“ހަލޯ ވަޒޫ ކޮން އިރަކުތަ ގެއަށް އަންނަނީ؟ މަންމަ މިހާރު ހެދިކާ ވެސް އޯޑަރު ކޮއްގެން ގެނެސްފިން…” ވަޒުނާ ފޯނު ނެގުމާއެކު އަފީފާ ބުނެލިއެވެ. “އެހެންތަ މަންމާ؟ އަޅުގަނޑު މަގުމަތީގައޭ މިހިރީ، ކޭކު ނަގައިފިން ދެން ވާނީ ފަސް ވަރަކަށް މިނިޓް…” ވަޒުނާ އެހެން ބުނުމާއެކު އެންމެ ރަނގަޅޭ ކިޔާ އަފީފާ ފޯނު ބޭއްވިއެވެ. އޭރުވެސް އަފީފާ ހުރީ ހިންޏާގެން ފަޅައިގެން ދާން ކައިރި ވެފައެވެ. “އަހަ..! ސައުދު ވެސް އައީދޯ… ހާދަ ބޮޑު ޕާރުސަލްއެއް!” ސައުދު […]
އެއްވެސް ތަރުތީބެއް ނެތި އެނދުމައްޗަށް އުކާލެވިފައި ހުރި ހެދުންތަކަށް ބަލާލަމުން އީރަމް ގަޑިއަށް ބަލާލިއެވެ. ހަނާ އަންނަން ބުނި ވަގުތު ފާއިތުވެދިޔަތާ ބަރާބަރު އެއް ގަޑި އިރު ވީއެވެ. އީދު ވިލޭރޭ އަށް ވުމުން މާދަން ހަނާ މެން ރަށަށް ދާނަމަ ކޮންމެހެން ވެސް މިރޭ ހެދުންތަށް ފޮއްޓަށް އަޅާ ތައްޔާރު ކުރަން ޖެހޭނެއެވެ. ހެނދުނު ހޭލައިން ކުރަން ވެއްޖެނަމަ އެކަން ވެސް އޮންނާނީ ނުވެފައެވެ. ހަފްތާ އަކަށް ދާ އިރު ހެދުންތަށް ގިނަކަމުން ގެންދަންވީ ހެދުންތައް […]
ޕްރިންޓިންގ ރޫމްގެ ދޮރު ތަޅުގައި ހިފާލި ވަގުތު، ޖެހެލި ވައިރޯޅިއާއިއެކު، ޔަލްވީގެ ޝޯލް މޫނުގައި އެޅުނެވެ. މޫނު މަތިން ޝޯލް އެއްފަރާތް ކޮށްލަމުން، ޔަލްވީ އެތެރެއަށް ވަނެވެ. އަދި ކުޑަކޮށް ޕިން ނެއްޓިފައި އިނުމުން އެ ރަނގަލުކޮށްލުމަށްފަހު، އިސް އުފުލާ ބަލާލިވަގުތު، ހައިރާންވެގެން ދިޔައީ އެތެރޭގައި އޭނާއަށް ބަލަން ހުރި ޒުވާނާ ފެނުމުންނެވެ. _______________________________________________ އެ ތަނުން ޝައުން ފެނިދާނެކަމަށް ހީކުރެވިފައި ނުވާއިރު، އޭނާގެ ކުރިމައްޗަށް އެކަހަލަ ގޮތަކަށް އާދެވުމުން، ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. […]
” ޒޭނާ ކޮންތާކުތަ؟ ” ސާރާ ޒޭނާއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވީ އަނެއްކާ މާ ހެނދުނާ ތިގުޅާލީ ކަމަކުތަ؟ ” ޒޭނާ އަހާލިއެވެ. ” ވާހަކައެއް ބުނަންވެގެން. އެކަމަކު މިހާރަކު ނޫން. ހަވީރުން ބުނާނަން. އަސްލު މިގުޅާލީ ހަވީރުން ފުރީވާނެތޯ ބަލާލަންވެގެން ” ސާރާ ބުންޏެވެ. ” އާނ އަހަރެން ބިޒީއެއްނުވާނެ. ބިޒީވިޔަސް ސާރާގެ ކަމަކަށްވެއްޖެނަމަ ކޮންމެގޮތެއް ހަދާފަނަމަވެސް ވަގުތު ހުސްކުރާނަން ” ޒޭނާ ބުންޏެވެ. ” އެހެންވީމާ އަހަރެން ހަވީރުން ތިގެއަށް […]
އާރިކް އޭނާގެ ފޯނުން އެމީހާގެ ފޮޓޮއެއް ނަގައި ރައްކާކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނުން އެޅުނު ފްލެޝްއާއެކު ޖުވައިރިޔާ އާއި އެމީހާ އެދިމާ ބަލާލިއެވެ. އާރިކްއަށް ދެލޯ ބޮޑުކޮށްގެން އެދިމާއަށް ބަލަން ހުރެވުނެވެ. އިރުކޮޅަކުން އައި ނައި ތަނެއް ނޭނގޭ މީހުން ތަކެއް އައިސް އާރިކްގެ ދެއަތުގައި ހިފަހައްޓައިފިއެވެ. “މަންމާ! ޕްލީޒް.. އަޒްކޮއަށް އެހެން ނުހަދާ..! މަންމާ!” އާރިކް އާދޭހުގެ ރާގެއްގައި ގޮވާލިއެވެ. ނަމަވެސް ފަހަތުން މީހަކު އޭނާގެ ބޮލުގެ ފުއްކިބައިގައި ބާރަކަށް ޖެހި ވަގުތު ވަގުތުން އޭނާގެ […]
