އަގެއްނެތްލޯބި 10 ވަނަ ބައި
އާދުވަހަކަށް އިރުއަރައިގެން އައި އިރުގަ ރަށުގެ ގިންނަހިސާބު ވަނީ އެފުއްމިފުށަށް ޖެހިފައެވެ. ވިލާގަނޑުގަ ޖެހުނު ގަދަވައިގެ ސަބަބުން ބައެއްގޭގެ ފުރާޅު ޓިނުތައްވެސް އުކާލާފަވާ އިރުގަ، ބައެއްގަސްރުއް ވަނީ މުލުންލުހެވިފައެވެ. ރަށުތެރެއަށް ވަނީ ކަނޑުންނެގި ބިޔަރާޅުތައް އަރާފައެވެ. ނިސާދު އޮފީސް ނިއްމާލާފަ ދިޔައީ ޒިޔާދު ކައިރިއަށެވެ. ރޭގަ ވާރޭގެ ތެރޭގަ ޒިޔާދު އުޅުމުން އިރުއެރި އިރުގައޮތީ ހުންއައިސްފައެވެ. ބައެއްފަހަރު ހޮޑުވެސް ލައެވެ. “ޒިޔާ ކިހިނެއްވެފަ ތިއޮތީ” ޒިޔާދު އޮތްގޮތުން ނިސާދު އަހާލިއެވެ. ޒިޔާދު އޮތީ މުޅިބެޑުސީޓް ގައިގައި އަޅައިގެން ކުރުގެޅިގެންނެވެ. ނިސާދުގެ އަޑަށް ބަލިގޮތަކަށް ޒިޔާދު ބަލާލިއެވެ. ބެޑުސީޓް މަތިން ޒިޔާދުގެ ފައިގައި އަތްއަޅާލިއެވެ. ހަމައެވަގުތު ނިސާދު ޒިޔާދުގެ މޫނަށް ބަލާލިއެވެ. ޒިޔާދުގެ ލޮލުން ފެންފައިބަމުން ދެއެވެ. އެހިނދު ތައްޓަކަށް ފެންއަޅައިގެން ކުޑަރުމާލެއް ހިފައިގެން އަނީސާއައިސް ޒިޔާދުގެ ކޮޓަރިއަށް ވަނެވެ. “ކޮންއިރަކު ނިސާދުއައީ” ނިސާދުފެނުމުން އަނީސާ އަހާލިއެވެ. “ހަމަ ދެންމެ މިއައީ. ކީއްވެ މިވަރު ވީއިރުގަ އަހަރެން ކައިރީ ދައްތަ ނުބުނީ” ނިސާދު އަނީސާ ކުރެން އަހާލިއެވެ. “ދައްތަ ބުނަންވެގެން އުޅުނިން. ޒިޔާދު އެކަންމަނާކުރީ. މަރުކަޒަށް ދިޔުމަށް ދައްތަ އާދޭސް ކުރިން. އެކަމަކު ޒިޔާދު ނުދިޔަ” ރުމާ ފެނުން ތެއްމާލުމަށްފަހު ޒިޔާދުގެ ނިއްކުރިމަތީ އަޅަމުން އަނީސާ ބުންޏެވެ. “ކީއްވެތަ ޒިޔާ ކުޑަކުއްޖެއްހެން ތިއުޅެނީ. ބަލިވީމަ ފަރުވާ ހޯދަންޖެހޭނެ. ޒިޔާ ތިޔަހެން ކަންތައްކުރީމަ މަންމަ ކިހާދެރަވާނެތަ؟؟؟ މިއަދު ޒިޔާ ނޫންއެހެން މީހަކު މަންމަ ބަލަންހުރީއެއްނޫން. މަންމަ ބުނީމަ ބުނާގޮތް ހަދަންވާނެއްނު” ނިސާދުގެ ވާހަކަތަކުން އަނީސާގެ ދެލޯފެންކަޅިވިއެވެ. “ޒިޔާ ބޭސް ކައިގެންތަ އެއޮތީ” ނިސާދު ސުވާލުކޮށްލިއެވެ. “ބޭސްކާނީ ކާއެއްޗެއް ކައިގެންނު. ދައްތަ ކާންބުނީމަ ވެސް ނުކެވޭނެއޭ ކިޔާފަ ނުކައި އެއޮތީ” ލޮލުން ފައިބަމުން ދިޔަކަރުނަތައް އަނީސާ ފުހެލަމުން