Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތިރީސްވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 19, 2017 8 Mins Read
52 Comments

“ދޮންބެ ރޭގައި ކޮންތާކު އުޅުނީ….؟؟؟؟” ގެއަށް ވަން މިޝަލަށް ހުއްޓުން އަރާފައި ހުރެވުނީ، އިވިދާނެހެން ހީނުވާ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ މިޝްޔާގެ، އަޑެވެ. އެ އަޑެއް އަހާލުމަށް އޭނާގެ ދެ ކަންފަތް ބޭޤަރާރުވެފައިވާ އަޑެވެ. މަންމަ ނިޔާވުމަށްފަހު، ލިބުނު ޝޮކުގައި އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުރުމަށްފަހު، މިޝްޔާގެ ދުލުން ބަހެއް ބޭރުވި މީ ފުރަތަމަ ފަހަރެވެ. ދުވަސްތަކަކަށްފަހު ލޯބިވާ ކޮއްކޮގެ އަޑު އިވުމުން އޭނާއަށް ލިބުނު އުފާ ބަޔާންކޮށްދޭންވެސް ދައްޗެވެ. މިޝަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެފައިވާތަން ފެނުމުން، މިޝްޔާގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
މިޝްޔާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި، މިޝަލް އޭނާގެ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު، އެގޮތުގައި ތިބުމަށްފަހު، މިޝްޔާގެ ގައިން ދޫކޮށްލިއެވެ. އަދި ހިނިތުންވެފައިހުރެ، އޭނާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއިރު، މިޝަލްގެ ދެލޯ ފެންކަޅިވެގެން ދިޔައީ އުފާވީވަރުންނެވެ.
“މިޝް… ދެން ދުވަހަކުވެސް ވާހަކަ ނުދައްކާ ނުހުންނައްޗޭ…. މިޝް، މިއުޓްވެފައި ހުރީމަ ދޮންބެ ހާދަ ދެރަވިއޭ… ވަރަށް އެކަނިވެރިވެސްވި……” މިޝަލަށް މިހެން ބުނެވުނުއިރު، އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެހެނަސް، އެއީ އުފާވެރިކަމުގެ ކަރުނައެވެ. މިޝްޔާ ލުއި ހިނިތުންވުމަކާއިއެކު، މަޑުމަޑުން ބޯ ޖަހާލުމުން، މިޝަލް އަނެއްކާވެސް މިޝްޔާ ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.
މިޝަލް ދެން ބޭނުންވަނީ މިޝްޔާ ކުރީގެ އުފާވެރި މިޝްޔާއަށް ބަދަލުވާތަން ދެކޭށެވެ. ޅަވެގަނެގެން އުޅޭއިރު، މިޝްޔާގެ ހުންނަ ސަކަގޮތްގަނޑުން އެންމެން ހެއްވާލައެވެ. އެހެނަސް، އޭނާ އެ ގޮތް ބޭނުންވީ ކަމުގައިވިޔަސް، މިޝްޔާ ކުރީގެ މިޝްޔާއަށް އިއާދަވާން، އަދި ވަރަށް ވަގުތު ނަގާނެކަންވެސް މިޝަލަށް ވިސްނެއެވެ. މިޝްޔާގެ ގާތުގައި ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެ، އޭނާ ދިޔައީ ފަތިސް ނަމާދުކޮށްލައިގެން އައުމަށެވެ. މިޝްޔާއަށް ހެޔޮ ބަދަލެއް އައިސްފައިވުމުން، މިޝަލް، މާތްﷲގެ ޙަޟްރަތަށް ޝުކުރުވެރިވިއެވެ.
*******************

