Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (15)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 26, 2017 6 Mins Read
29 Comments

ފަހަތުގައި ހުރި ޔުމްނާއަށް ބަލާލި ވަގުތު އެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދުވެފައި އައި ފަންސަހާކަށް މީހުންނެވެ. އެ ހުރިހާ އެންމެންނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެކަން އާރިކްއަށް އެނގެއެވެ. ކޮންމެވެސް ގޮތެއް ނުވިސްނައިފިނަމަ މިފަހަރު އެ ދެމީހުންގެ ދުވަސް ދާނެއެވެ.

“ރެޕަންޒެލް.. އަރާބަލަ!” ހާސްވެފައި އާރިކް ޔުމްނާއަށް އެ ގޭޓުގެ މައްޗަށް އަރަން އެހީވެދިނެވެ. ޔުމްނާ ސަލާމަތުން އަނެއް ފަރާތަށް ފޭބުމާއެކީ އާރިކް ހަލުވިކަމާއެކު ގޭޓުމަތިން ފުންމާލިއެވެ. ޔުމްނާގެ އަތުގައި ހިފައިގެން އޭނާ ދުވަމުން ދިޔައިރު އިރުއިރުކޮޅާ ފަހަތް ބަލާލެވެއެވެ.

ވަކި ހިސާބަކަށް ގޮސްފައި ޔުމްނާ ހުއްޓުނީ އިތުރަށް އެންމެ ފިޔަވަޅެއް އަޅާހާ ހިތްވަރު އެ ހަށިގަނޑުގައި ނެތުމުންނެވެ. ވަރު ހުސްވެފައިވާ އެ ހަށިގަނޑު ވެއްޓެން ދިޔަ ވަގުތު އާރިކް ހުޝިޔާރުކަމާއެކު ހިފަހައްޓާލިއެވެ.

“އާރިކް.. އަ..ހަންނަކަށް ދެން ނުދުވެވޭނެ..” ޔުމްނާ ބަލި ގޮތަކަށް ބުނެލިއެވެ. އާރިކް ބަލާކަށް ނުހުރެ ޔުމްނާގެ ހަށިގަނޑު އަތްދަނޑި މައްޗަށް ނަގައިގެން ދެކޮޅު ހޯދާ ބަލާލިއެވެ. އެވަގުތު އެ ލޮލުގައި އަޅައިގަތީ ޕާކުކޮށްފައިވާ ސައިކަލެއްގެ މަތީގައި ފޯނުން ވާހަކަދައްކަން އިން ޒުވާނެކެވެ. އާރިކް އެދިމާއަށް ގޮސް ފައިން ޖެހިޖެހިއިނުން އެ ޒުވާނާ ސައިކަލުމަތިން ވައްޓާލިއެވެ. އަދި ޔުމްނާއާއެކު ސައިކަލަށް އެރުމަށްފަހު ދުއްވާލިއެވެ. އޭރު ފަހަތުން ބަރުގޮނު އަޅާ އަޑު އާރިކްއަށް އިވެމުން ދިޔައެވެ. ސާލިމްގެ މީހުން ސައިކަލާއި ޖިޕުތަކުގައި އެމީހުންގެ ފަހަތުން އަންނަން ފެށިއެވެ.

** ** **

އަޝްފާންއާއެކު ގޭތެރެއަށް ވަދެގެން އައި އަރޫޝާއަށް ޖުވައިރިޔާގެ މޫނު ފެންނައިރަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އޭނާ ގޮސް ޖުވައިރިޔާ ގާތު އިށީންދެ، ކިހިނެއްވީތޯ އަހާލިއެވެ.

“އާރިކް އަނެއްކާ ވެސް ކޮންމެވެސް ތަނަކަށް ހިނގައްޖެ.. މާލޭގަ މަޑުވާ މީހެއްތަ އެއީ؟” ޖުވައިރިޔާ ނުރުހިފައި ބުނެލިއެވެ.

“ބަހައްޓަބަލަ މަންމާ.. ދޮންބެ ދާތާކަށް ގޮސްދާނެއެއްނު؟” އަރޫޝާ ބުނެލިއެވެ. އެވަގުތު ޖުވައިރިޔާ ސޯފާއިން ތެދުވެގެން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ހީވާގޮތުން އަރޫޝާގެ ވާހަކައިން އޭނާގެ ހިތް އިތުރަށް ނުރުހުނީއެވެ. ޖުވައިރިޔާ ދިއުމުން އަރޫޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.

