Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(5)

Dhippi Level 4100 Comments10 Stories
September 2, 2017 5 Mins Read
37 Comments

ސައުދުއާ އަފީފާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އަފީފާ އެހެންޏާ ހުންނަގޮތައް ބަލައިފަ މިރޭ ހުރީ ތަންކޮޅެއް މޫޑީ ގޮތަކަށެވެ. ފަހަރެއްގައި މިއަދު އަލްޔާއާ ދިމާލައް ބުނެވުނު އެއްޗަކުން ވީގޮތަކަށް ވެސް ވެދާނެއެވެ. ވާނީ އެހެންތާއެވެ. އެވަރުގެ ޖަރީމާއެއް ހިންގާފައި އަމިއްލަ އަނގައިން ބޭޒާރު ވީމަ ކޮންމެ މީހަކަށް ވިޔަސް ވާނީ އެހެންތާއެވެ. އޭރު ވެސް އަލްޔާއާ ޖަޔާއާ ދެމީހުން ޖެހި ބުދެއްހެން މޭޒު ކައިރީގައި ކޮއްޅަށް ތިއްބެވެ. އެދެ ނޯކަރުންގެ ކަމަކީ އެމީހުންގެ ޙާދިމުން ބޭނުން ވަނީ ކޯއްޗެއްތޯ ބަލާ މަދީ ކޯއްޗެއްތޯ ބަލާ އެމީހުންނަށް ކަންކަން ފުރިހަމަ ކުރެވޭތޯއެވެ. “އަލްޔާ ދައްތައަށް މާފުކުރޭ! އޭރު ދައްތަ މާ ރުޅި ގަދަވެފަ އިނީމަ އަޑުލެވުނީ، ދައްތަޔަށް އިނގޭ އަލްޔާ ދެރަވާނެކަން ވެސް އަސްލު ވީގޮތަކީ ޖަޔާ ދެކެ އައި ރުޅި އަލްޔާއަށް ބޭލުނީ، އޭގެ އެއްވެސް އެއްޗެއް ހިތުގައި ނުލައްޗޭ!” އަފީފާ ދެރަވެފައި ބުނެލިއެވެ. “ލައްބަ ދައްތާ އަޅުގަނޑަށް އިނގޭ ދައްތަ ރުޅިއައީ ޖަޔާ ދެކެކަން، އަޅުގަނޑު އޭގެ އެއްވެސް އެއްޗެއް ހިތަކުނެތް” އަލްޔާ ހިނުތުންވެފައި ބުނެލިއެވެ. އަލްޔާ މާފު ކުރިއެއް ކަމަކު އޭނަ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. އަލްޔާ އާ ދިމާލަށް ހަޅޭއް ނުލަވާ ދުވަހަކީ މަދު ދުވަހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިތަންމެ ވަރެއް ކުރިޔަސް އަލްޔާ ކުރާނީ ކީއްހެއްޔެވެ. ޝުކުރު ކޮއްގެން ހުރުން ނޫން ގޮތެއް އެފަކީރަކަށް ނެތް ވިއްޔާއެވެ. “ވިނާންގެ ކޮޓަރި ސާފު ކޮތްނިމުނީތަ؟” އަފީފާ ކައި ނިމިގެން ފެންތަށި ބޯލަމުން ޖަޔާއާ ދިމާލަށް ބަލަމުން އަހައިލިއެވެ. “ބަރާބަރު ސާފު ކުރަނީ ހުރިހާތަނެއް މިހާރު ބަރާބަރު ރީތި ހުންނަނީ” ޖަޔާ އޭނާގެ ޒާތުގައި ބުނެލިއެވެ. “ރަނގަޅު ބަރާބަރު…އަލްޔާ ކައިގެން އަވަސް ކޮއްލައިގެން އާދޭ ބޭރަށް ދާން، ހެދުން ކޮޅަކާއި އެއްޗެހި ގަންނަން ދައްތަ މަޑު ކުރާނަން، ބޮޑު ކޮޓަރީގައި” ޖަޔާ އާ ވާހަކަ ދައްކާފައި އަލްޔާ ކައިރި އަވަސް ކުރަން ބުނެފަ އަފީފާ ތެދުވެގެން ހިނގައްޖެއެވެ. އޭރުވެސް ސައުދު ހުރީ އެހުރިހާ ވާހަކައެއް ދެކެވުން އިރުވެސް އެއްވެސް އެއްޗެއް ނުބުނެ މަޑު މަޑުން ކާންށެވެ. އޭނާއަކީ ލަސް ލަހުން ކައި މީހަކަށް ވާތީ ގިނަފަހަރު އެންމެން ނިމޭ އިރުވެސް އޭނާ ހުންނާނީ އަނގަ މަކުވާށެވެ. “ބޭބޭ އަޅުގަނޑު ވާހަކައެއް ނަން ގަންނަންތޯ؟ އަލްޔާ ނުކެރި ހުރެވެސް އަހައިލިއެވެ. “ކޮންވާހަކައެއްތަ؟ އެަޅެ ބުނެބަލަ” ސައުދު އޭނާ އަޅައިގެންއިން އައިނުގެ މަތިން ބަލަމުން އަހައިލިއެވެ. “ބޭބޭ ކޮން އިރަކުންތޯ އަޅުގަނޑަށް ޓިއުޝަން ނަގަން ޓީޗަރެއް ގެންނާނީ؟” އަލްޔާ މައުސޫމް ގޮތަކަށް އަހައިލިއެވެ. “އަދި ޓީޗަރެއް ނުގެނޭތަ!؟” ސައުދު ހައިރާންވެފައި އަހައިލިއެވެ. ވާނީ އެހެން ނޫން ހެއްޔެވެ. އަފީފާ ބުނި ގޮތުން ވިއްޔާ އަލްޔާއަށް ބަރާބަރަށް ޓިއުޝަން ލިބޭ ވިއްޔާއެވެ. ސައުދު އުޅޭ ބިޒީކަމުން ގޭގައި އުޅެވެނީ މަދު ފަހަރެއްގައިއެވެ. “ލައްބަ އަދިނާދޭ، އަޅުގަނޑު ދައްތަ ކައިރިން ވެސް ވަރަށް ގިނަފަހަރު އަހައިފިން، ދައްތަ ބުނަނީ އަދި ޓީޗަރެއް ނުލިބޭކަމަށް!” އަލްޔާ ތެދުތެދައް ސައުދުއަށް ކިޔާދިނެވެ. ހަގީގަތުގަ އަލްޔާ އެހެން ބުނީކީ މަސްލަހަތު ގޯސް ކުރާކަށް ނޫނެވެ. އޭނާ އެކަމަށް އެދޭ ވަރުން ކެތް ނުވާތީ ބުނީއެވެ. ސައުދު! ސައުދު! އަދިވެސް ނުނިމެނީތަ؟” ސައުދުއަށް އަލްޔާ އާ ރަނގަޅަށް ވާހަކަވެސް ދައްކާ ނުނިމެނީސް އަފީފާ ބޮޑު ކޮޓަރީގައި ހުރެ ގޮވަން ފަށައިފިއެވެ. “ނޫނޭ މިނިމުނީ!، ބޭބެ ތިވާހަކަ ދައްތަޔާ ދައްކާނަން އެންމެ ރަނގަޅެއް ނޫން؟” ސައުދު ކައި ނިމުނީ ކަމަށް ބުނެ ގޮނޑިން ތެދުވަމުން އަލްޔާ ކައިރީގައި ބުނެލިއެވެ. ހަގީގަތުގައި ސައުދު ހީކުރީ މިހާ ދުވަސް ވީމާ އަލްޔާއަށް ޓިއުޝަން ލިބޭކަމަށެވެ. އަފީފާ އޭނާ ކައިރީގައި ދޮގު ހަދާފާނެ ކަމަކަށް އޭނާގެ ހިތަކަށްވެސް ނައަރައެވެ. ސައުދުއަށް އެނގިފަ އޮތް ގޮތުން ވިއްޔާ އަލްޔާ ގެނައީ ކިޔަވައިދީ ރަނގަޅު ގޮތުގައި ގެން ގުޅެންށެވެ. އެއްވެސް ހާލެއްގާ އަފީފާޔާ ބަދޫރާމެންނާ ދެމެދު ދެކެވުނު ވާހަކަޔަކާ ހިނގި މުއާމަލާތެއް ނޭނގެއެވެ. އޭނާއަށް އެނގިފައި އޮތް ގޮތުން ވިއްޔާ އެމީހުންނަކީ ނިކަމެތި ބައެއް ވީމާ އެެފަރާތުގައި އުފެދުނު ގާތް ގުޅުމެއްގެ ސަބަބުން އަލްޔާއަށް ރަނގަޅު ގޮތް ހޯދާ ދޭންވެގެން ގެނައިީއެވެ.

