އަވްލީން ރަކިވިވަރުން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. މަހުދީ ހީގަތީ އަވްލީންއަށް ވީގޮތްފެނިފައެވެ. އަދި އެ ދުވަހު ވީ ކަންތަކާ އަވްލީން ރުޅިނާންނަކަން އިނގުމުން މަހުދީ އިނީ ހިތްހަމަޖެހިފައެވެ. އެރެއަށްފަހު ނަވާޒަށް ނާދެވޭ ކޮންމެ ރެއަކު ވިޝާކާ މަހުދީ ގެންދެއެވެ. އަދި އެގޮތަށް އެއްކޮށް އުޅެވެން ފެށުމުން މަހުދީ އާއި އަވްލީންގެ ދެމެދުގައި އޮންނަ ބީރައްޓެހިކަންފިލާ އެއްކޮށް ހީ ސަމާސާކޮށް އުޅެންފެށުނެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި އިމްތިހާން ފެށޭތީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި އަވްލީން އަދި ވިޝާކާ […]
ފަހަތުގައި ހުރި ޔުމްނާއަށް ބަލާލި ވަގުތު އެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދުވެފައި އައި ފަންސަހާކަށް މީހުންނެވެ. އެ ހުރިހާ އެންމެންނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެކަން އާރިކްއަށް އެނގެއެވެ. ކޮންމެވެސް ގޮތެއް ނުވިސްނައިފިނަމަ މިފަހަރު އެ ދެމީހުންގެ ދުވަސް ދާނެއެވެ. “ރެޕަންޒެލް.. އަރާބަލަ!” ހާސްވެފައި އާރިކް ޔުމްނާއަށް އެ ގޭޓުގެ މައްޗަށް އަރަން އެހީވެދިނެވެ. ޔުމްނާ ސަލާމަތުން އަނެއް ފަރާތަށް ފޭބުމާއެކީ އާރިކް ހަލުވިކަމާއެކު ގޭޓުމަތިން ފުންމާލިއެވެ. ޔުމްނާގެ އަތުގައި ހިފައިގެން އޭނާ ދުވަމުން […]
ގެއަށް ދާ ވަގުތު އައިސް ޖެހުމުން އެންމެންނާ ވަކިވެ ދުރަށް ހިނގައިގަތް އީރަމް އާއި ޖަނާ އަށް ބަލަހައްޓައިން ހުރި ލާމިހް ބޮލުގައި އަތް ފުނާ އަޅާލިއެވެ. ޖަނާ ނައިނަމަ އީރަމް ގެއަށް ލައިދޭނެ ފުރުސަތު ލާމިހް އަށް ލިބުނީސްއެވެ. ޖަނާ އަށް ބަލަހައްޓައިން ހުރެ މޫނަށް ފޫހި ވައްތަރެއް ޖައްސާލިތަން ހުސެން އަށް ފެނުނެވެ. “ކިހިނެއްވީ..؟” ހިނިއައިސް ހުރެ ހުސެން އެހެން އަހާލުމުން ލާމިހް ހުސެން އަށް ބަލާލިއެވެ. ” ކަމެއް ނުވޭ..” ލާމިހް އެހެން […]
” ކޮބާތަ ޔާޝް ” ޒިޔާދުއަށް ގޭތެރެއިން ޔާޝް ނުފެނުމުން ސާނިޔާ ކުރެން އަހާލިއެވެ. ” ނޭންގެ. އަހަރެންގެ ގާތުގައެއް ނުބުނޭ ތާކަށްދާ ވާހަކައެއް ” ސާނިޔާ ބުންޏެވެ. ޔާޝް ދިޔަތަނެއް ނޭންގިގެން ޒިޔާދު ކަންބޮޑުވެގެން ގޭތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. އަދި ޔާޝްގެ ފޯނަށް ދެތިންފަހަރު ގުޅަންވެސް ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ޒިޔާދު ހަފްސާއަށް ގުޅާފަ ޔާޝް ހުރިތޯވެސް ބެލިއެވެ. ނަމަވެސް ޔާޝް ހަފްސާގެ ގާތަށް ނުދާކަމަށް ހަފްސާ ބުންޏެވެ. ޒިޔާދު ޔާޝްގެ ފޯނަށް ޑައިލް […]
