Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 އެއްތިރީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 25, 2017 9 Mins Read
21 Comments

“ކީކޭ! އަހަރެން ހަމަ ޚައިރާންވެއްޖެ. ވިކްޔަން ކޮން ވައްތަރަށް ތިއުޅެނީ. ދެމީހުން ރައްޓެހިވެގެން އުޅެފަ އެގުޅުން ކައިވެންޏާއި ހަމައަށް ދިޔަ ފަހުންތަ ލޯބިނުވާކަން އެނގުނީ. ވިކްޔަން އަށް ތިހެން ބުނެލަން ފަސޭހަޔަސް ވިސްނާލިންތަ އަނކާގެ ހިތް ކަން ހަލާކު އެކުރެވުނީ” މައިސަރާ ހިތްހަމނުޖެހިފައި ވާހަކަދެއްކިއެވެ. އަޑުގައި ހަރުކަށި ކަމެއް ވިޔަސް ވާހަކަދެއްކީ މަޑުންނެވެ.

“މަންމާޤ ސޮރީ. އަޅުގަނޑު ނިހާ އާއި ރައްޓެހި ނުވަން. އަޅުގަނޑަށް މަންމަ އަށް މިކަން ސިއްރުކުރެވުނީ. އަޅުގަނޑު ޑްރާމާއެއް ކުޅުނީ ހީން ކުރިމަތީގައި. އަޅުގަނޑަށް މިކުރެވުނީ ގޯސްކަމެއް ކަން އެނގޭ. އެކަމު ނިހާ އަށް ވެސް އެނގޭނެ ފުރަތަމަ ފެށުނު އިރު ވެސް މީ ޑްރާމާއެއްކަން” ވިކްޔަން ދެއްކި ވާހަކަތަކުން މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އޭނާގެ ދަރިފުޅު އެކުރީ އޭނާގެ ހިތަށް ވެސް ނާރާވަރުގެ ކަމެކެވެ.

**************************************************************************************

“ދެން ހުއްޓާލާ. ހަބަރުދާރު. އަންހެންކުއްޖެއްގެ އިޙުޞާސްތަކާއި ކުޅެލިއިރު ހަމަ އެކައްޗެއް ވެސް ތިހިތަކަށް ނާރާތަ؟ އަހަރެންގެ ދަރިއެއް ކަމަކު ވިކްޔަން ތިކުރި ކަންތަކަށް ފަހަރެއްގައި ވެސް އަހަރެން އެއްބާރުލުމެއް ނުދޭނަން. ނިހާގެ ދެލޮލުން އަހަރެން ދުށިން ވިކްޔަންއަށްޓަކައި ވި ލޯބި” މައިސަރާ ވާހަކަދައްކަމުންދާއިރު ވިިކްޔަން ކުށްވެރިއެއް ފަދައިން މައިސަރާ ކުރިމަތީގައި އިސްޖަހާލައިގެން ހުއްޓެވެ. އޭނާ އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން ހިމޭންކަން އިޙްތިޔާރުކޮށްގެން ހުރީއެވެ. އެހެނީ އޭނާ އަށް ކުރެވުނީ ކުށެއް ކަން އެހެންމީހަކު ކޮންމެހެން ހަނދާންކޮށްދޭކަށް ނުޖެހެއެވެ.

“ކާކަށް ތި އިންތިޒާރުކުރަނީ. ބަލަ ރަޔާހީން އެއީ ވިކްޔަންގެ ފަހަރިއެއް. އެއީ އިރުފާން ކޮއްކޮގެ އަންހެނުން. އެއީ ދުވަހަކު ވެސް ވިކްޔަން އަށް ލިބޭނެ އެއްޗެއް ނޫން. ވިކީގެ ލޯތްބަށް ޤަދަރު ނުކުރި ލޯތްބަކަށްތަ ތި އެދެނީ”  މައިސަރާ އެވަގުތަށް ވާހަކަދެއްކުން މަޑުޖައްސާލީ ސްކޫލް ޔުނީފޯމުގައި އައިސް ހުއްޓުނު މަހާ ފެނުމުންނެވެ. ދޮންބެ އާއި މަންމަ ސީރިއަސް ވާހަކަތަކެއްގައި ހުރިކަން އެނގުމުން މަހާ އަލުން ގޮސް ވަނީ ކޮޓަރިއަށެވެ.

“ބުނަން ވިކީ. އަހަރެން މީ ދުވަހަކު ވެސް ވިކީ އަށް އެއްވެސް ކަމަކަށް މަޖްބޫރު ކުރި މީހެއް ނޫން. އެކަމަކު މިއަދު ވިކީގެ ތި މުޑުދާރު އަމަލުން އަހަރެން މި ނިންމުން ނިންމަން ޖެހުނީ. ވިކީގެ ކައިވެނި ކުރެވޭނީ ނިހާ އާއި. މިއީ އަހަރެންގެ ނިންމުން. ވިކްޔަން އަހަރެމެންގެ ދެމަފިރިން ލޮލުގައި އަނދުން އަޅުވައިގެން މިހުރިހާ ދުވަހު ތިގެންގުޅުނީ. ހީކޮށްލާ ތިކުރެވުނު ކުށަށް މިއަދަބު ފުދެއޭ” މައިސަރާ ބަދިގެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ވިކްޔަން ހުރީ ޤަބޫލުނުކުރެވިފައެވެ. މޫނުމަތީގައި ދެއަތް ހިންގާލާ ވިސްނުމަކަށް ގެއްލުނީ ދާދި މަދު އިރުކޮޅެެއްގެ ތެރޭގައެވެ. ދުނިޔެ އޭނާ އަށ މިދައްކަނީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ؟ އެއްކޮޅުން މަންމަ އެވެ. އެއީ އަމިއްލަ ލެއިން ކާންދީގެން މިދުނިޔެއަށް އޭނާ އުފަންކޮށް ތުއްތު ކުއްޖަކުން ޅަ ކުއްޖަކަށް ހަދާ ޒުވާނަކުން ހަރުދަނާ ޒިއްމާދާރު ދަރިއަކަށް ހެދި ލޯބިވާ މަންމައެވެ. އަނެއްކޮޅުން އޭނާގެ ލޯބިވާ ފަރާތެވެ. އޭނާގެ ހިތް ރޮށްވާލާފައި ވިޔަސް އަދި މިހާތަނަށް ހަނދާނުން ފިލުވާލެވިފައި ނުވާ ލޯތްބެވެ. ވިކްޔަން ބޮލުގައި އިންތިހާ އަށް ރިހެން ފެށިއެވެ. އިންތަނުން ކޮޅަށް ތެދުވީ ދަބަސް ހިފައިގެން ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް އޭނާ އަށް ހިނގައިގަނެވުުނީ ކުޑަ ތަންކޮޅަކަށެވެ. މޫނުމަްޗަށް އަނދިރިވެ ކޮޓަރި އާއި ހަމައަށް ނުދެވެނީސް ވިކްޔަން އަނބުރައި ގަނެގެން ވެއްޓިއްޖެއެވެ.

********************************************************************************

މިއަދު ވެސް ރަޔާހީން ތައްޔާރުއެވަނީ ނަދާ އާއި ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. އިރުފާން ސޯފާގައި އިނީ ރަޔާހީން ބޭރަށް ނިކުންނަ މަންޒަރު ބަލާށެވެ. ކޮޓަރިން ނިކުމެގެން އައ ފީރޯޒާ އަށް އެމަންޒަރު ފެނުމުން އެއްފަހަރު ރަޔާހީނަށް އަދި އަނެއްފަހަރު އިރުފާނަށް ބަލާލިއެވެ. އެއަށްފަހު ބާރު ހިނގުމުގައި ހިގާފައި އައިސް ހިފީ ރަޔާހީންގެ އަތުގައެވެ. އެމަންޒަރު ފެނި ގޮނޑީގައި އިން އިރުފާން ފުންމައިގެން ކޮޅަށް ތެދުވިއެވެ.

“ކަމަކުތަ؟” ފީރޯޒާގެ އަތް ނައްޓުވާލަމުން ރަޔާހީން މަޑުމަޑުން އަހާލިއެވެ.

“މަންމަ އަށް ވަރަށް ފާހަގަކުރެވޭ ހީން ގިނަވަގުތު ބޭރުގައި އުޅޭކަން. ވިސްނާލަންވާނެ ހީން ތީ މީހެއްގެ އަންބެއްކަން. މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ ރޭގަނޑު ދަންވަންދެން ބޭރުތެރޭގައި އުޅުމަކީ ރަނގަޅު ކަމެއް ނޫން. މަންމަ ހީކުރީ ހީން އަކީ ވަރަށް ވިސްނޭ ކުއްޖެއް ކަމަށް” ފީރޯޒާ ވާހަކަދައްކާ ނިމެންދެން ހަމަޖެހިގެން ރަޔާހީން ހުއްޓެވެ.

“އަޅުގަނޑު ބޭރަށް ތިބުނާ ވަރަކަށް ނުދަން. މިގޭގައި ކައްކާ ހަދަން މީހަކު ހުރޭ. ބައްޕަގެ ކަންތައް ބަލަން ތިހިރީ މަންމަ. އިރުފާނަކީ ބޮޑު ސިންގާ ފިރިހެނެއް. އަޅުގަނޑު ރައްޓެއްސަކާ ބައްދަލުކުރުމަށް ބޭރަށް ދިޔުން މީގެ ކުރިން މިގޭ މީހަކަށް ބޮޑު ކަމަކަށް ނުވޭ. މިހާރު ކިހިނެއްވީ؟” ރަޔަހީން ހަށަން ބަނދެލަމުން ބުނެލިއެވެ.

“ހީން ބައްދަލުކުރާ މީހެއް ނިކަން މިގެއަށް ގެނެސްބަލަ. ހީން ގެއިން ބޭރުގައި އުޅުމަކީ މަންމަ ވެސް ރުހޭ ކަމެއް ނޫން. ފީރޯޒާގެ މަޤްސަދަކީ ރަޔާހީން ބޭރުން ރަމްލާ އާއި ބައްދަލުކުރިޔަ ނުދިނުމެވެ. ރަޔާހީން ހިތްހަމަނުޖެހިފައި އިރުފާން ކައިރިން އަޅާފައި ސިޑިން އަރައިގެން ދިޔައީ އިރުފާނަށް ދެލޯ އަޅާލަމުންނެވެ. އެމަންޒަރު ފީރޯޒާ އަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އެހިސާބުން ކަންތައްތައް ވަރަށް ގޯސް ކަން ފީރޯޒާގެ ހަވަނަ ހިއްސު އޭނާ އަށް ބުނެދިނެވެ.

“ދަރިފުޅު އެއްޗެއް ނުބުނެ ހުއްޓަސް މަންމަ ނުހުންނާނަން. ހީން މިގޭ ހަތަރުފާރުން ބޭރުވިޔަކަ ނުދޭނަން. ރަމްލާ ހައްޔަރު ކުރިހެން ރަޔާހީން މިގޭ ބަންދު ނުކޮށްފިއްޔާ މަގޭ ނަމަކަށް ފީރޯޒާ އެއް ނުކިޔާނެ. އަހަރެންގެ ފިރިމީހާ އެހާލުގައި ވަނިކޮށް ޖަލުގައި ވާތަން ދެކޭކަށް އަހަރެންނަކަށް ކެތެއް ނުވާނެ” ބަދަލުގައި އިރުފާން ބުނާނެ އެއްޗަކަށް ބަލާލުމެއް ވެސް ނެތި ފީރޯޒާ އޭނާގެ އެންމެފަހު ނިންމުން އިރުފާނަށް އިއްވާލުމަށްފަހު ކޮޓަރި އަށް ވަދެ ދޮރުލެއްޕިއެވެ.

*********************************************************************************

ވިކްޔަން ދެލޯ ހުޅުވާލިއިރު ކައިރީގައި ރޮވިފައި އިން މައިސަރާ ފެނުމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ވިކްޔަންގެ އެ އަމަލުން މައިސަރާ ހިތުގައި ޖެހުނެވެ. ވިކްޔަންގެ މޫނުގައި ހިފާ މައިސަރާ އަނބުރާލުމާއެކު މޫނު ފޮރުވާލީ މައިސަރާގެ އުނގުތެރޭގައެވެ.

