Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 1

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
September 7, 2017 8 Mins Read
49 Comments

” ރޭދުވާ ތަކުރާރު ވަމުން ގޮސް މިއަދު އެރި އިރުވެސް އޮއްސެނީއެވެ. އެއާއެކު އަނިދިރިކަމުގެ ސާލެއް އުދަރެސް މައްޗަށް ވެރިކުރުވަމުން ދެއެވެ. ރަތްވިލާތަކުން އުދުމަތީގައި ނަލަ ތަސްވީރެއް ކުރަހަމުން ދެއެވެ. އުޑުމަތި ބަނަ ދުވަހެއް ނަމަވެސް ޖެހޭ ހިތްގައިމު ވައިރޯޅިތަކުން މޭ ފުރިގެން ދެއެވެ. މެންދުރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖައްވުގައި ތާޒާކަން އެކުލެވިގެންވެއެވެ. ގަސްތަކަށް އާރޯކަން ގެނެސްދީފިއެވެ.

މިފަދަ ހިތްގައިމު ދުވަސްތައް އައުމުން އަހަރެންގެ ހަނދާނަށް އަންނަނީ ރަށުގައި އުޅުނު އުފާވެރި ދުވަސްތަކެވެ. އެދުވަސްތައް އަލުން ތަކުރާރުވާނަމައޭ ހިތަށް އަރައެވެ. ގުދުރަތީ ރީތިކަން ސިފަކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟ ވާރޭ ވެހޭ ދުވަހެއް ނަމަ ބިންމަތީގެ އަޑިގަނޑުތަކުގައި އުފެދޭ ކޯރެއް ކަހަލަ ފެންގަނޑުގައި  ބޯޓު ހަދައިގެން ދުއްވަމެވެ. އެއްބަޔަކު ހުސްކުރި ޕުލާސްޓިކު ފުޅީގައި އަނެއް ބަޔަކު ކަރުދާހުންނެވެ. ކޮންމެ ކުއްޖަކުވެސް ބަލަނީ އެމީހެއްގެ ބޯޓު ރޭހުން އެއްވަނައަށް ގެންދެވޭތޯއެވެ.

ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލައިގެން އެކުވެރިންނާއި އެކު ނުކުންނަނީ ގޮނޑުދޮށާއި ދިމާލަށެވެ. އެދާ މަގުމަތީގައި މިދިލިގަސްތަކުން މަދު ބިންނަމުން ކާނިގަސްދޮށުން މާހޮވަމެވެ. އަދި ގޮނޑުދޮށަށް ދެވުމުން ރާޅާއެކު އައިސްފައިވާ ބޮލިތަކުން އެއްމެ ރީތި ބޮލިތައް ހޮވައި ގެޔަށް ގެންދަން ރައްކާކުރަމެވެ. ”

ހިޔާލީ ފޮލާގެ ފޮނިކަމުގައި މަލަކާއަށް މާގިނައިރަކު ނީދެވުނެވެ. ކަންފަތުގައި ޖެހުނީ މަޢުރިބު ނަމާދުގެ ބަންގީގެ އަޑެވެ. އުގުމަތީގައި އޮތް ފޮތް ލައްޕާލުމަށްފަހު ގަލަމާއި އެކު ކޮނޑުގައި އަޅުވާފައި އޮތް ދަބަހަށް ލިއެވެ. އަދި ބިންމަތީގައި އިނުމުގެ ސަބަބުން ގައިގައި ތައްލަވާފައި ހުރި ވެލިތައް ފޮޅާލުމަށްފަހު ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. ގެ ހުންނަނީ މާދުރުގައި ނޫން ނަމަވެސް ހަލުވި ހިގުމެއްގައި ދިޔައީ ވީހާވެސް އަވަހަކަށް ނަމާދަށް އެރޭތޯއެވެ.

އަތުގައި އޮތް ފޮތުގައި މަލަކާ ލިޔަމުން ގެންދިޔައީ މަލަކާގެ ހިއްސުތަކަށް އިހްސާސްވަމުން ދިޔަ މަންޒަރެވެ. ލިޔުމަކީ މަލަކާ އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ. ރަށުގެ މަދަރުސާއިން ވާހަކަ ލިޔަން ދަސްކޮށްދިނުމުގެ ކުރިންވެސް ވަށައިގެންވާ މާހައުލުން މަލަކާއަށް ފެންނަމުން ދާ ހުރިހާ ކަމެއްހެން އަތުގައި އޮންނަ ޑައިރީގައި ލިޔަމުން ގެންދެއެވެ. މަލަކާގެ ސިކުޑީގައި އޮޅުންބޮޅުންވެފައިވާ ހިޔާލުތައް ރީއްޗަށް ބަސްތަކެއްގައި އަމުނައެވެ.

މަތީ ސާނަވީ އިމްތިހާން ރަށުން ނިއްމާލުމަށްފަހު މަލަކާ މާލެ އައީ ތައުލީމީ އިތުރު ހަރުފަތެއް ގިރާކުރުމަށެވެ. ރަށުން މަތީ ސާނަވީ އިމްތިހާން ނިއްމި މަދު ދަރިވަރުން ތެރެއިން ރަގަޅު ނަތީޖާއެއް ހޯދައި މަލަކާ އޭނާގެ މައިންބަފައިން ފަހުރުވެރި ކުރުވިއެވެ.މާލެ އައުމުގެ ކުރިން މާލޭގެ ފޮޓޯތަކާއި މަންޒަރުތައް ޓީވީއިންނާއި އެހެނިހެން ގޮތްގޮތުން ފެނިފައިވެއެވެ. ފެނުނު މަންޒަރުތަކުން ސިފަވާ ގޮތަށް ވުރެ އިތުރަށް މާލެއަކީ ތޮތްޖެހިފައިވާ ތަނެކެވެ. ތަރުތީބެއް ނެތި ހަދާފައިވާ އިމާރާތުގެ ޖަންގަލީގެ ތެރޭގައި އެތައް ހާހުން ގުނާލެވޭ ވަރަށް އުޅަނޑު ފަހަރު ދުއްވައެވެ.