” ސާބަސް ތިވަރައް ތިގޮވަނީ ކިހިނެތް ވީތަ؟ މަ ހުރިހާ އެއްޗެއް ކައިނުލަމޭ” ސައުދު އަފީފާ ކައިރި އިށީންނަމުން މަޖަލަކަށް ބުނެލިއެވެ. “ޕިސް ޕިސް އަޅެ މަނުބުނަމެން ނޫން ތިހެންނެކޭ؟” އަފީފާ ތުން ދަމާލަމުން ބުނެލިއެވެ. “ހެެހެ އަފީ ތި ޓީވީ ހުޅުވައިލަބަލަ ހަބަރު ބަލަން ވާނެއެއްނޫން!” ސައުދު އެހެން ބުނުމުން އަފީފާ ހޫމް އޭ ކިޔާ ޓީވީ ހުޅުވައިލިއެވެ. “ކޮބައިތަ؟ އެ އަލްޔާ؟ އޭނަ ކައިރީގައި ބުނިން ކައިގެން އަވަސް ކުރައްޗޭ އަދިވެސް އޭނާއެއް ނޫއުޅޭ އަވަސް ކުރާކަށް!” އަފީފާ ދެބުމަ ގޮތް ޖަހައިލަމުން ބުނެލިއެވެ. އޭރު އަފީފާ އަލްޔާއޭ ކިޔާ ބާރަށް ގޮވަމުން ދިޔައެވެ. “އަފީ ހަމަ ޖެހިބަލަ، އަދި ވަގުތު ވެސް އެބަ އޮތެއް ނޫން، އެމަންޖެވެސް ކައިގެން ނޫންތަ ދެވޭނީ؟” ސައުދު އަގަޔަށް ކަރަންފުލެއް ލަމުން ބުނެލިއެވެ. “އާނ ތިއީވެސް ދޮގެއް ނޫން، ދެން އޭނަ ނިމެންދެން ހުންނަންތާ މިޖެހުނީ!” އަފީފާ ހަށަން ބަންނަމުން ބުނެލިއެވެ. “މަ އަދި ހަނދާން ނެތިފައޭ މިއިނީ އެމަންޖެގެ ޓިއުޝަން ކަންތައް ކިހިނެތްވަނީ؟ ކުރިއަށް ދޭތަ؟” އަފީފާގެ މޫނަށް ބަލަމުން ސައުދު އަހައިލިއެވެ. ސައުދު ހުރީ އަފީފާގެ މޫނައް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލަންށެވެ. “ޓިއުޝަން ކަންތައް ބަރާބަރު އެކަން ކުރިއަށް ދޭ، ކީއްވެ ތިހެން ތިބުނީ؟!” އަފީފާ ހައިރާން ވެފައި އަހައިލިއެވެ. “ވަކި ކަމެއް ނުވޭ އެކަން އޮންނަ ގޮތެއް ބަލާލީ” ސައުދު ވެސް ގަސްތުގައި ދޮގު ހެދިއެވެ. އެއީ އަފީފާ ވެސް ދޮގު ހެދީތީއެވެ. ހަމަ އެވަގުތު އަލްޔާ އެހެދީ ތެދުކަން ވެސް ސައުދުއަށް ސާފުވިއެވެ. އަދި އެވަގުތުން ފެށިގެން ސައުދުގެ ހިތުގައި އަލްޔާއަށް ޓަކައި ހަމުދަރުދީން ފުރުނެވެ. އަދި އެ ނިކަމެތި އަންހެން ކުއްޖާއަށް އެހެން ގޮތެއް ހޯދައި ދިނުމަށް އަޒުމު ކަނޑައެޅިއެވެ. އަފީފާގެ ގޮތް އެންމެ ރަނގަޅައް އިނގޭނެ އިންސާނަކީ ވެސް ސައުދު ވިއްޔާއެވެ. އެހެން ވީމަ އަފީފާ އެކުއްޖާޔަށް ރަހުމެއް ނުހުންނާނެކަން އޭނާޔަށް މިހާރު ވިސްނިއްޖެއެވެ.

