
ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްވީސްވަނަ ބައި)
ޝިއުރީ ވަރަށް ވާހަކަ ދެއްކުމުން މިޝަލް ހަމައަކަށް އެޅުނެވެ. އަދި ޝިއުރީ ދެއްކި ވާހަކަ ޤަބޫލުކުރުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލުމަށްފަހު، ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.
“އަހަންނަށް ކޮން ޚަބަރެއް ދޭންވެފައި އޮތީ….؟؟؟؟” މިޝްޔާގެ އަޑަށް ޝިއުރީއާއި މިޝަލް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. މިޝްޔާއަށް ބަލަހައްޓައިގެން ދެކުދިންނަށް ތިބެވުނީ އެ ސުވާލުގެ ޖަވާބުދޭން ނުކެރި ފަސްޖެހިފައެވެ.
______________________________
އަޔާނީއާއި ޔަލްވީގެ އެހީގައި މިޝްޔާ ކޮޅަށްހުރިއިރު ވަރުދެރަވެގެން ގޮސް އޭނާ ހުރީ އެލިފައެވެ. ރުއިމުގެ ސަބަބުން ދެލޯ ރަތްވެ ދުޅަވެފައިވާއިރު މޫނަށްވަނީ ލޭކުލަ އަރާފައެވެ. ބޯ ހޭވިފައިވުމުގެ ސަބަބުން ބައެއް އިސްތަށިތައް ކަރުނައާއިއެކުވެ، މޫނުގައި ތަތްލަވާފައި ވެއެވެ. ލައިގެން ހުރި ރަތްކުލައިގެ ހެދުމުގެ ކަރުވަޅާއި މޭމަތިވެސްވަނީ ކަރުނައިން ތެމިފައެވެ. މިޝްޔާމެންގެ ފަހަތުގައި އިޔާޒާއި ޝައުންވެސް މަޑުކޮށްލައިގެން ތިއްބެވެ.
“ދޮންބޭ ބުނެބަލަ….. ޖަވާބު ދީބަލަ…. ޒީކްގެ ޚަބަރެއް ވީތަ….؟؟؟؟” މިޝްޔާ އަނެއްކާވެސް އާދޭސްކޮށްލިއެވެ. މިޝަލަށް ބަލާލެވުނީ ޝިއުރީއާއި ދިމާއަށެވެ. ހަދަންވީ ކިހިނެއްހޭ އަހާލާ ފަދައިންނެވެ. އެ ދެލޮލުން ޝިއުރީއަށް ބިރުވެރިކަމާއި ހާސްކަން ފެނިގެން ދިޔައެވެ. އެހެންކަމުން ޝިއުރީ ލޮލުގެ އިޝާރާތުން ހަމަޖެހުމަށް އަންގާލިއެވެ. އަދި މަޑުމަޑުން ކުރިޔަށް ހިނގާލާފައި ގޮސް މިޝްޔާގެ އަތުގައި ހިފާލިއެވެ. އަދި ލޯތްބާއިއެކު އެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދިނުމަށްފަހު، އޭނާގެ ގައިގައި ހިފަހައްޓާލައިގެން ގެނެސް މަސްފެންގަނޑު ކައިރީގައި ހުރި ދިގު ގޮނޑީގައި ބޭންދިއެވެ. އަދި މިޝަލަށް ބަލާލަމުން މިޝްޔާގެ ގާތުގައި އިށީނުމަށް ލޮލުގެ އިޝާރާތުން އަންގާލިއެވެ. ޝިއުރީ ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މިޝްޔާގެ ގާތުގައި ދެކަކޫ ޖަހާލަމުން އޭނާގެ ދެއަތުގައި ހިފަހައްޓާލީ މިޝްޔާގެ ދެލޮލަށް ބަލާލަމުންނެވެ. ޝިއުރީ ދައްކަން އުޅޭ ވާހަކައެއް އަޑު އަހާލުމުގެ ބޭނުމުގައި ޔަލްވީމެންވެސް އައިސް އެގޮނޑީގެ ލެނގޭބައިގައި ހިފަހައްޓާލަމުން ފަހަތުގައި މަޑުކޮށްލައިގެން ތިއްބެވެ.
“މިޝް…. އަހަރެން މިދައްކާ ވާހަކަ ކަނުލާ އަޑުއަހައްޗޭ…… މި ދުނިޔެއަކީ އަހަރެމެންނަށް ކުރިމަތިވެފައިވާ އިމްތިހާނެކޭ މިޝް އަބަދުވެސް ބުނަމެއްނު ދޯ….” ޝިއުރީ މިހެން ބުނުމުން މިޝްޔާ ބޯ ޖަހާލިނަމަވެސް، ޝިއުރީ ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ހުރި ގޮތުން އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ ހިތް ބިރުގަތް ވަރުންނެވެ.
