Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (6)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 3, 2017 6 Mins Read
17 Comments

ލޮލުގައިވާ އަވިއައިނު ނެގިއިރު ނަސްރީންގެ ކަޅި ހުއްޓިފައިވީ ސީދާ ޔުމްނާގެ މޫނަށެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުން ޔުމްނާ ފިއްސާލަފާނެހެން އޭނާއަށް ހީވަމުން ދިޔައެވެ. ލިބިފައިވާ ނުތަވަސްކަމާއެކު ޔުމްނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ. ނަސްރީން ކުޑައިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު މޫނުއަނބުރާލީ ފަކުރުން ކަހަލަ ގޮތަކަށެވެ. އަރާފައިވާ ހައި ހީލްސް އިން އަޑު ގޮއްވަމުން އޭނާ އެގެއިން މައްޗަށް އެރެން ހުންނަ ސިޑިން އަރައިގެން ދިޔައެވެ. ދެފަންގިފިލާއަށް ހަދާފައިވާ އެގޭގެ މަތީ ބައިގައި ދިރިއުޅެނީ ނަސްރީން އާއި އޭނާގެ ދެދަރިންނެވެ.

އޭނާ މައްޗަށް އަރައިގެން ދިޔަތަނާހެން ދެން އެގޭތެރެއަށް ވަދެގެން އައީ ޒުވާން އަންހެން ކުއްޖެކެވެ. އެއީ ނަސްރީން އާއި ފަރީދުގެ ދަރިފުޅު، މިޝްކާއެވެ. މިޝްކާއަށް ޔުމްނާ ފެނުމާއެކުބާރު ފިޔަވަޅުތަކެއްގައި އައިސް ހުއްޓުނީ ޔުމްނާއާ ޖެހޭ ނުޖެހޭ ހިސާބު ގާތުގައެވެ. އިރުކޮޅަކު އެހެން ހުރެފައި ދެން މިޝްކާ ކޮށްލި ކަމަކުން ޔުމްނާ ދިޔައީ ސިހިގެންނެވެ. ދުރުގައި ހުރި އާލިމާވެސް އަނގަމަތީގައި އަތް އަޅާލިއެވެ. މިޝްކާގެ އަތުގެ ހޫނު ހަމަލާއެއް ޔުމްނާގެ ކޯތާފަތައް އެރި ވަގުތު މުޅި ގޭތެރޭގައި އެއަޑު ގުގުމާލިއެވެ.

“ހީނުކުރައްޗޭ ކަލެއަށް ބައްޕައާ އިނދެވުނީމަ ހުރިހާ ލާރިއެއް ލިބުނީއޭ! މަ ދިރި ހުއްޓާ ކަލެއަށް އެއްވެސް އުފަލެއް ލިބުނަކަ ނުދޭނަން! ހަނދާންކުރާތި!” ޔުމްނާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން މިޝްކާ ރުޅިވެރިކަމާއެކު ބުނެލިއެވެ. އޭރު އޭނާގެ ދަތްކުނޑި ވިކިފައި ވީއިރު ދެތުންފަތް ތުރުތުރު އަޅައެވެ. ޔުމްނާއަށް އިންޒާރު ދިނުމަށްފަހު އޭނާ ދާން އެނބުރެލިއެވެ. ނަމަވެސް އެއްޗެއް ހަނދާންވާ ފަދައިން އޭނާ އަނެއްކާވެސް ޔުމްނާއާ ކުރިމަތިލިއެވެ.

“ކަލެއަށް ކިތައް އަހަރު؟” މިޝްކާ ހިތްހަމަނުޖެހުމުގެ ރާގެއްގައި އަހާލިއެވެ. އިސްޖަހައިގެން ހުރި ޔުމްނާގެ ދެލޮލުން އޭރު ހޫނު ކަރުނަތައް ފައިބަމުން ދިޔައެވެ. ނޭފަތް ދަމާލަމުން ޔުމްނާ ވާހަކަދެއްކިއެވެ.