އެވަގުތު އަލްޔާ ކައިނިމިގެން ޖަޔާ އާއެއްކޮށް ތަން ސާފު ކޮއްފަ އައިސް އެތަނަށް ހުއްޓުނެވެ. “ދައްތާ އަޅުގަނޑު ނިމިއްޖެ، ހިނގާ ދާން” އަލްޔާ ހިނި އައިސް ހުރެ ބުނެލިއެވެ. އާ ހެދުން ތަކެއް ލިބޭނެތީ އޭނާ ހުރީ ުވަރަށް އުފަލުންނެވެ. “ހިނގާދާން ލަސް ނުވަނީސް އަންނަން ޖެހޭނެ” އަފީފާ ސޯފައިން ތެދު ވަމުން ބުނެލިއެވެ. އަފީފާޔާ އާލިޔާ ދިޔަަަން ބަލަން ސައުދު ހުރީ ހެވިފައެވެ. ހަގީގަތުގައި ސައުދުގެ ހިތް ވަނީ އެ ނިކަމެތި އަންހެން ކުއްޖާޔަށްޓަކައި ރަހުމުން ފުރިފައެވެ. އަދި އެކުއްޖާގެ ބަދުނަސީބު ކަމާއިމެދު ހިތަށް އަރާ ވަރަށް ދެރަވިއެވެ. އަސްލު އަލްޔާގެ ހާލަތު އިނގޭނަމަ ސައުދުއަށް ހާދަ އަސަރެއް ކުރާނެ ހެއްޔެވެ.

