“ޔާލް……” ޔަލްވީގެ އިތުރުން ޝިއުރީމެންވެސް ހުއްޓުނީ ޝައުންގެ އަޑުންނެވެ. ޝިއުރީމެން ފަހަތް ބަލާލިނަމަވެސް، ޔަލްވީ، އެ ހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީއެވެ. ޔަލްވީ ބަލައި ނުލުމުން، ޝައުންގޮސް މަޑުކޮށްލީ ޔަލްވީގެ ކުރިމަތީގައެވެ.
“ޔާލް…. އަހަންނާ ގުޅުންހުރި ބައެއްގެ ސަބަބުން ޔާލްއަށް ތި ހާލު ޖެހުނީތީ، އަހަރެން ވަރަށް ދެރަވެއްޖެ…. އެ މީހުންގެ ކިބައިން އަހަރެން މާފަށް އެދެން….” ޔަލްވީގެ ދެ އަތްތިލާގައި، ހިފާލަމުން ޝައުން ބުނެލިއެވެ. ޝައުންގެ އަތުތެރޭގައިވާ ޔަލްވީގެ އަތް އޭނާ ދަމައިގަތެވެ. ޔަލްވީ ދެން ކޮށްލި ކަމަކުން އެތާ ތިބި އެންމެނަށް ސިހުން ލިބިގެންދިޔައިރު، އެމީހުން ތިބީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސްހުއްޓިފައެވެ.
___________________________________________________
މޫނުގައި އަތް އަޅާލައިގެން ހުރި ޝައުންވެސް ހުރީ ހައިރާންވެފައެވެ. ޔަލްވީގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ ކޯތާފަތަށް އަރާނެކަމަށް ފަހަރެއްގައިވެސް ޝައުނަށް ހީކުރެވިފައެއް ނެތެވެ.
“އަދިވެސް ވީވަރު ކުޑައީތަ…..؟؟؟؟ ނޫނީ އަހަންނަށް މިއަށްވުރެވެސް ބޮޑުވަރު ވާން ބޭނުންވަނީތަ….؟؟؟ ޝައުން ގާތު އަހަރެން، ކިހާ ރީތިކޮށް ބުނިންތަ އަހަންނާ ގާތް ނުވާށޭ…. އަހަންނާ ވާހަކަ ނުދައްކާށޭ…. ބުނީމަވެސް ޝައުންއަށް މަޑަކުން ނުހުރެވުނެއްނު….. ޝައުންއަށް ހަމަ ރަނގަޅަށް އެނގޭ، ޝައުން އަހަންނާ ވާހަކަ ދައްކަންޏާ އީޝާ ރުޅިއަންނަކަން…. ޝައުންގެ ސަބަބުން މި ހުރިހާ ކަމެއްވެސް މިވީ….. އަހަރެން ބުނިގޮތަށް ޝައުން ދުރުގައި ހުރިނަމަ….. …… …..” ޔަލްވީއަށް ވާހަކަ ދައްކަން އުނދަގޫވުމުން ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އިރުކޮޅަކު އެ ގޮތުގައި ހުރުމަށްފަހު، އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
“އަހަރެންގެ އިއްފަތްތެރިކަން މިއަދު މި ސަލާމަތްވީ ހަމަ ކިރިޔާ…. ޝައުން، ދެން އަހަރެންނާ ވާހަކަ ނުދައްކާތި… ދޭ…. މިތަނުން ދޭ…. އަހަންނާ ވާހަކަ ދައްކަން ދުވަހަކުވެސް މަސައްކަތް ނުކުރާތި…. މިތަނުން ދޭ…..” ރުޅިގަދަވެފައިވާ ޔަލްވީއަށް ކިޔޭ އެއްޗެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. ރުޅިއާއި އެއްވަރަށް އޭނާ ހުރީ ދެރަވެސް ވެފައެވެ. ދެ އިޙްސާސް އެކުވުމުން އޭނާއަށް ކެތްކުރުންވީ އުނދަގޫކަމަކަށެވެ. ޝައުންގެ މޭގައި އަތްއަޅާ ކޮށްޕާލިއިރު އޭނާއަށް ރޮވިއްޖެއެވެ. ޔަލްވީގެ ރުއިމުން ޝައުންގެ ހިތަށް އަސަރުކުރަމުން ދިޔައެވެ. އޭނާ، އެހާ ރުޅިއައިސްފައި ހުރުމުން ޝައުން އަދި ވަކިން ދެރަވިއެވެ. ޔަލްވީ އެވަރަށް ކޮށްޕިއިރުވެސް ޙަރަކާތެއްކޮށް ނުލާ އޭނާ ހުރީ އަމިއްލަ ނަފްސު ކުށްވެރިކުރެވޭތީއެވެ.
“ނޫން ޔާލް… ތިހެން ނުބުނޭ…. އެ ކަމުގައި ކުށްވެރިވަނީ ޝައުން އެކަންޏެއް ނޫން…. އަހަރެމެންވެސް ކުށްވެރިވާނެ….. އެ ދުވަހު ޝަހުނާއަށް ދައްކަން ދޮންބެއާއި ޔާލްއާއި ދެ ކުދިން ލައްވާ އަހަރެމެން ކުރުވި ކަމަކުން ޝަހުނާގެ ހިތުގައި ޔާލްއާއިމެދު ރުޅިވެރިކަން އުފެދުނީ…. އަހަރެމެން ޝަހުނާއަށް ދޮގު ނުހެދިނަމަ، އޭނާ އެހާ ވަރަށް ޔާލްއަށް ނަފްރަތެއް ނުކުރީސް…..” ޖޫސްޕެޓީ ބުއި ދުވަހު، ޝަހުނާ ދެރަކުރަން މިޝަލާއި ޔަލްވީ، ރައްޓެހިވެގެން އުޅެނީއޭ ކިޔައިގެން ދެއްކި ދޮގު ވާހަކަތަކާއި، ޔަލްވީއާއި މިޝަލް ލައްވާ ބާބެކިއު ހެދި ދުވަހު ކުޅުވި ޑްރާމާ މަތިން، ހަނދާންވުމުން މިޝްޔާ ދެރަވެލާފައި ބުނެލިއެވެ.
“އަހަރެމެން އެ ގޮތަށް ކަންތައް ކުރިއޭ ކިޔާފައި، އެ މީހުން އެހާ ދަށު ދަރަޖައަކަށް ވެއްޓެންޖެހޭތަ…..؟؟؟ ތިކަމުގައި، އަހަންނަށް ހަމަ ކުށްވެރި ކުރެވޭނީ ޝަހުނާއާއި، އީޝާ…..” މިޝްޔާގެ ވާހަކަތަކަށް ދެކޮޅުހަދަމުން ޝިއުރީ ބުނެލިއެވެ.
“ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަންނަށް ހެޔޮ…. އަހަރެން މި ބުނަނީ ޝައުން ގާތު ދެން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކޮށްގެން ނުވާނެއޭ…. އަހަންނަށް ރަނގަޅީ އަހަންނަށް ފެންނަ ހިސާބަށްވެސް ޝައުން ނައިއްޔާ…..” ދެ ލޮލުން އަންނަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން، އޭނާގެ ކުރިމަތިން ދިއުމަށް ޝައުންގެ ގާތުން ދެ ވަނަ ފަހަރަށް ޔަލްވީ އެދުނެވެ. ޔަލްވީގެ އަޑު ބާރުކަމުން އެންމެނަށްވެސް ސިހުން ގެނުވިއެވެ. އަސަރުން ފުރިގެންވީ، ބެލުމަކުން ޔަލްވީއަށް ބަލާލުމަށްފަހު، އެ ތަނުން ދިއުމަށް ޝައުން ހިނގައިގަތީ، ހިތްދަތިވެފައި ހުރެއެވެ.