“އާރިކްބޭބެ ދިޔައީތަ؟ ދެން އަންނަނީ ކޮންއިރަކުންނޯ؟” އަރޫޝާ ގާތު އިށީންނަމުން އަޝްފާން އަހާލިއެވެ. އާރިކް އޭނާއަށް އެކަމުގައި އެހީވާނަމޭ ކިޔާފައި އެ ހެދީ ކިހިނެއް ހެއްޔެވެ؟

“ހުމްމް.. ދެން އަންނާނީ ގާތްގަނޑަކަށް 2 މަސް 3 މަސް ކޮށްފަ..” އަރޫޝާ ދެއަތް އުރާލަމުން ބުނެލިއެވެ. އެއާއެކު އަޝްފާންގެ ހިތް މާޔޫސްވެގެން ދިޔައެވެ. އާރިކް އަންނާނެހާ ދުވަހެއް ވަންދެން އޭނާއަށް މާލޭގައި މަޑުކުރެވޭކަށް ވެސް ނެތެވެ. އާރިކްގެ އެހީއާ ނުލާ މާދަމާ ޔުމްނާ ހޯދަން ފަރީދުގެ ގެއަށް ދާނީއޭ އެހިތަށް އެރިއެވެ.

** ** **

ޔުމްނާ އަތްދަނޑި މައްޗަށް ލައިގެން ހޮޓެލްއެއްގެ ކޮޓަރިއަށް އާރިކް ވަނެވެ. އޭނާ މަޑުމަޑުން ޔުމްނާގެ ހަށިގަނޑު އެނދުމަތީގައި ބާއްވާލިއެވެ. އަދި އެ ދޮން މޫނަށް ފުންކޮށް ބަލާލިއެވެ. ދެލޯ މެރިފައި ވީއިރު އެ މޫނުމަތީގައި އެމީހުން ޔުމްނާއަށް އަނިޔާކޮށްފައި ވާކަމުގެ ނިޝާންތައް ވިއެވެ. އެ ފިޔާތޮށި ކުލައިގެ ދެތުންފަތް ހިކިފައި ވީއިރު އޭނާ ވަރުބަލި ވެފައިވާ މިންވަރު ހާމަވެއެވެ. އެ ފަންދިގު އިސްތަށިގަނޑު އެކި ގޮތްގޮތަށް ހޭވިފައިވިއެވެ. މި ލޯބި ކުއްޖާއަށް އޭނާއާ ހެދި މި ދިމާވީ ކޮންފަދަ ކަންތައްގަނޑަކާ ހެއްޔެވެ؟

އާރިކް ޔުމްނާގެ މޫނަށް ފެންފޮދެއް ވިއްސާލުމާއެކު ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ޔުމްނާ ދެލޯ ހުޅުވާލިއެވެ. އާރިކް ފެނުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނު ނަމަވެސް އެހިތުގައި އަދިވެސް ބިރުވެރިކަން އުފެދިފައި ވިއެވެ.

“އެމީހުން؟” ޔުމްނާ ދެފަރާތް ހޯދާލަމުން އަހާލިއެވެ.

“ޝްޝްޝް.. ރެޕަންޒެލް.. އެމީހުންނެއް ނެތޭ.. އަން މި ފެންފޮދު ބޯލަބަލަ..” ޔުމްނާގެ ތުނބުގައި ފެންތައްޓެއް ޖައްސަމުން އާރިކް ބުނެލިއެވެ. ކަރު ހިއްކާފައި ހުރުމުގެ ސަބަބުން ޔުމްނާ އެ ފެންފޮދު އެއްނޭވައިން ހުސްކޮށްލިއެވެ.

“އާރިކް.. އެ..އެއީ ކޮން ބައެއްތަ؟ ކީއްވެތަ އެމީހުން އަހަރެން ގެންދިޔައީ؟ އާރިކްއާ އެމީހުންނާ..” ޔުމްނާ ފަތިފައްޗަށް ސުވާލުތައް އަމުނަންފެށި ނަމަވެސް އާރިކްގެ ކުއްލި ހަރަކާތާއެކު އޭނާގެ ޖުމްލަ މެދުކެނޑިގެން ދިޔައެވެ. ކުއްލިއަކަށް އާރިކް އޭނާގެ ތުންފަތުގައި ބޮސްދޭން ފެށުމުން އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްގެން އޭނާއަށް ހުރިގޮތަށް ހުރެވުނީއެވެ.

