Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (12ވަނަ ބައި)

iff Level 210 Stories100 Comments
September 26, 2017 4 Mins Read
29 Comments

އަވްލީން ރަކިވިވަރުން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. މަހުދީ ހީގަތީ އަވްލީންއަށް ވީގޮތްފެނިފައެވެ. އަދި އެ ދުވަހު ވީ ކަންތަކާ އަވްލީން ރުޅިނާންނަކަން އިނގުމުން މަހުދީ އިނީ ހިތްހަމަޖެހިފައެވެ.

އެރެއަށްފަހު ނަވާޒަށް ނާދެވޭ ކޮންމެ ރެއަކު ވިޝާކާ މަހުދީ ގެންދެއެވެ. އަދި އެގޮތަށް އެއްކޮށް އުޅެވެން ފެށުމުން މަހުދީ އާއި އަވްލީންގެ ދެމެދުގައި އޮންނަ ބީރައްޓެހިކަންފިލާ އެއްކޮށް ހީ ސަމާސާކޮށް އުޅެންފެށުނެވެ.

ކުރިއަށް އޮތް ހަފްތާތެރޭގައި އިމްތިހާން ފެށޭތީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި އަވްލީން އަދި ވިޝާކާ އުޅުނުއިރު ވިޝިކާ އުޅުނީ އަޒްހީންއާއެކު އޭނަ ހިތްހަމަޖައްސައިދިނުމުގައެވެ. އަޒްހީންގެ މައިންބަފައިންނަކީވެސް އެއްވެސް އުޅުމެއް ނުހުންނަ ބައެއްކަމުން ވިޝިކާއާއި އަޒްހީން އަބަދު ކޮޓަރީގައި ކޮޓަރި ތަޅުލައިގެން އުޅޭއިރުވެސް އެއްޗެއް ނުބުނެއެވެ. އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަކީ އެ ކުއްޖެއްގެ ފިރިމީހާއަށްޓަކައި ރައްކާކޮށް ފޮރުވަންޖެހޭ އެއްޗެއްކަން މިހާރު ވިސްނެނީ މަދު ކުއްޖަކަށެވެ. ގިނަ ކުދިން މީހުނާ ރައްޓެހިވުމަށްފަހު ބޯއި ފުރެންޑް އެހެންނޫނީ ގާލްފުރެންޑް ހިތްހަމަޖައްސައިދިނުމަށް ކޮށްފަ ނުކުރާކަ ކަމެއް ނުހުރެއެވެ. އެގޮތަށް ވިޝިކާވެސް އުޅެމުން އައީ އަޒްހީން ބޭނުންވާގޮތަށް އަޒްހީންގެ ހިތްއުފާކޮށްދިނުމުގައެވެ.

ވިޝިކާގެ ކޮޓަރިން ނިކުމެގެން އައި އަވްލީންއަށް ޒީނަތު ފެނުނީ މަހުދީ ކޮޓަރިން ނިކުންނަނިކޮށެވެ. ޒީނަތުއަށް އަވްލީން ފެނުމުން ލޯ އަޅާލުމަށްފަހު މަހުދީ ކޮބައިތޯ އެހީ ވަރަށް ރުންކުރުގޮތަކަށެވެ. “މަހުދީ އެބައިން ވިޝާ އާއެކު އެ ކޮޓަރީގަ” އަވްލީންއަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޒީނަތު ހިނގައިގަތީ ވިޝާކާގެ ކޮޓަރިއާއި ދިމާލަށެވެ. ޒީނަތު އެ ކޮޓަރިއަށް ވަނުމުން އަވްލީން ދެ ކޮނޑު އަރުވާލުމަށްފަހު ހިނގައިގަތީ ތިރިއަަށްދާށެވެ.