********************
“އީޝާ…..” ގޭތެރެއަށް ވަންނަން އައި އީޝާއާއި، ޝަހުނާ ސިހިގެން ދިޔައީ ޝައުންގެ ރުޅިވެރި އަޑުން އީޝާގެ ނަމުން ގޮވާލުމުންނެވެ. އެތެރެއަށް ވަންނަން ނޭނގިފައި ތިބި ދެ މީހުންނަށް އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލެވުނީ، ޝައުން އެހާ ރުޅިއައިސްފައި ހުރުމުންނެވެ. ރުޅިއައިސް ރަތްވެފައި ހުރި ޝައުން ހަލުވިކޮށް ހިނގާފައި އައިސް އީޝާގެ އަތުގެ މުލައްދަނޑީގައި ހިފައި، އޭނާ، މަގުމައްޗަށް ހޫރާލީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. ނުވިސްނާ ހުރި އީޝާ ވެއްޓުނީ ބިންމައްޗަށެވެ. ޝައުން ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހިފައި ހުރި ޝަހުނާ، ޝައުންގެ ނަމުން ބާރަށް ގޮވާލިއެވެ.
“ދޮންތަ ހުރޭ މަޑުން…..” ޝަހުނާގެ އަޑަށްވުރެ ޝައުންގެ އަޑު ބާރުވިއެވެ. އެ ވަގުތު ގޭގައި އިތުރު ބަޔަކު ނެތްކަން އެއީ ކާކުގެ ނަޞީބެއްކަމެއް ނޭނގެއެވެ. އެހާ ރުޅިއައިސްގެން ޝައުން ދުވަހަކުވެސް ވާހަކަ ދައްކާފައި ނުވާތީ، ޝަހުނާވެސް ޖެހިލުންވާ ގޮތްވިއެވެ.
“މުޑުދާރު އަންހެނާ…. އަހަންނާ ކަލެއާއި ދޭތެރޭ މި ވީހާތަނަށް ގުޅުމެއް އޮތިއްޔާ، އެ ގުޅުމެއް އަހަރެން ކަނޑާލައިފިން…. އަހަރެން ހިއެއް ނުކުރަން ތީ ތިހާ ދަށުދަރަޖައިގެ ބައެއްކަމަށް…. އަހަރެން ލަދުގަނޭ ދޮންތަ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެކޭ ބުނަންވެސް…. ޔާލްއާއިމެދު އެހާ އިހާނެތިކޮށް ކަންތައްކުރަން އެމީހާ ގާތު ބުނިއިރު، އެއީ ހަމަ ތި މީހުންކަހަލަ އަންހެންކުއްޖެކޭ އެއްފަހަރުވެސް ހިތަށް ނާރާތަ…..؟؟؟؟ އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވެދާނެ ގޮތަކާއި ދޭތެރޭ ނުވިސްނޭވަރުގެ ކުޑަކުދިންތަކެއްތަ ތީ… އޭން….. އޭނާގެ ކޮން ކުށެއް އޮވެގެންތަ ކަލޭމެން އޭނައަށް އެ ފަދަ ބޮޑު ދެރައެއް ދޭން ތި ރޭވީ…. ބުނެބަލަ…. އަހަންނަށް ޖަވާބުދީބަލަ…. ދެން ދޮންތަ….؟؟؟؟ އޭނައަށް ދެރައެއް ދިނީއޭ ކިޔާފައި ދޮންތައަށް ހީވަނީތަ ދޮންތައަށް މިޝަލް ލިބިދާނޭ….. މި ވީހާ ދުވަހުވެސް މިޝަލް ރުހުމުގެ ލޮލަކުން ބަލާލާފައި ނުވާއިރު، ދޮންތަ މައިތިރިވާކަށް ނުވޭތަ….؟؟؟ ކަލޭމެން ދެ މީހުންގެ ސަބަބުން، މިއަދު އަހަރެން ވަރަށް ލަދުގަނެއްޖެ….. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނިސް މިތަނުން ދާން އުޅޭ އީޝާ…. ދިއުމުގެ ކުރިން އަޑު އަހާ…. އީޝާ ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް އަހަރެންގެ ހިތުން ޔާލްއަށް ޖާގައެއް ދެވިއްޖެ…. އީޝާއަށް ނުދެވޭވަރުގެ ޖާގައެއް…. އަހަރެން ޔާލްދެކެ ލޯބިވޭ…. ވަރަށް ބޮޑަށް ލޯބިވޭ….. އަހަންނަށް ޙަޤީގީ ލޯބި މި ވެވުނީ އަދި ކިރިޔާ…. އެވެސް ޔާލްދެކެ….. އަދި އަހަރެން ކަލެއަށް އިންތިހާއަށް ނަފްރަތުކުރަން….. ވެގެން ވަންޏާ ދެން އަހަރެން ފެންނަ ހިސާބަށްވެސް ނާންނާތި….” ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެވުމުން ޝައުން ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ލެއްޕިއެވެ. ދޮރުގައި ލެނގިލައިގެން އިނދެ އޭނާ، ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެ އަތް މަހާލިއެވެ. މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް މިއަދު އޭނަގެ ހިތަށް އަސަރުކޮށްފިއެވެ. ޔަލްވީދެކެ ލޯބިވެވި، އޭނާގެ ގާތުގައި އެ ވާހަކަ ބުނުމުގެ ކުރިން، ޔަލްވީ އެ ވަނީ އޭނާ ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. އެވަރުން ނުވެގެން އޭނާއާއި ދުރުގައި ހުންނަންވެސް ބުނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
********************
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެ ދުވަހަށްފަހު، ޔަލްވީއާއި، ކިތަންމެ ވާހަކަ ދައްކަން ބޭނުންވިކަމުގައިވިޔަސް، އޭނާގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ޝައުނަކަށް ނުލިބުނެވެ. ޔަލްވީގެ ޙާލަކީތޯއެވެ. އެ ދުވަހު، ޝައުނާއި ދިމާއަށް އެ ހުރިހާ އެއްޗެއް ކިޔުމުން އެކަމާ، އެންމެ ދެރަވީވެސް އޭނާއެވެ. އެ ދުވަހު މާ ބޮޑަށް ދެރަވެ، ރުޅިއައިސްފައި ހުރުމުން އެ ވަގުތު، އޭނާއަށް އެ ހުރިހާ އެއްޗެއް ކިޔުނު ކަމުގައިވިޔަސް، ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށުމުން، އޭނާ ފަހުން އެކަމާ ދެރަވެ ރުއިވަރު މާތްﷲ ދެނެވޮޑިގަންނަވާނެއެވެ. އެކަމުގައި ޝައުންގެ ކުށެއް ނެތްކަންވެސް އޭނާއަށް ވިސްނުނީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށުމުންނެވެ. އޭނާ އެހާ ބޮޑަށް ދެރަވީ، ޝައުންގެ ކުށެއް ނެތްއިރުވެސް ޝައުނާއި ދިމާއަށް އެއްޗެހި ކިޔުނީތީއެވެ. އެ ދުވަހުގެ ފަހުން ޝައުންގެ ފަރާތުން ފެންނަންފެށި ދުރުކަމުންވެސް އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.
********************
ރާހިލްގެ ޙަޤީގަތް ހޯދުމަށް އެކި ގޮތްގޮތަށް މަސައްކަތްކޮށްގެންވެސް އިޔާޒަށް އޭނާގެ ޙަޤީގަތް އެނގޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާވެސް މަސައްކަތް މެދުކަނޑާލީ، އިމްތިހާނަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލަން ބޭނުންވާތީއެވެ.