އާރިކް ދުރަށްޖެހިލުމާއެކު ޔުމްނާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޔުމްނާ ހިތްހަމަނުޖެހުނީކަން އެނގުމުން އާރިކްގެ ހިތް ދެރަވިއެވެ. ކުރެވުނު ކަންތަކާމެދު ލަދު ގަނެ، ދެރަވެސްވިއެވެ. އަވަސްއަވަހަށް އޭނާ އެނދުން ތެދުވެ ހިންދެމެލިއެވެ.

“އަހަރެން… އަންނާނަން ރެޕަންޒެލްއަށް ކާއެއްޗެއް ހިފައިގެން.. އައިސްފަ ހުރިހާ ވާހަކައެއް ކިޔައިދޭނަން… އެއްވެސް ތަނަކަށް ނުގޮސް އިންނައްޗޭ..” އާރިކް އެހެން ބުނުމަށްފަހު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ކޮޓަރީގެ ދޮރު ލެއްޕޭ އަޑު އިވުމާއެކު ޔުމްނާ އެދިމާއަށް ބަލާލިއެވެ.

“އަޅެ،، ކިހިނެއްތަ ދެންމެ އެވީ؟ ކީއްވެތަ؟” ޔުމްނާ ހިތާ ދިމާލުން މޭގައި އަތްޖައްސާލަމުން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އާރިކް އޭނާއާ ގާތްވުމުން އެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެނީ ކީއްވެގެން ހެއްޔެވެ؟ އެ ހިތް ދެވިފައިވީ އަޝްފާންއަކަށް ނޫން ހެއްޔެވެ؟ ދެން އޭނާއަށް އާރިކްއާމެދު އެފަދަ ގޮތަކަށް ދެކެވެނީ ކީއްވެގެން ހެއްޔެވެ؟ އެހެންނޫނަސް އޭނާއަކީ މީހެއްގެ އަންބެކެވެ. އާރިކް އޭނާގެ ކިބައިން ވަގުތުގެ ނާޖާއިސް ފައިދާ ނެގިޔަ ދީގެން ނުވާނެއެވެ.

އާރިކް އެނބުރި އައުމުން ޔުމްނާ މޫނުމަތިން ނުރުހުންވާ ގޮތް ދައްކާލިއެވެ. އާރިކް އައިސް ކުރިމަތީގައިވާ މޭޒުމަތީގައި ކާއެއްޗެހި ބެހެއްޓުމާއެކު ޔުމްނާ އަވަސް އަވަހަށް ކާންފެށީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޔުމްނާ ކަމުން ދިޔަ ވަގުތު އާރިކް އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އިސްއުފުލާ އާރިކްއަށް ނުބެލި ކަމުގައި ވިޔަސް ޔުމްނާ ގެންދިޔައީ އެ ވާހަކަތައް ކަނުލާ އަޑުއަހަމުންނެވެ.

###

ފަސް އަހަރު ކުރި…

“ދޮންބޭ! ހިނގާބަލަ ދާން ހޮސްޕިޓަލަށް ކޮއްކޮ ބަލާލަން.. ބައްޕަ ދެންމެ ގުޅާފަ ބުނީ އަވަހަށް އަންނާށޯ..” އުމުރުން ތޭރަ އަހަރުގެ އަރޫޝާ އާރިކްގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއަޑުންވެސް އޭނާ އުފާވެފައި ހުރި މިންވަރު ހާމަވެއެވެ. އާރިކް އިނީ މާދަމާ ސްކޫލަށް ދާންވާއިރަށް ނިންމަންޖެހޭ މުހިންމު ފިލާވަޅެއް ހަދަން ނަމަވެސް އަރޫޝާގެ އެ ޖުމްލައާއެކު އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އެ މޫނުމަތީގައި ދުވެލީ ފުން ހިނިތުންވުމެކެވެ.

“ހިނގާ އަވަހަށް ދާން.. އަރޫ ޓެކްސީއަކަށް ގުޅާބަލަ..” އާރިކް ގަޔަށް ޓީޝާޓެއް މަހާލަމުން ބުނެލިއެވެ. އެވަގުތު އަރޫޝާ ފޯނުގެ ނަންބަރުތަކަށް ފިތަން ފެށިއެވެ.

އޭޑީކޭގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު އަރޫޝާ ފުންމަމުން ކަހަލަ ގޮތަކަށް ހޮސްޕިޓަލު ތެރެއަށް މިސްރާބުޖެހިއެވެ. އާރިކްވެސް ހެވިފައި ހުރެ އަރޫޝާގެ ފަހަތުން ދިޔައެވެ.

