Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(15)

Dhippi Level 4100 Comments10 Stories
September 18, 2017 5 Mins Read
18 Comments

އަފީފާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާއަށް ހޭލެވުނު އިރު ހުރީ ބަނޑުހައިވެގެން ހޭދަބައި ވާވަރުވެފައެވެ. ވާނީ އެހެންތާއެވެ. ދަތުރުން އައި ގޮތަށް އޭނާއަށް ނިދުނީ އެއްވެސް އެއްޗެއް ނުކާ ކަމުން ހުންނާނީ އެވަރު ވެފަތާއެވެ. ކިތަންމެ ބަނޑުހައެއް ވެފަ ހުއްޓެއް ކަމަކު ފުރަތަމަ އަފީފާ ވަނީ ފާހާނަޔަށެވެ. ވުލޫ ކޮއްލައިގެން އައިސް ސައުދުއަށް ގޮވައިފަ އޭނާ ފެށީ ނަމާދު ކުރާށެވެ. އަފީފާ ނަމާދުކޮށް ނިއްމާފަ އަވަހަށް ނިކުތީ ބަދިގެއާ ދިމާލަށެވެ. އަފީފާ ބަދިގެއަށް ވަން އިރު ޖަޔާ ހުރީ ހެނދުނުގެ ސަޔަށް ރޮށި ފިހާށެވެ. ވަޒުނާ ހުރީ ކޮފީއެއް ބޯންށެވެ. “އަހަ… ދަރިފުޅު ވެސް ހޭލައިތަ” ވަޒުނާ މާ ފަތިހަކާ ހޭލުމުން އަފީފާ އަހައިލިއެވެ. “ހޭލެވޭންނޫން… ބަނޑުހައިވެގެން ބުރާތި އަރަނީ ވިއްޔާ” ވަޒުނާ ބުނެލިއެވެ. “ޖަޔާ ރޮށި ފިހަނީދޯ، އަވަސް ކޮއްލާ ބޭބެ ވެސް އެބައުޅޭ ހޭލާ، އަންނާނެ އިރުކޮޅަކުން ސައިބޯން” އަފީފާ އެހެން ބުނެފަ އުޅެގަތީ މަސްހުނި ހަދާށެވެ. ޖަޔާއާ އަފީފާޔާ ދެމީހުން އަތްމަތި އަވަސް ކޮއްލައިގެން ސައި ތައްޔާރު ކޮއްގެން މޭޒު މައްޗައް އަރުވައިފިއެވެ. އޭރު ސައުދު ވެސް ހުރީ މޭޒު ކައިރީގަ އިށީނދެެގެންނެވެ. ” ކޮބައި ވިނާން އެސޮރަށް ގޮވިންތަ؟ ” ވިނާން ފެންނަން ނެތުމުން ސައުދު އަހައިލިއެވެ. “އުހު… އަދި ނުގޮވަން އަންނާނަން ގޮވައިފަ، އެސޮރު ވެސް ހުންނާނީ ބަނޑުހައި ވެފަތާދޯ! ” އެހެން ކިޔާފަ އަފީފާ ގޮސް ވިނާންގެ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކަށް ޖެހުމުން ވިނާން ދޮރު ހުޅުވާލިއެވެ. “ދަރިފުޅު ބަނޑުހައި ނުވޭތަ؟ މަންމަމެން ސައިބޮނީ ބައްޕަ ބުނެގެން ދަރިފުޅައަށް ގޮވަން މިއައީ ” އަފީފާ އެެހެން ބުނުމުން މިދަނީއޭ ކިޔާފަ ވިނާން ފާހާނަޔަށް ވަނދެ އަވަސް ކޮއްލައިގެން ދިޔައީ ބަދިގެއާ ދިމާލަށެވެ. “ދަރިފުޅު ހޭލާދޯ ތިއުޅެނީ އާދޭ އަވަހަށް ސައިބޯން ” ވިނާން އައިސް ހުއްޓުމުން ސައުދު ބުނެލިއެވެ. ލައްބައޭ ކިޔާ ބޯޖަހައިލަމުން ވިނާން އިށީނދެ ސައިބޯން ފެށިއެވެ.

