Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (ވިހި ވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 7, 2017 2 Mins Read
19 Comments

ޑރ. ލަތީފް ބުނި އެއްޗަކުން ހިނދުކޮޅެއްގެ ހިމޭންކަމަކާއެކު، ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ބަލްޚާއަށް ހުރެވުނެވެ. އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި އޭނާގެ ސިކުނޑި ހައްޔަރުވި ފަދައެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ޠައްޔިބު ނިޔާވެގެން ސަހަރާއަށް ގެންދިޔަ ދުވަހު އޭނާވެސް އެތަނުގައި ހުރިވިއްޔާއެވެ. އެކަމަކު އެދުވަހު ކަންދިމާކުރިގޮތުން އޭނާއަށް ޠައްޔިބުގެ މޫނު ފެންނަވަރެއް ނުވިއެވެ.

“ތިއީ ހަމަ ތެދެއްތަ؟” އެ ގަބޫލުކުރަންދަތި ހަގީގަތާމެދު ހިތާއި ސިކުނޑި އަރާރުންވާން ފެށުމުން ބަލްޚާ އެހިއެވެ.

“ޖައިޝް ނުބުނޭތަ ބަލްޚާ ކައިރީ؟!!” ބުނެވުނީ ބުނަންނުވާ ކަހަލަ އެއްޗެއް ކަން އެނގުމުން ޑރ. ލަތީފް ވެސް އެންމެ ފަހުން އެހިއެވެ. ޖައިޝްވަނީ ޠައްޔިބު ދުނިޔޭގައި އޮތްކަންް އެއްވެސް މީޙަކަށް ނުއެންގުމަށް ބުނެފައެވެ. ނަމަވެސް ބަލްޚާއަށް އެކަން ނޭނގި އޮވެދާނެކަމަށް ފަހަރެއްގައިވެސް ޑރ. ލަތީފު ހިއެއް ނުކުރެއެވެ. ނަމަވެސް އެހަގީގަތް އޭނާއަށް އެވަނީ ހާމަކުރެވިފައެވެ. ދެން ހަދަންވީ ގޮތަކާމެދު ވިސްނުމުގެ ބަދަލުގައި، ޠައްޔިބުއަށް ވީގޮތް ބަލްޚައަށް ބުނެދިނުމަކުން ވާނެ އެއްވެސް ގޯހެއް ނެތްކަން ޑރ.ލަތީފްއަށްވެސް އެނގެއެވެ. އަނެއްކޮޅުން ޖައިޝްގެ އުޅުމަށް އައިސްފައިވާ ބަދަލުވެސް ޑރ.ލަތީފަށް ވަނީ ފާހަގަ ކުރެވިފައެވެ. ޠައްޔިބުއަށް އެހީތެރިވެދީ އުޅެވޭ ވަރަށްވުރެ ޖައިޝްގެ ފަރުވާކުޑަކަމާއި ކަންކަމާއި އަޅާލުން ކުޑަވެފައިވާ މިންވަރު ޑރ.ލަތީފަށް ފާހަގަ ކުރެވިފައިވާތާ ދުވަސް ކޮޅެއްވެއްޖެއެވެ. އެހެންކަމުން، ޠައްޔިބުގެ ހަގީގަތް ބަލްޚާއަށް އެނގިފައި އޮތުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޑރ. ލަތީފުއަށް ފެނުނެވެ. ކަންވީގޮތް ކިޔައިދީ ނިމުމުން ބަލްޚާ އަށް ހިތް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ހިތާމައިގެ މައްޗަށް މި ފަދަ ބޮޑު އުފަލެއް ލިބުމުން، އޭނާގެ ވަށައިގެންވާ ހުރިހާ ހިތާމައެއް ހަނދާންނެތުނުފަދައެވެ. ޑރ. ލަތީފުއާއެކު ސަކީނާ ގޮވައިގެން ޠައްޔިބު ބާއްވާފައި އޮތް ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޑެޓޯލްގެ ވަހުން ނޭފަތް އެއްވަސް ވުމުން ބަލްޚާ މޭ ނުބައި ކުރާގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ގޮސް ޠާއްޔިބުގެ ކުރި މައްޗަށްވާގޮތަށް ހުއްޓި “ބައްޕާ” އޭ ކިޔާ ގޮވާލައިފިއެވެ. ބަލްޚާގެ އަޑު ޠައްޔިބުއަށް އިވެމުންދިޔައީ ބަރުކޮށް ލަސްލަހުންނެވެ. ހުވަފެނުގެ ދެބަ ދޭތެރޭގައި އޮންނައިރު، އެއްބައި ހޭލެވި އަނެއްބައި ނިދިފައިވާ މީހަކު ފަދައިންނެވެ.

