Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (ބާރަވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 19, 2017 4 Mins Read
21 Comments

“ހުއް. އެއީކީ މިހާރު އަހަރެންނާ ބެހޭ މީހެއްނޫން. އަހަރެންނަށް ހެޔޮ އޭނަ މަރުވިޔަސް” ކުއްލިއަކަށް ކިޔާންގެ ކޯތާާފަތް މައްޗަށް އަރައިގެންދިޔަ ލީޝާގެ އަތުގެ ހޫނު ހަމަލާއިން ކިޔާން ސިހުނެވެ. ކޮލުގައި ފިރުމައިލަމުން ކުރިމަތީގައި އިން ލީޝާއަށް ކިޔާން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އޭރު ރުޅިއައިސްގެންގޮސް ލީޝާ ހީވަނީ ރޫޅިދާނެެ ހެންނެވެ. ކިޔާންގެ ފަރާތުން ފެންނަމުން މިދަނީ ލީޝާ އެއްގޮތަކަށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ.

“ހުއްޓާލާ. އަހަރެން ހަމަ ހައިރާން ވެއްޖެ. ތީތަ ކިޔާން ލީންދެކެވީ ލޯތްބަކީ؟ ކުރި އިތުބާރަކީ؟ ތިގޮތަށް ލޯބިވާމީހަކު އަހަރެން ދުވަހަކުވެސް ނުދެކެން. ތިކަހަލަ ލޯބިވެރިޔަކުލިބުމަށްވުރެ ރަނގަޅުވާނެ ދުވަހަކު ލޯބިވެރިއެއް ނުލިބުނަސް. އަހަރެން ލަދުގަނޭ އަހަރެންނަށް އެއްއިރެއްގަ ކިޔާންދެކެ ލޯބިވެވުނީތީވެސް.” ކިޔާނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ލީޝާ ބުނެލިއެވެ.

“އެއްފަހަރުވެސް ކިޔާން މަސައްކަތްކޮށްނުލާ ލީނަށް އެބަލި ޖެހުނު ސަބަބު ހޯދާލަންވެސް. ހިތަށްއެރިހާ އެއްޗެއް އެއީ ތެދުކަމަށް ވިސްނައިގެން ހުރީމަ އެނިމުނީކީ ނޫނޭ. ކީއްވާނީ ހަމަ އެންމެ ފަހަރަކުވެސް ލީނަށް އެހެންދިމާވި ސަބަބު ހޯދާލިނަމަ. އެނިކަމެތި އަންހެންކުއްޖާ ކިޔާންގެ ލޯބީގަ އާވާރާއެއްހެން ނިމިދަނީ. އެކަމު ކިޔާާން ހިތަށް ހަަމަ އެކައްޗެއްވެސް ނާރާ. ” ދެފަރާތައް ބޯހޫރުވައިލަމުން ލީޝާ ބުނެލިއެވެ. “ނޫން ކިޔާން. މިއަދު ކިޔާން ޖެހޭނީ އަހަރެންގެ ވާހަކަތައް އަޑުއަހަން.” އެއްޗެކޭބުނަން އަނގަހުޅުވާލި ކިޔާން ފެނުމުން ލީޝާ އެކަން މަނާކުރިއެވެ.