“އަ..އަށާރަ..” ތުރުތުރު އަޅާ އަޑަކުން ޔުމްނާ އެހެން ބުނުމުން މިޝްކާ ހޭން ފެށިއެވެ. މޫނުގައި ދެފަހަރަކު އަތް ކާއްތާލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

“އަހަންނަށްވުރެ ވެސް ކުޑަ ކުއްޖެއްތަ ބައްޕައަށް ފެނުނީ؟ ބައްޕަ މޮޔަވީތަ؟؟” އެހެން ކިޔަމުން ހެމުން ހެމުން މިޝްކާ ސިޑިއާ ދިމާއަށް ދިޔައެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އޭނާ މައްޗަށް އެރިއިރު އެ މޫނުމަތީގައި ވަނީ ރިހުމެވެ.

މިޝްކާ ދިއުމާއެކު އާލިމާ އައިސް ޔުމްނާގެ އަތުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޔުމްނާ އަވަސް އަވަހަށް އޭނާގެ ދެލޯ ފުހެލިއެވެ. އެހެން މީހުން ކުރިމަތީގައި އެގޮތަށް ރޯން އޭނާ ބޭނުންނުވީއެވެ.

“އެއީ މިޝްކާ. ނަސްރީންގެ ދަރިފުޅު. އޭނާއަށް ވާނީ 24 އަހަރު. ދެން ހުންނާނީ މިޝާލް. ދައްތައަށް ހީވަނީ އޭނާއަށް މިހާރު 19 ވެދާނެހެން.” އާލިމާ ޔުމްނާއަށް ކިޔައިދިނެވެ. ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އޭނާގެ ދެ ދޮންދަރިން އޭނާއަށްވުރެ ވެސް އުމުރުން ދޮށްޓެވެ. އޭނާގެ ބައްޕަ އޭނާ މި ބިރުވެރި ތަނަށް ފޮނުވާލީ ކީއްވެގެން ހެއްޔެވެ؟ އެ ހިތުގައި ޝަކުވާތައް ފުނިޖެހެމުން ދިޔައެވެ.

** **

ޔުމްނާ ދިޔަ ލާންޗު ފުރުމުން އަޝްފާންގެ މިސްރާބު ހުރީ ރަށުގެ އަތިރިމައްޗާ ވީފަރާތަށެވެ. މާޔޫސްކަމާއެކު ހިނގަމުން ދިޔައިރު އޭނާގެ ގައިގައި އެއްވެސް ހަކަތައެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ކަންތައް ވެގެން އެ ދިޔައީ ދުވަހަކުވެސް އޭނާ އުންމީދުކުރި ފަދަ ގޮތަކަށް ނޫނެވެ. އޭނާއަށް މުޅި ޢުމުރަށް ޔުމްނާ ގެއްލުނީ ހެއްޔެވެ؟ ދެން އޭނާއަށް ޔުމްނާގެ ރީތި ސޫރަ ދުވަހަކުވެސް ނުފެންނާނެ ހެއްޔެވެ؟ އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އަޝްފާން އިށީންއިރު އެހިތް ވަނީ ކުދިކުދި ވެފައެވެ.

ޔުމްނާމެން ރަށް، ރ.އުނގޫފާރުގެ އަތިރިމައްޗަކީ ހިތްގައިމު މާހައުލެކެވެ. ވަގުތަކީ މެންދުރުގެ އަވިގަދަ ވަގުތު ނަމަވެސް އިރުގެ ގަދަ އަވި މޫދަށް އެޅިފައި ވުމުގެ ސަބަބުން ފެންނަމުން ދިޔައީ ވަރަށް ހިތްގައިމު ގޮތަކަށެވެ. މަޑުމަޑު ވައިރޯޅިތައް އައިސް ގަހެއްގެ ހިޔަލުގައި އިން އަޝްފާންގެ އިސްތަށިގަނޑާ އިރުއިރުކޮޅާ ކުޅެލައެވެ. އަޝްފާނަކީ އެއަތޮޅު އިނގުރައިދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާގެ ބައްޕަ އޭނާ އުނގޫފާރަށް ފޮނުވީ މޮޅަށް ކިޔަވައިދިނުމުގެ މަޤުސަދުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔަ ގޮތުން އޭނާ ކިޔަވާ ހިތްވެސް ކެނޑިއްޖެއެވެ.