ބަލްޚާގެ ފަހަތުން ލަސް ފިޔަވަޅުތަކެއްގައި ސަކީނާވެސް އެތަނަށް އައިސް ހުއްޓިލިއެވެ. ބަލި އެނދުގައި ކަޅި މައްޗަށް ހުއްޓާލައިގެން ހަރަކާތެއްނެތިފައި އޮތް އިންސާނާ ފެނުމާއެކު ސަކީނާގެ ދެފައި ބިމަށް ހަރުލިފަދައެވެ. ހަރަކާތެއްނެތި ގަނޑުވެފައި އޭނާއަށް ހުރެވުނީއެވެ. ހަށިގަނޑު ރޫރޫ އަޅައިގަނެ، ދެފައިން ވާގި ދޫވާހެން ހީވުމުން އޭނާ ބަލްޚާގެ ގައިގައި ހިފެހެއްޓިއެވެ. ކުރިމަތީގައި އެއޮތީ އެމީހަކަށްޓަކައި އޭނާގެ ޒުވާންކަން ވަގުފު ކޮށްދިން ހަޔާތުގެ ބައިވެރިޔާގެ ނިމި ދިޔުމުގެ ސިއްރެވެ. ބޭވަފާތެރި އެކުވެރިއެކެވެ. އުފަލުން އާރޯކުރި ރީތި ދިރިއުޅުމެއް ފަނާކޮށްލި މޭސްތިރިޔާއެވެ. ޠައްޔިބު ފެނި ސަކީނާއަށް ވަމުންދިޔަގޮތް ފެނުމުން ބަލްޚާ ހުރީ ހައިރާން ކަމެއްގައެވެ. ސަކީނާގެ މޫނު މަތިންފެނުނު އަސަރުތަކުން ޠައްޔިބުއާއި ސަކީނާއާ ދޭތެރޭ ކޮންމެވެސް ގުޅުމެއް ވާކަން ބަލްޚާ ދެނެގަތެވެ.

“ސަކީނާއްތަ، ބައްޕަ ދަންނަންތަ؟” އެ ކޮޓަރީގެ އެއްފަރާތެއްގައި އިން ހަނި ސޯފާގައި ސަކީނާ ބައިންދަމުން ބަލްޚާ އެހިއެވެ. ސަކީނާގެ ދެލޮލުގައި ހިފަހައްޓާފައި ހުރި ކަރުނަތައް އިޚްތިޔާރެއްނެތި އޮހިގަތީ އެވަގުތުއެވެ.

