Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (5)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 8, 2017 7 Mins Read
17 Comments

ލަސްލަހުން އެސްފިޔަތަށް ތަޅުވާލަމުން ނައިނާ އެ ދެލޯ ހުޅުވާލިއެވެ. ހުޅުވާލިއިރު އޭނާއަށް ފެނުނީ ހިކި ދޮން ވެލިގަނޑުމަތީ ވަރަށް ބޮޑުކޮށް “އައި ލަވް ޔޫ” ޖަހާފައި އިން ތަނެވެ. ނައިނާ ކޮއްޅަށް ހުރީ ހިތުގެ ބައްޓަމަށް ކުރަހާފައި އިންތާއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ފަހަތުގައި ހުރި އައިޒަން އަށް ބަލައިލިއެވެ. އައިޒަން ކުޑަކޮށް ހިތްއަވަސްވެފައި ހުއްޓެއްކަމަކު ބޯ ޖަހާލީ ޔަޤީންކުރާށޭ ބުނާފަދަ ގޮތަކަށެވެ. “އައި ލަވް ޔޫ ނޭނާ..!! ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަކަށް ނޭނގެ ނޭނާ ހެދީ ކޮން ޖާދުލެއްކަމެއް.. އެކަމް އެ ޖާދޫގައި ޖެހި އަހަރެން އެކަށް މޮޔަވެއްޖެ… ރޭގަނޑު ނިދިން ބައެއްފަހަރު މަހުރޫމް ކުރާ ތި ނޭނާ ރީތި ހުވަފެންތަކުންވެސް އަހަރެންނާއި ބައްދަލުކުރޭ…. އަހަރެންނަކަށް ނޭނގެ ނޭނާ އަހަރެންނާއި މެދު ދެކެނީ ކިހިނެއްކަމެއް… އަހަރެންނަށް އިނގޭ ކަމަކީ އަހަރެން ނޭނާ ދެކެ ވަރަށް ލޯބިވާކަން.. އަދި ނައިނާ އަކީ ތިހާ މިނިވަންކަމާއި އެކު އަހަރެންގެ ހިތާއި ކުޅުނު ފުރަތަމަ އަދި އެންމެ ފަހު އަންހެންކުއްޖާކަން…” އައިޒަން އެ ހުރިގޮތަށް ހުރެ އެހެން ބުނީ ސާބިތުކަމާއި އެކުގައެވެ. އޭނާގެ ދެލޮލުން ކުޑަވެސް ޖެހިލުމެއް ނުފެނެއެވެ. ފެންނަނީ ކެރޭ ނައިނާއަށްޓަކައި ދީވާނާވެފައިވާ ލޯބިވެރިއެކެވެ.

ނައިނާ ސިހިފައި ހުރީ އެ ދެއްކި ވާހަކަ ގަބޫލުނުކުރެވިގެންނެވެ. “އަސްލުވެސް ވަރަށް ލޯބިވަން… ނޭނާ ތިހެން ނުހުރެ ޖަވާބެއް ދޭންވީނު… އޯކޭ އޭ ނޫނެކޭ ބުންޏަސް…” އައިޒަން އިރުކޮޅެއް ފަހުން އެހެން ބުނީ ނައިނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބޭތީއެވެ. އައިޒަން ފުން ނޭވައެއް ލަމުން ނައިނާއަށް ފަސްއެނބުރި މޫދާއި ކުރިމަތިލިއެވެ. “ނޯ ވެއްޖެއްޔާ އޯކޭ ނޭނާ މިތަނުން ދިޔަސް.. ނޭނާ ކޮންމެހެން ނޫނެކޭ ބުނަން ނުކެރޭތީ ހުންނާކަށް ނުޖެހޭނެ… އަހަރެން ނޭނާއެއް ނުހުއްޓުވާނަން އަދި ތި ވިސްނުމަކީ ގޯހެކޭވެސް ނުބުނާނަން… އަހަރެން ރުޅިއެއްވެސް ނާންނާނަން….. ގަބޫލުކުރޭ…. ނޭނާގެ ނިންމުމަކީ އަހަރެންގެ ނިންމުން..” އައިޒަން އެ ހުރިގޮތަށް ހުރެ އެހެން ބުންޏެވެ.