“މަންމާ!!! ހެޔޮނުވާނެ އަޅުގަނޑަށް މާފްކުރޭ. އެހެންނޫނީ އަޅުގަނޑަށް ހަމަޖެހުމެއް ނުލިބޭނެ”ވިކްޔަން ރޮވިފައި މައިސަރާ ކައިރީގައި ބުނަމުން ދިޔައެވެ.

“ނޫން ދަރިފުޅާ މަންމަ އަށް މާފްކުރޭ. މަންމަ އެގޮތަށް ކަންތައްކުރުމުން ދަރިފުޅު އެހާ ބޮޑަށް ވިސްނާލީ. މަންމަ ރުޅި އައިއްސަ ހުރިވަރުން އެހެން ބުނެވުނީ” މައިސަރާ ވިކްޔަންގެ އިސްތަށިގަނޑުގައި ފިރުމަމުން ބުނެލިއެވެ.

“މަންމަ އަޅުގަނޑު ކައިރީގައި މާފަށް އެދޭކަށް ނުޖެހޭނެ. ތީ އަޅުގަނޑުގެ މަންމަ. މަންމަ އޮޅުވާލުމެއްގައި ގެނގުޅުނީ އަޅުގަނޑު. މަންމަ އަށް ނޭނގުނަސް އެއީ އަޅުގަނޑު އަމިއްލަ ހިތާއި ކުރި ހަނގުރާމައެއް. އަޅުގަނޑަކަށް ކާމިޔާބެއް ނުލިބުނު. މަންމާ! އަޅުގަނޑު އަދިވެސް ރާޔަން ބޭނުން. އަޅުގަނޑު ވަރަށް ލޯބިވޭ ރާޔަން ދެކެ. އަޅުގަނޑުގެ ހިތަކުން ނުފިލި” ވިކްޔަން ރޮއެފައި ދައްކަމުން ދޔަ ވާހަކަތަކުން މައިސާރާ ހިތުގައިޖެހި ދެތުންފަތް ފިއްތާލިއެވެ. ދެލޮލުން ފައިބަން ތައްޔާރުވަމުން ދިޔަ ކަރުނަތައް ހިންދާލަމުން ލޯބިވާ ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ.

“ދަރިފުޅުގެ ތިލޯތްބަށް މަންމަ ޤަދަރކުރަން. އެކަމަކު ދަރިފުޅާ ރަޔާހީން އެހެރީ މިހާރު ދަރިފުޅު އަތްފޯރާ ހިސާބަކު ނޫން. އެއީ އިރުފާންކޮއްކޮގެ އަންހެނުން. ދަރިފުޅު ކިތަންމެ ބޭނުން ނުވިޔަސް ދަރިފުޅު ޖެހޭނީ އެމަންޖެ މަތިން ހަނދާންނައްތާލަން. ދަރިފުޅު ދުވަސްކޮޅަކަށް ރާއްޖޭން ބޭރަށް ދާންވީނުން. ފަހަރެއްގައި އެވިސްނުންތަކާއި ދުރުވެވިދާނެ” ވިކްޔަންގެ އިސްތަށިގަނޑުގައި ފިރުމަމުން މައިސަރާ ވިސްނާދެމުން ދިޔައެވެ.

“އަޅުގަނޑަކަށް ކެތެއްނުވާނެ. ރާޔަން ދޮންބެ ކައިރިން ވަރިވެއްޖިއްޔާ އަޅުގަނޑުގެ އަންބެއްގެ ގޮތުގައި ރާޔަން މިގެއަށް ގެންނާނަން. އޭރުން ވެސް މަންމަ ރާޔަން ދަރިއެއްގެ ގޮތުގައި ޤަބޫލެއް ނުކުރާނަންތަ؟” ވިކްޔަން މަޑުމަޑުން އަހާލިއެވެ.

“ދަރިފުޅު މީހަކާއި އިނުމަކީ މަންމަ ވަރަށް އެދޭ ކަމެއް. އެކަމަކު ރަޔާހީން ދޮންބެ ކައިރިން ވަރި ވާނެހެނެއް މަންމައަކަށް ހިއެއް ނުވޭ. އެމަންޖެ އިރުފާން ކޮއްކޮ ދެކެ ލޯބިވާތީ ދޯ އިންނާނީ. ދަރިފުޅު ޖެހޭނީ ބަލި ޤަބޫލުކުރަން” މައިސަރާ އަދިވެސް ބެލީ އޯގާތެރިކަމާއެކު ވިކްޔަންގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.

“ނޫން މަންމާ ރާޔަން އަންނާނެ. ވަރަށް އަވަހަށް އަންނާނެ. އެދުވަހަކަށް އަޅުގަނޑު މިއިންތިޒާރު ކުރަނީ” ވިކްޔަން ތެދުވެ މައިސަރާގެ އަތްތިލަ ވިކްޔަންގެ އަތްތެރެއަށް ލައްވާލަމުން ހަތަރުކަޅި ހަމަކޮށް ބުނެލިއެވެ.