” ދަރިފުޅު ބަލީތަ؟ ހާދަ އެހެން ގޮތެއް ވެގެން އުޅޭހެން ބައްޕަޔަށް ހީވެޔޭ” ވިނާންގެ ތޮބީއަތު އެހާ ރަނގަޅުހެން ހީނުވުމުން ސައުދު އަހައިލިއެވެ. ނޫނޭ ކިޔާ ވިނާން މިފަހަރު ވެސް ބޯޖަހައެލިއެވެ. “މަންމާ މީ ހާދަ މަޖާކަމެކޭދޯ!، މިހާ ފަތިހާ ސައި ބުއިމަކީ، ހެހެ…” ތަނަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވައި ލަމުން ވަޒުނާ ހިނި ގަނޑަކާއެކު އަހައިލިއެވެ. “އަފީފާ އާއޭ ކިޔާ ހިނިގަނޑެއް ޖަހައިލިއެވެ. އޭރުވެސް ވިނާން ވިސްނަމުން ދިޔައީ އަލްޔާ ސައިބޯން ނެތުމުން އޭނަޔާ ދޭތެރޭގައެވެ. “ކުޑަބެ ހިނގާބަލަ ސައި ބޮއެގެން ބުރެއްޖަހަން ދާން! ފަތިހު ދުއްވާލީމަ ވަރަށް އަރާމު ވާނެ ” ވިނާން އެއްޗެއް ނުބުނެ މާ މަޑު މަޑުން އިންނާތީ އޭނަގެ އަނގަ ހުޅުވައިލައިތޯ ވަޒުނާ ބުނެލިއެވެ. “ކިހިނެއް ވަޒޫއަށް އިނގުނީ ކުޑަބެ ބުރެއް ޖަހަން ދާން އުޅޭ ކަމެއް؟” ވަޒުނާ އާ އެއްކޮށް ބޭރަށް ގޮސް އެވާހަކަ ދައްކާލަން ރަނގަޅު ފުރުސަތެއް ހޯދުމުގެ ބޭނުމުގައި ވިނާން އަހައިލިއެވެ. މިހާރު ވެސް އޭނާ އެހުންނަނީ އެކަހަލަ ފުރުސަތެއް ލިބޭތޯ ދުވާ ކޮއްލަ ކޮއްލައެވެ. “ބަލަ މަށަށް ކުޑަބެގެ ހިތް ފަނެޔޭ އެެހެންވީމަ އިނގޭންނޫން! ” ވަޒުނާ މަޖާވެފަ ބުނެލިއެވެ. “ނުފެންނާނެ މިހާރު ވެސް އިނީ ޕެޗު އަޅައިފަ ދެން ކިހިނެއް ފެންނާނީ؟ ” ވިނާން ކުޑަކޮށް މޫޑު ރަނގަޅު ކުރަމުން ބުނެލިއެވެ. “ހައްހައްހާ…. ކުޑަބެ ތިހިރީ މޮޔަވެފަ ބައްޕާ މިކުޑަބެ އަވަހަށް މީހަކާ ދެވަން އުޅޭ އޭރުން ފަހަރެއްގަ ރަނގަޅު ވެދާނެ ” ވަޒުނާ ހެމުން ހެމުން ވިނާންއާ ދިމާ ކުރަމުން ބުނެލިއެވެ.

” ދަރިފުޅު ތިހެން ބުނީމަ މިހަނދާން ވީވެސް އުޝާ ރާއްޖެ އަތުވެއްޖެ!” ވަޒުނާ ބުނި އެއްޗަކުން ޓަސްލާފަ ހަނދާން ވުމުން އަފީފާ ބުނެލިއެވެ. އެވަގުތު ވިނާންގެ މޫޑު އަނެއްކާވެސް އިހު ހުރިގޮތަށް ބަދަލް ވެގެން ހިނގައްޖެއެވެ. އަލްޔާ ދެއްކީ ހަމަ ރަނގަޅު ވާހަކައެއްކަން އެވަގުތު ވިނާންގެ ހިތަށް އެރިއެވެ. އެެހެން ހިތަށް އަރާ ވަނާންއަށް މާބޮޑަށްވެސް އަލްޔާއާ ދޭތެރޭ ފިކުރު ކުރެވެން ފެށުނެވެ. ވިނާންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަ ވަރު އެއްމެންނަށް ވެސް ފާހަގަވިއެވެ. “ދަރިފުޅު ދަނީތަ؟؟! ” ވިނާން ހުރި ގޮތަށް ހުރެ އަނގައިން ވެސް ނުބުނެ ތެދު ވެގެން ދިއުމުން އަފީފާ އަހައިލިއެވެ. ވިނާން ބޯވެސް ޖަހައިނުލާ ބާރު ބާރަށް ހިނގައްޖެއެވެ.