މިއަދުވެސް މަލަކާއަށް އިހްސާސްވަމުން ދަނީ އެދަނގޫ ކަމެވެ. ވަކި އުސޫލެއް ނެތި އެއްމެންވެސް ބަލަނީ އެމީހެއްގެ މަންޒަލާއި ހަމައަށް ވާސިލްވެވޭތޯއެވެ. އެހެންމީހުންގެ އިހްސާސްތަކަށް ބަލަނީ މަދު ބަޔެކެވެ. ފުނިޖެހިފައިވާ މަގުން މަލަކާ މަގު ހުރަސްކުރަން އުޅުނެވެ. ރީނދޫ ކުލައިން ކުރަހައިފައިވާ ކަފިހި ހުރަސްގެ އެއްކޮޅުގައި ހުރެ ދެކޮޅު ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

 

ބާރު ހިނގުމެއްގައި ދިޔަ މަލަކާގެ ހިއްސުތަކަށް ސިހުން ގެނުވީ ޖެހިގެން އޮތް ގޯޅިން ބާރު ދުވެއްޔެއްގައި އައި ސައިކަލެވެ. ވެރިވި ބިރުވެރިކަމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން އިހުނަށް ވުރެ ބާރު ވެގެން ދިޔައީ ފަޅި ސިކުންތެއް ތެރޭގައެވެ. އަތާއި ފައިގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ. ސައިކަލުގައި ނުޖެހުމަށް މަލަކާ ފަހަތަށް ޖެހުނީ ފަހަތުގައި މީހުން ތިބިކަން ނޭނގި ހުރެއެވެ. ފަހަތަށް އެޅި ދެވަނަ ފިޔަވަޅާއި އެކު މަލަކާ ބިންމައްޗަށް ވެއްޓުނީ ޖެހިގެން ހުރި މީހާގެ ފައިގައި އަޅައިގެންފައެވެ. އެޔާއެކު ކޮނޑުގައި އޮތް ދަބަސްވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ.

ސައިކަލު ފަސްދީފައި ދިޔުމުން މަލަކާ މޭގައި އަތް އަޅާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެއްމެންގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށް ކަން ނޭނގޭ ހާލުގައެވެ.

“ތަނަކަށް ތަދުވިތަ.. މިއޮތީ ދަބަސް” މެދު އުމުރެއްގެ އަންހެން މީހެއް މަލަކާގެ ދަބަސް ދިއްކޮށްލަމުން ބުނެލިއެވެ.

‘ނޫން . ޝުކުރިއްޔާ” އިން ތަނުން އަވަހަށް ތެދުވަމުން މަލަކާ ބުނެލީ ހިނިތުންވުމާއި އެކީ ގައެވެ. އެވަގުތުގެ ހާލު އަންދާޒާ ކުރެވި މިހާ ލަދުގަންނަ ގޮތް ވެއްޖެއެވެ. އެހެންކަމުން އަވަހަށް ދަބަސް ކޮނޑުގައި އަޅުވަމުން ކުރިއަށް ހިގައިގަތެވެ.

އެހިސާބުން ފެށިގެން ގެޔަށް ދެވުމާއި ހަމަޔަށްވެސް މަލަކާ ދިޔައީ އެސައިކަލުގައި އިން މީހާއަށް ކުދި ކިޔަމުންނެވެ. މީ މިފަދަ ކަމެއް މަލަކާއަށް ދިމާވި ފުރަތަމަ ފަހަރު ނޫންކަމުންނެވެ.

“ދަރިފުޅާ މިއަދުވެސް ތިއައީ ލަހުންނެއްނު. މަންމަ އަބަދުވެސް ބުނަމެއްނު ނަމާދަށް ބަންގި ދިނުމުގެ ކުރިން ގެއަށް އަންނަން ވާނޭ. އޭރުން ދޯ ވަގުތަށް ނަމާދަށް އެރޭނީ” ގެޔަށް ވަދެގެން އައި މަލަކާ ފެނި ސަމީހާ ބުނެލީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“މާފުކުރޭ މަންމާ. އަޅުގަނޑަށް އިދެވުނީ ގަޑިއަށް ނުބަލާ” މަލަކާ ސަމީހާއާއި ޖެހިގެން ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“މަންމައަށް އެގޭތަ މިއަދު ކިރިއާ އެކްސިޑެންޓު ނުވީ. ދުއްވާ މީހުން ނުބަލާނެ ހިނގާ މީހުންނަކަށް” މަލަކާ އޭނާއަށް ދެންމެ ދިމާވި ހާދިސާ ސަމީހާއަށް ކިޔައިދިނެވެ.

“އަޅުގަނޑަށް މާފަސޭހަ ރަށުގަ އުޅެން” ނިއްމާލަމުން މަލަކާ ބުނެލިއެވެ.

“މަންމަމެންނަކަށްވެސް ވަކި ފަސޭހައެއް ނޫނޭ ދަރިފުޅާ. އެކަމަކު ދަރިފުޅުމުންގެ ކުރިމަގު އޮތް ތަނަކީ މިއީ ކަމަށްވާތީ ގެދޮރު ދޫކޮށް އަންނަން މިޖެހެނީ. އިންޝާ ﷲ އަދި ހުރިހާ ކަމެއްވެސް ރަގަޅުވާނެ. ދެން އަވަހަށް ދޭ ނަމާދު ކުރަން” ސަމީހާ މަލަކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މަލަކާގެ އަބަދުގެ ޝަކުވާ އަކީ އެއީއެވެ.

“ދަރިފުޅަށް ނުގުޅިގެން ނިއަމް ގުޅި މަންމައަށް. ބުނި ފޯނު ނިއްވާލާފައޭ އޮތީ. އަދި ބުނި ބަރާބަރު އަށެއް ޖަހަންވާ އިރަށް ރެސްޓޯރެންޓަށް ދައްޗޭ” މަލަކާ ކޮޓަރިއަށް ދާން ހިގައިގަތުމުން ސަމީހާ ބުނެލިއެވެ.