“އައި އެމް ސޯ އެކްސައިޓެޑް ދޮންބޭ! އަންހެން ކުއްޖެއް ވިއްޔާ އަރޫ ބޭނުމީ އަޒްކާ ކިޔަން.. ބޯއީއެއް ވެއްޖިއްޔާ ބޭނުމީ އަރުޝަލް ކިޔަން..” ޖުވައިރިޔާ ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރިއަށް ދެވެންދެން އަރޫޝާގެ އަނގަ ނުހުއްޓެއެވެ.

ކޮޓަރިއާ ހަމައަށް އާދެވުމާއެކު އާރިކް ގޮސް ތަޅުގައި ހިފައި ކުޑަކޮށް ހުޅުވާލިއެވެ. ނަމަވެސް އެތެރެއިން އިވެން ފެށި އަޑުތަކުގެ ސަބަބުން ދެމީހުންވެސް ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ.

“އަހަރެން ބޭނުމެއް ނޫން މި ކުއްޖާއެއް.. އަހަރެން ބޭނުންވީ ފިރިހެން ދަރިއެކޭ ރަޝީދު.. ދެން މި ކުއްޖާގަނޑު ގޮވައިގެން އަހަރެންވީ އުޅެން..” ޖުވައިރިޔާ ރަޝީދު ގާތު ބުނާ އަޑު އިވިގެން ދިޔައެވެ.

“އަންހެން ދަރިއެއް ލިބުނަސް ކީއްތަވީ؟ އެއީ ހަމަ އަހަރެމެންގެ ދަރިއެއްނު؟ ވީއިރު ޖުވައިރިޔާ އެއްވެސް އެއްޗެއް ނޭނގޭ އެ ތުއްތު ކުއްޖާއަށް ކޮން ނަފުރަތެއް ތި ކުރަނީ؟” ރަޝީދު ނުރުހިފައި ބުނެލިއެވެ.

“އަހަރެން އާއިލާ އެންމެން ގާތު ބުނާނަން ވިހޭތަނުން މި ކުއްޖާ މަރުވީއޭ… ރަޝީދުވެސް ކަންތައް ކުރަންވާނީ އެ ގޮތަށް..” ޖުވައިރިޔާ ބުނެލިއެވެ.

“ބަލަ ޖުވައިރިޔާ މޮޔަވީތަ؟” ރަޝީދުގެ އަޑު މިފަހަރު ކުރިއަށްވުރެ ބާރުވިއެވެ. އެވަގުތު އަރޫޝާ ދޮރުފަތް ބާރަކަށް ހުޅުވާލީ އިވެމުންދާ ވާހަކަތައް އަޑުއެހުމަށް އެ ހިތަށް ކުޅަދާނަ ނުވުމުންނެވެ. އެއާއެކު ޖުވައިރިޔާ އާއި ރަޝީދު ހިމޭންވިއެވެ. އަރޫޝާ މަޑުމަޑުން ހިނގާފައި ގޮސް ޖުވައިރިޔާގެ އަތުތެރޭގައި އޮތް ލޯބި ދޮން ފުއްގަނޑެއް ފަދަ ކުއްޖާއަށް ބަލާލިއެވެ. އެ މައުސޫމް ކުއްޖާދެކެ ޖުވައިރިޔާ ރުޅިއަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ދޮރުމަތީގައި ހުރި އާރިކްގެ ދެއަތް ވަނީ މުއްކެވިފައެވެ. ޖުވައިރިޔާ އަކީ އެހާ ރަހުމުކުޑަ މީހެއް ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ޖުވައިރިޔާ ރަޝީދުއާ އިނީ ފައިސާގެ ދަހިވެތިކަމުގައިކަން އޭނާއަށް އެނގުނު ނަމަވެސް އޭނާ ހީކުރީ ފަހުން ޖުވައިރިޔާ ރަޝީދު ދެކެ ލޯބިވާ ކަމަށެވެ. ނަމަވެސް އެހެނެއް ނުވިތާއޭ އެހިތަށް އެރިއެވެ. ރަޝީދުގެ ދަރިއެއް ދެކެ ނުވި ލޯތްބެއް އޭނާ ރަޝީދު ދެކެ ވެދާނެ ހެއްޔެވެ؟ ރަޝީދު އަކީ އާރިކްގެ ދޮންބައްޕައަށް ވިޔަސް އޭނާ ރަޝީދުއަށް ހާދަ ޤަދަރެއް ކުރެއެވެ.

