ވެހެމުންދާ ވިއްސާރައިގެ ތެރޭގައި ހިނާ އޭނާގެ ކުޑަ ކުޑަ ދެކުދިން ގޮވައިގެން ބ. ކަމަދޫއިން ފުރައިގެން ދަތުރުފެށީ ލ.ފުނަދޫ އަށެވެ. ހިނާގެ އުނގުތެރޭގައި އޮތް 2 އަހަރުގެ އިރާ ރޮއެ ރޮއެ އޮތް އިރު 6 އަހަރުގެ ރަމްލާ އިނީ ހިނާ ގައިގައި ލެގިގެން ކަހަލަ ގޮތަކަށެވެ. ކަނޑުގެ ބިޔަ ރާޅުތަށް ނަގައި ދޯނިމައްޗަށް ބިންނަމުން ދިޔައިރު ހިނާގެ ހިތުގައި ވަނީ ބިރުވެރިކަމާއި ހާސްކަމެވެ. އެބޯވާރޭތެރޭގައިވެސް ކުޑަ ކުޑަ ރަމްލާގެ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުން އޭރުވެސް ލޭ އާދެއެވެ. އިންތިޒާރު ކޮށްލައްވާ……..
އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްލުމަށް ފަހު ނަސީރު އެތަނުން ނިކުތުމުގެ ކުރިން ކަތީބު ހަސަނުގެ ޚިޔާލެއްވެސް ބޭނުންވިއެވެ. ކަތީބުހަސަނަކީ ގާތް ރައްޓެއްސަކަށް ވެފައި މިއަދު ހެނދުނު ދެމީހުން ގެ ދެމެދު ލައްކަވާހަކަ ދެކެވިފައި ވުމާއެކު މިހާރު ދެމީހުން ގެ ދެމެދު އިހުނަށްވުރެ ގާތްކަމެއް ވަނީ އުފެދިފައި ވެއެވެ. “އަހަރެން ހިތައް އަރަނީ ސުލައިމާނު ގަބޫލުވާނެ ބާއޭ، އެއީދޯ ގޮއްޔެ ގެ ހުރިމީހަކީ …އޭނަ ބޭނުން ނޫންކަމެއް ގޮއްޔެ ނުކުރާނެ.” ކުޑަކޮށް ބޯކަހާލަމުން ނަސީރު ބުނެލިއެވެ. ” ދެން ގޮއްޔެވެސް އެއީ ކުޑަކުއްޖެއްނޫނެއްނުންތަ. މީހެއްގެ ރުހުމެއް މިހާރަކު ހޯދާކަށް ނުޖެހޭނެ އޭނައެއް. ދަރިންވެސް މަންމަ ބޭނުންގޮތެއް ނިންމުމުގެ އިހުތިޔާރު ދޭންވާނެ. ކިތައްމެ ބޮޑުވިޔަސް މަންމަގެ ދިރިއުޅުމަކާ ދަރިންނަކާ ނުބެހެވޭނެ. ” ހަސަން ކަތީބު ބުނުއްވީވެސް ދޮގުވާހަކައެއްނޫން ތާއެވެ. ނަސީރުވިސްނާލިއެެވެ. “އެހެންވިއްޔާ ދެން މިހެން ހަދާބަލަ، ޅިޔަނު އަންނާނެ އިރުކޮޅަކުން އާދަނު ގޮވައިގެން، އައީމަ މަ ފޮނުވަފާނަން އެމީހުން ސުލައިމާނުކައިރިއަށް، ދެން އެބުނާ އެއްޗަކުން އެމީހުނަށް ގޮއްޔެހޯދަން ދެވޭންނުން” އަނެއްކާވެސް ހަސަން ކަތީބުގެ މޮޅު ޚިޔާލު ތަކުގެ ތެރެއިން ޚިޔާލެއްދިނެވެ. އަދި އެކަމާވެސް ސުލައިމާނު އެއްބަސްވެ ބޯޖަހާލިއެވެ. “އެންމެ ރަގަޅު، އަޅެ ތިޔަހެންވޭތޯ ބަލާދީބަލަ. މައްސަލައަކީ މިރޭ ފުރާތީދޯ” ވަރަށް ކަރު އެލުވާލާފައި އެހެން ބުނުމުން ހަސަނުކަތީބު ގާތައްވެސް