“ފޯނު ޗާޖު ހުސްވެގެން ނިވުނީ ކަމަށްވާނީ. ނިއަމް ބުނި މިރޭ ސަޕްރައިސެއް ދޭން އުޅޭ ވާހަކަ އެހެންވީމަ ކޮންމެ ގޮތެއް ހަދާފަވެސް ދާނަން އަށެއް ޖަހަންވާއިރަށް” ނިއަމް ހަނދާން އާއުވުމުން  ނުރުހުންވެފައިވާ މަލަކާގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީފިއެވެ.


 

މަޢުރިބު ނަމާދުން ފައިބައިގެން ޝައިމް ދިޔައީ ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލާއި ދިމާލަށެވެ. ސައިކަލަށް އަރައި ތަޅުދަނޑި ޖަހަން ތިރިއަށް ބަލާލި ތަނާ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ސައިކަލުގެ ފުރޮޅު ކައިރީގައި އޮތް މަޑު ނޫކުލައަކަށް ދާ ފޮތެވެ. ފެންނަ ފެނުމަށް އާދައިގެ ފޮތެއް ނަމަވެސް ޝިއަމްގެ ސަމާލުކަން އެފޮތް ދަމައިގަތީ އޭގެން ބޭރަށް ނުކުމެފައިވާ ފޮޓޯގަނޑު ފެނުމުންނެވެ. ނިއަމް ގުދުވެލައި ފޮތް އަތަށް ނެގިއެވެ. އަދި އޭގައިވާ ފޮޓޯގަނޑަށް ރަގަޅަށް ބަލާލިއެވެ. ކަޅު ކުލައިގެ ބައިސްކަލެއްގެ އެހެރީ އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ވަނީ އެއްފަރާތުން ކޮނޑުމަތިން ކުރިމައްޗަށް ގެނެސްފައެވެ. ލިބިފައިވަނީ ބޮޑު ދެލޮލެވެ. ހިނިތުންވުން އެހާމެ ފުރިހަމައެވެ. ޝައިމް ހިތުން ތައުރީފުގެ ބަސްތައް މި ނުދަންނަ ކުއްޖާއަށް އޮއްސާލިއެވެ.

ފޮތް ސައިކަލުގެ މަޑި ދަށަށް ލުމަށްފަހު ޝައިމް މިސްރާބު ޖެހީ ގެޔާއި ދިމާލަށެވެ. އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ހުސްވަގުތެއް މިލިބުނީ ކިރިއާއެވެ. ވެފައިހުރި ވަރުބައްޔާއެކު ބަނޑުހައިގެންފިއެވެ.

“ކޮއްކޯ!!!!!… އަޝްވާ” ގެޔަށް ވަދެވުމާއި އެކު ޝައިމް އަޑު ހަރުކޮށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުންވެސް އަޝްވާގެ ހަބަރެއް ނުވުމުން ޝައިމް ދިޔައީ ބަދިގެޔާއި ދިމާލަށެވެ. ހަވީރުގެ ސަޔަށް ހެދި ހެދިކާކޮޅެއް ބާކީ ހުރިތޯ ބަލާލުމަށެވެ.

އަޝްވާއަށް ބަދިގެޔާއި ހަމަޔަށް އާދެވުނު އިރު ޝައިމް އިނީ ތައްޓަކަށް ހެދިކާ އަޅައިގެން ކެއުމުގެ ތެރެއަށް ގެބިފައެވެ. ދޮންބެ އިން ގޮތް ފެނި އަޝްވާ ގާތަށް ހިނިއައެވެ.

“ކޮފީތަ؟ ސައިތަ؟” ދެފަރާތަށް ބޯ ހޫރުވާލަމުން އަޝްވާ އަހާލިއެވެ.

“ވަރަށް ހޫނު ކޮފީއެއް، ކޮބާ ބޭބެ އެބައުޅޭތަ މިވަގުތު” ޝައިމް އަހާލިއެވެ.

“ނޫން. ބޭބެ ހޮސްޕިޓަލަށް ދިޔައީ އިމަޖެންސީއެއް ދިމާވެގެން. ބުނި އާދެވޭނެ އިރެއް ނޭނގެޔޯ” އަޝްވާ ޖޯޑަށް ހޫނު ފެން އަޅަމުން ބުންޏެވެ.

“އެހެންވީމަ ކޮއްކޮ އެކަނި ދޯ މިރޭ ގޭގަ ހުންނާނީ. ދޮންބެ އެބަޖެހޭ ރައްޓެހިންތަކަކާއި އެކީ ކާންދާން. އެކަމަކު ބަލާލަން ތަންކޮޅެއް އަވަހަށް އާދެވޭތޯ” ޝައިމްގެ އެއްމެ ގާތް އެކުވެރިޔާ މާޒިން މީހަކާއި އިންނާތީ އެކުވެރިންނަށް ދޭ ކެއުމަކަށް މިރޭ ދާންޖެހެއެވެ.

ޝައިމްގެ އާއިލާގައި ބައްޕަގެ އިތުރުން ހުންނަނީ ކޮއްކޮ އަޝްވާ އާއި ބޭބެ އަޝްވިންއެވެ. އަދި އަޝްވިންގެ ދަރިފުޅު އީޝްއެވެ. އަޝްވާ ވިހެއުމަށްފަހު ތިން ކުދިންގެ މަންމަވަނީ ނިޔާވެފައެވެ.  އާއިލާގެ ގުޅުން އެކުދިންގެ މެދުގައި ވަރަށް ވަރުގަދައެވެ. ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކަށް އެހީވެދީ ހަދައެވެ. ލޯތްބާއި ކުލުނުވެއެވެ.