އެއްދިމާއަށް ނަޒަރު ހުއްޓާލައިގެން އަޝްފާން ކުޑައިރުކޮޅަކު އިނެވެ. އަތުގައި ޔުމްނާ ދިން ފޮތް އޮތްކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ އެފޮތުގެ ބޭރުގަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. އޭނާއަށް ދެން ޔުމްނާގެ ހަޤީޤަތް އެނގުނަސް ކޮށްދެވޭނެ ކަމެއް އޮންނާނެހެއްޔެވެ؟ ޔުމްނާ މިހާރު އެވަނީ އޭނާގެ އަތުން ބީވެފައެވެ. އަޝްފާން އެ ފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ.

“އައި އެމް ސޯ އަންލަކީ. ވައި ޑަސް ޕީޕަލް ކޯލް މައި ޑޭޑް އަ ކިލާރ؟ (އަހަރެން ކިހާ ބަދުނަސީބުވެރި. އަހަރެންގެ ބައްޕައަކީ ޤާތިލެކޭ މީހުން އެކިޔަނީ ކީއްވެ؟)” އިނގިރޭސިބަހުން އެ ސަފުހާގައި ލިޔެލާފައި ވަނީ ސާފުތާހިރު އަތު ލިޔުމަކުންނެވެ. އަޝްފާން ފަހަރަކު ގަނޑެއް އުކަމުން ދިޔައެވެ. ކޮންމެ ގަނޑެއްގައިވެސް ލިޔެފައިވަނީ ކުޑަ ޢިބާރާތްކޮޅެކެވެ.

“ވައި ޑަޒް ޑޭޑް އެބިއުޒް މީ އެންޑް މަމް؟ (ބައްޕަ އަހަންނާ މަންމައަށް އަނިޔާ ކުރަނީ ކީއްވެ؟)”

” ވަޓް ޑިޑް ހީ ޑޫ ޓުމީ؟ ވައި؟ (ބައްޕަ އަހަންނަށް އެކުރީ ކީއް؟ ކީއްވެ؟)”

“އައި އެމް ނޮޓް އަ ވާޖިން. މައި އޯން ޑޭޑް ރޭޕްޑް މީ. (އަހަރެން މީ ޢިތްފަތްތެރިއެއްނޫން. އަމިއްލަ ބައްޕަ އަހަރެން ރޭޕްކޮށްލީ.)”

ލިޔެފައިވަނީ ކިތަންމެ ކުރު ޢިބާރާތްތަކެއް ނަމަވެސް އެ ލަފުޒުތަކުން އަޝްފާންގެ ހިތަށް ކުރަމުން ދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އެ ނޫންވެސް އިތުރު ވާހަކަތައް ކުރުގޮތަކަށް ޔުމްނާ އެ ފޮތުގައި ލިޔެފައި ވިއެވެ. އެންމެ ފަހު ގަނޑަށް އެއްލުމަށްފަހު އަޝްފާންގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ. އެ ގަނޑުގައިވާ ޢިބާރާތްކޮޅު ކިޔާފައި ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް އަޝްފާނަކަށް ނޭނގުނެވެ.

