Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (12)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 19, 2017 7 Mins Read
23 Comments

މިޝްކާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް މުނީރު ކޮޓަރިއަށް ވަނެވެ. އެ މޫނުމަތިން މިޝްކާއަށް ފެނުނީ ދުވަހަކުވެސް ނުފެންނަފަދަ ރުޅިވެރިކަމެކެވެ.

“އަހަރެން ހިޔެއް ނުކުރަން އިނގޭ މިޝްކާ ތިހާ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް!” މުނީރު މިޝްކާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. މިޝްކާ ޔުމްނާ ދެކެ ރުޅިއައިސްގެން އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ހަމަ ހިންގަފާނެ ހެއްޔެވެ؟

“މުނީރު.. އައި ކެން އެކްސްޕްލެއިން..” މިޝްކާ ދެރަވެލާފައި މުނީރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކޯއްޗެއް އެކްސްޕްލެއިން ކުރާކަށްތަ؟ ކޮންމެ މީހަކު ކޮންމެ ފަދަ ކަމެއް ކުރިޔަސް މިޝްކާ ނުޖެހޭނެ ތި ފަދަ ކަމެއް ކުރާކަށް! އެހެންނޫނަސް ޔުމްނާ މިޝްކާއަށް ކީއްތަ ކުރީ؟ އޭނަ އެއްވެސް ކަމެއް ނުކުރެ މިޝޫއަކަށް! ޝީ އިޒް އިނޮސެންޓް! ދެން ކީއްވެތަ؟ އޭނ!” މުނީރު އެއްފައްޗަކަށް އެވާހަކަތައް އަމުނާލިއިރު އޭނާގެ ދަތްކުނޑި ވިކިފައިވިއެވެ.

“މުނީރު ވެސް ތި ރަނގަޅު ކުރަނީ އެ ޔުމްނާތަ؟ ކީއްވެތަ ކަލޭމެން އާރިކްއާ ދެމީހުންނަށް އެ ބިޗް މާ ރަނގަޅުވެގެން ތިއުޅެނީ؟ އޯހް.. އޭނަ ރީތިކަމުން ކަލޭވެސް އޭނައަށް ހެއްލުނީދޯ؟” މިޝްކާ ވެސް މިފަހަރު ވާހަކަދެއްކީ ރުޅިވެރި ގޮތަކަށެވެ. އެވަގުތު މުނީރު ކެތް ނުވެގެން މިޝްކާގެ މޫނުމަތީގައި ޖަހަން އަތް ނަގާލިއެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަމުން އޭނާ އެއަތް މުއްކަވާލަމުން ތިރިކޮށްލިއެވެ. މުނީރުގެ މި ޢަމަލުން މިޝްކާއަށް ލިބުނީ ޝޮކެކެވެ. މުނީރު އޭނާގެ ގައިގައި ޖަހަން ހިތަށް އަރުވަފާނެ ކަމަކަށްވެސް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ.

“ތީ ހަމަ އަހަރެން ލޯބިވި މިޝްކާތަ؟ އަހަރެން ލޯބިވާ މިޝްކާ ތިފަދަ ކަމެއް ނުކުރާނެ.. އަދި ތިފަދަ ގޮތަކަށް މީހަކާ ވާހަކައެއް ނުދައްކާނެ.. ތީތަ އަސްލު މިޝްކާގެ ހަގީގީ ސޫރައަކީ؟ އިންތާ އަދި މިއުޅެނީ 24 ގަޑިއިރު ހަމަނުވެގެން..” މުނީރު މިފަހަރު ވާހަކަދެއްކީ ތަންކޮޅެއް މަޑުން ނަމަވެސް އެއަޑުގައި ނުރުހުންވުން އެކުލެވިގެންވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ އެ ކޮޓަރިން ނިކުމެގެން ދިޔައީ އިތުރަށް މިޝްކާގެ ސޫރަ ފެންނަ ހިސާބުގައި މަޑުކުރަން ބޭނުން ނުވުމުންނެވެ. މިޝްކާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. މުނީރު ހުއްޓުވަން ބޭނުންވި ނަމަވެސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. އެނދުމަތީގައި އިށީންދެ، ދެއަތް މޫނުގައި އަޅަމުން އޭނާ ގިސްލަގިސްލާފައި ރޯން ފެށިއެވެ.

** ** **

“ރެޕަންޒެލް… ދެން ހުއްޓާލާ… ނުވާނެއެއްނު ތިހާ ވަރަށް ރޯކަށް؟” ޔުމްނާގެ ރުއިން ނުހުއްޓުމުން އެންމެ ފަހުން އާރިކް އޯގާތެރިކަމާއެކު ބުނެލިއެވެ. ޔުމްނާއަށް ހުރެވުނު ގޮތް ވިސްނުނީ އެވަގުތެވެ. އަވަސްއަވަހަށް އާރިކްގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު އޭނާ ދެލޮލުން ފޭބި ކަރުނަތައް ފުހެލިއެވެ. އާރިކްގެ ފިރިހެންވަންތަ ހަށިގަނޑަށް އޭނާއަށް ބަލާލެވުނު ހިނދު އެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އޭނާ އާރިކްގެ ގައިގައި އޮޅުލައިގަތުމުން އާރިކް ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ލަދުން އޭނާ އިސްޖަހާލިއެވެ.