“ބައްޕާ ބޭބީއަށް ކިޔާނީ އަޒްކާ ދޯ؟ އަޅުގަނޑު ބޭނުމީ އަޒްކާ ކިޔަން..” އަރޫޝާ އެ ތުއްތު ފުރާނަ އުރާލަމުން ބުނެލިއެވެ. ޖުވައިރިޔާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވިކަމުގައި ވިޔަސް ރަޝީދު ހިނިތުންވެލިއެވެ.

“ބައްޕައަށް ރީތި ތި ނަން ވެސް.. އެހެންވީމަ އަޒްކާ ދޯ ކިޔާނީ؟” ރަޝީދު ލޯތްބާއެކު ބުނެލިއެވެ.

“ލޯބި ލޯބި އަޒްކާ..” އަރޫޝާ އަޒްކާގެ ކޮލަށް ބޮސްދެމުން ބުނެލިއެވެ.

ތިން ދުވަސް ފަހުން ޖުވައިރިޔާ ގެއަށް ބަދަލުކުރެވުނެވެ. އަޒްކާގެ ކަންތައްތަކުގައި ޖުވައިރިޔާ ފަރުވާކުޑަ ކުރާކަން އާރިކްއަށް އެނގެއެވެ. ވުމާއެކު ހުސްވަގުތެއް ލިބޭއިރަށް އޭނާ ހުންނަނީ އަބަދު އަޒްކާ ފެންނަ ހިސާބުގައެވެ. އަރޫޝާ ވެސް އެ ދުވަހު ހޮސްޕިޓަލުން އިވުނު ވާހަކަތައް އަޑު ނީވޭ ކަމަށް ހަދައިގެން ހުރީ އެވާހަކަ ދައްކައިފިނަމަ ޖުވައިރިޔާގެ ރުޅި ގަދަވުން ނޫންކަމެއް ނުވާނެތީއެވެ.

އޭގެ ގާތްގަނޑަކަށް ތިންމަސް ދުވަސްފަހުން އާރިކް ސްކޫލުން ގެއަށް އައިއިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އޭނާ އެންމެ ފުރަތަމަ ވެސް މިސްރާބުޖެހީ ޖުވައިރިޔާގެ ކޮޓަރިއާ ދިމާއަށެވެ. ގެއަށް އަންނަ ގޮތަށް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީ އަޒްކާގެ ސޫރަ ފެނުމުންނެވެ. އޭނާ މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ބޮޑު އެނދުމަތީގައި ބާއްވާފައި އޮތް އަޒްކާ އެ ލޮލުގައި އަޅައިގަތެވެ. ނިދާލާފައި އޮތް އިރު އެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ޖުވައިރިޔާ އޭރު ހުރީ ކޮޓަރީގެ ކުޑަދޮރު ދޮށުގައި އާރިކްއަށް ފުރަގަސްދީގެންނެވެ. ފޯނު ކަންފަތުގައި ޖަހާފައި ވީއިރު އޭނާ ދައްކަމުން ދިޔަ ވާހަކައަށް އާރިކް ސަމާލުކަން ދިނެވެ. އޭރު އޭނާ ކޮޓަރިއަށް ވަތްކަމެއް ޖުވައިރިޔާއަކަށް ނޭނގެއެވެ.

“މަ ކަލޭ ބުނި ވަރަކަށް ލާރި ދީފާނަމޭ.. އެ ކުއްޖާ ކަލޭ ގެންދޭ..” ޖުވައިރިޔާ އެހެން ބުނުމާއެކު އާރިކްއަށް ލިބިގެން ދިޔައީ ޝޮކެކެވެ. އަޒްކާ ދެކެ ކިތަންމެ ރުޅިއަޔަސް ޖުވައިރިޔާ އަޒްކާ ވިއްކާލަފާނެއެކޭ އެހިތަކަށް ދުވަހަކުވެސް ނާރައެވެ.

