Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (8)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 8, 2017 6 Mins Read
26 Comments

ބާރުބާރަށް ސިޑިން އަރައިގެން އައި އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ. މަޑުމަޑުން އިސްއުފުލައި އޭނާ ބަލާލި ވަގުތު އެމޫނުމަތީގައިވާ ރުޅިވެރިކަން މަޑުމަޑުން ފޭދިގެން ދިޔައެވެ.

“އަރޫ..” އާރިކްއަށް މަޑުމަޑުން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވާލެވުނެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެންކުއްޖާ އާރިކްގެ ގައިގައި އޮޅުލައިގަތް ވަގުތު އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ.

“ދޮންބޭ.. އައި މިސްޑް ޔޫ..” އާރިކްގެ ގައިން ދޫކޮށްލަމުން އަރޫޝާ ބުނެލިއެވެ.

“އައި މިސްޑް ޔޫ ޓޫ ޕްރިންސަސް.. ކޮން އިރަކުތަ އައީ؟ ދޮންބެ ގާތު ބުނެވެސް ނުލާ..” އާރިކް އަރޫޝާގެ ދެކޮނޑުގައި ހިފަމުން ވާހަކަ ދެއްކިއެވެ. އަރޫޝާ އަކީ އާރިކްގެ އެއްބަނޑު ކޮއްކޮއަށްވީ ނަމަވެސް އޭނާ އަރޫޝާދެކެ އަމިއްލަ ކޮއްކޮއެއް ފަދައިން ލޯބިވެއެވެ. އެއް އަހަރު ވަންދެން އޮސްޓްރޭލިޔާގައި ކިޔަވަން ހުރެފައި އޭނާ ރާއްޖެ އެއައީ މިޔަދެވެ.

“މިޔަދޭ މިޔައީ.. ހަމަ ދޮންބެ އުޅޭކަން އެނގޭތީ ދޮންބެއަށް ސަޕްރައިޒްއެއް ދޭންވެގެން ނުބުނީ..” އަރޫޝާ އާރިކްގެ ދެކޮލުގައި ބާރަކަށް ހިފައިގަންނަމުން ވާހަކަދެއްކިއެވެ.

“އާ.. ތަދުވެޔޭ..” އާރިކް އަރޫޝާގެ އަތް ނައްޓުވާލަމުން އަރޫޝާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ.

“ހިނގާބަ ސައިބޯން ދާން މިތާ ކައިރި ކެފޭއަކަށް.. ވަރަށް ބަނޑުހައި..” އަރޫޝާ ބުނެލިއެވެ.

“އޯކޭ.. ދޮންބެ އަންނާނަން އިނގޭ ފްރެޝް ވެލައިގެން..” އެހެން ބުނުމަށްފަހު އާރިކް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފުންމަމުން ކަހަލަ ގޮތަކަށް އަރޫޝާ ސިޑިން ފައިބައިގެން އައެވެ. އޭރު ސޯފާގައި އިން ޖުވައިރިޔާ ފެނިފައި އަރޫޝާ އެދިމާއަށް ދިޔައެވެ.

“ދޮންބެ ވާހަކަނުދެއްކި ދޯ؟” ޖުވައިރިޔާ ގާތު އިށީންނަމުން އަރޫޝާ އަހާލިއެވެ. އެއާއެކު ޖުވައިރިޔާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އަސްލު މަންމަ ކުރީކީ މާފުކުރެވޭ ވަރުގެ ކަމެއް ނޫން.. އަހަރެންވެސް މަންމައަށް މާފުކުރީ ތީ އަހަރެންގެ އުފަން މަންމައަށް ވީމަ.. ދޮންބެ އެކަމަކު އެ ހުންނަނީ ގޮތް ދޫނުކުރަން..” އަރޫޝާ ޖުވައިރިޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. ޖުވައިރިޔާ ދެލޯ ހަނިކޮށްލިއެވެ. ކުރެވުނު ކަންތަކާ ކުޑަކޮށްވެސް ދެރަވާ ކަމުގެ ނިޝާނެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ.