ސައިބޮއި ނިއްމާލުމަށްފަހު ޝައިމް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ފެންވަރައި ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލީ ވެފައިހުރި ވަރުބަލިކަން ފިލުވާލުމަށެވެ. އެވަގުތު ހަނދާނަށް އައީ މިރޭ ފެނުނު ފޮތުގެ މަތިންނެވެ. ހަނދާން ނެތި އެވަނީ ސައިކަލުގެ މަޑިދަށުގައި ބޭއްވިފައެވެ. އެހެންކަމުން ކަންނެތް ކަމާއިއެކު ނަމަވެސް ތިރިއަށް ފައިބައި ފޮތް ބަލާދިޔައެވެ.

އެނދުގައި އޮށޯވެ ހަމަޖެހިލައި ޝައިމް ފޮތް ހުޅުވާލިއެވެ. ލިޔެފައިވަނީ ރީތި ތާނަ އަކުރުންނެވެ. ޝައިމް ފޮތުގެ ގަނޑުތަކަށް އަވަސް ނަޒަރެއް ހިންގާލީ ލިޔެފައިވާ އެއްޗެއް ބެލުމެއް ނެތިއެވެ. ބޯމިނުގައި އެއް އިންޗިއަށްވުރެ ބޮޑު އެފޮތުގެ ދެތިން ގަނޑު ހުސްކޮށް އޮތްއިރު މުޅި ފޮތުގައިވެސް ވަނީ ބަދަލެއް ނުވާ ފުރަތަމަ ގަނޑުންވެސް ފެނުނު ރީތި ލިޔުމެވެ. ބޭނުންކޮށްފައިވަނީ ކަޅުކުލައިގެ ގަލަމެކެވެ.

ޝައިމްއަކީ ފޮތް ކިޔުމަށް އެއްއިރެއްގައިވެސް ޝައުގުވެރިކަން ހުރި މީހަކަށް ނުވުމުން ފޮތް ލައްޕާލުމަށްފަހު އެއްކަލަ ފޮޓޯގަނޑަށް އަނެއްކާވެސް ބަލާލިއެވެ.

” 31 ޑިސެންބަރު 2011 “ފޮޓޯގެ އެއްކަނެއްގައި ލިޔެފައި އޮތެވެ. ފޮޓޯގަނޑަށް ބެލިވަރަކަށް ޝައިމްގެ ޝައުގުވެރިކަން އެކުއްޖާއަށް ދެވެމުން ދިޔައެވެ. އެހެންކަމުން އިތުރު މައުލޫމާތެއް އޮތްތޯ ބެލުމަށް ފޮތުގެ ފުރަތަމަ ސޮފްހާ ބަލާލިއެވެ. އަދި މަޑުމަޑުން ފޮޅުވަތްތަކުގައި ލިޔެފައިވާ އެއްޗެއް ކިޔަމުންދިޔައެވެ.

*************

“އެކުވެރިޔާއެވެ. މިއަދު އަހަންނަށް މިއިހްސާސް ކުރެވެމުން ދަނީ ދުވަހަކުވެސް ނުވާ ފަދަ އިހްސާސެކެވެ. ލޯތްބަކީ ކޯއްޗެއްކަން އަހަރެން ކިޔާފައިވާ އެތައް ފޮތްތަކުން ސިފަކޮށްދީފައި އޮތަސް އެއީ ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ފޮނިކަމެވެ.

ކުޑައިރުއްސުރެ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާގެ ގޮތުގައި އުޅުނު ނިއަމް މިއަދު އަހަންނަށް ލޯބި ހުޅަހަޅާފިއެވެ. ނިއަމްއާއި މެދު މިފަދަ އިހްސާސެއް ކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.

ކުޑައިރު ވެވުނީ މައުސޫމް ލޯތްބެކެވެ. އެކުވެރިކަމުގެ ލޯތްބެވެ. ކުޑައިރު އެކިކަންކަމާއި ތޮޅުނަސް ދެމީހުންވެސް ދުވަސް ނިމޭއިރު ތިބެނީ އެކަކު އަނެކަކަށް މާފުކޮށްގެންނެވެ. އަރާ އިރާއެކު އެކަކު އަނެކަކާއި ބައްދަލު ކުރަނީ ހިނިތުންވުމެއް ހަދިޔާ ކުރަމުންނެވެ. އަހަރެންނަކީ އުމުރުގެ އެހެން ކުދިންނާއި އަޅާބަލާއިރު އިސްކޮޅުން ކުރު ކުއްޖަކަށްވުމުން އެކުގައި އުޅޭ އެހެން ރައްޓެހިންނާއި އަދި މަދަރުސާ ކުދިން ވަރަށް ދިމާކުރާނެއެވެ. ނަމަވެސް ނިއަމް އެމީހުންނާއި ބައިވެރިއެއް ނުވާނެއެވެ. އެކަހަލަ ދުވަހެއް އަތުވެއްޖެނަމަ ނިއަމްގެ ބައްޕަ ފިހާރައިން މެޓާ ގެނެސް އަހަރެން ރުއްސަން އުޅޭނެއެވެ. ނޫނީ އެގޭގައި ހުންނަ ބަގީޗާއިން މާ ގެނެސްދޭނެއެވެ.

ނިއަމްއާއި ދޭތެރޭ އަހަރެންނަށް އެހެން އިހްސާސެއް އުފެދެން ފެށުނީ އޭލެވެލް އިމްތިހާން ނިއްމާލުމަށްފަހު ލިބުނު ކުޑަ ޗުއްޓީގެ ތެރޭގައެވެ. އެކުވެރިންނާއި އާއިލާއާއި އެކީ ރަށް ކައިރީގައި އޮންނަ ފަޅު ރަށަކަށް ދިޔަ ފަހުންނެވެ. އެދަތުރު މަތީގައި ނިއަމް މުޅިންވެސް އުޅުނީ އެހެން އަންހެން ކުއްޖެއް ފަހަތުންނެވެ. މާލޭގައި ކިޔެވުމަށްފަހު ރަށަށް ޗުއްޓީއަށް އައި އަހަރެންގެ އުމުރުގެ ކުއްޖެކެވެ.