“ލީނަށް އެއިޑްސް ޖެހުނީ ކިޔާންތިހީކުރާކަހަލަ ނުބައި ގޮތަކުންނޫނޭ. ލީން ކިޔާނަކަށް އެއްވެސް އިރެއްގަ ބޭވަފާތެރިއެއްނުވޭ. އޮޅުވައެއްނުލާ. އާން. އަހަރެންވެސް ޤަބޫލުކުރަން ލީނަށް ޖެހިފައެހުރީ ވަރަށް ނުބައި ބައްޔެއްކަން. އެކަމަކު ކިޔާންވެސް ނިކަން ވިސްނާލަބަލަ. އެބަލިޖެހެން އޮންނަނީ ހަމައެންމެ ގޮތެއްތަ؟ ކިޔާާންވެސްތީ ކިޔަވައިގެންހުރި ޒުވާނެއްނު. ދެންކީއްވެ ލީނާމެދު އެގޮތަށް ވިސްނީ؟” ލީޝާގެ ވާހަކަތައް އަޑުއިވުމުން ފުރަތަމަ ފަހަރަށް ކިޔާންގެ ހިތްތެޅިލިއެވެ. އައިލީނަށް އެބަލިޖެހުމަށް މެދުވެރިވި ސަބަބު އެނގެން ބޭނުންވިއެވެ. އޭނާއަށް އަނެއްކާ މިއޮތް ހުރިހައި ދުވަހު އައިލީނާމެދު ވިސްނެމުން އައީ ނުބައިކޮށްބާވައެވެ؟ “ލީނަށް އެއިޑްސް ޖެހުނީ ކިހިނެއް؟” މަޑުމައިތިރި ރާާގަކަށް ކިޔާން އަހައިލިއެވެ. ކިޔާންގެ ސުވާލު އަޑުއިވުމުން ލީޝާގެ ތުންފަތްމަތީގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. “ކިޔާާން ބޭނުންތަ އެނގެން؟” ލީޝާ އަހައިލިއެވެ. “ހޫމް.” ލީޝާއަށްބަލަންހުރެ ފާޑަކަށް ކިޔާން ބުނެލިއެވެ.

ކިޔާނަށް ފުރަގަސްދެމުން ލީޝާ ވާާހަކަފެށިއެވެ. ކިޔާރާާ އޭނާާއަށް ކިޔައިދިން ގޮތަށެވެ.”ކިޔާންއާ ރަށްޓެހިވުމުގެކުރިން އެއްފަހަރެއްގެ ސްކޫލް ބަންދުގައި ލީންދިޔަ އިންޑިޔާއަށް. އާއިލާއާއެކު ޗުއްޓީާހޭދަކޮށްލަން.އެފަހަރު ގޮސްހުއްޓަ އެކްސިޑެންޓެއް ވެގެން ލީނަށް ވަރަށް އަނިޔާވި. ޒަޚަމްތަކުން ވަރަށް ބޮޑަށް ލޭއައުމުގެ ސަބަބުން ލީންގައިން ލޭމަދުވީ. އެހެންވެ ޑޮކްޓަރުން އެންގީ ލޭއެޅުމަށް. އެކަމަކު ލީންގެ ލޭގެ ގްރޫޕް ދިމާާވާމީހެއް އެތާާނެތުމުން ޖެހުނީ އިންޑިޔާގެ ރަައްޔިތެއްގެ ގައިން ލޭނަގައި ލީން ގަޔަށް އަޅަން. އެގޮތާ ލީންގެ އާއިލާވެސް ރުހި ޤަބޫލުވި. ވަގުތުގެ ނާޒުކުކަމުންްނާ ލީން ސަލާމަތްކުރަން ބޭނުންވެފަތިބިވަރުން.” ލީޝާ ފުންނޭވައެއްލިއެވެ. ކިޔާން ހުރީ ލީޝާގެ ވާާހަކަތައް ކަނުލައި އަޑުއަހާށެވެ.