ހިނއައެވެ. “އާނނ އާނނ މިފަހަރުވެސް ގެއްލިދާނެދޯ، “ކުޑަކޮށް ދިމާކޮށްލުމަކާއެކު ހަސަން ކަތީބު އެހެން ބުނެލިއެވެ. އަދި ނަސީރުގެ މިލާފައިވާ މޫނު ފެނިގެން ހިތްވަރު ދޭ ރާގަކަށް ބުނެލިއެވެ. “އެހެންވިޔަކަ ނުދޭނަން މިފަހަރަކު، މިފަހަރު ނަސީރަށް ތިޔަކަންކޮށްދޭނަން މަ މިމޭޒުދޮށުގަ މިހެން އިނިއްޔާ ތިޔަކަން ވާނެ، ޔަގީންކުރޭ ނަސީރޫ، މަ ތިޔަކަން ކޮށްދޭނަން” ދެ އެކުވެރިންގެ ސައްލާ ނިންމާލާފައި ނަސީރު ހިގައި ގަތީ ގޭދޮށަށެވެ. ނަސީރު އެރަށުގައި ހުރީވިއްޔާ […]
ޚިޔާލު ތަކަކަށް ގެއްލިފައި އަހަންނަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަވަސް ފިޔަވަޅު ތަކެއް ނަގަމުން ކުރިއަށް ހިނގައިގަތީ ގަޑި ޖެހިގެން އޮފީހަށް ދިއުމަކީ އަހަރެން ކުއްލި ޙާލަތެއް ދިމާވެގެން ނޫނީ ދުވަހަކުވެސް ކޮށްފައިވާ އަދި ކުރާހިތްވާ ކަމެއް ނޫންވީމައެވެ. ރީތިވާ މޭޒު ދޮށުގައި ހުއްޓިލައިގެން ހުރިއިރު އަހަރެން އަމިއްލަ ސޫރައަށް ފުންކޮށް ނަޒަރު ހިންގާލީމެވެ. ޅަދޮން އަންހެންކުދިން އެއްއިރެއްގައި ފިދާވި ރަންކުލައާއި ރަތްކުލައިގައިވީ ބޯ ފަން އިސްތަށިގަނޑު ކޮޅަށް ޖެހުމުގެ ބަދަލުގައި ފެންނަނީ ބޮލުގެ […]
އަލްޔާ އައުމުން ވަރަށް ބަނޑުހައި ވެއްޖެކަމަށް ބުނެ ހިނގާގަތީ ބަދިގެއާ ދިމާށެވެ. ސައުދުއާ އަފީފާއާ ދެމީހުން ވެސް ވިނާންގެ ފަހަތުން ވަނީ ބަދިގެއަށެވެ. އަލްޔާ ވެސް ރަކި ކޮއްޓަމުން އެމީހުންގެ ފަހަތުން އައިސް ސައިބޯން ފެށިއެވެ. ދަތުރުގެ ވާހަކަޔާ މީޓިންއަށް ފަހު އެމީހުންގެ ކުންފުންޏަށް ލިބޭނެ ކުރި އެރުމާ އެކަހަލަ އެތައް ވާހަކަ ދެއްކުމަށް ފަހު ގަޑި ޖެހެނީ ކަމަށް ބުނެ އެއްމެންނާ ސަލާން ކުރުމަށް ފަހު ވިނާން ތެދުވެގެން ހިނގައްޖެއެވެ. ވިނާން ނިކުމެގެން ދިއުމުން އަފީފާއަށް […]
“އައި.ލަވް.ޔޫ” އެތެރެއަށް ވަންނަން ހިނގައިގަތް ޝިއުރީގެ އަތުގައި ހިފާލަމުން މިޝަލްގެ ދުލުން، މި ތިން ލަފުޒު އިއްވާލިއެވެ. އިވިގެން ދިޔަ ބަސްތަކުން، ހައިރާންވީވަރުން، ޝިއުރީ ހުރީ ފަސްއެނބުރި ބަލައިލާންވެސް ނޭނގިފައެވެ. އެއީ މިޝަލްގެ ދުލުން ދުވަހަކުވެސް އޭނާއަށްޓަކައި އިވިދާނެކަމަށް ހީކުރެވިފައިވާ ލަފުޒުތަކެއް ނޫނެވެ. ޝިއުރީގެ ފަރާތުން އިޝާރާތެއް ނުވުމުން، މިޝަލް، ޝިއުރީގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ. މިޝަލްގެ މި ޙަރަކާތުން ޝިއުރީއަށް ހަމެހޭވެރިކަންވުމުން، އޭނާ ފަސްއެނބުރި ބަލާލިއެވެ. މިޝަލްގެ މޫނަށް، ޝިއުރީ ބަލަމުން ދިޔައީ ދެންމެ އިވިގެން […]