ހެނދުނުގެ ނާސްތާ ހިފައިގެން އައިސް ކާގެއަށް ވަދެވުމާއިއެކު، ޝިއުރީގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައީ މޭޒުމަތީގައި ހުރި ރޮށިތަށްޓާއި، މަސްހުނިތަށި ފެނުމުންނެވެ. ހައިރާންކަމާއިއެކު ތަށިތަކަށް ބަލަން ހުރި ޝިއުރީއަށް، ފުރަގަހުން މީހެއްގެ ހިލަމެއްވެގެން ބަލާލެވުނެވެ. ފަހަތުގައި ހުރި މިޝަލް ފެނުމުން ލޮލުގެ އިޝާރާތުން ކާމޭޒުމަތި ދައްކާލަމުން އެއީ ކޮންކަމެހޭ އަހާލިއެވެ. މިޝަލް ހިނިތުންވެލަމުން، ޝިއުރީގެ އަތުގައި ހިފައިގެން މޭޒުދޮށަށް ގޮސް ގޮނޑިއެއް ދަމާލުމަށްފަހު، ޝިއުރީ ބޭންދިއެވެ. އަދި އެއަށްފަހު، ޝިއުރީގެ ގާތުގައި ދެ ލޯ މަރައިގެން އިނުމަށް އެދުނެވެ. ހައިރާންވެފައި އިން ނަމަވެސް ޝިއުރީ ދެ ލޯ މަރާލީ، މިޝަލް ދެވަނަ ފަހަރަށް ބުނުމުންނެވެ.
“ދެން ހުޅުވާލާ….” މިޝަލް މިހެން ބުނުމުން ޝިއުރީ ދެ ލޯ ހުޅުވާލީ، ފަހަރެއްގައިވެސް އެ ފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. އެހެނަސް ކުރިމަތީ، ހިނިތުންވެލައިގެން ހުރި މިޝްޔާ ފެނުމުން، ޝިއުރީގެ ހުދު ދަތްތައް ފެންނަ ވަރަށް ހީލިއެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނީ، ވީ އުފަލެއްގެ ބޮޑުކަމުންނެވެ. މެހެރީން ނިޔާވުމާއިއެކު، އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރި މިޝްޔާއަށް އައިސްފައިވާ ބަދަލާއި، ފަނޑުނަމަވެސް، އެ ކުޑަކުޑަ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ގޮނޑިން ތެދުވުމާއިއެކީ ގޮނޑިވެސް ވެއްޓުނީ އަވަސްއަރުވާލާފައި ހުރިވަރުންނެވެ. ދުވެލާފައި ގޮސް މިޝްޔާގެ ގައިގައި ބައްދާލިގޮތުން އޭނާވެސް ނުވެއްޓުނީ ކިރިޔާއެވެ.
“އަޅޭ…. މިޝް…. އަހަރެން ހާދަ އުފާވެއްޖެއޭ…..” މިޝްޔާ ފެނުނީއްސުރެ ޝިއުރީގެ ހިނިތުންވުން ފިލައި ނުދެއެވެ.
“މިޝަލް…. މިޝް ރަނގަޅުވީ…. ކޮން އިރަކު ކިހިނެއް ވީ ކަމެއް މީ….؟؟؟؟” ޝިއުރީއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. މިޝްޔާގެ އަތުގައި ހިފި ގޮތަށް އެ އަތުން ދޫކޮށްނުލައެވެ. ސަލާމަތުން އޮތް އަތުން އެއްފަހަރު މިޝްޔާގެ ބޮލުގައި ފިރުމާލިއްޔާ، އަނެއްފަހަރު އޭނާގެ ކޮލުގައި ހިފާލައެވެ. ޝިއުރީ އުޅޭ ގޮތުން ހީވަނީ އެއްބަނޑު އެއްބަފާ ދައްތައަކު، ކޮއްކޮއެއްދެކެ ލޯބިން އުޅޭހެންނެވެ.
“މިއަދު ހޭލިގޮތަށް މިޝް ވާހަކަ ދައްކަންފެށީ….” މިޝަލް ޖަވާބު ދިނުމުގެ ކުރިން، އެ ސުވާލަށް ޖަވާބުދިނީ ކާގެއަށް ވަދެގެން އައި މާހިރެވެ. އޭނާގެ މޫނުމަތިންވެސް ހިތްހަމަޖެހިފައިވާކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ.
“ފަތިސް ނަމާދުކޮށްގެން އަހަރެން ގެއަށް އައިއިރު، މިޝަލްގެ ކޮޓަރިން، މިޝް ނުކުންނަނިކޮށް ފެނުނީ…. ހައިރާންވީވަރުން ބަލަހައްޓައިގެން ހުއްޓާ، އިތުރު ހައިރާންކަމެއް ލިބުނީ މިޝަލް ކޮބައިހޭ އަހާލީމަ…. އަހަރެން ހުރީ ޤަބޫލުކުރަންވެސް ދަތިވެފައި….” ގޮނޑިއެއް ދަމާލުމަށްފަހު، އިށީންނަމުން މާހިރު އިތުރަށް ކިޔައިދިނެވެ. މިޝްޔާ ސައި ތަރުމޯޒުން ޖޯޑުތަކަށް ސައިއެޅުމުން އެންމެން އެކީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ފެށިއެވެ.
“ދަރިފުޅު ރޭގައި ގެއަށް ނައިސް ކޮންތާކު އުޅުނީ….” ސައިފޮދެއް ބޯލުމަށްފަހު، ގޮނޑީގައި ލެނގިލަމުން މާހިރުގެ ސުވާލު އަމާޒުކޮށްލީ މިޝަލާއެވެ. އޭނާއަށް ބަލާލެވުނީ ޝިއުރީއާއި ދިމާއަށެވެ. ޝިއުރީއަށްވެސް އެ ވަގުތު މިޝަލަށް ބަލާލެވުމުން ދެ ކުދިންގެ ހަތަރުކަޅި ބައްދަލްވިހިނދު، ޝިއުރީގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
“މާހިރުބެއަށް އެނގޭތަ….؟؟؟؟ ހަންޑިއެއް އައިސް، އޭނާ ނުގެންގޮސް އެ ހުރީ ހަމަ ކިރިޔާ….” ހިނިގަނޑު މަތަކޮށްލަމުން، މަޖާވެފައި އިނދެ ޝިއުރީ ބުނެލިއެވެ. ވީ ގޮތެއް ނޭނގުނު ކަމުގައިވިޔަސް މާހިރުގެ ގާތަށްވެސް ހިނިއައެވެ. “ކިހިނެއްވީ”ހޭ އަހާލީ ގަޔާވެފައި އިނދެއެވެ.
“އަހަރެން ހެނދުނު ހޭލައިގެން މަގުމަތި ކުނިކަހަން ނުކުތްއިރު، އަރާމުކޮށް ގޭކައިރީ ހުރި ޖޯލީގައި ނިދާލާފަ އޮތީ….” އަކުރުތަކަށް ދަމާލަމުން ޝިއުރީ ބުނެލިއެވެ.
“އެއީ ތެދެއްތަ ދަރިފުޅާ….؟؟؟؟ އެކަމަކު ތިކަހަލަ ކަންތައް ކުރާކަށް ނުވާނެއްނު….” މިޝަލަށް ބަލާލަމުން މާހިރު ބުނެލިއެވެ. ރަކިވީވަރުން މިޝަލް، ބޯ ކަހާލީ ނިދުނީކަމަށް ބުނަމުންނެވެ. އެއާއިއެކު، އަނެއްކާވެސް ޝިއުރީގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. މިޝްޔާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެފައި ވެއެވެ. މަޖާވެގެން ހެމުންދިޔަ ޝިއުރީއަށް، މިޝަލް ބަލާލީ ލޯބިވެތި ނަޒަރަކުންނެވެ.
********************