“ލީނަށް ފަރުވާދޭން ގެންދެވުނު ހޮސްޕިޓަލުގެ ލެބޯޓްރީގަ އެވަގުތު އިން ލެބްޓެކްނީޝިއަންގެ ފަރުވާކުޑަކަމުން، ލޭއަޅަން ގެނާ މީހާގެ ލޭ އެހާ ރަނގަޅަށް ޓެސްޓް ނުކޮށް ލީން ގަޔަށް އެޅުނީ. އެމީހާއަކީ އެޗް.އައި.ވީ ޕޭޝަންޓްއެއް. އެކަން އެނގުނީމާާ ފަހުން. އެހޮސްޕިޓަލުގެ ބޮޑުންތިބީ އެކަމާ ވަރަށް ހިތްހަމަނުޖެހިފަ. ކިޔާ ބުނީ ލެބްގަ އެވަގުތުއިން މީހާވެސް ހޮސްޕިޓަލުން ކަނޑާލިކަމަށް. އެމީހާގެ ފަރުވާކުޑަކަމުން އެފަދަ ހާާދިސާއެއް އަލުން ތަކުރާރުވެދާނެތީ. ލީންގެ މައިންބަފައިންނަށް އެޚަބަރުލިބުމުން ވަރަށް ހިތާމަކުރި. އެކަމަކު ލީނަށް ސިއްރުން. އެކަކުވެސް އެވާހަކަ ލީން ގާތަކު ނުބުނޭ. އެންމެން އެކަން ލީނަށް ސިއްރުކުރީ. ޖެހިގެން އޮތީ ލީންގެ އޯލެވެލް އަހަރަށްވީމަ، ލީން އެކަމާ ވިސްނާ ހިތާމަކުރަން ބޭނުންނުވާތީ. ލީނަށް އެކަން އެނގުނީވެސް ވަރަށްފަހުން.ލީންގެ އޮފީސް ފައިލެއް ގެއްލިގެން އާާސިމައްތަ ކޮޓަރި ހޯދަނިކޮށް އެލިޔެކިޔުންތައް ފެނުނީ. އޭގެފަހުން ލީން ކިޔާންއާ ދުރުވަން މަސައްކަތްކުރީ، ކިޔާާންދެކެ ލޯބިނުވާތީއެއްނޫން. ލީނަށް އެނޫންގޮތެއް ނެތިގެން. ކިޔާާ ބުނި އެދުވަހު ލީން ކިޔާ ގާތަށް ދިޔައީ އެހުރިހާ ވާހަކައެއް ކިޔާދޭށޭ. ކަންދިމާކުރިގޮތުން އެވަގުތު ކިޔާނަށްވެސް އެގެއަށް ދެވުނީ. އަސްލު އެދުވަހު ކިޔާނަށް އިވުނީ ލީންގެ ވާހަކައިގެ އެއްބައި. އެކަން ނޭނގިހުރެ ކިޔާން ލީންއާާމެދު ނުބައިކޮށް ވިސްނީ. އެނގޭތަ؟ އެހެންވެ މީހުން ބުނަނީ އިވޭ ކޮންމެ ވާހަކައެއް ހަޤީގަތަކަށް ނުވެދާނޭ… ލީން ކިހާވަރަކަށް ކިޔާނާ ވާާހަކަ ދައްކަން މަސައްކަތްކުރި. ކިހާ އާާދޭހެއްކުރި. އެކަމަކު އެއިން ކޮންމެ އާދޭހަކަށް ކިޔާންދިނީ ބީރު ކަންފަތެއް. އެންމެފަހުން ލީން ގުޅަންހެދީމަވެސް ކިޔާނަށްވީ އުނދަގޫ. ފޯންނަމްބަރުވެސް ބަދަލުކުރީ އެހެންވެކަން އަހަރެންނަށް އެނގޭ. ލީން ހާދަ މަސައްކަތެއްކުރިއޭ ކިޔާނާ ވާހަކަދައްކަން. ހާދަ އިންތިޒާރެއް ކުރިއޭ ކިޔާންއަށް ވިސްނިގެން ލީންގާތައް އާާދޭތޯ. ކޮންފަދަ ހާލެއްގަ ލީން އުޅުނީ.” އެހިސާބަށް ބުނެވުނުތަނާ ލީޝާ އަށް ގިސްލަ ގިސްލާފައި ރޯންފެށުނެވެ.

ލީޝާގެ ވާހަކަތައް ކިޔާންގެ ކަންފަތާ ހަމައަށްއައީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ދެލޯބޮޑުކޮށްގެން ޤަބޫލް ނުކުރެވިފައި ހުރި ކިޔާންގެ ދެލޯފުރި ކަރުނަތައް ބަންޑުންވަމުން ދިޔައެވެ. ކުއްލިޝޮކެއްގައި ހުރި ކިޔާނަށް އޭނާގެ ބޮލަށް އެނބުރުން އަރާހެން ހީވެ އެނދުގައި އިނށީދެވުނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ދެފަރާތަށް ބޯހޫރުވަމުންދިޔަ ކިޔާނެއް ފުރަގަސްދީގެން އިން ލީޝާއަކަށް ނުފެނެއެވެ.