ސިހުމެއްގެ ތެރޭގައި ހުރި ނައިނާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާއަށް އެ ލިބުނު އުފާ ނެރެލާނެ ގޮތެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ނައިނާ މިއަދު އައީ އޭނާގެ ދިރިއުޅުމުގެ އެންމެ ހިތި ވާހަކަތަށް އައިޒަންއާއި ހިއްސާކުރަންކަމަކު އައިޒަން އެ ހުށައެޅި ލޯބީގެ ހުށައެޅުން އިންކާރުކުރާކަށްވެސް ބޭނުމެއްނުވެއެވެ. ކުރިމަތީ އޭނާއަށް ފަސްއެނބުރި އެހުރީ އޭނާ ފުރާނަފަދައިން ލޯބިވާ ހަމައެކަނި އިންސާނާއެވެ. ނައިނާގެ އަޑެއްބަޑެއް ނީވުމުން އައިޒަން އަށް އޭނާ ދިޔައީކަން އެނގުނެވެ. ނައިނާ އޭނާގެ ހުށައެޅުމަށް އިންކާރުކުރީއެވެ. މައްސަލައެއްނެތެވެ. މި ހިތް އަބަދުވެސް އޮންނާނީ ނައިނާއަށްޓަކާއެވެ. ޖައިޒަން ފަސް އެނބުރެން އުޅެނިކޮށް އޭނާ ސިހުނީ ފަހަތުން މީހަކު އައިސް ބައްދާލުމުންނެވެ. “އަހަރެންވެސް… އަހަރެންވެސް ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް..” ނައިނާ ގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އައިޒަން އަށް ހެވުނެވެ. ފަޅިވެފައިވާ އެ ދެހިތް އަލުން ގުޅުނެވެ. އުފަލުން ގޮސް އޭނާ ނައިނާ އާއި ދިމާލަށް އެނބުރި އޭނާ މެއާއިލާ ބޮނޑިކޮށްލިއެވެ.

“އަދި އެއްފަހަރު ބުނެބަ..” އައިޒަން އެ ރީތި އަޑުން އަދިވެސް އޭނާ ދެކެ ލޯބިވެޔޭ ބުނާ އަޑު އަހާހިތްވިއެވެ. “ޒަން… އަހަރެން ވަރަށް ލޯބިވޭ.. އައި ލަވް ޔޫ…” ނައިނާ ތަކުރާރުކޮށްލިއެވެ. އެހިތަށް ވަނީ ބުނަންނޭނގޭ ފަދަ އުފަލާއި ހިތްހަމަޖެހުން ލިބިފައެވެ. ދެމީހުން އެގޮތަށް ތިބުމަށްފަހު އެކަކު އަނެކަކާއި ދުރުވެލިއިރު އެ ދެ ތުންފަތުގައިވެސް ވަނީ ފިލައިގެން ނުދާފަދަ ރީތި ހިނިތުންވުމެކެވެ. “އަހަރެން ބުނީމެއްނު، ރާއްޖެތެރޭ ކުދިންނަށް ކޮށްފަ ނުކުރަންވީ ކަމެއް ނޭނގޭނޭ…. ބަލާބަލަ ކުރިކަންތަށް.. މި ހިތް ތި ވަގަށް ނެގީ… މިއިން ޒަމާނަކު މީހަކު ކުރިކަމެއް ނޫން ތީކީ…” އައިޒަން އެހެން ބުނުމުން ނައިނާ ހޭންފެށިއެވެ.

ދެމީހުންވެސް ގޮސް ވެލިގަނޑުގައި އިށީނދެ އެކަކު އަނެކަކާއި ވާހަކަ ދައްކަންފެށިއެވެ. އެދެމީހުންގެ ހިތުގައި އެ އިހްސާސް އާލާވީ ގޮތާއި އެކުވެރިން ކީ އެއްޗެއްސެވެ. އެކަން ގަބޫލުނުކޮށް އުޅުނު ގޮތެވެ. ދެމީހުންވެސް އެކަކު އަނެކަކާއި ވާހަކައެއް ސިއްރުކުރިއެވެ. މި އުފާވެރި ވަގުތުކޮޅު ގެއްލުވާލަން ނޭދޭތީއެވެ.

ދުވަސްތަށް ފާއިތުވެގެން ދިޔައި ބަސްބުނާހާ އަވަހަށެވެ. ކޮންމެދުވަހެއްވެސް އެ ދެލޯބިވެރިންނަށް ނިމިގެންދަނީ އުފަލާއި މަޖަލާއި އެކުގައެވެ. ލޯބީގެ އަހުދުތަކާއި ވައުދުތަކެއް ވެގެންނެވެ. އެތަކެއް ލޯބީގެ މާ ފޮޅުވަމުންނެވެ. އައިޒަންވެސް ނައިނާގެ މަންމައަދި އޭނާގެ އެކުވެރިންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރިއެވެ. ނަމަވެސް އޭނާ އަމިއްލަ މަންމަގާތު އެވާހަކަ ބުނަން ފަސްޖެހެއެވެ. މާލެ ގޮސް ރީއްޗަށް ހުރިހާ ކަމެއް އޮޅުންފިލުވައިދީ އެކަން ހިއްސާކުރަން އައިޒަން ހުރީ ނިންމައިގެންނެވެ.

…….