ސައިބޮއެ ނިމުމުން، މިޝްޔާމެންނާއިއެކު، މިޝަލް ދިޔައީ ގޭގެ ބިތްދޮށް ފަރާތުގައިވާ، ހިތްފަސޭހަ ބަގީޗާއަށެވެ. ތިން ކުދިން ގޮސް އިށީނީ ބޯކޮށް ހެދިފައިވާ ފެހިކަން ގަދަ ވިނަގަނޑު މަތީގައެވެ.
“ޝިއު……” ތިން ކުދިންނަށް އެކުއެކީގައި ބަލާލެވުނީ، ޝިއުރީއަށް ގޮވަމުން އަޔާނީ އެ ދިމާއަށް އަންނަންފެށުމުންނެވެ. އޭނާގެ ގާތުގައި ޔަލްވީވެސް ހުއްޓެވެ. ދެ ކުދިންގެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ.
“ޝިއު އޯކޭތަ…؟؟؟” ޝިއުރީގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ޔަލްވީ އަހާލިއެވެ. އޭރު އަޔާނީވެސް އޭނާގެ އަނެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ވާނުވާ ނޭނގިފައި އިންނަމަވެސް، ދެ ފަހަރު ދެ ކުދިންގެ މޫނަށް ބަލާލަމުން ޝިއުރީ ބޯ ޖަހާލިއެވެ..
“ނަހީކް ހާދަ ގޯހޭ…. އެ ގޮތަށް ކަންތައް ކުރީމަ، އަހަރެން، އޭނަދެކެ ވަރަށް ފޫހިވެއްޖެ…. އެ ހުރިހާކަމެއް ވެގެން ދިޔައިރު، ޝިއު ކީއްވެތަ އަހަރެމެންނަށް އަންގާނުލީ…؟؟” އަޔާނީގެ ވާހަކަތަކުން އިސާހިތަކު ޝިއުރީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މިޝަލަށް އަވަސް ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު މިޝަލްވެސް އިނީ ޝިއުރީގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލވަރުތަކަށް ބަލާށެވެ.
“ނަހީކް ކޮންގޮތަކަށް ކަންތައްކުރީ؟؟؟ މިޝްޔާ ސުވާލުކުރުމުން އަޔާނީމެން ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލަމުން މިޝްޔާއަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ދެންމެ ދެކެވެމުން ދިޔަ ވާހަކަމަތިންވެސް އެ ކުދިން ހަނދާން ނެތުނީ މިޝްޔާ ވާހަކަދެއްކުމުންނެވެ. ހިނިތުންވެލަމުން، ދެ ކުދިން މިޝްޔާގެ ގައިގައި ބައްދާލީ، އޭނާ ރަނގަޅުވީތީ، އެކަމާއި އުފާވީވަރުންނެވެ. ލިބުނު ރަނުގެ ފުރުސަތުގައި، އެހެން މީހަކަށް ފެނުމުގެ ކުރިން، ޝިއުރީ އޭނާގެ ލޮލުން ވެއްޓެން އައި ކަރުނަތިކި އަތުގެ ބޮޑުވާއިނގިލިން ފުހެލިއެވެ. ކިތަންމެ ސިއްރުން އެކަން ކުރިނަމަވެސް އޭނާގެ ޙަރަކާތްތަކަށް ބަލަން އިން މިޝަލަށް މި މަންޒަރު ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.
“ދެން ބުނެބަލަ….. ނަހީކް ކޮންކަމެއް ކުރި ވާހަކައެއްތަ ތި ދައްކަނީ….؟؟” އަޔާނީމެން ދުރަށް ޖެހިލުމުން މިޝްޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ޝިއުރީއަށްށެވެ. ނމަވެސް، ޝިއުރީ އިނީ އިސްޖަހާލައިގެންނެވެ. އިޔާޒް ކިޔައިދިން ގޮތަށް އަޔާނީ، އެ ވާހަކަ، މިޝްޔާއަށް ކިޔައިދިނެވެ. އަޔާނީ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަގުތު މިޝްޔާއަށް ބެލުނީ މިޝަލާއި ދިމާއަށެވެ. އޭރު މިޝަލްގެ ނަޒަރު ސީދާވެފައި ވީ ޝިއުރީއަށެވެ.
“އަހަރެންނަށް ކުރިންވެސް ޝައްކުވިއޭ….. ޝައިމަންގެ ކައިވެނި ފޮޓޯތައް ބެލި ދުވަހުވެސް އެ ދެމީހުން ފެނިގެން އަހަރެން އެވާހަކަ ދެއްކީމެއްނު…. ޝިއު ރަނގަޅު މަޑުން ހުރިކަން…. އަހަރެން މީ ޝިއުނަމަ ނަހީކްގެ މޫނު ނޮޅާލާނީ…” ދެ އަތުގެ އިނގިލިތައް ބަޅުކޮށްލަމުން، ދެ ލޯ ހަނިކޮށްލައިގެން ހުރެ، މޫނަށް ވައްތަރެއް ޖައްސާލަމުން އަޔާނީ ބުނެލިއެވެ. އޭނާ ހުރީ ފާޑަކަށް ރުޅިގަދަވެފައެވެ.
“ޔާނީ… ދެން ތި ވާހަކަ ނުދައްކާ….. ކޮންމެ ގޮތެއްވިޔަސް ގަދަކަމުން ލޯތްބެއް ނުހޯދޭނެއެއްނު…” ޝިއުރީ މިހެން ބުނުމުން އިތުރު މީހަކު ދެން އެ ވާހަކައެއް ނުދައްކައެވެ.
“މިޝް… ބުނީމެއްނު ވާހަކަ ދައްކަން ފެށުނު ގޮތް ކިޔައިދޭނަމޭ……” ދެކެވުނު ވާހަކައަކުން މުޅި ތަނަށް ހަމަހިމޭންކަން ވެރިވެފައިވާތީ، މާޙައުލު ރަނގަޅުކޮށްލުމަށް މިޝަލް އެހެން މައުޟޫއެއް ނެގިއެވެ. އެ މައުޟޫއަށް ޝައުގުވެރިކަން ފާޅުކުރަމުން، އަޔާނީމެންވެސް ވިނަގަނޑުމަތީގައި އިށީނެވެ.
“އެ ތެދެއް… އެކަން ވީގޮތް ކިޔައިދީބަލަ….” ގަޔާވެފައި އިނދެ ޔަލްވީވެސް ބުނެލިއެވެ. މިޝްޔާ ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ. އެންމެންގެ މޫނުމަތިންވެސް ޝައުގުވެރިކަން ފެނުމުން، މިޝްޔާ އެކަން ހިނގި ގޮތް ކިޔައިދޭންފެށިއެވެ.
“ރޭގަ ނިދާފަ އޮއްވާ ހުވަފެނުގައި މަންމަ ފެނުނީ…. އަހަރެން ގޮވާލީމާ ދާން އުޅުނީ…. ނުދާށޭ ބުނީމަ ބުނީ ނުހުރެވޭނެއޭ ދާން ޖެހޭނޭ… މަންމަ، އަހަރެންގެ ގާތުން އެދުނީ ހިތާމަ ނުކުރުމަށް…. އަހަރެން ވާހަކަ ނުދައްކާ، އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިނީމަ، ދޮންބެމެން ދެރަވާނެ ވާހަކަ ބުނީ… އަހަރެން ގާތުން މަންމަ އެދުނީ އެ ގޮތަށް ކަންތައް ނުކުރުމަށް….. ހިތްވަރާއިއެކު، ދިރިއުޅުމާ ކުރިމަތިލުމަށް…. ދަމުން ބުނި ކޮންމެ މީހަކުވެސް ދާން ޖެހޭނޭ…. ހިތާމަ ނުކުރާށޭ…… ދެން މަންމަ ދާންފެށީމަ އަހަރެން މަންމައަށް ގޮވިން…. ” މިޝްޔާ އޭނާއަށް ފެނުނު ހުވަފެން ކިޔައިދިންއިރު އެންމެންވެސް ތިބީ ޝައުގުވެރިކަމާއިއެކު އަޑުއަހާށެވެ.
” މަންމައަށް ގޮވަނިކޮށް، އަހަންނަށް ހޭލެވުނީވެސް….. ފެނުނު ހުވަފެނާ ދޭތެރޭ ވަރަށް ވިސްނިން…. އަސްލު، އަހަރެން ވާހަކަ ނުދައްކާ އިނީ ގަސްތުގައެއް ނޫން…. އެހެންވީ ކީއްވެގެންކަމެއް އަހަންނަކަށްވެސް ނޭނގެ… އެކަމަކު، ރޭގަ ހުވަފެން ފެނުނު ފަހުން އަހަންނަށް ކަންތައްތައް ރޭކާލާންފެށީ… ހުވަފެނަކުންވިޔަސް، މަންމަ އެދުނު ގޮތަށް، ހިތްވަރާއިއެކު، ދިރިއުޅުމައިގެން ކުރިއަށްދާން އަހަރެން އަޒުމް ކަނޑައެޅިން…” ކަންވީގޮތް ކިޔައިދީ ނިމުންއިރު މިޝްޔާ އިނީ ފެންކަޅިވެފައެވެ. އަޔާނީ މިޝްޔާގެ އަތްތިލައިގައި ހިފާލަމުން ބާރުކޮށްލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެ އަތަށް ބަލާލުމަށްފަހު، އަޔާނީއަށް ބަލާލަމުން މިޝްޔާ ހިނިތުންވެލިއެވެ.
ވާހަކައަށް ގެއްލިފައި ތިބުމުން، ކަޅު ވިލާތަކުން އުޑުމަތި ބޯކުރަމުންދިޔަކަންވެސް އެ ކުދިންނަށް ރޭކާނުލައެވެ. ސިހުނީ ބޮޑުތިކި ވާރޭކަނިތައް އައިސް ގައިގައި ބީހުމުންނެވެ. މިޝަލް ދުވެފައިގޮސް އެތާހުރި ކުޑަދަށަށްވަދެ ފަސް އެނބުރި ބަލާލިއިރު، ހަތަރު ކުދިން ކޮޅަށް ތެދުވެގެން ތިބީ ވެހެމުން ދިޔަ ބޯ ވާރޭތެރޭއެވެ. ދެއަތް ފުޅާކޮށްލައިގެން، ވާރޭއަށް މޫނުދިއްކޮށްގެން ތިބީ ދެ ލޯވެސް މަރާލައިގެންނެވެ. މިޝަލްގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރީގެ ހަނދާންތަކެވެ. އެ ދުވަހުވެސް އެ ކުދިން ވާރެއާއި ތެމިގެން ތިބީ ހަމަ އެތާނގައެވެ. އެހެނަސް ތަފާތަކީ، އެ ދުވަހު އެ ކުދިންގެ މޫނުމަތިން ފެނިގެންދިޔަ ހިނިތުންވުން މިއަދު އެއިން އެއްވެސް ކުއްޖެއްގެ މޫނުމަތިން ފެންނަން ނެތްކަމެވެ. ހީވަނީ ވެހެމުންދާ ބޯ ވާރޭއާއިއެކު، އެ ކުދިންގެ ހިތްތަކުގައިވާ އުދާސްތައްވެސް ބޭރު ކޮށްލަނީހެންނެވެ. އެ ކުދިންގެ ޙަޔާތަށް އުފާވެރިކަން ގެނެސްދެއްވުމަށް އެދި، މިޝަލް، މާތްﷲ ގެ ޙަޟްރަތަށް ދުޢާކޮށްލިއެވެ. އަދި ހަތަރު ކުދިން އެއްކޮށް އަރާގޮތަށް ފޯނުގައި އެ މަންޒަރު ރައްކާކޮށްލިއެވެ.
*******************