ކުއްލިއަކަށް އިވުނު ކިޔާންގެ ބާރު ހަޅޭކާއިއެކު ސިހިފައި ލީޝާ ކިޔާނާ ކުރިމަތިލިއެވެ. އޭރު ކިޔާން މޮޔައަކުހެންް ހޭރެމުން އޭނާގެ ބޯ ފާރުގައި ތަޅަމުންދިޔައެވެ. ބަލާކަށް ނުހުރެ ލީޝާ އަވަސް އަވަހަށް ގޮސް ކިޔާން ހުއްޓުވިއެވެ. ކިޔާންގެ ބޮލުން ފަޅައިގެން ގޮސްފައިހުރި ތަނުން ހޯސްލާފައި ލޭތައް ފައިބަމުންދިޔަ މަންޒަރު ފެނުމުން ލީޝާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ކޮޓަރިތެރެ ހޯދާލުމަށްފަހު ކަބަޑެއްގެ މަތީގައިހުރި ފަސްޓް އެއިޑްސް ބޮކްސް ހިފައިގެން އަވަހަށް އައެވެ. ގަބުވެފައި ކިޔާން އެއިންގޮތަށް އެނދުމަތީގައި އިނށީދެގެން އިނެވެ.

ވަރަށް ފަރުވާތެރިކަމާއެކު ލީޝާ ކިޔާންގެ ޒަޚަމްތަކުގައި ބޭސް އަޅަމުންދިޔައެވެ. ކިޔާން ހުރި ހާލުފެނުމުން ލީޝާ ދެރަވިއެވެ. އެހެނަސް އައިލީނަށްޓަކައި އޭނާއަށް ކިޔާނަށް ހަޤީގަތް އަންގަން މަޖުބޫރުވީއެވެ. އައިލީން އޭނާއަށްޓަކައި ކޮށްދިން އެހެޔޮކަން ދުވަހެއްގެ ކޮޅުންވެސް ލީޝާ ހަނދާނެއް ނުނެތޭނެއެވެ. އައިލީންގެ ހެޔޮކަމުގެ ބަދަލުގައި ލީޝާވެސް އައިލީނަށްޓަކައި ކޮންމެސް ކަމެއް ކޮށްދެން ބޭނުންވީއެވެ. އޭނާއަށް ވިސްނުނު ގޮތުގައި ކިޔާންގެ ކުށްހީ ދުރުކޮށްދިނުމަކީ އޭނާއަށް އައިލީނަށްޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅުކަމެވެ.

“ކިޔާން. އަހަރެން އަދި އެއްވާހަކަ ކިޔާން ގާތު ބުނަން ބޭނުން” ކިޔާންގެ އަމަލުތަކުގެ ސަބަބުން ހިސާބަކަށް ޖެހިލުންވެހުރެ ލީޝާ ބުނެލިއެވެ. ކަރުނަވީ ދެލޮލުން ކިޔާން ލީޝާއަށް ބަލައިލިއެވެ. “ލީން.. ލީނަށްވަނީ.. ބަނޑުގެ ކެންސަރުވެސް ޖެހިފަ.” އަޅައަޅައި ގަންނަމުން ލީޝާ ބުނެލިއެވެ. އެއާއެކު ކިޔާނަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރުއެތިފަހަރެއް ޖެހިހެންނެވެ.

އެއްވެސް ހިފެހެއްޓުމެއްނެތި ކިޔާނަށް ބާާރަށް ރޮއެގަނެވުނެވެ. މިއޮތްހުރިހާ ދުވަހު ކިޔާނަށް އައިލީނާމެދު ކުރެވުނީ ކިހާބޮޑު ކުށްހީއެއްހެއްޔެވެ؟ އައިލީނަށް ޖެއްސުނީ ކޮންފަދަ ނިކަމެތި ހާލެއްހެއްޔެވެ؟ ދެވުނީ ކިހައިބޮޑު ހިތާމައެއްހެއްޔެވެ؟ ލޯބިވާމީހުން ކަންތައްކުރަނީ އެހެންހެއްޔެވެ؟ ލީޝާ ބުނީ ރަނގަޅަށެވެ. އޭނާ ކަހަލަ ލޯބިވެރިއަކު ލިބުމަށްވުރެ ދުވަހަކު ލޯބިވެރިއެއް ނުލިބުނަސް މާރަނގަޅުވާނެއެވެ. އޭނާ އެހައި ހިތްހަރުވީ ކޮންއިރަކު ހެއްޔެވެ؟ ކިޔާންގެ ބޯހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އައިލީނާމެދު ކަންތައް ކުރެވުނުގޮތް ކިޔާންގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ. ރޮއެރޮއެފައި ކިޔާންގެ ފައިބުޑަށް ވެއްޓިއޮވެ އައިލީން ކުރި އާާދޭސްތައް ކިޔާންގެ ކަންފަތުގައި ހަރުލައިފައިވާކަހަލަައެވެ. ކިޔާނަށް ކަންފަތްމަތީގައި އަތްއަޅާލެވުނެވެ.