ވިނާން ބަލާ އެއާރޕޯޓަށް ދާން ހަމަ ޖެހިފައި އޮތީ ނުވައެއް ޖަހައި އިރު ކަމުން ސައުދު ހުރީ އޮފީހަށް ނުގޮހެވެ. “އަފީފާ ނުދާނަންދޯ؟ ވަރަށް ކަނޑު ގަދަ ވާނެ، މަ އެކަނި ގޮސްދާނަން އެސޮރު ބަލާ” ސައުދު ނޫސް ކިޔަން ހުރެފައި އަފީފާ ކައިރީގައި ބުނެލިއެވެ. “އާނ ތިގޮތް ވެސް ރަނގަޅުވާނެ ކަނޑު ގަދައިއްޔާ ހޮނޑުނުލައެއް ނުހުރެވޭނެ” އަފީފާ އަނގަ އިތި ކޮއްލަމުން ބުނެލިއެވެ. އަފީފާ އެހެން ކިޔާފައި ތެދު ވެގެން ދިޔައީ އެންމެ ފަހު ވަގުތު ވެސް ވިނާންގެ ކޮޓަރި ހުރީ ރީއްޗައްތޯ ބަލާށެވެ. “އަލްޔާ! އަލްޔާ!” އަފީފާ ވިނާންގެ ކޮޓަރި ދޮރުމަތީ ހުރެ ގޮވަމުން ދިޔައެވެ. “ލައްބަ ދައްތާ!” އަލްޔާ ދުވެފައި މައްޗަށް އަރަމުން ބުނެލިއެވެ. “މިއީ ކިހިނެއް ސާފު ކޮއްފަ ހުރި ތަނެއްތަ؟ ކަލޭމެން ގުއިވެސް ދޮންނަނީ މިހެންދޯ؟ މިތަން ސާފުކުރޭ އަވަހަށް! ކަލޭމެން ކައިރީގައި ކަމެއް ކުރަން ބުންޏަސް ހީވަނީ ޖެއްސުމަށް ކަންތައް ކުރާހެން” އަލްޔާ ނުވެސް ކުރާކަމެއް އޭނާގެ ބޮލުގައި އަޅުވަމުން ހަޅޭއްލަވައިގަތެވެ. ހަގީގަތުގައި އެތަން ސާފު ކުރީ ޖަޔާއެވެ. އެކަމަކު އެކަން ވެސް އެ އެޅުނީ އަލްޔާގެ ބޮލުގައެވެ. ސައުދު ހުރީ އެ ހުރިހާ ކުޅިވަރެއް ބަލައިގެން ނޭނގޭ ކަމައް ހެދިގެންނެވެ. “ކީއްވެތަ މިތަނަކައް އަހަރެން ފޮނުވީ؟ މަންމަމެންނަށް ހަމަ ނޭނގެނީތަ މިހެން ވާނެކެމެއް؟” އަލްޔާ ހިތާހިތާ ވާހަކަ ދައްކަމުން އެތެރެއަށް ވަނދެ އެތަން ސާފުކުރަން ފެށިއެވެ. ސާފު ކުރާތަން ބަަލަންހުރެފައި ތުން ދަމައިފައި ކުދި ކިޔަމުން ނިކުމެގެން ހިނގައްޖެއެވެ. އަފީފާ ދިޔަކަން ޔަގީން ވުމުން އަލްޔާ ދިޔައީ ފަޅައިގެންނެވެ. “އަހަރެންނާދޭތެރޭ އެކަކުވެސް ރަހުމެއް ނެތް މަންމަ ވެސް ބައްޕަވެސް ނުވިތާކަށް މިގޭ މީހުންވެސް، ޝަރާ ބުނީ ހަމަ ތެދެއް އަހަރެންނަށް ހެޔޮ އެދިގެން އެއްވެސް ކަމެއް ނުކުރާނެ ހަމަ ޔަގީން މިއީ މަންމަމެންގެ ރޭވުމެއް އެހެން ނޫންނަމަ މިގޭ މީހުނެއް މިގޮތަކަށް ނަހަދާނެ، އަޅެ އެ މަންމަގެ ހިތުގައި އަހަރެންނަށްޓަކައި ހަމަ އެއްވެސް ރަހުމެއް ނެތީތަ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންނަށް ކޮންކުށެއްތަ ކުރެވުނީ؟” އަލްޔާ އެކަނި ހުރެ އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. އެފަކީރުގެ އެ ހާލު އިވޭނެ އެކަކުވެސް ނެތްކަން އިނގޭ ހާލުއެވެ. އަލްޔާ ހިތް ދިރުވާފައި ކަރުނަ ފޮހެލަމުން ތެދުވެ ފެށީ އަލަމާރި ސާފުކުރާށެވެ. އަލަމާރި ތެރޭ ހުރި