“އެހެންވީމަ އަހަރެމެން ޖެހޭނެ މިދުނިޔެމަތީގައި ދިމާވާ ހުރިހާ ކަންތަކަށް ކެތްތެރިވެ، އެ ހުރިހާ ކަމަކާ ނިކަން ކެރިގެން ކުރިމަތިލާން…. އަހަރެން ބުނަން މި އުޅެނީ މިޝްއަށް އަޑު އަހަން މާ ފަސޭހަ ވާހަކައެއް ނޫން….” ޝިއުރީއަށް މިހިސާބަށް ބުނެވުނުއިރު މިޝްޔާ ވަރަށް ބާރަށް އޭނާގެ އަތަށް ފިއްތާލިއެވެ. މިޝްޔާގެ މިއަމަލުން އޭނާ ޖެހިލުންވެފައި އިންވަރު ޝިއުރީއަށް ވިސްނުނެވެ. އެވާހަކަ ބުނަން ޖެހިލުންވާ ގޮތްވީ އެކަމުން މިޝްޔާއަށް ވާނެގޮތް ހިތަށް ގެންނަންވެސް ނޭނގޭތީއެވެ.
“ޝިއު އިތުރަށް ނުތަޅުވާ ބުނެބަލަ….” މިޝްޔާ އެއިން ގޮތަށް އިނދެ ތުރުތުރުލާ އަޑަކުން ބުނެލިއެވެ.
“މިޝްގެ މަންމަ އޮތީ ވަރަށް ސީރިއަސް ޙާލަތެއްގައި….. މަންމައަށް ވަނީ ކެންސަރު ޖެހިފައި…. އެންމެ ފަހު ސްޓޭޖްގައި…. ޑޮކްޓަރުންވަނީ އުންމީދުވެސް ކަނޑާލާފައި….” ނޭވާ ހިފަހައްޓާލައިގެން އިނދެ ޝިއުރީ އިއްވާލިއެވެ. މިޝްޔާއަށް ހީވީ އޭނާގެ ކަންފަތްމަތީގައި މީހަކު ޖެހިހެންނެވެ. އެ އަޑުތައް އޭނާއަށް އިވުނީ ހޮނު ގުގުރިއެއްގެ އަޑުހާ ބިރުވެރިކޮށްށެވެ. ނޫނެކޭ ބުނެ އޭނާ ކަންފަތުގައި ދެއަތް އަޅައިގެން ގޮނޑިން ތެދުވަމުން ބާރަށް ހަޅޭއްލަވައިގަތެވެ.
މާ ކުރިއްސުރެ އެކަމަށް ތައްޔާރުވެގެން އިން މިޝަލް ކޮޅަށް ތެދުވެ މިޝްޔާގެ ގައިގައި ހިފަހައްޓާލިއިރު، އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީއާއި، ޔަލްވީއަށް އަނގަމަތީ އަތްއަޅާލެވުނުގޮތަށް ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އިޔާޒް މިޝަލްގެ ކޮނޑުގައި އަތް ބާއްވާލިއިރު އޭގެ ދެބެއިންނަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲ ޙަޟްރަތަށް ދުޢާ ދެންނެވުނެވެ. ޝައުނަށްވެސް މިޝަލްގެ އަނެއްކޮނޑުގައި އަތްބާއްވާލެވުނީ ހުރިހާ ކަމެއް ރަނގަޅުކުރެއްވުމަށް އެދި ހިތާހިތުން މާތްﷲގެ ޙަޟްރަތަށް ދުޢާ ދަންނަވާ ޙާލުއެވެ.
“ދޮންބޭ ކީއްވެ އެހެން މިވީ….” މިޝްޔާ، މިޝަލްގެ މޭމަތީ ބޯ އަޅާލަމުން ގިސްލާފައ ރޯން ފެށިއެވެ. އޭގެ އިރުކޮޅެއްފަހުން މިޝްޔާގެ ރުއިމުގެ އަޑު ކެނޑުމުން މިޝަލް، އޭނާ ގަޔާއި ދުރުކޮށްލިއެވެ. މިޝްޔާ އޮތީ ހޭނެތިފައެވެ. ލޯބިވާ ކޮއްކޮ އެ ޙާލުގައި ފެނުމުން މިޝަލަށް ފުން އަސަރުތަކެއް ކުރިއެވެ. ނަމަވެސް ކެތްތެރިވެވޭ އެންމެ މަތީ ދަރަޖައަށް ކެތްކުރަމުން، އެކުވެރިންގެ އެހީއާއިއެކު، އޭނާ އަވަސްވެގަތީ މިޝްޔާ ހަސްފަތާލަށް ގެންދެވޭތޯއެވެ.
********************
ހަސްފަތާލުގައި އެނދުމަތިކޮށްފައި އޮތް މިޝްޔާގެ ގާތުގައި ހުރި ގޮނޑީގައި އިށިނދެލައިގެން މިޝަލް އިނެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. އިރުއިރުކޮޅުން އޭނާގެ އަތުތެރޭގައި އޮތް މިޝްޔާގެ އަތަށް ބޮސްދެއެވެ. އެނދުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ސަޖާޔާ މިޝަލަށް ހިތްވަރުލައިދެމުން ދިޔަނަމަވެސް، މިޝަލްގެ ހިތްވަރުވަނީ އެލިފައެވެ.