“އަހަންނަކީ ޢިއްފަތްތެރި އަންހެންކުއްޖަކަށް ނުވުން އެއީ އަހަރެންގެ ކުށަކަށް ވާނަމަ އަހަރެން އަޝްފާން ގާތުން މާފަށް އެދެމެވެ. މިވަގުތަށް އަހަރެމެން ދެމީހުން ވަކިވާން ޖެހުނަސް އަދި ކޮންމެވެސް ދުވަހަކުން އަހަރެމެންނަށް ލޯބިން އެކީ އުޅެވޭނެކަމުގެ އުންމީދު އަހަރެން އަބަދުވެސް ކުރާނަމެވެ. އަހަރެން އަބަދުވެސް އަޝްފާން ދެކެ ލޯބިވާނަމެވެ.”

އަޝްފާން ޔުމްނާގެ ފޮތް ލައްޕާލުމަށްފަހު އެ ފޮތް ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެއް ދިމާއަކަށް ނަޒަރު ހުއްޓާލައިގެން އޭނާ އެހެން ހުރިއިރު އެ މޫނަށް ބަލައިލި ކޮންމެ މީހަކަށް އެ ހިތަށް ކޮށްފައިވާ ފުން އަސަރު ސިއްރުނުވާނެކަން ޔަޤީނެވެ.

“ޔުމް. އުމުރު ދުވަހަށްވެސް އަހަރެން ޔުމްއަށް އިންތިޒާރު ކުރާނަން.” މަޑުމަޑުން އަޝްފާން ބުނެލިއެވެ. އޭރު އެމޫނުމަތީގައި ހިތާމަވެރި ހިނިތުންވުމެއް ވިއެވެ.

** ** **

“މިހާރު އެ ގޭންގު ތެރެއަށް ވަދެވުނީތަ؟” މުނީރު ކޮށްލި ސުވާލުގެ ސަބަބުން އާރިކް ކުޑަކޮށް ސިހޭގޮތް ވިއެވެ. ކެފޭއެއްގެ ތެރޭގައި ދެމީހުން އިންއިރު އެކިއެކި ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް މުނީރު އެ ސުވާލު ކުއްލިއަކަށް ކޮށްލުމުން އާރިކަށް ކުޑަ ނުތަނަވަސްކަމެއް އިހުސާސްވިއެވެ.

“އާނ..” އާރިކް ފާޑަކަށް ބުނެލިއެވެ. އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރި މުނީރު އާރިކާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ.

“އާރިކް އޭ! ކަމެއް ގޯސްވިއްޔާ މަ ގާތު ބުނޭ އިނގޭ؟” އަމުރުވެރި ގޮތަކަށް މުނީރު އެހެން އަހާލި ގޮތުން އާރިކް ގާތަށް ކުޑަކޮށް ހިނިއައެވެ. އެއާއެކު މުނީރުވެސް ހޭންފެށިއެވެ. ނަމަވެސް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ދެމީހުންވެސް ސީރިއަސްވިއެވެ. އާރިކްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން މުނީރަށް އެނގުނެވެ.

“މުނީރު. އަހަރެން…އަހަރެން… އައި ކިލްޑް ސަމްވަން މުނީރު.” އާރިކް ބުނަން ނުބުނަން ހުރެފައި ބުނެލިއެވެ. މުނީރަކީ އޭނާގެ ހުރިހާ ސިއްރުތަކެއް ހިއްސާކުރާ މީހާއެވެ. އޭނާ މުނީރަށް ފުރިހަމައަށް އިތުބާރުކުރެއެވެ. އާރިކް ބުނި އެއްޗަކުން ކޮފީތަށި ބޮއިބޮއި އިން މުނީރު ކޮށިއެރިއެވެ. ދެލޯ ބޮޑުކޮށްފައި އޭނާ އާރިކަށް ބަލާލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ.

“ވަޓް؟ އާރިކް؟ ތި ބުނީ ހަމަ ތެދެއްތަ؟” މުނީރު ޝޮކެއްގައި ހުރެ އެހެން އަހާލުމުން އާރިކް މަޑުމަޑުން ބޯ ޖަހާލިއެވެ.