*******

އެއީ މީގެ ސާޅީހަކަށް އަހަރު ކުރިއެވެ. މިހާރު މިދެކޭ ތަރައްގީ އާއި ތަމައްދުނުގެ ކުލަތަކާ ދުރުގައި ސާދާ ދިރިއުޅުމެއް މާލޭގެ ރައްވެހިން ދިރިއުޅުނު ދުވަސްވަރެވެ. ބޮޑު ފުރޮޅުލީ ބައިސްކަލްތައް މަގުތަކުގައި ރަސްކަން ކުރި ދުވަސްވަރެވެ. ހަސީނާއަކީ ރަށްފުށުން ކިޔަވަން މާލެއަރާ ހުރި ނޫކަށިފުރާގެ ޒުވާނެކެވެ. ނަމެއްގައި ކިޔަވަން އައިސް ހުއްޓަކަސް ކުރަންޖެހުނީ ގުލާނު މަސައްކަތެވެ. ދުވަސްވަރަކީ ޓެކްނޮލޮޖީއާއި ދުރުން މީހުން އުފަންވެ ބޮޑުވަމުންދިޔަ ޒަމާން ކަމަށްވާތީ، ސަކީނާގެ ހާލަތު ބަލަދުވެރިންނަށް ބުނެދެވޭނެ ގޮތެއްވެސް ނޯވެއެވެ. ސިޓީއަކުން އޭނާގެ ހާލަތު ބަޔާންކޮށްދިނަސް ސަކީނާގެ ހާލަތާމެދު އެމީހުން އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ޅަ ޢުމުރުގައި މައިންބަފައިން ނިޔާވެ، ޔަތީމްވެ، މިސްކީނުވެފައިވާ ސަކީނާގެ ލޭގެ ގުޅުން ހުރި މީހަކަށްހުރީ ބައްޕަ ފަރާތު ބޮޑު ބޭބެއެކެވެ. ބޮޑުބޭބެގެ އަންހެނުން ސަކީނާއަކަށް ރަނގަޅެއްނޫނެވެ. ލިބޭ ޗުއްޓީ އެއްގައިވެސް ރަށަށް ދާނެ ފުރުސަތެއްނެތި މިނިވަންކަން ގެއްލި ކޮއްޓެއްގައި ބަންދުވެފައިވާ ރީތި ދޫންޏެއްހެން ސަކީނާގެ ދުވަސްތައް ގުނަމުންދިޔައެވެ. ދިހަ ބާރަ ދަރިން ހިމެނޭ އެއާއިލާގެ ހުރިހާ ކަމެއް ބަލަހައްޓާ ވަރަށްވުރެ ސަކީނާ ޅަޔަސް ކުރާނެކަމެއްނެތެވެ. އެގެއަށްވަދެ ނުކުމެވާ ފިރިހެނުންގެ ދުއްތުރާ ތަކާއި، ގޯނާތައް ރެއެއް ދުވާލެއް ބެލުމެއްނެތި ސަކީނާއަށް ކުރިމަތި ކުރުވަމުންދިޔައެވެ. އެކަންކަމުން ސަލާމަތްވުމަށް މާތް ރަސްކަލާނގެ ކިބަ ފުޅަށް ކުރެވޭ ދުޢާ ފިޔަވާ އިތުރު އެއްވެސް ހަތިރާޔެއް ސަކީނާއަކަށް ލިބިފައެއް ނުވެއެވެ.

ވާރޭވެހި މަގުތަކުގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެމުން، ކޮންމެ އަތަކުން ފެން ހުސްކުރި ހުދު ހަމެއް ހިފައިގެން ސަކީނާ މިސްރާބު ޖަހާފައިހުރީ ފެން އިސްކުރު ބަރިއާ ދިމާއަށެވެ. ރޭވެހުނު ވާރޭގެ ސަބަބުން ފަނުން ބިއްގަނޑު ޖަހައިގެން ހަދާފައިވާ ގިފިލިތައް ހާމައަށް ފެންނަން ހުރި އިރު ފެނާއެކުވެ ހަނޑަސްބުރިތަކުން ދުވާ ނުބައި ވަހުން ނޯއްދަމާލަން ނުކެރޭ ވަރަށް ބައެއް ހިސާބުތަކުގެ ވަސް ގޯސްވެފައިވެއެވެ.  ދެއަތް ހޫރަމުން ޅަބާޅަ ހިނގުމެއްގައިގޮސް ސަކީނާ ގޯޅިއަޅާލުމާއެކު، އުދުހިލާފައި އައިސް ބިންމައްޗަށް ޖެހުނު ކަހަލަ އިހުސާސެއްވެގެން ބަލާލިއިރު، ބައިސްކަލެއްގެ ދަށުވެފައި އޮތް ޒުވާން ފުރާވަރުގެ ސޮރެއް މަގު މެދަށް ވެއްޓިފައި އޮތެވެ.