އެއްޗެހި ސާފުކުރަމުން ދަނިކޮއް އަލްޔާގެ ލޮލުގައި އަޅާގަތީ އަލަމާރިތެރޭ އޮތް އަލްބަމެކެވެ. ހަމަ އެވަގުތު އަލްޔާ ހިތް ބުނަމުން ދިޔައީ އެބަލާލާށެވެ. އެހަން ކަމުން އަލްޔާ އަރާ ހުރި ގޮނޑިން ފައިބައި އެނދުގައި އިށީނދެ އެ އަލްބަމް ހުޅުވައިލިއެވެ. އެއަލްބަމް ބަލާލުމުން އޭގަ ތިބީ ކޮންބައެއްގެ ފޮޓޯކަން އޭނާއަށް ދޭހަވެއްޖެއެވެ. އޭނާޔަށް ހީވާގޮތުން ވިއްޔާ އެ ފޮޓޯގައި ތިބީ އަފީފާގެ ކުޑަ ކުޑަ އާއިލާގެ ފޮޓޯއެވެ. އެވަގުތު އަލްޔާއަށް އިހުތިޔާރަކާއި ނުލާ އަތްލެވުނީ ގަމީހެއް ނުލާ ތަނަވަސް މޭމަތި ދިތްކޮއްގެން ހުރި ފިރިހެން ވަންތަ ފިރިހެނެއްގެ ފޮޓޯއެވެ. “މީއީބާ އަނެއްކާ ވިނާންއަކީ؟” އަލްޔާ އެފޮޓޯ ގަނޑުގައި ފިރުމައި ލަމުން ބުނެލިއެވެ. އޭރު އަލްޔާގެ ތުންފަތުގައި ވަނީ މަޑުމަޑު ހިނިތުން ވުމެކެވެ. ހަމައެވަގުތު އަލްޔާގެ ބަސް ނާހާ ހިތް ބާރަށް ތެޅިގަތެވެ. “އަދިވެސް ނުނިމެނީތަ؟ އަފީފާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެވަގުތު އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “ނޫން ދައްތާ މިނިމުނީ!” އަލްޔާ ހަމަޖެހެމުން ބުނެލިއެވެ. “ކަލޭ ކޯއްޗެއްތަ ތިބަލަނީ؟ ކަލޭ ކައިރިއަކު ނުބުނޭދޯ؟ މިތަން އެފުތް މިފުށަށް ޖަހައިށެކޭދޯ؟” އަފީފާ ހިތްހަމަ ނުޖެހި ބުނެލިއެވެ. “ދައްތާ އަޅުގަނޑު މިއެއްޗެހީގައި ހިރަފުހުން ހުރީމަ ސާފުކުރަނީ” އަލްޔާ ބިރުން ހުރެ ބުނެލިއެވެ. “އާނ ދެން އަވަސް ކޮއްލައިގެން ނިކުންނަން އުޅޭ، އިރުކޮޅަކުން އެސޮރު އަންނާނެ” އަފީފާ އެހެން ކިޔާފައި ނުކުތީ ބޭރަށެވެ. އޭރު ސައުދުއާ ވިނާން އައިސް ގެއަށް ވަންނަނީއެވެ. ސާފުކޮށް ނިންމާލައިފަ އަލްޔާ ނިކުމެގެން ބަ ދިގެއަށް ދިޔައީ އިސްއުފުލާ ބަލާވެސް ނުލައެވެ. އަލްޔާ ދިޔަތަން ބަލަން ވިނާން ހުރީ ބަލާށެވެ. ބެލޭނެތާއެވެ. ވިނާންއަށް ކުރިނަ އެގެއަކުން އެކުއްޖާއެއް ނުފެނޭ ވިއްޔާއެވެ. އެހެންވީމާ ބެލޭނެ ތާއެވެ. އެހެން ނޫނަސް އަލްޔާއަކީ ބަލާލޮލަށް ހުތުރު ކުއްޖެއް ނޫން ވިއްޔާއެވެ. އެހެން ވީމާ ރީތި ކުއްޖަކަށް ބެލޭނެތާއެވެ. އެތަން ފެނި އަފީފާ ހުރީ ރުޅިއައިސް އަލްޔާއާ ދިމާލަށް ކަޅި އަޅައިގެންނެވެ. “ދަރިފުޅު ވަރަށް ވަރުބަލި ވެފަދޯ ތިހިރީ؟، އަފީފާ ހީލަމުން އަހައިލިއެވެ. “އާނ ވަރުބަލިވާނެއެއްނޫން، އެތައްއިރަކު ފްލައި ކޮއްފަ ވިއްޔާ މިއައީ!” ވިނާން ހީލަމުން ބުނެލިއެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އަގެއްނެތްލޯބި 7 ވަނަ ބައި