** ** **

ރޭގަނޑުގެ ވަގުތު އަޝްފާން އޭނާ އުޅޭ ގޭގެ ބޭރު ޖޯލިފަތީގައި އިނެވެ. މައްޗަށް ބަލަހައްޓައިގެން އިންއިރު އެ ހިތާއި ސިކުނޑީގައި ރަނިކަން ކުރަމުން ދިޔައީ ޔުމްނާ ނޫން ދެވަނަ ފަރާތެއް ނޫނެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުގެ ވަށައިގެން ފިޔަޖަހަމުންދާ ތަރިތައް ފެނި އެ ހިތަށް ކުޑަ ނަމަވެސް ލުއިކަމެއް ލިބެމުން ދިޔައެވެ.

އަޝްފާން ސިހުނީ މީހަކު އައިސް އޭނާއާ ޖެހިގެން އިން ޖޯލީގައި އިށީނުމުންނެވެ. ބަލައިލިއިރު ކައިރީގައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނީ ޝަނާއެވެ. ޝަނާގެ ސޫރަ ފެނުމުންވެސް އަޝްފާންގެ ހިތަށް ފޫހިކަން ވެރިވިއެވެ.

“ހާދަ ފޫހިވެފަ އިންހެން ހީވެޔޭ.. އަހަންނާއެކު ހިނގާލަން ދާންވީނު؟” ޝަނާ ބުނެލިއެވެ. ކަންތަކާ ލައިގަތީއޭ އަޝްފާންގެ ހިތަށް އެރިއެވެ. ޝަނާ އެއުޅެނީ އޭނައާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ހެއްޔެވެ؟

“ނޫން. އަހަރެން ބޭނުމެއް ނޫން ދާކަށް.. ޝަނާ ދޭބަލަ ތިދާ ތަނަކަށް..” އަޝްފާން އެހެން ބުނީ މަޑުން ނަމަވެސް އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ. ނަމަވެސް މިކަން ޝަނާއަށް ވިސްނުނުހެން ހިޔެއް ނުވެއެވެ. އޭނާ އަޝްފާންގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމަން ފެށިއެވެ.

“އަޝްފާން ޕްލީސް.. ދެން ހިނގާބަ އަހަރެން ބުނީމަ..” ޝަނާ އަޝްފާންގެ އަތަށް ދަމަމުން ކުރުނުކޮށް ކިޔަން ފެށިއެވެ. އަޝްފާން ހުރީ ބޮލަށް އުނދަގޫވާ ވަރުވެފައެވެ. އަނެއްކާ ޝަނާ ލައިގެން ހުރީ ގަޔަށް ބާރު ކަކުލާ ހަމައަށް އަންނަ ވަރުގެ ކުރު ހެދުން ކޮޅެކެވެ. ހެދުމުގެ ކަރު ބޮޑުކަމުން އޭނާގެ މޭމަތިން ބައެއް އޮތީ ހާމައަށެވެ. އެކަމުންވެސް އަޝްފާންއަށް އުނދަގޫ ވަމުން ދިޔައެވެ.

“ޝަނާ ޕްލީޒް ހުއްޓާލަބަލަ!” އެންމެފަހުން އަޝްފާން ޝަނާގެ އަތް ފޮޅުވާލަމުން ބާރަކަށް ބުނެލިއެވެ. އޭނާގެ މި ޢަމަލުން ޝަނާ ކުޑަކޮށް ހިމޭންވިއެވެ. ދެން އެތަނުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް އަޝްފާން ބޭނުމެއް ނުވިއެވެ. ދެއަތް މުއްކަވައިގެން ހުރެ އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތް ނަމަވެސް ޝަނާ ބުނެލި އެއްޗަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

“ޔުމްނާއާ ވާހަދެއްކޭނެ ގޮތެއް އަހަންނަށް އެނގޭ!” ޝަނާ އެ ބުނި އެއްޗަކާ މެދު އަޝްފާންއަށް ވިސްނާލަން މަޖުބޫރުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ޔުމްނާގެ ހާލަކީ ކޮބައިތޯ ބަލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ޝަނާއާ ދިމާއަށް އެނބުރެލިއެވެ.

