Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 އަށާރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 2, 2017 9 Mins Read
14 Comments

ކުއްލިއަކަށް ރަޔާހީންގެ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލް މަޑުކޮށްލިއެވެ. އޭނާ ވެއްޓެން ދިޔަ ވަގުތު ސައިކަލުގައި އިން ޒުވާނާ ރަޔާހީންގެ އެއް އަތުގައި ހިފާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ސައިކަލުގެ ލައިޓް ރަޔާހީންގެ މޫނަށް އަމާޒުވެފައި ހުރުމުން ކާކު ކަމެއް ނޭނގުނަސް އެބީހުން ރަޔާހީނަށް އެއީ ކާކު ކަން އަންގައިދިނެވެ.

އެވަގުތު ސައިކަލުގައި ނިހާ ފަހަތަށް އަރުވައިގެން އިން ވިކްޔަން އަށް ރަޔާހީނަށް ރޮވިފައި ހުރި މަންޒަރު ފެނި އެއްފަހަރާ އެތައް ސުވާލެއް ސިކުނޑި އަށް ޖަމާވިއެވެ. ހަމަ އެހާ އަވަހަށް އެތަނަށް ހުސްވި ޓެކްސީ ފެނި ރަޔާހީން ވިކްޔަންއަށް ބެލުމެއް ނެތި ގޮސް ޓެކްސީ އަށް އެރިއެވެ.

ގޭޓުން ވަދެގެން އައި ރަޔާހީން ދެވަނަ ފަހަރަށް ސިހުނީ އޭނާގެ ކުރިމަތިން ކަޅު ފޭރާމުގައި ކުށްވެރިއެއް ފަދައިން ހުރި ބީހާލް ފެނިފައެވެ. ރަޔާހީން ބަލާލުމާއެކު ދެކަންފަތުގެ ކުޑަ ފޫޅުގައި ދެއަތުން ހިފާލިއެވެ. އަދި ސޮރީ އޭ ބުނެލީ އަނގައިން އަޑެއް އިއްވާނުލާ ވައި އަޑުންނެވެ.  ރަޔާހީނަށް ބީހާލް ގައިގާ ބައްދައިގަނެވުނީ ބިރުގަނެފައި ހުރި ވަރުންނެވެ.

“އަޅޭ ސޮރީ… ހީން އެކަނިން މަގުމަތިން ދާން ހެދީމަ ހަށިފާރަވެރިއަކަށް ވެގެން ފަހަތުން ދިޔައީ. މިގޮތަށް ދިޔަނަމަ މީހަކަށް ފެނިދާނެއްނު. މިސާލަކަށް އަސްލު މި ސިފައިގަ ހުންނަ މީހާ އަށް ފެނުނިއްޔާ އެމީހަކު ބިރުން ފިތްކަނޑައިގެން ހިނގައިދާނެއްނު” ބީހާލް ރަޔާހީންގެ ބޮލުގައި ފިރުމާލަމުން ސަމާސާވެރި ގޮތަކަށް ބުނެލިއެވެ.

“މިހާރު އެނގިއްޖެ ދޮންތަ ހުންނާނެ ވަރަށް ބިރުގަންނުވާފަ. ދެން އެކަމަކު ބުޅަލެއްގެ ސިފައިގަތަ އަންނަން ފެނުނީ…. ހުވާ މިބުނީ ހާދަ ބިރެއްގަތޭ. ކިރިޔާ މަރުނުވީ މިރޭ އެކްސިޑެންޓް ވެގެން” ރަޔާހީން ބީހާލް އާއި ދުރުވެލަމުން ބުނެލިއެވެ.

“ހެހެެހެ… ކުރިން ނުބުނަމެއްނު ހީން ބިރުގަންނަނީ ބުޅާ ދެކެއޭ. އަހަރެންމެން އެންމެ ލޯބިވަނީ ބުޅާ ދެކެ” ބީހާލް ހަށަން ބަނދެލަމުން ބުނެލިއެވެ.

“މިހާރު ބީ ހަމަ ވަރަށް ބިރުގަންނުވާ. ކުރީ ދުވަހަކު ވެސް ކޮޓަރީގައި އިންދާ އަސްލު ސިފައިގަ އައީ… އެނގޭނެދޯ ކައިރީގައި އަހަރެން އިން ކަން. އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ތަޖުރިބާ ކޮށްފައިނުވާ ކަންތައްތައް ބީ އައިފަހުން މިވަނީ” ރަޔާހީން ހީލަމުން ބުނެލިއެވެ. ނަމަވެސް އަޑުގައި ވަނީ ޝަކުވާއެވެ.

“ބުނެވޭނީ ހަމަ ސޮރީ އޭ.. އެދުވަހު އެ އިރުފާން ފަރޫ އާއި ބެހޭ ގޮތުން އެދެއްކި ވާހަކަތައް ހަޖަމު ނުކުރެވުނީމަ އެހެންވީ. ފަހުން ވަރަށް ދެރަވި. ހުވާ ކުރަން ދެން އެހެންނުވާނެ. އެކަހަލަ ވަގުތެއް އަޔަސް ހީން އަށް ކުރިން އިޝާރާތެއް ދޭނަން” ބީހާލް ހީލަމުން ބުނެލިއެވެ.

“ދެން ދޭ ނިދަން. މާދަމާ ފަތިހު ހޭލަން ވެސް ޖެހޭއެއްނު” ރަޔާހީން ގެއާއި ދިމާލަށް ހިނގައިގަތުމަށްފަހު ފަހަތް ބަލާލީިއރު ބީހާލް ފެންނާކަށް ނެތެވެ. އޭނާ ގެއަށް ވަން އިރު ވެސް ހިތާއި ސިކުނޑީގައި އެނބުރެމުން ދަނީ މިރޭ ވިކްޔަން ގައިގާ ބައްދާލައިގެން ނިހާ އިން ގޮތެވެ. ވިކްޔަން ރަޔާހީނަށް ބަލާލި ތަފާތު ނަޒަރެވެ. އޭނާ އަމިއްލަ ހިތަށް ވިސްނާދެމުން ހިނިތުންވެލީ ވިކްޔަންގެ ހިތްގައިމު ސޫރަ އޭނާގެ ހިތުގައި ފޮރުވާލަމުންނެވެ.