Next

02:30 ނަވާރަވަނަ ބައި

Next
September 3, 2017

02:30 ނަވާރަވަނަ ބައި

Previews
September 2, 2017

އަގެއްނެތްލޯބި 7 ވަނަ ބައި

37 Comments!

  1. Mai says:
    September 2, 2017 at 9:40 pm

    Reethi☺

    1. Adam says:
      September 2, 2017 at 9:43 pm

      Thanks mai

  2. Adam says:
    September 2, 2017 at 9:42 pm

    Ummeedhu kuran mi part ves kamu dhaane kamah

  3. Pis pis says:
    September 2, 2017 at 9:44 pm

    Hahahaha… kobaa.. dhn dww.. nethin ehchekey bunaakah foohi foohi..

    1. Ram says:
      September 2, 2017 at 9:48 pm

      Foohiveyoa.. thiyeh neyge.. knme part eh kiyaafa comment kuraairu.. haha.. ajaibu foohi viyya kiyan jeheytha.. v lol veyy foohi veyey kiyaafa vaahaka kiyaafa adhi comment vx kuraatheee… heheh…

    2. Adam says:
      September 2, 2017 at 9:48 pm

      Assu thikahala comment kureema happy vey komme gotheh viyas ey libey hiyvareh foohi viyas vaahaka kiyaanaa so happy

    3. Adam says:
      September 2, 2017 at 9:50 pm

      Hehe ram ram foohi veytha lol

    4. Ram says:
      September 2, 2017 at 9:51 pm

      Nowayss adam..

  4. Ram says:
    September 2, 2017 at 9:49 pm

    Storyy hama habeyss adamm ??

    1. Adam says:
      September 2, 2017 at 9:53 pm

      Hehe ram adhi story ga twist that hunaane inthizaaru kuraathi

    2. Ram says:
      September 2, 2017 at 9:54 pm

      Yess i will…

    3. Adam says:
      September 2, 2017 at 9:54 pm

      Hehe thanks ram

  5. Mysh says:
    September 2, 2017 at 10:08 pm

    Wowww…mihaaru mi stwry maa interesting vehje..part akah fahu prt eh maa rythi vefa shauguverikan bodu..karam aai alya nugulhey..vinan aai alya gulhuvadhehchey??

    1. Adam says:
      September 2, 2017 at 10:16 pm

      Thanks mysh hingaa balamaa dhw

  6. Aliya says:
    September 2, 2017 at 11:05 pm

    V hadi story eh mi vahaka huttalan feney

  7. Al says:
    September 2, 2017 at 11:19 pm

    V v reethi. This is one of my favorite…

    1. Adam says:
      September 2, 2017 at 11:27 pm

      Thanks Al??

  8. Uthuri araiganey dhen says:
    September 3, 2017 at 12:16 am

    Lol weyoa ?? and story reechakas meehun kiyaa ehchis ah nubeliyas thankolheh dhigu koh genes dheyn wehje ehnu ? Hama bunely.