ދިރިއުޅުމަށް ކޮންމެފަދަ އިންޤިލާބެއް އައިސްފައިވީނަމަވެސް، ހަތަރު ކުދިން ހިތްވަރާއިއެކު، ފަހު އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ލިބޭތޯ އަތުކުރި އޮޅާލިއެވެ. އެކުވެރިންނާއި، ބައްދަލްކުރުން ތަންކޮޅެއް މަދުކޮށްލުމަށްފަހު، ކިޔެވުމުގައި ގިނަ ވަގުތުތައް ހޭދަކުރިއެވެ.
********************
ދުވަހަކަށްފަހު، ދުވަހެއް ފާއިތުވަމުންގޮސް، ފަހު އިމްތިހާންވެސް ނިމިއްޖެއެވެ. އިމްތިހާން ނިމުމުން، ސްކޫލްގެ މެނޭޖްމަންޓާއި ގުޅިގެން އެ އަހަރުގެ ގްރޭޑް ބާރަ ނިންމި ހުރިހާ ދަރިވަރުން އެއްވެގެން “ފެއަރވެލް ޕާޓީ” ބާއްވަން ނިންމިއެވެ. އެ ޙަފްލާ ބާއްވަން ހަމަޖެއްސުމުން، އެކަމާ އެންމެ އުފާވީ ޔަލްވީއެވެ. ޝައުން ވާހަކަ ނުދެއްކި ކަމުގައިވިޔަސް، އޭނާ ފެނުމުގެ ފުރުޞަތު ލިބޭނެތީއެވެ. ޙަފްލާގެ ކަންތައްތައް ރާވާ ނިމުމުން ހަތަރު ކުދިން އެކީ ސްކޫލުށް ނިކުންނަން ދިޔައީ، އެއީ ދެން ޔުނިފޯމް ލައިގެން ސްކޫލަށް ވަންނަންޖެހޭނެ، އެންމެ ފަހު ދުވަހަށްވުމުން އެ ވާހަކަ ދައްކަމުންނެވެ.
ގޭޓުން ބޭރުވެވުމާއިއެކު، ސްކޫލްގެ ފާރުގައި އަތްއަޅުވާލައިގެން ހިނިތުންވެފައި ހުރި އަފްލާކް ފެނުމުން، އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
“ކޮބާ…. އަހަރެން އޭރުވެސް ބުނީމެއްނު އަފޫ، ޔާނީއަށް ދެރަގޮތެއް ނުހަދާނެއޭ… އަމްހާއްތަ ބުނި ބަސްއަހައިގެން، ހަމަ ޔާނީ ކިޔަވާ ނިމެންދެން، އޭނާ ދުރުގައި އެ ހުރީ…. އަޅޭ އަހަންނަށްވެސް އަފޫ ކަހަލަ މީހަކު ލިބޭނެނަމަ…. އަހަންނަށް މިއަދު ޔަޤީންވެއްޖެ އަފޫ ޔާނީދެކެ ވަރަށް ލޯބިވާކަން….” އަޔާނީގެ އަތުގައި ހިފާލަމުން އުފާވެފައި ހުރެ، ޝިއުރީ ބުނެލިއެވެ.
“ޝިއު…. ދެން އޭނާގެ އަތުން ދޫކޮށްލާ…. މިހާރުވެސް އެ ހުރީ އަފޫ ގާތަށް ނުދެވިގެން ލަސްވެފައި….” ޔަލްވީވެސް މަޖާވެލާފައި އަޔާނީއާއި ދިމާކޮށްލިއެވެ. އަޔާނީގެ ދޮން މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ އެ ކުދިން ދިމާކުރުމުންނެވެ. އޭރު ދުރުގައި ހުރި އަފްލާކް، އައިސް އެމީހުންގެ ކައިރީގައި މަޑުކޮށްލަނީއެވެ.
“އަފޫއަށް ޔާނީ ޙަވާލު…. އަހަރެމެން މި ދަނީ……” އަފްލާކް އައިސް މަޑުކޮށްލުމާއިއެކު، މިހެން ބުނެފައި ޝިއުރީމެން ހިނގައިގަތެވެ.
“އޯވ….. ޔާނީ…… ރުޅިއައިއްސަތަ…..؟؟؟؟” އަފްލާކާއި ދިމާއަށް ބަލާވެސް ނުލައި، އަޔާނީ، އިސްޖަހާލައިގެން ހުރުމުން އަފްލާކަށް އަހާލެވުނެވެ.
“އަފޫއެއްނު ރުޅިން އުޅުނީ…..” ކުރިޔަށް ހިނގައިގަންނަމުން އަޔާނީ މަޑުމަޑުން ބުނެލިއެވެ. އޭރުވެސް އޭނާ އަފްލާކާއި ދިމާއަށް ބަލާނުލައެވެ.
“ކަމްއޯން ޔާނީބޭބީ…. ޔާނީއަށްވެސް އެނގެއެއްނު އަހަރެން އެ ގޮތަށް ކަންތައް ކުރީ ރުޅި އައިސްގެން ނޫންކަން…. އަހަރެން ބޭނުން ޔާނީ މަންމަމެންގެ ފުރިހަމަ ރުހުން ހޯދަން…. މަންމަމެން ބުނާ ގޮތަށް ކަންތައް ކޮށްގެންނު، އެ މީހުންގެ ރުހުން ހޯދޭނީ…. އެހެންވެއޭ އަހަރެން ޔާނީއާއި ވާހަކަ ނުދައްކާ ހުރީ…. އެކަމަކު، އޭރުވެސް ބުނީމެއްނު ޔާނީ ކިޔަވާ ނިމެންދެން އިންތިޒާރު ކުރާނަމޭ…. އަހަރެން ޔާނީއާއި ވާހަކަ ނުދެއްކިޔަސް ކޮންމެ ދުވަހަކު އިޔާއަށް ގުޅައިގެން ޔާނީގެ ޙާލު ބަލަން….” އަޔާނީ ހިތްހަމަ ނުޖެހިފައި ހުރިހެން ހީވުމުން އަފްލާކް ދެރަވިއެވެ. ނުހޭން އުޅުނަސް އަޔާނީގެ ގާތަށް ހިނިއައީ އެހެންވެއެވެ. އަޔާނީ ހޭންފެށުމުން އަފްލާކް ބަލާލީ ވާނުވާ ނޭނގުމުންނެވެ.
“އަޅޭ…. އަފޫ ހާދަ ދެރަވެއްޖެއޭ ދޯ…. އަހަންނަށް އެނގޭ އަފޫ އެ ގޮތަށް ކަންތައް ކުރީ ކީއްވެގެންކަން…. އަދި ކޮންމެ ދުވަހަކު އިޔާއަށް ގުޅައިގެން އަހަރެންގެ ޙާލު ބަލާކަންވެސް އެނގޭ…. ބެލްކަނީގަ ހުއްޓާ އަފޫ ފެނިގެން އަހަރެން މަގުމައްޗަށް ނުކުތް ދުވަހު، އަހަރެން ގޮވައިގެން ގެއަށް ގޮސް، އިޔާޒް އަހަންނަށް އެ ހުރިހާ ވާހަކައެއް ކިޔައިދިން….. އަފޫ އެ ގޮތަށް ކަންތައް ކުރަނީ ކީއްވެކަން އެނގުނު ފަހުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނީ….. އިޔާ ބުނި، އަހަންނަށް ނޭނގޭ ގޮތަށް އަފޫ އަހަންނަށް ބަލަން ހުންނަ ވާހަކަވެސް….. އަފޫއަށް ނޭނގުނަސް ބައެއް ދުވަސްދުވަހު، އަފޫ އިޔާޒަށް ގުޅާއިރު، އަހަރެންވެސް އަފޫގެ އަޑު އަހަން….. އިޔާ އެ ވާހަކަތައް ނުކިޔައިދިންނަމަ، އަހަންނަށް ރަނގަޅަށް ނުވެސް ކިޔެވުނީސް….” ހުރިހާ ވާހަކައެއް ދެއްކުމަށްފަހު، އަޔާނީ ހިނިތުންވެލަމުން، އަފްލާކަށް ބަލާލިއެވެ. ބަދަލުގައި އަފްލާކްވެސް ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
“މާތްﷲ އިރާދަކުރެއްވިއްޔާ ދެން ނުޖެހޭނެ ސިއްރުން އަޑު އަހާ، ސިއްރުން ބަލަން ހުންނާކަށް…. އަހަރެމެން ދެމެދުގައި ލެވިފައިވާ ފާރު މިއަދު މި ފުނޑުފުނޑުވީ… އަހަރެމެންގެ ދިގު އިންތިޒާރަށް ނިމުން އައީ….” ފުން ނޭވާއެއް ބޭރުކޮށްލަމުން އަފްލާކް ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން އަޔާނީ ބޯ ޖަހާލިއެވެ.
