އިޝާ ނަމާދުކޮށްލައިގެން އަރުޝީ ބޭރަށް ދާން ތައްޔާރުވެލީ ރިހާނީގެ އެދުމުގެ މަތިންނެވެ. އަރުޝީ ނުދާން ދެކޮޅުހެދި ނަމަވެސް ރިހާނީގެ އާދޭސް ތަކުގެ ސަބަބުން ދާން އެއްބަސްވީއެވެ. މާކުރު ނުވާގޮތަކަށް ޝޯލް އަޅާލުމަށްފަހު އަރުޝީ އަބަދުވެސް ގެންގުޅޭ މުށި ކުލައިގެ ދަބަސް ހިފައިގެން ބޭރަށް ނިކުތެވެ. ބަދިގޭގައި ކަންހެދުމުގައި އުޅުނު ނަދީމާ ކައިރިން ހުއްދަ ހޯދުމަށްފަހު ދޮރު ކައިރީގައި ބެހެއްޓިފައިވާ ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ބޫޓު ނަގައި އިސްޓަކީނުން ފޮރުވިފައިވާ ދެފަޔަށް ލައްވާލިއެވެ. އެއަށްފަހު ގެއިން ނިކުންނައިރު ކިޔާ ދުޢާކިޔާލަމުން ދޮރުހުޅުވާލާފައި ނިކުތެވެ.
އަރުޝީ މަގުމައްޗަށް ނިކުތްއިރު ރިހާނީ ކާރުގައި އަރުޝީގެ އިންތިޒާރުގައި އިނެވެ. ރިހާނީ އަތުން ހަނާއަޅާލުމުން އަރުޝީ ހީލަމުން އައިސް ކާރަށް އެރިއެވެ. އެއަށްފަހު ރިހާނީ ޑްރައިވަރު ކައިރީގައި ދާންވީތަން ބުނެދިނުމުން ޑްރައިވަރުވެސް އިތުރަށް މަޑުނުކޮށް ކާރު ދުއްވާލިއެވެ.
އެކި އެކި ފިހާރަތަކަށް ވަދެ ބޭނުންވާ ތަކެތި ގަތުމަށްފަހު ދެން އަރުޝީއާއި ރިހާނީ މިސްރާބުޖެހީ ރަސްފަންނާއި ދިމާއަށެވެ. ރަސްފަންނުގައި އެމީހުން މަޑުކޮށްލައިގެން ތިބީ ޖޯލިތައް ހުރި ތަނުން ދެޖޯލީގައެވެ.
” އަދިވެސް އަރުޝީ ނުބުނަމެއްނު ކީއްވެކަން އެދުވަހު ރޯންފެށީ.. އެނގޭ ވަރިކުރީމަ ދެރަވާނެކަން.. އެކަމަކު އެރުއިމުގައި ވަނީ މުޅިން އެހެން ކަމެއް ހެން އަހަންނަށް ހީވަނީ” ރިހާނީ ފެށި ވާހަކައަކުން އަރުޝީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެހެނަސް ހިނިތުންވެލައިގެން އިނީ ރިހާނީއަށް އެކަން ފާޅުވިޔަ ނުދޭށެވެ.
” ތީ ހަމަ ރިނީއަށް ހީވާގޮތް.. އެދުވަހު ދެން ދެރަވެފަ ހުރީމަ ހަމަރޮވުނީ.. އެކަމަކު މިހާރު އަހަރެން މިއިނީ އުފަލުން.. ތިވާހަކަ އިތުރަށް ދައްކައިގެން އިތުރަށް އަހަރެންގެ ހިތަށް އަނިޔާދޭކަށް ބޭނުމެއްނޫން.. ރިނީ އަހަންނަށް ހެޔޮ އެދެންޏާ އަހަންނަށް ރަނގަޅީ ތިވާހަކަ ނުދައްކައިފިއްޔާ.. ވީކަމެއްވީ.. އަހަރެން ބޭނުމެއްނޫން އިތުރަށް ތިވާހަކަ ދައްކާކަށް..” އަރުޝީ އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
” އޯކޭ.. އާރޫ ހެޕީވަންޏާ އަހަރެންވެސް ހަމަ ހެޕީ… ދެން ހިނގާ ދާން.. މިހާރު ޔަލާވެސް ހޭލަފާނެ.. ޔަލާ މަންމައާއި ހަވާލުކޮށްފަ މިއައީވެސް” ޖޯލިން ތެދުވަމުން ރިހާނީ ބުންޏެވެ.