” މަންމަ ބަލާނަން ތިދުވަސް އާދޭތޯ. އެކަމަކު މަންމަ ދޭނީ އެންމެ މަހެއް. އެއްމަސް ދުވަސްތެރެ ދަރިފުޅު ތިއެދޭ ގޮތަށް ނުވިއްޔާ ދަރިފުޅު ދެން ކަންތައްކުރަން ޖެހޭނީ މަންމަ އެދޭ ގޮތަށް. އެގޮތް އެންމެ ރަނގަޅުތަ؟” ވިކްޔަންގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން މައިސަރާ ބުނެލިއެވެ. ބޯޖަހާލުމަށްފަހު  ވިކްޔަން މައިސަރާގެ އަތްތިލަ އަށް ބޮސްދިނެވެ. ހީލާފައި މައިސަރާ ކޮޓަރިން ނިކުންނަން ދިޔައިރު މަހާ ފޮތަކާއި ފަންސުރެއް ހިފައިގެން ކޮޓަރިއަށް ވަންނަނީއެވެ. އެނދުގައި އިން ވިކްޔަން ފުންމައިގެން ތެދުވެ މަހާ އަށް އެނދާއި ހަމައަށް ނާދެވެނިސް އަތް މައްޗަށް ނަގާ ކޮޓަރި ތެރޭގައި އެނބުރެން ފެށިއެވެ. ލޯބިވާ ދޮންބެ އެވަރަށް ހެވިފައި ވަނިކޮށް މަހާ އަށް ފެނިފައިނުވާތީ ވިިކްޔަންގެ އަތްމަތީގައި އޮތް މަހާ ވެސް ދެއަތުން ވިކްޔަންގެ ކަރުގައި ބައްދާލަމުން ވިިކްޔަންގެ އެއުފަލުގައި ބައިވެރިވިއެވެ.

*********************************************************************************

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަހިނގާ ހުރި ރަޔާހީން ހުރީ ހަދާނެ ގޮތެއް ނޭނގި ކަންތައް ބޮޑުވެފައެވެ. މިއަދު މީ ލޫކް ކޯޓްއަމުރު ނަގަން ބުނި ދުވަހެވެ. ނަމަވެސް ފީރޯޒާ އާއި އިރުފާނު ވެގެން ރަޔާހީން ކޮޓަރިއަށް ވައްދާފައި ބޭރުން ތަޅުލާފައި ހުރުމުގެ ސަބަބުން ރަޔާހީން ހުރީ ބޭރަށް ނުނިކުމެވިފައެވެ. ލޫކަށް ގުޅާލާނެ ގޮތެއް ވެސް ނެތެވެ. ފީރޯޒާ ވަނީ ގަދަކަމުން ރަޔާހީންގެ ފޯނު ވެސް އަތުލާފައެވެ. ބަހެއް ނުބުނެ ހުރިކަމުގައި ވިޔަސް އިރުފާން ވެސް ފީރޯޒާގެ ކޮންމެ އަމަލެއްގައި ބައިވެރިވިއެވެ. ބީހާލް އެހީތެރިކަން ވެސް ރަޔާހީން އެންމެ ބޭނުންވާނީ މިފަދަ ދަނޑިވަޅުތަކުގައި ނޫން ހެއްޔެވެ؟ ބީހާލްގެ ޚަބަރެއް ވެސް ނުވާތީ ރަޔާހީން ހުރީ އިންތިހާ އަށް ހާސްވެފައެވެ. އެނދުގައި ނިޔަފަތި ހަފަން އިން ރަޔާހީން ކޮޅަށް ތެދުވީ ހަމަ ކުއްލިއަކަށެވެ. އެއްޗެއް ހަނދާނަށް އައުމުން ރަޔާހީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެނދު ބާލީސް ދަށުގައި ހުރި ލެޕްޓޮޕް ނެގުމަށްފަހު އޮންކޮށްލިއެވެ. އޮން ހަމަ ކޮށްލުމާއެކު ލެޕް އަޑެއް ކިޔާފައި ނިވުނެވެ. މުޅި ކޮޓަރިތެރެ ހޯދާ ބެލުމުން ވެސް ރަޔާހީނަށް ލެޕްޓޮޕް ޗާޖަރު ފެންނަ ގޮތެއް ނުވިއެވެ. ވީދެރައިން ކަރުއެލުވާލަމުން އަލުން އެނދަށް އަރާ އިށީނދެ އަނެއްކާ ވެސް ނިޔަފަތި ހަފަން ފެށީ އިތުރު ގޮތެއް އޮތްތޯ ވިސްނުމަށެވެ.

ސޓިންގްރޫމުގައި ކޮފީބޯން ތިބި ފީރޯޒާ އާއި އިރުފާން ދޮރާއި ދިމާލަށް ބަލާލީ ދޮރަށް އެރި އަންހެންކުއްޖާ ފެނިފައެވެ. ޖެހިލުންވެފައި ހުރި ނަދާ ކުރިއަށް ޖެހިލާ ރަޔާހީން ކޮބާތޯ އަހާލިއެވެ.

“ރަޔާހީން ހޯދަން ދެން މިގެއަށް ައިއްޔާ ރަނގަޅީ. އެހެން ކިޔާ ކުއްޖަކު މިހާރު މިގެއަކު ނޫޅޭ” ފީރޯޒާ ކުރިއަށް ޖެހިލާ ދިން ޖަވާބަކުން ބިރުން ފިތްކެނޑިފައި ހުރި ނަދާ ބާރަކަށް ދުވަމުން އެބައިން ނިކުތެވެ. ނަދާ ހުއްޓުނީ އެގޭ މައި ގޭޓުން ނިކުމެ މަގުގެ ވަކި ހިސަބަކަށް ދެވުމުންނެވެ.

“ބިރުގަންނާނެއްނު. އަހަރެން ހީކުރީ އަހަރެން ވެސް މަތިން ތިރިއަށް އެއްލާލާނީ ކަމަށް ވިއްޔާ” ފޯނުގައި ހުރި ނަދާ ޖަވާބުދިނީ އަނެއް ފަރާތުން ވާހަކަދައްކަމުން ދިޔަ ލޫކަށެވެ.

