Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(19)

Dhippi Level 4100 Comments10 Stories
September 25, 2017 6 Mins Read
16 Comments

ގަނޑިން އެގާރަ ޖެހިއިރު އަލްޔާ ހުރީ ފެންވަރައިގެން ލޯގަނޑު ކުރިމަތީ ތިއްތި ވާންށެވެ. އޭރު އަލްޔާ ހުރީ މިރޭގެ
ޕާރޓީއަށް ދާން ލާންވެގެން ވަޒުނާ ގަނެދިން ހެދުން ވެސް ލައިގެނެވެ. އެހެދުމުގައި ހުރި އިރު މޭކަޕެއްކޮށް ނުލާ ހުރި އިރުވެސް ހީވަނީ ރީތި ޕަރީއެއް ހެންނެވެ. ލޯގަނޑު ކުރިމަތީ ހުރެ އަލްޔާ އަމިއްލަޔަށް ވެސް އޭނާގެ ސިފަ ބަލައިފަ އައްމިލަ ނަފުސާ ބުނަމުން ދިޔައީ މިރޭ އޭނަ ހާދަ ރީއްޗެވެ. ވާނީވެސް އެހެންތާއެވެ. ހަޔާތުގައި ވެސް އެކަހަލަ ޕާރޓީއަކަށް ހެދުމެއް އެލީ އަލަށް ވިއްޔާއެވެ. އެހެން ވީމަ އޭނަޔަށް ވާނީ ވެސް އާކަމަކަށް ތާއެވެ. އަލްޔާ ހުރީ އިސްތަށިގަޑު އަރި އަރިއަށް ނަނގާގެން ފުނާ އަޅަންވީ ގޮތެއް ނޭނގި އެކަމާ ވިސްނާށެވެ. އެވަގުތު ވަޒުނާ ވަރުގެ ކޮޅަށް ރީތި ވެގެން އައިސް އަލްޔާ ކައިރީގަ ހުއްޓުނީއެވެ. “އަލް އަދިވެސް ތިއްތިވެ ނުނިމެނީތަ؟ މިހާރު އެއޮއްގެން އިލަވަން ތާރޓީވީއޭ!” އަލްޔާގެ އަތުގައި އޮތް ފުނާ އަތުލަމުން ވަޒުނާ އަހައިލިއެވެ. “ސޮރީ އިލަވަން ވީއްސުރެ މިތާ މިހިރީ، އެކަމަކު ބޯހަދާނެ ގޮތެއް ނޭގޭތީ މިއުޅެނީ!” އަލްޔާ ދެރަވެފައި ލަސްވީ ސަބަބު ބުނެލިއެވެ. “ހޫމް އޯކޭ ގެނޭ ވަޒޫ އަތަށް މިރޭ ކުދިން ކުދިން ހިތް ހުއްޓޭ ވަރު ކޮއްލާނަން!” އެހެން ކިޔާފަ ފަރިތަ ކަމާއެކު އަލްޔާގެ މޭކަޕު ކޮއްދީ ބޯ ސަޅި ގޮތަކަށް ހަދާ ވަޒުނާ ނިންމާލިއެވެ. އަލްޔާ ހުރީ ވަޒުނާ އެހާ ފަރިތަކަމާ އެކު އެހެން އަލްޔާއަށް ހަދާލީތީ ކޮސްވެފައެވެ. “ވާވް ބަލާބަލަ މަގޭ ބާރބީ ލޯބިޝް ކަން!! ޔަގީން މިރޭ ކުޑަބެއަށް ފެނިއްޖެއްޔާ މޮޔަވާނެ އޮޅިގެން ވެސް އޭނަޔަށް ނުފެންނާތި ޔަގީން އެހެން ނޫނީ ޕާރޓީއަކަށް ނުފޮނުވާނެ!!” އަލްޔާގެ ރީތި ސިފަ ފެނި ވަޒުނާ ބުނެލިއެވެ. ހަގީގަތުގައިވެސް އަލްޔާ ހީވާނީ ރީތީގެ ރާނީއެއް ހެންނެވެ. އެހާ ފުރިހަމައެވެ. “ހޫމް ދެން ލަދު ގަންނާނެ ކަމެއް ނެތް އެހެން ނޫނަސް ލަދު ނުހުރޭ ފިހާރައެއްގައި ވިއްކަން ވެސް ދެން ކޮން ލަދެއް ގަންނާކަށްތަ؟!” އަލްޔާ ލަދުން އިސް ޖަހައިގެން ހުރުމުން ދިމާ ކުރަން ވަޒުނާ ބުނެލިއެވެ. “ހޫމް… އަލް ނުގަނޭ ލަދެއް!..” ލަދުން ހުރެވެސް ލަދު ނުގަންނަ ކަމަށް އަލްޔާ ބުނެލިއެވެ. “އޫޕްސް އިލަވަން ފޯރޓީ ފައިވް ވެއްޖެ އަވަހަށް ހިނގާ ނައްޓާލަން ނިކުންނަން ވެސް ޖެހޭނީ ވަރަށް މަޑު މަޑުން މަންމަމެންނަށް ހޭލެވިއްޖެއްޔާ ދުވަސް ދިޔައީ!” އެހެން ކިޔާފަ އަލްޔާގެ އަތުގައި ހިފައިގެން މަޑުމަޑުން ވަޒުނާ ނިކުތީ ބޭރަށެވެ. ނަސީބަކުން އެގޭ ކުރިމައްޗަށް ކާރެއް ހުސްވީތީ އަވަހަށް އެކާރަށް އަރައިގެން ނައްޓާލީ ދާން ބޭނުންވާ މަންޒިލާ ދިމާލަށެވެ.