“ކީއްވެ އާރިކް؟ ކަލޭ ބުނީމެއްނު މީހުން މެރުން ފިޔަވައި އެހެން ކަންތަކޭ ކުރާނީ… އެކަމަކު…. މަ ހިޔެއް ނުކުރަން އިނގޭ ކަލޭ…” މުނީރު ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލަމުން ވާހަކަދެއްކިއެވެ.

“އެއީ އެންމެ ފަހުގެ ޓެސްޓޭ. އެހާ ކުރިއަށް އައިސްފަ އެހިސާބުން އަހަރެން ހުއްޓާލަންވީތަ؟ މުނީރަށް އެންމެ ރަނގަޅަށް އަންޑަސްޓޭންޑް ވާނީ ވެސް އެކަން.” އާރިކް ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލިއެވެ. ކުރެވުނީ ގޯސްކަމެއްކަން އޭނާއަށްވެސް އިހުސާސްކުރެވުނު ނަމަވެސް އޭނާގެ މަޤުސަދު ހާސިލްކުރުމަށްޓަކާ ކޮންމެފަދަ ކަމެއް ވެސް އޭނާ ކުރާނެއެވެ.

މުނީރު ދެފަރާތައް ބޯ ހޫރާލިއެވެ. އާރިކް މިހާރު އެދަނީ މާމައްޗަށް ކަން އޭނާއަށް އިހުސާސްކުރެވެން ފެށުނެވެ. އެކުވެރިޔާ ގާތު އެކަން ހުއްޓާލުމަށް އެދެންވީބާއޭ އެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ޚިޔާލު ބަދަލުވީ އާރިކް އޭނާ ބުނާ ގޮތެއް އެކަމުގައި ނުހަދާނެކަން އެނގުމުންނެވެ. އެ ވާހަކަ އާރިކް ގާތުގައި ދެއްކިޔަސް ވާނެ ފައިދާއެއް ނޯންނާނެތީއެވެ.

“ދެން އަޅާނުލާ އެހެންވިއްޔާ..” މުނީރު ހިނިތުންވެލަމުން ބުނެލިއެވެ. ނަމަވެސް އެހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައިވިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާންފެށިއެވެ. ފޯނު ނަގައި ސްކްރީންއަށް ބަލާލުމާއެކީ އެ މޫނުމަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

“ހައެ ހައޭ! ފަހަރި ގުޅީމަ ހާދަ އުފަލެކޭ ދޯ ތިވީ.” އާރިކް މުނީރާ ދިމާކޮށްލިއެވެ. މުނީރު އާރިކަށް ލޯއަޅާލަމުން ފޯނު ނަގައި ހެލޯއޭ ބުނެލިއެވެ.  ވާހަކަތަކެއް ދެއްކުމަށްފަހު މުނީރު ފޯނު ބާއްވަމުން އާރިކްއާ ދިމާއަށް ބަލާލިއެވެ.

“އޭ މަ މިޝްކާ ގޮވައިގެން އެބަ އަންނަން އިނގޭ.. ވަރަށް ސަކަރާތްވެފަ އެހުރީ…” މުނީރު ބުނެލިއެވެ. އެއާއެކު އާރިކް ކިހިނެއްވީހޭ އަހައިލިއެވެ.

“މިޝްކާ މިދިޔަ ހަފްތާގަ މެލޭއަށް ދިޔަގޮތަށް މިޔަދު އެއައީ.. ދެން ބުނީމެއްނު އޭނަ ބައްޕަ ޅަކުއްޖަކާ އިންނަން އުޅޭ ވާހަކަ.. އެމީހުން އައިއިރު އެކުއްޖާ ހުރީ އިނދެގެން އެގެއަށް ގެނެސްފައޯ.. އަސްލު މިޝޫ ކިހާ ކަޑަވާނެ؟ މިޝޫއަށްވުރެވެސް މިޝޫގެ ދޮންމަންމަ ކުޑަ..” މުނީރު ކިޔައިދިނެވެ. އާރިކް ވިސްނުންތެރިކަމާއެކު ބޯޖަހާލުމުން މުނީރު އަވަސް ފިޔަވަޅުތަކެއްގައި ކެފޭއިން ނިކުމެގެން ދިޔައެވެ.