“މަހުދީ ކިހާއިރެއްހޯދާތާ.. ތުއްތަ ބުނީ މަހުދީ ވީ ކޮޓަރީގައޭ.. އަހަރެން މިއައީ ކޮޓަރިވެސް ބަލާފަ..” މަހުދީ ފެންނައިރަށް ޒީނަތު ތުއި ވެލާފަ ބުންޏެވެ. “ކީއްކުރަން މަ ހޯދަނީ..” މަހުދީ އެހިއެވެ. “ހަމަ ދެން އައީ ފޫހިވާތީ.. ހިނގާބަލަ އަހަރެން ގޮވައިގެން ބުރެއްޖަހާލަން.. އަބަދު ކިޔަވާ ކިޔަވާ ބޯ ގޮވަނީ.. ބައެއް ގަޑިގަޑީ ޖެހޭނެއެއްނު ބޯ ހަމަޖައްސާލަން..” ޒީނަތު ބުންޏެެވެ. މިގަޑީގަ ނުދެވޭނެ. ވިޝާއަށް ނޭނގޭ އެއްޗެއް ކިޔައިދެނީމި..” މަހުދީ އެހެން ބުނުމުން ޒީނަތު ބަލައިލީ މޭޒުމަތީގައި ހުރި ފޮތްތަކަށެވެ. ވިޝާކާއިނީ ޒީނަތު އުޅޭގޮތުން މަހުދީ އާއި ގަޔާވަނީބާއޭ ހިތަށްއަރާފައެވެ. ނަމަވެސް ޒީނަތު ފެނުމުން މަހުދީގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ވިޝާކާ ވިސްނުމެއްގައި އިންދާ ކޮޓަރީ ދޮރުހުޅުވާލާފައި ވަދެގެން އައި އަވްލީން ފެންނައިރަށް މަހުދީގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ވިޝާކާއަށް ފެނުނެވެ.

” މީނީ ފެންފުޅި” ފެންފުޅިއެއް މޭޒުމަތީގައި ބައިންދަމުން ވިޝާކާއަށް ބަލާލާފައި އަވްލީން ބުންޏެވެ. އަދި ކުރިންވެސް އޭނަ އިންނަ ގޮޑީގައި ގޮސް އިށީނުމަށްފަހު މަހުދީ ކައިރީގައި ކޮޅަށްހުރި ޒީނަތުއަށް ބަލާލިއެވެ. “މަހުދީ ނިމެންދެން އަހަރެން މަޑުކޮށްދާނަމޭ.. ނިމިގެން އާދޭ ތިރިއަށް އިނގޭ.. އަހަރެން މީނީ ތިރީގަ…” ޒީނަތު ބުނަން ބޭނުންވި އެތި ބުނުމަށްފަހު މަހުދީގެ ޖަވާބަކަށް ބެލުމެއްނެތި ކޮޓަރިން ނިކުމެގެންދިޔައެވެ. ޒީނަތު އެހެން ބުނެފައި ދިއުމުން މަހުދީއަށް ބަލާލެވުނީ އަވްލީންއަށެވެ. އެވަގުތު އަވްލީންވެސް އިނީ މަހުދީއަށް ބަލަންކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުެވެގެންދިޔައެވެ. އަވްލީން އަވަސް އަވަހަށް ނަޒަރު ވަކިކޮށްލާ ފޮތަށް ބަލާލިއެވެ.