އެކުއްޖާ ފެނުމާއިއެކު ރަށުގައި އުޅޭ ފިރިހެން ކުދިންތައް ފަހަތުން ދުވަން ފެށީ މަށަށް މަށަށް ކިޔާފަދަ އުސޫލަކުންނެވެ. ކޮންމެ މީހަކުވެސް ބެލީ އަނެކާގެ ކުރިން އެކުއްޖާއަށް ލޯބި ހުށަހެޅޭތޯއެވެ. މޮޅަށް ކިޔަވައިގެން ހުރި ރީތި ކުއްޖެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ނަމަވެސް އެކުއްޖާ ވާހަކަ ދެއްކުމުގައި ހުންނަ “ފޮނި” ގޮތް ފެނިފައި އަހަރެން ވީ ފޫއްސެވެ. ވާހަކަ ދެއްކުމުގެ ރާގު އިނގެރޭސިން ހުންނައިރު ކޮންމެ ޖުމްލައެއްގައި ދެތިން އިނގެރޭސިބަސް ނުހިމަނައި ހިތް ނުފުރެއެވެ. ހެނދުނު އަރާޢިރާއިއެކު ހުންނަނީ މޭކަޕްކޮށް ނަލަ ހެދިގެންނެވެ. ރަށުގެ ވެލިގަނޑު މަތީގައި ހިގާއިރު އަރައިގެން ހުންނަ އުސް ފައިވާނުން އުދަގޫ ނުވަނީ ހެއްޔެވެ؟

ނިއަމްއާއި މިފަދަ އެތައް ޝަކުވާތަކެއް ކުރި ނަމަވެސް ފަހުން ހުއްޓާލީ ނިއަމްއަށް އޭނާ ކަމުދާ ވާހަކަ ބުނުމުންނެވެ. ނިއަމްގެ ހިޔާލު ބަދަލުކުރަން ބޭނުން ވިޔަސް އަޅާނުލައި ދޫކޮށްލީ އެކުވެރިޔާގެ ނިއްމުންތަކަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ބައެއް ކަންތަކަކީ އަޅައިނުލައި ދޫކޮށްލަންޖެހޭ ކަންތައްތައްކަން މަންމަ ވަނީ އަހަރެންނަށް ކިޔާދީފައެވެ.

ހުރިހާ ފިރިހެން ކުދިންތަކުގެ ތެރެއިންވެސް މައިޝާއަށް ކަމުދިޔައީ ނިއަމްކަން އަހަރެންނަށް އެނގުނެވެ. ރަށުގައި އަދި ދަތުރުމަތީގައިވެސް އަހަރެން ނިއަމްއާއި އެކީ ހޭދަކުރާ ވަގުތުތަކުގައި މައިޝާގެ ތޫނު ދެލޯ އަހަރަމެންނަށް އަމާޒުވެފައިވާކަން ފާހަގަވިއެވެ. އަދި އެފަދަ ވަގުތުގައި މައިޝާގެ މޫނުމަތީގައިވާ ނުރުހުން ވަރަށް ރަގަޅަށް ދޭހަވެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނިއަމް އަހަރެންނާއި ދުރުކުރެވޭތޯ މައިޝާ އުޅެއެވެ. މައިޝާގެ ބޭބެ އަކީ ނިއަމްގެ ގާތް ރައްޓެއްސެއްކަމުން އެފުރުސަތު ހޯދަން ވަރަށް ފަސޭހައެވެ.

މައިޝާގެ ހަސަދަވެރިކަން ފުރަތަމަ އަހަރެންނަށް ވީ މަޖާކަމަކަށެވެ. މައިޝާ ކައިރީގައި ހުންނަ ވަގުތު ނިއަމްގެ ސަމާލުކަން އަހަރެން ހޯދަމެވެ. ގިނަގިނައިން ވާހަކަ ދައްކައި އެއްކޮށް ކޮށްފައި ހުންނަ ވާހަކަތައް އެއްމެންނާއި ހިއްސާކުރަމެވެ. އެވާހަކަތައް ދައްކާއިރު މައިޝާގެ ދެބުމަ ރޫ ޖައްސައި ލޯ ކުޑަކޮށްގެން އަހަރެންނަށް ބަލައެވެ. މީހާ ހީވަނީ ފުއްޕާހަމެއްހެން ދެއްމެ ދެއްމެއަކު ފަޅައިގެން ހިނގައިދާނެހެންނެވެ.

ކޮންމެއަކަސް ހިނގައިދިޔަ ހުރިހާ ކަމަކާއި އެކުވެސް ނިއަމް ވަނީ މިދަތުރުގައި މައިޝާއަށް ލޯބި ހުށަހަޅަން ނިއްމާފައެވެ. “ނިއަމް އުފާވަނީ މައިޝާއާއި އެކީ އުޅެގެން ކަމަށްވާނަމަ މަލަކާ ތިއަށް ބުނާނެ އިތުރު އެއްޗެއް ނެތް. މަލަކާ ބޭނުމީ ނިއަމް އުފަލުގައި އުޅެން” ނިއަމް އަހަރެންނާއި އެވާހަކަ ހިއްސާކުރުމުން އަހަރެން ބުނި ދެ ޖުމްލައަކީ އެއީ އެވެ. އާއެކެވެ. ނިއަމް އުފަލަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުންނާނަމެވެ. އެކުވެރިކަމަކީ އެއީ ނޫން ހެއްޔެވެ؟

******

ޝައުގުވެރިކަމާއި އެކީ މަލަކާގެ ޑައިރީ ކިޔަން އޮތް ޝައިމް ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަނީ ހުސެއިންއެވެ.

“ހަލޯ… އަދި ކިރިއާ ހަތްގަޑި ބައިވީ” ފޯނު ކަންފަތުގައި ޖެހުމާއި އެކު ޝައިމް ބުނެލިއެވެ.

“އެނގޭ ތިކަން. މީ

ޗުއްޓީކަމުން ރެސްޓޯރެންޓް ތަންކޮޅެއް ބާރު ބޮޑު ވާނެތީ އަވަހަށް ގޮސް ޓޭބަލެއް ރިސާވު ކުރާށޭ ބުނަން މިގުޅީ. މާޒިން އަކަށް ނުދެވެޔޯ. ދެން ހުރީ ޝައިމް އެކަނި. ދާންވީނު ސާޅިސްފަހެއް ހާއިރު” އެކޮޅުން ވާހަކަ ދެއްކި ހުސެއިން ބުނެލިއެވެ.

