ކުރިމަތީގައި ހުރި މަހުދީ ފަހަތަށް އެނބުރިބަލާލިއިރު އެތާނގައި ހުރި ލަޔާން އަވްލީންއަށްވެސް ފެނުނެވެ. ދެމީހުން ބަލާލުމާއެކު ލަޔާން ހިނިއައިސްފަހުރެ މަހުދީއަށް ބުމަ އަރުވާލިއެވެ. އެވަގުތު ކާގެއަށް އައިސް ވަން ވިޝާކާ ފެނުމުން ތިން މީހުންވެސް ތިބީ ހުއްޓުން އަރާފައެވެ. “އަވްލީން ހިނގާ ދާން.. ސަރ އެބައިން އައިސް..” ވިޝާކާ ތިން މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު އަވްލީން ކައިރީ ބުންޏެވެ. “ދޮންބެ އެން ލަޔާން ކާން އައިސްތަ ތިތިބީ” ވިޝާކާ ދާން އުޅެފައިވެސް އަލުން މަހުދީ […]
“ލީން ދޫންޏާ މިއޮތީ ލީންގެ ވެޑިންގް ޑްރެސް ލިބިފަ” ތެޅެމުން ފޮޅެމުން އައި ކިޔާރާ ބުނެލިއެވެ. ލީޝާވެސް ކިޔާރާގެ ފަހަތުން އައިސް އައިލީންގެ ކޮޓަރިއަށް ވަނީ ކިޔާރާ އެހެންބުނި އަޑަށެވެ. އައިލީންގެ ކައިވެނީގެ ހެދުން ދެކިލާހިތުން ދެމީހުންވެސް ކެތްމަދުވެފައި ތިބޭތާ އެތެއް ދުވަހެއްވެއްޖެއެވެ. އެހެދުން ފަހައިފައިވަނީ ކިޔާން ހޮވި ޑިޒައިނަކާ އެއްގޮތަށެވެ. އެކަން އެނގޭތީ އައިލީންގެ ހިތްވެސްވަނީ ކިޔާާންގެ ހޮވުން ދެކިލުމަށްޓަކައި ބޭޤަރާރުވެފައެވެ. ތިންމީހުން ވެގެން ހެދުން ނަގައި ބަލއިލިއެވެ. އެހިނދު ހެދުމުގެ ރީތިކަމަށް ކޮންމެ މީހެއްގެ […]
ލާމިހް މެން އުޅޭ ބަޔަށް ލިފްޓް މަޑުކޮއްލުމާއެކު ތިން މީހުން ނުކުތެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލާމިހް އީރަމް އާއި ހަނާއަށް ބަލާލިއެވެ. “އެތެރެއަތް ވަންނަންވީނުން..” ލާމިހް އެހެން ބުނުމާއެކު ހަނާ ބަލާލީ އީރަމްއަށެވެ. “އެހެން ފަހަރަކުން ދޯ..” އީރަމް ހިނިތުންވެލަމުން އެހެން ބުނުމާއެކު ހަނާ ވެސް އެއްބަސްވެލިއެވެ. “އޯކޭ..މިތާ މަޑުކޮއްލައްޗޭ..އެބަ އަންނަން..ވަރަށް އަވަސްވާނެ..” ލާމިހް ދޮރު ހުޅުވާލި އަޑަށް ސޯފާގައި އިން ލޫނާ ބޯ އަރިކޮއްލާ ބޭރު ބަލާލިއެވެ. ދެ އަންހެން ކުދިން ތިބި އިރު […]
ހުރިހާ ކުދިންގެ ފަރާތުން މާފަށް އެދެން… ރައިޓަރ ވާހަކަ އަޕްލޯޑް ކޮށްނުދެވި ފުދޭވަރަކަށް ގިނަ ދުވަސް ވީތީ…ކިޔުންތެރިންނާއި ހަމަޔަށް ވާހަކަ ގެނެސްދޭން ވެގެން ރައިޓަރ އެބައި ލިޔެ ރެޑީކުރިން ބުނި ދުވަހަށް ގެނެސްދޭންވެގެން… އެކަމަކު ރައިޓަރގެ ލޯ އަނެއްކާވެސް ސަކަރާތްވުމާއި ގުޅިގެން ފޯނާއި ލެޕާއި ވީހާވެސް ދުރުގަ އުޅެނީ… އިރުގެ އަލި އެޅުނަސް ލޮލުގަ ރިއްސާއިރު ހީވާނީ މީހަކު ދެލޯ ކޮނެގެން ނަގާހެން… މިހާ ޑީޓެއިލްކޮށް މި ބުނެ ދިނީ ކިޔުންތެރިންގެ ސިމްޕަތީ ހޯދަންކަމަށް ބައެއް ކިޔުންތެރިންނަށް […]
ވަކިހިސާބަކަށް ދެވުނުތަނާ ލީޝާ އައިލީން ގާތުގައި ލޯމެރުމަށް ބުންޏެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އައިލީން ދެލޯމަރައިލީ ވާާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ. “އަހަރެމެން ނުބުނަނީސް ލޯ ނުހުޅުވާތި. ކޮންމެ ކަމެއްވިއަސް. އޯކޭ؟” ކިޔާާރާ އިންޒާރެއްދޭފަދަ ގޮތަކަށް ބުނެލިއެވެ. “އޯކޭ.” ހިތްއަވަސްވެފައިވާ އައިލީން އެއްބަސްވިއެވެ. ކިޔާރާމެން ކުރިއަށް ހިނގައިގަތެވެ. އިރުގަނޑަކު އެގޮތަށް ހިނގުމަށްފަހު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އައިލީންގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. އެކަމަކުވެސް އޭނާގެ އެކުވެރިންގެ ބަސްއެހުމުގެ ގޮތުން ލޯނުހުޅުވައި މަޑުމަޑުން […]