ޝިއުރީމެން ތިބީ ބޭރު ގޮނޑިބަރީގައި މަޑުކޮށްލައިގެންނެވެ. އެކުދިންގެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. ގޮނޑިއަށް ވަރު ދޫކޮށްލައިގެން ތިބިއިރު އެއިން ކޮންމެ ކުއްޖަކު ފެނުން މީހެއްގެ ހިތުގައި ޙަމްދަރުދީ އުފެދޭހާ އެކުދިންގެ ޙާލު ދެރައެވެ.
“މަންމާ…..” ހޭއެރުމާއިއެކު ރޮއެގެންފައި މިޝްޔާ ތެދުވާން އުޅުނެވެ. އެހެނަސް ސަޖާޔާއާއި މިޝަލް މިޝްޔާ މަސަލަސް ކުރަން މަސައްކަތް ކުރަމުންދިޔައެވެ.
“ދޮންބޭ…. މަންމަ ގާތަށް އަހަރެން ގެންގޮސްދީ ޕްލީޒް….” މިޝްޔާ އާދޭހާއިއެކު މިޝަލްގެ މޭގައި ބޯ އަޅާލަމުން ބުނެލިއެވެ.
“މިޝް ނުބުންޏަސް ދޮންބެ މިޝް ގެންގޮސްދޭނަން…. އިހަށް ކުރުނބާ ފެންތަށި ބޯލައިގެން ގައިގައި ވަރު ޖައްސާލާ…..” ސަޖާޔާ ދިއްކޮށްލި ކުރުނބާ ފެންތަށި މިޝްޔާގެ ތުނބުގައި ޖައްސާލަމުން މިޝަލް ލޯތްބާއިއެކު ބުނެލިއެވެ.
“ނޫން ދޮންބޭ އަހަންނަކަށް ނުބޮވޭނެ….” އިތުރަށް މިޝަލްގެ މޭގައި ބޮނޑިވެލަމުން މިޝްޔާ ބުނެލިއެވެ.
“މިޝް ބަސްއަހައިގެން ފެންތަށި ބޯލާ… ވަރަށް ވަރުދެރަވެފައި ތިއޮތީ… މަންމައަށް މިޝް ތިހެން ހުއްޓާ ފެނިއްޖެއްޔާ މަންމަ ވަރަށް ދެރަވާނެ…. މިޝް ބޭނުންތަ އެހެންވާން…..؟؟؟؟” ސަޖާޔާ މިޝްޔާގެ ބޮލުގައި ފިރުމާލަމުން މިޝްޔާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މިޝަލް އަނެއްކާވެސް ފެންތަށި ދިއްކޮށްލުމުން މިޝްޔާ މޫނުލީ އަނެއް ދިމާއަށެވެ.
“އޯކޭ…. ކުރުނބާ ފެންތަށި ނުބޮންޏާ މިޝް އޮންނަން ޖެހޭނީ މިތާނގައި… ދޮންބެ އެކަނި މަންމަ ގާތަށް ދާނީ….” މިޝަލް ތަންކޮޅެއް ހަރުކަށިގޮތަކަށް މިހެން ބުނުމުން މިޝްޔާ އަވަސްއަވަހަށް ކުރުނބާ ފެންތަށި މިޝަލްގެ އަތުން އަތުލުމަށްފަހު، ތުންޖަހާލިއެވެ. އަދި ގަދަކަމުން އެތަށި ބޮއެ ހުސްކޮށްލިއެވެ. މިޝްޔާގެ އެ ހިތްވަރުން ހިތްވަރު ލިބިގަންނަމުން މިޝަލް މިޝްޔާގެ ނިއްކުރިއަށް ބޮސްދިނެވެ.
********************
މިޝަލްމެންނަށް މާލެ ދެވޭގޮތްވީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ލޯންޗުން ފޭބިގޮތަށް ޓެކްސީއެއްގައި އެމީހުން ދިޔައީ ހަސްފަތާލަށެވެ. އެތަނަށް ދެވުމުން މިޝަލް މާހިރަށް ގުޅާލިއެވެ. މާހިރާއިއެކު މެހެރީން ބާއްވާފައި އޮތް ކޮޓަރިއާއި ހަމައަށް ދެވުމުން މިޝަލްމެން ހުއްޓުނީ މާހިރުވެސް މަޑުކޮށްލުމުންނެވެ. އޭރުވެސް މިޝްޔާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.