” ސައުދު މަށައްވެސް ފެންނަނީ އަސޮރުގެ ކައިވެނީގެ ކަންތައް ހަމަ ޖައްސަން، މިހާރު އުޝާވެސް އެހެރީ ރާއްޖެ އައިސް ދެން ލަސް ކުރުމުގެ ބޭނުމެއް ނެތެއް ނޫން ” އަފީފާ ފެންތަށި ދަމާލަމުން ބުނެލިއެވެ. “އަހަރެން ދެން ވަކި ކީކޭތަ ތިކަމާ ބުނާނީ؟ އަފީފާ ތިހެން ބުނާއިރު ވެސް އިނގޭންނުން އޭނަ ތި ކައިވެންޏަކާ ހިތްހަމައެއް ނުޖެހޭނެކަން މަ ތަންކޮޅެއް ކުރިން ވެސް ތިވާހަކަ ދެއްކިން އެސޮރާ އަކަމަކު އޭނަ ބޭނުމެއް ނުވޭ ތި ކައިވެންޏެއް ކުރާކަށް، މަ އަދިވެސް ދައްކަފާނަން ތިވާހަކަ” ސައުދު ކުޑަކޮށް ހިތްހަމަ ނުޖެހިހުރެ ބުނެލިއެވެ. “ސައުދު ވެސް އަމިއްލަޔަށް ވިސްނަބަލަ އަހަރުން ވެސް ބޭނުން ނުވާނެތަ އެމީހުން ގޮތަށް ކިޔަވައިގެން ތިބި މުއްސަނދި ކުދިންނާ ގުޅޭކަށް؟ އެހެން ނޫނަސް އުޝާ އަކީ ނުލާހިކު ރަނގަޅު ކުއްޖެއް” އަފީފާ ދެބުމަ ގޮތް ޖަހައިލަމުން ބުނެލިއެވެ. “އަަހަރެން ނުބުނަން އުޝާ އަކީ ގޯސް ކުއްޖެކޭ، މުއްސަންޖަކާ އިނަސް ފަގީރަކާ އިނަސް މައްސަލަ އަކީ ކޮބާ؟ އެ ކުއްޖަކު ބޭނުން މީހަކާ އިނުމުގެ ފުރުސަތު އެ ކުއްޖަކަށް އޮންނަން ޖެހޭނެ! ” އަފީިފާ ރުޅި އަޔަސް ކަން އޮތް ގޮތަށް ސައުދު ބުނެލިއެވެ. “ވާވް..! ބައްޕާ އަޅެ ބައްޕަ ހާދަ ސުވީޓޭ! އެއީ ތެދެއް މަންމާ ކުޑަބެ އަކީ ބޯއިއެއް، ކުޑަބެ ބޭނުން މީހަކާ ދޯ ކުޑަބެ ގުޅޭނީ ” އަފީފާއަށް އެއްޗެއް ނުބުނެވެނި ކޮށް ސައުދުއާ ދިމާލަށް އެއްލޯ މަރަމުން ވަޒުނާ ބުނެލިއެވެ. “އަހަންޏަށް އިނގޭ ހާވެސްކަމަކީ ކޮންމެ ގޮތެއް ވިޔަސް ވިނާން އިންނަން ޖެހޭނީ އުޝާޔާ ކަން” އަފީފާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. “އުޝާޔާ ދެވާހިތުން ހާދަ ވަރެކޭދޯ ތިހިރީ؟ އެއީ ހަމަ އަފީފާގެ އާއިލާ މީހެއްގެ ދަރިއެއް ވީމަތަ؟” އަފީފާ އޫޝާޔާ ވިނާންއާ ދެވާހިތުން އުޅޭވަރުން ބުނެލިއެވެ. ވަޒުނާ ހުރީ އަނގައިން ވެސް ނުބުނެ ހިމޭނުންނެވެ. “އާނ ނޭނގޭތަ އެކަމެއް؟ އަދި ކިރިޔާދޯ ތި އެނގުނީ؟” އަފީފާ އައިސް ހުރި ރުޅީގަ ސިންކް ތެރެއަށް އިސްޕަންޖު ގަޑު އެއްލާލައިފަ ހިގައްޖެއެވެ.