“ގެއަށް ލައިދޭންވީ ދޯ؟” އާރިކް އެހެން ބުނުމުން ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އެބައަންނަން އިނގޭ ލާނެ ރަނގަޅު ހެދުމެއް ހޯދައިގެން.. ތިހެން ހުރެގެން ގެއަށް ދިޔައީމަ މީހުން ސުވާލުކުރާނެ ދޯ؟” އާރިކް އެހެން ބުނެފައި އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޓެރަހުގައި ހުރި ލޫނާގެ އަތުން ހެދުމެއް ހޯދައިގެން އައިސް އޭނާ ޔުމްނާއަށް ދިނެވެ. ޔުމްނާ އެ ހެދުން ހިފައިގެން ފާހާނާއަށް ވަންނަން ދިޔައެވެ. މޫނު ދޮންނަ ތަށީގެ ކުރިމަތީގައި ހުރެ އޭނާ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ބަލާލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ އެ ދެލޮލުގެ މަތީގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އަޝްފާންއެވެ. އޭނާ ރޮމުން ގެންދިޔަ ވަގުތު އަޝްފާން އޭނާއަށް އަޅާލި ގޮތް ހަނދާންވުމުން އިތުރަށް ހިތުގައި ޖެހޭ ގޮތް ވިއެވެ. މޫނު ދޮވެ ހަދައިގެން، އޭނާ އާރިކް ދިން ހެދުން ގަޔަށް މަހާލިއެވެ.

ޔުމްނާ ފާހާނާއިން ނިކުތްއިރު އޭނާގެ އަތުގައި އާރިކްގެ ގަމީސް އޮތެވެ. އާރިކްއަށް ގަމީސް ދެމުން އޭނާ އެ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އާރިކްވެސް ގަމީސްލުމަށްފަހު ޔުމްނާގެ ފަހަތުން ހިނގައިގަތެވެ.

“އަސްލު ކިހިނެއްތަވީ ރެޕަންޒެލް؟” ލިފްޓަށް އެރުމަށްފަހު އާރިކް ޔުމްނާ ގާތު އަހާލިއެވެ. ޔުމްނާ އިސްޖަހާލިއެވެ. އާރިކްއަށް ވީގޮތް ކިޔައިދޭންވީ ހެއްޔެވެ؟ އާރިކް އަކީ އޭނާއަށް އިތުބާރުކުރެވޭފަދަ މީހެއް ހެއްޔެވެ؟

“މިޝްކާ ދިޔައީ.. އަ..އަހަރެން އެކަނި ބަހައްޓާފަ.. ދޮ..ރު ތަޅުލާފަ.. ދެން އެމީހުން ކުއްލިއަކަށް އައީ..” ޔުމްނާ ކުރު ގޮތަކަށް ބުނެދިނެވެ. އާރިކްގެ ހިތް މިޝްކާއަށް އެއްކޮށް ކިލަނބުވިއެވެ. އޭނާ މިލާމޯޅިވެފައިވާ ޔުމްނާގެ ދޮން މޫނަށް ބަލަން ހުރީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

އާރިކް އާއި ޔުމްނާ އެމަގުން ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އެއަށް އެރިއެވެ. އާރިކް ދާންވީ މަންޒިލްގެ ނަން ބުނުމާއެކު ޑްރައިވަރު ޓެކްސީ ދުއްވާލިއެވެ. ޓެކްސީ އެމަގުން ލަނބާލުމާއެކު އެތަނުގައި ހަދަން ފަށާފައިވާ ޢިމާރާތެއްގެ ތެރެއިން ނިކުތީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. ފޯނު ކަންފަތުގައި ޖަހާލާފައި ވީއިރު އެމީހާގެ ދެލޮލުން ފެންނަމުން ދިޔައީ ހަރުކަށި ކަމެވެ.

“އޭނަގެ ކޮންމެ ހަރަކާތެއް އަހަރެން ވަރަށް ރަނގަޅަށް ބަލަން..” އެމީހާ ވާހަކަދައްކަމުން އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.