 

މެންދުރަށް ކާން ހަދަން ހުރި ރަޔާހީން އަނގައިން ލަވައެއްގެ ރާގު އަޅުވައިގެން ހުރެ ފަހަރަކު އެއްޗެއް މޭޒު މައްޗަށް އަރުވަމުން ދިޔައެވެ. އޭރު ހުރިހާ މީހުން މޭޒު ކައިރިއަށް ޖަމާވަމުން ދިޔައެވެ. އިރުފާނާއި ފީރޯޒާ އެކު އައިރު ފަހަތުން ވިކްޔަން ވެސް އައިސް ގޮނޑީގައި ޖައްސާލިއެވެ.

“ދަރިފުޅާ ހީން… މާކް އަދިވެސް އެއްކޮށް ރަނގަޅެއްނުވޭ. ހުން ގަނޑު މަޑުވެލާފައި ގަދަވަނީ. އެކުއްޖާ ހޮސްޕިޓަލަކަށް ދާކަށް ވެސް އެއްބަހެއް ނުވި. ދަރިފުޅު އެކޮޓަރިއަށް ސޫޕްކޮޅު ގެންދައްޗެ” ފީރޯޒާ އާސިރަށް ތަށި ކައިރިކޮށްދެމުން ދުރުގައި ހުރި ރަޔާހީނަށް ބުނެލިއެވެ. ނަމަވެސް ރަޔާހީން ހުރީ އިސްޖަހާލައިގެން ގޮނޑީގައި އިން ވިކްޔަން އަށް ބަލަހައްޓައިގެންނެވެ.

“ހީން… ކިހިނެއްވީ؟ އިރުފާންގެ އަޑުން ރަޔާހީން ސިހުނެވެ.

“ކަމެއްނުވޭ…” ރަޔާހީން އަވަސް އަވަހަށް ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.

“ދަރިފުޅާ ވިކީ. މަންމަމެންގެ ޚަބަރަކީ ކޮބާ؟ އާސިރު އަހާލިއެވެ.

“އާނ. އެންމެން ވެސް ރަނގަޅު. ބައްޕަގެ ޓެސްޓްތައް ވެސް ނޯމަލް. އަންނާނެ އަންނަ ހަފްތާގަ” ވިކްޔަން އާސިރަށް ބަލާލަމުން ޖަވާބުދިނެވެ.

ކުއްލިއަކަށް ކޮށިއަރައިގެން ވިކްޔަން ކެއްސަންފެށީ ނޭނގުމުގެ ތެރެއިންް ރަޔާހީނަށް ބަލާލެވުނު އިރު ރަޔާހީން ވެސް ވިކްޔަން އަށް ބަލަން ހުރުމުންނެވެ.

“ދަރިފުޅާ ހީން. އެ ފެންތަށި ކައިރިކޮށްލަދީބަލަ” ފީރޯޒާ ރަޔާހީނަށް ބުނެލިއެވެ. ރަޔާހީން އަވަސް އަވަހަށް ފެންތަށި ކައިރިކޮށްލުމާއެކު ވިކްޔަން ކޯވަރެއް ބޯލިއެވެ. އެވަރުން ރަނގަޅު ނުވުމުން ވިކްޔަން އން ގޮނޑި ކުޑަކޮށް ފޭކޮށްލިއެވެ. އަދި ހަށިގަނޑު ކުޑަކޮށް ގުދުކޮށްލުމަށްފަހު ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލިއެވެ. އެހިނދު ވިކްޔަންގެ ބުރަކަށީގައި ރަޔާހީނަށް ކުޑަކޮށް ތަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އެބީހުން ވިކްޔަން ދުވަހަކު ވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރަޔާހީންގެ އިނގިލި ތަކުގެ ފިނިކަން އޭނާ ލައިގެން ހުރި ބޯ ޓީޝާޓުން ވެސް ވިކްޔަން އަށް އިޙުޞާސް ވިއެވެ. އެވަގުތު ހީވީ ބުރަކަށްޓަށް ކުޅަނދުރެއް ކަށި ޖެހިހެންނެވެ. ވިކްޔަން ފުންމައިގެން ތެދުވެ އެބަ އަންނަމޭ ބުނެ އެތަނުން ދިޔައީ އެމީހުން ދޭނެ ޖަވާބަކަށް ވެސް ބެލުމެއް ނެތިއެވެ.

“ކޮށިއެރީމަ ކާން އުނދަގުވީ ކަންނޭނގެ. ދަރިފުޅާ!!! ތަށިތައް ނަގާނީ ވިކްޔަން ކޭމަ އެނގޭ” ފީރޯޒާ އަށް ނޭނގުނަސް ވިކްޔަން ތަން ދޫކޮށް ދިޔަ ސަބަބު ރަޔާހީނަށް އެނގެއެވެ. ބަދިގެއަށް ވަނުމާއެކު ރަޔާހީން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. މިފަހަރު އެކަރުނަތައް އޭނާ ހުއްޓުވާކަށް ވެސް ނޫޅުނެވެ. ވިކްޔަންގެ ބުރަކަށީގައި އޭނާ އަތް ޖައްސާލީ ގަސްދަކު ނޫނެވެ. އެކަން ވިކްޔަން އަށް އެނގޭނެ ނަމައެވެ.  އެހެންނޫނަސް އެވަރުގެ ހައްގެއް ވެސް ނެތީ ހެއްޔެވެ؟ ވިކްޔަން ހަމަ އެހާ ފޫހިވަނީ ހެއްޔެވެ؟ ރަޔާހީން އޭނާގެ ހިތާއި ޝަކުވާ ކުރަމުން ދިޔައެވެ.