އައިޒަން މާލެ ދާ ދުވަސް ކައިރިވާވަރަކަށް ނައިނާ ގެ ހިތުގައި ބިރުވެރިކަން ދިޔައީ އުފެދެމުންނެވެ. އައިޒަން ލޯބިވާކަން ހުދު އޭނާއަށްވެސް އިނގެއެވެ. ގަބޫލުކުރެއެވެ. އޭނާއަށް ދެރައެއް ނުދޭނެކަންވެސް އިނގެއެވެ. ނަމަވެސް ހިތުގައި ކުރިންވެސް އުފެދިފައިވާ ބިރު ބޮޑުވާތީ އައިޒަން އާއި އެވާހަކަ ހިއްސާކުރަން އޭނާ ބޭނުންވިއެވެ. މާޒީގެ ވާހަކަ އައިޒަން ކައިރި ބުނަން އޭނާ ނިންމައިގެން ހުރީ އިތުރަށް އެވާހަކަ ސިއްރުކުރަން ނޭދޭތީއެވެ. “އައިޒަން…. އަހަރެން ވާހަކައެއް ބުނަން ބޭނުން…” ކައިރި އުނދޯލީގައި އޮށޯވެ އޮތް އައިޒަން އަށް ބަލާލަމުން ނައިނާ ބުނެލިއެވެ. “އޭގެ ކުރިން އަހަރެން ބޭނުން ވައުދެއް…” އައިޒަން އެއްޗެއް ބުނަން އަނގަހުޅުވާލިތަނާއި ނައިނާ އަނެއްކާވެސް ބުންޏެވެ. “އޯކޭ ބޭބީ ވިދާޅުވޭ…” އައިޒަން ހީލާފައި އެހެން ބުނީ ކޮންމެ ވާހަކައަކަށްވެސް އޭނާ ތައްޔާރޭ ބުނާފަދަ ގޮތަކަށެވެ. އެ ބަލާލުމުން ނައިނާއަށް ލިބުނީ ހިތްވަރެކެވެ.

“ދުވަހަކުވެސް އަހަރެން ދޫކޮށްފާ ނުދާނެކަމަށް ވައުދުވޭ… ޒަން.. އަހަރެން ވަރަށް ލޯބިވޭ… އައިޒަން އާއި ނުލާ އުޅެން ވަރަށް އުނދަގޫވާނެ…” ނައިނާ އެހެން ބުނުމުން އައިޒަން ނައިނާގެ ނޭފަތުގައި މަޑުމަޑުން ހިފާލާފައި ދަމާލިއެވެ. “މަގޭ ބޭބީގަނޑު.. ބުނީމެއްނު ދުވަހަކުވެސް ނޭނާ ދޫކޮށްލާފައި ނުދާނަމޭ…. ގަބޫލުކުރޭ އަހަރެންވެސް ވަރަށް ލޯބިވޭ ނޭނާ ދެކެ.. މިހިތުން ތިނޫން މީހަކަށް ޖާގައެއް ނުދޭނަން… އަދި މި ދިރިއުޅުމަށް ނޭނާ ނޫން މީހަކު އަޔަކަ ނުދޭނަން… އަހަރެން ވައުދުވަން…” އައިޒަން ގެ ދެލޮލުން ފެނުނު ތެދުވެރިކަން ނައިނާގެ ހިތުގެ އެންމެ ފުންމިނާއި ކުޅެލިއެވެ. “ދެން ބުނެބަ… ކޮން ވާހަކައެއް..” އައިޒަން ސުވާލުކުރިއެވެ.

“އެއީ ބައްޕަގެ.. އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ތެދު..” ނައިނާ ކުޑަކޮށް ޖެހިލުންވެފައި އިނދެ އެހެން ބުނުމުން އައިޒަން ކުޑަކޮށް އެކަމަށް ތައްޔާރުވެލިއެވެ. އެވާހަކަ އަޑުއަހަން ޝައުގުވެރިވިއެވެ. ނައިނާގެ އޭނާގެ ބައްޕަގެ ވާހަކަ ނުދައްކާތީއާއި އޭނާގެ ބައްޕަ އުޅޭނޫޅޭކަންވެސް އައިޒަން އަށް ނޭނގޭތީ އެވާހަކަ އަހަން ހުންނަނީ ނުކެރިފައެވެ. ނައިނާ އެ ބުނާ ތެދެއްވެސް އިނގެން އައިޒަން ހުރީ ބޭނުންވެފައެވެ.