** ** **

ހެނދުނު އަޝްފާން ހޭލިއިރު ބޮލުގައި ކުޑަ ރިހުމެއް އުފެދިފައި ވިއެވެ. އޭނާ ހާފުރެމުން ތެދުވެ އެނދުމަތީގައި އިށީނެވެ. އޭރު ކޮޓަރީގެ ކުޑަދޮރުން އިރުގެ ރަން ދޯދިތައް އެތެރެއަށް އެޅިފައިވިއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލި ވަގުތު އެނދުމަތީގައި އޮތް ފިޔާތޮށި ކުލައިގެ ބުރާ އެ ލޮލުގައި އަޅައިގަތެވެ. ނިތަށް ރޫތަކެއް ޖަމާކޮށްލަމުން އޭނާ އޭތި ނަގައި ބަލާލިއިރު އެމޫނުމަތީގައިވާ ހާސްކަން ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެއެވެ. އޭނާ އަވަސް ނޭވާތަކެއް ލަމުން ގައިގައި އަޅާފައިވާ ރަޖާގަނޑުގެ އަޑި ބަލާލިއެވެ. އޭނާއަށް ހުރެވުނީ ހަށިގަނޑުގައި ފޭރާމެއްނުވާ ހާލުއެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ކުރިމަތީގައި ރޭގެ މަންޒަރުތައް ސިފަވާންފެށިއެވެ. އޭނާ ދެއަތުން ބާރަކަށް ބޮލުގައި ހިފަހައްޓާލީ ފުންނޭވާތަކެއް ބޭރުކުރަމުންނެވެ.

ރޭގައި އޭނާ ޝަނާއާއެކު…..؟ އޭނާއަށް މި ކުރެވުނީ ކީއްހެއްޔެވެ؟ ޔުމްނާ… ކުއްލިއަކަށް އޭނާ ޔުމްނާ މަތިން ހަނދާންވިއެވެ. އޭނަ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާއަށް މި ކުރެވުނީ ހާދަ ބޮޑު ފާފައެކެވެ. އެވަގުތު އެ ދެލޮލުން ކަރުނަ ނިރާލިއެވެ. ޔުމްނާގެ ބައްޕައަށްވުރެ ވަކި އޭނާ ރަނގަޅު ހެއްޔެވެ؟ ދެއަތުން މޫނުގައި އޭނާ އަތް އަޅާލިއެވެ. ނަމަވެސް ރޭގައި އޭނާއަށް ޝަނާގެ ވަރަށް ބޮޑު ހަޤީޤަތެއް އެނގިގެން ހިނގައްޖެއެވެ. ޝަނާ އަކީ ބިކުރުވެރި އަންހެންކުއްޖެކެވެ. އޭނާ ހީކުރީ ޝަނާ އަކީ އެކި ފިރިހެނުންނާއެކު މިފަދަ ގޮތްގޮތަށް އުޅެފައިވާ އަންހެންކުއްޖެއް ކަމަށެވެ. ނަމަވެސް އޭނާއަށް ހީކުރެވުނީ މުޅިން ރަނގަޅަށް ކަމަކަށް ނުވިއެވެ.

ފެންވަރައިގެން އައިސް އަޝްފާން ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގަން ފެށިއެވެ. އެ ސިކުނޑިއާއި ހިތުގައި ބޮޑު ހައިޖާނެއް އުފެދިފައިވިއެވެ. ޔުމްނާއަށް ދެން އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިކަން ޔުމްނާއަށް އެނގިއްޖެނަމަ ޔުމްނާ އޭނާއަށް ނަފުރަތުކުރާނެކަން ކަށަވަރެވެ. އަޝްފާން ދަތްކުނޑި ވިކާލިއެވެ. މިކަމުގައި ޝަނާވެސް ކުށްވެރިކުރެވޭކަށް ނެތެވެ. މިކަން ލިބިގަތީ އޭނާ އަމިއްލައަށެވެ. މިހެން މި ދިމާވީ އޭނާގެ އަމިއްލަ އެދުން ބޮޑުކަމުންނެވެ. އަޝްފާން ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން އެކި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ކަބަޑު ތެރޭގައި ރީތިކޮށް ފަތްޖަހާލާފައި އޮތް މުޞައްލައެވެ. އޭނާ އަވަސް އަވަހަށް ގޮސް ތުރުތުރުލާ އަތަކުން އެ މުޞައްލަ ނަގައި މުށިތަކުގެ މަތީގައި ފަތުރާލިއެވެ. ދެރަކުޢަތުގެ ނަމާދެއް ކުރުމަށްފަހު އޭނާ ދުޢާއައް އަތް ނެގިއެވެ. ހޯސްލާފައި އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެކަން ޔަޤީނެވެ. ދުޢާއަށް އަތް ނަގައިގެން އިންއިރުވެސް އެ ދެއަތް ތުރުތުރުލަމުން ދިޔައެވެ. ދުޢާކުރުމަށް އަނގަ ހަރަކާތްކުރަމުން ދިޔައިރު އެ ދެ ތުންފަތް ވަނީ ހިކިފައެވެ.