ގަނޑިން އެގާރަ ޖެހިއިރު އަލްޔާ ހުރީ ފެންވަރައިގެން ލޯގަނޑު ކުރިމަތީ ތިއްތި ވާންށެވެ. އޭރު އަލްޔާ ހުރީ މިރޭގެ ޕާރޓީއަށް ދާން ލާންވެގެން ވަޒުނާ ގަނެދިން ހެދުން ވެސް ލައިގެނެވެ. އެހެދުމުގައި ހުރި އިރު މޭކަޕެއްކޮށް ނުލާ ހުރި އިރުވެސް ހީވަނީ ރީތި ޕަރީއެއް ހެންނެވެ. ލޯގަނޑު ކުރިމަތީ ހުރެ އަލްޔާ އަމިއްލަޔަށް ވެސް އޭނާގެ ސިފަ ބަލައިފަ އައްމިލަ ނަފުސާ ބުނަމުން ދިޔައީ މިރޭ އޭނަ ހާދަ ރީއްޗެވެ. ވާނީވެސް އެހެންތާއެވެ. ހަޔާތުގައި ވެސް އެކަހަލަ […]
“އަހަރެމެންގެ ނައިނާ ހާދަ އުފާވެފައޭ ދޯ….. ފިރިމީހާ އައީމަތަ؟؟” ޒުހާ ފުރަތަމަވެސް އައިސް ހީވީ ނައިނާ ނޮޅާ ކާލަފާނެހެންނެވެ. އެކި އެކި ވާހަކަދައްކަމުން ދިޔައީ އައިޒަން އާއި ނައިނާ ގުޅުވައިގެންނެވެ. “ދެން ޒުހާ…..” ތުން އޫކޮށްލާފައި ނައިނާ އެހެން ބުނުމުން އެންމެންވެސް ހޭންފެށިއެވެ. ސިޓިންގްރޫމްގައި ހަތަރު މީހުން މަޖާނަގަމުން ދިޔައެވެ. ޒާހިދާ އެމީހުން ކާލާނެ އެއްޗެއްވެސް ގެނެސްދިނެވެ. އެންމެންގެ މެދުގައި ދެކެވެމުން ދިޔައީ އޮފީސް ހުޅުވުމާއި ބެހޭ ވާހަކަތަކެވެ. އައިޒަން ޒުހާއަށާއި ނައިނާއަށްވެސް އެތަނުން ވަޒީފާ އަދާކުރުމުގެ […]
އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް […]
“ކީކޭ! އަހަރެން ހަމަ ޚައިރާންވެއްޖެ. ވިކްޔަން ކޮން ވައްތަރަށް ތިއުޅެނީ. ދެމީހުން ރައްޓެހިވެގެން އުޅެފަ އެގުޅުން ކައިވެންޏާއި ހަމައަށް ދިޔަ ފަހުންތަ ލޯބިނުވާކަން އެނގުނީ. ވިކްޔަން އަށް ތިހެން ބުނެލަން ފަސޭހަޔަސް ވިސްނާލިންތަ އަނކާގެ ހިތް ކަން ހަލާކު އެކުރެވުނީ” މައިސަރާ ހިތްހަމނުޖެހިފައި ވާހަކަދެއްކިއެވެ. އަޑުގައި ހަރުކަށި ކަމެއް ވިޔަސް ވާހަކަދެއްކީ މަޑުންނެވެ. “މަންމާޤ ސޮރީ. އަޅުގަނޑު ނިހާ އާއި ރައްޓެހި ނުވަން. އަޅުގަނޑަށް މަންމަ އަށް މިކަން ސިއްރުކުރެވުނީ. އަޅުގަނޑު ޑްރާމާއެއް ކުޅުނީ ހީން ކުރިމަތީގައި. […]
“ޔާލް……” ޔަލްވީގެ އިތުރުން ޝިއުރީމެންވެސް ހުއްޓުނީ ޝައުންގެ އަޑުންނެވެ. ޝިއުރީމެން ފަހަތް ބަލާލިނަމަވެސް، ޔަލްވީ، އެ ހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީއެވެ. ޔަލްވީ ބަލައި ނުލުމުން، ޝައުންގޮސް މަޑުކޮށްލީ ޔަލްވީގެ ކުރިމަތީގައެވެ. “ޔާލް…. އަހަންނާ ގުޅުންހުރި ބައެއްގެ ސަބަބުން ޔާލްއަށް ތި ހާލު ޖެހުނީތީ، އަހަރެން ވަރަށް ދެރަވެއްޖެ…. އެ މީހުންގެ ކިބައިން އަހަރެން މާފަށް އެދެން….” ޔަލްވީގެ ދެ އަތްތިލާގައި، ހިފާލަމުން ޝައުން ބުނެލިއެވެ. ޝައުންގެ އަތުތެރޭގައިވާ ޔަލްވީގެ އަތް އޭނާ ދަމައިގަތެވެ. ޔަލްވީ […]