Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 20

seym Level 310 Stories100 Login100 Comments
September 30, 2017 5 Mins Read
6 Comments

އެއްވެސް ތަރުތީބެއް ނެތި އެނދުމައްޗަށް އުކާލެވިފައި ހުރި ހެދުންތަކަށް ބަލާލަމުން އީރަމް ގަޑިއަށް ބަލާލިއެވެ. ހަނާ އަންނަން ބުނި ވަގުތު ފާއިތުވެދިޔަތާ ބަރާބަރު އެއް ގަޑި އިރު ވީއެވެ. އީދު ވިލޭރޭ އަށް ވުމުން މާދަން ހަނާ މެން ރަށަށް ދާނަމަ ކޮންމެހެން ވެސް މިރޭ ހެދުންތަށް ފޮއްޓަށް އަޅާ ތައްޔާރު ކުރަން ޖެހޭނެއެވެ. ހެނދުނު ހޭލައިން ކުރަން ވެއްޖެނަމަ އެކަން ވެސް އޮންނާނީ ނުވެފައެވެ. ހަފްތާ އަކަށް ދާ އިރު ހެދުންތަށް ގިނަކަމުން ގެންދަންވީ ހެދުންތައް ވަކިކުރުން ވީ އުނދަގޫކަމަކަށެވެ. ހަނާ ގެ އެހީ ބޭނުންވާ ސަބަބަކީ އެއީޔެވެ. ހެދުންތަކަށް ބަލަހައްޓައިން ވިސްނުމެއްގައި އިންދާ ބެލް އަޅާލި އަޑު އިވުނެވެ. އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއިރު ހަނާ އެވެ. ކޮޓަރި އޮތް ގޮތް ފެނުމާއެކު ހަނާ ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “މިތަނަށް ތޫފާނެއް އައީތަ..” ހަނާ އެހެން އަހާލުމާއެކު އީރަމް ހީލިއެވެ. “ދެން ވެސް ބުނެބަލަ މިތަނުން ގެންދަންވީ ހެދުންތައް..” އީރަމް ހަނާ އިށީންނަން ރީތިވާ މޭޒުކައިރީ އިން ގޮނޑި އެނދު ކައިރިއަށް ޖައްސާލަމުން ބުނެލިއެވެ “ހަފްތާ އަކަށް ދާއިރު އެހާ ބައިވަރު ހެދުންތަކެއް ގެންދާނެ ކަމެއް ނެތޭ..” ހަނާ އީރަމް އަށް ބަލާލަމުން ބުނެލިއެވެ. “ބައި ދަ ވޭ.. ހުސެން އާއި ލާމީ ވެސް ދޭ..” ހެދުމެއް ފަތް ޖަހަން ހުރި އީރަމް ގެ ހަރަކާތްތަށް ވަގުތުން ހުއްޓުނެވެ. “ވަޓް..ކީއްކުރަން އެ މީހުން ދަނީ…” ހަނާ ގެ މޫނަށް ބަލާލަމުން އީރަމް އަހާލިއެވެ. ލާމިހް ދާނެ ކަން އެނގުމުން ނޭނގޭ ގޮތް ތަކެއް ވެގެންދިޔައެވެ. ހަފްތާއެއް ވަންދެން ލާމިހް އަށް އަބަދު ފެންނަ ހިސާބުގައި އުޅޭނީ ކިހިނެއްހެއްޔެވެ. “މިރޭ ހުސެން ބުނީ ދޮންތަ ކައިިރީ އީދު ބަންދު ލިބޭ ވާހަކަ..ދެން ރަށް ބަލާލަން ދާ ހިތްވެޔޭ ބުނީމަ ދޮންތަ ބުނެފި ހިނގާށޭ ދާން..މަންމަ މެން ތިބީ ވަރަށް އޯކޭ ވެފަ.. ދެން ލާމީ ވެސް ގެންދަން ހުސެން ބޭނުންވީ.. ލާމީ ކައިރީ އެހީމަ އެއްބަސް ވެއްޖެ ދާން..” ހަނާ އެއް ނޭވާއިން ކަންތައް ވީ ގޮތް އީރަމް އަށް އޮޅުން ފިލުވައިދިނެވެ.އީރަމް  އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ފެނުނީ ދޮރު ހުޅުވާލާފައި ޖަނާ ވަތް ތަނެވެ. ހަނާ އަށް ހިނިތުންވެލަމުން އައިސް އީރަމް ކައިރީ ހުއްޓިއްޖެއެވެ. ” ދެން ހަމަ ދަނީތަ.. ޖާން ވެސް ބޭނުން ދާން..” ބޮޑާ ހާކާލަމުން ޖަނާ ބުނެލިއެވެ. ” މަންމަ އޯކޭ ނުވަންޔާ ނުދެވޭނެއެއްނު.. ” އީރަމް ޖަނާ ގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އީރަމް ނެތް ނަމަ ޖަނާ ފޫހިވާނެ ވަރު އިހްސާސްކޮއްލެވުނެވެ. “އީމް އޯކޭ ދޯ ލާމީ މެން ދިޔަސް..” ހަނާ ގެ ސުވާލުން ޖަނާ ހަށިގަނޑު ސީދާ ކޮއްލިއެވެ. “ލާމީ ވެސް ދޭތަ..” ޖަނާ ކުއްލިއަކަށް އަހާލިއެވެ. ލާމިހް ދާނަމަ މި ދަތުރުގައި ކޮންމެހެން ވެސް ދާން ޖެހޭނެއެވެ. “ހޫމް.. ޖަނާ މަންމަ އޯކޭ ނަމަ ދެވުނީސްއެއްނު…” ހަނާ އެހެން ބުނުމާއެކު އެބަ އަންނަން ކަމުގައި ބުނެ ދުވެފައި ޖަނާ ކޮޓަރިން ނުކުމެއްޖެއެވެ. އީރަމް ގެ ފޮށި ތައްޔާރު ކޮއް ނިމުމާއެކު ޖަނާ އަަނެއްކާވެސް ކޮޓަރި ތެރެ އަށް ބޯ ދިއްކޮއްލިއެވެ. މޫނުމަތިން ފެންނަ ހިނިތުންވުމުން އުފާވެފައި ހުރިކަން ހާމަ ވެއެވެ. “މަންމަ ބުނީ އޯކޭއޭ ދިޔަޔަސް.. އަސްލު ބޭބޭ އިނގޭ ހުއްްދަ ދިނީ..” ފޮށި ތައްޔާާރު ކުރަން ކަމުގައި ބުނެ ޖަނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