ޕާރޓީ ބާއްވަން ހަމަ ޖެހިފައި އޮތީ ވަޒުނާ އޮފީސް ކުއްޖެއްގެ ގޭގަ ކަމުން ވަޒުނާ ޑްރައިވަރު ކައިރީގަ ބުނީ ވެސް އެގެއަށް ދިއުމަށެވެ. އެގެއަކީ ވަޒުނާ މެންގެއާ އެހާ ދުރު ގެއެއް ނޫންކަމުން ފަސް ވަރަކަށް މިނިޓް ތެރޭ ޓުރެފިކުގައި ޖެހެމުން އެގެއަށް ދެވުނެވެ. ބާރަޖަހަން އަދި ނުވަ ވަރަކަށް މިނިޓް އޮތީީތީ ވަޒުނާ ހުރީ ކުޑަކޮށް ބޭރުގައި މަޑު ކޮއްލައިގެންނެވެ. “އަލް ހާދަ ރީއްޗޭ މިރޭގަ ހުވާ ހަމަ ހީވަނީ މިރޭގެ ޕާރޓީ ގާރލް ހެން ސޯ ބިއުޓިފުލް!!” އަނެއްކާވެސް އަލްޔާގެ ރީތި ކަމަށް ތައުރީފްކޮށް ނުލާ ހިތްހަމަ ނުޖެހިގެން ވަޒުނާ ބުނެލިއެވެ. އަލްޔާ ހުރީ ރަކި ގޮތަކަށް ހެވިފައެވެ. މިރޭ ބާކީ ހުރި ކަންތައް އެނގިއްޖެއްޔާ އަލްޔާއަށް ވާނީ ކިހިނެއް ކަމެއް ކަނު ވެސް ބުނާކަށް ނޭނގެއެވެ.

