އެވަގުތު އެންމެން ކަންބޮޑުވާގޮތްވިއެވެ. ބަލްޚާ ނަގައިގަނެގެން ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. ސަކީނާ ހިޝާންއަށް ގުޅުމުން ދެތިން މިނެޓްތެރޭ އޭނާ ގެއަށް އަތުވެއްޖެއެވެ. ބަލްޚާގެ އަތުގެ ވިންދު ބަލައިލުމަށްފަހު ހިޝާންގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބަލްޚާގެ ބަދުނަސީބުގެ ފެށުންކަމުގައިވި ހިތާމައަށްވެސް ނިމުންއައީއެވެ. ބަލްޚާއަށްޓަކައި ހިޝާން އުފާކުރިއެވެ. ވާނުވާ ނޭނގިފައި އިނީ ސަކީނާއެވެ. އެހެންމީހުން ބަދިގެ ފަރާތަށް ފޮނުވާލުމަށްފަހު ބަލްޚާގެ ގާތުގައި އިނީ ސަކީނާއެވެ. “ކޮންގްރެޗްލޭޝަންސް…. ޔޫ އާ ޕްރެގްނެންޓް!” އެވަގުތު ހޭވެރިކަން ވަމުންދިޔަ ބަލްޚާގެ ބޮލުގައި ފިރުމާލަމުން އުފަލުން ހިޝާން ބުނެލިއެވެ. ހިޝާން ބުނީ ކީކޭކަން އެނގުމުން ސަކީނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މި ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ އުޅޭ ނޫޅޭގޮތް އެނގިވެސް ނުލައި މި ދެ ޒުވާނުންގެ ދެމެދު އެހާނުބައި ގުޅުމެއް ހިންގާލީ ހެއްޔެވެ؟ މިއީ އޭނާ އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއްވެސް ނޫނެވެ. ފެންނަ ފެނުމަށް މި ދެ ކުދިންނަކީވެސް އަޚްލާޤު ރަނގަޅު ދެކުދިންނެވެ. ލިބުނު އުފާވެރި ޚަބަރުން ބުނަންވީ ކީކޭކަން ނޭނގި އަނގަމަތީ އަތް އަޅާލައިގެން ބަލްޚާ އިނެވެ. މާތް ރަސްކަލާނގެ ހުރިހާ އުފަލެއް އެއްފަހަރާ ގެނެސް އޭނާގެ އުނގު ފަޅުވާލަދިނުމުން އެކަލާންގެ އަށް ޝުކުރުވެރިވާ ޙާލުގައެވެ. އެވަގުތުު ޖައިޝްގެ މަތިން ހަނދާންވުމުން އެ ޚަބަރު ޖައިޝްއަށް ދޭނެ ގޮތަކާމެދު އޭނާ ވިސްނާލިއެވެ. ” ކައިވެނިވެސް ނުކޮށް ތިހާ ބޮޑުކަމެއް……..” އެއްފަހަރު ހިޝާންގެ މޫނަށް، އަނެއްފަހަރު ބަލްޚާގެ މޫނަށް ބަލާލަމުން އެހެން ނުބުނެ ސަކީނާއަކަށް ކެތެއްނުވިއެވެ. ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކަށް އޭނާ އިންތިހާއަށް ނަފުރަތުކުރެއެވެ. ސަކީނާ ކަންބޮޑުވެފައިވާ ވަރު ފެނުމުން ބަލްޚާއާއި ހިޝާންގެ ގާތަށްވެސް ހިނިއައެވެ. މި އޮއްހާ ދުވަހު ސިއްރުކޮށްފައިވާ ހުރިހާކަމެއް ސަކީނާއަށް ބުނެދޭންވީ ވަގުތު ޖެހުނީކަން ބަލްޚާއަށް އެނގުނެވެ. މަޑުމަޑުން ތެދުވެ އިށީނދެލަމުން، ހަޔާތުގެ ސަފްހާތަށް މަޑުމަޑުން ސަކީނާގެ ކުރިމަތީ ހުޅުވާލައި، އޭނާ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކުރަންފެށިއެވެ. މަންމަ އެޑްރިއެއްލާގެ ދިރިއުޅުމާ ހަމައިންނެވެ. ޖައިޝްއާ ބައްދަލުވެ އެގުޅުން ކައިވެންޏަކާ ހަމައަށް ދާންޖެހުނު ކުއްލި ގޮތެވެ. ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލޭބަލްވެ ދިރިއުޅުން ވިހަ އަކަށް ބަދަލުވި ގޮތެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި އެންމެ ބޭނުންވި ދުވަހު، ނޭނގުމެއްގެ ތެރޭގައިވިޔަސް އެ ޒިންމާތަކުން ފިރިމީހާ ވީއްލިގަތްގޮތެވެ. ދެވަނަ ކައިވެންޏަކަށް ތައްޔާރުވެ ބަލްޚާ އެދިރިއުޅުމުން ނެރެލުމަށް އެ އަންހެން ކުއްޖާ ދިން ދަޢުވަތެވެ. އެވާހަކަތައް ކިޔައި ދެމުން ދިޔައިރު ބަލްޚާގެ ދެލޮލުން ފާއްދަމުންދިޔަ ކަރުނަތަށް މުތީތަކެއްފަދައިން އެ ދޮން ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ކުރިންސުރެ ބަލްޚާއާ ގާތްގުޅުމެއް އޮތްނަމަވެސް، ހަގީގަތުގައި ބަލްޚާގެ ނޭނގޭ އެތަށް ކަމެއް ބަލްޚާ ދެއްކި ވާހަކަތަކުން ހިޝާން އަށް އެނގިގެން ދިޔައެވެ. ދިިރިއުޅުމުގައި ކުރިމަތިވެފައިވާ އެހުރިހާ ކަމަކަށް ކެތްތެރިވެ، ކެރިގެން އެކަންކަމާ ބަލްޚާ ކުރިމަތިލީތީ، ބަލްޚާއާ މެދު ހިޝަންއަށް ފަޚުރުވެރިވެވުބެވެ. ކެތްތެރިކަމަކީ ހަގީގީ އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް ޚާއްޞަ ސިފައެއް ކަމުގައި ހިޝާން ދެކެއެވެ. ބަލްޚާ ދެއްކި ވާހަކަތަކުން ސަކީނާއަށް ފުން އަސަރެއް ކުރިއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާވެސް، ގޮސް ގުޅިފައިވަނީ އެކަހަލަ ފިރިއެއްގެ ފަރުވާ ކުޑަކަމާއި ބޭވަފާތެރިކަމާއެވެ. “ހިޝާން އަހަރެން ބޭނުން މިޚަބަރު ޖައިޝްއަށް ދޭން… ޖައިޝްގެ ގާތަށް ދާން ބޭނުން…..” ހިޝާންގެ އަތުގައި މަޑުމަޑުން ހިފާލަމުން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ބަލްޚާ ބުނެލިއެވެ. “އަ…އަހަރެން ދާން ބޭނުން. އެކަމަކު މި ދުވަސްކޮޅު މަރުކަޒުގަ ނެތް އިތުރު ޑޮކްޓަރެއްވެސް….. އެކަމަކު ބަލްޚާ ޖެހޭނެ ކޮންމެހެންވެސް ދާން… މާލެގޮސް ސްކޭނެއްވެސް ހެދޭނީ…..” ހިޝާން، ދާން ބޭނުންވިޔަސް މިވަގުތު އޭނާއަށް ދެވެން ނެތުމުން އޭނާ ދެރަވިއެވެ. ބަލްޚާއަށްޓަކައި އެވަރުގެ ކަމެއްވެސް ކޮށްދޭން އޭނާ ނުކުޅެދުނީތީއެވެ. “ސަކީނާއްތަ މިހުރީނު… ހަމަ ހުސްހަށި ބަޔަށް ހުންނަ މީހެއް ސަކީނާއްތައަކީ… ތިވަރުގެ ކަމެއް ނުވާންވީ ކީއްވެ؟ މިހާރު ޗުއްޓީވެސް ނަގަންވެފަ މިހިރީވެސް…” ބަލްޚާގެ ބުރަކަށީގައި ފިރުމާލަމުން ސަކީނާ ބުނެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ރާޅުތަކުން ރެކެމުން ފެރީ ކުރިއަށް ދުވަމުންދެއެވެ. މާލޭގެ މަލަމަތި ފެންނަން ފެށުމުން ބަލްޚާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. މި އުފާވެރި ޚަބަރު ދިނުމުން ޖައިޝް ވާނެ އުފަލާއި، އޭނާއާމެދު ކަންތައްކުރާނެ ގޮތުގެ ޚިޔާލުތަކުން ހިތް ފުރެމުން ދިޔައެވެ. ދުވަސްކޮޅަކަށްފަހު މާލެ އެރުމުން، ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑާއި ދުއްވާއެއްޗެހީގެ […]