ކިޔާނަށްވަމުންދިޔަ ގޮތްތައްފެނި ލީޝާ ކަންބޮޑުވިއެވެ. މަޑުމަޑުން ކިޔާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “ކީއްވެ އަހަރެން އެހާ ގޯހީ ލީޝް؟ ކީއްވެ އަހަރެން ލީނަށް އެހެން ހެދީ؟ ލީންގެ ކޮންކުށެއް އޮތީ؟ ދުވަހަކު މީހަކުދެކެ ލޯބިނުވާވަރަށް އަހަރެންދެކެ ލީން ލޯބިވި. ލީނަކަށް އެހިތާމަ ހައްގެއްނޫން ލީޝް. ލީނަކަށް ހައްގެއްނޫން. ލީނަށް އެހެންނުވެ އަހަރެންނަށް އެހިތާމަ ލިބުނުނަމަ. ” ކިޔާން ރޮމުން ވާހަކަދައްކަމުން ދިޔައެވެ. ދުވަހަކު މީހެއްދެކެ ރުޅިނާންނަވަރަށް ކިޔާާނަށް އޭނާގެ އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. ހުރިހާ ހިތާމައެއްވެސް ހައްޤީ އޭނާއަށެވެ. އައިލީނަކަށް ނޫނެވެ.

ކިޔާާންގެ ވާހަކައަށްދޭނެ ޖަވާބެއް ނޭނގިފައި ލީޝާ ހިމޭނުންއިނެވެ. ކިޔާންގެ ހާލުބަލަން ކެތްނުވެފައެވެ. އައިލީންގެ ހައްގުގައި ކިޔާނަށް ހަޤީގަތް ހާާމަކުރަން ލީޝާއަށް މަޖުބޫރުވީއެވެ. އެހެންނޫންނަމަ އޭނާ އެގޮތަކަށް ކިޔާނެއް ނުރޮއްވީހެވެ.

މާގިނައިރު ރޮއުމުގެ ސަބަބުން ކިޔާންގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ދައްކާާނެ ވާހަކައެއް ނޭނގިފައި ކިޔާާނާ ލީޝާާ ގާތުގައި ތިއްބެވެ. “ލީންގެ ހާލު މިހާރު ކިހިނެއް؟” ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު ކިޔާން މޮޅިވެރި ރާގަކަށް އަހައިލިއެވެ. “ވަރަށް ދެރަ. ލީން އުޅޭ ހާލު ފެންނަ ކޮންމެ މީހެއްގެހިތް ފޮތިފޮތިވާނެ. ރަނގަޅަށް ކެވެނީކީ ނޫން. މުޅިކުއްޖާ ހިކި އަނަރޫފަ ވެއްޖެ.” އެއްދިމާއަކަށް ގެއްލިހުރެ ލީޝާ ބުނެލިއެވެ. ” ލީނަށް މިހާރު ރަނގަޅަށް ނުސް ހިނގޭ. އެހަށިގަނޑުގަ އެހާ ހަކަތައެއްނެތް. ދުއްވާ ގޮނޑިއެއްގެ އެހީގަ މިހާރު ލީން ގެންގުޅެން ޖެހެނީ. ” ލީޝާ އިތުރަށް ބުނެދިނެވެ.

ކިޔާން ހިތަށް ހީވީ މީހަކު ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ލޯބިވާ ކުއްޖާގެ ހާލު އެނގުމުން އެހިތަށް ތޫނު ތަދެއް އިހުސާާސުވެގެން ދިޔައެވެ. އެހާލުގައި އައިލީން ދުވަސްތައް ކަނޑައްތުކުރަމުން ދިޔައިރު، އޭނާ ކޮބައިހެއްޔެވެ؟ އައިލީންގެ ހާލު ބަލައިނުލި ތާނގައި އައިލީން ފެންނަ ކޮންމެ ތަނަކުންވެސް ކުރެވުނީ މަލާމާތެވެ. އެއްފަހަރުވެސް އައިލީންގެ އިހުސާާސްތަކާމެދުގައި ވިސްނައެއްނުލެވުނެވެ. އެހިތަށް ކުރާނެ އަސަރާމެދުގައި ވިސްނައެއްނުލެވުނެވެ. މީހުންގެ އިހުސާސްތަކަށް ޤަދަރުކުރަން ކިޔާން ހަނދާންނެތުނީ ކޮންދުވަހަކު ހެއްޔެވެ؟