** ** **

ހެނދުނު މިޝްކާއަށް ހޭލެވުމާއެކު އޭނާ މުނީރުއާ ވީފަރާތައް ޖެހި، މުނީރު ގައިގައި ބައްދާލަން އުޅުނެވެ. ނަމަވެސް ސިހިފައި އޭނާއަށް ކޮޅަށް ތެދުވެވުނީ އެތަނުގައި މުނީރު ނެތުމުންނެވެ. ރޭގައި މުނީރު ގެއަށް ނާންނަކަން އެނގުމުން އެހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ދެ ލޮލުގައި އަތް ހާކާލުމާއެކު އޭނާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ރޭގައި މާގަދައަށް ރުއިމުގެ ސަބަބުން އެ ދެލޯ ކައިރި ވަނީ ދުޅަވެ، ރަތްވެފައެވެ. އޭނާ އެނދުމަތީގައި އޮތް ފޯނު ނަގައި މުނީރުއަށް ގުޅާލިއެވެ. ދެފަހަރަކު ރިންގުވާއިރަށް މުނީރު ފޯނު ބިޒީކޮށްލުމުން މިޝްކާ އިތުރަށް ދެރަވިއެވެ. މިޔަދަކީ އޭނާއާއި މުނީރު ހަނީމޫންއަށް ޕެރިހަށް ފުރަން އޮތް ދުވަހެވެ. ނަމަވެސް މުނީރު އޭނާ ދޫކޮށްލާފައި ވީތަނެއް ނޭނގެއެވެ.

“ކޮބާ ދަރިފުޅުމެން ޗެކްއިން ފެށެންވާއިރަށް އެއަރޕޯޓަށް ދާންވާނެއެއްނު؟ ކޮބާ މުނީރު؟” މިޝްކާ ކޮޓަރިން ނިކުތުމާއެކު އެބައިގައި ހުރި ކުޑަ ސިޓިންގރޫމްކޮޅުގައި އިން ނަސްރީން އަހާލިއެވެ. ލޮލުގައި ސިލްވަރ ދުނިގަނޑުލީ ނަންބަރު އައިނެއް އަޅައިގެން އިންއިރު އޭނާގެ އަތުގައި ބޯފޮތެއް އޮތެވެ.

ނަސްރީން މުނީރުގެ ވާހަކަ އެހުމުން މިޝްކާއަށް ވަގުތުން ރޮވުނެވެ. ރޮމުން އައިސް އޭނާ ނަސްރީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ނަސްރީންވެސް ވާނުވާ ނޭނގި އިނދެ މިޝްކާގެ ގައިގައި ހިފަހައްޓާލިއެވެ.

“ދަރިފުޅާ.. ކިހިނެއްވީތަ؟” ނަސްރީން ހާސްވެފައި އަހާލިއެވެ. މިޝްކާއަކީ ދުވަހަކުވެސް އެގޮތަށް ރުއި ކުއްޖެއް ނޫންވިއްޔާއެވެ.

“މަންމާ.. މުނީރު އަހަރެން ދެކެ ރުޅިއައިސްގެން ހިނގައްޖެ.. ނޭނގެ ދެން އަންނާނެ ކަމެއް ވެސް މަންމާ…” މިޝްކާ ގިސްލަމުން ބުނެލިއެވެ.

“އެކަމަކު ދަރިފުޅާ.. ކީއްވެތަ މުނީރު ދިޔައީ؟” ނަސްރީން ލޯތްބާއެކު އަހާލިއެވެ. މުނީރު އާމެދު އެހިތުގައި ކުޑަ ނުރުހުންވުމެއް އުފެދިގެން ދިޔައެވެ. އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މިގޮތަށް ދެރަކުރަން މުނީރު ޖެހޭ ހެއްޔެވެ؟

“މަންމާ.. އެއީ އަހަރެންގެ ސަބަބުން.. އަހަރެން ކުރި ކުށެއްގެ ސަބަބުން އެއީ މަންމާ..” މިޝްކާ ކުއްލިއަކަށް ތެދުވެ ކަރުނަތައް ފުހެލަމުން ބުނެލިއެވެ. އެވަގުތު އޭނާއަށް އަމިއްލަ ކުށް އިހުސާސްވި ކަހަލައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ދުވެފައި ސިޑިން ފައިބަން ފެށިއެވެ. ނަސްރީން އެދިމާއަށް ބަލަން ހުރިއިރު އެ މޫނުމަތީގައި ކަންބޮޑުވުމުގެ އަސަރުތައް ވިއެވެ. އޭނާވެސް އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ދިޔައެވެ. އޭނާ ތިރިއަށް ފޭބިއިރު މިޝްކާ ގޭގެ ގަރާޖުގައި ހުރި ކާރު ނެރެގެން ދުއްވާލަނީއެވެ. ދެއަތަށް ބޯ ހޫރާލަމުން ނަސްރީން ކާގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

މޭޒު ދޮށުގައި އެކަނި ސައިބޯން އިން ޔުމްނާއަށް އެތެރެއަށް ވަތް ނަސްރީން ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. ނަސްރީން އޭނާއާ އެއް ތަށިމަތީގައި ނުކާނެކަން އޭނާއަށް އެނގެއެވެ. ތަށީގައިވާ އެއްޗެހި ހުސްވެސް ނުކޮށް އޭނާ ކާއެއްޗެހިތައް ޑަސްބިނަށް އަޅާލަމުން ތަށި ދޮވެލީ އަވަސް ހަރަކާތަކާއެކުގައެވެ. މަންޒަރު ބަލަން ހުރި ނަސްރީން ތުން އަނބުރާލިއެވެ. މޭޒު ދޮށުގައި ހުރި ގޮނޑިއެއް ދަމާ އިށީންނަމުން އޭނާ މަސައްކަތު މީހަކަށް ގޮވާލުމަށްފަހު ސައި ހަދައިދިނުމަށް ބުނެލިއެވެ. ޔުމްނާ ނަސްރީންގެ ހަރުކަށި މޫނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައެވެ.

