………………………. “ޖިނާ…! އަހަރެން އަދިވެސް މަންމަ ކައިރި ނައިނާގެ ވާހަކަ ނުބުނަން… އަނެއްކާ ނައިނާ ކައިރިވެސް ނުބުނަން…. މިހާރު ގުޅުމަށް 5 މަސްވަނީ… މަންމަ ކައިރި ނުބުންޏަސް އަހަރެންނަށް އިނގޭ މަންމަ މިކަމަށް އިންކާރު ކުރާނެކަން.. ކޮންމެ ދެދުވަހަކުން އެއްދުވަހު މަންމަގެ ފަރާތުން އެކަމާއި ދެކޮޅު ވާނެކަހަލަ ކޮންމެވެސް ބަހެއް ނޫނީ އަމަލެއް އެބަފެނޭ.. އަހަރެން ބޯގޮވަނީ…” ކަންބޮޑުވެފައި ހުރި އައިޒަން ހުރީ ހަމަރަނގަޅަށްވެސް ބޯ ގޮވާފައެވެ. ފޯނު ކަނޑާލަން އޭނާ މަޖުބޫރުވީ ބޭރުން މާ ބާރަކަށް […]
“ތިތާގަ އިންނާނެ އަހަރެންގެ ދައްތަ” ނިސާދު މިހެން ބުނުމުން ޒިޔާދު ދެކޮޅުހޯދާ ބަލާލިއެވެ. “ކޮބާ؟އަހަރެންނަކަށް ނޭންގެ” ހައިރާންކަމާއެކު ޒިޔާދު ބުނެލިއެވެ. “އެހެންވިޔާ މަޑުކުރޭ. އަހަރެން މިދަނީ” މިހެންބުނެ ނިސާދު ފޯނު ކަޑާލިއެވެ. ކުޑައިރުކޮޅެއްވީ އިރަށް ނިސާދު ޒިޔާދަށް ގުޅިއެވެ. ނިސާދު ގުޅީ ހޮސްޕިޓަލް ތެރެއަށް ވަދެގެން އަންނަމުންނެވެ. ޒިޔާދުގެ ފޯނު ރިންގްވާން ފެށުމުން އިށީދެއިންތަނުން ތެދުވިއެވެ. “ކޮންތާކަށް ގޮސްފަތިއައީ. އަހަރެން މިތާއިންނަތާ މިހާރު ކޮންއިރެއް” ނިސާދު ފެނުމުން ޒިޔާދު ބުނެލިއެވެ. “އަހަރެން މިއައީ ހަނާއަށާ، ކުޑަމީހާއަށް ބޭނުންވާ […]
ދެމަސްފަސް ނިސާދުއާ ހަނާ މާލެދިޔަތާ ދެމަސްވީއެވެ. ހަނާ ވިހަންވާއިރަށް ލާރިއެއް ހޯދުމުގެ ބޭނުމުގައި އޮފީހަކުން ވަޒީފާވެސް ނިސާދު ހޯދިއެވެ. ބަރާބަރަށް ނިސާދު އޮފީހަށް ދަމުން ހަނާއަށްވާ ވަރު ބަލަމުންގެންދެއެވެ. ޒިޔާދުގެ ހާލުވެސް ބަލަމުން ނިސާދު ދިޔައެވެ. ދުވަސްތައްމިހެން ފާއިތުވަމުން ގޮސް ހަނާގެ ބަނޑަށް 9 މަސް ހަމަ ވެއްޖެއެވެ. މިދުވަސްވަރަކީ އަންހެނަކަށް އަންނާނެ އެއްމެ އުފާވެރި އެހެނަސް ހިތާމަވެރި ދުވަސްވަރެވެ. ނިސާދު ރެއެއްދުވާލެއް ނުބަލާ އިންތިޒާރު ކުރަމުން ދިޔައީ އެލޯބިލޯބި މައުސޫމް ދަރިފުޅު މިދުނިޔެއަށް ނޭވާލާނޭ ވަގުތަކަށެވެ. […]
“ހަނާއަށް އެނގޭތަ ކުރިންރޭ އިރުއޮށްސިގެން އައިރު އަހަރެން ހުރީ ގޭދޮރު މަތިގައި. އެހެންހުއްޓާ އެތަނަށް އައިސް މަޑުކޮށްލި ސައިކަލެއްގައި އިންމީހަކު އަހަރެން ދެކެ ވަރަށް ލޯބިވެއޭ ކިޔާ ވާހަކަ ދައްކަންފެށި” ޒިދުނާ ކިޔާދިނެވެ. “ވަރަށް ރީތި މީހެއްތަ؟ ދެން ކީކޭ ޒިދޫ ބުނީ” ހަނާ ސުވާލު ކޮށްލިއެވެ. “ރީތި މިހެއްހޭ!!! މީހާ ރީތިކަމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފަ. އޭނާގެ އެއޮށް އިސްތަށިގަނޑެއްވެސް ހީވަނީ ކުޅަދުރު ހަތާގަނޑެއްހެން. މީހާއަށް ވުރެއްބޮޑު ޓީސާޓެއް ލައިގެން، ގައިން ތާހިރުނުވެ […]