އެ ދުވަހުގެ މެންދުރުގެ ވަގުތެވެ. ޝިއުރީ ހުރީ ގޭތެރެ ކުނިކަހާށެވެ. އެ ވަގުތު އެތަނަށް އައިސް މަޑުކޮށްލި ރިގްފާ ފެނުމުން ޝިއުރީ ހިނިތުންވެލިއެވެ.
“ގެނޭ އަހަރެން ކުނިކަހާލާނަން…..” ރިފްގާ ޝިއުރީގެ އަތުން ފިހިގަނޑު އަތުލިއެވެ. ހިނިތުންވެލަމުން ޝިއުރީ އެއްފަރާތަށް ޖެހިލިއެވެ. އެހެނަސް ރިފްގާ ކުނިކަހާކަށް ނޫޅެއެވެ. ޝިއުރީއަށް ބަލަހައްޓައިގެން ހުރީއެވެ.
“ދޮންބެދައްތާ…. ކީއްވެ މާވަރަކަށް ތިބަލަނީ….؟؟؟؟” ރިފްގާގެ އެ ގޮތަށް ބަލާތީ އުނދަގޫވުމުން، ޝިއުރީއަށް އަހާލެވުނެވެ.
“ޝިއު… އަހަރެން ވަރަށް ދެރަވި ރޭގެ ކަންތަކާ…. އަހަންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ ރިޝްމީއާއި ނަހީކްއާއި ދެމެދު އެ ކަހަލަ ގުޅުމެއް އޮންނަކަމެއް… އެކަން އެނގުންނަމަ އަހަރެން އެކަން ހުއްޓުވީސް…. ރިޝްމީގެ ކިބައިން އަހަރެން މާފަށް އެދެން… ވަރަށް ދެރަވޭ އަހަރެންގެ ޢާއިލާ މީހެއްގެ ސަބަބުން ޝިއުގެ އުފާވެރި ދިރިއުޅުމަށް ހަނަފަސްކަން ވެރިވީތީ…” ރިފްގާ ދެރަވެފައި ހުރެ ދެއްކި ވާހަކަތަކަކީ، ޝިއުރީ ދައްކަން ބޭނުންވާ ވާހަކަތަކަކަށް ނުވިނަމަވެސް، ރިފްގާގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އޭނާ ރިފްގާގެ އަތުގައި ހިފާލިއެވެ.
“ދޮންބެދައްތަ ތި ގޮތަށް އަހަރެންގެ ކިބައިން މާފަށް އެދެންޏާ އަހަރެން ވަރަށް ލަދުގަންނާނެ… ދެންވެސް ތިކަހަލަ ކަމެއް ނުކުރައްޗޭ…. އެހެންނޫނަސް، އެއީ ދޮންބެދައްތަ ކުރިކަމެއްވެސް ނޫނެއްނު….. އަހަރެންގެ ހިތުގައި ރިޝްމީއަށްވެސް އެއްވެސް ނަފްރަތުކަމެއް ނެތް….. ލޯތްބަކީ ވާއެއްޗެއް ނޫން… ވެވޭ އެއްޗެއް…. އެ ދެމީހުންނަށް އެކަކު އަނެކަކުދެކެ ލޯބިވުން އެއީ ކުށެއްނޫން….. ނަހީކް އަހަރެންދެކެ ލޯބި ނުވާކަން އެއީ އަހަރެންގެ ބަދުނަސީބުކަން…. އެ ގޮތަށް ކަންތައްވީއޭ ކިޔާފައި އަހަރެން، އަހަރެންގެ ދިރިއުޅުންމަތިން ފޫހިވެގެން ނޫޅޭނަން…. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދިރިއުޅުން ހަނަފަސްވުމުގެ ބަދަލުގައި އާބާދުވާނެ….. އަހަރެން އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކެތްތެރިވާނަން….” ޝިއުރީގެ ވާހަކަތައް އަޑު އިވުމުން ރިފްގާ ހުރީ ބުނާނެ އެއްޗެއް ނޭނގި، ބަސްހުއްޓިފައެވެ. ލޯބިވެރިޔާ ވަކިވީފަހުން އަދި މި އުޅެނީ ސައްވީސްގަޑިއިރު ހަމަނުވެއެވެ. އެހެނަސް ޝިއުރީގެ ކެތްތެރިކަމާއި، ހިތްވަރުގަދަކަމުން އޭނާ އަންތަރީސްކުރުވައިފިއެވެ. ޝިއުރީގެ ހިތްތިރިކަމާއި، އެ ކަމުގައިވެސް އެންމެ ރަނގަޅުގޮތަށް ވިސްނީތީ، އޭނާގެ ހިތުގައި ޝީއުރީއަށްޓަކައި ޚާއްސަ މަޤާމެއް ހުސްކުރެވުނެވެ. އެއްބަނޑު އެއްބަފާ ކޮއްކޮދެކެ ލޯބިވާ ވަރަށްވުރެވެސް، ބޮޑަށް ޝިއުރީދެކެ ލޯބިވެވުނެވެ.
“މާތްﷲ އިރާދަކުރެއްވިއްޔާ ޝިއުއަށް ނަހީކްއަށްވުރެ މާ ރަނގަޅު، ޝިއުދެކެ ނުހަނު ލޯބިވާ ބައިވެރިއަކު ލިބޭނެ…. އެކަން އެހެންވުމަށް އެދި އަހަރެން ދުޢާވެސް ކޮށްދޭނަން….” ޝިއުރީގެ ބޮލުގައި ލޯބިން ފިރުމާލަމުން ރިފްގާ ބުނެލިއެވެ. ޝިއުރީގެ ދެލޯ ފެންކަޅިވެގެން ދިޔައީ ރިފްގާގެ ވާހަކަތަކުންނެއް ނޫނެވެ. ލޯބިން ފުރިގެންވީ ފިރުމުންތަކުގެ ސަބަބުންނެވެ. އެ ފަދަ ލޯބިވެތި ގާތް ތިމާގެކަމުގެ ގުޅުމަކަށް އޭނާ އެ ވަނީ ފެންބޮވައިގެންފައެވެ.
********************