** ** **

މުނީރު އޭނާ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމެންޓްގެ ކޮޓަރީގައި އޮތެވެ. އެއް އަތް ނިއްކުރި މަތީގައި ބާއްވާލާފައި ވީއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެރޭ ލޫނާއާ އެގޮތަށް ވާހަކަދެއްކީ ހަމަ އޭނާ ލޯބިވާ މިޝްކާ ބާއޭ އެ ހިތަށް އަރަމުން ދިޔައެވެ. މިޝްކާ އެފަދަ ގޮތަކަށް ވާހަކަދެއްކި އަޑު އޭނާއަށް މި އިވުނީ އަލަށެވެ. ޔުމްނާއާ ދޭތެރޭ މިޝްކާ އެގޮތަށް ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ އަންހެނަކަށްވެހުރެ އަންހެނެއްގެ އިހުސާސްތައް މިޝްކާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

ހުޅުވިފައިވާ ކުޑަ ދޮރުން އެތެރެއަށް ވަންނަމުން ދިޔަ މަޑުމަޑު ވައިރޯޅިތައް ދޮރުފޮތިގަނޑު ހޫރުވަމުން ދިޔައެވެ. މޫނީރު އެނދުން ތެދުވެގެން ގޮސް ކުޑަދޮށު ދޮށުގައި ހުއްޓެލިއެވެ. އަދި އުޑުމަތީގައިވާ ހުދު ކަފަކޮޅެއްފަދަ ވިލާތަކަށް ނަޒަރު ހިންގާލިއެވެ. އުނދަގޫ ގޮތަކަށް ފުންނޭވައެއް ލަމުން އޭނާ ކުޑަދޮރުގައި އަތް ވިއްދާލިއެވެ. މިޝްކާއާ ކައިވެނިކުރިތާ 24 ގަޑިއިރު ހަމަނުވަނީސް އޭނާ މިޝްކާއާ ދުރަށް އައުމުން މިޝްކާގެ މައިންބަފައިން އޭނާއާ ދޭތެރޭ ދެކޭނީ ކިހިނެއް ހެއްޔެވެ؟ މިޝްކާ ގާތަށް ގޮސް ވާހަކަ ދައްކައިގެން މިކަން ހައްލު ކުރަންވީ ބާވައެވެ؟

މުނީރު ސިހުނީ ކޮންމެވެސް މީހަކު އެ އެޕާޓްމެންޓުގެ ބެލް އަޅާލި އަޑަށެވެ. ދެތިންފަހަރަކު ބެލް އަޅާފައިވެސް އެމީހަކު ހުއްޓާލާކަށް ނޫޅުނެވެ. ހުއްޓާނުލާ ފުލުފުލުން ބެލް އަޅަން ފެށުމުން، އެންމެފަހުން ބޮލަށް އުނދަގޫވެގެން މުނީރު އެދިމާއަށް ހިނގައިގަތެވެ. އެނދުމަތީގައި އޮތް ޓީޝާޓު ނަގައި ބޮލަށް މަހާލަމުން އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ބޭރު ދޮރު ހުޅުވާލިއެވެ.

“ކިހިނެއް ވެގެންތަ…” މުނީރު ރުޅިވެރިކަމާއެކު ބުނެލި ޖުމްލަ ހުއްޓުމަކަށް އައީ ދޮރުމަތީގައި ހުރި މިޝްކާ ފެނުމުންނެވެ. މިޝްކާގެ މިލާފައިވާ މޫނުމަތި ފެނުމުން އޭނާގެ ހިތް ދެރަވިއެވެ. ދޮރު ބޮޑަށް ހުޅުވާލަމުން އޭނާ މިޝްކާ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. މިޝްކާ މަޑުމަޑުން ގޮސް ސިޓިންގރޫމުކޮޅުގައި ހުރި ސޯފާގައި އިށީނެވެ.

“މުނީރު.. އައިމް ސޮރީ.. އަހަންނަށް މާފުކުރޭ.. އަހަންނަށް ރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…” މިޝްކާ އިސްޖަހާލަމުން ބުނެލިއެވެ. އެ އަޑުގައިވާ ރިހުން މުނީރުއަށް ރަނގަޅަށް ފާހަގަވިއެވެ. އޭނާ މިޝްކާގެ ގާތުގައި އިށީންދެ މިޝްކާގެ އުނަގަނޑުގައި އަތް ވަށާލިއެވެ.