ބުނެލިއެވެ.” އެކަމަކު ޒިޔާ!!! ދެންތީ ބޮޑުވަރު. ދައްތަ ދޭ ޒިޔާ ކާނެއެއްޗެއް ގެންނަށް” ނިސާދު އަނީސާގާތުގައި ބުންޏެވެ. ޒިޔާދު ބަހެއްވެސް ބުނެނުލާ އޮތެވެ. ނުބުނަށްވެގެނެއްނޫނެވެ. ބުނާނެހާ ހިތްވަރުނެތިގެންނެވެ. އަނީސާ ނޫޑުލިސް ކޮޅެއްހަދައިގެން ގެނައެވެ. ޒިޔާދު ވަރަށްމަސައްކަތުން ކެއެވެ. ނިސާދު އިނީމަ ދެކޮޅުހަދަން ނުކެރިންނެވެ. “ރޭގަ ޒިޔާ ކޮންތާކަށްތަ ދިޔައީ” ޒިޔާދު ކެއުމުން ތަށި ހިފައިގެން އަނީސާ ދިޔުމުން ނިސާދު ޒިޔާދު ކުރެން އަހާލިއެވެ. “ސަހަރާއަށް” ޖެހިލުމެއްނެތި ނިސާދުގެ ސުވާލަށް ޒިޔާދު ޖަވާބުދިނެވެ. “ކީކޭ….. ސަހަރާއަށޭ!!!!! ” ޒިޔާދުގެ އެޖަވާބުން ނިސާދުއަށް ލިބުނީ ސިހުމެކެވެ.” އެކީއްކުރަން ސަހަރާއަށް ދިޔައީ. ކޮންއެއްޗެއް ހޯދަންވެގެން” ނިސާދު އަހާލިއެވެ. “އަހަރެން ރީސާގެ މަހާނަކައިރިއަށް ދިޔައީ” ޒިޔާދު ބުންޏެވެ. “ދެންކީއްވެ ގައިގައި ދޮންވެލިހުރީ” ނިސާދު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. “މަހާނަކައިރިއަށް ދިޔަތަނާ ވިދާލާފަ ގުގުރާލި ވަގުތު އަހަރެން ސިހިގެންގޮސް ވެއްޓުނީ މަހާނަމައްޗަށް. ދެން އަހަރެން ތެދުވެ މަހާނައިގެ ވެލިގަނޑު ރީތި ކުރީ. އެހެންވެ ގައިގަ ވެލި ހުރީ. މިހާރު އެގިއްޖެ އަހަރެންނަށް ރީސާ ދެކެވެވުނީ އެއްވެސް އަގެއްނެތްލޯތްބެއްކަން. އެ ލޯބީގާ އަގެއްހުރިނަމަ އަހަރެންގެ ހުށައެޅުމާ ދެކޮޅެއްނުހެދީސް” ޒިޔާދު ބުންޏެވެ. “އަނެއްކާ ޒިޔާ ފެށީދޯ. އަހަރެން ބުނީމެއްނު ތަގުދީރުގަ އެހެންވާންއޮތީމައޭ އެހެންވީ. ކަމެއްވާއިރަށް ތިހެންނުކިޔާބަލަ” ނިސާދު ބުންޏެވެ. “އަހަރެން ޒިޔާ ގޮވައިގެން އައިރުގޭގެ ދޮރުހުރީ އެތެރެއިން ތަޅުލާފަ. ކިހިނެއް ޒިޔާ ބޭރަށް ނިކުތީ” ނިސާދު އަހާލިއެވެ. އެވަގުތު ޒިޔާދު ބަލާލީ ކުޑަ ދޮރާ ދިމާލަށެވެ. ޒިޔާދުގެ އެބަލާލުމުން ނިސާދުއަށް ޖަވާބު ލިބުނެވެ. ޒިޔާދު ރީސާދެކެ ލޯބިވަނީ ކިހާވަރަކަށްކަން ނިސާދުއަށް އެގިއްޖެއެވެ. ރީސާ ޒިޔާދުއަށް ލިބުންނަމަ ދުވަހަކުވެސް ރީސާ ދޫކޮށްނުލާނެކަން ކަށަވަރެވެ. އެކަމަކު ރީސާ ޒިޔާދުއާ މާދުރަށް ގޮސްފިއެވެ. ދެންއެބުރި އައުމެއްނެތް ގޮތުގައެވެ.