 

ފީރޯޒާ އާއި އިރުފާން ދައްކަމުންދިޔަ ވާހަކައަށް ކަންފަތްދީގެން ހުރި ރަމްލާ ނުވިިސްނާ ހުރުމުން ލޭންޑްލައިން ފޯނު ބަހައްޓާފައި ހުރި ކުޑަ ގޮނޑީގައި ފައި އަޅައިގަނެ ބަންޑުން ތިރިއަށް ވެއްޓުނެވެ. އެބޮޑު ހަށިގަނޑާއެކު އޭނާ ވެއްޓުނު ވަގުތު އަތަށް އަނިޔާވެ އަނގައިން އާހެއްގެ އަޑު ބޭރުވިއެވެ. އެވަގުތު ފީރޯޒާ އާއި އިރުފާން އެދިމާލަށް ބަލާލިއެވެ. ބޮލާއެކު މޫނުފޮތިގަނޑު އެޅިފައި އޮތް ރަމްލާ ފެނި ފީރޯޒާ ފުންމައިގެން ގޮސް ރަމްލާ ނަގަން ތިރިވިއެވެ. ފީރޯޒާގެ މަޤްޞަދަކީ ކޮންމެހެން ރަމްލާގެ މޫނު ބެލުމެއް ނޫނެވެ. ތެދުވުމަށް ރަމްލާ އަށް އެހީވުމެވެ. ނަމަވެސް މިފަހަރު ރަމްލާ އަށް މޮޅު ނުލިބި ތަޤްދީރު ވެސް ޖެހިލީ ފީރޯޒާ އާއި އެއްކޮޅަށެވެ. ފަހަރެއްގައި ވަގުތުޖެހުނީކަން އެންމެންނަށް އަންގާދިނުމަށް ކަންނޭނގއެވެ.

“އަނހަ މަރިޔަން. ކިހިނެއް ތިހެދީ. އަވަހަށް ތެދުވޭ” ރަމްލާގެ އެއްއަތުގެ އެހީގައި ކޮޅަށް ތެދުވި ރަމްލާގެ މޫނު ފެނި ފީރޯޒާގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ. ކުރިމަތިން ފެންނަން ހުރި ރަމްލާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު ދަތްކުނޑި ވިކާލިއެވެ.

“ހުންނަ ނުބައިކަން ކަލޭތަ؟” ރަމްލާގެ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ހޫރާލަމުން ރުޅިއައިްސާ ހުރި ފީރޯޒާ ބުނެލިއެވެ. ލިބުނު ކުއްލި ސިހުމަކުން އިރުފާން އަތުން ވެސް  ކޮފީމަގު ވެއްޓި ތަޅައިގެން ދިޔަ އަޑުފަށްގަނޑު ތަނުގައި ހިފާލިއެވެ. ރަމްލާ އަށް ދެމައިން ބަލަން ތިބި ގޮތުން ދެންމެ ދެންމެ ކަރުގައި ހިފާ މަރާލާފާނޭހެންނެވެ. ޖެހިލުންވެފައި ހުރި ރަމްލާ ރަޔާހީން ކޮޓަރިން ބޭރަށް ނިކުމެވޭނެ ގޮތެއް ނުހޯދެނީސް ދެވަނަ ފަހަރަށް ނުލަފާ އިރުފާނާއި ފީރޯޒާގެ އަތްދަށުވުމުން އިންތިހާ އަށް ހިތް ނުތަނަވަސްވިއެވެ.

“މިހުރިހާ ދުވަހު ކަލޭ. އަދި ބުނެފިއެއްނު މީ މަރިޔަން އޭ. އަމިއްލަ އަށް ކަލެއަށް ތިފުންމާލެވުނީ އަމިއްލަ ކަށްވަޅަށްކަން އެނގޭތަ؟” އިރުފާން ރަމްލާގެ ބޮލު އިސްތަށިގަނޑުގައި ހިފާ ދަމަން ފެށީ ސިޑި އާއި ދިމާލަށެވެ. ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުން ފަހަތުން ފީރޯޒާ ވެސް އާދޭއެވެ. ރަމްލާ އޭނާގެ ހަށިގަނޑަށް ލެވުނުހާ ބާރެއް ލަމުން ދިޔައީ މިފަހަރު ފީރޯޒާގެ އަތްދަށުވިޔަ ނުދިނުމަށްޓަކައެވެ. ނަމަވެސް ހިތުގައި ރަޙްމެއްނެތް އިރުފާން ރަމްލާ އަށް އަނިޔާވެރިވަމުން ދިޔައީ ރަމްލާގެ އަމިއްލަ ނަފްސު ބަލިކަށި ކޮށްލުމަށެވެ. ޖީބުގައި އޮތް ރަމްލާގެ ފޯނު ނަގަން އޭނާ ލަމުންދިޔަ ހިތްވަރު އެލިގެން ދިޔައީ ފީރޯޒާ ރަމްލާގެ މޫނުމަތީގައި އަޅުވާލި އެތިފަހަރަކުންނެވެ. ރަމްލާގެ އަނގައިން އާހެއްގެ އަޑު ބޭރުވެގެން ދިޔަ ވަގުތު ފީރޯޒާ ރަމްލާގެ ކަޅުހެދުމުގެ ޖީބަށް އަތް ކޮށްޕާލިއެވެ. ފޯނު ނެގުމަށްފަހު އެންމެފަހުން ވާހަކަދެއްކި ނަންބަރު ޗެކް ކޮށްލިއިރު ފެނުނު ނަންބަރުން ފީރޯޒާ އަށް ސިހުމެއް ނުލިބުނެވެ.

“މަންމަ ނުބުނަންތަ ރަޔާހީނަށް ހުރިހާ އެއްޗެއް ކިޔާދިނީ މިސަންތި މަރިޔަނބޭ. ބަލާބަ ދަރިފުޅު” އިރުފާން އަތަށް ފޯނު ދެމުން ފީރޯޒާ ދެބުމަށް ގޮށްޖަހާލާ ބަލާލީ ރަމްލާ އަށެވެ.

“ކަލޭމެންގެ ތި ނުބައި ނުލަފާ ދެ އިބިލީހަށް މިފަހަރު ކުރިއެރުމެއް ނެތް. ކަލޭމެންގެ ހަޤީޤީ ކޮޓަރިކޮޅަށް ދާން ތައްޔާރުވޭ. މިހާރު ފުލުހުން އަންނާނެ. ކަލޭމެން ޖެހޭނީ ޖަލުން ދޭ އެއްރޮށްޓާއި ފެންތަށި ބޮއެގެން އެތަން ކުނިކަހާ ސާފުކޮށްގެން ދޮރެއް ނުހުންނަ ފާހާނާ އިން ފެންވަރަން” ރަމްލާ ހިނިގަނޑެއް ޖަހާލާ ބުނެލި ވިހަގަދަ ބަސްތައް ފީރޯޒާ އަށް ހަޖަމެއް ނުކުރެވުނެވެ. ރަމްލާގެ ބަނޑުކޮޅުގައި ފައިންޖެހީ އެއީ އޭނާ ކަހަލަ ހަށިގަނޑުން ބާރު ދޫވެފައިވާ މުސްކުޅި އަންހެނެއްކަން ނޭނގޭ ހާލުގައެވެ.

ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އިރުފާނާއި ފީރޯޒާ ދެމީހުން ދެދިމާލަށް ބުރުވާލަމުން ރަމްލާގެ ހިމާޔަތުގައި ކުރިމަތީގައި ކޮޅަށް ހުއްޓުނީ ރަޔާހީނެވެ. ފީރޯޒާ ދަތްކުނޑި ވިކާލަމުން ރަޔާހީނަށް ބަލާލިއިރު އިރުފާން ވެސް ހުރީ އެދަފަ ހިތްވަރެއް ރަޔާހީނަށް ކުރަން ކެރުނީތީ އަޖައިބު ވެފައެވެ. ރަޔާހީންގެ ކުރިމަތީގައި ހަމަ ރަނގަޅަށް ވެސް ބޭޒާރުވެއްޖެކަން އެނގި ހިނދުކޮޅަކަށް ނަޒަރު ތިރިކޮށްލި އިރުފާނަށް ރަޔާހީން ބަލާލީ ހަށިގަނޑުގައި ރޯވަމުން ދިޔަ އަލިފާންގަނޑު ސިކުނޑީގެ ބޭނުންކޮށްގެން ނިއްވާލަމުންނެވެ.

“ބުނަން ރަޔާހީން. އަމިއްލަ ދައްތަގަނޑު މަރުވި ގޮތަށް މަރުވާންތަ ބޭނުމީ. ހަމަ މިހާރު ދުރަށް ދާންވީ” ރަޔާހީންގެ އެހީތެރިކަމާއެކު ކޮޅަށް ތެދުވި ރަމްލާ ހަށިގަނޑު ހަމަޖައްސާލަމުން ހުއްޓިލީ ރަޔާހީނާއި އެއްހަމައެއްގައެވެ. އަދި ކުރިއަށް ޖެހިލާ ފީރޯޒާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ވިހެލީ ދުވަސްވެފައި ހުރި މީހަކަށް އޭނާގެ ރުޅިގަނޑު ހަމަނުޖެހޭނެކަން އެނގުމުންނެވެ. ރަޔާހީން ހިމާޔަތުގައި ހުރިކަން އެނގުމުން މިވަގުތަށް ރަމްލާގެ ހިތުގައިވި ހުރިހާ ބިރުވެރިކަމެއް ވަނީ ފިލާފައެވެ.

“އާނ. އަޑުއަހާ. އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ. އަހަރެންގެ ދޮންތަ އާއި ދެކުދިން މަރާލީ މިހިރަ ނުލަފާ އިންސާނާ. އެކަންތައް މަތިޖަހަން މަސައްކަތްކުރީ ކަލޭ އާއި ކަލޭގެ ފިރިމީހާ. ކަލޭމެންނަށް ހީވަނީތަ ދުނިޔެ އުމުރު ތޮގޮތަށް އުޅެވިދާނޭ. މިފަހަރު ތިއާއިލާ މުޅި ރާއްޖެއަށް ބަދުނާމް ކޮށްލާނަން. އަހަރެންނަށް ވުރެ އުމުރުން ބޮޑު މުސްކުޅިއަކާއި އިނދެގެން މިގެއަށް އައީ ވެސް އަހަރެންގެ ދޮންތަގެ މަރުގެ ބަދަލު ހިފުމަށްޓަކައި. އަހަރެން އެކަން ކުރާނަން. އަހަރެންގެ ލޯބިވާ ކޭވީގެ ހިތް ރޮށްވާލާފައި އަހަރެން ކަލޭގެ އަތުގައި ހިފީ ކަލޭ ދެކެ ލޯބިންނޭ ހީވަނީތަ؟ ޗި… އަހަރެން ކަލެއަށް ނަފްރަތު ކުރަން. ދުނިޔެ އުމުރަށް ވެސް ކުރާނަން. ކަލޭމެން މީގެ ތިން އަހަރު ކުރިން ލައްޕާލާފައި ފުލުސް އޮފީހުގެ ހަރުގަނޑެއްގައި ފޮރުވާފައި އޮތް ފައިލް އަހަރެން ހޯދައިފިން. މިހާރު އެމައްސަލަ އެދަނީ ބަލަމުން. ކަލޭމެން ޖެހޭނީ މުޅި މީޑިޔާ ކުރިމަތީގައި އެކަން ޤަބޫލުކުރަން” ރަޔާހީން ދެއްކި ވާހަކަތައް އިވި އިރުފާން ހުރީ ހިލައިގެ ބުދެއް ހެންނެވެ. ބަދަލުގައި ދައްކާނެ ވާހަކައެއް އޭނާގެ ދުލާއި ހަމައކަށް ނައެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތި ރަޔާހީނަށް ބަލަން ހުރެވުނީ ވެދިޔަ ކަންތައް އެއީ ހުވަފެނެއް ކަމުގައި ވުމަށް އެދިއެވެ.

“ހެހެހެ…. ކޮބާ އެވަރުގަދަ އަތްތައް. ހިތްވަރެއް ހުރިއްޔާ އާދޭ… އަހަރެން ދަމާފައި މައްޗަށް ގެންގޮސް އެއްލާލާ. އަތާއި ފައި ބަނދެ ކުޑަކޮޓަރީގައި ހައްޔަރުކުރޭ” ދެވަނަ ބަސް ރަޔާހީން ބުނެލީ ފީރޯޒާ އަށް މަލާމާތުގެ ފާޑަކަށް ބަލާލަމުންނެވެ.