 

އީރަމް ގެ މޫނު ދެކިލާ ހިތުން އެެރޭ ނިދަން އޮތް ލާމިހް ގެ ލޮލަކަށް ނިންޖެއް ނައެވެ. އީރަމް ގެ ފަރާތުން ޖަވާބެއް ނުލިބުމުން ލާމިހް ނިންމީ އަނެއްކާ ވެސް އެ ހިތުގައި ވާ އިހްސާސްތައް އީރަމް އަށް ކިޔައިދޭށެވެ. އީރަމް ހާސިލް ކުރުމަށް ލާމިހް ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ލާމިހް ގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމަކީ އީރަމް އެވެ. ހެނދުނު އީދު ނަމާދަށް ދާން ފޯނު އެލާމް ކޮއްލަމުން ލާމިހް ލޯ މަރާލުމާއެކު ސިފަވެގެންދިޔައީ އީރަމް ގެ ރީތި ހިނިތުންވުމެވެ.

 

އީދު ނަމާދު ކޮއްނިމިގެން ގެއަށް އެންމެން އައީ އެކީގައެވެ. އާސްމީ ނާސްތާ ތައްޔާރު ކުރުމުގައި އުޅުނު އިރު އީރަމް އެހީތެރިވެދިނެވެ. “ކޮން އިރަކުން ފުރަން ދަނީ..” ޓީވީ ބަލަން އިން ޒާހިރު ސަލްމާ އާއި ޖަނާ އަށް ބަލާލަމުން އަހާލިއެވެ. ” އީމް ބުނި ސައިބޮއެގެން ދާންވީ އޭ..” ޖަނާ ޖަވާބުދިނެވެ. ” އެތަނަށް ގޮސް ފާޑު ފާޑުގެ މީހުންނާ ވާހަކަ ނުދައްކާތި.. މިހެން ބުންޔަސް މަށަށް އިނގޭޭ ޖަނާ ގެ ގޮތް.. އީރަމް ވާނެ ޖަނާ އުޅޭ ނޫޅޭ ގޮތް ބަލަން..” ސަލްމާ ކާގޭގައި ހުރި އީރަމް އަށް ބަލާލަމުން ބުނެލިއެވެ. ސަލްމާ ދެއްކި ވާހަކަ އަޑުއިވުނު އީރަމް ކިޔަމަން ތެރިކަމާއެކު ބޯ ޖަހާލިއެވެ. ” އެ ތެދެއް.. ދެކުދިން އެކަކު އަނެކަކަށް ބަލައިން ބަސްއަހައިން އުޅޭތި.. އެ ރަށަށް ދެވުނުހާ އަވަހަކަށް ވާނެ ގުޅަން..” ޒާހިރު ޖަނާ އަށް ބަލާލަމުން ބުނެލިއެވެ. އެކި ވާހަކަ ތަކުގައި ސައިބޮއެނިމުމާއެކު ޒާހިރު ދެކުދިންގެ ފޮށި ބޭރަށް ނެރެލަދިނެވެ. ކާރު އައުމާއެކު ސަލްމާ ކުރިން ވެސް ދެއްކި ވާހަކަ ތަކުރާރު ކޮއްލިއެވެ.

 

ފެރީ ލަފާތަނަށް ކާރު މަޑުކޮއްލުމާއެކު އީރަމް އާއި ހަނާ ފޭބިއެވެ. ޓެކްސީ ދުއްވަން އިން ޑްރައިވަރުު ފޮށިތަށް އެއްފަރާތުގައި ބަހައްޓާލަދިނުމުން އީރަމް އެމީހާއަށް ޝުކުރުއަދާކުރިއެވެ. ދީފައިވާ އަވީގެ ސަބަބުން ލޮލަށް އުނދަގޫ ވެގެންދިޔުމާއެކު ކޮނޑުގައި އަޅާފައި އޮތް ދަބަހުން އަވި އައިނު ނަގާ އެ ރީތި ދެލޯ އީރަމް ފޮރުވާލިއެވެ. ވަށައިގެންވާ މާހައުލުން ފެންނަނީ ހަލަބޮލިކަމެވެ. އީދު ބަންދަށް ވުމުން އެކި ރަށް ރަށަށް ދާން އައިސް ތިބި މީހުން ގިނައެވެ. ތަންކޮޅެއް ދުރުގައި ތިބި ހަނާ މެން ޖަނާގެ ލޮލުގައި އަޅައިގަތުމާއެކު އީރަމް އަށް އެމީހުން ދައްކާލިއެވެ. ފޮށިގެ އަތް ގަނޑުގައި ހިފަމުން ދެކުދިން ވެސް މިސްރާބު ޖެހީ ހަނާ މެން ތިބި ދިމާއަށެވެ. ” މި އޮތް ވަޑައިގަތީނުން.. ” އީރަމް ފެނުމާއެކު ސަމާސާ ރާގަކަށް ހުސެން ބުނެލިއެވެ. ” މެރީ ކުރެވެންދެންވެސް ހައި އާއި ދުރުގައެއް ނުހުރެވުނު ދޯ..” އީރަމް ވެސް ހިނިތުންވެލަމުން ހުސެން އާއި ދިމާ ކޮއްލިއެވެ. އެމީހުންގެ ފަހަތުގައި ހުރި ލާމިހް ގެ ނަޒަރު އީރަމް އަށް ހުއްޓިފައި ވެއެވެ. ފެރީ އައުމާއެކު ހަނާ ގެ އާާއިލާ މީހުން އެރުމާއެކު އީރަމް މެން ވެސް ފެރީ އަށް އަރައިފިއެވެ. އީރަމް ގޮސް ހަނާ ކައިރީ އިށީނުމުން ޖަނާ ލިބުނު ހަނި ފުރުސަތުގައި ފަހަތު ސީޓުގައި އިން ލާމިހް ކައިރީ އިށީދެއްޖެއެވެ. ފެރީ ދުއްވާލުމާއެކު ޖެހޭ ފިނި ވަޔާއެކު އީރަމް ގެ ލޮލަށް ނިދި ޖަމާވެއްޖެއެވެ. ހަނާ ގެ އަތުގައި ހިފާ ކައިރި ކޮއްލަމުން ކޮނޑުގައި ބޯ އަޅާ ދެލޯ މަރާލިއެވެ. ފަހަތުގައި އިން ލާމިހް އަށް އެ މަންޒަރު ފެނުމާއެކު ހަނާ ގެ ބަދަލުގައި އެތާ އޭނާ އިން ނަމަ ވާނެ ގޮތް ހިތަށް ގެނެވުނެވެ.