“ހޭ.. އިޓްސް އޯކޭ ބޭބީ..” މުނީރު އެހެން ބުނުމުން މިޝްކާ މުނީރުގެ ގައިގައި އޮޅުލައިގަތުމަށްފަހު ރޯން ފެށިއެވެ. މުނީރު މިޝްކާގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމަމުން ދިޔައެވެ. މިޝްކާ ހަމައަކަށް އެޅޭވަރުވީ އިރުކޮޅެއް ފަހުންނެވެ.

“އެކަމަކު މިޝޫ މާފަށް އެދެންޖެހޭނީ އަހަރެންގެ ފަރާތަކުން ނޫން.. ޔުމްނާގެ ފަރާތުން.. ނަސީބެއް އެ ކުއްޖާއަށް ބޮޑު އަނިޔާއެއް ވުމުގެ ކުރިން އާރިކް އަށް އެތަނަށް ދެވުނުކަން..” މުނީރު މަޑުމަޑުން ބުނެލިއެވެ. އާރިކް ރޭގައި އޭނާއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“އަހަރެން މާފަށް އެދޭނަމޭ.. މުނީރު ބުނެފިއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކުރާނަން..” މިޝްކާ މަޑުމަޑުން ބުނެލިއެވެ. ރޭގައި މުނީރުއާ ދިމާއަށް އެއްޗެހި ކިޔުނީތީ އޭނާ ހުރީ ހަޤީޤަތުގައި ވެސް ދެރަވެފައެވެ.

“އެހެންތަ؟ އެހެންވިއްޔާ އަހަރެން އެބަ އަންނަން އިނގޭ ފެންވަރާލައިގެން… އަހަންނާއެކު މިޝޫ ޝޮޕިންއަށް ދާންވީ..” މުނީރު އެހެން ބުނެ ހީލުމަށްފަހު ކޮޓަރިއަށް ވަދެގެން ދިޔައެވެ. މިޝްކާ އެދިމާ ބަލަންހުރެ ނިތަށް ރޫތަކެއް ޖަމާކޮށްލިއެވެ. ޝޮޕިންގްއަށް ދާން މުނީރު އެބުނީ ކީއްވެބާއޭ އެހިތަށް އަރަމުން ދިޔައެވެ.

މުނީރު މިޝްކާ ގޮވައިގެން ދިޔައީ “ޖިލްބާބް” ފިހާރައަށެވެ. އެތަނުގައި ހުރި އަބާޔާތައް ކައިރިއަށް ގޮސް މުނީރު ހާވަން ފެށިއެވެ. މިޝްކާ މުނީރުގެ ހަރަކާތްކަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ.

“މިޝޫ މީގެ ފަހުން ލާންވާނީ މިކަހަލަ ދިގު ހެދުން.. އަދި ބުރުގާވެސް އަޅަންވީ.. އަހަންނަށް ވަރަށް ރީތި އަންހެންކުދިން ޝޯލް އެޅީމަ.. ޝޯލްކޮޅަކާ ބުރުގާކޮޅެއްވެސް ގަންނަންވާނެ އެހެންވީމަ…” މުނީރު އޭނާއަށް ރީތި ހައެއްކަ ހެދުން ނަގަމުން ބުނެލިއެވެ. މިޝްކާ އެއްޗެކޭ ނުބުންޏެވެ. އެ ހެދުންތަކާ ދިމާއަށް ބަލާލި ވަގުތު އޭނާގެ ހަނދާނަށް އައީ މީގެ ކުޑަދުވަސްކޮޅެއް ކުރިން އޭނާއާ ލޫނާއާ ދެމީހުން މަގުމަތިން ހިނގަމުން ދަނިކޮށް ދިމާވި ހާދިސާއެވެ.

“ބަލާބަލަ އެއޮއްދާ މީހެއް.. މާ ދީންވެރިކަމަށް ހެދިގެން ބޮޑު ކަޅުހެދުންލާފަ.. މަށަށް ހާދަ ހަޑިއޭ.. ހަމަ ހުވާ މިބުނީ މަ ދުވަހަކުވެސް އޭގެ ހެދުމެއް ނުލާނަން ކޮންމެ ގޮތެއް ވިޔަސް..” މަގުމަތިން ކަޅުކުލައިގެ އަބާޔާ ހެދުމެއް ލައިގެން ދިޔަ މީހެއް ފެނިގެން މިޝްކާ ލޫނާއާ ދިމާއަށް ބުނީ އެހެންނެވެ.

ކޮތަޅުތައް ހިފައިގެން މުނީރުއާއި މިޝްކާ ގެއަށް ވަތްއިރު ގޭތެރޭގައި ނަސްރީން އިނެވެ. މިޝްކާ ފެންނައިރަށް އޭނާ ހިނގާފައި އައިސް މިޝްކާގެ އަތުގައި ހިފާލިއެވެ.

“ކޮބާ މިހާރު ދެކުދިންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުވީދޯ؟” މުނީރުއާއި މިޝްކާ އަތުގުޅާލައިގެން ހުރުމުން ނަސްރީން އަހާލިއެވެ. މިޝްކާ ހީލަމުން ބޯ ޖަހާލިއެވެ.