“މަޑުކޮށްބަލަ….. އިޔާ ބުނި އަފޫ ރިސޯޓުން ކެނޑިގެން އުޅޭ ވާހަކަ…. ކީއްވެ ރިސޯޓުން ކެނޑުނީ….. އަފޫ އެ ގޮތަށް ކަންތައް ކުރީމަ، ބައްޕަ ރުޅި އަންނާނެއެއްނު….. އަނެއްކާ ދެންމެ ތި ދެއްކީ އަހަރެންގެ އާއިލާގެ ރުހުން ހޯދަން ބޭނުންވާ ވާހަކަ….. ވަޒީފާއަކަށް ނުގޮސް ހުރިއްޔާ އަހަރެންގެ އާއިލާގެ ރުހުމެއް ނުލިބޭނެ……” ކުއްލިއަކަށް އެކަން ހަނދާންވުމުން އަޔާނީގެ ފިޔަވަޅުތައް މަޑުޖައްސާލަމުން އަފްލާކާއި ސުވާލުކޮށްލިއެވެ. މައުސޫމްކަމުން ފުރިގެންގެންވީ ބެލުމަކުން އަޔާނީ ބަލާލުމުން، ލުއިގޮތަކަށް ހީލަމުން، އަފްލާކް، އަޔާނީގެ ކޮލުގައި ހިފާލިއެވެ.
“ޔާނީއާއި ވާހަކަ ދައްކާ ނުލެވޭތާގައި، ޔާނީ ނުފެންނަ ހިސާބުގައި އުޅެން އަހަންނަށް ކެތްނުވީ…. އެހެންވެ ރިސޯޓުން ކެނޑުނީ….. އޭރުން، ޔާނީއާއި ވާހަކަ ނުދެއްކުނަސް އަހަންނަށް ޔާނީ ފެންނާނެއެއްނު….. ދެން ވަޒީފާ ދޯ…. އެކަމާ ޔާނީ ހާސްނުވޭ…. އަހަރެން މި އުޅެނީ މިރަށުގައި ހުންނަ ދިރާގުން ހުސްވެފައި އިން ވަޒީފާއަކަށް ކުރިމަތިލައިގެން….. އިންޓަރވިއުއަށްވެސް ގޮއްސިން…. މިއަދު މީ ޖަވާބު ލިބޭނެ ދުވަސް…. ވަރަށް އުއްމީދުކުރަން އެ ވަޒީފާ ލިބޭނެކަމަށް….. އެ ތަނުން ވަޒިފާ ނުލިބިއްޖެއްޔާ، މިރަށާ ކައިރި ރިސޯޓަކުން ވަޒީފާއެއް ލިބޭތޯ ބަލާނީ…. އެ ގޮތަށްވެސް ނުލިބިއްޖެއްޔާ މަހަށް ނޫނީ ކަންނެއްޔަށް ދާނީ….. އެކަމަކު ޔާނީ ނުފެންނަ ހިސާބު ދުރަކަށް ނުދެވޭނެ…. ނުވެސް ދާނަން….” އަފްލާކްގެ ވާހަކަތައް އަޑު އިވުމުން އަޔާނީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްލާކް، އޭނާދެކެ އެހާ ލޯބިވާކަން އެނގުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. އަޔާނީ އެ ގޮތަށް ބަލަން ހުރުމުން “ކިހިނެއްވީހޭ” އަފްލާކް އަހާލިއެވެ. އަޔާނީ ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ. އަދި އަފްލާކްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ދެ ކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ، އުފަލާ ހިތްހަމަ ޖެހުމުގެ ކުލަވަރުތަކެވެ.
********************
ސްކޫލްގެ ގޯތިތެރެ ޒީނަތްތެރި ކުރެވިފައިވަނީ “ސްނޯފްލޭކް” ތީމަށެވެ. މުޅި ތަނަށްވެރިވެފައިވަނީ މަޑު ނޫކުލައިގެ އައްޔެކެވެ. ގަސްގަހުގައި އެލުވާފައިވާ “ސްނޯފްލޭކްސް” ތަކަށް އެ އަލި އެޅުމުން ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އެކި ބައިބަޔަށް މޭޒުދޮށުގައި އިށީނދެގެން ތިބި އެންމެންވެސް، ގަޔަށް މަހާލާފައިވަނީ، މަޑުނޫކުލައާއި ހުދުކުލައިން ފަރުމާ ކޮށްފައިވާ ހެދުންތަކެކެވެ. މާހައުލު ހަލަބޮލިވެފައިވަނީ ޙަފްލާއަށް އައިސް ތިބި ކުދިންނާއި މީހުންގެ އަޑުންނެވެ. މިރޭ، އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
“އެ މީހުން މިތާ ކީއްކުރަނީ…..؟؟؟” އެކުވެރިންނާއި ވާހަކަ ދައްކަން އިން މިޝްޔާއަށް ގޭޓާއި ދިމާއަށް ބަލާލެވުނީ އަޔާނީ މިހެން ބުނުމުންނެވެ. އޭރު ރާހިލާއިއެކު، އިތުރު ދެ ޕޮލިހަކު ގޭޓުން އެތެރެއަށް ވަންނަނީއެވެ.
“ރަށުގެ އެކި މުޢައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަށްވެސް ދަޢުވަތު އެރުވި… އެހެންވެ އެ މީހުން އެ އައީ….” އަޔާނީގެ ސުވާލަށް ޖަވާބުދިނީ ޔަލްވީއެވެ. އެތެރެއަށް ވަދެގެން އައި ރާހިލާއި މިޝްޔާގެ ހަތަރުކަޅި ބައްދަލްވިހިނދު، ބޭއިޚްތިޔާރުގައި، މިޝްޔާއަށް އިންތަނުން ތެދުވެވުނެވެ. އޭނާއަށް، ހަމަހޭވެރިކަންވީ، ޝިއުރީ އޭނާގެ އަތުގައި ހިފާލަމުން “ކޮންތާކަށް”ހޭ އަހާލުމުންނެވެ.
“ދޮންބެ ގާތަށް ދާން…..” ދުރުގައި އިން މިޝަލް ފެނުމުން، މިޝްޔާ އަވަސްއަވަހަށް ބުނެލިއެވެ. އަދި މިޝަލްގެ ގާތަށް ދާން ހިނގައިގަތެވެ. ރާހިލާއި އަރާ ހަމަވުމުން މިޝްޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭރުވެސް ރާހިލްގެ ނަޒަރު ސީދާވެފައި ހުރީ މިޝްޔާއަށެވެ. ރާހިލްގެ ތޫނު ބެލުންތަކުން މިޝްޔާއަށް ކެތްވަނީއެއް ނޫނެވެ. އެކަމުން ހިތުގައި އުފެދި ބޮޑުވަމުން އައި ޝައްކަށް ބޮޅެއް އިތުރުވުން ނޫންކަމެއް ނުވެއެވެ.