ސަބީނާ ކޮޓަރިން ނިކުތްއިރު ޒީނަތު އެކަނި ސޯފާގައި ޓީވީ ބަލަން އިނުމުން މަހުދީ ގޭގަ ނޫޅެނީތޯ އަހާލިއެވެ. “މަހުދީ އެބައިން ވިޝާއަށް ކިޔަވަދޭން.. އަހަރެން ބުނިން ނިމުނީމަ އަންނަން…” ޒީނަތު ޖަވާބުދިނެެވެ. ޒީނަތު އެހެން ބުނުމުން ސަބީނާ މައްޗަށް އަރައިގެން ގޮސް ވިޝާކާގެ ކޮޓަރީ ދޮރު ހުޅުވާލިއިރު ވިޝާކާމެން ނިމިގެން ފޮތްތައް ނަގަނީއެވެ. “މަހުދީ ދަރިފުޅާ ޒީނަތު އެބައިން ދަރިފުޅު ނުގޮސްގެން. އެމަންޖެ އެކަނި އިންނަތާ ކިހާއިރެއްމިވަނީ..” ސަބީނާ މަހުދީއާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. މަހުދީއަށް އޭނަގެ މަންމަގެ ރޭވުން އެނގުނުނަމަވެސް މަންމަ އެހާލޯބިން ބުނުމުން އެކަމާ ދެކޮޅުހަދާކަަށްނުކެރުނެވެ. މިދަނީއޭ ބުނެފައި މަޑު މަޑުން ހިނގައިގަތީ އަވްލީންއަށް ބަލާލުމަށްފަހުގައެވެ.

އަވްލީންއަށް އެރޭގައި ނިދަން އުޅެ އުޅެ އެއްގޮތަކަށްެވެސް ނިދޭ ގޮތެއްނުވިއެވެ. މިހާރަކަށް އައިސް މާގިނައިން ޒީނަތު އެގެއަށް އައުމާ ސަބީނާ އަބަދުވެސް ޒީނަތު ކައިރިއަށް މަހުދީ ފޮނުވަން އުޅުމާ ދޭތެރޭ އަވްލީންއަށް ވިސްނެނީއެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެފައި އަވްލީން ތެދުވީ ފެންފޮދެއް ބޯލަންދާށެވެ. އޭރު ގަޑިން ދޭއްޖަހަނީއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތް އަވްލީންއަށް ޓީވީގެ އަޑު އިވުމުން ބަލައިލިއިރު ލަޔާން އާއި މަހުދީ ތިބީ ފުޓްބޯޅަ މެޗެއް ބަލާށެވެ. “އަވީ ކިހިނެއްވީ މިގަޑީ ތި ނިކުތީ.. ނުނިދުނީތަ؟” އެ މީހުނަށް ނުފެންނަނީސް އަވަހަށް ކޮޓަރިއަށް ވަންނަން އެނބުރިލި އަވްލީންއަށް ހުއްޓެވުނީ ލަޔާންގެ އަޑަށެވެ. ” ނު ނޫން .. ފެން ބޮވައިގަނެގެން މި ނިކުތީ..” އަވްލީން ބުންޏެވެ. “ދެން ކީއްވެ ފެންނުބޮއެ އަނެއްކާ ކޮޓަރިއަށް ތި ވަންނަނީ” އަނެއްކާވެސް ލަޔާން ސުވާލުކުރިއެވެ. “ކަމެއްނުވޭ..” އަވްލީން ޖަވާބުދެމުން ބަލައިލީ މަހުދީއަށެވެ. އޭރު މަހުދީވެސް އިނީ އަވްލީންއަށް ބަލާށެވެ.

އަވްލީން ބާރުބާރަށް ހިނގާލާފައިގޮސް ކާގެއަށް ވަނުމުން މަހުދީ ބަލައިލީ ލަޔާންގެ މޫނަށެވެ. “ތި ދެމީހުން އަނެއްކާ ކިހިނެއްވީ.. މި ދޭތެރެއަކުން މަ ހީކުރީ ދެމީހުން ވާހަކަދައްކާ އުޅުނުކަމަށް..” ލަޔާން އެހިއެވެ. “ކަމެއްނުވޭ.. ހީވަނީ ޒީނަތު ގޮވައިގެން ސައިކަލު ދުއްވަން ދިޔައީމަ ހިތްހަމަނުޖެހިފަހެން..” މަހުދީ އެހެން ބުނާއިރަށް ލަޔާން ދެ ލޯ ބޮޑުކޮށްލާފަ “ވަޓް” އޭ ބުނެލިއެވެ. “އެ ކިހިނެއްވީކަމެއް؟ ބްރޯ ޒީނަތުއާވެސް ލައިކްވަނީތަ؟” ލަޔާން ބުނެލީ ހިތްހަމަނުޖެހިފައެވެ. “އެއީ މަންމައާ ހެދި.. އައި ޑޯންކް ލައިކް ހާ.. ކުރިން ކޮއްކޮއެއް ގޮތަށް ގާތްކޮށް ދެކުނަސް މިހާރު ފެނުނަސް ފޫހިވޭ..” މަހުދީ ބުނެލިއެވެ. “ބްރޯ މަވެސް އެބަ އަންނަން އިނގޭ ފެންފޮދެއް ބޯލައިގެން؟” މަހުދީ ކާގެއާ ދިމާލަށް ބަލައިލާފަ ލަޔާންއަށް ބުނެލިއެވެ. ލަޔާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