“ދަރިފުޅާ ނުރޮއެ ހިތްވަރުކުރޭ…. ދަރިފުޅު ތިގޮތަށް ރޮންޏާ ބައްޕައަކަށް ނުކެރޭނެ މަންމަގެ ގާތަށް ދަރިފުޅު ގެންދާކަށް….. މަންމައަށް ދަރިފުޅު ތި ޙާލުގައި ފެނިއްޖެއްޔާ މަންމަގެ ޙާލު އިތުރަށް ގޯސްވެދާނެ…..” މިޝްޔާގެ ބޮލުގައި ފިރުމާލަމުން މާހިރު ބުނެލިއެވެ. މިޝަލްވެސް ދެލޯ ފެންކަޅިވާން ފެށުމުން މޫނުގައި އަތްހިންގާލަމުން ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ.
“ނޫން…. ބައްޕާ…. އަހަރެން ބޭނުން މަންމަ ދެކިލަން…. މަންމަ ގާތުގައި ހުރެގެން، އަހަންނެއް ނުރޯނަން…. ހިތްވަރުކުރާނަން….” ދެލޮލުން އައިސްފައިވާ ކަރުނަތައް އަވަހަށް ފުހެލަމުން މިޝްޔާ ބުނެލިއެވެ. މާހިރު އަނެއްކާވެސް މިޝްޔާގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާގެ ނިއްކުރިއަށް ބޮސްދިނެވެ. އަދި އޭނާގެ އަތުގައި ހިފައިގެން މެހެރީން ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.
އެކިއެކި ހޮޅިތަކާއި މެޝިންތައް ގުޅާފައި އޮތް މެހެރީން ފެނުމުން މިޝްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޮކްސިޖަން ގުޅާފައިވާއިރު ލޭ މަދުކަމުން ލޭ ފުޅިއެއްވެސް ގުޅާފައި އޮތެވެ. ދޮން މޫނު ހީވަނީ ނޫފައިގެންފައި އޮތްހެންނެވެ. ހަފްތާއެއްގެތެރޭ މީހާ ހިކި އަނަރޫފަވެފައި އޮތްތައް ފެނުމުން ދެކުދިންވެސް ހިތުގައި ޖެހި ރޮވޭގޮތްވިއެވެ. އެހެނަސް ބައްޕަ ބުނިފަދައިން މަންމަ ކުރިމަތީގައި ކަރުނަތައް ހިފަހައްޓަން، ދެކުދިންވެސް ހިތްވަރުކުރަމުން ދިޔައެވެ.
ދޮރުމަތީގައި މަޑުކޮށްލައިގެން ތިބި ދެދަރިން ފެނުމުން ވަރުދެރަވެފައި އޮތް މެހެރީންގެ ހިކިފައިވާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަޑުމަޑުން ދެކުދިންނާއި ދިމާއަށް އަތްހިއްލާލުމުން ދެކުދިން އެއްފަހަރާ އޭނާގެ ގާތަށް ދިޔައެވެ. މެހެރީންގެ އަތުގައި ހިފާލަމުން މިޝްޔާ، އެ އަތަށް ބޮސްދިންވަގުތު ދެލޮލުން ކަރުނަ އަންނަންފެށިއެވެ. އެހެނަސް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު، މަންމައަށް ބަލާލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.
މިޝަލްވެސް މަންމަގެ ބޮލުގައި ފިރުމަމުން ދިޔައިރު އޭނައަށް ހުރެވެނީއެއް ނޫނެވެ.
މެހެރީން މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ. އެހެނަސް، އޮކްސިޖަން ގުޅާފައި އޮތުމުން އޭނާ ދައްކާ ވާހަކަ ސާފުވާގޮތެއް ނުވިއެވެ.
“މަންމާ އެހަށް ވާހަކަ ނުދައްކާ އަރާމުކޮށްލާ….. މާތްﷲ އިރާދަކުރެއްވިއްޔާ މަންމަ ވަރަށް އަވަހަށް ރަނގަޅުވާނެ….” ޑަކުޓަރުން އުއްމީދު ކަނޑާލާފައި ވީނަމަވެސް، މިޝަލް އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވެއެވެ. އޭނާ ލަސްލަހުން ގުދުވެ މަންމަގެ ނިއްކުރިއަށް ބޮސްދިނެވެ. އެވަގުތު މެހެރީންއަށް ދެލޯމަރާލެވުނުހިނދު، އެސްފިޔަތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބައިގަތެވެ. މިޝަލް އެހެން ބުނިކަމުގައިވިޔަސް އޭނާއަކަށް، ރަނގަޅުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އޭނާގެ ގައިގައި އަޅައި ވޭނައި ރިހުން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ.؟ މެހެރީން އެންމެ ދެރަވަނީ އެހާ ލޯބި ލޯބި އަޚްލާޤް ރަނގަޅު ދެކުދިންނާއި، ލޯބިވާ ފިރިމީހާ ދޫކޮށް ދާންޖެހޭތީއެވެ. އެހެން ހިތަށް އެރުމުން އޭނާއަށް ގިސްލެވެން ފެށުނެވެ. މެހެރީން ރޯތަން ފެނުމުން މިޝްޔާމެންނަށްވެސް ކެތެއް ނުވިއެވެ. އެންމެ ހިތްވަރުކޮށްގެން ހުރި މާހިރުގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ.