އާރިކްއަށް މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކެފޭގެ ދޮރު ހުޅުވާލާފައި މުނީރު ވަދެގެން އައި މަންޒަރު ބަލަހައްޓައިގެން އާރިކް އިނެވެ. މުނީރުގެ އަތުގައި ހިފައިގެން ހުރީ ރީތި އަންހެން ކުއްޖެކެވެ. އެއީ މިޝްކާއެވެ. މުނީރު ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. މިޝްކާ ދެކެ މުނީރު ވާ ލޯބި އާރިކްއަށް އޮޅިފަކާ ނެތެވެ. މިޝްކާއަށް ލިބިގެންވަނީ މަޑު ޗޮކްލެޓު ކުލައިގެ އޮމާން އަންގަނޑެކެވެ. އޭނާގެ ކޮނޑާހަމައަށް އަރާ ބުޅި އިސްތަށިކޮޅު ދޫކޮށްލާފައި ވިއެވެ. ލައިގެން ހުރި ކަކުލާ ހަމައަށް އަރާ ކަޅުކުލައިގެ ހެދުމުގެ ސަބަބުން އޭނާގެ ރީތި ބައްޓަން ހާމަވެއެވެ.

މިޝްކާ އާއި މުނީރު އައިސް އާރިކްގެ ކުރިމަތީގައި އިށީނެވެ. އެވަގުތު މިޝްކާ އާރިކަށް ބަލާލަމުން ހީލިއެވެ.

“އާރިކް! ނުފެންނަތާ ހާދަ ގިނަ ދުވަހެއް ވެއްޖޭ ދޯ!” މިޝްކާ ބުނެލިއެވެ. އެއާއެކު މުނީރު ހޭން ފެށިއެވެ.

“މިޝޫ އަދިވެސް އާރިކްގެ މަތިން ހަނދާން އެބަހުރިތަ؟ ހަހަހަ.. މަ ހިކުރީ މިހާރު އާރިކް އަކީ ކާކުކަންވެސް މިޝޫއަށް ނޭނގޭނެކަމަށް.. ތި ދެމީހުން ދިމާނުވާތާ ވެސް މިހާރު އަހަރެއް ވެދާނެ..” މުނީރު މިޝްކާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އެއާއެކު މިޝްކާ ލޯބި ގޮތަކަށް ތުންކޮޅު އޫކޮށްލިއެވެ.

“ދެން މުނީ..” ތުއި ގޮތަކަށް މިޝްކާ އެހެން ބުނެލުމުން އާރިކް ވެސް ހޭން ފެށިއެވެ.

“އަހަރެން އާރިކްގެ މަތިން ހަނދާން ނެތޭނެތަ؟ އޭނައާ ހެދި ވިއްޔަ އަހަންނަށް މުނީރު ތީ ކާކުކަން އެނގުނީވެސް.” މިޝްކާ ހެމުން ހެމުން ބުނެލިއެވެ. އެއާއެކު ތިން މީހުންނަށް ވެސް މާޒީގެ ދުވަހެއް ހަނދާންވެގެން ދިޔައެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ. އެދުވަހު މިޝްކާ އާއި އޭނާގެ ރަހުމަތްތެރިއަކު ޖޫގޯ ބޮމުން ދަނިކޮށް މީހެއްގެ ގައިގައި އަޅައިގަތް އިރު އެއީ އާރިކެވެ. މިޝްކާ އެދުވަހު ރުޅިއައިސްގެން އާރިކްއާ ދިމާއަށް ވަރަށް އެއްޗެހި ކިޔެވެ. ހީވީ އާރިކްގެ ގަޔަށް ބޮލަށް އަރައިގެންފާނެހެންނެވެ. މިޝްކާ އާރިކްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލަން އުޅެނިކޮށް އެއަތުގައި ހިފެހެއްޓީ އާރިކްއާއެކު ހިނގާފައި އައި މުނީރެވެ. އެވަގުތު އެދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. މުނީރު އާއި މިޝްކާގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދި، އެދެމެދުގައި ލޯބި އުފެދުނީ އެހިސާބުންނެވެ.