ބާކީ ފަސް ވަރަކަށް މިނިޓު އޮތުމުން ވަޒުނާ އަލްޔާގެ އަތުގައި ހިފައިގެން ގޮސް އެރީ ލިފްޓަށެވެ. ދިހަޔަކަށް ފިތާލުމާއެކީ ކުޑަ އިރު ކޮޅެއްތެރޭ ލިފުޓު މަޑު ޖައްސާލީ ދިހަވަނަ ބުރީގައެވެ. އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ މަޑު މަޑުން ބަލާށެވެ. ލިފްޓުން ނުކުތުމާއެކު އެތާހުރި ސިޑިއަކުން އެދެ ކުދިން މައްޗައް އެރިއެވެ. ޓެރެސްގެ ދޮރު ހުޅުވާލިއިރު އަނދިރިކަމުން ލޮލުގަ ކޮށިއަސް ނޭނގޭހާ އަނދިރިއެވެ. އޭރު ބަރާބަރު ބާރަ ޖެހީއެވެ. ހެޕީ ބާތުޑޭ ޓޫޔޫ އަލް!!! ހެޕީ ބާތުޑޭ ޓޫޔޫ އަލް!!!” އެއަޑާ އެއްކޮ މުޅިތަން ވެސް ދިޔައީ ދިލިގެންނެވެ. އަލްޔާ ހުރީ ވާނުވާ ނޭނގި އެއްމެންނާ ދިމާލަށް ކަޅި ހުއްޓިފައެވެ. “ކޮބާ ސަޕުރައިޒު ކިހިނެއްވަނީ؟؟!!” އެއްފަރާތެއްގައި ފިލާއިގެން ހުރެފަ އައިސް ވިނާން އަހައިލިއެވެ. އަލްޔާ ހުރީ ލަދުން ހަލާކު ވާވަރު ވެފައެވެ. “ކަމޯން ބޭބީ!! ދެން ހީލަބަލަ މިހާރު ތީ ބޮޑު އަންހެނެއް ނޫންތަ؟ ނަވާރަ އަހަރޭ ތިފުރުނީ!” ވިނާން އަލްޔާ ކުރިމަތީ ހުރި ގޮތައް ހުރެ ބުނެލިއެވެ. ވިނާން އެހެން ބުނުމުން އެންމެން ޕަކަ ޕަކަ ލާފަ ހޭން ފެށިއެވެ. އެކަން ވެސް ވީ އިތުރަށް އަލްޔާ ލަދު ގަންނަ ކަމަކަށެވެ. “އަލް ބަލާބަލަ މިތިބީ ހައްތަހާވެސް ކުޑަބެއާ އަހަރެންގެ ރަށްޓެހިން، އަލް ވާނެ އެއްމެންނާވެސް ފްރޭންޑް ވާން!..” އަލްޔާ ހުރީ ވަރަށް ލަދުން ކަން އިނގޭތީ އަލްޔާއާ ކައިރިއަށް ޖެހިލާފަ ވަޒުނާ ބުނެލިއެވެ. އޭރު ލީޒާޔާ ނަންނަޔާ ވެސް އައިސް އެތަނަށް ހުއްޓުނެވެ. “ހެޕީބާތުޑޭ އަލް!!” ވިޝް ކުރުމަށް ފަހު ލީޒާޔާ ނަންނަ ގެނާ ހަދިޔާ އަލްޔާ އަތައް ދިނެވެ. އަލްޔާ ބަދަލުގައި ފުޅާ ހިނިތުން ވުމަކާއެކު ތޭންކޮސް އޭ ބުނެލިއެވެ. “އަދި ހަނދާންވެސް ނެތް މިއޮތީ ވަޒޫގެ ފަރާތުން އަލްއަށް ދޭ ގިފްޓް!!” އެހެން ކިޔާ އަލްޔާ ގައިގަ ބައްދާލާފަ ވަޒުނާ ގެނާ ގިފުޓް އަލްޔާ އަތައް ދިނެވެ. އޭރު ވިނާން ހުރީ ތަން ކޮޅެއް ދުރުގަ އެހުރިހާ ކުޅިވަރެއް ބަލާފަ ރަށްޓެހިންނާ އެކު ހޭންށެވެ. އެތާ ތިބި ހުރިހާ އެއްމެން ކަހަަލަ ގޮތަކަށް ހަދިޔާ ދީ އަލްޔާގެ ދެއަށް ފުރައިލިއެވެ. އެއްމެން ހަދިޔާ ދީ ނިމުމުން ވިނާން އައިސް ކުޑަ ކުޑަ ޕާރުސަލް ކޮއްފަ އޮތް އެއްޗެއް އަލްޔާ އަތައް ދިއްކުރަމުނު ހެޕީބާތުޑޭ މައި ޕުރިންސެސް އޭ ބުނެލިއެވެ. އަލްޔާ ލަދުން އިސް ދަށަށް ޖަހައިލިއެވެ. “މިރޭ މަގޭ ބޭބީ ހާދަ ލޯއްބޭ ހީވަނީ ހަމަ ހަނދުހެން!” ވިނާން އުފަލުން ބުނެލިއެވެ. އުފާ ނުވެ ހުންނަން ވީ އެއްވެސް ސަބަބެއް ނެތްތާއެވެ. މިރޭ އެޕާރޓީގަ ތިބި އެންމެން ވެސް އަލްޔާގެ ރީތިކަމަށް ތައުރީފު ކުރޭ ވިއްޔާއެވެ. “އަޅޭ ހަމަ އަނގައިން ވެސް ނުުބުނާނަންތަ؟!” ވިނާން އެެހެން ކިޔާފަ އަލްޔާގެ ރީތި ހަށިގަނޑު ގައި ބައްދާލިއެވެ. އަދި ކަންފަތް ކައިރި ސިއްރު ސިއްރުން އައި ލައްޔޫއޭ ބުނެލިއެވެ. އަލްޔާ ހުރީ ލަދާ އެއްވަރަށް އުފާވެސް ވެފައެވެ. “ބުނެބަލަ ބޭބީ ދުވަހަކުވެސް މަ ދޯކޮއްނުލާނަންދޯ؟” ހުރި ގޮތަށް ހުރެ ވިނާން ބުނެލިއެވެ. އަލްޔާ ވެސް ހުރި ގޮތަށް ހުރެ އާއެކޭ ބުނެލިއެވެ. “މިއަދު މިހުރިހާ ސަކަރާތެއް ޖަހަން ބޭބީ ގޮވައިގެން ދިޔައިރު ވެސް ހަމަ ޝައްކުވެސް ނުވިދޯ؟” ހަމަ ހުރިގޮތައް ހުރެ ވިނާން އެހިއެވެ. އޭރު އެތާ ތިބި ރަށްޓެހިންތައް ދެން ވާވަރު ވެއްޖެޔޭ ކާން އަންނާށޭ ކިޔާ ހަޅޭއް ފަޅޭއް ޖަހަމުން ދިޔައެވެ. “ދެން ހިނގާ އެފަރާތަށް ނުގޮސްފިއްޔަކާ ސަލާމަތް ނުވާނެ! ވަރުގަދަ ބައެކޭ އެއީ…” އެެހެން ކިޔާ އަލްޔާގެ ހަށިގަނޑު ދުރު ކުރުމަށް ފަހު އޭނާގެ އަތުގައި ހިފާގެން ވިނާން ދިޔައީ ކާން ރެޑީ ކޮއްފަ ހުރި ދިމާލަށެވެ.