********************
ހަފްތާއެއް ހޭދަވެގެން ދިޔައިރުވެސް ޒިކާންގެ ޚަބަރެއް ނުވެއެވެ. މެހެރީންގެ ޙާލުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ނުކައި ހުންނަން ފެށުމުން މިޝްޔާވެސް އައީ ދުވަހެއް ދުވަހަކަށް ހިކެމުންނެވެ. އަބަދު ރޮއެ ހިތާމަކުރުމުގެ ސަބަބުން ދެލޯދޮށް ކަޅުވެ، ދެލޯހުންނަނީ ވަޅުވަދެފައެވެ. ދެލޮލުން ކަރުނަ ހުސްވާ ވަގުތެއް އަންނަހެންނެއް ހިއެއް ނުވެއެވެ. މިޝަލްގެ ޙާލަކީވެސް މިއެވެ. ނަމަވެސް އާއިލާއަށްޓަކައި އޭނާއަށް ނެތް ހިތްވަރުލާން އެބަޖެހެއެވެ. އެހެންކަމުން ގަދަކަމުންނަމަވެސް، ކާ އެއްޗެއް ކެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. އަދި އެގޮތް މިގޮތުން މިޝްޔާއަށްވެސް ކާންދޭން މަސައްކަތް ކުރެއެވެ.
********************
އެކުވެރިޔާއަށް ދިމާވެފައިވާ ހިތްދަތިކަމުގެ ސަބަބުން ޝިއުރީމެންގެ ދިރިއުޅުމަށްވެސް އަސަރުކޮށްފައިވެއެވެ. އެކުވެރިޔާ ނެތްކަމުގެ ފަޅުކަން އިޙުސާސް ކުރެވޭ ކޮންމެ ފަހަރަކު އެއިން ކޮންމެ މޫނަކުން މާޔޫސީގެ އަސަރު ފާޅުވެއެވެ. އެހެނަސް ކޮންމެ ދުވަހަކު އެތައް ފަހަރަކު ގުޅާ ހާލު ބަލަމުންދާކަމީ، އެ ގުޅުމުގައިވާ އެކުވެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ.
********************
“ރޯޒީ”ގޭ ހަލަބޮލިވެފައިވަނީ ޝައިމަންގެ ކައިވެނީގެ ޙަފްލާއަށް ތައްޔާރުވަމުންދިޔަ މީހުންގެ އަޑު ފަށްގަނޑުންނެވެ. ޝިއުރީއާއި އަޔާނީ އަދި ޔަލްވީވެސް އެމީހުންގެ ތެރޭގައި ޙަރަކާތްތެރިވަމުން ދިޔައެވެ. އެކުވެރިޔާގެ ހިތާމަތަކުގެ ސަބަބުން ހިތަށް އަސަރު ކޮށްފައިވީނަމަވެސް މިރެއަކީ ޝައިމަންގެ ޙަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ރެއަށްވުމުން ޝިއުރީ މަސައްކަތް ކުރަމުން ދިޔައީ ވެވުނު ވަރަކުން ޝައިމަންގެ އުފަލުގައި ބައިވެރިވެވޭތޯއެވެ.
ޝައިމަންގެ ވާންއުޅޭ އަނބިމީހާ ރިފްގާއަކީ އެ އަތޮޅު އެހެން ރަށެއްގެ ކުއްޖެކެވެ. އެ ދެކުދިންގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވުމަށް ރިފްގާގެ ޢާއިލާގެ ވަރަށް ގިނަ މީހުން އެ ދުވަހު އެރަށަށް އައިސްއުޅެއެވެ. ޝިއުރީ އަވަދިނެތި އުޅެމުންދިޔައީ ކައިވެނީގެ ޙަފްލާއަށް ރިފްގާ ތައްޔާރުކުރުމުގައެވެ. ޔަލްވީއާއި އަޔާނީ އޭނާއަށް އެހީވުމުގައި އެތާގައި ޙަރަކާތްތެރިވަމުންދިޔައެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އިން ރިފްގާ ތައްޔާރުކޮށް ނިމުމުން ޝިއުރީ ހިންދެމިލަމުން ހުރިހާކަމެއް ރަނގަޅަށް ކުރެވިފައިވޭތޯ ރިފްގާއަށް ބަލާލިއެވެ. އެހިނދުމެ ރިފްގާގެ ރީތިކަމަށް ތަޢުރީފްކޮށްނުލާ އޭނާއަކަށް ނުހުރެވުނެވެ. ރިފްގާއަކީ ހަމުގެ ކުލަ މާ އަލި ކުއްޖަކަށް ނުވިޔަސް ގުދުރަތުން އޭނާއަށްވަނީ ރީތިކަމެއް ލިބިފައެވެ. ލަކުނެއް ނުވާ އޮމާން މޫނެކެވެ. ބޮޑުބޮޑު ދެލޮލާއި ދިގު އެސްފިތަކުން މީހުންގެ ހިތްތައް ފިދާވާހާ ވެއެވެ. ރިފްގާ ރީތިކޮށް ނިމުމުން ކައިވެނީގެ ޙަފްލާ ފެށެންވާއިރަށް ޝިއުރީ ދިޔައީ ތައްޔާރުވާށެވެ.