“އަދިވެސް މިޝްކާ ހަމަ އެހާ ރުޅިގަދަތަ؟” އެ ދުވަސް މަތިން ހަނދާންވުމާއެކު އާރިކް އަހާލިއެވެ. މިޝްކާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނީ ކުއްލިއަކަށެވެ. ފުންނޭވައެއް ބޭރުކޮށްލަމުން އޭނާ ވާހަކަދެއްކިއެވެ.

“އާނ. އަހަރެން އަސްލުވެސް ހާދަ ރުޅިގަދައޭ ދޯ. މިޔަދުވެސް ދޮންމަންމަގެ މޫނަށް އެތިފަހަރެއް ވީއްލާލެވުނީ..” މިޝްކާ ބުނެލިއެވެ.

“ވަރަށް މީހުންގެ މޫނުމަތީގައި ޖަހާ ހިތްވާ ކުއްޖެއްދޯ ތިއީ…” އާރިކް ބުނެލިއެވެ.

“އަޅެ އާރިކް ބުނެބަލަ.. އަހަރެން އޭނަ ދެކެ ރުޅިއެއް ނާންނާނެތަ؟ އެންމެ 18 އަހަރުގެ ކުއްޖެކޭ އެއީ.. ލަދެއް ނުގަނޭތަ އޭނައެއް މަގޭ ބައްޕައާ އިންނާކަށް؟ ހިތަށްއަރާ ހަމަ ނޮޅާލަންވީއޭ!” މިޝްކާ ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ. މިޝްކާގެ މޫޑަކީ އިރުއިރުކޮޅާ ބަދަލުވާ އެއްޗެކެވެ. އެއް މިނެޓުގައި އުފާވެފައި ހުރިއްޔާ އަނެއް މިނެޓުގައި ރުޅިއައިސްފާނެއެވެ. އޭގެ އަނެއް ސިކުންތުގައި ދެރަވެދާނެއެވެ. އޭނާގެ ދުލުން ދެންބޭރުވާނީ ކޮން އެއްޗެއްކަން ލަފާކޮށްލާކަށް އެކަކަށްވެސް ނޭނގޭނެއެވެ.

“ހޯހޯހޯ.. ދެން ތި ވާހަކަ ހުއްޓާލަބަލަ..” މިޝްކާއަށް މާ ބޮޑުވަރު ނުވަނީސް މުނީރު ބުނެލިއެވެ. “އާރިކް… އެނގޭތަ؟ އަންނަ މަހު އަހަރެމެން މެރީކުރަން މިއުޅެނީ..” މައުޟޫއު ބަދަލުކޮށްލަމުން މުނީރު ބުނެލިއެވެ. އެވަގުތު މިޝްކާގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

“އެއީ ތެދެއް އާރިކް.. ކޮންމެ ގޮތެއް ހަދާފަވެސް އާރިކް އަހަރުންގެ ވެޑިންގްއަށް އަންނަންވާނެ..” މިޝްކާ މުނީރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ޔަގީނެއްނު؟ ކޮންމެހެން ހަދާފަވެސް ތި ވެޑިންގް އަށް މަ އެޓެންޑް ވާނަން.” އާރިކް ކޮފީތަށި ހުސްކޮށްލަމުން ބުނެލިއެވެ. މުނީރުއާއި މިޝްކާއަށްޓަކައި އޭނާ ހުރީ އުފަލުންނެވެ.