“ދޮންބޭ!!! ޕޮލިސް” މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ފުލުހުން އަންނާނީ ކޮންމެސް ބޮޑުކަމެއް ދިމާވުމުން ކަން މައިސަރާ އަށް އެނގޭއެވެ. ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލާލީރު ފުލުހުން ފިރޯޒާ އުޅޭ ބަޔަށް ވަންނަނީއެވެ. ހެޑްފޯނު އަޅައިގެން އިނުމުން މަހާ ބުނި އެއްޗެއް ސާފުނުވެ އިން ވިކްޔަން ކޮޅަށްތެދުވީ މައިސަރާ ދުވެފައި ބެލްކަންޔަށް ނިކުތް މަންޒަރު ފެނުމުންނެވެ. ************************************************ ހެޑްފޯން ކަންފަތާއި ދުރުކޮށްލަމުން ވިކްޔަން ވެސް މައިސަރާ އާއި ގާތުގައި ހުއްޓުމަށްފަހު ބޭރަށް ބަލާލީ ވެގެން […]
ނިޔާމް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނިޔާމް އޭނާގެ ދެ އަތުން ރާޔާގެ ބޮލުގައި ނިކަން ލޯބިން ފިރުމާލިއެވެ. ނިޔާމްގެ މޭގައި ރާޔާ ބޯއަޅާލައިގެން ރޮނީއެވެ. ނިޔާމް ރާޔާއާ ވާހަކަ ދައްކަން އުޅެއުޅެވެސް އެކަމެއް ވާގޮތެއް ނުވިއެވެ. ނިޔާމް ރާޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ނިޔާމް ގައިގައި ރާޔާ ބައްދައިގެން ހުރުމުގެ ސަބަބުން ނިޔާމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ނިޔާމް ރާޔާ އާއި ކުޑަކޮށް ދުރުވެލިއެވެ… އޭރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. ނިޔާމް ބަލަން ނުހުރެ ރާޔާ އެތެރެއަށް ވެއްދިއެވެ… އަދި އަލަމާރިން ތުވާއްޔަކާއި ހުދު ކުރުތާއެއް ނަގައި ރާޔާ އަތަށް ލަމުން ބުންޏެވެ. ” ރާޔާ! އަވަހަށް ހެދުން ބަދަލު ކޮށްލާ! ނޫނީ ހުން އަތުވެދާނެ” ރާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ރާޔާ ކޮޓަރިއަށް ވަނުމުން ނިޔާމް ބަދިގެއަށް ވަދެ ދެތަށި ކޮފީ ހަދަން ފެށީ އެތެރެ ހައްޓަށް ހޫނުކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އޭރުވެސް ނިޔާމްގެ ސިކުނޑީގައި ރާޔާގެ ހިޔާލުތައް ހުއްޓުމެއްނެތި ދަޢުރުވަމުން ދިޔައެވެ. ނިޔާމް ދެ ތަށި ކޮފީ ހިފައިގެން ސިޓިންރޫމަށް ނިކުތްއިރު ރާޔާ އިނީ ސޯފާގައި އިށީދެގެންނެވެ. އޭރުވެސް މޫނުމަތިން ފެންނަނީ މާޔުސްކަމާއި އެކަނިވެރިކަމެވެ. ” ހިނގާ ދޯ ކޮފީތަށްޓެއް ބޯލަން،” އެހެން ބުނެ ރާޔާ އަށް ކޮފީ ތަށި ދިއްކޮށްލަމުން ނިޔާމް ރާޔާއި ޖެހިގެން ހުރި ސޯފާގައި އިށީނެއެވެ. ރާޔާ ނިޔާމްގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ ނިޔާމް އަށް ނޭގޭނޭހެން ވަރަށް ސިއްރުންނެވެ. ” […]