“ކިހިނެއް؟” ޝަނާގެ ގާތަށް ފިޔަވަޅެއް އަޅާލަމުން އަޝްފާން އަހާލިއެވެ. އެވަގުތު ޝަނާގެ މޫނުމަތީގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

“ހިނގާ އަހަންނާއެކު..” އަޝްފާންގެ އަތުގައި ހިފަމުން ޝަނާ ބުނެލިއެވެ. އަޝްފާން އޭނާގެ ފަހަތުން ދިޔައީ ޔުމްނާއާ ވާހަކަދެއްކުމަށް އެހިތް ގޮވަމުން ދިޔަވަރުންނެވެ.

** ** **

ދުއްވަމުން ދިޔަ ސައިކަލުގެ ހުންގާނުގައި ހިފައިގެން އާރިކް އިންއިރު އޭނާގެ ފަހަތުގައި އަރޫޝާ އިނެވެ. އެހާ ދުވަސްފަހުން ދިމާވީތީ އެ ދެބެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުޑައިރުއްސުރެ އެދެބެންނަކީ ވަރަށް އެކުވެރިކޮށް އުޅެ ބޮޑުވި ދެކުދިންނެވެ.

“ދޮންބޭ.. ހިނގާބަލަ ބައްޕަ ގާތަށް ވަދެލަން ދާން..” އާރިކްގެ ކަންފަތް ދޮށުގައި އަރޫޝާ އެހެން ބުނެލުމުން އާރިކް ބޯ ޖަހާލިއެވެ. އަރޫޝާގެ ބައްޕަ، ރަޝީދަކީ އާރިކްގެ އުފަން ބައްޕައަށް ނުވި ނަމަވެސް ރަޝީދު އާރިކްއާމެދު ކަންތައް ކޮށްފައިވަނީ އުފަން ދަރިއަކާ މެދު ކަންތައް ކުރާހާ ރަނގަޅަށެވެ. ވުމާއެކު އާރިކްގެ ހިތުގައިވެސް ރަޝީދަށްޓަކައި ޚާއްސަ ޤަދަރެއް ދެވިފައި ވިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ރަޝީދުގެ ބޮލަށް ވަރަށް ބޮޑު އަނިޔާތަކެއް ވިއެވެ. އެ ހާދިސާގެ ފަހުން ރަޝީދު ކޯމާއަކަށް ދިޔައީއެވެ. އަދިވެސް އޭނާ އޮތީ އައި.ޖީ.އެމް.އެޗް ގެ އައިސީޔޫގައި ބާއްވާފައެވެ.

އައި.ޖީ.އެމް.އެޗް ގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމާއެކީ އަރޫޝާ ސައިކަލުން ފޭބިއެވެ. އަދި ކަމަކަށް ތައްޔާރުވާ ފަދައިން ފުންނޭވާތަކެއް ބޭރުކޮށްލިއެވެ. ފަހަތުން އައި އާރިކް އަރޫޝާގެ އަތުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ދެމީހުން އެކީގައި އެތެރެއަށް ވަންނަން ހިނގައިގަތް އިރު އަރޫޝާގެ ހިތަށް ކުރަމުން ދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ.

ރަޝީދު ބާއްވާފައި އޮތް ތަނަށް ދިޔައިރު އެތަނުގައި އޭނާގެ ކަންތައްތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ނަރުސްކުއްޖާ އިނެވެ. އާރިކްމެން ފެންނައިރަށް އަބަދުވެރިކަމާއެކު ހިނިތުންވެލަމުން އެކުއްޖާ ދުރަށް ޖެހެލިއެވެ. އަރޫޝާ މަޑުމަޑުން ކުރިއަށް ޖެހެލިއެވެ. ރަޝީދުގެ މޫނު ފެންނައިރަށް އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ރަޝީދު އޮތް ހާލު ފެނި އެހިތަށް ކެތް ނުވީއެވެ. އެހާ ގިނަ ދުވަސް ފަހުން ލޯބިވާ ބައްޕަގެ ސޫރަ ފެނުމުން އެހިތް ޖަޒުބާތުން ފުރުނީއެވެ.