ހަފުތާއެއްފަހެވެ. ޒިޔާދުގެ މޫނުމަތީގެ ކުލަވަރު ރަނގަޅުވަމުންދެއެވެ. ވަޒީފާއަށް ވެސް ދެއެވެ. އެކަމަކު އޮފީސްތެރެއަށް ވަނީމަ ޒިޔާދުގެ ހަލަބޮލިކަން ހަމަހިމޭން ކަމަށް ބަދަލު ވެއެވެ. ރީސާ ވެސް އުޅުނީ އެއޮފީހުގަ ކަމަށްވާތީއެވެ. ޒިޔާދު މަސައްކަތް ކުރަމުން ދިޔައީ އޮފީހުގަ އިނަސް އެކަމާ ނުވިސްނާ އުޅުމަށެވެ. ރީސާގެ ހަނދާން ކުރުމަކުން ފައިދާއެއް ނުވާނެކަންއެގޭތީއެވެ. “ދައްތާ ޒިޔާ ކޮބާ” ގޭތެރޭގަ އިން އަނީސާކުރެން ނިސާދު އަހާލިއެވެ. “ކޮޓަރީގަ. ކިހިނެއްވީ” އަނީސާ އަހާލިއެވެ. ނިސާދު ކޮޓަރިއަށް ވަތްއިރު ޒިޔާދު އޮތީ އެދުގައި ބަންޑުން އޮށޯވެގެންނެވެ. “އޭ ޒިޔާ ކިހިނެއްވެފާ ތިއޮތީ” އެދުގައި އަށީންނަމުން ނިސާދު އަހާލިއެވެ. “އަހަރެންނަށް ކަމެއްވެއްޖެތަ” ޒިޔާދު ބުނެލިއެވެ. “އާނ ހީވަނީ ކޮންމެވެސް ކަމެއްވެއްޖެހެން. އަޅެބުނެބަލަ.” ނިސާދު ބުނެލިއެވެ. “އެއްކަލަ ނިސާދު އަހަރެން މިއޮތީކަމެއްވެފައެއް ނޫނޭ” ޒިޔާދު ވާހަކަ ދައްކަމުންދިޔައީ ބަންޑުން އޮވެގެންނެވެ. ނިސާދުއަށް ފެންނަނީ އޭނާގެ ބުރަކައްޓެވެ. “އެއްމެރަނގަޅޭ ނުބުންޏަސް. އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން” ނިސާދު ބުންޏެވެ. “އެހެންތަ. ދެންބުނަންވީނުދޯ” އުޑުތިލަމަތިން ޖެހިލަމުން ޒިޔާދު ކިޔަންއޮތް ވާހަކަ ފޮތް މޭމަތީ ބާއްވާލަމުން ބުނެލިއެވެ. ޒިޔާދު އޮތީ ވާހަކަ ފޮތެއް ހިފައިގެން އެކިޔާށެވެ. ނިސާދުއަށް އެކަމެއް ނޭންގެއެވެ. ޒިޔާދު ގެންގުޅުން ވާހަކަ ފޮތް ފެނުމުން ނިސާދު ހޭންފެށިއެވެ. އެއީ ދުވަހަކު ވެސް ޒިޔާދު ވާހަކަ ކިޔާތައް ފެނިފަ ނުވާތީއެވެ. އެވެސް ދިވެހި ވާހަކައެކެވެ. “ކިހިނެއްވީ ތިހެނީ” ޒިޔާދު އަހާލިއެވެ. “ކަމެއްނުވޭ… ހަމަހެވުނީ. އަހަރެން މިއުޅެނީ ފެށޭ ހަފުތާގަ މާލެ ދާންވެގެން” ނިސާދު ދައްކަން އުޅުން ވާހަކައަށް މަޢުލޫ ބަދަލުކޮށްލިއެވެ. “ކޮންދުވަހަކުން. ނިސާދު އެކަނިތަދަނީ” ޒިޔާދު އަހާލިއެވެ. “އެހަފުތާގެ ބުރާސްފަތި ދުވަހު ދަނީ. ހަނާވެސް ދާނެ” ނިސާދު ބުންޏެވެ. “އެހެންތަ. ދެންކޮންދުވަހަކުން އަންނާނީ”ޒި ޔާދު