އަހަރެން ބޭނުންވީ ރޯލާށެވެ. އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. އަހަރެން ބާރަށް ދުވެފަ ގޮސް ހުއްޓުނީ އަތިރިމަތީގަ އޮތް ރުއް ބުޑެއްގެ މަތީގައެވެ. ކަންދިމާ ކުރިގޮތުން އެވަގުތު އަތިރި މަތީގައި އެއްވެސް މީހަކު ނެތެވެ. މަގު ހެދިފަހުން ހަވީރު އެންމެންވެސް ބަލާނީ އެމަގުގައި އާއިލާ އާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލެވޭތޯ އެވެ. އެއްބަޔަކު ކާރުގައި އާއިލާ ގޮވައިގެން އުޅޭއިރު އަނެއްބަޔަކު އުޅޭނީ ސައިކަލުގައެވެ. އާއިލާއާއި އެކު ލިންކުރޯޑުގައި ހިނގާލައި ފޮޓޯ ނަގާ މީހުންވެސް މަދެއް ނޫނެވެ. […]
“ކުޑަތުއްތޫ! ކުޑަތުއްތޫ!” ޔޫސުބުގެ ހަރު އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއިރު އަހަރެން އޮތީ އަތިރިމަތީގައިހުރި ރުކެއްގައި ރާބާލާށެވެ. ފަތިހު ހޭލެވުންލެއް ލަސްކަމުން މިއަދު ވީވަރެވެ. “އޯތް ޔޫސުބާ! ފުރޭތައެއް އެރީތަ ހާދަ ބާރަކަށް ތިހިރަގެން ގޮވަނީ؟” އަހަރެންވެސް އަޑުގެކޮޅަށް ގޮވާލީ އޮތްލެއް މަތިކަމުން ޔޫސުބަށް އަޑުނީވިދާނެކަމަށެވެ. “ނޫނޭ ނޫނޭ! ނިކަން އަވަހަށް ފައިބަބަލަ. މަ މިހާރު ކަލޯ ހޯދަން ހާދަ ވަރަކަށް ދުއްވައިފީމޭ! އޮޑިހަރުގެއަށްވެސް ހިނގައްޖައިން. މަ ފަތިސްނަމާދުން ފައިބައިގެން ރަށްވަށާޖަހާލާފައި ގެއަށް އައިތަނާ މަގޯތި […]
އަތިރިމަތީގައި ޚިޔާލުތަކަށް ގެއްލިފައި އިން އަޝްފާން ސިހުނީ ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުންނެވެ. އޭނާ އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ވައިގަދަ ވުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް އުދުހެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް އައިސް ގޮނޑުދޮށަށް މުގުރަމުން ދިޔައެވެ. މުޅި އުޑުމަތި އޮތީ ކަޅުކޮށްލާފައެވެ. ކުއްލިއަކަށް މޫސުން އެހާ ގޯސްވެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިއެވެ. ޔުމްނާގެ ފޮތް ސްކޫލް ދަބަހަށް ލަމުން އޭނާ އެއްގަމަށް އަރަން އެނބުރެލީ ވާރޭ ބޯކުރުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. […]
ގޭގެ ދޮރު ހުޅުވުނު އަޑާއެކު ސޯފާގައި ޓީވީ ބަލަން އިން ލޫނާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ލާމިހް އެތެރެއަށް ވަންނަނީއެވެ. ލޫނާ ކައިރިން ލައިފައި ހިނގައިގަތް ލާމިހް އަށް އެތާ އިތުރު މީހެއް އިންހެންވެސް ހީނުވާކަހަލައެވެ. ކޮޓަރީ ތަޅުގައި ހިފާލުމާއެކު ލޫނާ ގޮވާލި އަޑު އިވުނެވެ. ލާމިހް ފަހަތަށް ބަލާލިނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެވެ. “މަންމަ ބުނި ލާމީ ބޭރަށޭ ދިޔައީ..ބޭރުން ކައިގެން ދޯތިޔައީ..” ލޫނާ އަހާލިއެވެ. ލާމިހް ބަނޑުހައިވެފައި ހުއްޓަސް ކާހިތެއް ނުވިއެވެ. […]