“ގުޅައިގެން ރިސަވޭޝަން ނުހެއްދޭތަ” ޝައިމް ހުރީ އެހާ އަވަހަށް ދާ ހިތަކުން ނޫނެވެ.

“މަ ގުޅައިފިން ހަތަރު ފަސް ފަހަރު. ފޯނު ނުނަގާ. ދެން ދޭބަލަ. ތީ ތާކަށް ގަޑިއަށް ދާން އެނގޭ މީހެއް ނޫން. މިއަދު ގޮސް އެތާ އިދެބަލަ އަހަރަމެން އަންނާނަން އަށެއް ޖަހަންވާއިރަށް”

“އޯކޭ. އެކަމަކު އަށަކަށް އަންނާތި އެއްމެން. އެކަނި ގޮސް ނީދެވޭނެ މާގިނައިރަކު”ޝައިމް އަމިއްލައަށްވެސް އޭނާއަކީ ގަޑިއަށް ފަރުވާތެރިމީހެއް ނޫންކަން ދަނެއެވެ. އެހެންކަމުން އިތުރު ބަހަނާއެއް ނުދައްކާ ދާން އެއްބަސްވިއެވެ.

ކިޔަން އިން ފޮތް ލައްޕާލުމަށްފަހު ޝައިމް އެމީހުން ދާން ނިއްމި ރެސްޓޯރެންޓަށް ދާން ތައްޔާރުވިއެވެ. މިއިން ޒަމާނަކު ވާހަކަ ފޮތެއް ނުކިޔާ ޝައިމްއަށް ޑްރެސިން ޓޭބަލް ކައިރީގައި ހުރި އިރުވެސް އެފޮތަށް ބެލެނީ އަދިވެސް ކިޔަން ބޭނުންވާތީއެވެ. އެފޮތާއި މެދު ޝައުގުވެރިކަން އުފެދުނީ ކީއްވެކަން ހުދު ޝައިމް އަކަށްވެސް ނޭނގެއެވެ. ފޮތުގެ ބަޑޭރިގަނޑު އެހެން ފޮތްތަކާއި ވަކި ތަފާތެއް ނެތެވެ. އޭގައިވަނީ ޝާއިރީ ބަސްތަކެއް ނޫނެވެ. ނުދަންނަ ކުއްޖެއްގެ ހަޔާތުގެ ސަފްހާތަކެކެވެ. އޮޓޯ ބަޔޮގުރަފީއެއް ކަހަލައެވެ. ކިޔާ ވަރަކަށް ޝައުގުވަނީ އިތުރެވެ. ދެންވަނީ ކިހިނަކުން ބާއޭ ހިތަށް އަރަނީއެވެ. ނިއަމްއަށް އެކުއްޖާ ދޭނީ ކޮން ޖަވާބެއް ބާވައެވެ.

މިފަދަ ހިޔާލުތަކެއް ސިކުޑީގައި ދައުރުވަމުން ގޮސް އެންމެފަހުން ތައްޔާރުވެ ނިމިއްޖެއެވެ. މޭޒުމަތީގައި އޮތް ފޯނުން މިދަނީއޭ ބުނެ ހުސެއިންއަށް މެސެޖެއް ކޮށްލުމަށްފަހު ޝައިމް ބޭރަށް ދާން ނުކުތެވެ.


 

އިޝާ ނަމާދުން ފައިބައިގެން މަލަކާ ތައްޔާރުވަމުން ދިޔައީ ނިއަމް ބުނެފައިވާ ރެސްޓޯރެންޓަށް ދިޔުމަށެވެ. އުޑުމަތި ބަނަކޮށް އޮތުމުން އަވަހަށް ދާން ބޭނުންވީއެވެ. ވިއްސާރަ ވެއްޖެއްޔާ މިރޭ ނިއަމްއާއި ބައްދަލުނުވެ ހިގައިދާނެތީއެވެ. މިއަދަކީ ނިއަމް މެލޭޝިޔާގައި އޮތް އެއްހަފްތާގެ ތަމްރީނަކަށް ފަހު މާލެ އައި ދުވަހެވެ. ނިއަމްއާއި ބައްދަލުނުވެ ދިޔަ މަދު ދުވަސްތަކަކީ މަލަކާއަށް އުދަގޫވި ދުވަސްތަކެކެވެ. މިހާ ގިނަ ދުވަހު އެއްކޮށް އުޅެފައި ފުރަތަމަ ފަހަރަށް ދުރަށް ދިޔުމުން ކަމުންނެވެ.

އަތުގައި އޮތް އެއްމެ ރީތި ހެދުން ލައިގެން މަލަކާ ބޭރަށް ނުކުތީ ނިއަމްއަށް ކަމުދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާއި އެކީގައެވެ. ބޭރަށް ނުކުތުމާއިއެކު ޖެހޭ ހިތްގައިމު ފިނި ވައިރޯޅިތަކުން މީހާ ތުރުތުރު އަޅައިގަތަވެ. ވާރޭގެ ތިކިތައް ބިންމައްޗަށް ފޯރުމުގެ ކުރިން މަލަކާއަށް ޓެކްސީއެއް ލިބުނެވެ.

“ގާޑެންވިއު ރެސްޓޯރެންޓަށް” ޓެކްސީއަށް އެރުމާއިއެކު ދާންވީ ތަނުގެ ނަން ބުނެލިއެވެ.

“އަވަހަށް އާދޭ. ވާރޭ ވެހެން އެއުޅެނީ” ފޯނުގައި މެސެޖެއް ލިޔެލުމަށްފަހު މަލަކާ ނިއަމްއަށް ފޮނުވާލިއެވެ.

