އަބަދުގެ އަބަދަށް (ފުރަތަމަ ބައި)
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދިރޭ އެއްޗެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. މުޅިމާޙައުލަށް ފެތުރިފައިވަނީ ތެތްފިނިކަމެވެ. އުޑުމަތި ބައްދަމުން އައި ބޯކަޅުވިލާތައް ރޭގަނޑުގެ ރާނީއެއް ކަމަށްވާ ހަނދާއި އޭގެ ބައިވެރިންގެ އަލިކަން ފަނޑުކުރަމުން ދިޔައެވެ. އިރެއް އިރަކަށް ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ދޭތެރެ ދޭތެރެއިން ލޯ ތަރަތަރަ ޖަހައިގެންދާވަރަށް ވިދާލުމަށްފަހު އިވިގެންދާ ބާރު ގުގުރީގެ ސަބަބުން މާޙައުލުގެ ހަމަހިމޭންކަން ނަގައިލާން މަސައްކަތްކުރާ ކަހަލައެވެ.
މިއިން ކަމަކަށް އެއްވެސް ޝައުގެއްނެތި ގޮނޑުދޮށުގައި ކިޔާން އިށީނދެލައިގެން އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުދުރަށް ދާންދެން ފެތުރިފައިވާ ދޮންވެލިގަނޑުގައި އޯގާތެރިކަމާއެކު ލޯބިން ބޮސްދީފައިދާ ކުދިކުދި ރާޅުތަކަށެވެ. އިރުއިރުކޮޅާ ދެލޯމަރައިލަނީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލުމަށެވެ. އެހެނަސް ކިޔާނަށް އެގޮތަށް ކެތްކޮށްލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެރީތި ދެލޮލުން ކަރުނަ އޮހޮރެންފެށީ އޭނާގެ ވައަތުގެ ކަށި އިނގިލީގައި އޮތް ރިހި އަނގޮއްޓި ލޮލުގައި އަޅައިގަތުމުންނެވެ. އެއަނގޮއްޓީގައި ވަރަށް ރީތިކޮށް “ލީން” މިނަން ލިޔެލާާފައި އޮތެވެ. ތުރުތުރުއަޅައަޅާ އޮތް އަތުން ނުނަނު ލޯތްބާއި ކުލުނާއެއްކޮށް ކިޔާނަށް އެ ނަންމަތީގައި ފިރުމައި ލެވުނެވެ. ގާތުގައި އެނަމުގެ ވެރިޔާ ހުރެއްޖެނަމަ ފިރުމައިލާނެހާ ލޯބިންނެވެ. އެއާއެއްކޮށް ކިޔާންގެ ބަޑިފަޅައިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ބާރަށް ރޮއެގަނެވުނެވެ. އަދު އޭނާގެ އެ ވޭންދެނިވި ރޮއުމުގެ އަޑު އަހާނެ ހަމައެކަކުވެސްނެތެވެ. “ލީން”.. ކިޔާނަށް ގިސްލުމުގެ ތެރެއިން ކިޔާލެވުނެވެ. ދެލޯމަރައިލެވުނީ އެހަނދާންތައް އާވާން ފެށުމުންނެވެ. މެރިގެންދިޔަ ދެލޮލުގެ ތެރެއިން ކިޔާނަށް އޭނާގެ މާޒީގެ ކޮންމެ މަންޒަރެއް ވަކިވަކިން ސިފަވާންފެށިއެވެ.
***********************************************************
އެއީ މީގެ ދެއަހަރު ކުރިއެވެ. އަަވިދޭ ރީތި ހިތްގައިމު ދުވަހެކެވެ. ހުދު ކަފަކޮޅެއްފަދަ ވިލާތައް އުޑުމަތީގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔައެވެ. ރާޅުޖަހާ ހިސާބުގައި ކިޔާން މަޑުކޮށްލައިގެން ހުރީ އައިލީންގެ އިންތިޒާރުގައެވެ. އެއްވެސް ފޫހިކަމެއްނެތި ވަގުތުތައް ގުނަމުންދިޔަ ކިޔާން ސިއްސައިގެން ދިޔައީ ފަހަތުންއައި އަންހެންކުއްޖެއް ޕޮއް ކިޔައި ބާރަށް ހަޅޭލަވައިގަތުމުންނެވެ. ފަހަތަށް އެނބުރި ބަލައިލިތަނާ ހިނިގަނޑެއް ޖަހައިލުމަށްފަހު އައިލީން ދުއްވައިގަތެވެ. ކިޔާާންގެ އަތުގައި ނުޖެހުމަށެވެ. ކިޔާންވެސް ހެމުން އައިލީން ފަހަތުން ދުވަމުން ދިޔައެވެ. ވަކިހިސާބަކަށް ދެވުނުތަނާާ އައިލީން ވަރުބަލިވާން ފަށައިފިއެވެ. އެހެންކަމުން އިރެއް އިރަކަށް އައިލީންގެ ދުވުމުގެ ސްޕީޑްވެސް އައީމަޑުވަމުންނެވެ.އެހެނަސް އޭނާ ކިޔާނަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ހުޝިޔާރުކަމާއެކު ބާރަށް ދުވަމުން އައި ކިޔާން ކުއަލިއަކަށް އައިލީން އަތްދަނޑި މައްޗަށް އުފުލާލުމަށްފަހު ހެމުން އެނބުރިގަތެވެ. އޭރު އައިލީންވެސް ވަނީ ހީހީ ބަލިވެފައެވެ. އަދި އޭނާ ތިރިއަށް ބޭލުމަށް އައިލީން ކިޔާން ގާތުން އާާދޭސްކުރަމުން ދިޔައެވެ. ކިޔާން ހިތްފުރޭވަރުވީ ކަންނީނގެއެވެ. މަޑުމަޑުން އައިލީން ބިންމަތީގައި ބޭންދުމަށްފަހު ކިޔާން ބާރަށް ހޭންފަށައިފިއެވެ. އައިލީންވެސް ކިޔާންގެ ހުނުމުގައި ބައިވެރިވިއެވެ. ދެމީހުން