ދޮރު ހުޅުވާލުމާއެކު އީލާމް ދޮރު ހުޅުވުނު ދިމާލަށް ހައިރާން ކަމާއެކު ބަލާލިއެވެ. އަބީ ހާސްވެ ހުރެ ކޮޓަރި ތެރެއަށް ވަނީ އީލާމް ކަންތައްކުރާނެ ގޮތް ނޭނގޭތީއެވެ. އީލާމް އަބީއަށް ހިނިތުންވުމެއް ދިނީ ދެމީހުން އެކަކު އަނެކަކަށް އިނގޭ ފަދައިންނެވެ. އަބީ އީލާމް އޮތް އެނދު ކައިރީ ވާ ގޮނޑީގައި އިށީނދެލުމަށްފަހު ” ހައު އާރ ޔޫ ފީލިންގް ޑިއަރ” އީލާމް ރަނގަޅޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނެއްކާވެސް އަބީ އިތުރު ސުވާލަކުން އީލާމް ސިއްސުވާލިއެވެ. ” […]
“ރުޅި އައިމަ ވަރަށް ލޯބި” ޝައިމް މަލަކާގެ ނޭފަތުގައި ހިފާލަމުން ބުނެލީ މަޖާވެލާފައެވެ. އެޔާއެކު މަލަކާ ވެސް ބަދަލުގައި އަނެއްކާވެސް އައިސިންގެ ހަމަލާއެއް ޝައިމްއަށް ދިނެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ފަސޭހައިން ކާމިޔާބު ލިބޭތީ މަލަކާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މަލަކާ ހިނިތުންވެފައި ހުރި ތަން ފެނި ޝައިމްއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހިނިތުންވުން ދެކިލުމަށް ޝައިމް ހުރީ ގުރުބާން ވާން ތައްޔާރަށް ކަން މަލަކާއަށް އެނގޭނެ ނަމައެވެ. “މަލަކާ” ދެމީހުންގެ ރުޅިވެރިކަން ސަކަރާތުން އެކަކު […]
(ދެވަނަބައި) އޮފީހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން އަހަންނަށް މަރުހަބާކިއެވެ.ފުރުން އޮތީ ދެދުވަސްފަހުންނެވެ. އަހަރެން ހުރީ ލަސްވެފައެވެ. އުލްވާންއާއި ޝައްފަވެސް މަރުހަބާކިޔެވެ. އެދެމީހުން އެކީ ފެނުމުން އަހަރެންގެ ހިތައް އުނދަގޫވިނަމަވެސް އެކަން މާބޮޑު ކަމަކަށް އަހަންނެއްނުހަދަމެވެ. ” ތިފުރުސަތު ގައިމު މަށަށް ލިބުނުނަމަ ދޯ؟.. ޗެއަރމަން ދެން ނުގެންދާނެތާދޯ މަށެއް. އޭނަވެސް ބޭނުންވާނެ ދޮން ރީތި އަންހެން ކުއްޖެއް ގޮވައިގެންދާން. އެކަމަކު މަ ބުނަންތަ ވާހަކައެއް. ގޮސްފައި އަންނަ އިރު އަންނާނީ އިތުރު މީހެއް ގޮވައިގެންނެއްނޫން” އޮއްސެމުން ދިޔަ […]