“އަހަރެންނަކަށް ނޭނގެ ކުރީގައި ބައްޕަ އެއީ ކޮންކަހަލަ މީހެއްކަމެއް.. އަހަރެން ހަނދާން ހުރީއްސުރެ އެ ބައްޕަގެ ސޫރައިގައި އަހަރެންނަށް ފެންނަނީ ނުބައި ޖަނަވާރެއް… ބައްޕައަކީ މާލޭ މީހެއް.. މުއްސަނދި މީހެއް… ބައްޕަ އައިސް އުޅުނީ މިރަށުގައި… މަންމަ އާއި ކައިވެނި ކުރުމަށްފަހު ބައްޕަ މިކޮޅުގައި ފިހާރައެއް ހެދި… ބައްޕައަކީ ރަށުގެ އެތަށް ބަޔަކަށް ކަމުދިޔަ ހިތްހެޔޮ މީހެއް… އެކަމް އެއީ މީހުންނަށް ދައްކާ ދަޅައެއް… ބައްޕަ ގެ އަނިޔާ، ބައްޕަ ކުރާ ކަންތަށް… އެންމެންނަށްވެސް އެކަން ވަނީ ފޮރުވިފައި… މި ހަށިގަނޑުގައި މިހިރަ ބޮޑެތި ލަކުނު ތަކަކީ ދުނިޔެއަށް ފޮރުވިފައިވާ އެއްޗެއްސެއްކަމަކު އަހަރެންގެ ހިތުން ފިލައިގެން ނުދާނެ އެއްޗެހި…ކޮންމެ ރެއެއްކަހަލަ ގޮތަކަށް ބިރުވެރި ހުވަފެނެއްހެން އަހަރެންނަށް ފެނޭ އެ ބައްޕަ ކުރިކަންތަށް… އުމުރުން 17 އަހަރުގައި، ބައްޕަގެ ވިޔަފާރި ބަނގުރޫޓު ވެގެން ދިޔައީ.. މާލޭގަ ހުރި ކުންފުނިވެސް… ބައްޕަ މީހުން އަތުން ލޯން ނަގައިގެން އެ ނުދީގެން، ލާރި ބަލައި މީހުން ވަދެގެން އުޅުމުން އިނގޭތަ ބައްޕަ އެމީހުންގެ ލާރިތަކުގެ ބަދަލަށް އެމީހުންނަށް ދިނީ ކޯޗެއްކަން؟؟ އަހަރެން….” ނައިނާގެ އަޑު ބެދުނެވެ. އައިޒަން އިނީ ނައިނާ ދައްކަމުން ދިޔަ ވާހަކަތަކުން ސިހި ދެލޯ ބޮޑުވެފައެވެ. ނައިނާ ހިތްވަރުކޮށްފައި ދެލޮލުން ކަރުނަ ފޮހެލުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“އަހަރެންނަށް ބައްޕަ އަނިޔާ ކުރިޔަސް އޯކޭ… އަހަރެންނަށް ކިޔެވުމަށާއި އެދުވަހެއްގެ ބަނޑުފުރަން ކާން ލިބެނީ އެ ބައްޕަގެ ހަރަދުން… އެކަމް…. ބައްޕަގެ ކުރިމަތީ އަހަރެންމީ އެއްވެސް އެއްޗެއް ނޫންކަން އެނގުނީ އެދުވަހު… އެމީހުންނާއިއެކު ހެދި އެއްބަސްވުމެއްގައި އަހަރެން ވިއްކާލީ ގައިމުވެސް އެ ބައްޕަގެ ހިތުގައި ކުޑަވެސް ރަހުމެއް ނެތީމައެއްނު… އަދިވެސް ހަނދާން އެބަހުރި އެ ތުންފަތް މަތީ ވި ހިނިތުންވުން… އެ ނުބައި ހިނިތުންވުން….. އޭގެ އަނެއްދުވަހު އެމީހުން އަހަރެން ބަލައިވެސް އައި.. ރޮއެ ހޭރުނިން ނޫނެކޭ ނުދާނަމޭ…. އަހަރެންނަށް އެހީވީ ޒުހާ ގެ މަންމައާއި ބައްޕަ… އެމީހުން އަދި އަންނާނަމޭ ބުނެ ނިކުމެގެން ދިޔައީ.. ބައްޕަގެ ހިސާބު ބަރާބަރު ކުރާނަމޭ ބުނެ އަހަރެންގެ ގައިގަ އަތްލާފައި ދިޔައީ.. މަންމަ ކުޑަ ތަންކޮޅެއް ލަސްކުރުމެއްނެތި އަހަރެން ގޮވައިގެން ޒުހާމެން ގެޔަށް ބަދަލުވެ ކޯޓަށް ވަރިވުމަށް އެދި ފޯރމް ހުށައެޅި.. މަންމަ އާއި ބައްޕަ ވަރިވިއިރު ރަށުތެރޭ އޮތް އެއް ވާހަކައަކީ، މަންމަ ބައްޕަގެ ލާރި ގަނޑު ވަގަށް ނަގައިގެން ބައްޕަ ނިކަމެތި ކޮށްލި ވާހަކަ… އެކަކަށްވެސް މި ގައިގަ ހުރި ލަކުނެއް މި ހިތުގަޔާއި މަންމަގެ ހިތުގައި އެޅި ވޭނެއް ނޭނގެ.. ބައްޕަ އަހަރެމެންނާއި ވަކިވެގެން ދިޔައީ އެނބުރި އަންނާނެކަމަށް ވައުދުވެފައި… ބަދަލުހިފާނެކަމަށް ބުނެ.. މިގެޔަށް ބަދަލުވުމަށްފަހު މިގޭގެ ކަންތަށް ބެލީ މަންމަގެ މަސައްކަތުން… މިހާރު އަހަރެންނަކީ ސުކޫލުގައި ކިޔަވައިދޭ ޓީޗަރެއް… ދެކޮޅުޖެހޭ ވަރަށް ލާރި އިރާދަކުރެއްވިއްޔާ ލިބޭ.. ބައްޕަގެ ބޭނުމެއް މިހާރު އަހަރެމެންގެ ދިރިއުޅުމަކުއެއް ނެތް…. އެކަމް..” ނައިނާ ނޭފަތް ދަމާލަމުން އޭނާގެ ވާހަކަ ނިންމާލިއިރު އައިޒަން އިނީ ހަމަރަނގަޅަށްވެސް ހައިރާންވެފައެވެ. ދުނިޔެމަތީ ނުބައި މީހުންވެސް އުޅޭތާއެވެ. އޭނާ ވަގުތުން ނައިނާ ގެނެސް އޭނާގެ މޭގައި ޖައްސާލީ އެ ހިތުގައި ރިއްސާލުމުންނެވެ. ނައިނާ އުފުލި ވޭން ހިތަށް އަރާފައެވެ.