ސުވާލުކޮށް ލިއެވެ. “އަހަރެމެން ދެމީހުން މާލެ ބަދަލުވަނީ. ޗުއްޓީއެއް ލީބޭއިރަށް އަންނާނަން” ނިސާދު ބުނެލިއެވެ. “މާލެދިޔައީމަ ދެން އަހަރެންނާ ނިސާދުއާ ދިމާވެސް ނުވާނެދޯ” ދެރަވެލާފަ ޒިޔާދު އަހާލިއެވެ. “ނޫނޭ ޒިޔާ. ދިމާވާނެ. އަހަރެން މާލެ މިދަނީ އަހަރެންގެ ކުރިމަގަށް ވިސްނާފަ. ލިބެންއުޅޭ ދަރިފުޅަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމުގެ ބޭނުމުގަ. ޒިޔާ އެކަނި ބަހައްޓާފަ އަހަރެން އެއްވެސް ތަނަކަށް ދާހިތެއްނުވޭ. ޒިޔާގެ ހާލު އަހަރެންނަށް އިހުސާސް ކުރެވޭ” ޒިޔާދުގެ ހާލު އިހުސާސްވާ ހާލު ނިސާދު ވާހަކަ ދައްކަމުން ދިޔައެވެ.” އަހަރެން އަބަދުވެސް ނިސާދުގެ އެހީތެރިކަމާ، ލޯބި ބޭނުން. ނިސާދު ނެތިއްޔާ އަހަރެން ވަރަށް ދެރަވާނެ” ޒިޔާދު ބަޔާން ކުރީ ޒިޔާދުގެ ހިތުގެ ސުޢޫރެވެ. ހާލެވެ. ރަހުމަތްތެރިޔާ ނެތިއްޖެނަމަ ވާނެ އެކަނިވެރިކަމެވެ.
ހިގާބަލަ ބޭރަށް ނިކުމެލަން. އަބަދު ތިހެން އޮށޯވެގެން އޮށްނާކަށް ނުވާނެ. ފަހަރެއްގަ ތިކަން ބައްޔަކަށް ވެދާނެ” ޒިޔާދުގެ އަތުގަހިފާ ދަމާލަމުން ނިސާދު ބުންޏެވެ. “ކޮންތާކަށް ދާނީ. މިރަށުގަ ދާނެވަކި ތަނެއްއެބައޮތްތަ؟” ޒިޔާދު ތެދުވަމުން ބުނެލިއެވެ. “އެންމެ ރަނގަޅޭ ދާނެތަނެއްނެތަސް. އަހަރެންނާ އެކުދެވިދާނެއްނު” ނިސާދު އެދުން ތެދުވަމުން ބުނެލިއެވެ. “އާނ ދެވިދާނެ.” މިހެން ބުނެފަ ޒިޔާދު އެދުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޯ ރީތިކޮށްލިއެވެ. އެއަށްފަހު ދެމީހުންއެކުގައި ކޮޓަރިން ބޭރަށް ނިކުންނަށް ހިގައިގަތެވެ.
9 Comments
Comments are closed.
waaau…me first dho?when next part?waiting..☺?
ya… 🙂 🙂 kudha irukolhun netx ep up vaane
awlhey thankoo xiroo??
Liyuntherikan v dhah vaahakaeh. Kiyan ulheulheves nukiyunu. Thankolheh ibaaraithah reethi kohbala. Moosumee report eh liyaahen nuliye
kiyan ulhegen kiyeyny… balan huregen nukiyeyne….
Are u serious
By the way v salhi
thanx AXOO
Are u serious
By the way v salhi
Thanx BASSAN