“ބައްޕަ ހާދަ ގޯހޭ؟ އެންމެ ފަހުން ހަމަ މަންމަ ރުޅި އަރުވައިލީ ނޫން” ވަޒުނާ ހެމުން ހެމުން ބުނެލިއެވެ. “ދަރިފުޅާ ބައްޕަ ވެސް ބޭނުމެއް ނޫން މަންމަ ރުޅި އަރުވާކަށް އެކަމަކު މަންމަ ދައްކާ ވާހަކަޔަށް އެއްޗެއް ނުބުނެ ނުހުރެވިގެން މިބުނެވުނީ އަޅެ ބައްޕަ މިބުނީ ދޮގު ވާހަކައެއްތަ؟ މަންމަ ހީވަނީ އެ އުޝާޔަކާ ކުޑަބެ ދެވާހިތުން އެހެން ކަމެއްހެން ” ސައުދު ހިތްހަމަނުޖެހި ބުނެލިއެވެ.ވަޒުނާ ހުރީ އެއްވެސް އެއްޗެއް ނުބުނެ ސައުދު ވާހަކަ ދައްކާ ނިމެންދެނެވެ. “އަޅެ ދަރިފުޅު އިނދެފާނެންތަ ބައްޕަމެން ދައްކާ މީހަކާ؟ ” ވަޒުނާގެ މޫނަށް ބަލަމުން ސައުދު އަހައިލިއެވެ. ” ނޯ! ނޯ! ނޯވޭ ބައްޕާ ތިކަމެއް ނުވާނެ! ތިއީ އަޅުގަނޑަށް ނުކުރެވޭނެ ކަމެއް” ވަޒުނާގެ ޝަހާދަތް އިނގިލި އަބުރައިލަމަމުން ޔަގީން ކަމާއެކު ބުނެލިއެވެ. “ކޮބާ ހީވެއްޖެ ކަމެއްހެން؟ ދެން ދަރިފުޅު ބުނެބަލަ، ކުޑަބެއަކީ ފިރިހެނެން އޭނަ އަމުދުން އިންނާނެތަ ބައްޕަމެން ބުނާ މީހަކާ؟!” ސައުދު ނިތް އަރުވާލަމުން ބުނެލިއެވެ. “އާނދޯ ބައްޕާ ނޭނގެ ދެން! ބޯހަލާކު ވަޒޫ ބޭނުމެއް ނޫން ކުޑަބެ ސޭޑު ވާކަށް” ބޮލުގައި އަތް އަޅަމުން ވަޒުނާ ބުނެލިއެވެ.

” ހެހެ… ދަރިފުޅާ ބޯ ހަލާކު ވާނެކަމެއް ނެތޭ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ! މިހާރު ކޮބައިތަ ކުޑަބެ؟” ސައުދު ހީލުމަކާއިއެކު އަހައިލިއެވެ. “ކުޑަބެ ހިނގައްޖެ ރުޅިއައިސްގެން މިހާރު މާމޮޅެއް ނޫން! ބައްޕަމެންނާ ހުރެ މަށަކަށް ނުދެވުނު ވިއްޔާ ބުރު ޖަަހާކަށް ވެސް!” ވަޒުނާ ކުޑަކޮށް ޅަވަމުން ބުނެލިއެވެ. “ހެހެ… ކުޑަބެ ހަމަޔަކަށް އެޅުނީމަ އަންނާނެ، މަންމަދެކެ ހިތްހަމަ ނުޖެހުނީމަ އެދިޔައީ ” ސައުދު ހެމުން ބުނެލިއެވެ. އެވަގުތު އަލްޔާވެސް އައިސް އެތަނަށް ހުއްޓުނެވެ. “އަލް ހާދަ ލަހުން ތިހޭލީ؟ އާދޭ ސައިބޯން” އަލްޔާ އައިސް އެތަނަށް ހުއްޓުމުން ހިނިތުން ވުމަކާއެކު ވަޒުނާ އަހައިލިއެވެ. “އާނ… ކުޑަކޮށް ބޮލުގައި ރިއްސާތީ އޮތީ” އަލްޔާ އިށީންނަމުން ބުނެލިއެވެ. “އެހެންތަ؟ ބޭސް ކާފިންތަ؟، އަދި ހަނދާން ނެތުނީއޭ އަލް މިއަދު އެބައޮއްތަ ވަކިކަމެއް؟” ވަޒުނާ ކުއްލިއަކަށް ހަނދާންވުމުން އަލްޔާ ގާތު އަހައިލިއެވެ. “ނެތް ވަކިކަމެއް ” އަލްޔާ ފޫހިގޮތަކަށް ބުނެލިއެވެ. “އެެެހެންތަ؟ އެހެންވިއްޔާ މިއަދު ހިނގާބަލަ ވަޒޫ އެއްކޮށް ތަނަކަށް ގޮސްލަން ” ވަޒުނާ އަލްޔާ ގޮވައިގެން ދާން ބޭނުން ވާތީ އަލްޔާ ދާން އެއްބަސްވުމުން އުފާވެފައި ބުނެލިއެވެ. “ލައްބަ ދާނަން! ކިހާއިރަކައްތޯ އަލް ރެޑީވާންވީ؟ ” އަލްޔާ ބުނެލިއެވެ. “ހަވީރު ފޯއަށް ރެޑީވާތި” ވަޒުނާ އުފަލުން ގަޑި ބުނެލިއެވެ. “ދަރިފުޅު ހާދަ ރަނގަޅޭ އަލްޔާ މިހާރަކަށް އައިސް ހުންނަނީ ވަރަށް ފޫހިވެފަ، ދަރިފުޅު އޭނަ ގޮވައިގެން ބޭރަށް ދަންޏާ އޭނަވެސް ކިހާ ފޫހި ފިލާނެ!” އަލްޔާއަށް އެއްޗެއް ނުބުނެވެނީސް ސައުދު ހިތްހަމަ ޖެހިގެން ބުނެލިއެވެ.