“މިހާރު އެއާރޕޯޓުގައިތަ ތި ހުރީ؟ އަހަރެން މިހާރު އެ ކުއްޖާ ގެންދަންވީތަ؟ އާނ އޯކޭ.. އެހެންވީމަ މި ދަނީ އިނގޭ ގަޑިއެއްހާ އިރު ތެރޭގަ..” ޖުވައިރިޔާ އެހެން ބުނެ ފޯނު ބޭއްވިއިރު އެމޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. އެންމެފަހުން އޭނާ އެ ކުޑަ ކުއްޖާގަނޑުގެ ކިބައިން ސަލާމަތްވަނީއޭ އެހިތަށް އެރިއެވެ. ނަމަވެސް އޭނާ ފަހަތަށް އެނބުރެލި ވަގުތު ދޮރުމަތީގައި ހުރި އާރިކް ފެނުމުން އެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“އާރިކް؟ ކީއްވެ އެހާ އަވަހަށް ސްކޫލުން ތިއައީ؟” ޖުވައިރިޔާ ހާސްވެފައި އަހާލިއެވެ. އަނެއްކާ އޭނާ ދެންމެ ދެއްކި ވާހަކަތައް އާރިކްއަށް އަޑުއިވުނު ހެއްޔެވެ؟

“ތީ ހަމަ މި ތުއްތު ކުއްޖާ ވިހޭ މައިމީހާބާއޭ އަހަރެންގެ ހިތަށް އަރާ!” އާރިކް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އޭނާގެ ދެއަތް މުއްކެވިފައި ވީއިރު ރުޅިއައިސްގެން އެ ހަށިގަނޑު ތުރުތުރު އަޅައެވެ.

“އާރިކް.. އަހަރެން މި ކަންތައް ކުރަނީ އަހަރެމެން ދެމީހުންގެ އުފަލަށޭ.. އަޒްކާގެ ކިބައިން ސަލާމަތް ވެވުނީމަ އަހަރެމެންނަކަށް ނީންނާނެ އެއްވެސް ހުރަހެއް.. ދެން އަރޫޝާ.. ހަހަހަ.. އެއީ ތާކު ހުރި ބޮޑު މޮޔައެއް.. އަހަރެމެން ބަލަންވީ ރަޝީދުގެ ކިބައިން ހުރިހާ މުދަލެއް އާރިކްއަށް ލިބޭތޯ.. އެހެންވީމަ..” ޖުވައިރިޔާ އައިސް އާރިކްގެ އަތުގައި ހިފައިގެން ވާހަކަދައްކަން ފެށި ނަމަވެސް އާރިކް އެއަތް ފޮޅުވާލަމުން ޖުވައިރިޔާގެ ވާހަކަ މެދުކަނޑާލިއެވެ.

“ހުއްޓާލާ! އައިވް ހޭޑް އިނަފް.. ލަދުގަނޭ ތީ އަހަރެންގެ މަންމައޭ ބުނަން.. ފައިސާ ފައިސާ ފައިސާ! އެއީ ދޯ މަންމައަށް މުހިންމު އެއްޗަކީ! އެހެން އެއްވެސް މީހެއްގެ އުފަލެއް މަންމައަކަށް މުހިންމެއް ނޫން ދޯ!” އާރިކް ބާރަކަށް ބުނެލިއެވެ. އެ ދެލޮލުން ޖުވައިރިޔާއަށްޓަކާ ފެނިގެން ދިޔައީ ނަފުރަތެވެ.

“އާރިކްއަށް އަދި ނުވިސްނެނީ.. ފަހުން އަދި ވިސްނޭނެ..” ޖުވައިރިޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަދި އަވަސް ހަރަކާތަކާއެކު އެނދުމަތީގައި ނިދާފައި އޮތް އަޒްކާ ގައިގައި ފޮތިގަނޑެއް އޮޅާލުމަށްފަހު އުރާލިއެވެ.

“ކޮންތާކަށް ތި ދަނީ އަޒްކާ ގޮވައިގެން؟؟ ނުދެވޭނެ!” އާރިކް ދެއަތް ފުޅާކޮށްލަމުން ކޮޓަރީގެ ދޮރު ބައްދާލިއެވެ.

“އަޒްކާ ތަޅުންގަނޑު މައްޗަށް ހޫރާނުލަނީސް ތަން ދައްކާ!” ޖުވައިރިޔާ ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. އެއާއެކު އާރިކްއަށް އެއްފަރާތްވާން މަޖުބޫރުވިއެވެ. އަޒްކާއަށް އެއްވެސް ގެއްލުމެއް ވާކަށް އެ ހިތެއް ނޭދެއެވެ.

“ބައްޕައަށް ގުޅާނަން! ފުލުހުންނަށްވެސް ގުޅާނަން!” ޖުވައިރިޔާ ދޮރުން ނިކުންނަން ފެށުމުން އާރިކް ގޮވާލިއެވެ. އެއާއެކު ޖުވައިރިޔާ ފަހަތަށް އެނބުރި، ނުލަފާ ގޮތަކަށް ހީލިއެވެ.