“ކަލޭމެންގެ ތިގޮތްކުޑަކަން ހާމަކުރަން މަސައްކަތްކުރަން މި ކުށެއްނެތް ރަމްލާއްތަ އުޅުމުން އެންމެފަހުން އޭނާ އަށް ޖެއްސީ ކޮންފަދަ ނިކަމެތި ހާލެއް. ތީ އަޅެ ހިތެއް ވެސް ނެތް ބައެއްތަ؟ ނޫނީ ހެއްދެވި ފަރާތެއްވާކަން ހަނދާން ނެތުނީތަ؟ ނޫނީ ތީ ހޭދެބައިވެފަ ތިބި ގަމާރުންތަކެއްތަ؟”

“ހަބަރުދާރު…. ރަމްލާއްތަގެ ގައިގާ އިނގިލި ކުރި ޖައްސާލިޔަސް ހޭއަރުވާލާނަން. އަހަރެންގެ މި ބަދަލުހިފުމުގެ ކުޅިވަރުގައި ހިމެނެނީ ހަމައެކަނި އަހަރެންނާއި ރަމްލާއްތަ އެކަނި ނޫންކަން ހަނދާންކުރޭ” ރަޔާހީން ޝަހާދަތް އިޝާރަތްކޮށް ފީރޯޒާ އަށް އިއްވާލި ބަހުން ރަމްލާ އަށް ހަމަލާއެއް ފޮނުވާލަން ހިއްލާލި އަތް ޖެހުނީ ތިރިކޮށްލާށެވެ.

“ކޮބަ ރަމްލާއްތަގެ ފޯނު” ރަޔާހީން ރަމްލާ އާއި ވީ ދިމާލަށް އެނބުރިލަމުން އަހާލިއެވެ. ރަމްލާ ފީރޯޒާ އާއި ދިމާލަށް ބަލާލުމާއެކު ރަޔާހީން ކުރިއަށް ޖެހިލާ ފީރޯޒާގެ އަތުގައި އޮތް ރަމްލާގެ ފޯނު ޖަހައިގަތެވެ.

“ރަމްލާއްތަ އަކީ އަހަރެންގެ ޒިއްމާއެއް. ރަމްލާއްތަ ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގައި. ތިއަނިޔާވެރިންގެ ކިބައިން ރަމްލާއްތަ ސަލާމަތްކުރީ ވެސް އަހަރެން. މީގެ ފަހުން ރަމްލާއްތަ އާއި ދިމާލަށް ބަލާލިޔަސް ތިދެލޯ ކޮނެލާނަން” ފީރޯޒާ އަށް އިންޒާރު ދިނުމަށްފަހު ރަމްލާ އަތުގައި ހިފައިގެން ރަޔާހީން މިސްރާބު ޖެހީ ސިޑިއާއި ދިމާލަށެވެ.

“ހީން… ހީން… މަގޭ ލޯބިވާ ހީން…. އަހަރެން ވަރަށް ލޯބިވޭ. އެކަން ކުރެވުނީވެސް ހީން ދެކެ ވެވުނު ލޯތްބަކުން. އަހަރެން ޖަލަށް ލިޔަސް ހެޔޮ. އެކަމަކު އަހަރެން ދޫކޮށްނުލާ. ހީން އާއި ނުލާ އަހަރެންނަކަށް ނޫޅެވޭނެ” އިރުފާން މޮޔައެއްހެން ރަޔާހީން އަތުގައި ހިފައިގަނެގެން ހުރެ ބުނަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި ފިރޯޒާ ހުރީ އޭނާގެ ލޯބިވާ ދަރިފުޅަށް ޖެހިފައިވާ ހާލު ފެނި ދުލުން ބަސް ހުސްވެފައެވެ.

” ދޫކުރޭ އަހަރެންގެ އަތުން މިހާރު. އަހަންނަށް އެނގޭ ތިކަހަލަ އަމިއްލަ އެދުމުން ފޯވެފައިވި އިންސާނެއް އަހަރެން ދުލުން ބުނާ ބުނުމަކަށް އަހަރެން ވަރިއެއް ނުކުރާނެކަން. އަހަރެން އެކަން ނިންމާނަން ކޯޓުން. މިގޭތެރޭގައި ކަލޭމެން ކުޑަގޮޅިއަށް ވަންނަންވީ ވަގުތާއި ހަމައަށް އަހަރެންނާއި ވާހަކަނުދައްކާތި! ތިކަހަލަ ރަޙުމެއްނެތް މީހުންނާއި ވާހަކަދައްކަން އަހަރެން ޝައުޤެއްނެތް” އިރުފާންގެ އަތް ގަދަކަމުން ނައްޓުވާލަމުން ރަޔާހީން ބުނެލިއެވެ. ރަޔާހީނާއި ރަމްލާ ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ސިޓިންގރޫމުގައި މަޑުކުރީ ފީރޯޒާ އާއި އިރުފާން ކުށުން ބަރީޢަ ވުމަށް ނަގާފާނެ ފިޔަވަޅެއް އަންދާޒާ ކޮށްލަން ވެސް ނޭނގޭތީއެވެ. ފީރޯޒާ އާއި އިރުފާން ސިޓިންގްރޫމުގައި ކޮޅަށް ތިބިއިރު ރަޔާހީނާއި ރަމްލާ ސޯފާގައި ތިއްބެވެ. ރުޅިން އަނގުރުކޮޅަކަށް ވެފައިހުރި ރަމްލާގެ ދެލޮލުން ފީރޯޒާ ފިއްސަމުން ދާއިރު ކައިރީގައި ހުރި އިރުފާން ރޮވިފައިވި ދެލޮލުން ރަޔާހީނަށް ބަލަން ހުއްޓެވެ.

“ނުނަގާ ނަދޫ ވެސް ފޯނު. ލޫކްގެ ނަންބަރ ވެސް ވީ އަޅުގަނޑުގެ ފޯނުގަ. ދެން ކހިނެއް ހަދާނީ؟” ރަމްލާގެ ފޯނުން ފިތްތަކަށް އޮށްބަމުން ރަޔާހީން ބުނެލި ޖުމްލައިން ފީރޯޒާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. އިތުރަށް އެންމެވަގުތު ކޮޅެއް ވެސް ނަގާނުލާ ހައުސްކޯޓް ދަށުން ލާފައިހުރި ހަރުވާޅު ޖީބުގައި އޮތް ރަޔާހީންގެ މޯބައިލް ފޯނު ނަގާ އަތުގެ ކޮޅަށް ހޫރާލިއެވެ. އެއާއެކު ފޯނު އެކީ ފިސްވެގެން ދިޔައެވެ. އެއަޑަށް ރަޔާހީނާއި ރަމްލާ ވެސް ބަލާލީ އަޑު އައި ދިމާލަށެވެ.