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރި ތެރެއަށް އެޅިފައިވާ ނިދާ ބޮކީގެ ފަނޑު އަލިކަމުގައި ކިރިޔާ މޫނު ފެންނަ ވަރަށް ކުއިލްޓް އަޅައިގެން ނިދާފައި ފީރޯޒާ އާއި އާސިރު ތިއްބެވެ. ކޮޓަރި ތެރެއިން ޖައްސާފައި ހުރި އެސީގެ ވައި އަޑު ނޫން އެހެން އަޑެއް ނީވޭއެވެ. ކުއްލިއަކަށް ފީރޯޒާ އަށް ދެލޯ ހުޅުވާލެވުނީ އާދަޔާޚިލާފް ހޫނުގަނޑެއް ހަށިގަނޑަށް އިޙުޞާސް ކުރެވުމުންނެވެ. އެހެންކަމުން ތެދުވެ އެނދުގައި އިށީނެވެ. ސައިޑްކަބަޑް މަތީގައި ހުރި ކުޑަ ގަޑިއަށް ބަލާލީރު ދެގަޑި ނަވާވީސް ވީއެވެ. ނިދަން އަދި ލައްކަ ވަގުތު އޮތުމުން އޭނާ ކައިރީގައި އޮތް އޭސީ ރިމޯޓް ނަގާ އިތުރަށް ފިނި ގަދަކޮށްލިއެވެ. އާސިރު ގައިމަތިން ކުއިލްޓް ކެހިފައި އޮތުމުން އެ ރަނގަޅު ކޮށްލުމަށް އާސިރު އޮތް ފަރާތަށް އެނބުރިލުމާއެކު ފެނުނު މަންޒަރަކުން އޭނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. މޭގަނޑު ތެޅެންފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އިސާހިތަކު މުޅި މީހާގެ ހަށިގަނޑު ދަލުން ފޯވިއެވެ. ހަށިގަނޑުގައި އުފެދުނު މަޑުމަޑު ތުރުތުރު ގަދަވެ އެނދަށް ވެސް ގުޑުން އަރައިފިއެވެ. ހުދުކުލައިގެ ފާރުގައި ލެގިލައިގެން ކަފުނުގައި އެހުރީ ފަރުހީން ނޫން ދެވަނަ އިންސާނެއް ނޫނެވެ.  ދެކަންފަތާއި ނޭފަތަށް ކަފަ ޖަހައިގެން ހުއްޓަސް އޭނާގެ ހުދު ކަފަ ކޮޅެއް ކަހަލަ ދެލޯ ހުރީ ފީރޯޒާ އަށް އަމާޒުވެފައެވެ. ފީރޯޒާ އަށް އަނގައިން އެންމެ ބަހެއް ވެސް ނުބުނެވުނެވެ. އޭނާގެ ހަރަކާތް ހުއްޓުނު ކަހަލައެވެ. ކޮޓަރިތެރޭގައި ހުރީ ކިތަންމެ ފަނޑު އަލިކަމެއް ވިޔަސް ކަފުނާއެކު ގަބުރު ހުރި ހިސާބު ހުދު އައްޔަކުން ވަނީ އަލިވެފައެވެ.

ބިރުން އަވަދިވެފައި އިން ފީރޯޒާ ކައިރީގައި އޮތް އާސިރު ގައިގާ ވިކާލުމާއެކު ސިހިފައި އާސިރު ކޮޅަށް ޖެހުނެވެ. އެވަގުތު އެއްދިމާލަކަށް ބަލަން އިން ފީރޯޒާ ފެނި އޭނާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ތަފާތު ކަމެއް އޭނާ އަށް ކޮޓަރިން ނުފެނުނަސް ކޮންމެސް ކަމެއް ވެއްޖެކަން އޭނާގެ ހަވަނަ ހިއްސު އޭނާ އަށް އަންގާދިނެވެ. ފީރޯޒާ އާއި އެންމެ ގާތުގައިވާ އާސިރުގެ އަތުން ފީރޯޒާގެ ކޮނޑުގައި އަތް ޖައްސާލުމާއެކު ޚަބަރު ހުސްވެގެން ވެއްޓުނީ އާސިރުގެ އުނގަށެވެ.

 

އަރައިގެން އައި އިރާއެކު ރަންމުތްގޭގައި ދިރިއުޅޭ މީހެއް ފަހުން ޖަމާވެފައި ވަނީ ފީރޯޒާގެ ކޮޓަރިއަށެވެ. އާސިރު ކުރި ލައްކަ މަސައްކަތުން ފިރޯޒާ ހޭައަރާފައިވީ ނަމަވެސް އޭނާގެ ފަރާތުން ވީ ކަމެއް އޮޅުންފިލާފައެއް ނުވޭއެވެ. އެތައް ގޮތަކަށް އާސިރު ވެސް އިރުފާނު ވެސް ފީރޯޒާ އާއި ސުވާލުކުރިއެވެ. ގަޑިން ހެނދުނު ދިހައެއް ޖެހިއިރު ވެސް ގޭ އެއްވެސް މީހަކު ހެނދުުނު ނާސްތާ ނަގާފައި ނުވާތީ އާސިރު އެދުނީ އޭނާ ނޫން ދެން ތިބި ހުރިހާ މީހުން ނާސްތާ ކުރުމަށް ތިރިއަށް ދިޔުމަށެވެ.

ހުރިހާ މީހުން ތިރިއަށް ފޭބުމާއެކު ފީރޯޒާގެ މަގަތުގައި އާސިރު އިށީނދެލިއެވެ. ލޯ ހުޅުވައިގެން އެއްދިމާލަކަށް ބަލަން އޮތް ފީރޯޒާ އަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އާސިރު އެއްތަނުން އޭނާގެ ކުޑަކޮށް ތަލަވާން ފަށާފައިވާ ބޮލުގައި އަތްހާކާލީ ލިބިފައިވާ ނުތަނަވަސްކަން ފިލިވާލުމަށެވެ. އެވަގުތު ފީރޯޒާ އޭނާގެ ނަމުން ގޮވާލުމާއެކު އާސިރު އަވަސް އަވަހަށް އޭނާގެ ސަމާލުކަން ފީރޯޒާ އަށް ދިނެވެ.