މަހުދީ ތެދުވެގެން ގޮސް ކާގެއަށް ވަންނަން ދިމާކޮށްލިއިރު އަވްލީން ކާގެއިން ނިކުންނަންވެގެން އައިސް ދޮރުމައްޗަށް އެރީއެވެ. މަހުދީ އަވްލީންއަށް ނުނިކުމެވޭނެހެން ކުރިބެއްދިއެވެ. އަވްލީން ހުރީ އިސްޖަހާލިގޮތަށް ހަދާނެގޮތެއް ނޭނގިފައެވެ. “އަހަންނަށްވެސް ދީބަލަ ފެންތައްޓެއް” މަހުދީ އަވްލީން ކައިރީ ބުންޏެވެ. އަވްލީން ދާން ނުދާން ހުރެފަވެސް ފްރިޖާ ދިމާލަށް ހިނގައިގަތީ ފެންފުޅިއެއް ނަގާށެވެ. ފެން ފުޅިއެއް ނަގައިގެން އެނބުރުލި އަވްލީންގެ މޫނުގޮސް ޖެހުނީ ފަހަތުގައި ހުރި މަހުދީގެ މޭމަތީގައެވެ. އަވްލީން އަވަހަށް ފަހަތަށް ޖެހެން އުޅުނު ނަމަވެސް ފްރިޖް އިނުމުން އެތަނުން ފަހަތަށް ޖެހެވުނީ އެންމެ ފިޔަވަޅެކެވެ. މަހުދީ ހަމަ އެ ހުރި ތާނގައި ހުއްޓެވެ. މަހުދީ އެހާ ކައިރީގައި ހުރުމުން އަވްލީން ހުރީ އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ.

“ކަމަކާ ހިތްހަމަނުޖެހިފަހެން ހާދަ ހީވޭ..” މަހުދީ އަވްލީންގެ ހިތުގައި އޮތް އެއްޗެއް ބަލާލުމުގެ މަގުސަދުގައި ބުންޏެވެ. ” ނު ނޫން.. ދެން އަހަރެން ކޮންކަމަކާ ހިތްހަމަނުޖެހެން އޮންނާނީ..” އަވްލީން އެހެން ބުނި ނަމަވެސް ހަގީގަތުގައިވެސް އަވްލީން ހުރީ މަހުދީ ޒީނަތު ގޮވައިގެން ސައިކަލު ދުއްވަން ދިއުމުން އެކަމާ ހިތްހަމަނުޖެހިފައެވެ. “މާދަން ރޭގަ އާދޭތަ އަވީމެންގެ ސަރ..” މަހުދީ އެހެން އަހާލުމުން އަވްލީން މަހުދީގެ މޫނަށް ބަލާލިއެވެ. “މާދަންރޭވެސް ޒީނަތު ގޮވައިގެން ދުއްވަން ދާންތަ؟” އަވްލީންއަށް އެހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. އެހެން ބުނެވުމާއެކު އަވްލީން އަވަހަށް އެތަނުން ދާން އުޅުނެވެ. ނަމަވެސް މަހުދީ އަވްލީންއަށް ނުދެވޭނެހެން ދެ އަތް ދަމާލިއެވެ. “ކީކޭ ދެންމެ ތިބުނީ .. އަދި އެއްފަހަރު ބުނެދީފާނަންތަ” މަހުދީ ބުންޏެވެ. އަވްލީން އެހެން ބުނުމުން އަވްލީންގެ ހިތުގައި އެކަމާ ހަސަދަވެރިކަމެއް އުފެދުނުކަން އެނގި މަހުދީ އުފާވިއެވެ.

” އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެއް.. ދައްކާ އަހަރެން ދާން.. މީހަކަށް ފެނިދާނެ..” އަވްލީން ބެލީ އަވަހަށް އެތަނުން ސަލާމަތް ވެވޭނެ ގޮތެއްވޭތޯއެވެ. ” މާދަންރޭވެސް ވަރަށް ދާހިތްވޭ..” މަހުދީ އެހެން ބުނީ އަވްލީންގެ މޫނަށް ބަލަން ހުރެއެވެ. އެހެން ބުނުމާއެކު އަވްލީން ދެ ބުމަ ކައިރިކޮށްލަމުން މަހުދީއަށް ބަލާލިއެވެ. “އެކަމަކު ދާހިތްވަނީ ޒީނަތުއާއެއްކޮށެއް ނޫން.. މާދަން ރޭ އަހަންނާއެކު ސައިކަލު ދުއްވަން އަވީއަށް ދާންކެރޭނެތަ؟” މަހުދީ އެއްފިޔަވަޅު ކުރިއަށް ޖެހިލާ އަވްލީންގެ ކަންފަތްދޮށަށް ގުދުވެލަމުން ބުންޏެވެ. އަވްލީންގެ ހިތް އުފަލުން ނަށާލިއެވެ. މަހުދީ އެހެން ބުނުމަށްފަހު ފަހަތަށް ޖެހިލާ އަވްލީންގެ މޫނަށް ބަލާލުމުން އަވްލީން ބޯ ޖަހާލުމަށްފަހު ދުވެފައި ނިކުމެގެންދިޔައިރު ތުންފަތުގައި ހިނިތުންުވުމެއްވިއެވެ.

“ބްރޯ ކީއްކުރީތަ.. އަވީ ނިކުމެގެންދިޔައިރު ހާދަ ހިނިއައިސްފައޭ އެ ހުރީ..” މަހުދީ ގޮސް ސޯފާގައި އިށީންނައިރަށް ލަޔާން ދިމާކޮށްލިއެވެ. “މާ ބޮޑު ކަމެއް ނުކުރަން.. މަ ބުނީ މާދަންރޭ މަށާއެކު ސައިކަލު ދުއްވަން ދާން.. ” މަހުދީ ބުންޏެވެ. “އެކަމަކު މަންމައަށް ނޭނގި ދާންޖެހޭނީ.. މަންމައަށް އެނގިއްޖެއްޔާ ނޭނގެ އަވީއަށް ހަދާލާނެ ގޮތެއްވެސް..” މަހުދީ އެހެން ބުނުމަށްފަހު އިނީ ފުންވިސްނުމެއްގައެވެ. އޭނަ އާއި ޒީނަތު ގުޅުވަން ހިފާލާފަ ހުއްޓާ އަވްލީން ގޮވައިގެން އުޅެނިކޮށް ފެނިއްޖާ މިހާރަށްވުރެ ބޮޑަށް އަވްލީންއަށް އޭނަގެ މަންމަ ނަފްރަތުކުރާނެކަން މަހުދީއަށް އިނގެއެވެ. ނަމަވެސް މަންމައަށް ސިއްރުން ނަމަވެސް އަވްލީން އުފާކޮށްދޭން މަހުދީ ބޭނުންވެއެވެ.