“އަސްލުވެސް ތިދެމީހުން ކަމެއް ދޯ….. އަހަންނަށް މިހާރު ޝައްކު….” މިޝްޔާއަށް ބަލަމުންދިޔަ، ރާހިލްގެ ކަންފަތްދޮށުގައި ޒިއާދު މަޑުމަޑުން ބުނެލިއެވެ. އާދައިގެ މަތިން ރާހިލް ހިނިތުންވެލިއެވެ. އެހެނަސް، މިފަހަރުވެސް އޭނާއަށް ޖަވާބު ދިނުން މުހިއްމުކަމަކަށް ނުވިއެވެ.
“ޝައްކުވިޔަސް އަހަރެން ޖެހޭނީ ހުންނަން…. ރާހިލްގެ ދުލަކުން، އަހަރެންގެ ސުވާލުގެ ޖަވާބެއް ލިބޭނެހެނެއް ހިއެއް ނުވޭ…. ޖަވާބު ބޭނުމިއްޔާ ޖެހޭނީ، އެ މަންޖެ ގާތުގައި އަހަންކަންނޭނގެ….. އެކަމަކު، އެ މަންޖެވެސް ހާދަ ވަރަކަށޭ އެ ބަލަނީ…..” ޒިއާދު މި ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ރާހިލްގެ ދުލަކުން އެންމެ ލަފްޒެއްވެސް ބޭރެއް ނުކުރެއެވެ. ލުއި ހިނިތުންވުމަކުން ފުއްދާލީއެވެ. ޒިއާދަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ އެހެންވެއެވެ. ރާހިލްގެ ފަރާތުން އެކަމަށް އެއްވެސް ޖަވާބެއް ނުލިބޭތީ، އެކަމުގެ ޙަޤީގަތް ހޯދުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ.
މިޝަލްގެ ގާތަށް ދިޔަ މިޝްޔާ، އެ ތާނގައި ހުރި ހުސްގޮނޑިއެއްގައި އިށީންނަމުން ރާހިލަށް ބަލާލިއެވެ. އޭރުވެސް ރާހިލް ހުރީ މިޝްޔާއަށް ބަލަންކަމުން، އެ ތޫނު ނަޒަރުން ރެކުމަށްޓަކައި، މިޝްޔާއަށް ޖެހުނީ އިސްޖަހާލާށެވެ.
“އޭނަ، ޒީކްއާއި ވަރަށް ވައްތަރުދޯ….” މިޝްޔާގެ ޙަރަކާތްތަކަށް ބަލަން އިން މިޝަލް، ބުނެލިއެވެ. މިޝްޔާއަށް ސިހިފައި މިޝަލާއި ދިމާއަށް ބަލާލެވުނީ ދުވަސްތަކަކަށްފަހު، މިޝަލްގެ ދުލުން ޒިކާންގެ ނަން އަޑު އިވުމުންނެވެ. މިޝަލް ބަލަން އިނުމުން އޭނާ ބޯ ޖަހާލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
“މިޝްއަށް ހީވޭތަ އެއީ ޒީކްހެން….؟؟؟؟؟” މިޝަލްގެ ނަޒަރު ސީދާވެފައި ހުރީ ރާހިލަށެވެ. އޭނާ މިޝްޔާއަށް ބަލާކަންވެސް މިޝަލަށް ފާހަގަ ކުރެވުނެވެ.
“އަހަރެންގެ ހިތް ބުނަނީ އެއީ ޒީކްއޭ…. އެކަމަކު، އޭނަ އުޅޭ ގޮތުން ހިޔެއް ނުވެއެއްނު އަހަރެމެން ދަންނަ މީހެއްހެންވެސް…..” ރާހިލަށް ބަލާލުމަށްފަހު، މިޝަލަށް ބަލާލަމުން، މިޝްޔާ ޖަވާބުދިނެވެ. މިޝަލް ބޯ ޖަހާލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
“ދޮންބެ ކޮން އިރަކުން ޝިއު ގާތު އެ ވާހަކަ ދައްކަނީ…..؟؟؟” މިޝަލް، ޝިއުރީއަށް ބަލާލިތަން ފެނުމުން މިޝްޔާ އަހާލިއެވެ.
“ތިކަމާ މި ވިސްނަނީ…. މި ހިތަށް އަރަނީ މިރޭ އެ ވާހަކަ ދައްކަންކަމަށް…. ވަރަށް އިންތިޒާރު ކުރެވިއްޖެއެއްނު…. ދެން ކީއްކުރަން ލަސްކުރަނީ ދޯ….” ރަކި ގޮތަކަށް ހީލަމުން މިޝަލް ބުނެލިއެވެ. އޭނާގެ ނިންމުމަށް މިޝްޔާވެސް ތާއީދު ކުރިއެވެ.
ޝިއުރީމެން ގާތުގައި އިށީނދެގެން އިން ޔަލްވީ، އެކި ދިމަދިމާއަށް ބަލާލީ ޝައުން ފެނޭތޯއެވެ. އެ ވަގުތު އިޔާޒާއި އިތުރު ދެ ކުއްޖަކާއިއެކު، މޭޒެއްގެ ދޮށުގައި އިން ޝައުން ފެނުމުން ޔަލްވީއަށް އިސް ޖަހާލެވުނީ ޝައުންގެ ނަޒަރު އޭނާއަށް ސީދާވެފައި ވުމުންނެވެ.
“ޔާލް…. މިހާރު ދެން ވެއްޖެއެއްނު އޭނައަށް މާފުކޮށްފަ، ވާހަކަ ދައްކަން…..” ޔަލްވީގެ ޙަރަކާތްތަކަށް ބަލަން އިން އަޔާނީ ބުނެލިއެވެ.
“އޭނާ އަހަންނާ ވާހަކަ ދައްކައިގެންނު…. މިހާރު އެއްގޮތަކަށްވެސް އޭނަ އަހަންނާ ވާހަކައެއް ނުދައްކާ…. ވާހަކަ ދައްކަން މަސައްކަތެއްވެސް ނުކުރޭ…. ދެން އަހަރެން ކިހިނެއް އޭނައާއި ވާހަކަ ދައްކާނީ…. އަހަންނަކަށް ނުކެރޭނެ އިސްވެ ވާހަކަ ދައްކާކަށް….” ސިއްރުން ޝައުނަށް ބަލާލަމުން ޔަލްވީ ބުނެލިއެވެ.
“ޝައުން ގާތު ވާހަކަ ނުދައްކާށޭ ޔާލް، ބުނީމައެއްނު އޭނަ ވާހަކަ ނުދައްކަނީ….. މިހާރަކަށް އައިސް ވަރަށް ދެރަވެފައި އޭނަ ހުންނަނީވެސް…. ޝައުން ޔާލްއަށް ބަލާލާ ގޮތުން އަހަންނަށް ހީވަނީ އޭނާވެސް މިހާރު ޔާލް ދެކެ ލޯބިވާހެން…. ” ޝިއުރީވެސް އެ ކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ.
“އެ ދުވަހު، އެހާ ވަރަށް އެއްޗެހި ކިޔުނީމަ، އަހަރެން މި ހުންނަނީ ވާހަކަ ދައްކަން ނުކެރިފަ….” ކުރީ ދުވަހު ކަންތައް ކުރެވުނު ގޮތުން ޔަލްވީ އިނީ އަސްލުވެސް ވަރަށް ދެރަވެފައެވެ.
“އޭނަ ހަމަ އެ ދުވަހު، އެ އީޝާއާއިވެސް ރުޅިވެއްޖެ އޯ….. ޝައުން އީޝާ ގެއިން ނެރުން ގޮތްވެސް ހީހީފަ އިޔާ ކިޔައިދިން…..” އިޔާޒް ކިޔައިދިން ވާހަކަތައް އަޔާނީ އެކުވެރިންނާއި ޚިއްސާ ކުރިއެވެ.