” ކޮބާ ކައިލް… ރަނގަޅުތަ” އަރުޝީވެސް ތެދުވަމުން އަހާލިއެވެ.
” އާނ އަލްހަމދުލިﷲ ރަނގަޅު… ކައިލް އާއި އާރާވް މިދުވަސްކޮޅު ކޮންމެވެސް ކަހަލަ މިޝަންއެއްގަޔޯ އުޅެނީ.. އަހަރެން އައިއިރުވެސް އެބައިން އާރާވްގެ ގެނެސްދިން ފޯނެއްގެ ލޮކް ބްރޭކް ކުރަންވެގެން.. އަދި ހަނދާން ނެތިފަޔޭ މިހިރީ.. ކައިލް ބުންޏޭ އަވަހަށް އަންނާށޭ.. އެމީހުންނަށް އެފޯނުގަ ހުރި އެއްޗެއް ބެލޭކަށް ނެތޯ.. އެހެންވެ އަހަރެން ލައްވާ ބަލަންވެގެން..” ރިހާނީގެ ވާހަކައިން އަރުޝީ ހައިރާންވިއެވެ.
” އަނެއްކާ ކާކުގެ ފޯނެއް.. އެގޮތަކަށް މީހުންގެ ފޯނު ބެލުމަކީ ރަނގަޅު ކަމެއް ނޫނެއްނު” އަރުޝީ ބުންޏެވެ. ” ރަނގަޅު ނިޔަތެއް އޮވެގެން ކުރާކަމެއް ރަނގަޅުވާނެ.. ދެން ހިނގާދާން… އަހަރެން ހުންނާނެ ޓޮމާޓޯ ބަތް ހަދާފަ.. އަހަންނާއިއެކު ކައިގެން ދޯދާނީ” އަރުޝީގެ އަތުގައި ހިފާލަމުން ރިހާނީ ބުންޏެވެ.
” ނޫން ރިނީ ދެން އެހެން ފަހަރަކުން ދޯ.. މިވަގުތު އަހަރެން ބޭނުމީ ގެއަށް ދާން” ރިހާނީގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން އަރުޝީ ބުންޏެވެ.
” އަހަންނަށް އެނގޭ ނުދާން ތިއުޅޭ ސަބަބެއް… އާރާވް ނޫޅެޔޭ އަރުޝީ ކާލާކަށް.. މިފަހަރު އަރުޝީއަށް އެއްވެސް އެސްކިއުޒެއް ނުދެއްކޭނެ.. އަހަރުމެން ގެއަށް ދެވުނީމަ ނޫނީ މިއަތުން ދުލެއް ނުކުރާނަން.. ” މިހެން ކިޔާ ހެމުން ހެމުން ޓެކްސީއެއް މަޑުކުރުވައި އަރުޝީ ގޮވައިގެން ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އަރުޝީވެސް އެންމެ ފަހުން ހަތިޔާރު ބެހެއްޓީ ރިހާނީގެ ދައުވަތު ޤަބޫލުކުރަމުންނެވެ.
ރިހާނީއާއި އަރުޝީއަށް ގެއަށް އާދެވުނުއިރު ކައިލް އާއި އާރާވް އިނީ ރިހާނީގެ އިންތިޒާރުގައެވެ. ރިހާނީ ކައިރީގައި ހުރި އަރުޝީ ފެނުމުން އާރާވް އާއި ކައިލް އެކަކު އަނެކަކަށް ބަލާލިއެވެ. އަރުޝީ އައުމުން އެމީހުން ކުރަން އުޅޭ ކަންތަކަށް ހުރަސް އެޅޭނެހެން ހީވީ ކަންނޭނގެއެވެ.