ރެސްޓޯރެންޓުގެ ދޮރުން ވަދެވުމާއި އެކު މަލަކާ ވަށައިގެން ހޯދައިލީ ހުސް މޭޒެއް ހުރިތޯއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެއްކަނެއްގައި ހަތަރު މީހުންގެ ޖާގައިގެ މޭޒެއް ހުއްޓެވެ. ހަލުވި ހިގުމެއްގައި އެއްމެންގެ ތެރެއިން ގޮސް މަލަކާ އެމޭޒުގައި އިށީނެވެ. ހަތަރު މީހުންގެ ޖާގައިގެ ތަނަކަށް ވިޔަސް މައްސަލައެއް ނެތް ކަމަށް ބަލާފައެވެ. މަލަކާ އިނީ ކުޑަ ދޮރާއި ޖެހިގެން ކަމުން ބޭރު ރީއްޗަށް ފެނެއެވެ.

ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލައިފިއެވެ. ދޭތެރެއިން ގުގުރާ އަޑުވެސް އިވެއެވެ. ވެއިޓަރު އައުމުން ހޮޓް ޗޮކްލެޓެއް ގެންނެސް ދިނުމަށް މަލަކާ އެދުނެވެ.

މަލަކާ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ނިއަމް އަންނާނެ އިރަކަށެވެ. ނުގުޅައި މަޑުކޮށްގެން ހުރީ މިވަގުތު ގުޅުމުން އުދަގޫ ވެދާނެތީއެވެ.

ރެސްޓޯރެންޓުގެ ވޮޝްރޫމުން ނުކުމެގެން އައި ޝައިމް ދިޔައީ އޭނާގެ އެކުވެރިންނަށް ގުޅަމުންނެވެ. ދެތިން ފަހަރު ގުޅުމުން އެކަކުވެސް ފޯނު ނުނަގާތީ ކުޑަކޮށް ހިތްހަމަވެސް ނުޖެހިއްޖެއެވެ. ޝައިމް ހިގަމުން އައިސް އޭނާ ކުރިން އިން މޭޒުގައި އިށީން އިރު އަދިވެސް ނަޒަރު ފޯނުން ދޫވާވަރެއް ނޫނެވެ.

“އެސްކިއުސް” ނުކެރި އިދެފައި މަލަކާ އޭނާ އިން މޭޒު ކައިރީގައި ހުރި  ގޮނޑީގައި އިން ޝައިމްގެ ސަމާލުކަން ހޯދަން އުޅުނެވެ.

“ކީކޭ” ޝައިމް އަށްވެސް ލިބުނީ ހައިރާންކަމެކެވެ. އޭނާ ދިޔައިރު އެމޭޒުގައި އެހެން މީހެއް ނެތެވެ.

“މީ އަޅުގަނޑު އިން މޭޒު ވީމަ” މަލަކާ ގަދަކަމުން ހިނިތުންވަމުން ބުނެލިއެވެ.

“އަހަރެން ކަންނޭނގެ ފުރަތަމަ އިނީ” ޝައިމް ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“ނޫން އަޅުގަނޑު އައިއިރު އެއްވެސް މީހެއް ނެތް” މަލަކާ އޭނާގެ ދިފާއުގައި ބުންޏެވެ.

“ތިހެން ވާނީ ކިހިނެތް. ތިއޮތީ އަހަރެން ބާއްވާފައި ދިޔަ ވޮލެޓުވެސް” ޝައިމް މަލަކާ ކައިރީގައި އޮތް ވޮލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. މަލަކާ ސުވާލުން ފުރިގެންވާ ބެލުމަކުން ޝައިމްއަށް ބަލާލިއެވެ.

” އެކަމަކު އަޅުގަނޑު އައިއިރަކު އެއްވެސް މީހެއް ނެތް. އަދި ނެތް ރިސާވުކަމަށް ޖަހާފައިވެސް. އެހެންވީމަ މިތަން ލިބޭނީ މަލަކާއަށް” މަލަކާ ގަދަ ހަދާލިއެވެ.

“މަލަކާއޭ. ވަރަށް ރީތި ނަން. ސިފަވެސް އެހާ ރީތި. އެހެންވީމަ ވަރަށް ރީތިކޮށް މިބުނަނީ މިތަން މަލަކާއަށް ދެވެން ނެތޭ. ވަރަށް ސޮރީ” ޝައިމް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. އެޔާއެކު މަލަކާގެ ރުޅިގަނޑު ކެކެން ފެށިގަތެވެ. އެހާ އުއްމީދުކޮށްގެން ހުރި ކަމެއް އެހެން މީހެއްގެ ސަބަބުން ގެއްލޭތީ އެކަންޏެއް ނޫނެވެ. ޝައިމްގެ ވާހަކަ ދެއްކުމުގެ ރާގުން ވެސްމެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ވިހި ވަނަ ބައި)

Next

ޢެދެމޭ އުފާ….(8)

Next
September 7, 2017

ޢެދެމޭ އުފާ….(8)

Previews
September 7, 2017

ލޯބިން އަންނާށޭ ކަލާ (ވިހި ވަނަ ބައި)

49 Comments!

  1. Mysh says:
    September 7, 2017 at 7:11 pm

    Omg..finally roon ge stwry eh..❤❤

    1. maroon says:
      September 7, 2017 at 9:17 pm

      Thanku mysh ?

  2. Adam says:
    September 7, 2017 at 7:20 pm

    Wow varah salhi

    1. maroon says:
      September 7, 2017 at 9:18 pm

      Thanku adam ?

  3. Juvey says:
    September 7, 2017 at 7:29 pm

    Finally maroon ge story eh
    .I’m so happy. .v nice mi part. .???

    1. maroon says:
      September 7, 2017 at 9:18 pm

      Thanku juvey ?

  4. maroon says:
    September 7, 2017 at 7:40 pm

    New story
    If you like/hate the story feel free to comment. Comments & Constructive criticism always welcome ?

  5. Song joong ki... KOREAN says:
    September 7, 2017 at 7:50 pm

    Ohh maroon u are back dhw. Story is lovely. Varah reethi vaane hen heevey.. Good luck.. 🙂

    1. maroon says:
      September 8, 2017 at 1:31 pm

      Thanku SJKi.. ??