އެތައް ސަކަރާތެއް ޖެހުމަށްފަހު ގެއަށް ދިޔުމަށް މިޞްރާބު ޖެހިއެވެ. ކިޔާން މަޑުމަޑުން އައިލީންގެ މަޑު ކަފަކޮޅެއްފަދަ އަތްތިލާގައި ހިފާލިއެވެ. “ލޯބީ. އަހަރެން ލީންދެކެ ވަރަށް ވަރަށް ލޯބިވޭ. ދުވަހަކުވެސް އަހަރެންނާއި ވަކިނުވާތި.” ކިޔާން ވަރަށް ލޯތްބާއުކުގައި ބުނެލިއެވެ. ލޯބިވެތިގޮތަކަށް ހިނިތުންވެލުމަށްފަހު އައިލީން ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ވަކިވުމުގެކުރިން ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އެތައް ވަޢުދުތަކެއް ވެއެވެ. ލޯބިވާވަރު ހާމަކޮށްދެއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. އުފަލާއި ހިތްހަމަޖެހުމާއެކުއެވެ. ހިތާމައިގެ ކުޑަވެސް ހިޔަންޏެއް މިދެލޯބިވެރިންގެ ޙަޔާތައް ނޭޅޭޙާލުގައެވެ. ދެމީހުންގެ ލޯބީގެ ފަލްސަފާ ފެށިފައިވަނީ ސްކޫލް ދައުރުގައެވެ. ސްކޫލް ނިމުމަށްފަހުވެސް ދެމީހުން މިގުޅުން ކުރިޔަށް ގެންދިޔައީ ވެވުނު ގަދަފަދަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަކު އަނެކަކާ ނުލައި އުޅެން އުނދަގޫވާނެތީއެވެ. ދެމީހުންނަށް މިލޯބީގެ ގުޅުން ކުރިޔަށް ގެންދިޔުމަށް އެންމެ ބޮޑު އެހީއެއްވީ އައިލީން ގެ އެންމެ ގާާތްއެކުވެރިއެއް ކަމުގައިވާ ކިޔާރާއެވެ.
ރަށްޓެހިވީއްސުރެ ދުވަހަކުވެސް ކިޔާނާއި އައިލީނާ ދެމެދު މައްސަލައެއް ނުޖެހެއެވެ. އެހެންކަމުން ކިޔާާން ޤަބޫލްކުރީ އެގޮތުގައި އަބަދަށް އެގުޅުން ދެމިއޮންނާނޭ ކަމަށެވެ. އެހެނަސް އެއްވެސް ކަމަކީ ތާއަބަދަށް މިދުނިޔޭގައި އެެއްގޮތަކަށް އޮންނާނޭ ކަމެއް ނޫނެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ މުސްކުޅިން ބުނަނީ މިސަބަބަށްޓަކައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Assalaamu alaikum.. Just wanted to tell something.. This is my first story.. Site akah liyaa.. Its my dream from childhood to become a good story writer. This is my first step towards it. So i believe that myhakah kamehga kuri ereynee emyhakah ekamakun hedhey kuhthah vx ingigen.. So its my request. Vaahakaiga rangalhu kohlan jehey thaneh inihyaa alhguandah bunedhinumah.. As it is my first, i know there will be mistakes.. So i would be happy if u guys tell me the mistakes.. ☺
Heevey v salhi vaanehen keep it up
Sifa kurunthahah hama ❤❤❤ wow v v reethi.
Kon irakun dhn anna bai
??
Thank u all.. In sha allah anehbai maadhan up kohdheynan.. ☺
Wow! Masha allah..Awesome nau… u can do it..in sha allah..?
Thankx axu.. ❤
Kiyaalaahithun kiyaalevunu hama v nice
Waaauuu…. fantastic…. Sifakurun hama habeys…. ibaaraaiy kurunvs v furihama…… hiyey nuvey new writter eh henney…. superb hama… pls dont stop k…. Kyp it up… Insaa Allah u can do it…. loabi ge vaahakatakuga mikahala guduraty hiygaimu reeti sifakuruntah genesdeyn vaane… ehen noony story furihamaeh nuvaane… i olso have experience… thats y im teling…. Balaali kohme dimaa akun mifennany guduraty hiyy gaimu manxarutah…. so life ga stress kudakurumah vedey ehme bodu eh eheeakee guduraty hiyy gaimu kamaa ekan kamaa deytere visna fikurukohlun….
Nice beginning ??
Wow nice feshun vx v reethi. .sifa kurun vx v furihama ..keep it up nau ..☺?
Thanks everyone.. Thidhey hihvarah.. In sha allah i will keep it up like this stry nimendhen.. ☺
Varah salhi vaane hen heevany..??
Varah salhi.
Nice starting
Thankx all..