“އަތުގައި އޮތް ފޯނު ހަލާކުކުރުމަކުން ކަލޭމެންނަށް ސަލާމަތެއް ނެތް. ރަމްލާއްތަގެ ފޯނު އޮތީ އަހަރެމެން އަތުގައި. އޭގާއި ކަލޭގެ މިހިރަ ނުބައި ދަރި ކުރި ރީތި މޮޅު ކަންތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި” ރަޔާހީން ކޮޅަށް ތެދުވެލަމުން ފީރޯޒާ އަށް ބުނެލިއެވެ.

“ކަލޭ މަރުދަން ޖެހުނަސް އެފޯނެއް ނުފެންނާނެ. މިހާރު އެނގިއްޖެ ކަލޭ ތިހުރިހާ އެއްޗެއް ތިކިޔަނީ އަހަރެމެންނާއި ޚިލާފަށް އެއްވެސް ހެއްކެއް އޮވެގެން ނޫން ކަން. އަހަރެމެންނަށް ކިރިޔާ ދުލެއް ލިބުނަސް ހެއަރުވާލާނަން” މިހުރިހާ އިރު ބަހެއް ނުބުނެ ހުރި ފީރޯޒާ އެންމެފަހަށް އަނގައިން އެއްޗެއް ނުބުނެ ނުހުރެވުނެވެ. އޭނާ އެވަރަށް އެބުނީވެސް ރަޔާހީން ހެދި ދޮގު ވަރަށް ރީއްޗަށް އޭނާގެ ކުރިމަތީގައި ފަޅާއެރީމައެވެ. އެހެނީ ރަޔާހީން އެބުނާ ފޯން އޭނާ ވަނީ އެ ހާދިސާ ހިނގި ދުވަހު ހަލާކުކޮށްލާފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތެއްތިރީސްވަނަ ބައި)

Next

އިމްތިޙާނު ( 5ވަނަ ބައި)

Next
September 25, 2017

އިމްތިޙާނު ( 5ވަނަ ބައި)

Previews
September 24, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތެއްތިރީސްވަނަ ބައި)

21 Comments!

  1. Ushaali says:
    September 25, 2017 at 7:28 am

    Assala alaikum and alhamdhulillah 🙂 huriha kudhives alhamdhulillah kiyaala….. 🙂
    mi bai ves huriha kudhinnah kamudhaane kamah heekuran. dhn in bai wednesday ga. insha allah 🙂
    varah baajjaveri dhuvahakah huriha kudhinnah ves edhen 🙂

  2. Naby says:
    September 25, 2017 at 7:45 am

    Yeyyy…. me first.. varah reethi mi part vs… dhen oi baige inthizaaruga?

  3. Hathu says:
    September 25, 2017 at 7:48 am

    Maasha Allah varah reethi mi vaahaka… nimen ulheythy dheravey… abadhu inthizaaru kurevey mi vaahakayah… ummeedhu kuran mi vaahaka nimunas ehen biruveri vaahakaeh genes dheyne kamah varah avahah… thank you for an awesome story… keep it up ?

  4. aish says:
    September 25, 2017 at 7:50 am

    Ooooooo vvvv nice ane part avas kodhee. Vvvvvvvvv inthixaarugaa

  5. Mine says:
    September 25, 2017 at 8:18 am

    Haadha kurey mi part.. Varah kiyaa hithun ihnda e nimuni

  6. isha says:
    September 25, 2017 at 8:21 am

    ooooooooooooooooooooooo noooooooooooooooo v nice

  7. Nern says:
    September 25, 2017 at 9:21 am

    varah avahah aneh bai up koh dheebala varah kiyaahithun mi inee haadha reehcheyyyyy??????

  8. thuhthi says:
    September 25, 2017 at 10:02 am

    awwwww…..
    Thix part awesome <3
    Aneh part avasss kohdhehcheyyy….. pleexxxx…

  9. Wow... says:
    September 25, 2017 at 10:24 am

    Rishu

  10. Loo says:
    September 25, 2017 at 10:27 am

    Nice story
    But haadha Lahey now up kuraa goii. Iru iru kolhaa balaa levey up vi tho

  11. ali waheedh says:
    September 25, 2017 at 11:27 am

    habeys

  12. Sheru says:
    September 25, 2017 at 12:28 pm

    V v reethi mi part vesss .. Inthizaaruga next part ge … Ur the best ushaali .?

  13. Xee says:
    September 25, 2017 at 12:47 pm

    Vvvv reathi pls avahah up kobba kihaahitun can’t wait and irufaan ah rangalhu bondieh deythi

  14. azeen says:
    September 25, 2017 at 12:50 pm

    amazing…

  15. Princess Aisha says:
    September 25, 2017 at 12:59 pm

    story hama ehvana… next part upkohladheytie avahah

  16. shifu says:
    September 25, 2017 at 4:20 pm

    Salhi

  17. miya says:
    September 25, 2017 at 6:47 pm

    v v v v v reethi mi part ves. Keep it up ushaali
    I can’t wait for the next part. V dheravey vaahaka nimeythi but I love your stories. So plz next part upkolladheychey avahah

  18. shifu says:
    September 26, 2017 at 5:57 pm

    vvv reethi

  19. lii says:
    September 27, 2017 at 12:11 pm

    ushaa kobaa tha story konirakn up vaany can’t wait to read this story avahah up kohdhyba

  20. Fathun says:
    September 27, 2017 at 12:44 pm

    Ushaa mihaaru ma Las upload kuraaleh v dheraveje

  21. someone says:
    September 27, 2017 at 2:37 pm

    ushaa koba story….hadhalahey up kuraalaeh…

Comments are closed.

Next Episode02:30 ބައްތިރީސްވަނަ ބައި←


All Right Reserved!