“އޭ ބުނަންތަ ރަނގަޅު ވާހަކައެއް ތިމީހުން ތިވަރަށް ހަޅޭއްފަޅޭއް ނުޖެހި އަކަސް އަހަރުންނަން އަޑުއިވެޔޭ!!” ރަހުމަތްތެރިން ތިބި ތަނަށް ގޮސް ވިނާން ބުނެލިއެވެ. “ހައްހައްހާ… ކަންފަތް ބީރު ކަމަކަށް ނޫނޭ ގޮވީކީ މި އެއްމެންގެ ތެރޭގަ ކަސޯޓީ ކުޅޭތީ ގޮވީ!!” ވިނާން ރައްޓެއްސެއް ކަމައްވާ މާއިލް ހެމުން ހެމުން ބުނެލިއެވެ. “ހައްހައްހާ… އަދި އޮތީ ތިކަންވެސް ކުރުން ދޯ އަލް؟!” އެމީހުންނަށް ޖަވާބު ދެމުން ވިނާން އަލްޔާއަށް ދޯދިނެވެ. އަލްޔާ ހުރީ ނުދަންނަ މީހުން ގިނަ ކަމުން އަނގައިން ވެސް ބުނަން ނުކެރިފައެވެ. “އެކަމަކު އަހަރުމެންގެ ފަހަރި މިހިރީ ހާދަ ލަދުންނޭ! ވިނާން ކޮންތާކުންތަ މިހާ ލަދުރަކި ފަހަރިއެއް ހޯދީ؟” އަނެއްކާވެސް މިހާލް ޖެއްސުން ކުރަމުން އަހައިލިއެވެ. “އާނ… ގައިމެއް ނޫން! މަބުނީއޭ މަގޭ ރައްޓެހިންނަކީ ވަރަށް ލާނެއް ބައެކޭ އެމީހުން ކުރިމަތީގަ ލަދު ގަންނައްޗޭ ދޯ އަލް؟!” ވިނާން ވެސް މަޖާވެފަ އަލްޔާއަށް ދޯ ދެމުން ބުނެލިއެވެ. ވިނާން އެހެން ބުނުމުން އެންމެން ޕަކަ ޕަކަ ލާފަ ހޭން ފެށިއެވެ. އެމީހުން ހޭން ފެށުމުން އަލްޔާގެ ލަދު ގަތުން ވީ އިތުރެވެ. އޭރު އެއްމެން ވެސް ތިބީ ހޭވައްޓާލާފަ ކާންށެވެ. “ހޭ ގައިސް..! ލަސް ނުކޮށް ކޭކު ފަޅަން ހިނގާ އެހެން ނޫނީ މާލަސް ވެދާނެ، މަ ހެނދުނު ޑިއުޓީވެސް އެބަ އޮތޭ…” ފޯނުން ގަޑި ބަލާލާފަ ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން އެންމެން ވެސް އުޅެގަތީ ކޭކު ފަޅާށެވެ. އެމީހުން ވެސް ހެނދުނު ޑިއުޓީ އޮވޭ ވިއްޔާއެވެ. ނަމަވެސް އެންމެން ސަކަރާތުގައި އުޅެން ހަދާގެން އެއް ގަޑި ބައިވި އިރުވެސް ނޭނގުނެވެ. ގަޑި އިނގޭނީ ކިހިނެތް ހެއްޔެވެ؟. ކޭކު ފެޅި ގޮތަށް އެކަކު އަނެކަކު މޫނުގަ ކޭކް އުގުޅުމައި އެކަހަލަ އެތައް ސަކަރާތެއް ޖަހަނީއެވެ. އެހެންވީމަ ގަޑިން ވީއިރު އިނގޭނީ ކިހިނަކުން ހެއްޔެވެ؟. އަލްޔާ ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާރު އަލްޔާ ވެސް އެނުދަންނަ މީހުންނާ ސަކަރާތް ޖަހާ ލަދުރަކިކަން ފިލާ ގޮސްފިއެވެ. އަލްޔާ އުފާވާނެތާއެވެ. އޭނާގެ ހަޔާތުގަ ވެސް މިރެއަކީ އެންމެ އުފާވެރި ރެއެވެ. އެތައް ސަކަރާތެއް ޖަހާނިމުނު އިރު ގަޑިން ދޭއްޖެހާ ބޮޑު ވެއްޖެއެވެ. އެހެން ކަމުުން އެއްމެން އަވަހަށް ތެޅިގަތީ ގެއާ ދިމާލަށް ދެވޭތޯއެވެ. އަލްޔާ އާ ވަޒުނާ ދެމީހުން އަވަސް ވެގަތީ ކާރަކަށް އަރައިގެން ގެޔަށް ދެވޭތޯއެވެ. އެމީހުންނަށް ވުރެ ކުރިން ވިނާން ހުރީ ސައިކަލަށް އަރައިގެނަ އައިސް ގޭގައެވެ.