ފީރޯޒާ ދެއްކި ވާހަކަތަކަށްފަހު އާސިރަށް ބުނާނެ އެއްވެސް ބަހެއް ބޭނގުނެވެ. އެކަން ދޮގު ކުރެވޭކަށް ވެސް އޭނާއަށް ނެތެވެ. ސަބަބަކީ އުމުރު ދެބައި ވަންދެން އެކުގައި އެންމެ ކައިރީގައި ދެގޮތެއްނުވެ ހުރި ބައިވެރިޔާ މިވީހާތަނަށް ވެސް އޭނާ އަށް ދޮގެއް ހަދާފައެއް ނުވޭއެވެ. އަދި އެފަދަ ވާހަކައެއް ދައްކައިގެން ދޮގުތަކެއް ހަދާފާނެ ކަމަކަށް އޭނާގެ ސިކުނޑި އަށް ޤަބޫލުކުރެވެން ނެތީމައެވެ.

“މިހާރު އަހަރެންގެ ހިތް ބުނަން ފަށައިފި ނުބައެއް އުޅޭ ކަމުގަ. ތިކަންތައް ނުބަލައެއް ދޫކޮށެއް ނުލެވޭނެ. އަހަރެން މިހާރުން މިހާރަށް މަސައްކަތް މިފަށަނީ” އެނދުގެ ހެޑް ބޯޑުގައި ލެގިލަން މަސައްކަތްކުރި ފީރޯޒާ އަށް އެހީވަމުން އާސިރު ފީރޯޒާގެ ބޯ ގެނެސް އޭނާގެ ކޮނޑުގައި ބާއްވާލިއެވެ.

“ބުއްދި ސަލާމަތުން ހުރި އިންސާނެއް ވިއްޔާ އެވަގުތު ބުއްދި ފިލާނުގޮހެއް ނުހުންނާނެ. މިހާރު ވެސް އަހަރެންގެ ހީބިހި ނަގައިގަނެފި. ޚިޔާލަށް އަޔަސް ހޭނެތޭވަރުވޭޭ. މަށަކަށް އެކަނި މިތާ އެންމެ ހިނދުކޮޅަކަށް ވެސް އޮންނާކަށް ނުކެރޭނެ” ދެލޮލުން އައި ކަރުނަތައް ފޮހެމުން ފީރޯޒާ ބުނަމުންދިޔައެވެ.

އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އާސިރު ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އަދި ވަރަށް އަވަހަށް ބައްދަލުކުރަން ބޭނުމޭ ބުނެ ކޮޓަރިން ނިކުމެގެން ދިޔައީ އެކޮޓަރީގައި އޯލާ އާއި ރާނޯ ބައިންދާފައެވެ.

 

ރޭގަނޑު ނިދަންވީ ވަގުތު ކައިރިވަމުންދާ ވަރަކަށް ފީރޯޒާގެ ހިތް އާދަޔާޚިލާފު ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ރޭގެ އެފެނުނު ޤަބޫލުކުރަން ދަތި ހާދިސާ އަށް ފަހު އޭނާ ހިތް ބިރުގަންނަނީއެވެ. އެގޮތަށް އޭނާ އަށް ފަރުހީން އެފެނުނީ ހަމަ ފެންނަން ވެގެންނެވެ. ލޯބިވާ ފިރިހެން ދަރިފުޅާއި އާއިލާ ރައްކާތެރިކޮށްދިނުމަށްޓަކައި އޭނާ ކުރެވުނު ކުޑަކުޑަ ކުށަކުން މިވަރުގެ ކަމެއް ހިނގާފާނެއޭ އޭނާގެ ހިތް އެންމެ ފަހަރަކު ވެސް ބުނެލި ނަމައެވެ. ހަޤީޤަތަކީ ފެށުނީއްސުރެ ވެސް އޭނާ އަށް ފަރުހީން އަކީ ކަމުދާ ޅީދަރިއަކަށް ނުވުމެވެ. މާކިލް ގެ މަންމަ ވެސް އިރުފާން ދޫކޮށް ދިޔައީ ފީރޯޒާ ގެ ނުބައި ކަމުންނެވެ. އެއަށްފަހު އިރުފާން އުމުރުން ޅަ ފަރުހީން ހަޔާތުގެ ބައިވެރިއަކަށް ގެނައުމުން ވެސް ފީރޯޒާ އަށް ކަމުނުދިޔައީއެވެ. އިރުފާނާއި ފަރުހީން ދުރުކުރާނެ ގޮތަކާއި އޭނާ ވިސްނަމުން ދަނިކޮށް ދެން ލިބުނީ މާހިތާމަވެރި ޚަބަރެކެވެ. ފަރުހީން އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިނީއެވެ. އެހެންކަމުން އޭނާގެ ހިތް އެކުދިންނަށް ޖެހުނު ލޯތްބެއްގެ ސަބަބުން ފަރުހީނުގެ މައްޗަށް ރަނގަޅުވެފައި ހުއްޓާ ފަރުދާގެ ފުރަގަހުގައި އޭނާގެ ދަރިފުޅު ކުޅިގަނޑެއް ކުޅެމުން އަންނަ ކަން އޭނާ އަށް ރޭކާވެސް ނުލީއެވެ. އެގޮތުން ފަރުހީނަށް ދެއަންހެންދަރިން ލިބި އެކުދިން މަޑުމަޑުން ބޮޑުވަމުން އަންނަނިކޮށް ހިނގީ މާ ހިތާމަވެރި ހާދިސާއެކެވެ. އެކަމުގެ ސަބަބުން މުޅި އާއިލާ އަށް ލިބުނީ ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ. އެކަމުން އަރައިގަންނަން ބޭނުންވުމުން އެ ކަންތައް ފަސްއަޅާ ފޮރުވުމުގައި އޭނާ އަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރީއެވެ. ނަމަވެސް މިއަދު ދެން ކުރެވޭނީ ވަކި ކީއްހެއްޔެވެ؟ ވީކަމެއް އެއީ ނުވާކަމެއްގެ ގޮތުގައި މީހުން ހަދާލަނީ އަނގައިން ބުނެލާ ބަހަކުންނެވެ. އަމަލުކުރެވިފައިވީ ކަމެއް ބަދަލުކުރަން ކިތަންމެ ބޭނުމަސް ގެއްލިއްޖެ ވަގުތަކީ އަލުން ޢިއާދަ ކުރެވޭނެ ވަގުތެއް ނޫނެވެ. ދިމާވެގެން އުޅޭ ކަންތަކުން ސަލާމަތްވާނެ ގޮތެއް ހޯދުން އެއީ މިވަގުތަށް އެންމެ މުހިއްމު ކަންތަކެވެ.