“ބައްޕާ..” އަރޫޝާ ރަޝީދުގެ އަތުގައި ފިރުމާލިއެވެ. އޮކްސިޖަންގެ އެހީގައި ރަޝީދު ނޭވާލަމުން ދިޔައިރު އެކި ކަހަލަ މެޝިންތައް އޭނާގެ ހަށިގަނޑަށް ގުޅާފައިވިއެވެ. އޭނާ އޮތް ހާލު ފެނި އާރިކްވެސް ދެރަވިއެވެ. އާރިކް ދުނިޔެއަށް އުފަންވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ޖުވައިރިޔާ ރަޝީދުއާ އިނީ އޭނާއަށް އެއް އަހަރުވެސް ނުފުރެނީހެވެ. ރަޝީދު އާރިކްއަކީ އޭނާގެ ދަރިއެއްގެ ގޮތުގައި ބަލައިގަތީ އުފަލާއެކީގައެވެ. ރަޝީދު އޭނާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދީފައިވިއެވެ. ރަޝީދުއާ އިންތާ މާ ގިނަ ދުވަސް ނުވަނީސް ޖުވައިރިޔާއަށް އަރޫޝާ ލިބުނެވެ. ރަޝީދު ދުވަހަކުވެސް އާރިކްއާ އަރޫޝާއާ ދެމެދު ތަފާތުކޮށްފައެއް ނުވެއެވެ. އެކަހަލަ ދޮން ބައްޕައެއް ލިބުނީތީ އާރިކް އުފާކުރެއެވެ.

“މަންމަ ނާދޭ ދޯ ބައްޕަ ގާތަކަށް؟” ހޮސްޕިޓަލުން ނިކުންނަމުން އަރޫޝާ އާރިކް ގާތު އަހާލީ ވިސްނުމެއްގައި ހުރެއެވެ. އާރިކް ދެކޮނޑު އަރުވާލިއެވެ. ޖުވައިރިޔާ ކުރި ކަންތައް އެނގުނީއްސުރެ އޭނާ އެ މަންމައަށް ނަފުރަތު ކުރެއެވެ. ދެމީހުން އެކީގައި ގެއަށް ދިޔައިރު، އެ ދެމެދަށް ވެރިވެފައި ވަނީ ހިމޭންކަމެވެ.

އާރިކް އާއި އަރޫޝާ ގެއަށް ވަންނައިރަށް ގޭތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖުވައިރިޔާ އައިސް އާރިކްގެ އަތުގައި ހިފައިގަތެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ.

“އާރިކް.. ބައްޕަގެ ކޮންޕެނީއާ ހަވާލުވެބަލަ.. ކީއްވެތަ އެކަން ނުކުރަން ތިއުޅެނީ؟” ޖުވައިރިޔާ އެހެން އަހާލުމުން އާރިކް ޖުވައިރިޔާގެ އަތް ފޮޅުވާލިއެވެ.

“މަންމަ ގާތު އަހަރެން ބުނެފިން ދޯ އަހަރެން ބޭނުމެއް ނޫނޭ ބައްޕަގެ އެއްވެސް މުދަލަކާ ފައިސާއެއް.. މަންމައެއްނު ތިއުޅެނީ މުދާތަކާހެދި މޮޔަވެގެން.. ލާރިއަށްޓަކާ މަންމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެންމެ ރަނގަޅަށް އެނގެނީ އަހަންނަށް.. އަރޫޝާ އެއްކޮށް ކިޔަވައި ނިމުނީމަ އަރޫޝާއާ ކޮންޕެނީ ހަވާލުކުރޭ.. އަހަރެން ބޭނުމެއް ނޫން..” އާރިކް ވާހަކަދެއްކީ މަޑުން ނަމަވެސް އެއަޑުގައިވާ ހިތްހަމަނުޖެހުން ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެއެވެ. އެއަށްފަހު ހަރު ހިނގުމެއްގައި އާރިކް ސިޑިން އަރައިގެން ދިޔައެވެ.

ރަޝީދު އަކީ މާލޭގައި އަމިއްލަ ކުންފުންޏެއް ހިންގާ މުއްސަންޖެކެވެ. ރަޝީދު ކޯމާއަށް ދިޔައިއްސުރެ ކުންފުނީގެ ކަންތައް ބަލަހައްޓަމުން އަންނަނީ ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އެ ދާއިރާއިން ކިޔަވައިގެން ހުރި ނަމަވެސް އާރިކް ކުންފުނީގެ މަސައްކަތްތައް ކުރަން ބޭނުންނުވީ ޖުވައިރިޔާ ކަންތައް ކުރި ގޮތުގެ ސަބަބުންނެވެ.