ދުވަސްތައް ފާއިތުވަމުން ދެއެވެ. ފާއިތުވި ދުވަސްތަކުގައި މިޝްޔާއަށްވެސް ހެޔޮބަދަލެއް އައިސްފައި ވެއެވެ. ވާހަކަ ދެއްކުނެވެސް އިތުރުވެފައިވެއެވެ. އެހެނަސް، އޭނާގެ ސަކަ ގޮތްގަނޑެއް މިހާރަކު ނުހުރެއެވެ. އޭގެ ބަދަލުގައި ފެންނަނީ މަޑުމައިތިރިކަމެވެ.
ކްލާހުގައި އިން ޝައުނަށް އަވަސްއަވަހަށް ޔަލްވީއަށް ބަލާލެވެއެވެ. ޔަލްވީއަށްވެސް ޝައުނާއި ދިމާއަށް ނުބަލައެއް ނީނދެވެއެވެ. ޔަލްވީއަށް ބަލާލެވޭ ކޮންމެ ފަހަރަކު ޝައުން ބަލަހައްޓައިގެން އިނުމުން ރަކިވެގެން އިސްޖަހާލެވެއެވެ. ޔަލްވީގެ މި އަދާއިން ޝައުންގެ ހިނިތުންވުން ފުންވެގެން ދެއެވެ.
ޔަލްވީއާއި ވާހަކަ ދައްކާ ނުލެވޭތާ، ދުވަސްކޮޅެއް ވުމުން ޝައުން އިނީ ޔަލްވީއާއި ވާހަކަ ދައްކާލަން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެކަމަށް ބޭނުންވެފައި އިންވަރުން، ގަޑީގެ ކަށިތައް ހިނގާލެއް ލަސްހެންވެސް އޭނާއަށް ހީވެއެވެ.
ރަނގަބީލް ޖެހުމުން ހިނިހޮރަކުން ހިނިތައް ނުކުމެގެންދާހެން ކްލާސްތަކުން ކުދިންތައްވެސް ނުކުންނަންފެށިއެވެ. ޝައުންވެސް އޭނާގެ ޙަރަކާތްތައް އަވަސްކޮށްލީ އެކުވެރިންނާއިއެކު ކްލާހުން ނުކުންނަށް ދިޔަ ޔަލްވީއާއި ހަމައަށް ދެވޭތޯއެވެ. ޔަލްވީއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު އީޝާ އައިސް އޭނާއާއި އަރާ ހަމަކުރުމުން، ޝައުނަށް ހިމޭންވުމަށް މަޖުބޫރުވިއެވެ. އީޝާ އަވަހަށް ދިއުމަށް އެދި ހިތާހިތުން ދުޢާވެސް ކޮށްލެވުނެވެ.
އީޝާ، ޝައުނާއި ވަކިވީ ސްކޫލުން ނުކުމެވުމުންނެވެ. ސްކޫލުން ނުކުތުމަށްފަހު، ދެމީހުން ދާން ޖެހޭނީ ދެ ދިމާއަކަށް ވުމުންނެވެ. އީޝާ ދިއުމުން ފުންނޭވާއެއްލަމުން ޔަލްވީ ފެންނަން ހުރިތޯ ޝައުން ބަލާލިއެވެ. އޭރު ޔަލްވީމެން ސްކޫލް ގޯޅިން ލަނބާލަނީއެވެ. ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ޝައުން މިސްރާބު ޖެހީ، އެމީހުންނާއި އަރާހަމަކުރުމަށެވެ.
އެހެނަސް ފެނުނު މަންޒަރަކުން އޭނާއަށް ދެބުމަ ގޮށްޖަހާލެވުނީ ހިތްހަމަ ނުޖެހުމުންނެވެ. ސްކޫލް ފާރުގައި ލެނގިލައިގެން ހުރި ޒުވާނާގެ ނަޒަރު ސީދާވެފައި ހުރީ ސީދާ ޔަލްވީއަށްށެވެ. ބަލަމުން ދިޔައީ ތަފާތު ނަޒަރަކުންކަން ހެކިދެނީ ދެ ލޮލުންނާއި ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުންނެވެ. ކަންވީގޮތުން ޝައުންހުރީ ޔަލްވީއަށް ގޮވަންވެސް ހަނދާން ނެތިފައެވެ. އެ މީހާ ފަސްދީ ދިޔަފަހުންވެސް ފަހަތަށް އެނބުރިފައި ޝައުނަށް ބަލާލެވުނީ، އެ މޫނު ކުރިން ދެކުން ހަނދާނެއް ވުމުންނެވެ. އޭނާ ފެނުނީ ކޮންތާކުންކަން ހަނދާންވީ ފުދޭވަރަކަށް ދުރަށް ދެވުމުންނެވެ. ފަހަތަށް އެނބުރި އަނެއްކާވެސް އެ މޫނަށް ބަލާލިއެވެ. އާނއެކެވެ. އެއީ ހަމަ އެ މޫނެވެ. ބޮޑު ޢީދު ޝޯ ބޭއްވިރޭވެސް ޔަލްވީއަށް ބަލަން ހުރީ ހަމަ އެ ޒުވާނާއެވެ. ޝައުން މާ ވަރަކަށް ބެލުމުން އެ މީހާ ނުތަނަވަސްވިއެވެ. އެކަން އެ މީހާގެ މޫނުމަތިން ހަމަ ރަނގަޅަށްވެސް ހާމަވާން ހުއްޓެވެ. މިތަން ފެނުމުން ޝައުންގެ ހިތަށް އެރީ ކޯއްޗެއްކަމެއްވެސް ނޭނގެއެވެ. އެ މީހާއާއި ދިމާއަށް ދުއްވައިގަނެވުނީ ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. ޝައުން އެ ދިމާއަށް އަންނަތަން ފެނުމުން، އެ މީހާވެސް ދުއްވައިގަތެވެ. ޝައުން އެހާ އަވަހަށް ސްކޫލް މަގަށް ލަނބާލިއިރު އެ ޒުވާނާގެ އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ. އައި ރުޅިން އެއްއަތް މުށްކަވާލަމުން އަނެއް އަތުގައި ޖަހާލެވުނެވެ. ކަރު އެލިފައި ހުރެ ގެއަށް ދިއުމަށް މިސްރާބުޖެހީ، އެ ޒުވާނާ އަތުނުވިތާނގައި ޔަލްވީއާއިއިވެސް ވާހަކަ ދައްކާ ނުލެވުމުންނެވެ.
********************