ނިދަން އަރާ އޮތް އާސިރު  އޮތް އިރު ފީރޯޒާ އޮތީ އޭނާގެ ހަށިގަނޑާ ޖެހި ފިތިގެން އާސިރުގެ އަތުގައި ބާރަކަށް ބައްދާލައިގެންނެވެ. ސައިޑްކަބަޑްމަތީގައި އޮތް ފޯނުން ޤުރުޢާންގެެ މޫރިތިވި ކަލިމަތައް ކިޔަމުން ދާއިރު ވެސް އެދެހިތުން ކުރެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭއެވެ. ވާނީވެސް އެހެންތާއެވެ. އީމާންތެރިކަމެއްގެ ޒައްރެއްގެ މިނަވްރު ވެސް ނެތީއެވެ. އާސިރު އޭނާގެ ޒަމާންވީ އެކުވެރި ފަންޑިތަވެރިޔަކާއި ބައްދަލުކުރަން ވިލިމާލެ އަށް ގޮސް އައިރު އައީ ތިން ތަވީދު ހިފައިގެންނެވެ. ފީރޯޒާގެ އަތުގެ މުލައްދަނޑީގައި އެއް ތަވީދު އެޅުވުމަށްފަހު ހަމައެގޮތަށް އިރުފާނާއި މެދު ވެސް ކަންތައް ކުރިއެވެ. ވަގުތީ ގޮތުން އެމީހުންގެ ހިތަށް ތަސައްލީއެއް ލިބިފައި ވިޔަސް އެއީ ދާއިމީ ހައްލެއް ނޫން ކަން އެންމެންނަށް ވެސް އެނގޭއެވެ. އެމީހުންނަށް ނުވިސްނުނީ ފަންޑިތަވެރިއެއް މެދުވެރިކޮށް ތަވީދު ހަށިގަނޑުގައި އެޅުން އެއީ އިތުރު ފާފައަކަށް އަރައިގަނެވުނު ކަމެއް ކަމެވެ.

އިތުރު ހަފްތާއެއް ފާއިތުވެގެން ދިޔައިރު ގޭތެރޭގެ ހާލަތު ރަނގަޅުވެފައި ވިޔަސް ފީރޯޒާ ހިތުގައި އަދިވެސް ނުފިލާ ބިރުވެރި ކަމެއް ވެއެވެ. ތަވީދު އެޅިފަހުން އެގެއިން އެފަދަ ކަމެއް ނުފެނުނު ކަމުގައި ވިޔަސް ހުރިހާ ވަގުތެއްގައި އެގެއިން މިހާރު އިވެނީ ޤުރުޢާނުގެ އަޑެވެ. އެކަމާއި ބީހާލް އަށް ވެސް އުނދަގު ވަމުން ދިޔައެވެ. ރަޔާހީނާއި މިހާރު ބީހާލް ބައްދަލުކުރަނީ ވެސް ބޭރު ތެރެއިންނެވެ. ކުރިން ވަމުން އަންނަ އުނދަގުތަކުން މިންޖުވުމުން އިރުފާނު ވެސް ހުންނަނީ އުފަލުންނެވެ. ރަޔާހީނާއި ކައިރިވުމުން ދެން އޭނާ އަށް ހުރަހެއް ނެތް ކަން އެނގޭ އިރު ވެސް އެފަދަ ގޮތަކަށް ރަޔާހީންގެ އަތުގައި ހިފާލާކަށް ވެސް އޭނާ އަކަށް ނުކެރެއެވެ.

 

ރޭގަނޑު ކެއުމަށްފަހު ފީރޯޒާ އާއި އާސިރު ސިޓިންގްރޫމު ސޯފާގައި ތިބީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލާށެވެ. އާސިރަކީ ސިޔާސީ ކަންތަކަށް ފޯރި ހުންނަ މީހެއް ކަމުން އެވަގުތު ވެސް ރާއްޖެޓީވީ އަށް އަޅުވާލީ މިއަދުގެ ސިޔާސީ މަސްރަހަކީ ކޮބާތޯ ބަލާލުމަށެވެ. މާކިލް ވެސް ރަނގަޅުވަމުން އަންނާތީ އޭނާ އަދިވެސް ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރި ތެރޭގައެވެ.

“ދަރިފުޅާ!!! އެމީހުން ފޮށިތައް ތައްޔާރުކޮށް ނިމުނީތަ މިހާރު” އެވަގުތު ކައިރިއަށް އައިސް ހުއްޓުނު ރަޔާހީނަށް ބަލާލަމުން ފީރޯޒާ އަހަލިއެވެ.  އޭނާ އެދެއްކީ ރާނޯ އާއި އޯލާ ގެ ވާހަކައެވެ. ފަސް އަހަރަށް ފަހު އެދެމީހުން އެއްކޮށް ދެ މަސްދުވަހުގެ ބޮޑު ޗުއްޓީއަކަށް ގައުމަށް ދާން އުޅޭތީ އެކަމަށް ފީރޯޒާ ހުރަސް ނޭޅީ އޭނާ އަކީ ގެންގުޅޭ ކުދިންނަށް އެހާ ނުބައި މީހެއް ނޫން ވީމައެވެ.