އާރިކް ދިއުމުން އަރޫޝާވެސް އެނާގެ ފަހަތުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައެވެ. އެ ހިތުގައި ޖުވައިރިޔާއަށްޓަކާ އެތައް ޝަކުވާއެއް ވިއެވެ. އެވަގުތު އޭނާ ބޭނުންވީ ހިތްފުރޭ ވަރަށް ރޮއިލާށެވެ. ދެމީހުން ދިޔަ މަންޒަރު ބަލަން ހުރި ޖުވައިރިޔާ ދެއަތް މުއްކަވާލިއެވެ.

** ** **

“ކީއްކުރަން މިތަނަށް ތިއައީ؟” އަޝްފާން މުޅި މާހައުލަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. އޭނާ އާއި ޝަނާ ވަލުތެރޭގައި ހުއްޓިގެން ހުރިއިރު ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ކޮކާ ހަނދުވަރު އޭނާގެ މޫނަށް އެޅިފައިވިއެވެ. ޝަނާ އަޝްފާންއަށް ބަލާލަމުން އެއްމިޔަކުން ހީލިއެވެ. އަޝްފާން ހާސިލުކުރަން ކޮންމެފަދަ ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.

ކުއްލިއަކަށް ޝަނާ އަޝްފާންގެ ހަށިގަނޑުގައި އޮޅުލައިގަތީ އަޝްފާން ނުވެސް ވިސްނާ ހުއްޓައެވެ. ލިބުނު ސިހުމާއެކު އަޝްފާންއަށް ތެޅިގަނެވުނެވެ. ޝަނާ ދުރުކުރަން އޭނާ އުޅުނު ނަމަވެސް ޝަނާ އަޝްފާންގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރީ ވަރަށް ބާރަށެވެ.

“ޝަނާ! މޮޔަވެގެންތަ ތިއުޅެނީ؟” އަޝްފާންގެ ރުޅިވެރި އަޑު މާހައުލުގައި ގުގުމާލިއެވެ. ނަމަވެސް އެކަމަށް ޝަނާ ފަރުވާ ބެހެއްޓިހެނެއް ހިޔެއް ނުވެއެވެ. އެންމެފަހުން ޝަނާ އަޝްފާންގެ ކަރުދޮށުގައި ބޮސްދޭން ފެށުމުން އަޝްފާން ގައިގައި ހުރި ބާރެއްލާފައި ޝަނާ ކޮށްޕާލިއެވެ. ވަލުތެރޭގެ ހިކި ފަތްތައް ތެރެއަށް ވެއްޓުނު ވަގުތު ޝަނާއަށް ތަދުވެސް ވިއެވެ.

“ކޮންކަހަލަ އަންހެނެއްތަ ތީ؟ ދެން މަގޭ ލޮލަށް ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ!” ޝަނާ އާ ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން އަޝްފާން ބުނެލީ ރުޅިވެރި ގޮތަކަށެވެ. އެއަށްފަހު އޭނާ ދުވެފައި ވަލުތެރެއިން ނިކުމެގެން ދިޔައެވެ. ބިންމަތީގައި އިން ޝަނާ ތެދުވެ ހިންދެމެލިއެވެ. އަޝްފާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އޭނާ ހުރިއިރު އެ މޫނުމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އިރުކޮޅެއް ނުވަނީސް ގަސްތަކުގެ ތެރެއިން ނިކުމެގެން އައީ ޝަނާގެ އެންމެ ގާތް ދެ ރަޙުމަތްތެރިންނެވެ.

“ސަޅި ޝޮޓެއް ނެގުނު؟” ޝަނާ އެމީހުންނަށް ބަލާލަމުން އަހާލިއެވެ.

“ޔަގީނެއްނު؟” އަތުގައި އޮތް ކެމެރާ ދައްކާލަމުން އެތަނުން އެކަކު ބުނެލިއެވެ. އެއާއެކު ތިން މީހުން އެއްފަހަރާ ހޭން ފެށީ އެމީހުންގެ މަޤުސަދު ހާސިލްވުމުންނެވެ.