“ރަމްލާ ދޯ” މައިސަރާގެ އަޑުން ރަމްލާ ދިޔައީ އެއްލިގެންންނެވެ. ލަސްލަހުން އެނބުރިލީ އެއީ މައިސަރާ ކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ކުރިމަތީގައި ހުރި މައިސަރާ ފެނުމުން ރަމްލާގެ މޭ ކެކިގަތެވެ. ދެފަރާތް ހޯދާލެވުނީ މައިސަރާ އާއި އެކީގައި ފީރޯޒާ ވެސް ހުރި ކަމަށެވެ. “ހާދަ ސިއްރުން. އެނގިއްޖެތަ މީ ކާކު ކަން” ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަހާލިއެވެ. ރަމްލާ ވެސް ސަލާންކޮށްލަމުން މައިސަރާގެ ބުރަކަށީގައި ފިރުމާލީ އޭނާ އަށް ކާކުކަން އެނގިއްޖޭ ބުނަމުންނެވެެ. “ދުނިޔޭގަ އެބައުޅެންދޯ. […]
ޒިޔާދުއަށް ގެ އާއި ހަމައަށް އާދެވުންއިރު މޫނުމަތިން އިންތިހާއަށް ހިތާމަޔާ ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ” ޒިޔާ ކިހިނެއްވީތަ؟ ” ޒިޔާދު އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތުމުން ސާނިޔާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ހިތަށްއަރާ އަހަރެން މިހުރިހާ ދުވަހު ރަހުމަތްތެރިއެއްގެ ގޮތުގާ ދެކެމުންއައި މީހާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާއޭ ” ސާނިޔާ ސުވާލުކުރުމުން ޒިޔާދު ބުންޏެވެ. ޒިޔާދުގެ އެޖަވާބުން ޒިޔާދު އެދައްކަނީ ނިސާދުގެ ވާހަކަކަން ސާނިޔާއަށް އެގުނެވެ. ” އަނެއްކާ މިހާރު ނިސާދު ކީއްކުރީތަ؟ […]
“ހެލޯ ވިނާ ހައު އާރޔޫ؟ ހާދަ ފަލައޭދޯ މިހާރު؟” ވިނާން އައިސް އިށީނުމުން ތުއިވެފައި އުޝާ އަހައިލިއެވެ. އުޝާ ހީވަނީ ރީތިވެގެން ހުރި އިރު އެހެންފަދަ ކަމެއް ހެންނެވެ. އެގޭގަ އިތުރު މޭކަޕު ސާމާން ކޮޅެއް ދެން އޮވެދާނެހެނެއް ވެސް ހީނުވެއެވެ. އޭނަ ހުރީ އެވަރު އަރުވާލައިފައެވެ. އެކަން ފެނި ވިނާން ހުރީ ފޫހިކަން ދެގުނަ އިތުރު ވެފައެވެ. އުޝާ ދެވަނަ ފަހަރަށް ގޮވައިލުމުންވެސް ވިނާން ހުރީ އަނގައިން ވެސް ނުބުނެ އިސްޖަހައިގެންނެވެ. އެމަންޒަރު ފެނި އުޝާގެ […]
އެތެރެއަށް ވަދެފައި ފަރީދު ދޮރު ތަޅުލުމުން ޔުމްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ފަރީދު އޭނާއަށް ބަލަހައްޓައިގެން ހުރި ނަޒަރުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. ފަރީދު މަޑުމަޑުން ގާތްވަމުން ދިޔަ ވަރަކަށް ޔުމްނާ ފަހަތަށް ޖެހެންފެށިއެވެ. އޭނާއަށް ހިންދިރުވާލެވުނީ ބިރުގަނެފައި ހުރިވަރުންނެވެ. ފަރީދު އައިސް އެނދުމަތީގައި އިށީނެވެ. އަދި ޔުމްނާއަށް އޭނާ ގާތު އިށީނުމަށް އިޝާރާތްކޮށްލިއެވެ. ޔުމްނާ އިށީންދެ އިސްޖަހާލިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އެހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ. “ރަނގަޅުތަ ކަންތައްތައް؟” ފަރީދު […]