“ތަން ކޮޅެއް ބަލައިގެން އުޅެބަލަ…” ލައިގެން ހުރި އަޅިކުލައިގެ ފައިކުރި ފުޅާ ފަޓުލޫނާއި ބޮޑު ގިރުވާންއެޅި މުށި ކުލައިގެ ގަމީހުން ވެލިފޮޅަމުން ތެދުވެ ޒުވާނާ އެހެން ބުނެލީ ސަކީނާއާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރެއެވެ.

” ތިޔަ ހެން ބުނެވިދާނެ މަށަށްވެސް….” ދެބުމަ ގޮއްޖަހާލައި ތުން އަނބުރާލަމުން ކަކުލުން މައްޗަށް ހިއްލިފައިވާ އަންނައެތި ނިކަން އަވަސް އަވަހަށް އެއްވަރުކޮށްލަމުން ސަކީނާވެސް ރައްދުދިނެވެ. އެހިނދު އެ ޒުވާނާ ލާނެތް ފާޑަކަށް ހެވިފައި ހުރެ ކަޅި ޖަހާނުލައި ސަކީނާގެ ދޮން ފަޔަށް ބަލަމުން ދިޔައެވެ. ޒުވާނާއާ ހަތަރު ކަޅި ހަމަވުމާއެކު ސަކީނާ ގަތީ އަމަށަކު ލަދެއް ނޫނެވެ. ސަކީނާގެ މި އަދާ ފުރަތަމަ ފަހަރުން ޒުވާނާގެ ހިތް ގަތުރުކޮށްލި ފަދައެވެ. ހިތަށް އެރިއެވެ. މިއީވާ ރީތި މަންޖެއެކެވެ.

” މަށަށް ކިޔަނީ ރަޝީދު… މަންޖެއަށް ކިޔަނީ ކޮންނަމެއްތަ؟” ސަކީނާގެ ފުރަތަމަ ފެނިލުމަކީ ވަކިވުން ކަމުގައި ނުވުމަށް ރަޝީދު އެދުނެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމުގައިވާނެ އަންހެން ކުއްޖަކީ މިއީ ކަމުގައި ރަޝީދު ހުރީ ނިންމައިގެންނެވެ.

“ސަކީނާ…” ރަޝީދު އަކީ ނުބައި މީހެއް ވައްތަރު ނުޖަހާތީއާއި، ނަންބުނެލުމަކުން ގޯހެއް ނެތްކަން އެނގޭތީ، ސަކީނާ ނަން ބުނެލުމަށްފަހު، ކުރިއަށް ހިނގައިގަތެވެ.

“އަދި މަޑު ކޮއްބަލަ… ކޮން ގެއަކުތަ އުޅެނީ؟….” ސަކީނާ ތަންކޮޅެއް ދުރަށް ދިއުމުން ކުއްލިއަކަށް ކަމެއް ހަނދާންވިހެން ރަޝީދު އެހިއެވެ.

” އުޅޭނެ ތަނެއް ހޯދާނެކަމެއްނެތް… ފެންނަން ބޭނުމިއްޔާ އަމިއްލަ އަށް ހޯދާ….” ފަސް އެނބުރި ބަލާލުމަށްފަހު އެހެން ގޮވާލަމުން ހިނގައި ގަންނަމުނން އަލުން އެނބުރި ބަލާވެސް ނުލައި ސަކީނާ އެދާ ތަނަކަށްގޮސް ގެއްލިއްޖެއެވެ.

އެވަގުތު އަތުކުރީ ގަޑިއަށް ބަލާލަމުން ބައިސްކަލު ނަގައިގެން ދާން ހިނގައިގަތުމަށް ފަހުގަވެސް، ރަޝީދު އެނބުރި ސަކީނާއަށް ބަލާލުމަށް ދެ ފިކުރެއްގައި ހުރެ ސަކީނާގެ ތަންކޮޅެއް ދުރުން ފަސް ފަހަތުން ބައިސްކަލަށް އަރައި ދުއްވާލައިފިއެވެ. އެދުވަހު ރަޝީދު ގެއަށް ދިޔައީ ސަކީނާ އުޅޭގެއާއި، ވަނަ ވަރު ހިސާބު ގަނޑު މީހުން ކައިރީ އަހައި އޮޅުން ފިލުވުމަށްފަހުއެވެ. ރަޝީދުއަކީ މާލޭގެ ވަރަށް އާދައިގެ ޚާންދާނަކަށް ނިސްބަތްވާ އެޚާންދާނުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކާތިބު ކަމުގެ ސަނަދު ނަގައިގެން އޮފީހެއްގެ ކާތިބެއްގެ ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު ޒުވާނެކެވެ.