“ދަރިފުޅާ!!! މިރޭ އެމީހުން އެފުރަނީ. ދެން ފުދޭ ވަރަކަށް ބުރަ ވާނެ. ގޭތެރޭ މަސައްކަތް ކޮށްލަދޭނެ މީހަކު ބޭރުން ލިބޭތޯ ބަލައްޗެ” މަޑުމައިތިރި ކަމާއެކު ފީރޯޒާ ރަޔާހީނަށް ބަލާލަމުން ބުނެލިއެވެ. ދިމާވި ހާދިސާ އަށް ފަހު ފީރޯޒާ އަށް ވަނީ ބަދަލުތަކެއް އައިއްސައެވެ. ބީހާލްގެ ފަރާތުން ފީރޯޒާ އަށް ދިމާވެގެން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން ރަޔާހީނަށް ވަނީ އެނގިފައެވެ. އެވަގުތު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިޔަސް ހިތުގެ ކޮންމެސް އެއް ކަނަކުން ދެރަވެސް ވިއެވެ. އޭނާ އަކީ ފީރޯޒާ ކަހަލަ ރަހުމް ކުޑަ މީހެއް ނޫން ވީމަ ކަމަށް ވެސް ވެދާނެއެވެ.

އާބިދާ ގުޅައިގެން އެގެއަށް ދިޔުމަށް ރަޔާހީން ގެއިން ނިކުތީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ. ބެލްކަނީގައި ކޮފީ ތައްޓެއް ހިފައިގެން ނިކުމެ ހުރި ވިކްޔަން އަށް ރަޔާހީން ނިކުތް މަންޒަރު ފެނުމުން ހިނދުކޮޅަކަށް އެދިމާލަށް ނަޒަރު ސީދާ ކޮށްލެވުނެވެ. އޭނާގެ މޫޑް އޮފްވީ ރަޔާހީން ފަހަތުން ނިކުތް އިރުފާން ފެނިފައެވެ. އިރުފާން ރަޔާހީންގެ މޫނުމައްޗަށް ވެއްޓިފައިވި އިސްތަށިކޮޅު ކަންފަތްދަށުގައި ފޮރުވާލި މަންޒަރު ފެނުމުން ވިކްޔަން ހިތުގައި ޖެހުނުކަން ކަށަވަރެވެ. ގަރާޖުގައި އޮތް ކާރު ނެރެގެން ދެމަފިރިން ކާރަށް އަރާ ދުއްވާލި ވަގުތު ވިކްޔަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އޭނާގެ އެއް ލޮލުން ކަރުނަތިއްކެއް ނިރާލީ ނުވެސް އެނގި ހުއްޓައެވެ.

 

ވާހަކައިގާ ތިބެ މާމަމެން ގެއަށް ރަޔާހީނަށް އާދެވުނުކަން އެނގުމުން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އިރުފާނާއި އެކުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކުރަން ޖެހުނަސް އެވަގުތެއް އޭނާ އަށް ހީވަނީ އެއްޤަރުނަށް ދެމިގެންދާ ހެންނެވެ. ފޫހިކަން އިންތިހާއެވެ. ކާރުން ފައިބާ މަޑުކޮށްލަމުން ހީލީ އަނެއް ފަރާތުން ފޭބި އިރުފާން ވާހަކަދެއްކުމުންނެވެ.

“ކިހާ އިރަކު ބަލާ އަންނަންވީ” ރަޔާހީން ކައިރީގައި ހުއްޓިލަމުން އަތުކުރީގައި އަޅާފައިވާ ގަޑި އަށް ބަލާލަމުން އިރުފާން ބުނެލިއެވެ.

“ބުނީމެއްނު އިރޭ ކޮފީ އަކަށް ދާ ވާހަކަ. އޯކޭ ނަޔަސް ބަލާ. ކޫއްތަބެ ހުންނާނެއްނު. އެކަނި ނުދާނަން” ހަޤީޤަތުގައި ވެސް ރަޔާހީން އިނީ އިރުފާނާއެކު ގޭދޮރާއި ހަމައަށް ވެސް އަންނަން ޖެހުމުން ބޮލަށް އުނދަގު ވެފައެވެ. ރަޔާހީންގެ ޖަވާބުލިބުމުން އިރުފާން ކާރަށް އެރުމުގެ ކުރިން ރަޔާހީންގެ މޫނުގައި ލޯތްބާއެކު އަތް ހިންގާލިއެވެ. ކުރިއަށް ދުއްވާލީ އެއްއަތުން ރަޔާހީނަށް ހަނާ އަޅަމުންނެވެ.

“ވަރަށް ގުޅޭ ކަޕްލް އެއް” ގޭޓުން އެރެއަށް ވަންނަން އުޅުނު ރަޔާހީން ސިހުނީ ދާދި ގާތުން އިވުނު ބީހާލް ގެ އަޑުންނެވެ.

“އަސްލު ވެސް ވަރަށް ގުޅޭ….ހެހެހެ” ބީހާލް އިތުރަށް ރަޔާހީނާއި ދިމާކޮށްލީ ރަޔާހީން ރުޅިން މޫނު ހަދާލިތަން ފެނުމުންނެވެ. ކޮނޑުގައި އޮތް އަތް ދަބަހުން ބީހާލްގެ ފައިގާ ޖަހާލީީ ރުޅި އައި ވަރުންނެވެ.

“ހެވޭ ގުޅުނަސް… ވަރަށް ފޫހިވޭ” ރަޔާހީން މޫނު އަނބުރާލީ މަލާމާތުގެ ފާޑަކަށް ބީހާލް ބަލަން ހުރުމުންނެވެ.