ފައތިލައާއި ހަމައަށް އަރާ ވިލުނޫކުލައިގެ ދިގު ހެދުމުގައި ޝިއުރީ ހީވަނީ ރީތި ޕަރީއެއްހެންނެވެ. ހެދުމުގެ މޭމަތީ ރީތި ޑިޒައިނަކަށް އަޅާފައި ހުރި އަޅިކުލައިގެ ވެލިފޮތިތަކުގެ އަލި ދޮން މޫނަށް އެޅިފައިވާއިރު، ފެންނަލެއް ނުހަނު ހިތްގައިމެވެ. ދިގު އިސްތަށިގަނޑު އޮތީ ހުޅިޖަހާ ހައްޔަރުކޮށްލާފައެވެ. ކުރު އިސްތަށިކޮޅުތައް ކަންފަތްކައިރިން ދޫކޮށްލާފައި އޮންނައިރު ބުޅިކަމުން އޮތީ އޮޅިފައެވެ. އަޅިކުލައިގެ ދެލޮލުގެ ވަށައިގެން އަނދުން އަޅާފައިވާއިރު އެ ދެލޯ އިހުނަށްވުރެވެސް ބޮޑަށް ފާޅުވެއެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައިވާއިރު ޝިއުރީގެ ދޮންމޫނާ ނުހަނު ގުޅެއެވެ. އަތުގައާއި، ކަރުގައި، ހެދުމާއި ގުޅޭ ކުލަތަކުން ގަހަނާ އަޅާފައިވެއެވެ. ކޮޓަރިން ނުކުމެގެން އައިއިރު ފެންނަ ކޮންމެ މީހަކަށްވެސް ޝިއުރީގެ ރީތިކަމަށް ތަޢުރީފްކޮށްނުލައެއް ނުހުރެވުނެވެ. ޔަލްވީމެންވެސް ޝިއުރީ ފެނުމުން އޭނާގެ ރީތިކަމަށް ތަޢުރީފްކޮށްލިއެވެ. އެރޭ އެ ކުދިން މިޝްޔާ މަތިން ވަރަށް ހަނދާންކުރިއެވެ.
ކައިވެނިކޮށް ނިމުމުން އެންމެންވެސް މިސްރާބުޖެހީ ވަލީމާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ދިއުމަށެވެ. ވަލީމާ ބޭއްވުމަށް ހަމަޖެހިފައިވީ އެގެއާއި ދިމާ އަތިރިމަތީ ސަރަޙައްދުގައެވެ.
ޝިއުރީއާއި ޝަނާޔާ ރިފްގާގެ ދިގުހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން ހުރީ ހެނދުން ބިންމަތީގައި ކޭއްތޭތީއެވެ. ޔަލްވީމެންވެސް ގާތުގައި ތިއްބެވެ. ރިފްގާއާއި އެއް ހަމައެއްގައި ހުރެގެން ޝައިމަންވެސް ދިޔައެވެ. ދެންތިބި މީހުން އައީ އެމީހުންގެ ފަހަތުންނެވެ.
“އޯހް….ނޯ…. ބުކޭ ވީ ގޭގަ…. ހަނދާނެއްވެސް ނެތް އެ ގެންނާކަށް…..” ވަލީމާ ބާއްވާ ސަރަޙައްދަށް ދެވުމުން ކުއްލިއަކަށް ހަނދާންވެގެން ޝިއުރީ ބުނެލިއެވެ. އަދި ހަލުވިކޮށް ހިނގާލާފައި ގެއާއި ދިމާއަށް މިސްރާބުޖެހީ އެ ބަލާ ދިއުމަށެވެ.
ގެއަށްވަދެ ކޮޓަރީގައި އޮތް ބުކޭ ހިފައިގެން ނުކުންނަންދިޔަ ޝިއުރީއަށް ހުއްޓެވުނީ ކާގޭ ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑަށްށެވެ. އެ ދިމާއަށް ހިނގައިގަނެވުނީ އެތާ އުޅެނީ ކޮންބައެއްތޯ ބަލާލުމުގެ ބޭނުމުގައެވެ. އެހެނަސް ދެފައި ގަނޑުވިކަމުގެ އިޙުސާސް ކުރެވުނީ ކާގޭ ތެރެއިން ފެނުނު މަންޒަރަކުންނެވެ. އަތުގައި އޮތް ބުކޭ އަތުން ދޫވެގެން ވެއްޓުންއިރު، އޭނާއަށް އަނގަމަތީ އަތްއަޅާލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ.
ނުނިމޭ
70 Comments!
Comments are closed.
Yah. Vrh salhi. Me 1st tha???