މިރޭ ވެސް އާދައިގެ މަތިން ރަޔާހީން އިރުފާނަށް ކިރުތަށި ދިނުމަށްފަހު ވަނީ ފާޚާނާއަށެވެ. ނިކުތްއިރު އިރުފާން އޮތީ ގަދަނިދީގައެވެ. ރަޔާހީން ހީލަމުން އަލަމާރި ކައިރިއަށް ޖެހިލިއެވެ. އަދި މަތީ ވަތްގަނޑުގައި ހުރި އޭނާގެ ބްރީފްކޭސް ނެގުމަށްފަހު އަލަމާރީގެ ކުޑަ ވަތްގަނޑަކުން ނެގި ތަޅުދަނޑިއަކުން އެފޮށި ހުޅުވާލިއެވެ. ފޮށި ނަގާ އެނދު ކައިރީގައި ތިރީގައި ބެހެއްޓުމަށްފަހު އަލަމާރި ދޮރުފަތް ލައްޕާލިއެވެ. އަދި އިރުފާނާއި ބާލީސް ދުރަށް ޖައްސާލުމަށްފަހު ރީތިކޮށް ހެޑްބޯޑުގައި ލެގިލިއެވެ. އިސްތަށިގަނޑު އެއްފަރާތަކުން ގެނެސް ކުރިމައްޗަށް ވައްޓާލުމަށްފަހު […]
” ކީކޭ؟” ބޭއިޚްތިޔާރުގައި ކިޔާރާއަށް ބުނެވުނެވެ. ” ލީނަށްއެބައެނގޭތަ ތިކިޔޭ އެއްޗެއް؟ ” އައިލީންގެ ދެކޮނޑުގައި ހިފާތަޅުވައިގަންނަމުން ކިޔާރާ ބުނެލިއެވެ. އައިލީންގެ ގިސްލުންވީ އިތުރެވެ. ” އާން.. އަހަ.. އަހަރެންނަށް އެނގޭ މިކިޔޭއެއްޗެއް.. ކިޔާ.. އަހަ.. އަހަރެންނަށް.. އަހަރެންނަށް ހަޤީޤަތުގަވެސް ވަނީ އެއިޑްސް ޖެހިފަ.. ” އަޅައަޅައި ގަންނަމުން އައިލީން ބުނެލިއެވެ. ” އަހަރެންނަކަށް ނޭނގެ ޔާން ގާތު މިވާހަކަ ބުނާނެ ގޮތެއްވެސް. ހަދާނެގޮތް ހުސްވުމުން މިއައީ ކިޔާ ގާތަށް. ހެޔޮނުވާނެ ކިޔާ އަހަރެންނަށް އެހީވެދީ. ” […]
“އަހަރެންގެފިރިމީހާ ، ފަހުދު ނިޔާވިތާ ސާދައަހަރުވީ…ފަހުދޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ؟!” ނުރުހުމާ އެކު ސަލްމާއެބުނެލި ޖުމްލައިން ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަލްމާ ފަސްއެނބުރި ބަލާވެސްނުލާ އެދިޔަގޮތަށް ގޮސް ގިފިލިން ނިކުތެވެ. ނަސީރު ހުރީ ހަމަ އެހުރި ފިޔަވަޅުމަތީއެވެ. “ގޮއްޔެ މިއޮއްހާދުވަހު އެހުރީ އެކަނި ހެއްޔެވެ. ފިރިމަރުވެފައި އިން އަންހެނެއް ހެއްޔެެ. އަޅެ މީހަކު ބުނާތީވެސް ނާހަމެވެ. ” އަމިއްލަ ނަފްސާމުހާތަބުކޮށް ނަސީރަށް ވާހަކަ ދެއްކެން ފެށުނެވެ. ގޮއްޔެ ގެ އެކަނިވެރިކަމާ އެއުމުރުގައި އަޅާލާނެ މީހަކު ނެތި ބައްޕައެއްގެ ރޯލުވެސް އަދާކުރަމުން އެއުޅުނީ ކިހިނެތް ކޮންފަދަ ނިކަމެތި ގޮތަކަށް ބާވަޔޭ ޚިޔާލުކޮށްލެވުނެވެ. ނަސީރު އެތައްފަހަރަކު މާލެގޮސްފައިވެސް ގޮއްޔެ ކޮބާތޯ ހިތައްއެރުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަޅެ އެއްފަހަރުވެސް އެއުޅޭ ގެޔެއް ހޯދާލައިގެން ހާލުބަލާލަން ދިޔަނަމަތާއެވެ. ނުކެރިފައި ހުރުމަށްް ހުރެ އެގޮތް ރަގަޅުވީސްނޫން ހެއްޔެވެ. އަމިއްލަ ނަފްސައް ލައުނަތްދެމުން އެތައްފަހަރަކު ކުއްވެރި ކުރަމުން ނަސީރު އެހުރި ތަނުން ނިކުމެގެން ހިގައި ގަތީ އެގޭމީހަކަށް ނުފެންނާނެ ހެން ވަލުފަރާތުން ނެވެ. ************ ޢީދުފޯރި ރަށުތެރޭގައި ގަދައަށް އޮތެވެ. ފެންކުޅިކުޅޭމީހުނާ އެމީހުންގެ ތެރޭގައި މޫދަށްލާ މީހުނާ ވަޅަށް ލާ މީހުންވެސް ތިއްބެވެ. ކޯޑިކެނޑި ފިރިހެންކުއްޖާއަށް ކޮށްލިވަރުފެނިގެން ސަމާއާއި ރީނާތިބީ ހީނހީ އަވަދިވެފައެވެ. އެކުދިން ދުވަހަކުވެސް ދުއްމަންޒަރެއްނޫނިއްޔާއެވެ. އެސޮރުގެންގޮސް ފެންވަރުވާ ފުއްޖަހާ ހެދުުމުގައި ރަނާމެންވެސް ބައިވެރި ވިއެވެ. ޒުވާންފުރައިގެ ދެ ފިރިހެން ކުއްޖަކު އައިސް ސަމާގަޔަށް ފެންއެއްޗެއް އޮއްސާލުމުން ކުރިންދުވަހު ރުޅިއާދެވުނަސް މިހާރު ސަމާވެސް އެކަމުގައި ބައިވެރިވަނީ ވަރަށް ފޯރީގައެވެ. ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ޚާއްސަކަމެއް ރަށު ކުދިންބޮޑު އެންމެންވެސް ދެއެވެ. ރަނާއާއި ސަމާއަކީ މާލޭ ކުދިންނަށް ވެފައި އެކުދިން ބީރައްޓެހި ކޮށްނުލާ އެންމެން އެކުގައި ސަމާސާކޮށް ހަދާކަމީ އެކުދިންވެސް ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަންކަމެވެ. ޢީދުގެ ދެވަނަ ދުވަހުގެ އިރު އޮއްސިގެން އައި ވަގުތެވެ. ނަސީރުބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސުލައިމާނާ ބައްދަލުކުރާށެވެ. ސަލްމާއާއި ގުޅޭ ގޮތުން ބައެއްވާހަކަ އޮޅުން ފިލުވަން ބޭނުމެވެ. އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަކީ މިސްކިތްދޮށުން ދިމާކުރުމެވެ. މީހުންގަނޑު ފައިބައިގެން ދިޔަގަޑީގައި ނަސީރުވެސް އަވަސްކޮށްލައިގެން ފައިވާންތަކާ ދިމާއަށް ދިޔައެވެ. “އައްސަލާމް އަލައިކުމް ” ފަހަތުން މީހަކު ސަލާންގޮވާލީމާ ނަސީރުބަލާލި އިރު ސުލައިމާނު ފެނުމުން އަވަހަށް ސަލާމް ބަލއިގަތެވެ. “ވައަލައިކުމް ސަލާމް. މާރަގަޅަކަށް ނުން މިދިމާވީ، މިރޭ ހިތުލައިގެން މިހުންނަނީ ސުލައިމާނާ ބައްދަލުކޮށްލަންދާން، ކޮބާ ކިހިނެތް ކިހިނެތްތަ؟” “އެހެންތަ، ވަރަށް ރަގަޅު އިރާދަކުރެއްވިއްޔާ. … ހިނގާ މިދިމާއަށް އަނގަތަޅާލަން” ސުލައިމާނު މިސްކިތާދިމާލުން އަތިރިފަރާތް ދައްކާލަމުން ކުރިއަށް ހިގައި ގަތެވެ. އެހެންޏާ ރަށުތެރޭގައި މިގަޑީގައި […]