“ހުވާ މިބުނީ ހިތަށް އަރާ މިކަމުން ސަލާމަތް ވާނީ ކޮންއިރަކުންބާއޭ” މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގަމުން ރަޔާހީން ބުންޏެވެ. ބީހާލް ވެސް ރަޔާހީނާއި އެއް ހަމައެއްގައި ހިނގަމުން އަންނަމުން ހެމުން ދިޔައެވެ.

“ވަރަށް އަވަހަށް. ހީން ތީ ކެތްތެރި ކުއްޖެއްނު. އަދި ކުޑަ ދުވަސްކޮޅެއް މަޑުކޮށްލަދީ” ބީހާލް ވެސް ދެޖީބަށް އަތް ޖަހާލައިގެން ހުރެ ބުނެލިއެވެ.

“ބަންކޮ ބޭނުންވޭ ހީން އާއި ބައްދަލުކޮށްލަން” ބީހާލް ބުނެލިއެވެ.

“އެހެންތަ! ކޮބާ…. ވަރަށް ވެއްޖެ ދެކިލާހިތް” ދެފަރާތް ބަލާލަމުން ރަޔާހީން ބުންޏެވެ.

“ހެހެހެ… ތިހެން ބެލިޔަކަސް ދެން ނުފެންނާނެ…. އޭނަވީ ތުލުސްދޫ މަތީގައިވީ ވިލާކޮޅެއްގައި. މިބުނީ މިވަގުތު ސީދާ ހުރިތަން. އޭނަ ހަމަ ރައްޓިހިންނާއެކު ބުރެއް ޖަހާލަނީ. ހީންގެ ވާހަކަ ވަރަށް ދައްކާ. އަދި އެނގޭތަ! މަންމަ ކައިރީގައި ވެސް ބައްޕަ ކައިރީގަ ވެސް ދައްކަނީއޭ. ހުވާ މިބުނީ ދުވަހަކު ބޮޑެއް ނުވާނެ ކުއްޖެއް އެއީ” ބަންހަލްގެ ވާހަކަ ރަޔާހީން ދައްކަމުން ދިޔައިރު އޭނާ ހުރީ އެފަދަ ދިރިއުޅުމެއް ގާތުން ބަލާލަން ބޭނުންވެފައެވެ. އެފަދަ ޚިޔާލުތަކެއް އޭނާގެ ސިކުނޑީގައި އެނބުރެމުންދާކަން މިވަގުތު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވި ހިނިތުންވުން ހެކިދެއެވެ.

“އަޅޭ… ހައު ސްވީޓް… އަހަރެން ވެސް ޖިންނިއަކަށް ވިިނަމަ” ރަޔާހީން ޚިޔާލީ ގޮތަކަށް ބުނެލިއެވެ. އޭރު ރަޔާހީން އިނީ ލައްޕާފައި ހުރި މައިދޮރު ކައިރީގައި ހުރި ދަގަނޑު ޖޯއްޔެއްގައި އިށީނދެގެންނެވެ. ބީހާލް ކައިރީގައި ކޮޅަށް ހުއްޓެވެ.

“ހީން ތިހެން ނުބުނޭ. އަހަންނަށް ފަރޫ ފެނުނު ދުވަހު ހިތަށް އެރި އިންސި އަކަށްވި ނަމައޭ. އަހަރެންމީ ޖިންނިއަކަށް ވުމީ އަހަރެންގެ ބަދުނަސީބު” ފަރުހީންގެ ވާހަކަ ދައްކަން ފެށުމާއެކު ބީހާލްގެ އަޑަށް މޮޅިވެރިކަމެއް އައެވެ. ރަޔާހީން ވެސް ދެރަވިއެވެ. ލޮލުން ކަރުނަ ހިލުނެވެ.

“ކޮންއިރަކުންތަ ބީ އާއި ދޮންތަގެ ލަވްސްޓޯރީ ކިޔާދޭނީ… ފެށިގެން ނިޔަލަށް” ރަޔާހީން ބުނެލިއެވެ.

“ހެހެހެ… އަދި ކިޔާދޭނަން. އެކަމު މިވަގުތަކު ނޫން…..” ބީހާލް ހީލަމުން ބުނެލުމުން ރަޔާހީން ވެސް ލުއިލުއިކޮށް ހީލިއެވެ.

“ހީން މިވަގުތު އެއްވެސް އެއްޗެއް ނުބުނައްޗެ… ޝް…..ޝް…..ނުބުނައްޗެ” ދޮރުން މީހަކު ނިކުންނަން އުޅޭހެން ހީވުމުން ބީހާލް ރަޔާހީނަށް އިޝާރާތެއް ދިނެވެ. އެމީހަކު ނިކުންނަ އިރު ރަޔާހީން އެކަނި ޖޯލީގައި ވާހަކަދައްކަން އިންތަން ފެނި އެމީހަކުގެ ކުރިމަތީގައި ރަޔާހީނަކީ މޮޔައެއްކަން ސާބިތުކުރަން ބީހާލް ބޭނުންނުވާތިއެވެ.

“އެއީ ކީއްވެ…. ބީ ބުނަން ބޭނުންވި އެއްޗެއް ބުނަންވީ… އަހަރެން މަޑުކުރަންވީ… ނޮޓް ފެއަރ އެނގޭ” ރަޔާހީން ވާހަކަދައްކަމުން ދިޔައިރު ކުރިމަތީގައި ހުރި ބީހާލް ހުރީ އަމިއްލަ އަތުން ބޮލުގައި ތަޅާލަ ތަޅާލައެވެ.

“ދެން ބީ……ތިހެން ބޮލުގައި ތެޅިޔަސް ނުވާ……” ރަޔާހީނަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

“ދަރިފުޅާ ހީން…..” ރަޔާހީން ކުރިމަތީގައި އައިސް ހުއްޓުނު ރައިނީ އަނދިރިކަން ވެރިވެފައިވާ ގޯތިތެރެއަށް ކަޅި ހިންގާލަމުން ބުނެލިއެވެ.