Thanks Manna ☺☺☺
Yes u first ??
me first dhw
Oww nt this time dear
v sad part eh but best. alhugadah 3 vana faharu first mi libuny. mi part kurin part thakah vureh kuru kamah faahaga krehvey. kurin part thah genes dheny v v dhigukoh.
oops sorry first nulibunu
Thanks dear ☺☺☺
Iyye ge part kuru kamun mi part miadhu mi genesdhiny n vaguthu madhu v ma ehaa dhigu koh nuliyeveynu dw ??
hmm
yey.. I am the first. v v v v v salhi. maadhan ves mi vaahaka update kohdhehchey please. if possible aneh bai mirey update kuriyas ok 😛 aneh bai kiyaa hithun hurevenyky noon. Love this <3
Thanks Aikko ☺☺☺
Wow ..thanx eem doonee ?
Thanks Juvey ☺☺☺
Wc dear ???
Surprise ?
@Song eem promise kurihen miothy surprise part eh up kohla dheefa ?
Heekuran eem ge surprise kiyuntherinnah kamu dhiya kamah nd mi part ves ☺☺
@Aikko haadha molhey guess kuran dw.. eem ah furathama aikko ge comment kiyuny fahu jumla nulaa nd i was shocked seriously ?
Eem hithah ery anekka eem ah aikko gaathu bunevuny baa ey dhn vaanee ehn kan.. hehe??
Kiyuntherin kuhthah faahaga kohlaidhehchey ☺☺☺
Baeh kiyuntherinnah vaahaka mihaaru kuriah dhaa goi kamu nugosdhaane bt eem bunelan beynun vaahakaige plot kiyuntherin heenukuraa gothakah ves badhal vedhaane
Eem v ufaa vaane vaahaka nimendhen huriha kudhin ves kiyaaliyya ???
Have a good day, Tgc my lovely readers ???
Ly all ?
Hehe thankyou eem ?? aikko hunnnany vaahaka update vaane ireh bala balaa. Nidhan ovefa ves hithah araa mihen vaane nama ey. Egothah guess koffa ae hehe.
Ehntha mifaharu dhn dhimaa v dw ??
Next part avahah up kohdhehchey. .kiyaa hithun keh madhu vefa mihuree …
Will try ?
Thanks dear ☺☺☺
Yeyyy. Eeem haaaadha rangalheyyyy.. 🙂 adhi nuvx kiyan. Surprise hama perfect. Site hulhuvaali irah hama shock eh libuny. Hehe thanks eeeem. ILYSM 🙂
Hehe u r most wc dear ☺☺
Ly too ???
vvv reethi
Thanks azeen ☺☺☺
Wowww alhey varah salhi. Habeysss. Excellent. Fantastic. Mind blowing. Bravo. Hehehe. All that are true.. 🙂 ANEHKAA KIHINEHBAA EVY.. Can’t wait to read nxt part. Mi vaahaka ehkoh kiyaalan libeynama ehdhuvahun nimmaalees.. EHAA INTERESTING VIYYA!!!! 🙂 KEEP IT UP.. WAITING FOR THE NEXT PART 🙂 AS ALWAYS
Aww thanks Song ☺☺☺
Vee gotheh balaalan inthizaar kohlaa Saturday ah ??
Love this surprise.. Thnku sooooo much eem.. Story obii as always n these days v emotional n I love it… Waiting for the next part.. Whn next part?
Thanks Ryyko ☺☺☺
Hehe wc ?
Next part on Saturday In Sha Allah ???
Wow ham surprised vehjje.
☺☺☺hyeh nuvx kuran miadhu up kohlafaane kamah .. Story fenun iru neyge v hoi vx bunan heheh.. Ufaavi varun.. Thanx eem… Mi baivx vrh nice… Waiting impatiently….. Hehe ly eem n tgc…
Hehe wc ?
Thanks dear ☺☺☺
Ly too ??? tgc
??????????? Alhe Eem …. rovijje.. vvv sad part eh… but vv happy vejje upkohdhinythy….. mishya ah haadha dera gothekey dhw mi vy. Alhe zeek avahah fennaane nama dhw
And by the way
Sajaya shiu ah ehaa goas vefa shiu ge friends ah haadha care kureye…… why why???
Aww ?
Asluves dww
Hehe ☺☺
Eves hama baeh meehunge behavior hunna goi real life ga ves
Hithah eriyey e bahyey vvv dhera gotheh dw mivy?vvv rythi mibaii vess ..anehkaa konnkahala Mann zareh????
Ehntha ?? Asluvess dw ?
Thanka dear ☺☺☺
Hehe lets see dw ?
Adhi mirey nerebala 1baiiiii Eemyaa
Dhoonyaa eem ah mirey nuvaane sorry
Oh no haadha kihaa hiyyavvaa hisaabunney thinimmaalany. ..anheka naheek ehen girl eh govaigen huttaa kanneynge e fenuny heheh guess eh ingey
Hehe ehn ves hama vedhaanu dw ??