“ކޮންހާ ކޮތަޅުތަކެއްމީ ދަރިފުޅާ؟” ނަސްރީން އަހާލިއެވެ.

“މަންމާ.. އަހަރެން މިއުޅެނީ ބުރުގާ އަޅަން..  ލާ ހެދުންތައްވެސް އަބާޔާއަށް ބަދަލުކުރަން މިއުޅެނީ…” މިޝްކާ މަޑުމަޑުން އެހެން ބުނެލުމުން ނަސްރީންއަށް ލިބުނީ ހައިރާންކަމެކެވެ. މިޝްކާއަކީ ކުޑައިރުއްސުރެ އޭނާ ދުވަހަކުވެސް ބުރުގާ ނާޅާނެކަމަށް ބުނާ ކުއްޖެއްވިއްޔާއެވެ.

“އެ…އެހެންތަ؟ ދަރިފުޅު ބޭނުންވެގެންތަ އަނެއްކާ ތި އަޅަނީ؟” ކައިރީގައި ހުރި މުނީރުއަށް ވަށްކަޅިން ބަލާލުމަށްފަހު ނަސްރީން އަހާލިއެވެ.

“ލައްބަ މަންމާ.. އަހަރެން ބޭނުމީ އެގޮތަށް ހެދުން އަޅަން.. ކުރިން ކުރެވުނު ހުރިހާ ކުށްތަކަށް ތައުބާވާން… މަންމާ… އަންހެނާގެ ޢައުރަ އަކީ މޫނާ ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެއްކަން ކުރިންވެސް އަހަންނަށް އެނގޭ.. އެކަމަކު އަހަރެންނަށް އެގޮތަށް ޢަމަލުނުކުރެވުނީ މަންމަވެސް އަހަންނަށް އެފަދަ ތަރުބިއްޔަތެއް ދީފައި ނެތީމަ.. އަހަރެން މިޔަދު މަންމައަށްވެސް ނަސޭހަތްދެން ރަނގަޅަށް ހެދުން އެޅުމަށާ އަދި ފަރުޟު ފަސް ނަމާދު ކުރުމަށް… އަހަރެންވެސް މީގެ ފަހުން ނަމާދު ކުރާނަން..” މިޝްކާ މަޑުމައިތިރިކަމާއެކު އެހެން ބުނުމަށްފަހު ސިޑިން މައްޗަށް އަރަން ފެށިއެވެ. މިޝްކާ ދެއްކި ވާހަކައާމެދު ހައިރާންވެފައި ނަސްރީން ހުއްޓެވެ. މުނީރު ނަސްރީންއަށް ކުޑަ ހިނިތުންވުމެއް ދެމުން މިޝްކާގެ ފަހަތުން ހިނގައިގަތެވެ. މިޔަދު އޭނާ މިޝްކާއާމެދު ފަޚުރުވެރިވެއެވެ. މިޝްކާއަށް ހެޔޮ ވިސްނުން ދެއްވީތީ އޭނާ ހިތުގެ އެންމެ ފުންމިނުން ﷲއަށް ޝުކުރުކުރިއެވެ.

** ** **

އޭސީގެ ފިނިކަން ކޮޓަރީގައި ހިފާލާފައި ވީއިރު ދުވަމުން ދަނީ ލުއިލުއި މީރު ވަހެކެވެ. ބާލީހުގައި ބައްދާލައިގެން ޔުމްނާ އޮތް އިރު އޭނާގެ ހަޔާތުގައި ކަންތައްތައް ވަމުންދާ ގޮތާމެދު ވިސްނެމުން ދިޔައެވެ. މަންމަގެ ހާލަކީ ކޮބައި ބާވައޭ އެހިތަށް އަރަމުން ދިޔައެވެ. ފަރީދު ގާތު ބުނެގެން އޭނާގެ މަންމަގެ ޚަބަރެއް ލިބޭ ގޮތް ހަދަންވީ ބާވައެވެ؟ އޭރުން އަނެއްކާ ރާމިޒު ރުޅިނާންނަބާވައެވެ؟ އަޝްފާންގެ ހާލަކީ ކޮބައިބާވައެވެ؟ އަޝްފާން އަދިވެސް ހުންނާނީ އޭނާގެ އިންތިޒާރުގައި ހެއްޔެވެ؟ މިފަދަ އެތަށް ޚިޔާލުތަކެއްގައި އޭނާ އޮއްވާ ކޮޓަރި ދޮރުގައި މީހަކު ޓަކިދިން އަޑު އިވިގެން ދިޔައެވެ. ލައިގެން ހުރި ހެދުން ރަނގަޅުކޮށްލަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ފަރީދު ފެނުމުން އޭނާގެ ހިތަށް ކުޑަވަރެއްގެ ބިރުވެރިކަމެއް ވަނެވެ. ނަމަވެސް ފަރީދުއަކީ އޭނާގެ އަލަތު ފިރިމީހާއެވެ. ފަރީދުގެ ބޭނުންތައް ފުއްދައިދިނުމަކީ އޭނާގެ ވާޖިބެކެވެ. އެހެންކަމުން އޭނާ ދޮރު ބޮޑަށް ހުޅުވައި، ފަރީދު ވަންނަން ތަން ދެއްކިއެވެ.