ވަޒުނާއާ އަލްޔާ އާ ދެމީހުން ގެއަށް އައިސް ވަން އިރު ވިނާން ހުރީ ހެދުުން ބަދަލު ކޮއްގެން އައިސް ސޯފާގައެވެ. ވެފަ ހުރި ވަރުބަލިކަމާއެކު އަލްޔާގެ ގިފުޓްތަށް އޭނާގެ ކޮޓަރިއަށް ވައްދަ ދީފަ ވަޒުނާ ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. “އަލް ދަނީތަ؟..” އަލްޔާ އަތުގައި ހުރި ޕާރުސަލްތައް ހިފާގެން އެތެރެއަށް ހިނގާގަތުމުން ވިނާން އަހައިލިއެވެ. “އާނ… ކޮޓަރިއަށް ނުގޮސް ކީއްތަ ކުރާނީ؟ މިހިރީ ވިއްޔާ ޖައްސާފަ ހުރި ހާލު!” އަލްޔާ ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. “ހެހެ… އޭއެވަރު ކަމެއް ނޫނޭ، ދޭބަލަ ހެދުން ޗޭންޖު ކޮއްގެން އަންނަން، އަންނަ އިރު ވިނާން ދިން ގިފްޓު ހިފައިގެން އަންނައްޗޭ” ހިނި ގަނޑަކާއެކު ވިނާން ބުނެލިއެވެ. އަލްޔާ ވަކި އެއްޗެއް ނުބުނެ އެތެރެއަށް ވަން ގޮތަށް ކުޑަ އިރު ކޮޅެއް ފަހުން އައިސް އެތަނަށް ހުއްޓުނެވެ. ވިނާން ދިން ގިފްޓު ވެސް ހިފައިގެންނެވެ. “އާދެ އިށީންނަން..!” ވިނާން އެހެން ބުނުމުން އަލްޔާ އައިސް އިށީދެއްޖެއެވެ. އަލްޔާ އިށީނުމުން ޕާރުސަލް ކަނޑަން ބުނުމުން އަލްޔާ ޕާރުސަލް ކެނޑިއެވެ. އޭގެ ތެރޭގައި އޮތީ އެންމެ ފަހުން ނިކުތް ނޯޓް އެއިޓް ފޯނެކެވެ!. އަލްޔާ ހުރީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިގެން ވިނާން އާ ދިމާލަށް ބަލަންށެވެ “ކީއްވެ ހައިރާންވެފަ ތިބަލަނީ؟ ދެން އަބަދުވެސް އަލްއަށް ގުޅޭނެއްނުން ވިނާން ކޮންމެ ތާކު ހުއްޓަސް، ޝަރާއަށް ވެސް ގުޅޭނެއްނުން!..” އަލްޔާ ހައިރާން ވެފަ ހުރުމުން ވިނާން ބުނެލިއެވެ. އަލްޔާ އާއޭ ކިޔާ ބޯޖަހައިލިއެވެ. “ބޭބީ ވިނާން މާދަން ފުރުމުން ދެރަވާނެތަ؟؟” އަލްޔާ އާ ކައިރިވަމުން ވިނާން އަހައިލިއެވެ. “ހޫމް… ވަރަށް ދެރަވާނެ ދެން ހަމަ ނުގޮސް ނުވާނެތަ؟!” އަލްޔާ ލޮލުން ކަރުނަ ހިލުނު ކަމުގައި ވިޔަސް ދެރަ ނުވާ ކަމަށް ހެދިގެން ބުނެލިއެވެ. “ލަވްއަށް ހީވޭތާ ކިރިޔާ ވެސް ގޮތެއް އޮތްނަމަ ވިނާން ދާނެހެން؟” އަލްޔާގެ އުނަގަނޑުގައި ހިފާ އިތުރަށް ކައިރި ކުރަމުން ވިނާން ބުނެލިއެވެ. “އުހު… އަލްއަށް އިނގޭ ވިނާޔަށް ވަރަށް މުހިންމު މީޓިންގްއެއްކަން ތީ، އެހެންވެ އަލް އެހާ ދެރައެން ނުވޭ..!” އަލްޔާ މޫނުމައްޗަށް އުފާވެރިކަން ގެންނަމުން ބުނެިއެވެ. “ތޭންކޮސް ބޭބީ..! ހިތަށް ވެސް ނާރާ ތީ ތިހާ އަންޑަސް ޓޭންޑިން ކުއްޖެކޭ ވަރަށް ހެޕީ ވެއްޖެ އަބަދުވެސް ތިހާ އަންޑަސް ޓޭންޑިންގް ވައްޗޭ” އަލްޔާގައިގަ ބައްދާލަމުން ވިނާންބުނެލިއެވެ. އޭރު އެމީހުންގެ ހުރިހާ ކަމަކަށް ވެސް ފާރަލާ ފާރަވެރިޔާ އަފީފާ ދިޔައީ ނުހަނު ގާތުގައި ހުރެގެން އެމީހުން ދައްކާ ވާހަކަ އަޑު އަހަމުންނެވެ. އަފީފާއަށް އެދެމީހުންގެ ގުޅުން ފަޅާ އެރީއްސުރެ ކޮންމެ ރެއަކު ވެސް ފާރަ ލުމަކީ އޭނާގެ އާދައެވެ. އަލްޔާގެ އަތުން ފޯނު އަތުލާ ވިނާންގެ ނަންބަރު ޖަހާ ބޭބީގެ ނަމުން ސޭވް ކޮއްފަ އަލްޔާ އަތަށް ވިނާން ފޯނު ދިނެވެ. “އަންޑަސްޓޭންޑިންއޭ އަމާ ޓޭންޑިން ކަލޭމެން ތިކުޅިވަރު ކުޅެވޭތޯ ދައްކާލަނަމޭ! އަދި ލަދެއް ހަޔާތެއް ނެތެންނުން، ވިނާންގެ މުޅި ހަޔާތުން ކަލޭ ނެރެ އެއްލާލާނަން!!” މަންޒަރު ބަލަން ހުރެ ރުޅި އައިސް ދެލޯ ރަތް ކޮއްލަމުން އަފީފާ ހިތާ ހިތުން ކިޔާލިއެވެ.