ޖެހިގެން އައި ދުވަހު ސްކޫލަށްދިޔަ އަވްލީން އިނީ ގަޑި ހިނގާލެއް ލަސްވެފައެވެ. އޭނައަށް އެރެއަށް އިންތިޒާރު ކުރެވެނީ މާބޮޑަށެވެ. ” އޭތް އަވީ ކޮންކަމަކަށް ގެއްލިފަ ތި އިންނަނީ.. ހާދަ ހެޕީހެން ހީވެޔޭ.. މީ އަނެއްކާ އެހެންނާ އަހަރެން ކައިރީގަ އިންނަ އަހަރެންގެ ރައްޓެހި އަވީތަ؟” ނާޝް މަޖަލަކަށް ހަދާފަ ބުންޏަސް އޭނަ އިނީ އަވްލީންގެ މޫނުމަތިން ހިނިތުންވުންފެނި ހިތްހަމަޖެހިފައެވެ. އަބަދުވެސް އަވްލީންގެ މޫނުމަތިން އެ ހިނިތުންވުން ފެންނަން އެދި ދުއާކޮށްލެވުނީ ހިތުގެ އަޑިންނެވެ. “އެއްކަލަ ނާޝް.. އަހަރެން ވިއްޔާ ހެޕީވެގެން ނުވޭތަ؟ ” ” ނޫނޭ އަހަރެން އަބަދުވެސް ބޭނުންވަނީ އަވީ ހެޕީކޮށް އުޅެން.. ސީރިއަސްކޮށް އަހަރެން ވަރަށް އުފާވެއްޖެ އަވީގެ ހިނިތުންވުންފެނިފަ.. ތީ އަހަރެން އަބަދުވެސް އަވީ ދެކެން ބޭނުންވާގޮތަކީ.. އެކަމަކު ކުރިން ދުވަހަކުވެސް އަވީގެ މޫނުމަތިން ތި ކުލަވަރު ނުފެނޭ.. މިހާރަކަށް އައިސް އަހަންނަށް ފާހަގަވޭ އަވީ ވަރަށް ހިތްހަމަޖެހިފައިންނަކަން..” އަވްލީންއަށް ރައްދު ދެމުން ނާޝް ބުނެލިއެވެ. އަދި “އެނީތިން ސްޕެޝަލް” ހޭ އަހާލަމުން އެއްބުމަ ހިއްލާލިއެވެ. އަވްލީން ދެކޮޅަށް ބޯ ހޫރާލީ އަދި މަހުދީގެ ވާހަކަ ނާޝްކައިރީގަ ދައްކަން ބޭނުންނުވާތީއެވެ.

 

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (15)

Next

ބީނިޝް… 03

Next
September 26, 2017

ބީނިޝް… 03

Previews
September 26, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (15)

29 Comments!

  1. Xee says:
    September 26, 2017 at 3:26 pm

    First dhw

    1. iff says:
      September 27, 2017 at 2:20 pm

      Yayy. . Xee ah 1st ?

  2. Xee says:
    September 26, 2017 at 3:33 pm

    Whn nxt part??? Vvvvv reeti❤❤ pls digykolachley nxt part

    1. iff says:
      September 27, 2017 at 2:22 pm

      Thank yu xee ?
      Fridayga.. insha allah ?

  3. reader says:
    September 26, 2017 at 3:43 pm

    haadha kurey ??Ekam v reethi?

    1. iff says:
      September 27, 2017 at 2:27 pm

      Aslu kuruhen hyvany.. kurinvx pages hunna varah e hury. . ??Thank yu reader ?

  4. Aish says:
    September 26, 2017 at 4:17 pm

    Haadha kuree ekam vvvvvv reethi ?

    1. iff says:
      September 27, 2017 at 2:29 pm

      Huriha kudhinnahvx kuruhn heevany dhw.. ok next time i will make it little longer. . ??
      Btw Thank yu aish ???