ސްކޫލުން އައިސް ފެންވަރާލުމަށްފަހު، ބޮލުގައި ތުވާލި އޮޅާލައިގެން ހުރެ އަޔާނީ ބެލްކަންޏަށް ނުކުތީ އިސްތަށިގަނޑު ހިކެލަންދެންނެވެ. މެންދުރުގެ ހޫނުގަދަ ވަގުތުގައިވެސް ޖެހެމުންދިޔަ ފިނިފިނި ވައިރޯޅީގެ ސަބަބުން ހަށިގަނޑަށް އަރާމު އިޙްސާސެއް ކުރުވާފައިވެއެވެ. އަޔާނީގެ ބައްޕަ ޔޫސުފް، އަޔާނީގެ ފޯނު އޭނާއަށް އަނބުރާ ދިނީ އަފްލާކާއިވެސް އަދި އެހެން ފިރިހެންކުއްޖަކާއިވެސް އެ ފަދަ ގުޅުމެއް ނުބޭއްވުމަށް އިންޒާރު ދިނުމަށްފަހުގައެވެ. އެހެނަސް، އަޔާނީއަށް އަފްލާކާއި ނުގުޅައެއް ނުހުރެވެއެވެ. ދެރައީ، އެހާ ވަރަށް ގުޅާއިރުވެސް އޭނާގެ ކޯލްތަކަށް އަފްލާކް ޖަވާބު ނުދޭތާނގައި، ފޮނުވާ މެސެޖުތަކަށްވެސް ޖަވާބެއް ނުދޭތީއެވެ. އަޔާނީ ހުރީ އަތުގައި އޮތް ފޯނުން އަފްލާކް ފޮނުވާފައިހުރި މެސެޖުތައް ކިޔާށެވެ.
އެހެން ހުރެފައި އަޔާނީއަށް ތިރި ބަލާލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭނގެއެވެ. ފެނުނު މަންޒަރުން އޭނާގެ އެތެރެހަށީގައިވާ ހިތް އުފަލުން ނަށާލިކަހަލައެވެ. އެ ދިމާއަށް ބަލަހައްޓައިގެން ތިރީގައި އެ ހުރީ އަފްލާކް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އުފާވީވަރުން އަޔާނީ ހިނިތުންވެލަމުން އަތުން ހަނާއަޅާލިއެވެ. އެހެނަސް، އަޔާނީ ހަނާއަޅާލުމާއިއެކީ، އަފްލާކް އެތާހުރި ގޯޅިއަށް ވަނުމުން، އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަވަސްއަވަހަށް އަތުގައި އޮތް ފޯނުން އަފްލާކަށް ގުޅާލިއެވެ. އެހެނަސް، އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް، އަފްލާކް ފޯނެއް ނުނެގިއެވެ. ދެރަވީވަރުން އަޔާނީގެ ހިތުގައި ރިއްސާލިއެވެ. އެވަރުން އަދި އަޔާނީ މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ. ކޮޓަރިއަށްވަދެ ބޮލުގައި އޮޅާފައި އޮތް ތުވާލި އެނދުމައްޗަށް އެއްލާލުމަށްފަހު، ދުއްވައިގަތީ، ބޮލުގައި ފުނާ އަޅާލުމެއްވެސް ނެތިއެވެ. ފަރިތަކަމާއިއެކު، ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށްފަހު، އޭނާ ބޭރަށް ނުކުތެވެ.
އޭނާގެ މިސްރާބު ހުރީ އަފްލާކް ވަން ގޯޅިއާއި ދިމާއަށެވެ. އެހެނަސް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އެ ގޯޅީގެ އެއްވެސް ދިމާއަކުން އަފްލާކް ފެންނާކަށް ނެތެވެ. މާޔޫސްވީވަރުން އިސްޖަހާލެވުނުއިރު، ދެލޯ ފެންކަޅިވެގެން އައީ އަފްލާކް، އެ ގޮތަށް ކަންތައް ކުރުމުން، ވީ ދެރައެއްގެ ބޮޑު ކަމުންނެވެ. އިސް އުފުލާލުމެއްވެސް ނެތި ގެއަށްދާން ހިނގައިގަތް ވަގުތު، ފަހަތުން، މީހަކު އޭނާގެ ކޮނޑުމަތީ އަތްބާއްވާލުމުން ހުއްޓެވުނީ އެއީ އަފްލާކަށް ވުމަށް އެދިއެދިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޢެދެމޭ އުފާ…..(15)