“އިންނަން ކަމުދާ ކަހަލަ އަންހެން ކުއްޖަކާ ދިމާވެއްޖެ…..” ކޮލު ދަތްތައް ފެންނަވަރަށް ހީލައިގެން އިނދެ ރަޝީދު ވާހަކަ ދައްކަމުން ދިޔައީ، އޭނާގެ މިތުރު ޠައްޔިބާއެވެ. ޠައްޔިބަކީ އެ އޮފީހުގެ ޕިޔޯނެވެ. ވަޒީފާގެ ގޮތުން ރަޝީދަކީ ޠައްޔިބުގެ ވެރިމީހާއަށްވިޔަސް ވެރިއަކާ މުވައްޒަފަކާ ދެމެދު އޮންނަ ގުޅުމަކަށްވުރެ، އެދެމެދުގައި އިސް ވެފައިވަނީ ރަހުމަތްތެރިކަމެވެ. އެވަގުތު ރަޝީދު ލޮލުގައި ފިޔަޖަހަމުން ދިޔަ އުފާވެރިކަން، ދިރިއުޅުމުގެ އެ ދަތުރާ ކުރިމަތިލާން ރަޝީދު ތައްޔާރުވެފައިވާ މިންވަރަށް ހެކިދެމުން ދިޔައެވެ.

“ތިކަމާ ދެން އުޅެން ވީނު….” ރަޝީދަށް ބަލާލުމަށްފަހު ހީލަމުން ޠައްޔިބުވެސް ބުނެލިއެވެ.

ރެއަކީ ހަނދުވަރު ތޫނު މޫސުން ރީތި ރެއެކެވެ. އުޑުގައި އެތުރިލާފައިވާ ތަރިތަކުގެ މެދުގައި އިނދެ ހަނދު ރަނިކަން ކުރަމުން ދަނީއެވެ. ރޭގަނޑުގެ ލަސްވަގުތެއް ކަމުން ގޭގޭގެ ދޮރުން ބޭރަށް ނުކުމެފައިވާ ފުޅި ބައްތީގެ އަލި ފިޔަވައި އިތުރު އަލިކަމެއް ނެތުމުން ހަނދުވަރުގެ އަލިކަން ހުރަހެއްނެތި ފާޅުވަމުންދިޔައެވެ. އަތުން ފިޔާތޮށި ފިނިފެންމަލެއް ހިފައިގެން، ހުރެ އިރު އިރުކޮޅުން އަތުކުރީ ގަޑިއަށް ބަލާލުމަށް ފަހު ސަކީނާ އުޅޭ ގޭގެ ދޮރާ ދިމާލަށް ބަލަ ބަލާ ހުރި ރަޝީދުގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ފެނި، ނިކަން ހެވިފައި ޠައްޔިބު ހުއްޓެވެ.  ރަޝީދުއާއި ސަކީނާގެ ކަނދުފައްޗަކަށްވީ ޠައްޔިބެވެ. އަދި ސަކީނާ އޭނާއަށް ނުފެނުނު ކަމުގައިވިޔަސް،މިރޭގެ މި ބައްދަލުވުން ހަމަޖައްސައި ދިނީވެސް ޠައްޔިބެވެ.  ޠާއްޔިބު ހުރީ ރަޝީދު ދެ ލޯނޭދި އެދިގެން މިއުޅޭ އަންހެންކުއްޖ ދެކިލާ ހިތުންނެވެ. ފުރަތަމަ ނަޒަރުން ރަޝީދު މި އަންހެން ކުއްޖަކާ ހެދި މި ވަރު އެވީ ގައިމު އެކުއްޖެއްގެ ކިބައިގައި އެފަދަ ޖާދުވީ ބާރެއް ހުރީމަތާއެވެ. ގަޑީގެ ކަށި ހިނގަމުން ދިޔަވަރަކަށް ރަޝީދުގެ ބޭގަރާރުވަމުންދިޔަ ހިތުގެ ހާލަތު ޠައްޔިބު ގާތުން ވަޒަން ކުރަމުން ދިޔައެވެ. އެހެން އެތަނުގައި އިރުގަނޑެއްގައި ތިބިފަހުން، ސަކީނާ އުޅޭ ގޭގެ ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ.

ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން އެއަންނަ ފަތްމިންޏެއްފަދަ އެރީތި ޒުވާނާ ފެނި ޠައްޔިބުވެސް އާޝޯޚްވެއްޖެއެވެ. އެހާ ފުރިހަމަ އަންހެން ކުއްޖެއް މިއިން ދުވަހަކު އޭނާ ނުދެކެއެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ތުނި ހަށިގަނޑެކެވެ. އެ އަނދިރީގެ ތެރެއިންވެސް ދިއްލިފައިވާ ނޫރެއްފަދައިން އެ ދޮންމޫނު ފާޅުވަމުން ދިޔައެވެ. ލުއި ހިނިތުންވުމެއްގައި ހުރިއިރު ދެކޮލުން ފާޅުވެފައި އެވާ އަޑިކޮޅުން އެހިނިތުންވުމުގެ އަސަރު ގަދަކޮށްދީފައިވެއެވެ. ކަޅު ދިހުންކުލަ އަރާ ދިގު އިސްތަށިގަނޑު މެދުންފަޅައި އޮމާންކޮށް ފަހަތަށް ވައްޓަލާފައިވާއިރު، ލައިގެންހުރި ގަދަ ރަތްކުލައިގެ ގަޔަށްބާރު މިޑީއާއި ފައިކުރި ފުޅާ ހަރުވާޅުން އޭނާ ގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ.

” ވަރަށް ފުރިހަމަ….” އެމީހުންނާ ދިމާލަށް ލަދުރަކި ހިނގުމެއްގައި ލަސްލަހުން ހިނގަމުންއައި ސަކީނާއަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން ރަޝީދުގެ ކޮޑުގައި އުޅާނބޮށި އަޅުވާލައި އޭނާގެ ކަންފަތް ދޮށުގައި އެހެން ބުނެލަމުން ޠާއްޔިބު ފަސް އެނބުރި ހިނގައިގަތެވެ. އެނބުރި ސަކީނާއަށް ރަނގަޅަށް ބަލާލަމުންނެވެ.

********

” ބައްޕާ… ” ސަކީނާ ކުއްލިއަކަށް ސިހުނީ ބަލްޚާ ނިކަން ބާރަށް އެހެން ގޮވާލުމަށްފަހު ޠައްޔިބު ބާއްވާފައިވާ އެނދުކައިރިއަށް ދިއުމުންނެވެ. އެވަގުތު ލަސް ހަރަކާތްތަކެއްގައި ދެލޯ ހުޅުވާލައިގެން އޮތް ޠައްޔިބުގެ ނަޒަރު ހުއްޓިފައިވަނީ ސަކީނާއަށެވެ. ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.ހަތަރު އަހަރަށްވުރެ ގިނަދުވަހު ދިގު “ނިންޖެއްގައި” އޮވެ ހޭވެރިކަން ވުމުން އޭނާގެ ގުނަވަންތައް ހުއްޓުމަކަށް އައިސްފައިވާކަހަލައެވެ.