“ލީޝް.” ކިޔާން ގޮވައިލުމުން ލީޝާ ބަލައިލިއެވެ. “ލީން އަހަރެންނަށް މައާފް ކުރާނެތަ؟” އުއްމީދެއް ނެތްފަދަ ގޮތަކަށް ކިޔާން އަހަލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެދެމޭ އުފާ…..(16)

Next

އަގެއްނެތްލޯބި 23 ވަނަ ބައި

Next
September 20, 2017

އަގެއްނެތްލޯބި 23 ވަނަ ބައި

Previews
September 19, 2017

އެދެމޭ އުފާ…..(16)

21 Comments!

  1. Naufa says:
    September 19, 2017 at 10:41 pm

    Sry for the delay guys.. Hope u guys will like this part too.. ?

  2. maroon says:
    September 19, 2017 at 10:45 pm

    With the facts i know she is going to die soon ?
    But can u some how cure her. They would be so perfect together ❤

    1. Naufa says:
      September 19, 2017 at 10:56 pm

      Ya dhw.. Lets see wat hppns to her.. ?

  3. Xxxx says:
    September 19, 2017 at 11:03 pm

    v.nice..waiting??

    1. Naufa says:
      September 19, 2017 at 11:20 pm

      Thankx ❤

  4. Nas says:
    September 20, 2017 at 12:34 am

    Nice whn nxt part

    1. Naufa says:
      September 20, 2017 at 5:41 am

      Thanks..In sha allah soon

  5. Naju says:
    September 20, 2017 at 1:12 am

    Dhen noon maraa nulahchey.. mi part ves v reethi… ?

    1. Naufa says:
      September 20, 2017 at 5:42 am

      Thanks naju?

  6. Faxu says:
    September 20, 2017 at 1:24 am

    V v nice mihaaru vaahaka reethi kamun heeevanee vaahaka v kuru hen net part dhigu koahla dheah chey pleas nau ???❤❤❤

    1. Naufa says:
      September 20, 2017 at 5:43 am

      Thankx faxu..❤.. Ya in sha allah?

  7. khajja says:
    September 20, 2017 at 2:13 am

    Wow masha allah v furihama ?? thanks leeshaa kiyaan ah hageegaiy angaa dhinyma mi prt haadha asarugadha ay hama rovvaalaifi?? leesha kiyaan leen kairiah gengoss maafah edhumuge furusathuves hoadhaidhybala eyrunves leen ah hiyhama jehumeh libi dhen oiy dhuvas kolhugaves leen ah ufaluga ulhevidhaane insha allah mi stry v v cute whn nxt prt plx avahah up kolladhybala plx plx gud nyt ly ???❤??

    1. Naufa says:
      September 20, 2017 at 5:44 am

      Thank u soooo much dear❤❤.. Ya in sha allah will try?❤

  8. Shaahyn says:
    September 20, 2017 at 2:22 am

    wow..?

    1. Naufa says:
      September 20, 2017 at 5:45 am

      Thanks?

  9. Mariyam Ubaid says:
    September 20, 2017 at 8:42 am

    Varah reeethi

    1. Naufa says:
      September 20, 2017 at 9:41 am

      Thank u?

  10. xaan says:
    September 20, 2017 at 9:03 am

    HAMA RAGALHAHVES ROVIJJE V REETHI VAAHAKA

    1. Naufa says:
      September 20, 2017 at 9:09 am

      Thank u soooo much xaan?

  11. Ain says:
    September 20, 2017 at 9:20 am

    dhelofulhaa roumeh nooneey innanee.. ruin… rangahu kohllachey

  12. click a shot ? says:
    September 20, 2017 at 1:14 pm

    Alhey dhen kiyaan avahah leen kariahdhey…varah reethi mi part ves..

Comments are closed.

Next Episodeއަބަދުގެ އަބަދަށް (ތޭރަވަނަ ބައި)←


All Right Reserved!