“ބައްޕަ ބުނާ ހަނދާންވޭ، އަހަރެންނާއި މަންމައަކަށް އެއްވެސް އުފަލެއް ނުދެވޭ ވާހަކަ… ބައްޕަ ހިތްހަމަނުޖެއްސުވޭ ވާހަކަ… އަހަރެމެންނަކީ ގަމާރެކޭ އެއްވެސް އުޅުމެއް ނެތް ބަޔެކޭ… އެހެންވާނެ.. މާލޭގައި އުޅެ ބޮޑުވި މީހަކަށް އަހަރެމެން ކަހަލަ ނިކަމެތިން ކައިރި އުޅޭއިރު އިނގޭނެ އަހަރެމެންގެ ގަމާރުކަން…” ނައިނާ އެ އިންގޮތަށް އިނދެ އެހެން ބުނެލުމުން އައިޒަން އަށް ކުރީގެ ހަނދާނެއްވިއެވެ. އޭނާ “ގަމާރޭ” ބުނެގެން ނައިނާ އެހާ ދެރަވީ ކީއްވެކަން އިނގުނެވެ. އެއްވެސް ބޮޑު ސަބަބަކާއި ނުލާ އަންހެނުންގެ ފަރާތުން މިކަހަލަ ކަންތަށް ނުފެންނާނެކަން މިއަދު އައިޒަންއަށް އިނގުނެވެ. “ނޭނގެ ކީއްވެކަމެއް ބައްޕަ އަނިޔާކުރަނީ…. ހަނދާންވޭ، މަންމަ އަށް ކެއްކުނު އެއްޗެއް ނުބައިވެގެން ތަށި އަހަރެންނާއި ދިމާލަށް ހޫރާލި ހަނދާން…. ނިއްކުރިމަތީ އެއިނީ އެލަކުނު… އައިޒަން އެހީމެއްނު ކީއްވެފަހޭ މީ… އެއީ އެހެންވެގެން.. މި ނޫނަސް އަހަރެންގެ ފާހަގަނުވާ އެތަށް ލަކުނު ހުންނާނެ… އެއީ އެދުވަސްތަށް މަތިން ހަނދާންނައްތާލަން އުނދަގޫވާ އެއް ސަބަބު….” ނައިނާ އަނެއްކާވެސް އިތުރުކޮށްލިއެވެ. އޭނާގެ ހިތުގައިވާ އުދާސްތަށް ލޯބިވެރިޔާއާއި ހިއްސާކުރެވުމުން ހިތްހަމަޖެހުމެއްލިބުނެވެ. ބޮޑު ބަރެއް އެ ހިތުން ފިލައިގެން ދިޔަކަހަލަ އިހްސާސްއެއް އޭނާއަށް ވިއެވެ.

“ދެން.. ދެން ކޮބާ އެމީހުން….. ބައްޕަ ލާރި ނެގި މީހުން.. އެމީހުން އައިތަ ފަހުން.؟” އައިޒަން ސުވާލުކޮށްލިއެވެ. “އެމީހުން އައި.. އެފަހަރުވެސް އަހަރެން ސަލާމަތްވީ ޒުހާ ބައްޕަގެ ސަބަބުން… އެމީހުން ބުނި ބައްޕަ ބުންޏޭ ބައްޕަ ނެތަސް ބައްޕަގެ ލާރިގަނޑާއި މުދަލަކީ އަހަރެންނޭ… އެމީހުންގެ މިލްކެކޭ މިހާރު އަހަރެންމީ.. އެމީހުން ބުނި އަދިވެސް އަންނާނަމޭ.. އެމީހުންގެ އަތުން ބައްޕަގެ ނެގި އެ ލޯނު ފުއްދައިދޭންޖެހޭނީ އަހަރެންނޭ…. އަހަރެންނަކީ އެމީހުންގެ އެއްޗެކޭ… އަހަރުތަކެއް ފާއިތުވެގެން ދިޔަސް އެމީހުން އަންނާނޭ ބުނި….” ނައިނާ ޖަވާބުދިނެވެ. “ކޮންމެ ދުވަހެއްގެ އިރު އަރާ އޮއްސެނީ އަހަރެންނާއި މަންމަގެ ހިތުގައި އެ ބިރުވެރިކަން އުފައްދައިގެން.. ކޮންމެ ދުވަހެއް އިރުއަރާއިރު ތައްޔާރުވެ ހުންނަނީ، އެމީހުންނާއި އަދި ބައްޕައާއި ކުރިމަތި ލާންޖެހިދާނެތީ.. އައިސްދާނެތީ… އަހަރެންނަށް މީގެ އަހަރެއްކުރިން އެތަނުން އެކަކު މިރަށުން ދެކުނިން… އެމީހާ އަހަރެންނަށް ދިން ނުބައި ހިނިތުންވުން ދުވަހަކުވެސް ހިތުން ނުފިލާނެ.. އޭނާ އައީ ކީއްކުރަންކަމެއް ނޭނގެ…..” ނައިނާ އިތުރުކޮށްލުމުން އައިޒަން އޭނާގެ ގައިގާ އިތުރަށް ބައްދާލިއެވެ. ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.