“ނާ ހަމަ ތެދެއްތަ… އެންމެފަހުން، ޝައުން އެ އީޝާއާއި ހަމަ ރުޅިވީތަ…..؟؟؟ އީޝާ މާ މަޑުން ހުންނާތީ އަހަންނަށް ޝައްކުވިއޭ…. ހެހެހެ…. ޔާލް…. މީ ރަނގަޅު ފުރުސަތެއް…. އަހަރެން ބުނާ އަޑު އަހަންޏާ، ހަމަ މިރޭ ޝައުންއަށް މާފުކޮށް، އޭނާއާއި ވާހަކަ ދައްކާ….. މުޅި އުމުރުގައިވެސް ޔާލް ހަމައެކަނި ލޯބިވީ ކުއްޖަކީ އެއީއެއްނު…. ލިބެން އޮއްވަ އެ ފުރުޞަތުގެ ބޭނުންކުރޭ…. އަހަންނަށް ވަރަށް ބޮޑަށް ހީވެ ޝައުންވެސް ޔާލްދެކެ ލޯބިވާހެން…..” ޝިއުރީ ޔަލްވީއަށް ނަޞޭޙަތްތެރިވިއެވެ. އެހެނަސް، އިސްވެ ޝައުނާއި ވާހަކަ ދައްކަން ނުކެރުމުން، ޔަލްވީ އެކަމަށް އިންކާރުކުރިއެވެ.
********************
ޙަފްލާ ނިމުމުން މިޝްޔާ ގެއަށްލުމަށްފަހު، މިޝަލް ދިޔައީ ޝިއުރީ ގެއަށް ލައިދޭށެވެ. ދިޔަ މަގުމަތީ އޭނާ ވިސްނަމުން ދިޔައީ ޝިއުރީއަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދުއެވެ. ޝިއުރީއާއި ދިމާއަށް އަވަސްއަވަހަށް ބަލާލެވެނީ ހިތްއަވަސް ވާވަރުންނެވެ. ކުއްޖަކަށް ހިތުގެ ޙާލު ބަޔާންކޮށްދޭ ފުރަތަމަ ފަހަރަށްވުމުން ކުޑަކޮށް ހިތްނުތަނަވަސް ވާގޮތްވިއެވެ.
“މިޝަލް، ކީއްވެ އަނގައިން ނުބުނެ ތި ހުރީ….” މިޝަލް، މާ މަޑުން ހުރުމުން، ޝިއުރީއަށް ކަމަކު ނުދިޔައެވެ.
“ހެހެ… ކަމެއް ނުވެ…. މިރޭ ޝިއު ރީތިކަމުން، މި ހިތަށް އަރަނީ، އަހަންނަށް ލިބޭނެބާއޭ….” ބޯ ކަހާލުމަށްފަހު، ރަކި ގޮތަކަށް ހީލަމުން މިޝަލް ބުނެލިއެވެ. އޭނާގެ ވާހަކައިން ޝިއުރީ ފެށީ ހޭށެވެ.
“އަހަރެން ހަމަ އެހާ ރީތީތަ….؟؟؟ ނޫނީ މި ހެދުންތަ ރީތީ…؟؟؟ އަހަންނަށް ހީވަނީ މިރޭ ރީތިހެން ތި ހީވީ ލާފަ ހުރި ހެދުމަކުންހެން…. އާނ އެހެންޏަ… ތި ނޫނީ، މިޝަލް އަދި އަހަރެން ރީތި ވާހަކައެއް ނުބުނޭ ވިއްޔަ….” ޝިއުރީ މަޖާވެލާފައި މިހެން ބުނުމުން، މިޝަލް ހީލީ މައުނަވީ ގޮތަކަށެވެ.
“ހެދުންވެސް ރީތި…. ޝިއުވެސް ރީތި…. ހިނގާބަ ސެލްފީއެއް ނަގާލަން…. އެންމެ ރީތި އަންހެން ކުއްޖާއާއިއެކު ނަގާ ސެލްފީ…..” ފޮޓޯ ނަގަން ފޯނު ދިއްކޮށްލަމުން، މިޝަލް މިހެން ބުނުމުން، ޝިއުރީ، ލުއިގޮތަކަށް ހީލިއެވެ.
“ޝިއު…. އަހަރެން ވާހަކައެއް ބުނަން ބޭނުން….” ގެއަށް ވަންނަން ހިނގައިގަތް ޝިއުރީ މަޑުކޮށްލީ، މިޝަލް މިހެން ބުނުމުންނެވެ. އަދި މިޝަލް ދައްކަން އުޅޭ ވާހަކައަށް ސަމާލުވެލުމުގެ ގޮތުން މޭމަތީ ދެ އަތް ހުރަސްކޮށްލިއެވެ.
“މިޝަލް…. އަހަރެން މި ހުރީ އަޑު އަހާށޭ….. ބުނެބަލަ ތި ބުނަން އުޅޭ ވާހަކައެއް…..” މިޝަލް ބަހެއް ނުބުނެ ބަލަހައްޓައިގެން ހުންނަން ފެށުމުން ޝިއުރީ ބުނެލިއެވެ. މިޝަލް މަގުގެ ދެ ފަރާތަށް ބަލާލަމުން ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލީ، އެ ވާހަކަ ބުނަން އުނދަގޫވުމުންނެވެ.
“މިޝަލް…..” މިޝަލް އެގޮތަށް ހުންނަން ފެށުމުން ޝިއުރީ އަނެއްކާވެސް މިޝަލްގެ ނަމުން ގޮވާލިއެވެ. މިޝަލް ކުޑަކޮށް ކަރުކެހިލަމުން ވާހަކަ ދައްކަން ތައްޔާރުވިއެވެ. އެހެނަސް، އޭނާއަށް ހަމަހިލާ ބަހެއް ބުނެވޭގޮތެއް ނުވިއެވެ.
“ހެހެހެ…. ސާބަސް މިޝަލް…. ތިވަރުން ނުބުނިއްޔާ ކަންނޭނގެ ރަނގަޅުވާނީ…. އަވަހަށް ދޭ ގެއަށް ގޮސް ނިދާލަން…. މާދަން އަހަރެން ދާނަން ތިގެއަށް…. އޭރުން ދެން ތި ވާހަކައެއް ބުނާނީ…..” މިޝަލް އުޅޭގޮތް ފެނުމުން ޝިއުރީގެ ގާތަށް ހިނިއައެވެ. މިޝަލްގެ އަތުގައި މަޑުމަޑުން ޖަހާލަމުން، އޭނާ ގެއަށް ވަނުމަށް ހިނގައިގަތެވެ.
“އައި.ލަވް.ޔޫ” އެތެރެއަށް ވަންނަން ހިނގައިގަތް ޝިއުރީގެ އަތުގައި ހިފާލަމުން މިޝަލް، މި ތިން ލަފުޒު އިއްވާލިއެވެ. އިވިގެން ދިޔަ ބަސްތަކުން، ހައިރާންވީވަރުން، ޝިއުރީ ހުރީ ފަސްއެނބުރި ބަލައިލާންވެސް ނޭނގިފައެވެ. އެއީ މިޝަލްގެ ދުލުން ދުވަހަކުވެސް އޭނާއަށްޓަކައި އިވިދާނެކަމަށް ހީކުރެވިފައިވާ ލަފުޒުތަކެއް ނޫނެވެ. ޝިއުރީގެ ފަރާތުން އިޝާރާތެއް ނުވުމުން، މިޝަލް، ޝިއުރީގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ. މިޝަލްގެ މި ޙަރަކާތުން ޝިއުރީއަށް ހަމެހޭވެރިކަންވުމުން، އޭނާ ފަސްއެނބުރި ބަލާލިއެވެ. މިޝަލްގެ މޫނަށް ޝިއުރީ ބަލަމުން ދިޔައީ ދެންމެ އިވިގެން ދިޔަ ބަސްތަކުގެ ތެދުދޮގު ދެނެގަތުމަށެވެ.