“ހެހެ… ބައްޕާ އަޅުގަނޑަށް ވެސް އިނގެޔޭ އަބަދު ގޭގަ އިންނަން ވީމަ ފޫހިވާނެކަން، އެހެންވީމައޭ އަލް ގޮވައިގެން ދާން ވެސް މިއުޅެނީ އެހެން ނޫނަސް އަލްއަށް ވެސް މާލޭގައި އެކަނި އުޅެން ދަސް ވާނެއްނުން؟ ” ހެވިފައި ވަޒުނާ ބުނެލިއެވެ. އެވަގުތު ސައުދު ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ. އަފީފާ ކަހަލަ ޒީލަ ގަދަ ދަރިން ނުދެއްވީތީއެވެ. ސައުދުއާ ވަޒުނާގެ ދެބަފައިން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފަ ނިކުމެގެން ދިއުމުން އަލްޔާ ވެސް ކުޑަކޮށް ޖަޔާއާ ވާހަކަ ދައްކާލައިފަ ދިޔައީ އެގޭ ބަގީޗާއަށެވެ. މިހާރު އަލްޔާގެ ހުރިހާ ވެސް އުފަލަކީ އެބަގީޗާއެވެ. އޭނާގެ އެކަނި ވެރިކަމާ ބަދުނަސީބުގެ އެހީތެރިއަކީ އެއީއެވެ.

“ބޯ ގޮވައިނެދޯ؟ މަ ހާދަ ނައްޓާ އަންހެނެކޭ އެ އުޝާއަކީ، މައަދި އެންމެ ނައްޓަނީ އެޖައްސާ ތުއި ވައްތަރުގަޑު އޭނަ ހިތުން އޭނަ ވަރެއް ނެތް މި ދުނިޔެމަތީގަ، ހުވާ ހާދަ ފޫއްސެކޭ މަވަނީ!” ވިނާން ވަރަށް ރުޅި އައިސް ހުރެ އޭނާގެ އެކުވެރިޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. ގޭތެރޭގައި މިއަދު ވީ ކަންތަކާ ރުޅިއައިސްގެން ގެއިން ނިކުތް ގޮތަށް ވިނާން ހުރީ އޭނާގެ އެންމެ ގާތް ރަހުމަތް ތެރިޔާއާއިއެކު އޮލީވް ގާރޑަންގަ ކޮފީއެއްގައެވެ. “ވިނާންއަށް ނުލާހިކު ފަސޭހައިން ތިކަން ބޮލުން ނައްޓާލެވޭނެ ” ވިނާންއަށް ހިތްވަރު ދެމުން މާއިލް ބުނެލިއެވެ. “ތިއީ މާލްއަށް ހީވާއެއްޗެއް! މަގޭ އަމައެކޭ ތަށަނި ހަންޑިއެކޭ އެއްފަދަ ވާނެ، އެޅި ކޮޅެއް ނޫނީ ދުލެއް ނުކުރާނެ! މަގޭ ހިތަށް އަރާ މަންމައަށް ކޮން ގޮތަކުން ބާއޭ އެ އަންހެނާ ކަމު ގޮސްގެން އެއުޅެނީ؟ ” ވިނާން އައިސް ހުރި ރުޅީގަ ވަރު ބާލަމުން ދިޔައެވެ. ” ބްރަދާރ… އަޅެ ހަމަޖެހިބަލަ ވިނާންގެ ޑޭޑް އަކީ ނުލާހިކު ކޫލް މީހެއް، އަޅެ ޑޭޑް އާ ތަންކޮޅެއް ސީރިއަސްކޮށް ޝެއާރ ކޮއްލަބަލަ! އޭރުން ކޮންމެވެސް ހައްލެއް ލިބިދާނެއްނުން؟!” މާއިލް ވިސްނާލައިފަ މޮޅު ހިޔާލެއް ދިނެވެ. “ބައްޕަޔާ ވާހަކަ ދެއްކިދާނެ، އެކަމަކު މިބުނީނުން މިއަދު ވެސް އެ އުޝާއެކޭ ކިޔަސް ހަމަ ހައިޕާރއޭ ވަނީ! ” ވިނާން ބުނެލިއެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތިޔަ ދިން އުފާ 16