“ރަޝީދުގެ މީޓިންގް ނިމެން އަދި އެބައޮތް ތިން ގަޑިއިރު.. އެނގެއެއްނު އެއީ މީޓިންގް ގަ ހުންނައިރު ފޯނު ނަގާ މީހެއް ނޫންކަން؟ ދެން ފުލުހުންނަށް ހުށައަޅައިގެން ތިކަން ވާނެތަ؟ އަޒްކާގެ ނަން މި އާއިލާގެ ރަޖިސްޓްރީގައި ހިމެނިފައެއް ނުވާނެ..” ޖުވައިރިޔާ އެހެން ބުނެފައި ނިކުމެގެން ދިޔައެވެ. ކާރަށް އަރާ ދުއްވާލިތަން ބަލަން އާރިކް ހުރިއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. އެ ސިކުނޑި އެވަގުތު ވަނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ކުރަންވީ ނުކުރަންވީ ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ.

އާރިކް އެވަގުތު ސިކުނޑިއަށް އައި އެންމެ ރަނގަޅުވާނެހެން ހީވާ ގޮތަށް ކަންތައް ކުރިއެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން ހުޅުލޭ ފެރީޓާމިނަލްއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އޭނާ ގެންދިޔައީ ހުއްޓުމެއްނެތި ރަޝީދުގެ ފޯނަށް ގުޅަމުން ނަމަވެސް ރަޝީދު ޖަވާބެއް ނުދިނެވެ.

އާރިކްއަށް ފެރީޓާމިނަލްއަށް ދެވުނުއިރު ޖުވައިރިޔާ އަރައިގެން ހުރި ފެރީ ނައްޓާލަނީއެވެ. ވުމާއެކު އޭނާއަށް ޖެހުނީ ދެން އޮތް ފެރީ ނައްޓާލަންދެން މަޑުކުރާށެވެ.

އާރިކް އެއާރޕޯޓު ތެރެއަށް ވަދެ އެކި ކޮޅުކޮޅު ހޯދަން ފެށިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރިއިރު އޭނާއެކޭ ހަތަސްއުދަރެސް ފެނުޖެހިފައިވާ މީހެކޭ އެއްގޮތެވެ. އާރިކްއަށް ޖުވައިރިޔާ ފެނުނީ އެއާރޕޯޓު ތެރޭގައި އެނބުރޭތާ ތިރީސް ވަރަކަށް މިނެޓު ފަހުންނެވެ. އަޒްކާ އުރައިގެން ޖުވައިރިޔާ ކޮންމެވެސް މީހަކާ ވާހަކަދައްކަން ހުރިތަން ފެނުމުން އާރިކް އެތަނާ ދާދި ކައިރީގައި ހުރި ތަނބެއްގެ އަނެއްފަރާތުގައި ނިވާވެލިއެވެ. ސިއްރުސިއްރުން އޭނާ ބޯދިއްކޮށް ބަލާލި ވަގުތު ޖުވައިރިޔާ ގާތުގައި ހުރި މީހާ ފެނި އެހިތް ބިރުވެރިކަމުން ފުރިގެން އައެވެ. ކަޅުކުލައިގެ ބޮޑު ކޯޓެއް ލާފައި ހުރި އެ ފިރިހެންމީހާ ނުލާހިކު ބިޔަވެފައި ދިގެވެ. އަޅައިގެން ހުރި އަވިއައިނުގެ ސަބަބުން އެ ނުރައްކާތެރި ދެލޯ ވަނީ ފޮރުވިފައެވެ. އޭނާއަށް ލިބިގެން ވަނީ އެފްރިކާ މީހުން ހުންނަ ކަހަލަ ކަޅު ހަންގަނޑެކެވެ. އާރިކް އޭނާގެ ފޯނުން އެމީހާގެ ފޮޓޮއެއް ނަގައި ރައްކާކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނުން އެޅުނު ފްލެޝްއާއެކު ޖުވައިރިޔާ އާއި އެމީހާ އެދިމާ ބަލާލިއެވެ. އާރިކްއަށް ދެލޯ ބޮޑުކޮށްގެން އެދިމާއަށް ބަލަން ހުރެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތިޔަ ދިން އުފާ 19

Next

އަވްލީން (12ވަނަ ބައި)

Next
September 26, 2017

އަވްލީން (12ވަނަ ބައި)

Previews
September 25, 2017

ތިޔަ ދިން އުފާ 19

29 Comments!

  1. someone says:
    September 26, 2017 at 1:18 pm

    yayy. I’m first!!!