“އަޅުގަނޑުގެ އާއިލާ މީހެއްތޯ؟ އަޅުގަނޑު ރަށުމީހެއްތޯ؟ ހަމަ އެސިކުންތުގައި މޫނު މަށްޗައް އުފާވެރިކަން ގެންނަމުން ބީނިޝް އިކްޒާގެ އަތުގައި ހިފާލުމަށްފަހު އަވަސް އަވަހަށް އަހައިލިއެވެ.” އެއަޑުގައިވި ޖޯޝާއި ފޯރި އިހުސާސްވެ، އެތަނުގައި ތިބި ދެ ފުލުހުންނަށްވެސް ތިބެވުނީ ބީނިޝް އާއި ދިމާލަށް ބަލަހަށްޓައިގެންނެވެ. “ނޫން، އާއިލާމީހެއްނޫން. ނޫސްވެރިއެއް. ބީނިޝްގެ އިންޓަރވިއުއެއް ނަގަން ބޭނުންވާތީ” ތަނަށްވެރިވެފައިވާ ހިމޭންކަން ކަނޑުވާލަމުން ނިޔާޒް ބުނެލިއެވެ. ނިޔާޒްގެ މިޖުމްލައާއެކު އުފާވެރިކަން ފާޅުވަމުންދިޔަ، ބީނިޝްގެ މޫނުމަތި މިލާމޯޅިވެ މޫނުމަތީގައި ހިތާމަވެރިކަމުގެ ކުލަވަރު ފާޅުވެގެންދިޔައެވެ. “އަޅުގަނޑުރެޑީ ވާނަން.” އިސްޖަހާލުމަށްފަހު ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް އަތުގެ ބޮޑުވައި އިގިލިން ފުހެލަމުން ބީނިޝް ބުނެލިއެވެ. އިކްޒާވެސް ހިނިތުންވުމާއެކު ބީނިޝްގެ ބޮލުގައި ފިރުމާލުމަށްފަހު ނިޔާޒް އާއި އެކު އެތަނުން ނިކުތުމަށް ހިނގައިގަތެވެ. ***************** މާލޭގެ ހަލަބޮލިވެފައިވާ މަގުމަށްޗައް ނަޒަރު ހުއްޓައިލައިގެންހުރެ ދުއްވަމުން ދާހާ ކާރަކަށް، މަހާ އަތްނަގަމުން ދިޔައީ ފުރަން ހަމަޖެހިފައިވާ ގަނޑިޔަށް ޖެޓީއަށް ނުދެވިދާނެތީއެވެ. އޭރު އޭނާގެ ކޮއްކޮ ޖައިޝާންވެސް މަހާއަށް އެހީވުމުގެ ގޮތުން ދިއައީ ކާރެއް ލިބޭތޯ ބަލަމުންނެވެ. “އަޅެ މިދެން ކިހާދެރަކަމެއ،ް އަވަހަށް ތާކައް ދާންއުޅެންޏަ ކާރެއްވެސް ނުލިބޭނެ.” ފޫހިކަން އެކުލެވޭ ރާގަކަށް ޖައިޝާންއަށް ބަލާލަމުން މަހާ ޝަކުވާއެއް ކޮށްލިއެވެ. މަހާގެ ބަހަށް ރައްދެއްނުދީ ޖައިޝާން ހީލަހީލާ ހުރީ އެއީ އޭނާގެ ދައްތަގެ އާދައެއް ކަމަށް ވާތީއެވެ. ހަމައެވަގުތު އެތަނަށް މަޑުކޮށްލި ކާރެއް ހުއްޓުވާ އެއަށް އެރުމަށްފަހު މަހާ އެނާގެ މަންޒިލަށް ދިއުމަށް ދަތުރުފެށިއެވެ. ***************** ކުރު ދަތުރަކަށްފަހު މާފުށީ ބަދަރާ ގާތްކުރި ލޯންޗުން ފަޅުވެރިއެންގެ އެހީގައި އެންމެ ފުރަތަމަވެސް ފޭބި މީހަކަށް ވާނީ މަހާއެވެ. ރަށުގެ ފަސްގަޑުގައި ފައިޖެހުމާއެކު