އަޝްފާން ދުވެފައި ގެއާ ދިމާއަށް ދިޔައިރުވެސް އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ޝަނާ އަކީ ކޮންކަހަލަ އަންހެއްކުއްޖެއް ހެއްޔެވެ؟ މިރޭ ޝަނާ އެ ކުރި ކަމަކުން އޭނާގެ ތަބީޢަތް ވަރަށް ގޯސްވެއްޖެއެވެ. އެ ގޮތް ކުޑަ އަންހެންކުއްޖާ ބޭނުންވެގެން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ގެއާ އަރާ ހަމަވީއިރު ގޭގެ ބޭރު ޖޯލިފަތީގައި އިން އާސިމް ފެނި އޭނާ މަޑުޖެހެލިއެވެ. އާސިމްއަށް ކުޑަ ހިނިތުންވުމެއް ދެމުން އޭނާ އާސިމް ގާތު އިށީނެވެ. ދެންމެ ވެގެން ދިޔަ ކަންތައް މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން އޭނާ އާސިމްއާ ވާހަކަދެއްކިއެވެ.

“ބުރޯ މިހާރު އަހަރެން ހޯދަން މިގޭ ދޮށަށް ވެސް އަންނަން ފެށީތަ؟ ބުރޯ އަހަރެން ދެކެ ހާދަ ލޯތްބެކޭ ދޯ ތި ވަނީ؟” އާސިމްއާ ދިމާކޮށްލަމުން އަޝްފާން ބުނެލިއެވެ. އެހެންނޫނިއްޔާ އާސިމްއަކީ މިގެ ފެންނަ ހިސާބަށްވެސް އައި މީހެއް ނޫން ވިއްޔާއެވެ. އަޝްފާން އެހެން ބުނުމުން އާސިމް އަޝްފާންގެ އުނގަށް ފޮތެއް ލައިދިނެވެ.

“މިޔަދު އަޝްފާން ދިޔައީ ތި ފޮތް ކުލާހުގަ ބާއްވާފަ..” އާސިމް އަވަސް އަވަހަށް ބުނެލިއެވެ. އަޝްފާން އާސިމްއަށް ބަލާލިއެވެ. އޭނާއަށް މިހާރު ފެންނަމުން މިދަނީ އާސިމްގެ ކިބައިން ކުރިން ފެނުނު ސިފަތަކެއް ނޫނެވެ. އާސިމަށް އައިސްގެން އުޅޭ މި ކުއްލި ބަދަލުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

“އާސިމް.. އަހަރެން ވާހަކައެއް އަހާލަންތަ؟” ސީރިއަސްކަމާއެކު އަޝްފާން އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އާސިމް ބޯ ޖަހާލިއެވެ.

“ކީއްވެތަ އާސިމް ޔުމްނާ ދެކެ އެހާ ރުޅިއަންނަނީ؟ ޔުމްނާއާ ދޭތެރޭ އެގޮތަށް ކަންތައް ކުރީ ކީއްވެ އޭރު؟” އަޝްފާން އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ. އެވަގުތު ކަމަކަށް ތައްޔާރުވާ ފަދައިން އާސިމް ފުންނޭވައެއް ދޫކޮށްލިއެވެ.