” ރިހާނީ.. މަށައް ފެންނަނީ އަރުޝީ ފޮނުވާލަން.. އަހަރުމެން ކުރަން މިއުޅޭ ކަންތައް ފަހަރެއްގަ އަރުޝީއަށް ކަމުނުގޮސްފާނެ” އާރާވް ކުއްލިއަކަށް ބުނެލި ޖުމްލައިން ރިހާނީއާއި އަރުޝީއަށް އެއްފަހަރާ އާރާވްއާއި ދިމާއަށް ބަލާލެވުނީ ހައިރާންވެފައެވެ.
” އާރާވް ތިހެން ތިބުނީ ކީއްވެ.. އަރުޝީއަކީ އަހަރެންގެ ބެސްޓްފްރެންޑް.. އަހަރެން މިގެއަށް އަރުޝީ ގެނައީވެސް.. އާރާވް ބުނެގެންނޭ ކިޔާފަ ފޮނުވައެއް ނުލެވޭނެ…” ރިހާނީއަށް ހިތްހަމަ ނުޖެހިފައި ބުނެވުނެވެ. އެއާއެކު އާރާވް ކައިލް އަތޮގައި އޮތް ފޯނު އަތުލައި ރިހާނީއާއި އަރުޝީއަށް ފެންނަގޮތަށް ދައްކާލިއެވެ.
” މީ ޒިވާންގެ ފޯނު… މިހާރު މިވަގުތުވެސް އަހަންނަށް މީގައި އޮތް އެއްޗެއް ބެލިދާނެ” އާރާވްގެ ޖުމްލައިން އަރުޝީއަށް ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ޒިވާންގެ ފޯނުގައިވާ އާރާވްގެ ބައްޕަ މަރާލި ވީޑިއޯ ވާނެއެވެ. އެވީޑިއޯ އާރާވްއަށް ފެނިއްޖެނަމަ ކަންތައްތައް ވަރަށް ގޯސްވާނެއެވެ.
” އާރާވް ނޫން.. ގެނޭ ތިފޯނު އަހަރެން އަތަށް.. ޕްލީޒް” އަރުޝީ އާދޭހުގެ ރާގަކަށް ބުނަމުން ފޯނުއަތުލަން އާރާވްއާއި ދިމާއަށް ދިޔައެވެ. ނަމަވެސް އާރާވް އޭގެ ކުރިން ފޯނު ފުރަގަހަށް ލިއެވެ.
” އަރުޝީ ކަންބޮޑުނުވޭ.. މީގައިވާ އަރުޝީގެ އެއްވެސް ފޮޓޯއެއް ނޫނީ ވީޑިއޯއެއް އަހަރެން ނުބަލާނަން.. ބަލާފަ ޑިލީޓް ކުރާނީ ރިހާނީ.. އޭރުން ދެން އަރުޝީއަކާ ނުޖެހޭނެ ޒިވާން ދެކެ ބިރުން އުޅޭކަށް..” ރިހާނީ އަތަށް ފޯނު ދެމުން އާރާވް ބުނެލިއެވެ. އެވަގުތު ލިބުނު ހައިރާން ކަމަކުން ރިހާނީ އެއްއަތް އަނގަމަތީގައި އަޅާލަމުން އަނެއް އަތުން ފޯނު ގައި ހިފިއިރު އާރާވް ކިޔާއެއްޗެއް ނުވިސްނި އަރުޝީއަށް ހުރެވުނީ ކަންބޮޑުވުމެއްގައެވެ. ނަމަވެސް ދެންވެސް ފޯނު އަތުލާން ރިހާނީއާއި ދިމާއަށް ދަނިކޮށް އާރާވް އަރުޝީގެ ކުރި ބައްދާ ބޯދެފަރާތަކަށް ހޫރާލީ އިންޒާރެއްދޭ ފަދައިންނެވެ.
ރިހާނީ ފޯނު ބަލަމުން ދިޔައިރު ދެންވާނެ ގޮތް ވިސްނި އަރުޝީ ހުރީ ކަންބޮޑުވެފައެެވެ. ހިތުން ދުޢާކުރަމުން ދިޔައީ އެއްވެސް ކަމެއް އާާރާވް އަށް އެނގުނަ ނުދިނުމަށެވެ.