ލޮލުގައިވާ އަވިއައިނު ނަގަމުން ދެކޮޅު ހޯދާބަލާލީ އޭނާގެ އެކުވެރި ނިޔާޒް ފެނޭތޯއެވެ. އެވަގުތު މަހާގެ މޫނު މަށްޗައް ހިނިތުންވުމެއް ވެރިވީ ނިޔާޒް އޭނާގެ ކައިރިއަށް އަންނަތަން ފެނުމުންނެވެ. “ކޮބާ ދަތުރު ކިހިނެއް؟” މަހާގެ ކުރިމަށްޗަށް ހުއްޓުމަށްފަހު ސަލާމަށް އަތްދިއްކޮށްލަމުން ނިޔާޒް ސުވާލުކޮށްލިއެވެ. “ހަމަ ވަރަށް ބަރާބަރު” މަހާވެސް ހިނިތުންވުމާއެކު ސަލާމް ބަލައިގަތުމަށްފަހު ނިޔާޒްގެ ސުވާލަށް ޖަވާބުދެމުން ކުރިޔަށް ހިނގައިގަތީތަންކޮޅެއް ދުރުގައި ޕާކް ކޮށްފައި އޮތް ވެހިކަލަށް އެރުމަށް ޓަކައެވެ. މާފުށީ ޖަލަށް ވަދެވުމާއެކު ނިންމަންޖެހޭ ހުރިހާކަމެއް ނިމްމުމަށްފަހު މަހާ ނިޔާޒް އާއިއެކު ހިނގަމުންދިޔައީ ބީނިޝް ބަހައްޓާފަހުރިކޮޓަރިއާ ދިމާލަށެވެ. ކުޑަތަންކޮޅަކަށް ހިނގުމަށްފަހު ނިޔާޒް ގޮސް ހުއްޓެލީ އާދައިގެ ދޮރެއްގެ ކުރިމަށްޗަށެވެ. އަދި ދޮރުހުޅުވާލުމަށްފުއެތްކައިރިއަކަށް ޖެހެލީ މަހާ ވަނުމަށް ތަންދެއްކުމަށްޓަކައެވެ. އެތަނަށް ވަނުމައްޓަކާ މަހާ ނަގަމުންދިޔަ ފިޔަވަޅުމަތީ ހުއްޓެލީ ކުރިމަތީ ފެންނަންހުރި ފުރިހަމަކަން ފެނިފައެވެ. މަހާ އާއި 6 ފޫޓެއްހާ ދުރުގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެންއިން އަންހެންކުއްޖާ އަކީ ޤާތިލެކޭބުނަން މަހާގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ. ކަޅުބުރުގަލުގެ ތެރެއިން ފެންނަންހުރި މޫނުމަތީގައިވަނީ މައުސޫމް ކަމާއި ސާދާކަމެވެ. ލައިފައި ހުރި ބޮޑުހެދުމުގެތެރެއިން ފާޅުވަމުންދިޔަ ކުޑަ ހަށިގަނޑައް ބަލާލާފައި އެއީ 26 އަހަރަށްދާ ކުއްޖެކޭ މީހަކު ނުބުނާނެއެވެ. “ޤަބޫލެއް ނުކުރެވޭ ދޯ؟” ބަސްހުއްޓިފައި ބީނިޝްއަށް ބަލަމުންދިޔަ މަހާއަށް ހޭވެރިކަމެއްވީ ނިޔާޒް ސުވާލުކޮށްލުމުންނެވެ. “ހޫމްމް.. ޤަބޫލް ނުކުރެވިފަ މިހުންނަނީ. ހިތަށްއަރާ ﷲގެ ކުޅަދުންވަންތަ ކަމާއޭ، ނިޔާ ފޯނުން ގުޅާފަ ސިފަކޮށްދިން ވަރަށްވުރެއް ވެސް މާފުރިހަމަ.” ބީނިޝް ކައިރިއަށް ދިއުމަށްޓަކާ ފިޔަވަޅު އަޅާލަމުން މަހާ ނިޔާޒް ކޮށްލި ސުވާލަށް ޖަވާބުދިނެވެ. “އައްސަލާމްޢަލައިކުމް، އަޅުގަނޑުމީ ޢައިޝަތު މަހާ، އަވަސް ނިޔުސްގެ ފަރާތުން” ބީނިޝް ކައިރިއަށް ހުއްޓިލުމައްފަހު ސަލާމް އަށް އަތް ދިއްކޮށްލަމުން މަހާ އަމިއްލައަށް ތަޢާރަފްވެލިއެވެ. ހިނިތިންވުމަކާއެކު މަހާގެ ސަލާމް ބަލައިގަންނަމުން ބީނިޝް އެއްކައިރީިހުރި ގޮނޑިއަކަށް އިޝާރަތް ކޮށްލީ މަހާ އިށީންނުމައް ތަންދެއްކުމަށްޓަކައެވެ. “ބީނިޝް ދޯ؟ އިންޓަރވިއު އަށް ރެޑީ ތޯ؟” ވާހަކަދެއްކުމުގެ ގޮތުން މަހާ ބީނިޝް ކައިރީ އަހައިލިއެވެ. “ލައްބަ، އަޅުގަނޑު ރެޑީ، އެކަމު ޝަރުތެއްގެމަތިން” މަހާގެ ސުވާލަށް ބޯޖަހަލަމުން ބީނިޝް ސަމާސާ ރާގަކަށް ބުނެލިއެވެ. ބީނިޝްމިހެން ބުނުމާއެކު ހައިރާންކަން އެކުލެވޭ ގޮތަކަށް މަހާ ނިތް އަރުވާލީ ކޮން ޝަރުތެއްތޯ އަހާލާފަދަ ގޮތަކަށެވެ. “އަޅުގަނޑާ ތިހާ ރަސްމީކޮށް ވާހަކަ ނުދައްކާ ފެރެންޑެއް ގޮތަށް ވާހަކަދައްކަން ބޭނުންވަނީ” “އޯ…. އެންމެ ރަގަނޅު، އެހެންވީމަ ބީނިޝް ވެސް ޖެހޭނީ އެގޮތަށް ވާހަކަ ދައްކަން އިގޭ” ބީނިޝްގެ ޝަރުތަކީ ކޮބައިކަން އިގި ހިނިއައިއްސަ ހުރެ މަހާ ބުނެލިއެވެ. “އެހެންވީމަ ފަށަމާ ހިނގަދޯ… އަސްލު ބީނިޝްގެ އިންޓަރވިއު އެއްނަގަން މަހާމެންގެ ޓީމްއިން ނިންމީ ބީނިޝް މިތާ އުޅޭ ގޮތުގެވާހަކަ އަޑުއަހާފަ ބިނިޝްގެ ވާހަކަ އިގެން ބޭނުން ވާތީވެ. މަހާ އެންމެ ފުރަތަމަވެސް އިގެން ބޭނުންވަނީ ބީނިޝް އަތުގަ ތިވާ ފޮތާބެހޭ ގުތުން، ތީކޮން ފޮތެއްތަ؟” ބީނިޝްގެ މޭގައި ޖައްސާލައިގެންއިން ފޮތާ ބެހޭ ގޮތުން ސުވާލު އުފެދިފައިހުރެ މަހާ އަހައިލިއެވެ. މަހާގެ ސުވާލާއެކު ބީނިޝް މޭގައި ޖައްސާލައިގެން އިން ފޮތް ތިރިކޮށްލާ ޑޫޑުލް އާރޓްގެ ފުރިހަމަ ޑިޒައިނަކުން ފަރުމާކޮށްފައިވާ ފޮތުގައި ފިރުމާލި ގޮތުންވެސް އެއީ ބީނިޝް އަށް ވަރަށް ޙާއްސަ ފޮތެއްކަން އެތާތިބި ދެމީހުންނަށްވެސް އިގިގެން ދިޔައެވެ. “މީ މިހާރު ނީޝްގެ ދުނިޔެ، ނީޝްގެ ދިރިއުޅުން، މިފޮތުގައިވަނީ ނީޝް ދެކެ މިދުނިޔެމަތިންވެސް އެންމެ ލޯބިވި ދެމީހުންގެ ހަދާންތައް.” ލޮއިބާއެކު ފޮތުގައި ފިރިމާލަމުން ބީނިޝް އެހެން ބުނެލީ އަސަރާއެކުއެވެ. ފޮތައް ނަޒަރުހުއްޓާލައިގެން ހުރި މަހާ އަށް ބީނިޝް ހުޅުވާލި ފޮތުތެރެއިން އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ13،14 އަހަރަށްދާ އަންހިންކުއްޖަކު ވަރަށް ލޯބިން މީހެއްގެ ކަރުގައި ބައްދައިލައިގެން ހުރެ ނަގާފައިވާ ފޮޓޮއެކުވެ. އެފޮޓޯއައް ބަލާލުމުން ވެސް އެދެމީހުން ދެމެދުގައިވާލޯބި ހާމަވެގެންދެއެވެ. މަހާއަށް ބީނިޝް އާއި ދިމާލަށް ބަލާލެވުނީ ތަސްވީރުން ފެންނަމުން ދިޔަ ކުއްޖާ ބީނިޝްއާ ވައްތަރުކަމުންނެވެ. “މީ ނީޝްގެ ބައްޕަ، ދެން މީ ނީޝް.” ފޮތުގައިވާ ތަސްވީރުގައި އިގިލި ޖައްސާލަމުން ބީނިޝް ބުނެލިއެވެ. “ނީޝް ހަދާން ހުންނަން ފެށީން ސުރެއްވެސް އުޅެމުންއައީ މާލޭގައި. އެކަމް މަންމަ އާއި ބައްޕަ އަކީ ރާއްޖެތެރޭ ދެމީހުން. ނީޝްގެ ކުޑަ އާއިލާ އާއިއެކު ނީޝް ދިރިއުޅެމުން އައީ ވަރަށް އުފަލުން. އާއިލާގައި ތިބޭނީ މަންމަ އާއި ބައްޕަ އާއި ދޮންތަ އާއި ދެން ނީޝް. ނީޝްގެ ހުންނާނީ ވަރަށް ސަކަ މިޒާޖެއް. އެހެންވީމަ ނީޝް އަށް ރައްޓިހިން ހޯދާކަށް އުދަގުލެއް ނޫން. ނީޝްއަށް ސާދަ އަހަރު ވަންދެން އުޅުނީ އުފަލާ މަޖަލު ވަރަށް އެކުވެރި މާހައުލެއްގަ، އެންމެންގެވެސް ލޯބި ލިބިގެން. ނުލިބި ހުރީ ހަމައެކަނި މަންމަގެ ލޯބި. އަބަދުވެސް މަންމަ ހުންނާނީ ނީޝް ދެކެ ނުރުހިފަ. ހުރިހާ ކަމެއް ކޮށްދޭނީވެސް ދޮންތަ އަށް. އެކަމް އޭރު އެކަން ނީޝްބޮޑުކަމަކަށް ނުހަދަން. އެހާ ދެރައެއްވެސް ނުވޭ. އެއީ އެއަށް ވުރެއް ބޮޑަށް ދޮންތަގެ ލޯބި ލިބޭ. ބައްޕަގެ ލޯބި އިންތިހާއަށް ލިބޭ. ބައްޕަގެ ދުނިޔެއަކީ އަހަރެން ކަހަލަ. ނީޝްގެ ހުރިހާ ކަމެއް ކޮށްދެމުން އައީ ބައްޕަ. ބޮލުގަ ފުނާއެޅުމުން ކެއުމާ ހަމައަށް، އިސްކޫލް އަށް ގެންދިއުމާ ފިލާވަޅުތަށް ހަދައިދީ ނިދުމާ ހަމައަށް ހުރިހާ ކަމެއް ކޮށްދޭނީ ބައްޕަ. ބައްޕަ ނީޝްއަށް ދުނިޔެ އަކީ ކޮންކަހަލަ ތަނެއްކަން ބުނެދިން. ހެވާ ނުބައި ވަކިކޮށްދީ ކެތް ތެރިކަމާއެކު ދުނިޔޭގަ އުޅޭނެގޮތް ދަސް ކޮށްދިން. ބައްޕަގެ ވަޒީފާގެ ގޮތުން ފަހުން ފަހުން އައިސް ބައްޕަ ގިނައިން ރާއްޖޭން ބޭރަށް ދާންޖެހުނު. އެދުވަސްތަކުގަ ނީޝްގެ ކަންތަށްތަށް ކޮށްދޭނީ ދޮންތަ. ބައްޕަ ނީޝްދެކެ ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް ދޮންތަ އާއި ދެމީހުންގެދެމެދުގަ ތަފާތު ކަމެއް ނުގެންގުޅޭ. އެހެންވެ އޭރުގަ ދޮންތަވެސް ވަރަށް ލޯބި ވާނެ. ނީޝްގެ ކަންތަށްތައް ކޮށްދޭނީ ބައްޕަވެސް […]