    1. Adam says:
      September 3, 2017 at 2:14 am

      Thanks insha Allah next part dhigu kohlaanan

  9. khajja says:
    September 3, 2017 at 12:54 am

    Wow masha allsh?? adhikiriyaa mistry ge furihama kan fennan e ulheny? Vinaanves emme fahun loabivaany alyaa dheke dhw nt bad e 2 myhunnah suport dheyn hunnaany vinaange dad wow wow just wow??? eyrun vinaan ge mom hunnaany abadhu highper vefa lol hehe stry mihaaru v habeys ingey Adam gud nyt ly n eid mubaarak ??❤❤???

    1. khajja says:
      September 3, 2017 at 12:56 am

      Whn nxt prt avaskolladhechchey plx plx plx

    2. Adam says:
      September 3, 2017 at 2:16 am

      Thanks hajja varah miss vefa hihtaa this comment kohlee heekuree nuves kiyaamah insha maadhan nooney reyge up kuraanan varah happy vehjje habareh veema??

  10. khajja says:
    September 3, 2017 at 12:57 am

    Whn nxt prt avaskolladhechchey plx plx plx

    1. Adam says:
      September 3, 2017 at 2:18 am

      Eid Mubarak

  11. ❤Zeileen❤ says:
    September 3, 2017 at 3:59 am

    Don’t do this to alya she’s inoccent?. Story is awesome.. I love it❤

    1. ❤Zeileen❤ says:
      September 3, 2017 at 4:04 am

      Before the golden sun rise let me decorate each of the rays, with wishes of success , prosperous and happiness for u nd ur family….
      ❤EID MUBARAK ADAM❤

  12. nux says:
    September 3, 2017 at 4:50 am

    v reethi mi partvess well done dr ????????????stroy kuiyah gendhaa goeh v furihama ???? next part avass kohlahchey ??????

    1. Adam says:
      September 3, 2017 at 11:24 am

      Thanks nux

  13. aloo says:
    September 3, 2017 at 8:25 am

    love the story…….hama ahbeys..bunan othiy thigothugaa kuriyah dhaashey

    1. Adam says:
      September 3, 2017 at 11:23 am

      Thanks aloo

  14. Shaina says:
    September 3, 2017 at 8:39 am

    Wow… mi part ves vrh reethiii. Waiting for next part

    1. Adam says:
      September 3, 2017 at 11:11 am

      Thanks shaina

  15. Shaina says:
    September 3, 2017 at 8:46 am

    Adam kon rasheh tha? Mihen mi ehy mi storyga dhemyhaku dhahkaa vaahaka eh ga konme jumla eh nimry iruga ‘nun’ jahan vaa thanthaanga ‘noon’ innnaathy. Vrh alhaiganey kiyaa iru ethan thaanga. Misaalakah ” dhahtha aa thivaahaka dhahkaanan. Enme rangalheh noon” vedhaane thi rashu meehun vaahaka dhahkaa goi kamah ves. Ekam ves Story vrh reethi

    1. Adam says:
      September 3, 2017 at 11:03 am

      Nun akaa noon akaa vaki thafaathehe nuhurey noon jeheema jumla furihama veykanneyge dhw

  16. naayaa says:
    September 4, 2017 at 12:28 pm

    Vr reethi. 🙂 ekm thankolheh lase kanneynge vaahaka genes dheyle. 🙁

    1. samha says:
      September 4, 2017 at 12:42 pm

      Yaa dhw vaahaka vr Salhi Ekamu vaahaka maa kuruvefa upload kuraale lahii dhw.

    2. Adam says:
      September 4, 2017 at 4:39 pm

      Ya dhw assu Eid veema MAA buxy ehenve lahun up kurevenee maadhama in feshigen komme dhuvahaku up kuraanan and dhigukoh

Comments are closed.

Next Episodeޢެދެމޭ އުފާ….(6)←


All Right Reserved!