“އަހަރެން ނައިނާ ހުރިހާ ކަމަކުންވެސް ސަލާމަތްކުރާނަން…” އައިޒަން ހިމޭން ވަގުތުކޮޅަކަށްފަހު އެހެން ބުނެލިއެވެ. “ޒަން ދާތީވެ ވަރަށް ބިރުގަނޭ…. އިތުބާރު ނުކުރަނީކީ ނޫން އެކަމް މާލޭ މީހުންގެ ގޮތް އަހަރެންނަށް އިނގޭ… ޒަން އަހަރެން ދުވަހަކުވެސް ދޫކޮށްލާފައި ނުދައްޗޭ… އަހަރެން ވަރަށް ލޯބިވަން…” ނައިނާ އެހެން ބުނުމުން އައިޒަން އެކަމަށް ވައުދުވިއެވެ. ދުވަހަކުވެސް ނައިނާ ދޫނުކޮށްލާނެކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

“ބޭބީ… މާލެ ދިޔަސް އަދި އަންނާނަމޭ އިނގޭ؟ އެހެންނޫނަސް މި ހިތް ދާނީ މިތާ ބައިންދާފައި..” ނައިނާގެ ނިތުގައި ބޮސްދެމުން އައިޒަން ސާބިތުކަމާއި އެކު ބުނެލިއެވެ. އެތަށް އިރެއްގެ މަސައްކަތުން އައިޒަން އަށް ނައިނާގެ މޫޑް ރަނގަޅުކޮށްލާ އަނެއްކާވެސް އެ ރީތި ހިނިތުންވުން ގެނެވުނެވެ. “ޒަން… އަދިވެސް އަހަރެންނާއި ޒަންގެ މަންމައަކާއި ވާހަކަ ދައްކާކަށް ނުދެމެއްނު…” ނައިނާ އެހެން ބުނުމުން އައިޒަން ހިމޭންވިއެވެ. “އަދި ދެއްކޭނޭ.. މިހުންނަނީ މާލެ ގޮއްސަ މަންމަ ކައިރި މިވާހަކަ ބުނަން…” އައިޒަން ޖަވާބު ދިނީ ހަމަޖެހިލަމުންނެވެ. އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނައިނާއަށް ނުދައްކާށެވެ. ނަމަވެސް އޭނާވެސް ވިސްނަމުން އެ ދަނީ އެކަމާއި މެދުގައެވެ. މަންމަ ހިތްހަމަނުޖެހިއްޖެ ނަމަ ނައިނާ އަށް ހަދާނީ ކީއްހެއްޔެވެ؟ ނައިނާ އެކުރާ އިތުބާރާއި އޭނާއާއި މެދު ކުރާ އުއްމީދު ފުނޑު ފުނޑުކޮށްލެވޭނެހެއްޔެވެ؟

……………..

އައިޒަން ފުރަން ހަމަޖެހިފައި އޮތް ދުވަހެވެ. “ހިތްހެޔޮ ކުރާތި އިނގޭ ދަރިފުޅާ!! ވަރަށް ސަލާމް…” ޒާހިދާ ފުޅާ ހިނިތުންވުމަކާއި އެކު އައިޒަން އަށް ސަލާމްކުރީ ހެޔޮހިތުންނެވެ. “ތެދެއް ތެދެއް… ޅިޔަނު ވާނެ އަދި އަންނަން ފެންކުޅި ކުޅެލަން…” ޒުހާ އެއްލޯ މަރާލަމުން އެހެން ބުންޏެވެ. އެއާއި އެކު އެންމެން ހޭންފެށިއެވެ. އައިޒަން އޭނާގެ ކައިރި ހުރި ނައިނާއަށް ބަލާލުމަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ. ފެންކަޅިވެފައިވާ އެ ދެލޯ ހިންދަން މަސައްކަތްކުރި ނައިނާއަށް އެކަން ކާމިޔަބެއް ނުވިއެވެ. ކަރުނަތަށް އެ ދެލޮލުން ފައިބައިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. “ވަރަށް ލޯބިވޭ! ވަރަށް އަވަހަށް އަދި ބައްދަލުވާނެ އިނގޭ… ދެރަނުވައްޗޭ… ލަވް ޔޫ…” އެދެލޮލުން ފޭބި ކަރުނަތަށް ފޮހެލާފައި އައިޒަން އެހެން ބުނުމުން ނައިނާ ހީލާފައި އައިޒަންގެ އަތާއި އަތް ގުޅާލިއެވެ.