  6. aalaa says:
    September 7, 2017 at 7:55 pm

    Yey… Maroon is back.. Story is very nice… Waiting☺☺☺

    1. maroon says:
      September 8, 2017 at 1:31 pm

      Thanku aalaa?

  7. Xna says:
    September 7, 2017 at 9:01 pm

    Wc bck… I’m interested..

    1. maroon says:
      September 7, 2017 at 9:18 pm

      Thanku xna ?

  8. shaa says:
    September 7, 2017 at 9:05 pm

    Nice.. when next part v kiyaa hiyy vehje

    1. maroon says:
      September 7, 2017 at 9:19 pm

      Thanku shaa. Next part hopefully saturday. Keep waiting ?

  9. mary says:
    September 7, 2017 at 9:23 pm

    Haadha ryhchey dhw kon irakuntha dhevana part kiyaaln libeynee

    1. maroon says:
      September 8, 2017 at 9:24 am

      Thanku mary. In sha Allah tmrw. See u then?

  10. Rau says:
    September 7, 2017 at 9:35 pm

    wow vvvv reethi vaahakaeh. waiting ??

    1. maroon says:
      September 8, 2017 at 1:32 pm

      Thanku Rau. Your story is amazing. Ma sha Allah ??

  11. Xxxx says:
    September 7, 2017 at 10:13 pm

    Woow.. welcome back dear????nice

    1. maroon says:
      September 8, 2017 at 9:25 am

      Thanku xxxx ?

  12. Naufa ahmed shakir says:
    September 7, 2017 at 11:43 pm

    Wow.. Luved the starting. ?
    Maasha allah..

    1. maroon says:
      September 8, 2017 at 9:26 am

      Thanku naufa. Your story was amazing ??

  13. Shifra says:
    September 8, 2017 at 12:07 am

    Hey maroon… Yayy you are back..❤ mi story vexx vrh furihama vaane kamah umeedhu kuran ❤

    1. maroon says:
      September 8, 2017 at 9:26 am

      Thanku shifra ?

  14. Rifu says:
    September 8, 2017 at 12:53 am

    Yeyy!! Maroon is back. ❤️

    1. maroon says:
      September 8, 2017 at 9:26 am

      Thanku rifu ?

  15. ninni says:
    September 8, 2017 at 10:48 am

    Welcome back ?. V v salhi story

    1. maroon says:
      September 8, 2017 at 1:34 pm

      Thanku ninni ?

  16. nux says:
    September 8, 2017 at 11:22 am

    wow v reethi story eh ur the best ingey?????????interesting??well done dr v happy vehje new storyeh up kohladhinyma v inthixaaru kurin mi story ah tnx ly next part avass kohla dhehchey dr

    1. maroon says:
      September 8, 2017 at 1:35 pm

      Thanku nux… lytoo ? sure dear

  17. mal-mal says:
    September 8, 2017 at 12:36 pm

    wow!! a nice start!! ?
    you’ve beautifully described the nature,MashaAllah. just love it!! ?????????
    waiting for an update!!

    1. maroon says:
      September 8, 2017 at 1:35 pm

      Thanku mal mal ? cute name ?

  18. KiYaa kujjaa says:
    September 8, 2017 at 12:44 pm

    #Maroon
    Mi site ga stwry liyaa kudhinge therein thiee #kiyaa_kujja emme gayaavaa gothah stwry liyaa liyuntheriyaa..
    Liyumuge fenvaru rangalhu ….kiyavaanee faseyha…..ibaaraai kurun rangalhu…. bcs magu ethurumuge it Hurun jazubaathuthah genesdhey goives varah kamu dhey..
    #Maroonge Huriha a stwry eaves baraabarah kiyan.. Huriha a part Thakeham comment nukuriyas.

    1. maroon says:
      September 8, 2017 at 1:40 pm

      Thanku Kiyaa kujjaa ❤
      V v happy vejje comment kiyaalafa ?
      ? much love

  19. Kaira says:
    September 8, 2017 at 2:39 pm

    Nice

    1. maroon says:
      September 8, 2017 at 7:29 pm

      Thanku kaira?

  20. Kia says:
    September 8, 2017 at 4:42 pm

    Wow..waiting for next part maroon??

    1. maroon says:
      September 8, 2017 at 7:30 pm

      Thanku kia?

  21. twinkle says:
    September 8, 2017 at 5:38 pm

    Maroon ge story eh dhw. Varah ummeedhu koggen hutta ehn story eh thi up kury. I’m very happy. Thanks. Story ge feshun var interesting.

    1. maroon says:
      September 8, 2017 at 7:31 pm

      Thanku twinkle ? glad you like it

  22. Minha says:
    September 8, 2017 at 6:21 pm

    Ohh maroon’s back ?
    Vahaka varah reethi vaanehen hyvany. Mi part varah reethi??
    Waiting for next part ?

    1. maroon says:
      September 8, 2017 at 7:31 pm

      Yes back with a new story ? thanku minha

  23. someone says:
    September 8, 2017 at 7:08 pm

    Yeyyyyyy maroon is back..I am so so so happy that u r back..I was waiting for a story from u..and a nice start..ummeedhu kuran that story will be nice..just like other stories..ly so much..

    1. maroon says:
      September 8, 2017 at 7:33 pm

      V happy vejje someone comment kollyma. Currently writing the next part. Read it tmrw. Ly too. Thanku ?

  24. sam♥ says:
    September 8, 2017 at 8:25 pm

    hey roon come back heheh… stry v lobii . intresting .. love uuu ♥♥♥

    1. maroon says:
      September 8, 2017 at 9:20 pm

      Thanku sam ? ly too

  25. click a shot ? says:
    September 9, 2017 at 1:07 pm

    Yay ? maroon you came back…maroon ge mivaahaka ves reethi vaanekamah umeedhu kuran….varah salhi mi part ves ??

  26. Shai says:
    December 4, 2017 at 12:41 pm

    Hama obi

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 2←


All Right Reserved!