” އެކަހަލަ އެއްވެސް ފޮޓޯއެއް ނެތް.. ވީޑިއޯސް..” ފޯނުން ވީޑިއޯ ބަލާ އެޕްއަށް ފިއްތާލަމުން ރިހާނީ ބުންޏެވެ. އެވަގުތު މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން އަރުޝީއަށް ހީވުމާއެކު ދެލޯމަރާ ބާރުކޮށްލެވުނެވެ.
ވީޑިއޯތައް ބަލަމުން ދިޔަ ރިހާނީ އެންމެ ފަހު ވީޑިއޯ އަޅުވާލިއެވެ. އެވަގުތު ރިހާނީއަށް ލިބުނު ހައިރާން ކަމަކުން އަނގަމަތީގައި އަތް އަޅާލެވުނެވެ.
” ޒަހީންބެ” ތުރުތުރުލާ އަޑަކުން ރިހާނީއަށް ބުނެވުނެވެ. މިއަޑަށް އާާރާވް އަށް ސިހިފައި އެދިމާއަށް ބަލާލިއެވެ. އިރުކޮޅަކުން ބަލަބަލާ ހުއްޓާ ރިހާނީ އަތުގައި ތުރުތުރުލާން ފެށިއެވެ. ދެން ފެނުނީ އަނބުރައިގަނެގެން ވެއްޓެން ދަނިކޮށެެވެ. ކައިލް ހުށިޔާރުކަމާއެކު ރިހާނީ ގައިގާ ހިފެހެއްޓިއިރު ރިހާނީ އަތުން ދޫވި ފޯނުގައި ވެއްޓުމުގެ ކުރިން އާރާވް ހިފިއެވެ. އެއަށްފަހު ކައިލް ރިހާނީ ސޯފާގައި ބޭންދިމުން އާރާވް އެފޯނުގައިވާ ވީޑިއޯ ބަލަންފެށިއެވެ. ދެން ފެނުނީ އާރާވް އަތުން ފޯނުން ދުވެގެން ވެއްޓި ތަށިމުށިތައް މަތީގައި ޖެހުމާއެކު އޭގެ އެތިކޮޅުތައް އެކި ތަންތަނަށް ބުރައިގެން ދިޔައެވެ. ރިހާނީއަށް ފެންދެމުން ދިޔަ ކައިލް އާއި އަރުޝީދިޔައީ ސިހިގެންނެވެ.
ފެނުނު ވީޑިއޯ އަށް ފަހު އާރާވްއަށް މުޅިތަން އެނބުރޭހެން ހީވާން ފެށިއެވެ. ގައިން ވަރުދޫވެ ހުރިތަނަށް ތިރިވެވުނެވެ. އަރުޝީއަށް އެދިމާއަށް ދެވެން އުޅުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް މަޑުޖެހުނެވެ. ފެންކަޅިވެފައިވާ އެދެލޮލުން އާރާވްއަށް ބަލަން ހުރީ ހަމްދަރުދީގެ ލޮލަކުންނެވެ. ކައިލް އަވަސް އަވަހަށް އާރާވް ކައިރިއަށް ތިރިވަމުން ފެނުނީ ކޯންޗެއްތޯ ސުވާލުކުރަންފެށިއެވެ. ނަމަވެސް އާރާވްއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ކައިލް ގައިގާ ބައްދައިގަންނަމުން އަޑުން އަޑުނަގާ ރޯންފެށިއެެވެ. ވާނުވާ ނޭނގިފައި އިން ކައިލްއަށް ބަލާލެވުނީ އެދިމާއަށް ބަލަހައްޓައިގެން ހުރި އަރުޝީއަށެވެ. އާރާވް ރޯތަން ފެނި އަރުޝީއަށް ވެސް ރޮވުނެވެ. ކައިލް އާއި އާރާވް ކައިރީގައި އިށީންނަމުން ހިތްވަރުކުރުމަށް އާރާވް ކައިރީގައި ބުންޏެވެ.