އޭނާގެ ދެލޯ ކުރިމަތީ އައިޒަން ލޯންޗަށް އަރައިގެން ނައްޓާލިރިއު ހީވީ ނައިނާގެ ގައިން ތަނެއް އުނިވީހެންނެވެ. ބައްޕަ އޭނާއަށް ދެއްކި ކަންތަށް އައިޒަންގެ ފަރާތުން ފެނިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. މަރުވެދާނެއެވެ. އައިޒަން އަށް އޭނާ އިތުބާރު ނުކުރަނީކީ ނޫނެވެ. ބިރުގަންނަނީއެވެ. ވާނީވެސް އެހެންތާއެވެ. ބައްޕައަކަށް ދަރިޔަކު ކުރާނެ އިތުބާރާއި އުއްމީދުތަކަކީ އެހެން އެއްޗަކަށްވުރެ ބޮޑު އެއްޗަކަށްވީއިރު އެބައްޕަ ވަނީ އެ ހުރިހާ އެއްޗެއް ފުނޑުފުނޑުކޮށްލާ ނައިނާގެ ހިތް ކުދި ކުދި ކޮށްލާފައެވެ.

……………………………………………………

“އާނ… އެ ފަޒީ ގޯތި ދޮށީ ދަރިވެސް އެންމެ ފަހުން އެ އިނީ ރާއްޖެތެރޭ ކުއްޖަކާއޯ… ހައިރާންވޭ ފަޒީ އެކަމަށް އެއްބަސްވީތީވެސް.. ވާނީވެސް އެހެންނެއްނު؟ ދަރިއަކު މަންމައަށް މަޖުބޫރުކުރާ ހާލަށް ދިޔައީމަ މަންމައަށް ޖެހޭނީ ފަސްޖެހޭކަށްނު!! މިހާރުގެ ކުދިންނަށް މަންމައަކު އުފުލި ބުރަ އިނގޭނީ ކިހިނެއް؟ މަޔަކު އަބަދުވެސް އެދޭނީ ދަރިއަކަށް ރަނގަޅަކަށްނު… އަހަރެންނަށް އިނގޭ އެއްކަމަކީ އަހަރެންގެ އެއްދަރިއެއްވެސް އެހެން ނަހަދާނެކަން… އަހަރެން އެހާ ރުޅިއަންނަކަން އިނގޭއިރު އެކަހަލަ ކަތިފިޔަވަޅެއް ނާޅާނެ… ބަލަ މައިންވެސް ދަރިންނަށް އެހާ އިތުބާރުކޮށް ފޮނި އުއްމީދުތަކެއް ކުރާނެ.. އެ ފުނޑު ފުނޑުކޮށްލާފައި އެހެން އުޅެންފެށީމަ ކުރާނެ އަސަރު ވިސްނާލާ..އެހެންނޫނަސް އަހަރެން ނޭވައި ލެވޭ ހިނދަކު އެކަހަލަ ކަމަކަށް އެއްބަހެއް ނުވާނަން… އަހަރެންގެ ދަރިޔަކު ގައިމުވެސް އެކަހަލަ ކަމެއްގައި އަހަރެން ކައިރިއަށް ނުވެސް އަންނާނެ… އެމީހުންނަށް އިނގޭނެ ރާއްޖެތެރޭ މީހުންގެ ގޮތްތަށް.. މަ ހާދަ ފޫހިވެޔޭ..” ޝާމިރާ ކުސްތަޅުވަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ.

ޝާމިރާ އޭނާގެ އެކުވެރިންތަށް އެއްކޮށްގެން ދައްކަން ތިބި ވާހަކަ އެގޭ ދޮރުމައްޗަށް އެރި އައިޒަން އަށް ސާފުކޮށް އިވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނީ މަންމައަށް ކުރަން އުޅުނު ސުވާލުގެ ޖަވާބު ނުވެސް އަހަނިސް ލިބުމުންނެވެ. މަންމަގެ އުއްމީދުތަށް ފުނޑުފުނޑުކޮށްލާނީ ކިހިނެއްބާއެވެ؟ ހަމައެގޮތަށް ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ނައިނާގެ އިތުބާރާއި އޭނާ ނައިނާ އާއި އެކު ބިނާކުރާ ހުވަފެނީ ގަނޑުވަރު ފުނޑު ފުނޑުކޮށްލާނީ ކިހިނެއްހެއްޔެވެ؟

ދޮރުމަތީ ބޮޑު ދަބަހެއް އަޅުވާލައިގެން ހުރި އައިޒަން ފެނި ޝާމިރާއަށް އުފަލުން ކޮޅަށް ތެދުވެވުނެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް އައިޒަންގެ ގައިގާ އޮޅުލައިގަތެވެ. “މަގޭ ދަރިފުޅު.. ބަލާބަލަ ނުވެސް ކައިތަ އުޅުނީ.. ވަރަށް ހިކިއްޖެ…” ޝާމިރާ އައިޒަންގެ ހަށިގަނޑަށް ބަލާލަމުން އެހެން ބުނުމާއި އެކު އައިޒަން ހިޔާލީ ދުނިޔެއިން ބޭރަށް އާދެވުނެވެ. ޝާމިރާ ގައިގާ އޮޅުލައިގަތް އިރު އެ ހިތް ކުދިކުދިވާން ފަށައިފިކަން ހުދު އޭނާއަށްވެސް އިހްސާސްކޮށްލެވުނެވެ. ޝާމިރާ ލަސްކުރުމެއްނެތި ނޯކަރަކަށް ގޮވާލާ ކާއެއްޗެއް ތައްޔާރުކުރުމަށް އެދުނެވެ. އަމިއްލަ އަތުން ފައިން އެކަހަލަ ކަމެއް ކުރަން ޝާމިރާއަށް ވަނީ ބޮޑުކަމަކަށެވެ. އޭނާއަށް ކުރެވޭނެ ހަމައެކަނި ކަމަކީ މޭޒެއްގެ ފަހަތުގައި އިނދެ އަތުން ގަނޑުތަކެއްގައި ސޮއިކޮށް ކުންފުނި ކުރިއެރުމަށްޓަކައި އެހެންމީހުންނަށް ބާރުއެޅުމެވެ.