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތިރީސްވަނަ ބައި)

Next
September 19, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތިރީސްވަނަ ބައި)

Previews
September 18, 2017

ތިޔަ ދިން އުފާ 16

18 Comments!

  1. Adam says:
    September 18, 2017 at 11:46 pm

    Ummeedhu kuran mi part ves kamu dhaane kamah ragalhu kuran jehey kanthah bunela dhehvun edhen

  2. Reen says:
    September 18, 2017 at 11:50 pm

    Hahah dhn vinaan hyper nukohbala??stry is awsomn waiting for the next part

    1. Adam says:
      September 18, 2017 at 11:54 pm

      Hehe dhw vinaan vaa Rulhi madu dhw thanks reen

  3. Sheen? says:
    September 18, 2017 at 11:56 pm

    Me first yeyyy… v reethi mi part vx nxt part avahah up kohdhehchey ??❤️

    1. Adam says:
      September 18, 2017 at 11:58 pm

      Thanks sheen avahah up kuraanan wait kuraathi

  4. Sheen? says:
    September 18, 2017 at 11:57 pm

    Owh me second ☹️

    1. Adam says:
      September 18, 2017 at 11:59 pm

      Ya. better luck next time…

  5. Ram says:
    September 19, 2017 at 12:19 am

    Thankolheh kuru kanneyge.. v kiyaa hithun keema kamah vx vedhaane.. hehe.. story hama nice.. ?

    1. Adam says:
      September 19, 2017 at 9:53 am

      Hehe vedhaane thanks ram

  6. Azu says:
    September 19, 2017 at 12:24 am

    Thashani handi….lol…vaahaka reethi

    1. Adam says:
      September 19, 2017 at 9:54 am

      Hehe dhw handi viyya efaadah ulhenee thanks

  7. khajja says:
    September 19, 2017 at 2:03 am

    Masha allah stry v v v habeys v v loabi?? vinaan higper nuve dear dad aai vaahaka dhakkaigen al aa gulhebala fahun afeefaaves okvaane eyrun vazooves vinaan ge ufalah hifaalabala eyrun vaagothen engidhaane ennu dhw stry v awsome whn nxt prt avaskolladhybala ingey adam gud nyt ????❤???

    1. Adam says:
      September 19, 2017 at 9:56 am

      Thanks khajja hingaa balamaa dhw???

  8. rym says:
    September 19, 2017 at 4:44 am

    v reethi

    1. Adam says:
      September 19, 2017 at 9:57 am

      Thanks ryn

  9. Nas says:
    September 19, 2017 at 8:07 am

    Wooo Wooo Wooo?????????????? vvvv reethi❤❤ whn nxt part????
    Plx plx vinaan nd al gulhuvaba ? eyrun adi maa reathi vaane Saudi ves kihaa beynun afeefaa aka nukerey ne Saudi bunny ma ekan hutuvaaka then plx avahah up kobala can’t wait ly tc

    1. Adam says:
      September 19, 2017 at 10:03 am

      Hehe Insha Allah v eba balan alya as vinaan a gulhuveythoa

  10. Adha? says:
    September 19, 2017 at 1:51 pm

    Haha ekahala thui meehun ulheygothun hama aslah ves hyper nuvaa vareh noon dw?
    Mi part ves hama varah reethi ❤

Comments are closed.

Next Episodeއެދެމޭ އުފާ…..(16)←


All Right Reserved!