“ބޭބީ މާދަން ހެނދުނު ނިކުންނައްޗޭ ބޭރަށް ނައިން ތާރޓީގަ، ވިނާން ޖެހޭނެ ދާން، ބޭބީގެ ތި ލޯބި ލޯބި މޫނު ކޮޅު ނުފެނި ފުރަން ޖެހިއްޖެއްޔާ މުޅި މީޓިންވެސް ފަނި އަރާނެ!..” އަލްޔާގެ ތުންފަތަށް ދޮނެއް ދީފަ ވިނާން ބުނެލިއެވެ. އަލްޔާ ހޫމްއޭ ކިޔާ ބޯޖަހައިލިއެވެ. އަފީފާ ހުރަި ހުރިހާ މަންޒަރެއް ބަލައިގެން ހިތުން ނުފިލާ ވަރު ލަގައެއް ދޭނަމާ ބުނާ ފަދަ ގޮތަކަށެވެ. އެރޭ އެތައް އިރަކު ލޯބީގެ މާ ފޮޅުވުމަށް ފަހު ދެލޯބިވެރިން ވަކިވީ ހަތަރު ދުވަސް ފަހުން ދިމާވާނެ ކަމުގެ ޔަގީން ކަމާއެކުއެވެ. ފަރުދާގެ ފުރަގަހުގައި ވަނީ ކޮންފަދަ ރޭވުން ތެރި ކަމެއް ކަން ނޭނގޭ ހާލު ދެމީހުން ވެސް ވަނީ އެމީހެއްގެ ކޮޓަރިއަށެވެ. ދެމީހުން ވަނުމުން ހަށިފުރާ ނޭވާއެއް ލާފަ އަފީފާ ވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު އަފީފާގެ ތުންފަތް މަތީ ވަނީ ވިހަ ހިނިތުން ވުމެކެވެ.