” އަހަންނަށް މާފުކުރޭ އާރާވް.. އަހަރެން ބޭނުންވި ޒިވާންގެ ހަގީގަތް އެންމެންގެ ކުރިމައްޗަށް ގެންނަން.. އަހަރެން ވަރަށް މަސައްކަތްވެސް ކުރިން.. އެކަމަކު އަހަރެން ފެއިލްވީ.. ޒިވާން ބައްޕަ މަރާލީ އެއްވެސް ރަހުމެއް ނެތި ބައްޕަގެ މުދަލާއި ފައިސާ ގަނޑަށްޓަކާ.. ޒިވާން ބުނީ އަހަރެން މިވާހަކަ އެއްވެސް މީހެއް ކައިރީ ބުނެފި ނަމަ އާރާވް އާއި އަހަރެންގެ މާމަ އަދި މަންމަވެސް މަރާލާނެ ކަމަށް ބައްޕަ މަރާލިގޮތަށް… ” އަރުޝީގެ ވާހަކަ އިވިފައި ކައިލްވެސް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
” އަހަރެން ޒިވާންގެ ހަގީގަތް އެންމެންގެ ކުރިމައްޗަށް ގެންނާނަން.. އޭނައަށް ސަލާމަތްވާން ލާހިކެއްނޫން..” ކުއްލިއަކަށް އިންތަނުން ތެދުވަމުން އާރާވް ދޮރާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން ކައިލް އާރާވް ގައިގާ ހިފައިގަތުމުން އާރާވްއަށް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. އޭރު ރިހާނީވެސް އިނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އަރުޝީވެސް ދުވެފައި އައިސް އާރާވްގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ފެށިއެވެ.
” އާރާވް އިހަށް އަވަސް އަރުވާނުލާ އަހަރެން ދައްކާ ވާހަކަ އަޑުއަހާބަ.. އާރާވްއަށް ނޭނގޭ އެތައްކަމެއް އަދި އެބަހުރި.. ޒިވާންއަކީ ތިހީކުރާވަރަށް ވުރެ މާ ނުރައްކާތެރި މީހެއް.. އާރާވް.. އަހަރެންގެ މާމަވެސް އަދި ކައިސަންވެސް މަރާލީ ޒިވާން.. މައިރާއާއި ވެގެން” އެންމެ ފަހު ޖުމްލައާއި އެކު އަރުޝީގެ އަޑުގައި ތުރުތުރުލައިގަތް އިރު އާރާވްއަށް އެކަންވީވެސް ޝޮކަކަށެވެ. ކުރިޔަށްވުރެ ބޮޑަށް މޭގައި ރިއްސާލިއެވެ.
” އާން.. މާމަ މަރާލީ ޒިވާން… އަހަރެން އޭނަ ފަޅާއަރުވާލަން އުޅޭކަން އެނގިގެން މާމަ މަރާލީ އަހަންނަށް ދެރަކުރާންވެގެން.. އަދި ކައިސަން….” ރޮވޭ ވަރުން އަރުޝީއަށް ކުރިއަކަށް ނުގެންދެވުނެވެ. މިތަން ފެނި އާރާވް އަރުޝީ އޭނާގެ އަތުތެރެއަށް ގެންނަން ބޭނުންވިއެވެ.
” އަހަރެން ދެން ބުނަން އުޅޭ ވާހަކަޔަކީ އާރާވްއަށް އިތުރަށް ސިހުމެއް ލިބިގެން ދާނެ ކަމަކަށް ވެދާނެ.. އެކަމަކު ހިތްވަރުކުރާތި.. އާރާވް… ކައިސަން އަކީ އާރާވްގެ އެއްބަފާ ބޭބެ.. ޒިވާން ބައްޕަ މަރާލީ މުދާގަނޑު އާރާވްގެ ނަމުގަ އޮތީމަ.. ޒިވާން އަކީ މަންމައާއި ބައްޕަގެ ދަރިއެއް ނޫން.. އެއީ މަންމަގެ ދައްތައެއްގެ ދަރިއެއް މަންމަ ބަލާބޮޑުކުރީ… ބައްޕައަށް އެނގުނީ ޒިވާން މަކަރާ ހީލަތުން މުދާގަނޑު އަތުލަން އުޅޭކަން އެހެންވެ ބައްޕަ ހުރިހާ މުދަލުގެ ހައްޤުވެރިޔަކަށް ހެދީ ކައިސަން… ކައިސަން އަށްވެސް އެހެން އުޅެނިކޮށް ހަޤީގަތް އެނގުނީ.. އެހެންވެ ކައިސަންވެސް މަރާލީ.. އެކަމަކު