އެތެރެއަށް ވަދެފައި ފަރީދު ދޮރު ތަޅުލުމުން ޔުމްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ފަރީދު އޭނާއަށް ބަލަހައްޓައިގެން ހުރި ނަޒަރުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އީލާމް-04

Next

އަގެއްނެތްލޯބި 22 ވަނަ ބައި

Next
September 19, 2017

އަގެއްނެތްލޯބި 22 ވަނަ ބައި

Previews
September 19, 2017

އީލާމް-04

23 Comments!

  1. Liaa says:
    September 19, 2017 at 1:31 pm

    Hey guys.. Mi part ga mistakes huredhaane ingey.. ehaa bodah check nukoh mi up kollee 🙁
    Next part THURSDAY ga genasdheynan 🙂

  2. Nas says:
    September 19, 2017 at 1:38 pm

    Yey mee first dhw kiyaalaafa comment kolaanan

  3. Hafeez says:
    September 19, 2017 at 1:41 pm

    Yey Me Second dhw kiyaafa adhi Comment Kohlaanan

  4. someone says:
    September 19, 2017 at 1:44 pm

    wow.. varah reethi…when next part???

  5. Nas says:
    September 19, 2017 at 1:54 pm

    Wow vvvvvv sahli❤❤❤???????????? bt then fareedu yumnaa divorce eh nukuraanetha… first heekury fareedu yumnaa eyna bafaa kairin salaamay kurany kamah… Bt then I don’t know… Aarik and yumnaa kihaa gulhey
    sanaa and asfaan den avahah up kobba nd waiting

    1. nutella says:
      September 19, 2017 at 2:09 pm

      uhumm.. ashfaan aa yumna… aarik aky beykaaru myheh.. ashfaan thaubaa vee ennu.. mishka ves.. dhn aarik ah liaa beynun gotheh hadhaa.. he is all yours.. vaahaka v habeys.. fareed e ulheny rangalhu niyatheh ga nun.. yumna n ashfaan pleeeex

    2. Nas says:
      September 19, 2017 at 3:21 pm

      Bt mi gotha aarik and yumnaa dimaavaanama yumnaa ah aarik deke loabi vevey ne kanneyge and mihaaru neyge dhw sanaa….. hmm not bad idea also then vaagoy balamaa

    3. Liaa says:
      September 19, 2017 at 10:03 pm

      Lets see dhw wat happens 🙂 Will yumna get Ashfaan or Aaric in the end?

  6. Hafeez says:
    September 19, 2017 at 1:59 pm

    Story Varah. Thankolheh avahah up kohdheythi Dhen oiy part.

    1. Hafeez says:
      September 19, 2017 at 2:00 pm

      Correction: Story Varah salhi*

  7. Hajja says:
    September 19, 2017 at 2:26 pm

    Vara reethi. Waitin for the next part

  8. Xxxx says:
    September 19, 2017 at 3:01 pm

    V.nice waiting 4 next part

  9. azeen says:
    September 19, 2017 at 4:03 pm

    wow v salhi mi part vex avahah up kohladhehchey

  10. Shiraa says:
    September 19, 2017 at 5:42 pm

    Liaa ge previous story hunnaany kon website eh ga tha?i love you this story ❤️?? Yum ah dheragotheh nahadhachey….. I’m eager to read the next part ….?

    1. Liaa says:
      September 19, 2017 at 10:00 pm

      Shiraa..Story thireega inna Liaa ge name ah click kollaa. U will find all my stories 🙂 Thank u

  11. Any says:
    September 19, 2017 at 6:54 pm

    V.v.v furihama thanks

  12. cherritw says:
    September 19, 2017 at 7:21 pm

    Woww..v v salhi story.. Waiting for the next part ?

  13. Adha? says:
    September 19, 2017 at 10:01 pm

    Fareedhu bunegen kanneynge emeeha e faaralany dw.. fareedh yumna ah hadhaane gothehves neynge.. yumna❤aarik varah gulhey
    Waitingss

    1. Liaa says:
      September 19, 2017 at 10:04 pm

      Lets see dhw who sent that person 🙂
      Thanks Adha for ur support <3

  14. Liaa says:
    September 19, 2017 at 10:02 pm

    Thank u hurihaa kudhin! 🙂 <3

  15. Manna says:
    September 20, 2017 at 5:20 am

    Manna ah vrh reethi story eh mee.i love this story. Waiting 4the next part

  16. Ainth says:
    September 20, 2017 at 7:18 pm

    Masha Allah… V furihama Liaa ge mi story..

  17. Just a reader says:
    October 9, 2017 at 3:50 pm

    Hiley firehenunge kurimathyga anhenaage aura aky mulhi hashigandukan sunnathun saabithuvey.. Hama bunely…
    Nice story.. ماشاء الله

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (13)←


All Right Reserved!