ކޮޓަރިއަށް ވަތް އައިޒަން އެނދުމައްޗަށް ވެއްޓުނުއިރު ހީވަނީ ބޮޑު ބަރެއް އުފުލައިގެން ހުރި މީހެއްހެންނެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. “ދެން ކިހިނެއްތަ ހަދާނީ؟؟؟؟ މަންމަ އެއްކޮޅުގައި.. ދެން ނައިނާ… ދެމީހުންވެސް އަހަރެން ބޭނުން.. އެކަމް އެއްކޮށްލިބޭކަށެއް ނެތް…” އައިޒަން ހިތާހިތުން އެހެން ކިޔައިލިއެވެ.

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (8)

Next

ލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)

Next
September 8, 2017

ލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)

Previews
September 8, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (8)

17 Comments!

  1. Song joong ki... KOREAN says:
    September 8, 2017 at 11:28 am

    Me first 🙂 comment nukuriyas mi vaahaka kiyan. Varah reethi

  2. Ryn says:
    September 8, 2017 at 11:29 am

    Jummah mubaarak ??
    Sorry for a very late update. I was a bit busy yesterday. See you guys on next Sunday ?
    Love ya❤

  3. Lilly says:
    September 8, 2017 at 11:43 am

    Wow. Wat a nice stormy !!! Waiting for next part.?

  4. Lilly says:
    September 8, 2017 at 11:45 am

    Story*

  5. shaee says:
    September 8, 2017 at 11:47 am

    Woah❤❤ waiting for next part.. cant wait?❤

  6. Sabto says:
    September 8, 2017 at 12:29 pm

    Rovijje ingey ryn. Haadha reechey

  7. Hawwa says:
    September 8, 2017 at 12:44 pm

    Dhen vaany kihinehba? Alhey v rythi ❤?

  8. Fin says:
    September 8, 2017 at 12:58 pm

    Nice.. Ryn ge story eh viyya rythi nuve eh nudhanekan ingey… Love you ryn

  9. AN33 says:
    September 8, 2017 at 1:57 pm

    Vvvvv reethi ???❤️
    Waiting for next part……..?

  10. Meesh says:
    September 8, 2017 at 2:03 pm

    Varah reethi mi story.. Ekam bunelan beynun kurin ryn mi dhaairaa in feshi iru liyun vaahaka eh eii.. Handhain vaa gothuga mivany loabbey.. Jum akaa zayaan eh hen hyvany ulheny.. Love story feshuny phone in.. Without seeing.. E vaahakaige 2 vana season eh dhigukoh genes dhybala.. Varah kiyaa hivvey e vaahaka.. Maa avahah nimmaa lee ves…pls pls reply to this ryn

    1. aleena says:
      September 8, 2017 at 6:04 pm

      Yes alee wx wrhh bayynun ewaahka kiiyan.. Alhe ewaahakaiige 2 vana season ehh genes dhyyba… Thnk yew meesh 4 tellin this.. Aleewx wrhh bunan bayynunwii waahajaehh meesh furathama bunyyma… N this stwrywx wrhh habbu.. Keep going like this ryn

    2. Meesh says:
      September 8, 2017 at 10:13 pm

      Welcome alee

  11. Xxxx says:
    September 8, 2017 at 2:32 pm

    Wooooowww ???

  12. ??? says:
    September 8, 2017 at 8:33 pm

    Kihineh tha ryn. ….Vvvvvvvvv rythi mibaiii vess vvvv inthizaaru kurevuhjje mibayah☺ nainaa kairiyah avahah fonuvahchey aizann

  13. Manje says:
    September 8, 2017 at 10:23 pm

    Ryn kurin liyun vaahaka eh ga ves dhon bappa eh ge faraathun girl.ah jinsee goana… Abadhu eh type eh ge vaahaka…

  14. Faathee says:
    September 9, 2017 at 9:53 pm

    Comment nukuriyas baraabarah hurihaa part eh ves kiyan ingey. V reethi mi story. Ryn ge kureege ge story thakaa balaafa ibaarai kurun v salhi mi story ga ??…
    nainaa ge bappa eii male meehe veema anehkaa eii Aizan ge ves bappa baa ey haadha eba Hitha araey

  15. Anonymous says:
    September 10, 2017 at 11:17 am

    ryn ge 200 vana episode wow congratulations ryn enme furathama 200 ah ehryma congrates kiyanvaane dhw

Comments are closed.


All Right Reserved!