Next

އީލާމް-04

Next
September 19, 2017

އީލާމް-04

Previews
September 18, 2017

ޢެދެމޭ އުފާ…..(15)

52 Comments!

  1. Eemyaa says:
    September 19, 2017 at 12:11 am

    Assalaam alikum ☺
    Buni date ah mi bai up koh nudhevuneethee kiyuntheringe kibain maafah edhen.. ? v bxy koh ulhunyma tired v varun liyan in iru ves nidheny ehnve v slow koh dhiya ee sorry again

    Heekuran kiyuntherinnah mi baives kamudhaane kamah ☺

    Rangalhu kohlan jehey thanthan faahaga kohlaidhehchey ?

    Good nyt tgc ly all ???

  2. Saa says:
    September 19, 2017 at 12:26 am

    V v v reethi mi part ves.. next part ves v avahah up kohdhehcehy

    1. Eemyaa says:
      September 19, 2017 at 12:48 am

      Thanks Saa ☺☺
      In Sha Allah kameh dhimaa nuvanyaa avahah genesdheynan ☺

  3. Madhy says:
    September 19, 2017 at 12:30 am

    V v v salhi. B interesting ?❤

    1. Eemyaa says:
      September 19, 2017 at 12:48 am

      Thanks Madhy ☺☺

  4. Ram says:
    September 19, 2017 at 12:30 am

    Its ok eem.. i think its iyaaz.. hehe.. v v salhi ??

    1. Eemyaa says:
      September 19, 2017 at 12:50 am

      Thanks Ram ☺☺
      Hehe lets see ?

  5. Jin says:
    September 19, 2017 at 12:43 am

    V v reethi v nice mi part… ??? kon irakuntha next part genes dheyny??

    1. Eemyaa says:
      September 19, 2017 at 8:44 am

      Thanks Jin ☺☺
      V soon In Sha Allah ☺

  6. Zaal says:
    September 19, 2017 at 1:14 am

    Varah reethi mibaives… Eem kobaatha zeek….. zeek aai mishya vaki nukurahjey…

    1. Eemyaa says:
      September 19, 2017 at 8:46 am

      Thanks Zaal ☺☺
      Zeek ah vee goi ves varah avahah engeyne dhn ?

  7. juma says:
    September 19, 2017 at 5:50 am

    Nexr part jon irakun

    1. Eemyaa says:
      September 19, 2017 at 8:47 am

      V soon In Sha Allah ☺

  8. ??? says:
    September 19, 2017 at 5:56 am

    Vvvv reathi❤❤❤❤????????????? pls avahah up kolaathi

    1. Eemyaa says:
      September 19, 2017 at 8:48 am

      Thanks dear ☺☺
      In Sha Allah, yes dear ?

  9. Aishath Niusha says:
    September 19, 2017 at 6:55 am

    Mi story ge 29 koba

    1. Aikko says:
      September 19, 2017 at 8:06 am

      https://www.esfiya.com/35413/
      29 vana part

    2. Eemyaa says:
      September 19, 2017 at 8:52 am

      Aikko dheefa in link ah click kohleema fennaane Niusha ☺ otherwise mi part ge cover pic kairi thireega blue kulain fennaan innaane eem ge name, e ah click kohleema eem ge all stories fennaane. Ethanunves 29th part kiyaaleveyne ☺
      Aikko thanks ☺

  10. Song joong ki... KOREAN says:
    September 19, 2017 at 7:06 am

    Hi eem..hows u?? Hithahvx eriyey eem varah bxy vegenney Vaahaka up nuve othy.. Anyways,. Mi part ga eh thankolhu kudakoh alhaigaiyy.. Rifga Innanvy thanakah Rigfa jehifa in….. Evaany maa bodah tired vefa indhe liyunyma vee kameh kamah.. ? but this part is obiness to the max. Varahhh reethi.. Eagerly waiting for the next updation. ? ly.. Good luck ???

    1. Eemyaa says:
      September 19, 2017 at 8:57 am

      Hei dear, Alhamdhu lillaahi eem v best ☺ hws u? Nd hws ur studies going on??
      Hehe e thanko rangalhu kohlaanan thanks faahaga kohleethee ☺
      Hehe thanks a lott dear ☺☺
      V avahah next part kiyaalan libeyne In Sha Allah ☺
      Ly too ???
      Thanks ☺

    2. song joong ki..KOREAN says:
      September 19, 2017 at 10:25 am

      insha allah i’m fine.. and studies also going in a better way 🙂 thanks eem mihaa reethi vaahakaeh genesdheythy..this story is one of my top most favourite story.. 😀 hehe okay waiting…… as always…..

    3. Eemyaa says:
      September 19, 2017 at 3:00 pm

      Hehe u r most wc dear ☺

  11. Zeeee says:
    September 19, 2017 at 8:48 am

    Vvv salhi mi partvs.anehbai avah up kohlahdheythi.love it.dhen zeek ah kihineh v.alhe mishee ah ehen nuhadhabala..anyways v lobi mi vaahaka.thanks????

    1. Eemyaa says:
      September 19, 2017 at 8:59 am

      Thanks Zeeee ☺☺
      Yes, In Sha Allah ☺
      Zeek ah v goi v avahah dhn engeyne ?
      Thanks dear ☺
      U r most wc ?

  12. ?Princess S ? says:
    September 19, 2017 at 9:41 am

    Wow.. This stry is hama Obiness to the max..??Nxt part avahah up kohdheh chey..

    1. Eemyaa says:
      September 19, 2017 at 3:02 pm

      Thanks Princess ☺☺
      Yeah, In Sha Allah ?

  13. Appy says:
    September 19, 2017 at 10:04 am

    V furihama mi bai vx …hithah araa konme dhuvahaku vx kiyaalan libeyne namaey heheh ….shiu n miashal gulheyne dhuvahakah v inthixaaru kurevey ….aneh bai kiyaahithun moya vanyy ? ? ? ?

    1. Eemyaa says:
      September 19, 2017 at 3:04 pm

      Thanks Appy ☺☺
      Hehe bxy v ma knme dhuvahaku up nukureveny

  14. Mai says:
    September 19, 2017 at 10:12 am

    Wow v reethi mibaiwx… Next part nikunaane ireh ge inthizaaruga mihaaru wx.. Hehe..

