ލަސްލަހުން އެސްފިޔަތަށް ތަޅުވާލަމުން ނައިނާ އެ ދެލޯ ހުޅުވާލިއެވެ. ހުޅުވާލިއިރު އޭނާއަށް ފެނުނީ ހިކި ދޮން ވެލިގަނޑުމަތީ ވަރަށް ބޮޑުކޮށް “އައި ލަވް ޔޫ” ޖަހާފައި އިން ތަނެވެ. ނައިނާ ކޮއްޅަށް ހުރީ ހިތުގެ ބައްޓަމަށް ކުރަހާފައި އިންތާއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ފަހަތުގައި ހުރި އައިޒަން އަށް ބަލައިލިއެވެ. އައިޒަން ކުޑަކޮށް ހިތްއަވަސްވެފައި ހުއްޓެއްކަމަކު ބޯ ޖަހާލީ ޔަޤީންކުރާށޭ ބުނާފަދަ ގޮތަކަށެވެ. “އައި ލަވް ޔޫ ނޭނާ..!! ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަކަށް ނޭނގެ ނޭނާ […]
ބާރުބާރަށް ސިޑިން އަރައިގެން އައި އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ. މަޑުމަޑުން އިސްއުފުލައި އޭނާ ބަލާލި ވަގުތު އެމޫނުމަތީގައިވާ ރުޅިވެރިކަން މަޑުމަޑުން ފޭދިގެން ދިޔައެވެ. “އަރޫ..” އާރިކްއަށް މަޑުމަޑުން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވާލެވުނެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެންކުއްޖާ އާރިކްގެ ގައިގައި އޮޅުލައިގަތް ވަގުތު އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. “ދޮންބޭ.. އައި މިސްޑް ޔޫ..” އާރިކްގެ ގައިން ދޫކޮށްލަމުން އަރޫޝާ ބުނެލިއެވެ. “އައި މިސްޑް ޔޫ […]
ބަނދިގޭގެ ހުރިހާ މަސައްކަތެއް ހެން ނިމިފައި ހުރުމާއިއެކު އަލްޔާވެސް ދިޔައީ ކުޑަކޮށް ޖައްސާލާނަމޭ ހިތާ އޭނަގެ ކޮޓަރިއެށެވެ. ރޭނގަ މާލަހުން ނިދުނީތީ އަލްޔާ ހުރީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާފައެވެ. އެހެން ކަމުން ހަމަ ޖެހިލާފަ އެނދުގައި އޮށޯވެވުނުތަނާ އަފީފާ ފުރޭތައެއްހެން މޫނު ހަދައިގެން އައިސް ކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ. އަލްޔާ އޮތީ ބިރުން އޮތްތަނުން ތެދުވާން ވެސް ނޭނގިފައެވެ. “އާޗާ! ރީތި އެދަކާ އަރާމު ގޮނދަޑިއަކާ ލިބުނީމަ ހާދަ އޮއްތާ ހިތްވެޔޭދޯ؟ އެހެން ނޫންވާނީ ހުވަފެނެއްގައިވެސް […]
” ރޭދުވާ ތަކުރާރު ވަމުން ގޮސް މިއަދު އެރި އިރުވެސް އޮއްސެނީއެވެ. އެއާއެކު އަނިދިރިކަމުގެ ސާލެއް އުދަރެސް މައްޗަށް ވެރިކުރުވަމުން ދެއެވެ. ރަތްވިލާތަކުން އުދުމަތީގައި ނަލަ ތަސްވީރެއް ކުރަހަމުން ދެއެވެ. އުޑުމަތި ބަނަ ދުވަހެއް ނަމަވެސް ޖެހޭ ހިތްގައިމު ވައިރޯޅިތަކުން މޭ ފުރިގެން ދެއެވެ. މެންދުރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖައްވުގައި ތާޒާކަން އެކުލެވިގެންވެއެވެ. ގަސްތަކަށް އާރޯކަން ގެނެސްދީފިއެވެ. މިފަދަ ހިތްގައިމު ދުވަސްތައް އައުމުން އަހަރެންގެ ހަނދާނަށް އަންނަނީ ރަށުގައި އުޅުނު އުފާވެރި ދުވަސްތަކެވެ. އެދުވަސްތައް […]
ޑރ. ލަތީފް ބުނި އެއްޗަކުން ހިނދުކޮޅެއްގެ ހިމޭންކަމަކާއެކު، ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ބަލްޚާއަށް ހުރެވުނެވެ. އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި އޭނާގެ ސިކުނޑި ހައްޔަރުވި ފަދައެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ޠައްޔިބު ނިޔާވެގެން ސަހަރާއަށް ގެންދިޔަ ދުވަހު އޭނާވެސް އެތަނުގައި ހުރިވިއްޔާއެވެ. އެކަމަކު އެދުވަހު ކަންދިމާކުރިގޮތުން އޭނާއަށް ޠައްޔިބުގެ މޫނު ފެންނަވަރެއް ނުވިއެވެ. “ތިއީ ހަމަ ތެދެއްތަ؟” އެ ގަބޫލުކުރަންދަތި ހަގީގަތާމެދު ހިތާއި ސިކުނޑި އަރާރުންވާން ފެށުމުން ބަލްޚާ އެހިއެވެ. “ޖައިޝް ނުބުނޭތަ ބަލްޚާ ކައިރީ؟!!” ބުނެވުނީ […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދިރޭ އެއްޗެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. މުޅިމާޙައުލަށް ފެތުރިފައިވަނީ ތެތްފިނިކަމެވެ. އުޑުމަތި ބައްދަމުން އައި ބޯކަޅުވިލާތައް ރޭގަނޑުގެ ރާނީއެއް ކަމަށްވާ ހަނދާއި އޭގެ ބައިވެރިންގެ އަލިކަން ފަނޑުކުރަމުން ދިޔައެވެ. އިރެއް އިރަކަށް ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ދޭތެރެ ދޭތެރެއިން ލޯ ތަރަތަރަ ޖަހައިގެންދާވަރަށް ވިދާލުމަށްފަހު އިވިގެންދާ ބާރު ގުގުރީގެ ސަބަބުން މާޙައުލުގެ ހަމަހިމޭންކަން ނަގައިލާން މަސައްކަތްކުރާ ކަހަލައެވެ. މިއިން ކަމަކަށް އެއްވެސް ޝައުގެއްނެތި ގޮނޑުދޮށުގައި ކިޔާން އިށީނދެލައިގެން އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. […]
ޝިއުރީ ވަރަށް ވާހަކަ ދެއްކުމުން މިޝަލް ހަމައަކަށް އެޅުނެވެ. އަދި ޝިއުރީ ދެއްކި ވާހަކަ ޤަބޫލުކުރުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލުމަށްފަހު، ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. “އަހަންނަށް ކޮން ޚަބަރެއް ދޭންވެފައި އޮތީ….؟؟؟؟” މިޝްޔާގެ އަޑަށް ޝިއުރީއާއި މިޝަލް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. މިޝްޔާއަށް ބަލަހައްޓައިގެން ދެކުދިންނަށް ތިބެވުނީ އެ ސުވާލުގެ ޖަވާބުދޭން ނުކެރި ފަސްޖެހިފައެވެ. ______________________________ އަޔާނީއާއި ޔަލްވީގެ އެހީގައި މިޝްޔާ ކޮޅަށްހުރިއިރު ވަރުދެރަވެގެން ގޮސް އޭނާ ހުރީ އެލިފައެވެ. ރުއިމުގެ ސަބަބުން […]
” ކޮބާތަ އެނިސާދު. ތަނަކަށް ދިޔަސް އަވަހަކަށް އަންނާކަށް ނޭންގޭނެ. ވަރަށް ފޫހިވޭ. މިހާރު ބަނޑުހައިވެގެން ހަލާކުވާވަރު ވެއްޖެ” ރުޅިއައިސްގެން އިނދެ ހަނާ އެއްޗެހި ކިޔަމުން ދިޔައެވެ. “ހަނާ…” ރުޅިގަދަވެފައިން ހަނާއަށް މީހަކު ގޮވާލުމުން ދޮރާދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީ ޒިޔާދު ހުއްޓެވެ. އޭނާގެ މޫނުމަތީގައި ލާނެއްހިނިތުންވުމެއް ހުއްޓެވެ. “ދެންތިވަރަށް ރުޅިނާދެބަލަ” ދޮރުކަނީގައި ލެގިލަމުން ޒިޔާދު ބުނެލިއެވެ. “އަހަރެން ކޮންކަމަކާ ރުޅިއަށްނަންވީ. ކީއްވެ ދޮރުމަތީ ތިހުންނަނީ. އެތެރެއަށް ވަދެބަލަ” ހަނާ ހިނިތުންވެލަމުން ބުނެލިއެވެ. “އާނ… ރުޅިއެއްވާ ނާދޭ. […]
އާދުވަހަކަށް އިރުއަރައިގެން އައި އިރުގަ ރަށުގެ ގިންނަހިސާބު ވަނީ އެފުއްމިފުށަށް ޖެހިފައެވެ. ވިލާގަނޑުގަ ޖެހުނު ގަދަވައިގެ ސަބަބުން ބައެއްގޭގެ ފުރާޅު ޓިނުތައްވެސް އުކާލާފަވާ އިރުގަ، ބައެއްގަސްރުއް ވަނީ މުލުންލުހެވިފައެވެ. ރަށުތެރެއަށް ވަނީ ކަނޑުންނެގި ބިޔަރާޅުތައް އަރާފައެވެ. ނިސާދު އޮފީސް ނިއްމާލާފަ ދިޔައީ ޒިޔާދު ކައިރިއަށެވެ. ރޭގަ ވާރޭގެ ތެރޭގަ ޒިޔާދު އުޅުމުން އިރުއެރި އިރުގައޮތީ ހުންއައިސްފައެވެ. ބައެއްފަހަރު ހޮޑުވެސް ލައެވެ. “ޒިޔާ ކިހިނެއްވެފަ ތިއޮތީ” ޒިޔާދު އޮތްގޮތުން ނިސާދު އަހާލިއެވެ. ޒިޔާދު އޮތީ މުޅިބެޑުސީޓް ގައިގައި އަޅައިގެން […]