އީރަމް ހުރި ގޮތުން ހަނާއަށް ވެގެން އުޅޭ ގޮތް ނަގައިގަނެވުނެވެ. މަގު ހުރަސް ކޮއްލަމުން ގޭގެ ދޮރުމަތީ ހުއްޓިހުރި އީރަމްގެ ކައިރިއަށް ހަނާ އައިސް ހުއްޓިލުމާއެކު އީރަމް ލާމިހް މެން ތިބި ދިމާއަށް ބަލާލަމުން ބުމަ ހިއްލާލީ އެމީހުން ގެނައި ކީއްކުރަންތޯ އަހާލާފަދަ ގޮތަކަށެވެ. “ދޮންތަ އަންނަމުން ހުސެން އަށް ގުޅީމަ ބުނީ ލާމީ އާއި އެކީ ބޭރުގައޭ..އެމީހުން އަޔަސް އޯކޭހޭ އެހީމަ ދޮންތަ ބުނެފި އޯކޭއޭ..” ހަނާ ކަންތައްވީގޮތް އީރަމް އަށް އޮޅުންފިލުވައިދިނެވެ. ދުރުގައި ވާހަކަައްކަން ތިބި […]
” މިކަން މިނިމުނީ….ޠައްޔިބު………” އެތިން މީހުންގެ ސޫރަ ރަނގަޅަށް ވަކި ވުމުގެ ކުރިން ސަކީނާގެ ދެލޯ މެރިއްޖެއެވެ. ފުން އަނދިރި ގަނޑެއްގެ ތެރެއަށް ނަފްސު ދިއުމުގެ ކުރިން ސަކީނާ އަށް އެންމެ ފަހުން އަޑު އިވުނީ އެ ލަފްޒެވެ. ދިގު ނިންޖަކުން މި ދުނިޔެއަށް ދެވަނަ ފަހަރަށް ލޯ ހުޅުވުނު އިރު ސަކީނާގެ ދުނިޔެ ވަނީމުޅީން ވިއްސި ވިހާލިކޮށްލާފައެވެ. ރަޝީދުއާއި ރަޝީދުގެ މައިން ބަފައިން އެ ތިން ޤާތިލުންވަނީ ޤަތުލުކޮށްލާފައެވެ. ސަކީނާއާއި ރަޝީދުގެ ދަރިފުޅު މަރުވީ ކަމެއް ނުވަތަ ދުނިޔޭގައި ހުރިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ގޭތެރޭގައި ލޭގެ ކޯރެއް ހައްދާލި އެ ޤަތުލު ޢާއްމުން އޭނާ ސަލާމަތްވީވެސް އަޖައިބެއްފަދަ ގޮތަކަށެވެ. މީހުން ގެއިން ބޭރަށް ނުކުމެ ނޫޅޭ އެފަދަ ވިއްސާރަ ތޫފާނީ ރެއެއްގައި ގެއަށް ކޮންމެވެސް ބޭނުމަކު ވަތްް އަވައްޓެރިއެއްގެެ ސަބަބުންނެވެ. އެއީ ޒާހިރެވެ. އޭނާއަކީ ރަޝީދުގެ ކުޑައިރުގެ ރަޙުމަތްތެރިއެކެވެ. ޒާހިރު އެގެއަށްވަނީ ހާދިސާ ހިނގިތާ ތިރީސްވަރަކަށް މިނިޓްވެސް ވީފަހުންނެވެ. ތިން މުޖުރިމުން އެމީހުން އެކުރި ކަމެއް ކޮށްފައި ދިޔައިރު، ސަކީނާގެ ނޭވާ އުފުރިގެން ދިޔުމާ ވަނީ ގާތްވެފައެވެ. ކިރިޔާ ދިރިއޮތްކަމެވެ. ނަމަވެސް އެ ތިރީސް މިނިޓް އޭނާގެ ފުރާނަ ނުގެންދަވައި އޮތްކަމީ އޭނާގެ ނަސީބު ކަމެއް ނުވަތަ އެތިން މުޖުރިމުންގެ ބަދު ނަސީބު ކަމެއް ބުނެދޭކަށް އޭނާ […]