    1. Eemyaa says:
      September 19, 2017 at 3:05 pm

      Thanks Mai ☺ v soon In Sha Allah ?

  15. manje says:
    September 19, 2017 at 10:23 am

    aflak gaimu dhuru resort eh ga job ga ulheythee rashah naadhevey vaahaka oi. ekam mihaaru abadhu aflak hunnany rashuga. haadha avahah ehaaa bodhu leave eh libuney dho. mihen mi bunee jobah dhiyathaa adhi maa gina dhuvas nuvaathee

    1. Eemyaa says:
      September 19, 2017 at 3:52 pm

      Yes, Afu dhuru resort akah dhiya vaahaka innane bt “rashah naadheveyne” eh nun..
      “Naheek men anna gothah avasavahah naadheveyney” innaany..
      (Baeh resort thakuga rah kairi v ma all nyts ah or duty ninmaafa ves rashah dheveyhen indhey.. eyge resort egga naheek ulhefa rashah vure dhuru resort eh ga afu ulhey vaahaka bunefa a iny)

      Nd storyga yalvy sakaraai v afu resort ah dhiya fahun.. e haaluga dhuvas kolhaku ulhefa eyna rangalhu v.. rangalhu v fahun 3 mas v vahaka bunefa innaane..

      So afu resort ah dhiya fahun 3 mahah vure gina dhuvas v thaa dw..

      Lobiverinnah mas dhuvas ves nufeni ulhen gina vaane..

      Resort thakuga ulhey kudhinnah off day collect kureveyne.. nd ot ga work kohgen eyge reward money ge badhaluga off day eh gothah ves libey ( Baeh resort thakuga)

      Afu first rashah dhiya ee eid ga so, 2 public holidays ves libeyne..

      Dhn dhiya ee shaiman wedding ah

      Resort ga ulhey kudhin e kahala dhuvasthakah rashah dhaany collect koffa hunna off days bahaalaigen..

      E hurihaa vaahakaeh detail koh nugena ee gina kudhinnah mi kan kan mihaaru engeythy.. nd baeh kudhinah e bai beykaaru bayakah vedhaanethy

      Dhn mi part ga afu rashah aiy kon gothakah kan kuriah huri parts thakun ingeyne ??

  16. Adha? says:
    September 19, 2017 at 1:56 pm

    Aflaak hama yaany ge mom taany kiyavaa nimendhen madukuraashey bunymatha ehen e kanthah kurany.. or there is something else..? i feels something is fishy..
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa says:
      September 19, 2017 at 3:56 pm

      Lets see, if there is anythng else or nt ?
      Thanks Adha ☺☺

  17. click a shot ? says:
    September 19, 2017 at 1:58 pm

    Hey eem.?dhuvas thakakah fahu story kiyaalan libihje??…vaahaka up nuvegen varah gina faharu belin…mi part ves hama fabulous…mishya aa gulheny kaakuba ?If zeek is not alive..maybe he may come back…I wish a happy life for four of them.??kitha parts mihaaru inaany mivaahaka nimen..???❤️

    1. Eemyaa says:
      September 19, 2017 at 4:01 pm

      Thanks click ☺☺
      Kuriah huri parts thakun thi suvaal thakuge javaab libeyne dear, inthizaar kohlaa ????
      Adhi hama neyge kithah parts kameh baaky iny bunaakah .. story othy adhi hama kuriah ☺

    2. click a shot ? says:
      September 19, 2017 at 7:23 pm

      Oh?…adhi eem ah congratulation nukiyaey miulheny…congrats eem??? You got third place in kuru vaahaka competition…??

    3. Eemyaa says:
      September 19, 2017 at 7:27 pm

      Thanks dear ☺

  18. Xidhan says:
    September 19, 2017 at 2:36 pm

    Salhi… waiting for the next part…
    Plx upload it quickly this time eem??

    1. Eemyaa says:
      September 19, 2017 at 4:02 pm

      Thanks Xidhan ☺☺
      Yes, In Sha Allah ?

  19. Alvyn says:
    September 19, 2017 at 4:27 pm

    Awwsmm.. Cnt wait for next part… And pic v loabi..

    1. Eemyaa says:
      September 19, 2017 at 7:30 pm

      Thanks Alvyn ☺☺
      Hehe thanks ☺ a e eem ge fahari ge edition eh ❤

  20. Lillyloly says:
    September 19, 2017 at 5:23 pm

    Zikaan gehluni…. Aflaak vaahaka eh nudhahkaa…. Shaun try kohkoh vx vaahaka eh nudheh kun….. Mishal shiu ah propose kuran nukerifaa hurun…. Ayaaani.. Mishayaa… Yakvii… Shiurii….. Hatharu kudhin hithaama kurun noon kameh nukure…….. Alhey e kudhin nah dhera gotheh nahadhah cheeey……….. Eeem thnxxxx ……. Loabi loabi stry eh… ????

    1. Eemyaa says:
      September 19, 2017 at 7:49 pm

      U r most welcome lilly ☺
      Thikamaa visnaalaanan ?
      Hehe
      Thanks a lot dear

  21. Some one says:
    September 19, 2017 at 6:43 pm

    Eem ehcheh hii nukurahchey! Bt eem kurin maa salhi koh story genesdhey! Mibunii emmen ge bai evvarakh! Now annaniii ebbaegge bai maa bodah! Bt goahiikii nun mi goiy! Alhugaa ah e goig best viima hama beneliii! Dhen eemyaa ah easiii gothakh geneslaaa! ? story kiyaanan hama nimendhen! V v v riiithi! Ma sha allah

    1. Eemyaa says:
      September 19, 2017 at 7:47 pm

      Hehe yageenehnu goas hee eh nukuraanekan ☺
      Ehn heeveytha?? Eem dhn v try kuraanan huriha kudhinge bai evvarakah genesdheveytho ☺
      Ithurah rangalhu kohlan jehey kameh inas bunelaathi ☺

      Thanks a lot dear ☺☺

  22. nium says:
    September 19, 2017 at 8:17 pm

    wow ma sha allah v salhi ?

    1. Eemyaa says:
      September 20, 2017 at 11:30 pm

      Thanks nium ☺☺

  23. Sheii says:
    September 19, 2017 at 11:52 pm

    Wow. Love this

    1. Eemyaa says:
      September 20, 2017 at 11:31 pm

      Thanks Sheii ☺☺

  24. Song joong ki... KOREAN says:
    September 20, 2017 at 3:52 pm

    Eeem miadhu tha next part????

  25. mal says:
    September 20, 2017 at 7:36 pm

    eem when next part.. plx mirey up kohdhyba

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ހަޤީގީ (އެއްތިރީސްވަނަ ބައި)←


All Right Reserved!