ކައިސަން މަރާލި ފަހުން އެނގުނީ ކައިސަންއަށް ފަހު މުދަލުގެ ހައްޤުވެރިޔަކަށް ވާނީ ކައިސަންއަށް ލިބޭ ދަރިއަކަށް ކަން.. ދަރިއެއް ނެތް ނަމަ ހުވަފަތް އަނބިމިހާއަށް ކަން.. އެހެންވެ ޒިވާން އަހަންނާއި އިނީ މުދަލުގެ ދަހިވެތިކަމުގަ.. ޒިވާން އަހަންނަށް ވަރަށް އަނިޔާކުރި.. މާމަވެސް މަރާލީ.. އަހަންނަށް ކެތް ނުވީ.. އެހެންވެ އަހަރެން މުދާގަނޑު ޒިވާން ބޭނުންވޮގޮތަށް އޭނައަށް ދިނުމަށްފަހު ހުލުޢު ވަރިއަކުން ވަރިވީ އޭނަ ކައިރިން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާތީ.. އަހަންނަށް މާފުކުރޭ” އަރުޝީ ގެ ވާހަކައިން ސިހުމަކަށް ފަހު ސިހުމެއް އެތާ ތިބި އެހެން މީހުންނަށް ލިބެމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



އައްސަލާމް އަލައިކުމް.. އިންޝާﷲ މިބައިވެސް އަޕް ކުރެވިއްޖެ.. އެހެންޏާވެސް ގެނެސްދޭވަރަށް މިބައިވެސް ގެނެސްދީފައި ވާނެ.. ވާހަކަ ދިގު ނުކުރާތީ ކިޔުންތެރިން ހިތްހަމަނުޖެހުން ފާޅުކުރާތީ ބުނެލަން ބޭނުން.. ހަމަ ކޮންމެ ފަހަރަކުވެސް ގެނެސް ދެނީ އެއްވަރަކަށް އެކަމަކު މިދިޔަ ދެއެޕިސޯޑުގައި ގެނެސްދީފައިވާނީ ތަންކޮޅެއް ދިގުކޮށް.. ކިޔުންތެރިންނަށް އެކަން ފާހަގަ ނުކުރެވެނީ ކަމަށް ވެދާނެ.. އަސްލު ވަރަށް މަސައްކަތުން މިހާވަރަށްވެސް މިލިޔެވެނީ.. ހީކުރަން ހުރިހާ ކިޔުންތެރިންއަންޑަސްޓޭންންޑް ވާނެ ކަމަށް.. އަދި މިއަށް ވުރެ ދިގު ނުކުރެވޭތީ ކުޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން.. އިންޝާﷲ ދެއިންނާނީ ދެއެޕިސޯޑްް.. މާތްﷲގެ އިރާދަފުޅާއެކު އެދެބައިވެސް އަަަވަހަށް އަޕްކޮށްދެވޭތޯ ބަލާނަން..
love you for the sake of Allah
Azzaa liyefa huri ehcheh nukiyey…btw story nice
Vrh reethi.. Masha Allah
Haadha kurey??? kyvve tha lahun up kureveyny ??? Azza maa busy ee tha eid v ma??? Story vrh reethi. .. plx plx plx avahah up kohdheeba
Awww☺☺
Salhi
..ވ ރާތި
Mi vaahaka v reethi?
Waiting 4 next part……………
Masha Allah v furihama?
Haadha reehchey ekamaku v kuru. Dhen faharakun miah vuren dhigukohladhee.
Woooowwwwe.amaaazing..v.nice dear…. waiting 4 next part??
V reethi
V nice,and abadhuves thihen up koh dheythi thanks
Haadha inthizaareh kuri fahunney
Ma sha allah….haadha reehchey…..hama huhtaanulaa kiyaa vaahaka ninmaalaa hiy vanee..
Ekam keehkuraanee azza up kohdhin irakun kiyeynee….????
Ahhh wow ?? masha allah stry v rythi v habeys?? ekam thankolheh kuru dhw mihaa lahun up vaa iru ?? whn nxt prt avaskolladhybala n gud nyt ly eid mubaarak??❤??
Wow azu?