** ** **

އަތިރިމަތީގައި ޚިޔާލުތަކަށް ގެއްލިފައި އިން އަޝްފާން ސިހުނީ ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުންނެވެ. އޭނާ އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ވައިގަދަ ވުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް އުދުހެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް އައިސް ގޮނޑުދޮށަށް މުގުރަމުން ދިޔައެވެ. މުޅި އުޑުމަތި އޮތީ ކަޅުކޮށްލާފައެވެ. ކުއްލިއަކަށް މޫސުން އެހާ ގޯސްވެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިއެވެ. ޔުމްނާގެ ފޮތް ސްކޫލް ދަބަހަށް ލަމުން އޭނާ އެއްގަމަށް އަރަން އެނބުރެލީ ވާރޭ ބޯކުރުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. ނަމަވެސް އެވަގުތު ކުރިމަތީގައި ހުއްޓިގެން ހުރި މީހެއްގެ ސަބަބުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

02:30 ނަވާރަވަނަ ބައި

Next

ހިތުގެ މިލްކުވެރިޔާ ( ސައުވީސް ވަނަ ބައި)

Next
September 3, 2017

ހިތުގެ މިލްކުވެރިޔާ ( ސައުވީސް ވަނަ ބައި)

Previews
September 3, 2017

02:30 ނަވާރަވަނަ ބައި

17 Comments!

  1. Liaa says:
    September 3, 2017 at 1:58 pm

    Hey guyss.. Hope u will like this part too 🙂 <3

  2. mal-mal says:
    September 3, 2017 at 2:00 pm

    yayyyyy!!! I got first, isn’t it???
    the story is awesome,MashaAllah. waiting eagerly for an update!! ???

    1. Liaa says:
      September 3, 2017 at 9:18 pm

      thanks Mal 🙂

  3. Shimla Shimu says:
    September 3, 2017 at 2:29 pm

    .

  4. someone says:
    September 3, 2017 at 2:46 pm

    varah loabi..

    1. Liaa says:
      September 3, 2017 at 9:18 pm

      thanks someone 🙂

  5. khajja says:
    September 3, 2017 at 5:41 pm

    Ohhh wow masha allah v v rythi ?? anekkaa aee kaakubaa yumge dad baa ?? whn nxt prt avaskoladhechchey???❤❤????????

    1. Liaa says:
      September 3, 2017 at 9:55 pm

      thanks khajja 🙂

  6. Juvey says:
    September 3, 2017 at 6:56 pm

    Wow v nice mi bai vx ..loves liaa doonee ? ? ? ?

    1. Liaa says:
      September 3, 2017 at 10:00 pm

      shukuru juvey 🙂 <3

  7. Mysh says:
    September 3, 2017 at 7:20 pm

    Eiy rameez(yumna ge bappa)noony shana..btw,stwry v rythi..dhuvahakah vure dhuvagaku mi stry kiyan shauguveri vamun dhany.. lia ge hurihaa stries ves v rythi..especially thix one..lia dhuvahakah vure dhuvahaku dhany improve vamun..nxt prt avas kohla dhehchey..ly❤?

    1. Liaa says:
      September 3, 2017 at 10:02 pm

      shukuru Mysh 🙂
      Liaa abadhuves balan improve kureveythw.. But ingey mistakes hunnaanekan
      Loves <3

  8. Hafeez says:
    September 3, 2017 at 10:04 pm

    V Reethi. Waiting for next part.

    1. Liaa says:
      September 4, 2017 at 10:00 am

      Thanks Hafeez 🙂

  9. Abdul says:
    September 4, 2017 at 7:02 am

    Salhi

  10. sana says:
    September 4, 2017 at 3:35 pm

    Konirakun next part

  11. sana says:
    September 4, 2017 at 3:37 pm

    Wow!very nice best of luck

Comments are closed.


All Right Reserved!