ހެނދުނު ނުވަގަޑި ބައިވިއިރު ވިނާން ހުރީ ރެޑީވެގެން ތިރިއަށް އައިސްއެވެ. އޭރު އަފީފާއާ ސައުދު ވެސް ސޯފާގަ ތިއްބެވެ. ވަޒުނާ ހެނދުނު ޑިއުޓީ އޮތުމުން އޭނާގެ ކުޑަބެ ފުރާ ގަޑީގަ ވެސް ގޭގައި ނުހުރެވުނެވެ. “ދަރިފުޅު ކޯއްޗެއް ތިހޯދަނީ؟..” ވިނާން އެއްޗެއް ގެއްލިގެން ހޯދާފަދަ ގޮތަކަށް ހޯދަން ފެށުމުން ސައުދު އަހައިލިއެވެ. “އެއްޗެއް ނޫން ކޮބާ ވަޒޫ؟ އަލް ވެސް ނެތް، ކޮބަ އެދެމީހުން؟” ވަޒުނާ ހުރީ ޑިއުޓީގަ ކަން ވެސް އެނގި ހުރެ އަލްޔާ ފެންނަން ނެތުމުން ވިނާން އަހައިލިއެވެ. “ވަޒޫ ވީ ޑިއުޓީގައެއް ނޫން އަލްޔާ އަދި ހޭލިކަމެއް ވެސް ނޭނގެ…” ސައުދު ބުނެލިއެވެ. އަފީފާ ހުރީ އެއްޗެއް ބުނެވިދާނެތީ ތުން ފިއްތާގެން ދުރު ބަލަންށެވެ.
އޭރު އަލްޔާ އޭނާގެ ކޮޓަރިން ނިކުންނަނީއެވެ. އެމަންޒަރު ފެނި ވިނާންގެ ބައްތިރީސް ދަތް ހުރީ ސޭލް އެޅުވިފައެވެ. އަފީފާ ހުރީ ރުޅި އައިސް ކުޅަދުރެއްހެން އަލްޔާގެ މޫނަށް ބަލާށެވެ.