  5. boduwaru says:
    September 26, 2017 at 4:43 pm

    xee ah first libuny !!! friday 12 ge kurin PSM ah jahsaafaa hadhiyaa libeyne !! aan sahadheh first aa second nulibigen moya wey eba

    1. Well wisher of all angry birds ? says:
      September 26, 2017 at 9:21 pm

      Lol hajam kohba dhwww …thi rulhigandu fini vedhane Isahithaku myn ehcheh bolanikoh ???? Thihaa gift beynumiyya ?ann trophy eh 4 the libun kamah … Keke

    2. iff says:
      September 27, 2017 at 2:33 pm

      Hii hurihaa kudhinn..
      Ehvx kujjeh rulhi gadha nuvahchey ??

    3. P says:
      September 27, 2017 at 7:49 pm

      Saabahey … Thi kura hihvarah dhe kudhin adhi ithurah fight kohla eyrah adhi majaa vany
      Hahahaha ???

    4. P says:
      September 28, 2017 at 3:53 pm

      Fight kuryma majaleh nuvane.. Kos nugova hurey kujjaaa.. Mashaky fight hallu kura myhekey fight kura myheh nooney ingeytho… ??

  6. song joong ki..KOREAN says:
    September 26, 2017 at 5:29 pm

    woww. varahh salhi.. love this story.. keep it up.. waiting … nxt part avahah up kohla dhehcheyy.. 🙂 🙂 🙂

    1. iff says:
      September 27, 2017 at 2:36 pm

      Aww ??
      Thank yu song joonj ki. . ?
      Nxt part fridayga. Insha allah ??

  7. Shin says:
    September 26, 2017 at 6:09 pm

    When next part….?????
    V rythi ingey.. Ekm have thankolhei kuruhen… Rangalhah dhw mi hykurevuny. Waiting waitin…. ..

    1. iff says:
      September 27, 2017 at 2:43 pm

      Fridayga .. insha allah ?
      Thank yu shin?
      Dhn faharakun ragalhu kollaanan. Insha allah ???

  8. Well wisher of all angry birds ? says:
    September 26, 2017 at 9:23 pm

    Hi huriha kudhin

    1. iff says:
      September 27, 2017 at 2:39 pm

      Hii well wisher of all angry birds ??

  9. Amin says:
    September 26, 2017 at 10:51 pm

    V reethi vaahaka.. ekamak hama kuree ingey.. Plzz dhigukohlla dhee

    1. iff says:
      September 27, 2017 at 2:41 pm

      Aww.. ?
      Thank yu Amin ?
      Dhn faharakun ragalhu kollaanan. Insha allah ???

  10. ipher says:
    September 27, 2017 at 9:26 am

    V v v reethi mi partvx..waiting

    1. iff says:
      September 27, 2017 at 2:45 pm

      Thank yu ipher ????

  11. Vaahaka keemihaa says:
    September 28, 2017 at 10:03 pm

    Varah salhi hope varah avaha next episode up kollane kamah

    1. shiru says:
      October 1, 2017 at 2:30 pm

      koniraku next episode upload kurany
      kiyaa hithun maruvany
      vara rythi

  12. zainab says:
    October 3, 2017 at 3:44 am

    konirakun tha next part up kolla dheynee
    mi vaahlaka varah reethi ekam up vaa leh las vanee
    ummeedhu kuran avahah up kohdheyne kamah

  13. Maahy says:
    October 3, 2017 at 10:10 am

    Friday vx gohsi adhives story up nuvey avas kohba v kiyaa hithun mihury

  14. Shin says:
    October 4, 2017 at 11:07 am

    Dhn mi vaahaka up eh nukohdheyne… Migothah baeh liyun therein kanthan than kurany. V foohi ey..

  15. Mona says:
    October 5, 2017 at 12:53 pm

    Alhey iff koba vaahaka..
    Kon oraku up vany…
    Plx vaaahaka genes dhy ba

Comments are closed.


All Right Reserved!