ކޮފީގެ ފޮދުވަރެއް ދަމާލަމުން، ޒަފަރުގޮސް ދޮރުހުޅުވާލިއެވެ. ދޮރުން އެތެރެއަށް ވަދެގެން އައީ އާޝިޔާއެވެ. ހުދުކުލައިގެ އަތްދިގު ބްލައުޒްއާއި ކަޅުކުލައިގެ ލެގިންސްގައި އޭނާ ފެންނަލެއް ސާދާއެވެ. އެތެރެއަށްވަދެ އެޅި ފުރަތަމަ ފިޔަވަޅާއެކު ޒަފަރް ގައިގައި ބައްދާލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ޔާސްމީންއަށެވެ. ޔާސްމީން ލައިގެންހުރި ޒަފަރްގެ ގަމީހާއި ތިރިން އަނދެލައިގެން ހުރި ތުވާލިން އޭނާ އަށް ނެގުނު މާނަ ގޯހެވެ. އެއްފަހަރު ޔާސްމީންގެ މޫނަށް އަނެއް ފަހަރު ޒަފަރްގެ މޫނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނުކުންނަން އޭނާ ހިނގައިގަތީ ނުރުހުމުގެ ކުލަވަރުން މޫނު ކުނިކޮށްގެން ހުރެއެވެ. ދުލުން އެއްޗެއް ބުނެވޭ ވަރަށްވުރެ އާޝިޔާހުރީ ހިތުގައި ޖެހިފައެވެ. އެވަގުތު އާޝިޔާ ގެ އަތުގައި ހިފަހައްޓައި، އެ ކުށްހީ ފިލުވައިދިނުމަށްޓަކައި، އާޝިޔާގެ ކަންފަތްދަށުގައި ޒަފަރް ކޮންމެވެސް އެއްޗެއް ބުނެދިނެވެ. އެއާއެކު، ޔާސްމީނަށް ބަލައި ލަމުން އާޝިޔާ ރީތި ހިނިތުންވުމެއް ރައްދުކޮށްލައިފިއެވެ. ޖަވާބުގައި ޔާސްމީން ހިނިތުންވެލި ނަމަވެސް، ތަފާތު ޚިޔާލުތަކުން އޭނާގެ ވިސްނުން ޚަރާބުވިއެވެ. ޒަފަރްގެ ދިރިއުޅުމުގައި އާޝިޔާފަދަ އެއްވެސް އަންހެން ކުއްޖަކަށް ޖާގަ ދެވިފައި ވުމަކީ ޔާސްމީން ބޭނުންވާ ގޮތެއްނޫނެވެ. “ޔާސްމީން..! މިއީ އާޝިޔާ..! އާޝިޔާ! މިއީ ޔާސްމީން !…” ޔާސްމީންގެ ގާތަށް އާޝިޔާ ގޮވައިގެން އައިސް ޒަފަރް، ޔާސްމީން އަށް އާޝިޔާ ތަޢާރަފްކޮށްދިނެވެ. ހިނދުކޮޅެއް ކުރިން އެދެމެދުގައި ވި ބީރައްޓެހިކަން ކެނޑި ރަހުމަތްތެރިކަމެއް އާޝިޔާއާއި ޔާސްމީނާ ދެމެދު އުފެދުނެވެ. އާޝިޔާގެ އެ ހަސަދަވެރިކަމެއްނެތް ސާދާ މިޒާޖު، ޔާސްމީން ހައިރާންކުރުވިއެވެ. ޒަފަރްއާއި އާޝިޔާގެ ގުޅުން ރަޙުމަތްތެރިކަމަކަށްވުރެ ގާތްހެން ޔާސްމީނަށް ހީވިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ޒަފަރްގޮވައިގެން ޔާސްމީނާ ތަންކޮޅެއް ދުރައްޖެހިލައި ކަންފަތްދަށުގައި އާޝިޔާ ކޮންމެވެސް އެއްޗެއް ބުނެލުމުން އެބައަންނަން ކަމަށްބުނެ ޒަފަރް އާޝިޔާއާއެކު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޒަފަރްގެ ސައިކަލު ފަހަތުގައި ޒަފަރްއާއެކު އާޝިޔާ ދާތަން ބަލަން ޓެރަހުގައި ހުރުމަށްފަހު، ޔާސްމީންގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލައިފިއެވެ. ބާރަ ފޫޓު ބާރަފޫޓުގެ ކޮޓަރީގައި ވަކިހިއްޕާލާފައިވާ އެއަރކޮންޑިޝަނަރގެ ފިނިކަމުން، އިސާހިތަކު އޭނާގެ ދިގުއެސްފިޔަތަކަށް ބަރުވެ ނިދި ތާއްޔާ ޖެހޭ ގޮތްވެއްޖެއެވެ. ******** މުޅި މާހައުލަށް ފެތުރިފައިވާ ކަނު އަނދިރިކަމުގައި ދުރު ފިޔަވަޅުތަކެއް އަޅަމުން ޔާސްމީން ދުވަމުން ދިޔައީ ހުސްފައިގައެވެ. ޝިކާރަ ޖަނަވާރަކަށް ފިލަން ދުވާ ޝިކާރައެއް ފަދައިންނެވެ. ދާނެ މަންޒިލެއް ،މަޤުޞޫދެއްނެތި ދުވަމުން ދިޔަވަރަކަށް ދެވޭނުދެވޭ ދިމާއެއް ނޭނގި މަގު އޮޅެމުން ގޮސް ޔާސްމީނަށް ވަދެވުނީ ރަށުގެ ފުށްޓަރު ފަރާތުން އޮންނަ ބޯ ޖަންގައްޔަށެވެ. އެހިސާބުން އޭނާގެ ދެފައިގައި ތަޅު އެޅުވުނުފަދައެވެ. […]
މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. […]