…..ނުނިމޭ…..

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތި ލޯތްބަށްޓަަކައި (12)

Next

އަގެއްނެތްލޯބި 29 ވަނަ ބައި

Next
September 25, 2017

އަގެއްނެތްލޯބި 29 ވަނަ ބައި

Previews
September 25, 2017

ތި ލޯތްބަށްޓަަކައި (12)

16 Comments!

  1. Adam says:
    September 25, 2017 at 5:30 pm

    Hope u all like this part… plxx comment all! LY all sooo much.??

  2. Ram says:
    September 25, 2017 at 5:43 pm

    V salhi.. vinaan aa alyaa aa dhurunukurahcheyy.. v v salhi.. ❤

    1. Adam says:
      September 25, 2017 at 6:24 pm

      Komme haalega ves edhemeehun gulhuvaanan I guess bodu haguraamayakah fahu libeynee

  3. princess says:
    September 25, 2017 at 5:52 pm

    Wow i really like this story..❤❤
    waiting for next part..

  4. Xee says:
    September 25, 2017 at 5:56 pm

    Plx e plan kaamiyaabu viya nudeyqey and story hama habehys❤❤❤?????? plx vinaa and al dhuru nukutaathi den saudu kairy bunegen marry kuran veenu saudu kihaa cool ?

  5. Alvyn says:
    September 25, 2017 at 6:49 pm

    Alhey v nice story… Mi month ge 22 Eii Al ge vex birthdayy…

    1. Adam says:
      September 25, 2017 at 7:25 pm

      Ehentha….??

  6. Shin says:
    September 25, 2017 at 8:13 pm

    Oooowwwww haadha rynchey… Alhey al ah dhera gothei hedhiya nudhehchey a ulhey afeefaaa gandu ??… V v v rythi vaahaka… Kn irakun next part… Avahan up kohdhehchey.

  7. Rysh says:
    September 25, 2017 at 8:38 pm

    Next part avahah up kohlahchey story is habeys vrarrrrrrrrrrythi??

  8. Lam says:
    September 25, 2017 at 9:31 pm

    Hama vv salhi..masha Allah…waiting

  9. Loo says:
    September 25, 2017 at 10:36 pm

    Afeefa bolah gaaburi eh vehti eyna raava plan hadhaan nethey nama
    Love this story. Please Las nukoh up kurahchey

  10. Anth says:
    September 25, 2017 at 11:45 pm

    Woww intresting..

  11. Azu says:
    September 25, 2017 at 11:51 pm

    Amaa tanding….????

  12. Shehey says:
    September 26, 2017 at 5:43 am

    Aslu mi vaahaka 19 baitha mee. Bodoh heevany 14 vana bai hen me

    1. Adam says:
      September 26, 2017 at 9:05 am

      Nooney shehey Mee Hama 19 vana bai

  13. Addu manje says:
    September 26, 2017 at 11:17 am

    Love this part. Afeefa men ge molhu plan balan jeheyne komme gotheh hadhaafa ves..
    Vinaan mennah vure afeefa ge kanthah hunna goii balaa hih vanee..???

Comments are closed.


All Right Reserved!