ނުނިމޭ
119 Comments
Comments are closed.
Assalaam Alaikum ???
Kiyuntherinnah mi part ves kamudhaane kamh ummeedhu kuran ☺
Rangalhu kohlan jehey thanthan faahaga kohlaidhehchey ??
Lov u all Have a good night TGC
???
Mishal ❤
V reethi mi partves ?
Mishal shiu ah eyna ge ❤ hadhiya kuryma maroon ge heart mi hadhiya kury Mishal ah ? nt bad maroon hehe ?
Thanks dear ☺☺☺
Hehehe he is my fav character in this story ❤❤… dhn ulheyne iyaz ves ? waiting for the next part
Hehe ☺ Thanks for reading this story ???
Yeyyy. … this time also first..????
Not me… maroon dhw??
Story vrh nice…. well done eem
Yeah this time maroon ah libuny ☺
Thanks Yau ☺☺☺
Wow its awsom waiting for the next part
Thanks Reen ☺☺☺
Hehe
Im ☺
Nice story……
Thanks Im ☺☺☺
Wowww… finally mishal ah bunevijje… dhww…??❤
Eem when next part
Thanks mal ☺☺☺
Yes ? dhuvas thakakah fahu shiu dheke loabi vaa vaahaka e bunevuny dw ?
Next part on Tuesday In Sha Allah ☺☺
Wow v salhi
Thanks star ☺☺☺
Wow…v loabi mi story…waitin…❤
Thanks Snow ☺☺☺
Wow..☺☺☺
Thanks Aisha ☺☺☺
Wow haadha reehchey. Waiting for nxt part ?
Thanks Juvey ☺☺☺
Varah furihama vaahaka eh.. gina charactor thakeh ulhey nama vs evves olhun bolhumeh neh.. vaanuvaa v faseyhain dheyhavey… ekam faahaga kohllan raahil ge police friend ah zeek neyeythee.. hama ekani vaahakaige main roll ga ulhey kudhinnah vahtharu vefa aeyna ah ekan faahaga nuveema…
Thanks Shaai ☺☺☺
V happy vejje olhumeh nethi dheyha vaa vaahaka bunyma ☺
V bodah plan kohgen eem mi story liyany ekm ves hama olhumeh erumaky ekasheegenvaa kameh dw ??
Shaai, mi storyge raahil ge entry inna part, a e last part hen eem ah heevany,
E part ga raahil ge friend innaane bunefa eyna e rashah dhiya fahun month eh v vaahaka.. so eyna ah zeek eh nufennaane ehnu dw.. ? Ehn v ma eyna akah neygeynu zeek aa raahil aa vahtharu kameh dw..
wowwww.. mishal confessed his love at last dhw. kihinehbaa vaany alheyy.. shiuu plx tell yes,. eeeeemm mi part kiyaali iru dheravesvi, hinivx ai, rulhivx ai, n ufaavx vi !! all feelings were mixed up. habeyyssss mi part..aneh part rangalhy hama veehaaves avahakaa genesdhiniyya 😉 asluvx vvvv kiyaahithun mihury.. eeem ge writing style fabulous inge mihaaru. part thah nimmaalaa goihvx baraabaru.. dhn vaane goih expect kuranvx neynge 🙂 keep up the good works dear.. i really really appreciate ur hard workings, waitinggg n ly veryy much 😀 😀 🙂
What a lovely comment dear ❤
Thanks ☺☺☺
Hehe lets see ?? i’ll try to upload it asap ?
Thanks for the compliment ???
Ly too Song ☺☺☺
haha commen ga eothy vaa jahaafa … dhigukamun ehen mi buny…… eem.,always i will be waiting if its ur story.. 🙂 🙂 🙂
Awwwn ?
Thanks Song ???
eem thedheh..song bunaahn…suprise eh dhyba alhe..plxxx
Mifaharu nunas adhi surprise eh dheynan In Sha Allah ?
Haadha kurey… nikah komme dhuvahen ga genes dhyba haadha reechey mi vaahaka
Oh kurutha?? ? Bt mee normally eem liyaa part thakah vure dhigu part eh..
Ainy, eem ah time nulibeythy knme dhuvahaku nugenesdheveny sorry ?
Thanks dear ☺☺☺
Btw Ainy ge name v reethi thts a v spcl name for me ???
Wow v nice..:-)
Thanks Saakko ☺☺☺
Noooooo eem emme salhi hisaabun thi nimaali??
Mi part varah kuru…
Mi vaahakaige emme salhi couple aki mishal and shiureen… plx make that happen??
Next part ah varah eba inthizaaru kuran eem avahah upload kurahcheyy ????
Hehe Xidhan sorry ?
Asluves v kurutha? Ekm eem liyun iru aanmukoh part thah genna varah vure dhigu ?
Yeah, u r right ?
Yes i’ll try my best to upload it asap
Thanks dear ☺☺☺
Aaan thedhekey… kiyanvs keemey handhaanun kassaalee… ?
Hehe ehnves vaane dw baehfaharu ?
Anyway, dhn faharakun ves faahaga kohlevey kameh iniyya bunelahcchey ingey ☺
Nice u r story hama obi?
Thanks Xee ☺☺☺
Ooo.vvv salhi…alhey kiya kiyaa indhaa e nimunee….so sad…avahah up kohdehchay…plx….cant wait
Thanks Lam ☺☺?
Yeah eem ah hama v enme avahah up kohla dheynan In Sha Allah ?
???? eem gandaaaaaa… Mishal liben jeheyny aharen nakah nu!!!! ????? heart break vejje… Mee dhuniyeyge aadha.. Haadha dheraeyy.. But story hama awsome..???? v biru ganfi dhw eem… I love you eeem.. And you mishal ❤❤❤
Haha asluves dear furathama bai kiyaafa hama v birun iny hehe ?
Thanks dear ☺☺☺
Ly too ???
Haadha awahakh thi ninmaaliy.. mi part vx wrhh reethi.. awaha up kohdehchey .. ❤️❤️❤️?
Malaa, avastha??
Thanks dear ☺☺☺
In Sha Allah, eem ah v enme avahah up kohladheynan ?
V salhi.. shiu plxx say yes.. ? alhe ram beynun shaun.. shaun geneyy ?? ahahaha… v salhi mi part vx.. and e hama zikaan hn hyvanyy.. lets see.. hehe.. ??
Thanks Ram ☺☺☺
Hehe Shaun ehlan v dw ??
Lets see dw ??
Ohhh wow?? masha allah stry v v cute v v v furihama ?? yaal shaun ah msg akun viyas maaf kobbala eyrun eynaves vaahaka dhakkaane ennu emmefahun mish yaaves gulheyny raahyl aa kanneynge dhw? stry v habeys whn nxt prt avaskolladhechchey v v waiting gud nyt ly???❤❤❤??????????
Thanks khajja ☺☺☺
Dw khajja.. Yaal maa findivany ey ?
Hehe thieh jeheynee balailaan dw ??
Thanks dear ?
Next part on tomorrow In Sha Allah ???
Mashallah tory v v reethi. Mi noony dhivehi vaahaka thah huri site eh buneladheefaanatha hurihaa kudhin plzz. Eem ah engeytha?alhe engehnna madhy ah bunedhyba plzz
Thanks Madhy ☺☺☺
Mi noony seedhaa dhivehi vaahaka inna site eh mihaaru inna kameh eem akah ves neyge.. bt reader bunihen avas, sun kahala thanthaaga stories thah hurey ☺☺☺
Avas, Sun kahala thanthaanga ves hunnaane.
Dhenn Mishyaa Raahil aa rattehi vaanytha ???
kon dhhvahahakun next part?
Hehe dhn vaa gotheh ves balaalamaa dw ??
Next part on tomorrow, In Sha Allah ?