“މީގެ ފަސް އަހަރު ކުރިން ޔުމްނާގެ ބައްޕަ، ރާމިޒު އަހަރެންގެ ބައްޕަގެ އަތުން ދަރަންޏަށް ފައިސާ ނެގީ. ރާމިޒު އަކީ އެގޮތަށް އުޅޭ މީހެއް. އެއްވެސް މަސައްކަތެއް ނުކުރާނެ. އެކި މީސްމީހުން އަތުން އޭނާ ވަރަށް ގިނައިން ފައިސާ ނަގާނެ. ރާމިޒު ބައްޕަގެ އަތުން އެ ފައިސާ ނެގިއިރު ބުނީ އެއް މަސްތެރޭގައި ދައްކާ ނިންމާލާނަމޭ. އެކަމަކު ދެމަސް ތިންމަސް ފާއިތުވެގެން ދިޔައިރުވެސް ރާމިޒު އެ ފައިސާތަކެއް ނުދިން. އެކަމާ ގުޅިގެން ބައްޕަ އާއި ރާމިޒުއާ ދެމެދު ބޮޑު ޒުވާބެއް ދިޔަ. އޭގެ އަނެއް ދުވަހު ފެނުނީ ބައްޕަ ވަލުތެރޭގަ މަރުވެފަ އޮއްވަ. އަހަރެންގެ އާއިލާ އެންމެންނަށް އެނގޭ އެއީ ރާމިޒު ކުރި ކަމެއްކަން. އެ މައްސަލަ ތަހުޤީޤު ކުރެވުނު އެކަމަކު ރާމިޒު އެކަން ކުރި ކަމަކަށް ސާބިތެއް ނުވި.” އާސިމް އެވާހަކަ ކިޔައިދިން އިރު އެ މޫނުމަތީގައިވާ ހިތާމަ އަޝްފާންއަށް ރަނގަޅަށްވެސް އެނގުނެވެ. އޭނާ އާސިމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ރާމިޒު ފަހުން މަރާލީ ޝަނާގެ ބޮޑުބޭބެއެއް. އޭނަ އަތުންވެސް ރާމިޒު ފައިސާތަކެއް ނެގިކަމަށް ވަނީ. އެހެންވެ ޝަނާ ޔުމްނާ ދެކެ އެހާ ރުޅިއަންނަނީ.” އާސިމް ބުނެލިއެވެ.

“އެކަމަކު…. އޭގައި ޔުމްނާގެ އޮތީ ކޮން ކުށެއްތަ؟ ޔުމްނާގެ ބައްޕަ ކުރިކަމެއްގެ ސަބަބުން ޔުމްނާ ދެކެ ތިހާ ރުޅިއަންނާކަށް ނުޖެހޭ ކަންނޭނގެ..” އަޝްފާން އާސިމްއަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް ބުނެލިއެވެ. އާސިމް މަޑުމަޑުން ބޯ ޖަހަމުން ވާހަކަދެއްކިއެވެ.

“އަހަންނަށް އެކަން އިހުސާސްވީ ޔުމްނާ ފަރީދުއާ އިނދެގެން ފުރި ދުވަހު. ދެރަވެސްވި ޔުމްނާއާ ދޭތެރޭ އެގޮތަށް ކަންތައް ކުރެވުނީމަ.. އެ ރާމިޒު ޔުމްނާއަށްވެސް އެހާ ނުބައިކަން އަހަންނަށް އިހުސާސްވީ އެދުވަހު.. ނުބައިވީމަތާ އަމިއްލަ ދަރި ފައިސާއަށްޓަކާ ވިއްކާލާނީ.. އަހަރެން ހުރިން ޔުމްނާ ފުރިއިރު ބަނދަރު ފެންނަ ހިސާބުގަ.. މާފަށް އެދޭނެ ފުރުސަތެއް ނުލިބުނީމަ ވަރަށް ދެރަވި.. ހިތަށްއަރާ މިހާރު ޔުމްނާ އުޅޭނީ ކޮން ހާލެއްގަބާއޭ..” އާސިމް މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ. އާސިމްއަށް ވިސްނުނީތީ އަޝްފާން އުފާކުރިއެވެ. ނަމަވެސް ޔުމްނާއަށްޓަކާ އެހިތް ރޮނީއެވެ. އެ ކުއްޖާއަށް މި ދުނިޔެމަތީގައި ކިހާ ވޭނަކާއި ހިތްދަތިކަމެއް ލިބިއްޖެ ހެއްޔެވެ؟ އަދި އެވެސް އެކުއްޖާގެ އެއްވެސް ކުށަކާ ނުލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޢެދެމޭ އުފާ….(8)

Next

ތި ލޯތްބަށްޓަކައި (5)

Next
September 8, 2017

ތި ލޯތްބަށްޓަކައި (5)

Previews
September 7, 2017

ޢެދެމޭ އުފާ….(8)

26 Comments!

  1. Liaa says:
    September 8, 2017 at 10:03 am

    Hey Guys.. Hope you liked this part too 🙂
    And rangalhu kuran thankolheh iniyyaa comment kollaafa bunela dhehchey.
    LOves <3
    Next part MONDAY ga.. Keep waiting! <3