“ބޯކޮށް ވާރޭވެހި ވިދާ ގުގުރާއިރު ބޭރުގަ މިއުޅެނީ ކާކުބާ؟ މިރަށުމީހެއްބާ އެއީ!!! ކޮންތާކަށް ކީއްކުރަންދާ މީހެއްބާ؟.. ވެދާނެ މިރަށު އުޅޭ ޕާޓޭ ގުރޫޕްގެ މީހަކަށް ވެސް” ޖަވާބުނެތް ސުވާލުތަކެއް ނިސާދުގެ ހިތުގައި އުފެދިގެން ދިޔައިރުގަ، ދޭހާ އަތްވަކަށް، ވެހޭހާ ވާރޭއަކަށް ބެލުމެއްނެތި މަގުތަކުގައި ގިނަވެގެން އުޅޭ ބައެއްގެ ތެރެން މީހެކޭވެސް ނިސާދުގެ ހިތަށް އެރިއެވެ. ނިސާދުމެންގެ ޖެހިގެންހުރިގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ހުރީ އަދާފައެވެ. މަގުގެ އަނެއްފަރާތުގައި ހުރީގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ބަދަލުކުރިތާ […]
ކުއްލިއަކަށް ފަސް އެނބުރި އަތުގައި ހުރި ބާރެއްލާފައި އެމީހާގެ ނޭފަތް މަތީގައި ބަލްޚާ އެތިފަހަރެއް ޖަހައިފިއެވެ. “އައްދިއްޔޯއި! ބަލްޚާ މީ މަށޭ… ހިޝާން” ނޭފަތް މަތީ އަތް އަޅަމުން ހިޝާން އެހެން ބުނިއިރުވެސް އޭނާއަށް ތަދުވެފައިވާވަރު ބަލްޚާއަށް އިހްސާސްވިއެވެ. “ސޮރީ… އަހަރެން ހީކުރީ…..” ހިޝާންގެ އަތުގައި ހިފައި ނޭފަތަށް ގެއްލުމެއްވަފައިވޭތޯ ބަލަމުން ބާލްޚާ ބުނެލިއެވެ. ހިޝާންގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭއައިސް ވާރެއާއެކު ލޭތަށް ދޮވެވި ތުންފަތުން ތިރިއަށް ފައިބައިފައި ހުރިތަން ފެނުމުން ބަލްޚާ ހާސްވިއެވެ. “އިޓްސް […]
ފުރަތަމަބައި އާދައިގެެ މަތިން މިއަދުވެސް އަހަރެންގެ މަސައްކަތްތައް ނިންމާފަ އަހަރެން ދިޔައީ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އަހަރެންނަކީ ދިރިއުޅުމުގަ އެތައް ފޮނި ހުވަފެންތަކެއް ދުށް މީހަކީމެވެ. އުމުރުން އެންމެ 18 އަހަރުގެ ކުއްޖަކީމެވެ.ކުއްލިއަކަށް އަހަރެން ސިހުނީ ތުއްތު ތުއްތު ކުުއްޖަކު މަންމާއޭ ކިޔާ ގޮވާލުމުންްނެވެ.ބޭއިޚްތިޔާރުގައި ފަހަތް ބަަލާލެވުނެވެ.އަދި ލޮލުން ހޯސްލާފައި ކަރުނަ އަންނަށް ފެށިއެވެ.އެކުއްޖާ ގޮވާލީ އެކުއްޖާގެ މަންމަ އަށެވެ. އަހަރެން ހިތަށް އެރިއެވެ.އަަހަރެންގެ ދަރިފުޅު ހުރިނަމަ އެކުއްޖާވެސް މިއަދު އަހަންނަށް ގޮވާލާނެއެވެ.ނަމަވެސް ކުރާނެކަމެއް ނެތެވެ. އެކުއްޖާވަނީ […]
” ދަރިފުޅު ވަރަށް ވަރުބަލިދޯ؟” އަފީފާ ހީލަމުން ބުނެލިއެވެ. “އާނ ވަރު ބަލި ވާނެންނުުން، އެތައް އިރަކު ފުލައިކޮއްފަ ވިއްޔާމިއައީ” ވިނާން ހީލަމުން ބުނެލިއެވެ. “ހެހެ ދަރިފުޅުދޭ އަވަހަށް ފެން ވަރައިގެން އަންނަން ދަރިފުޅު އަންނަންދެން މަންމަމެން ވެސް މިތިބީ ސައި ނުބޮއެ، ވަރަށް ބަނޑުހައި ވެއްޖެ!” އަފީފާ ބަނޑުގައިއަތް ހާކަމުން ބުނެލިއެވެ. “އޯކޭ މަންމާ، އަޅުގަނޑު މިއަންނަނީ ވަރަށް އަވަސް ކޮއްލައިގެން، މަންމަމެން ބަނޑުހައި ވިޔަކަ ނުދޭނަން!” ވިނާން އެހެން ބުނެފަ އޭނާގެ ލަގެޖު ހިފައިގެން […]