Thanks dear ☺☺☺
Awwn mi part varah nice and heart touching.. Yaan ah Varah hyvey naheek ehen girl akaa eky fennan nuvaa gothakah fenuny hen.. And I want it to be like that.. Because I want shiu and mishal to be together… And obviously love u eem Bodu Bodu kon.. And miss yer..??❤?❤?❤
Thanks Yaan ☺☺☺
Hehe lets see dw ?
Hehe ly too dear ???
I think ei shiu ge mom hen
Thee ves vedhaane gotheh dw Coco ??
Wowww..haadha rychey mi prt..v touching…mysh ah hyvany shiu ge bf (naakil kan neyge kiyany) ehen anhen kuhjakaa eku hury kanneyge..shaun ge kuryge gf aai shiu ge bf
Thanks Mysh ☺☺☺
Hehe vedhaane thi hen ves dw ??
V perfect story. V Molhu Emm vaahaka liyan.. Al mi vaahaka feshigen ebakiyan.
Thanks Alvyn ☺☺☺
Aww happy to knw tht dear ???
Masha Allah v v v rythi. Beynun vany mivaahaka inthaa indhe ehkoh kiyaa ninmaalan
Thanks Ainth ☺☺☺
Hehe ???
Naheek bust v kan yagyney. Dhn eyrun shiu libeyny mishal ah…yay
Hehe lets see dw mal ??
I guess nahyk girl akaaa ekee kameh kuran huttaa fennaany kanneynge shiury ah dhn…?
I don’t comment everyday.. Btw I look forward to your story always.. V rythi mi story.. Keep it up Eem ♥ and v loves ?
Konirakun next part upkohdheynee?
Hehe may b dw ??
Thanks dear ??? v happy vejje Maha ge comment eh libunyma ?
Thanks a lot Maha ???
Next part on Saturday In Sha Allah ?
Aslu ga vx Aalaa ah vx thihn hyvey….let it go like that she maha .. So that mishal get his love…_☺☺☺☺
lol. naheek bust vi. naseebeh…
Hehe lets see dw ??
Mal I was also expecting that. Naheek and ehn girl eh. Hehe
Ehn vejjeya kihaa rangalhu
Hehe eyrun mishal ah libeynennu dhw shiu.. 🙂 good ideA
Eem sat haadha lahey. Mihaaru ves keiiy madhuvefa. Maadhan evening ga update kohdheyn v nu? And I was so so so happy aikko hope kuri gothah mish mom ah v ma. Thankyou eem love ????
Sorry dear eem ah miadhaku nuvaane enme avahakahves hama maadhan up kureveyny
Nice mi part vx… ohh aslhu vx naheek bust v thr… shiury r mishal r gulhuneema reethi vaane…. mishal r shiury r hurihaagothr kun vx gulhenee…
Thanks Shaileen ☺☺☺
Hehe lets see ??
Naheek anhen kujjakaa eky hutta kanneyge fenaany.. heeves nukoh hutta up thi kohdhiny v surprise vefa meeny.. v v ufaavejje ??? thanks eem ?☺ luv u❤❤
Eeem edhiny hurihaa readers ah surprise ekey. Ehnveema emmen vx surprise vaanennu dho 🙂
Hehe Jin ?
Wc dear ly too ???
As always story is nyc. .and eem plx plx zyk ah gotheh nahadhahchey. ..Saturday maa lahennu eem..BT I WILL WAIT..mihaaruves kiyaahithun miulhenee. .ly.
Thanks someone ☺☺☺
Lets see dw ??
Sat las tha ?? Eem ah veehaa avahah up kohladheynan k nu dw ?
Ly too dear ???
Mi story dheke hama aslu ves mivany loibey hagygy…
Vrh vrh vrh loabi mi part ves as lyk other parts 🙂
Anehkaa shiu ah koncheh fenuny baa
Awww Bestie ❤
Thanks dear ☺☺☺
Next part ah inthizaar kohlan jeheynee hehe ??
OMG..eem u r the best..love you so much..waiting for the next part??
Thanks Malsha ☺☺☺
Ly too ???
Hey eem…☺️varah dhuvas fahun dhw mi dhimaavy..keehkuraany..I’m so sorry ?…actually wifi mahsalaeh dhimaavegen connect eh nuvi…adhi kiriyaa problem solve vi..solve vi haa avahakah mi comment kuri…site hulhuvaalaafa mi vaahakaiga nuki huri episode tha kiyaaliiru varah dheravi…mish aa mishal varah dheravaane dhw…avahah zikaan fenaane Nama..when next part..mi part ves varah salhi…??
V happy vejje click ge comment eh libunyma nd thanks a lot thihas shauguveri kamaa eku story kiyaalaathy ☺☺☺
Yeah e kudhin v dhera vaane ?
I see you don’t monetize your website, don’t waste your
traffic, you can earn additional bucks every month
because you’ve got high quality content. If you want to know how to
make extra bucks, search for: best adsense alternative Wrastain’s tools