Wow v reethi mi part vs.mi part heevey thankolheh kuruhen.hehe vedhaane dhw maa kiyaahithun huree Ma kamah.avah aneh part up kohlahdheythi.keep it up?????
Thanks Zeeee ☺☺☺
Awwn❤ dhuvahaka fahu comment eh kohlevijje..☺mi part ves v furihama v salhi..mi stry genna goi v salhi ?can’t wait always next part hehe☺ ?nd v ufaave eem bunaa dhuvaha part thah up kohdheythi☺i really appreciate ur hard working..waiting for the next part ly..??
Thanks Nish ☺☺☺
Hehe eem v try kuran bunaa dhuvhah up kohleveytho ?
In Sha Allah kuriah oiy thaa ves kameh dhimaa nuvanya bunaa date ah up kohla dheynan ?
V ufaavejje eem ge maskkathu ge agu vazan kureethy Thanks dear ???
Ly too dear ☺
??
wow v salhi..kiyaa hithun hutta mi part e nimuny..
Thanks firoo ☺☺☺
Hehe
Wooooow..vvv reethi mi part..hiythalhuvaalaafa ninmaaly thi..mishal ge hiy thelhey adu ivey eba mi hisaabahves…hehe…shiu keekeybaa bunaany dhw no ey bunefiyya mishal hiy fundu fundu vedhaane…but i think no ey kanneynge bunaany…love mishal n shiu❤
Thanks Shiu ☺☺☺
Hehe Shiu v baarah tha adu iveny?? ?
Shiu dheyne javaabeh balaalama dw ??
???
V v riithi mi vaahaka? Huvaaa! Cmnt nukuriass kiyan!! V salhi???ma sha allah
Thanks dear ☺☺☺
???
V rythi mi part… appreciate ur work.??. Want tell thi kuraa hihvarah Hama saabahey ?. Mishal ge style v salhi. E ee eem ge hunaru. Genesdheefa hurileh Hama furihama ee. Everybody has different lifestyle.. love ur stry
Thanks Xna ☺☺☺
Aww v happy vejje thanks dear ?
Hehe Mishal dw ❤
Thanks a lot dear ???
Eemge favotite aky dhoabattaa hedhuntha? ??
Haha ?
Nt really bt stories n movies ga ulhey girls aa v gulhey eyge dress ?
Ehnve vaahaka thakugai eyge dress use kurany
Hihi ??
Eyge dress ge vaahaka genaiyma kamu nudhanytha reader ah ???
Wow nice…mishal n shiuree gulhuvaba plxxx… 🙂
Thanks lyn ☺☺☺
Hehe e kudhin gulhey tho balailamaa dw ??
Love this story especially Mishal’s character ❤️
Thanks Nau ☺☺?
Shiu mishalge husha alhun accept kohbaa……story v salhi
Dww Sidhu ☺
Shiu ge javaab akah inthizaar kohlama dw ??
Thanks a lot Sidhu ???
Alheyy shiu say yes…say yes?…yaal avahah shaun ge kibain maafah edhey.eyrun shaun ah ves yal ah propose kuran furusathe libeyni…
mi part ves hama obiness to the max??…awesome…dhen vaany kihineh baa…aflaak haadha rangalhey☺️…I wish i could get a boyfriend like him…hehe.???.. waiting..avahah up kohdhechey…tc??
Hehe Click nama yes bunaanekan yageen dw ?
Thanks dear ☺☺☺
In Sha Allah u’ll get tht kind of partner ?
Tc dear???
Oh wow!?.. shiu dhooni plssssssssss do say yes to mishal❤
varah reethi mi part ves
Waitingss ❤❤❤❤
Hey readers!big big question for u all…wat will shiu say to mishal???
1.yes?
2.no☹
3.shiu will go back without saying anything?
4. Or eem hithahves naaraa gotheh hadhaany?
I think shiu will go back or say yes..??
4.. mal ah hyvany thah naaraa hotheh hn?
Thanks Adha ☺☺☺
Adhaa kiyuntheringe visnun huri gotheh balan thee salhi idea eh dw ?
4 bcx eem ge writing style varah different vaane n its difficult to expect..?????
2 i thing no kahneyge bunaani noony visnaalafa anwser eh dheyniyyey bunaani?
Hehe.. eem salhi idea eh dw
Umm…Adha what’s your opinion…?
I will choose 4.. cux knme faharaku expect kuraa gotheh noon vany.. eem ehaaves molhuvaane??
Yes Adhaa thi kuri kamakun readers ge visnun huri goi eem ah ves ingeyne dw ☺ Thanks to u dear ?
Adhaa
Kon kudhinnakah tha dhn javaab dhimaa kurevuny ?
Aslu eem hedhiy hama hithahvx naaraa gotheh dhw Adha.. So 4 ehnu javaabakah vaany.. Am I right or what?? ????
Dhen.. rangalhy option 4 buni kudhin.. nd 2 ves dhen rangalhu dw.. hama no viyya buny
nice story.. varah vay mi story kiyaa hih.. love the story.. next part avahah up kohdheeba eem please
Thanks dear ☺☺☺
Yeah In Sha Allah i’ll upload next part asap ?
Not really. Hama ahaaly, Eem ge hurihaa story ehga ves hurey viyyaa dhoabattaa hedhumuge vaahaka. Ekam mihaaru hama nula ekahala hedhumeh. Ehenve bunely. Eemves girl akah v ma ingeyne ehnu. Eem Male’ in vias dheke tha ekahala hedhun laafa thibey girls? ???
Ehentha hehe
May b my thinking is different from others.. nd i lov to have my own style ☺ yeah, bt its v rare nw
Male’ ah vure rah rashun e kahala manzaru fenun gaathee dw n eem ulheny Male’ aku noon ?
Alhe ekakuves noolheytha Niyaa beynun vegen. Ma nama enme furathama vea moyavaany Niyaa ah kanne. YK keehvekan. ???
E keevetha reader ah iyaa ge charecter kamudhiya ee?? ??
Ey Iyaz dho kiyany Handhaan nethuny ey
yes its iyaaz.. ☺ hehe ehn ves vaane dw baehfaharu.
Vv rythi mi bai …my fav part is shiu n miashals part plxx shiu miashal dhera nu kohlahchey
Thanks Appy ☺☺☺
Mine too ❤ hehe ?
Hehe vaa gotheh balaalamaa dw ???
Iyaa v majaa dhen. Iyaa ah gf eh hoadhaba. Noony ma rattehi vaany Iyaa aa
Eeem me ge requesteh obei.. Iyaa ah hoadhahchey avas avahah rulhi gadha vaa kujjeh.. Thankolheh wild kujjeh. Eyrah bodah majaa vaany…
Hehe reader ?
Iyaa ah gf eh hunna vaahaka innaane kurin genessa dw..
Mi story ga mihaaruves 4 kudhinge life gennaathy maa bodah iyaa ge love life nugena ee a
Bt readers beynumiyya iyaa ge love life aa dheytherey eem visnaalaanan ☺
@Dumb big liar
Dear iyaa ge love life gennanyaa e kahala gf eh geneveytho try kuraanan ingey ☺
Lol. Raajje therein ves nufene ey dhoabattaa hedhun ehchiss.Dhn uthuru hisaabuthakuga gotheh neyngey.
Hehe reader beynumee eem e style dhookohlantha ?? ?
Eem akah nuves inge uthuruga onnany kon rah thakeh kameh ves hehe ?
Awsome story…avahah up kohdheythi…next part kiyaahithun hureveniiki nun…??????
Thanks Shafu ☺☺☺
Koba miadhuge part… can’t wait…
Sorry for the delay
Nw up kohlaafa innaany ☺
kobaa miyadhuge part…
Sorry for the delay
Nw up kohlaafa innaany ☺
eem whn will u upload it,, still waiting 🙂 🙂
Sorry for the delay
Nw up kohlaafa innaany ☺