި

11 Comments!

  1. Thuthi says:
    September 2, 2017 at 11:53 am

    Vaanuvaaga?????

  2. Raiya says:
    September 2, 2017 at 11:58 am

    Haadha haa kureve. Mi vaahaka in vaanuvaa eh neynge emme part akun ves. Guess why!? Cause maa kuru koh liyaathy.. ufff vaahaka intrestin but kiyaa hih kendeyne dhw maa kurukoh liyunyma??
    Waitin for the next prt

  3. Kuda Kamana says:
    September 2, 2017 at 12:18 pm

    Aslu varah kuru.. avahah next part up kurahchey..

  4. mmmkk says:
    September 2, 2017 at 1:37 pm

    mivaahakaige namakah kiyan v “VAANUVAA”

  5. Loo says:
    September 2, 2017 at 8:23 pm

    Eyna vampire akah badhall vefa ehuree

    1. A.S.Cain says:
      September 3, 2017 at 3:51 pm

      🙂

  6. A.S.Cain says:
    September 3, 2017 at 3:42 pm

    Dear readers, I apologize for the Chapters being too short. Next chapter dhigukoh genesdheveytho masaikai kuraanan. Adhi vaanuvaa engayne kamah ummeedh kuran. And thank you all for the responses.

  7. Mine says:
    September 3, 2017 at 11:16 pm

    Is this a some kind of joke???

  8. Asi says:
    September 4, 2017 at 7:56 pm

    Vrh kuru. Next part ah waitnga!

  9. Koo says:
    September 5, 2017 at 1:45 pm

    Kuru viima Vvv Foohi kiyan. Dhigu Kohlaafiyyaa adhi Rangalhu Vaane

  10. Anonymous says:
    September 13, 2018 at 11:19 am

    Kihineyh tha vanee anekka jinni ehtha avalee

Comments are closed.


All Right Reserved!