  2. Aishath says:
    September 8, 2017 at 10:17 am

    Vvvvvv salhi…i love this story..next part avahah up kohdjehchey liaa♡♥

  3. Axu says:
    September 8, 2017 at 10:20 am

    v salhi

  4. Shaa says:
    September 8, 2017 at 10:22 am

    V nice mi part ves me mi situnves me kiyaa hamaekani story akeee v v nice story eh meee

  5. Reet says:
    September 8, 2017 at 10:41 am

    V reethi aneh part Avass kohlaa dheebala please

  6. Tunnets says:
    September 8, 2017 at 10:44 am

    Haadha Kurey… Thankolheh dhigu kohba pls…. N varah reethi..

  7. Lip gloss says:
    September 8, 2017 at 11:51 am

    Hey Liaa babe… this story is just wow.. ?
    I love the chemistry between ashfaan and aasim.. ashfaan aasim aa dhimaa kuraa gothun v hini aadhey.. haha

  8. Aish says:
    September 8, 2017 at 11:54 am

    Alhe yum ekamun salaamai kobba ashfaan.
    Vv reethi mi part vs. Vv kiyaa hih veyy. Waiting for monday ah

  9. ??? says:
    September 8, 2017 at 11:56 am

    Goi neyngey kanthah gandeh eba ulhey dho aric ge life ga ves. I like aric. He s soo handsome. I wanna marry him ???

  10. mal-mal says:
    September 8, 2017 at 12:19 pm

    nice part,MashaAllah!! ???
    Monday ga ey??? alhey, haadha dhigu inthizaarekey kuran thi jehuny!! ???

  11. Samshine says:
    September 8, 2017 at 1:25 pm

    Wowwwww

  12. Liaa Ge Emme Bodu Fan ? says:
    September 8, 2017 at 1:39 pm

    Vvvvv reethi mi story. Loved it! ❤

  13. Miiiin says:
    September 8, 2017 at 3:09 pm

    Varah reethi….

  14. Kainaa says:
    September 8, 2017 at 3:11 pm

    Varah kuru. But nice…

  15. Hain says:
    September 8, 2017 at 3:12 pm

    Y Monday ??? Ege kurin up eh hama nukureveyne thah???

  16. Ixyaan says:
    September 8, 2017 at 3:15 pm

    Kivetha ashfaan aasim aai dhimaa ah ekahala echehi kiyaaniii???

  17. Ixxxxxuunnn says:
    September 8, 2017 at 3:17 pm

    Hey. Dhen ashfaan aai aasim besties ah dhw vaaniiii… Varah cute

  18. Abdul says:
    September 8, 2017 at 5:03 pm

    Salhi

  19. Can't wait says:
    September 8, 2017 at 8:31 pm

    Story kithamme haaa es nalla! Ekm maaa lahiii anna leh! Swry 2 say this ! I knw u r bxy bt story up kurun mi ah thuren avas khdhiibala! Plxx

  20. Liaa says:
    September 8, 2017 at 9:06 pm

    Thank u hurihaa kudhin! <3
    I know miah vure avahah kiyan beynun vaanekan.. But Liaa ah vee varakun mi up kuranii.. Only two days ah wait kolladhee ok? 🙂 <3

  21. ®@@ñ! says:
    September 8, 2017 at 10:37 pm

    Thankolheh dhigu kollaba but still its very nice???

  22. Alvyn says:
    September 9, 2017 at 12:19 am

    V nice mi part vex..

  23. Hafeez says:
    September 9, 2017 at 12:39 am

    Shanaa thee guraidhoo ah laan vefa inn anheneh. And the story is very nice. Keep it up liaa.

    1. mal-mal says:
      September 9, 2017 at 2:03 pm

      ??? Hafeez hama thibuny thedheh!!!!???
      Eynaa Guraidhoo ah fonuvaalan vee!!

  24. click a shot ? says:
    September 9, 2017 at 1:13 pm

    Varah salhi mi part ves

  25. Can wait☺ says:
    September 10, 2017 at 9:37 pm

    Owkeyy☺?

Comments are closed.


All Right Reserved!