“ކްކްކް..ކޫ…ކޫއްތަ… މިތާ… މިތާ ކީތްކުރަނީ” ކުރިމަތީގައި ހުރި ރައިނީ ފެނި ރަޔާހީން އަވަސް އަވަހަށް ޖޯލިން ތެދުވެ އަތުގައި އޮތް އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ.

“ކޫއްތަ މިތާ ހުންނާނެއްނު. މިގޭގަ ވިއްޔާ ކޫއްތަ އުޅެނީ.. އެކަމަކު ހީން މިތާ ތިއިނީ ޔޯ… އެވެސް މިގަޑީގަ. އެކަނި. ކާކާތަ ތި ވާހަކަދައްކަނީ. މަންމަ ބުނެގެން ހީން މިގަޑިގަ އަންނާނޭ ބުނީމަ މި ނިކުމެލީ ބަލާލަން އައިތޯ… އެކަމަކު ހިއެއް ނުކުރަން ހީން މިތާ އެކަނި ވާހަކަދައްކަން އިނދެދާނޭ” ރއިނީ ހިސާބަކަށް ޖެހިލުންވެފައި އިނދެ ބުނެލިއެވެ.

“ހެހެ… އެކަންޏެއްނޫނޭ ވާހަކަދެއްކީ… ބީހާލް  އާއޭ ވާހަކަދެއްކީ……” އެވަގުތު ރަޔާހީން ކުރިމަތީގައި ހުރި ބީހާލް އެއްއަތުން މުށްކަވާފައި އަނެއް އަތުގައި ޖަހާލީރު ހުރީ ހިނިވެސް އައިއްސައެވެ. ހީންގެ އެހުންނަ މަޢުސޫމު ކަމުން އެބުނެވުނު އެއްޗަކާއި މެދު ވިސްނާވެސް ނުލިއެވެ. ހީން އަމިއްލަ އަށް އެބެދުނީ ކޮންކަހަލަ މަޅިއެއްގަ ހެއްޔެވެ؟ ބީހާލް ހޭތަން ފެނި ރަޔާހީނަށް ހަމަބިމަށް އާދެވުނެވެ. މިބުނެވުނީ ކީކޭ ހެއްޔެވެ؟ ކޫއްތަ ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ އޮޅުވާލަން ބުނާނެ އެއްޗެއް ވެސް ނޭނގެއެވެ. ރައިނީ ހުރީ މޭގައި އަތް އަޅާލައިގެން ރަޔާހީނަށް ބަލަން ކަންބޮޑުވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ސޯޅަވަނަ ބައި)

Next

ވައިވީމަ – (2) އައު ހަޔާތެއް

Next
September 2, 2017

ވައިވީމަ – (2) އައު ހަޔާތެއް

Previews
September 2, 2017

ލޯބިން އަންނާށޭ ކަލާ (ސޯޅަވަނަ ބައި)

14 Comments!

  1. Juvey says:
    September 2, 2017 at 9:28 am

    Wow me first tha ?

  2. Ushaali says:
    September 2, 2017 at 9:39 am

    ya juvey first 🙂

  3. Ushaali says:
    September 2, 2017 at 9:41 am

    assalam alaikum and alhamdhulillah 🙂 koba huriha kudhin ge eid kuriah dhany kihineh? majaatha?

    mi bai ves huriha kudhinnah kamudhaane kamah heekuran. huriha kudhinnah ves varah baajjaveri dhuvahakah edhen 🙂 🙂 🙂

  4. Juvey says:
    September 2, 2017 at 9:45 am

    Vaahaka v salhi. Waiting for nxt part. .loves ushaa doonee ? ? ?

    1. Ushaali says:
      September 2, 2017 at 9:56 am

      thankyou juvey dhoonee 🙂

  5. P says:
    September 2, 2017 at 10:29 am

    Alhe beeehaaal aky Muslim jinni eh noon tha?? Since he is so kind hearted i thought he’s a Muslim…. alhe eyna Muslim jinni akah hedhi nama

  6. mal-mal says:
    September 2, 2017 at 11:01 am

    mi part ves varah reethi,MashaAllah! ???
    next part avahah up kohdhehcney!

  7. Fathun says:
    September 2, 2017 at 2:06 pm

    Alhey haadha avahey nimeley kiya kiya hutah ??waiting for the next part upload sooooooooon dear

  8. Vahaka kiyaa kujje says:
    September 2, 2017 at 6:33 pm

    Konirakun next part up load kohlanee.. story varah reethi ??

  9. khajja says:
    September 2, 2017 at 7:17 pm

    Ohhh wow masha allah v v v rythi v v hiygaim?? beehaal aee mu umin jinni ennoontha? Khajja ah hyvy aee mu umin jinni eh kamah but ehenennoon dhw mi v eh?? b vaane islaam kuran ?? anyway stry v v v habeys whn nxt prt avas kolladhechchey eid mubaarak ushaali loabi ly?????❤❤??????

    1. Beehaal fan says:
      September 3, 2017 at 12:01 am

      Yap ushaa please eyna muslim akah hadhaa dheccheyy

  10. Nazu says:
    September 2, 2017 at 7:31 pm

    Varah habeys

  11. nux says:
    September 3, 2017 at 4:57 am

    v reethi mipartvess nice work????????????kv loabi vaakan rayaa ah ahngadheeba so ayrun dhw happy vaany kudakn namavess??????irey dhurukohfa bahahthaathi irey akah ehvess meehehge loabeh hahgehnoon?? next part avass kohlahchey ??????????❤

  12. Sharu says:
    September 3, 2017 at 8:10 am

    i can’t see part 1-7. ushaali please do somethin

Comments are closed.

Next Episode02:30 ނަވާރަވަނަ ބައި←


All Right Reserved!