  2. Liaa says:
    September 26, 2017 at 1:19 pm

    Hii guys! Mi part ves kamudhaane kamah ummedhu kuran.. 🙂
    Thank u all for ur support 🙂
    LOves <3

    1. Liaa says:
      September 26, 2017 at 2:34 pm

      Next part on THURSDAY 🙂
      E part dhigukohleveythow try kuraanan

  3. Aysh says:
    September 26, 2017 at 1:32 pm

    WOW me first.

  4. Lam says:
    September 26, 2017 at 1:33 pm

    Salhi..waiting

  5. Xee says:
    September 26, 2017 at 1:35 pm

    Ya nice
    ❤❤❤?????????
    bt kuruhen heevey nxt part digukolaathi and kobala tha mihaaru azkaa and who is sindrella
    yumnaa divorce eh nukureytha bt fareedu yumnaa ah rangalhu vius bodu muskuhli ekey plx plx plx divorce them eyrun mama salhi vaane I hope you will divorce them waiting…… for nxt part plx avahah up kobala

  6. someone says:
    September 26, 2017 at 1:43 pm

    varah kuru mi part….

  7. sana says:
    September 26, 2017 at 1:51 pm

    WOW!NICE LIAA WHEN NEXT PART ????PLZ FAST PLZ

  8. sama says:
    September 26, 2017 at 1:54 pm

    WOW!NICE when next part fast plz

  9. Girll says:
    September 26, 2017 at 1:54 pm

    So cindrella ei azka. Lol. And aarik wants revenge from that nubai guy. And aarik and repunzel dhw. Loabi.

  10. seenko says:
    September 26, 2017 at 1:56 pm

    Wow nice nice

  11. Xxxx says:
    September 26, 2017 at 2:01 pm

    Wooooowww..v.interesting.
    . waiting 4 next part????????

  12. Hafeez says:
    September 26, 2017 at 2:04 pm

    Varah Salhi ekamaku kuruhen heevanii.

  13. azeen says:
    September 26, 2017 at 2:09 pm

    alhey v reethi

  14. Love says:
    September 26, 2017 at 2:11 pm

    Mi part ves v reethi. Ekam maa kureee

  15. asli says:
    September 26, 2017 at 3:35 pm

    varah reethi :*

  16. Story lover says:
    September 26, 2017 at 5:09 pm

    Varah varah salhi???

  17. Aisha says:
    September 26, 2017 at 10:49 pm

    Alhey animuny,,,wow mi vaahaka varn reethi…liaa next ep varan dhigukon ganesh dheythi…,wait 4 nex eo..

  18. Adha? says:
    September 27, 2017 at 11:59 am

    Hama superb❤❤❤❤

  19. fathun says:
    September 27, 2017 at 12:35 pm

    V reethi?????

  20. ? says:
    September 29, 2017 at 7:13 am

    Whn next haadha lahey

  21. Malsha says:
    September 29, 2017 at 9:04 am

    Thursday ga up kuraanemey kiyaafa Kobaa? ?? Avas kohbala. …….

  22. Hafeez says:
    September 29, 2017 at 12:14 pm

    Liaa ge sakaraaiy thankolhakee mi ee hama ekani. Lahun up kohdhinun.

  23. Asli says:
    September 29, 2017 at 12:47 pm

    Thursday is gone still no update ?? please story up kohba avaha

  24. Nathu says:
    September 29, 2017 at 12:50 pm

    When is the next part… plx plx avahha up kohdheeba liaaa….mibaar kiyaa hithun hurevenii eh noon…???
    Waiting waiting

  25. sana says:
    September 29, 2017 at 6:45 pm

    Kobaatha? liaa you told Thursday. But you not update.sad.

  26. sama says:
    September 29, 2017 at 6:46 pm

    Kobaatha?

  27. seenko says:
    September 29, 2017 at 6:52 pm

    Kobaatha?sad??

  28. Liaa says:
    September 29, 2017 at 9:16 pm

    މިރޭ އަޕްކޮށްލަ ދޭނަން.. އިންޓަރނެޓު މައްސަލެއް ދިމާވެގެން ލަސްވީ.. 🙁

Comments are closed.


All Right Reserved!