“ޠާއްޔިބު… އަދި އެހަށް އަރާމް ކުރައްވާ…ދެން މަޑު މަޑުން ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ.” ޠައްޔިބު ވާހަކަ ދެއްކޭތޯ މަސައްކަތްކޮށްކޮށް ވަރުބަލިވުމުން، އެންމެ ފަހުން ޑރ. ލަތީފްއަށް ނުހުރެވިގެން ބުނެލިއެވެ. އެވަގުތު އުފާވެރިކަމުގެ ޢީދެއް އައިހެން ޠައްޔިބުގެ ޚިދުމަތުގައި ހޮސްޕިޓަލުގެ ރަނގަޅުހެން ހީވާ ޑޮކްޓަރުން ހާޒިރުވެއްޖެއެވެ. ޑރ. ލަތީފް ޖައިޝްއަށް ގުޅައި މި އުފާވެރި ޚަބަރު ވަގުތުން ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

އަބަދުގެ އަބަދަށް (ފުރަތަމަ ބައި)

Next

ލޯބިން ހިނިތުންވެލާށޭ 1

Next
September 7, 2017

ލޯބިން ހިނިތުންވެލާށޭ 1

Previews
September 7, 2017

އަބަދުގެ އަބަދަށް (ފުރަތަމަ ބައި)

19 Comments!

  1. Anonymous says:
    September 7, 2017 at 6:05 pm

    me first dhw

    1. Rau says:
      September 7, 2017 at 6:09 pm

      hehehe… yes u r… ???

    2. Anonymous says:
      September 7, 2017 at 6:17 pm

      mi part ves v reethi. konirakun next part

  2. Aashaa says:
    September 7, 2017 at 6:14 pm

    Haadha kurey

  3. Rau says:
    September 7, 2017 at 6:24 pm

    Assalaam Alaikum all…
    Thank you all for reading this story… it’s truly an honor for me to write this story for someone who really appreciates me… ??? n here is 20th part of the story. I hope you guys will enjoy reading this stories. I love reading and replying your comments… so please do comment for me.. hahhaha…. ???
    and here is my fb page link:
    https://web.facebook.com/Rrauha?_rdc=1&_rdr

    Be the first person who like my page… ??

  4. im says:
    September 7, 2017 at 6:33 pm

    v reethi next part kon irakun if possible mire up kodheeba

    1. Rau says:
      September 7, 2017 at 6:56 pm

      so sorry dear… yagyn koh bunaakah neynge up vaane kameh. ekm maadhamaa kommeves gadieh ga up kohdheynan ingey… ??

  5. Lam says:
    September 7, 2017 at 6:36 pm

    Vv salhi..keep it up??

    1. Rau says:
      September 7, 2017 at 6:57 pm

      thank you dear… ???

  6. Mysh says:
    September 7, 2017 at 7:10 pm

    Rau kon rashehtha?

    1. Rau says:
      September 7, 2017 at 9:20 pm

      hehe… rah nubunan rashuge nan nuliye einy.. so dear let it be.. ??

  7. Hafeez says:
    September 7, 2017 at 7:53 pm

    Varah bodu history eh vess oiyy vaahaka eh thaa dhow mee so interesting. Kihinehbaa dhen vaanee. Waiting for next.

    1. Rau says:
      September 7, 2017 at 9:28 pm

      heheh… hafeez because of that history everything changed,,, mi storyge turning point akee aslu sakeena ge life… so keep waiting ??

  8. ihoo says:
    September 7, 2017 at 8:03 pm

    v reethi mihaaru vaahaka midhaagoih v thafaathu konme part eh ves v surprising . rau keep it up dear ??????

    1. Rau says:
      September 7, 2017 at 9:29 pm

      thank u so much dear ??????

  9. Aki says:
    September 7, 2017 at 11:41 pm

    Rau dhooni??? varah reethi mi part ves.. next part avahah up kohla dhey thi ???

    1. Rau says:
      September 8, 2017 at 11:05 am

      ki nw krn fonvifin ingey 😀

  10. Dhaleyka says:
    September 8, 2017 at 10:05 am

    Story v nice…adhi alah mi comment kohlee….sakeena n Rasheed ge son hen hyvany jaish aky…. V interesting story eh mi…avahah up kohladhehchey ingey rau….

    1. Rau says:
      September 8, 2017 at 11:07 am

      thank u dear…

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)←


All Right Reserved!