 

ދެ ގަޑިއިރުގެ ދަތުރަަކަށް ފަހު ފެރީ އައިސް ރަށް ކައިރިއަށް މަޑުކޮއްލުމާއެކު ހަނާ ނިދިފައި އޮތް އީރަމް އަށް ގޮވާލިއެވެ. ތެދުވެ ހަމަޖެހިލަމުން އީރަމް ފަހަތަށް ބަލާލުމާއެކު ލާމިހް ގެ ތޫނު ނަޒަރު އެ މޫނަށް ހުއްޓިފައިވާކަން އެނގުމާއެކު ހިނިތުންވެލިއެވެ. ރަށަށް ފޭބުމާއެކު އީރަމް އަށް ލިބިގެން ދިޔައީ ބަޔާންކޮއްނުދެވޭނެހާ ބޮޑު ހިތްހަމަޖެހުމެކެވެ. ނޫ އުޑު ގައި ވާ ހުދު ކުލައިގެ ވިލާތަކަށް ބަލާލި ކޮންމެ މީހެއްގެ ހިތަށް ވެސް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ހައިފާ އާއި ހުސެން ކުރީގައި ތިބި އިރު އީރަމް އާއި ހަނާ އައީ އެކު އެކީގައެވެ. އެންމެންގެ ފަހަތުގައި ހުރި ލާމިހް ހުރީ ޖަނާގެ ސަބަބުން ބޮލަށް އުނދަގޫވެފައެވެ. ދިމާ ވީއްސުރެ ވާހަކަ ހުއްޓައެއް ނުލައެވެ. އިރު އިރު ކޮޅުން ލާމިހް ގެ އަތުގައި ހިފައިގަންނަ އިރު އެކަމުގެ ސަބަަބުންވެސް ލާމިހް ހުރީ ހިތްހަމަނުޖެހިފައެވެ. ރަށަށް ނުދަންނަ ބަޔަކު އައުމުން އެކި އުމުރުގެ މީހުންގެ ނަޒަރު ހުއްޓިފައި ހުރީ އީރަމް މެންނަށެވެ. ދެތިން މީހަކު ޒުބޭދާ ކައިރީ އެއީ ކޮންބައެއް ތޯ އަހާލިއެވެ. ހައިފާ އިންނަން އުޅޭ ކުއްޖާ ކަމުގައި ބުނެ ހުސެން ތައާރަފް ކޮއްދިނުމާއެކު އެމީހުން ވެސް ދައްކާނެ ވާހަކަ ހުހެއް ނުވެއެވެ. ހުސެން އުޅޭ ގޮތުން ފަހަތުގައި ތިބި އީރަމް މެން ތިބީ ނުހޭށެވެ. ގެއަށް އައިސް ވަދެވުމާއެކު އެންމެންވެސް ނިންމީ އަރާމްކޮއްލުމަށް ފަހު ރަށު ތެރެ ބަލާލަން ނުކުންނާށެވެ. ޒަމާނަށް ފެތޭ ހެން ހަދާފައިވާ ބޮޑު ގޭގައި ތިން ކޮޓަރި ހުއްޓެވެ. ހުސެން އާއި ލާމިހް އަށް އެއްކޮޓަރީގައި ތިބެން ހަމަޖެހުނު އިރު އީރަމް އާއި ހަނާގެ އިތުރުން ޖަނާ ތިބެން ނިންމީ ހައިފާގެ ކޮޓަރީގައެވެ. މެންދުރު ގެ ކެއުން ތައްޔާރު ކުރުމުގައި އަންހެން ވެރިން އުޅުނު އިރު ބޭރު ޖޯލީގައި ލާމިހް އާއި ހުސެން ތިއްބެވެ. ކައިރީ ހަމްދާންވެސް އިށީދެލައިން އިނެވެ. އެ ރަށުގައި ކުޅެ އުޅޭ ސަގާފީ ކުޅިވަރިތަކުގެ މައުލޫމާތާއި ކައިރީ ގޭގޭގައި އުޅޭ އަވަޓެރިންގެ ވާހަކަ ހަމްދާން ލާމިހް މެންނަށް ކިޔައިދެމުން ދިޔައެވެ. މެންދުރު ނަމާދަށް ފަހު ކައިގެން އެންމެންވެސް ނުކުތީ ހިނގާލުމަށެވެ.

 

އިރުގެ ހޫނުން ބިންމަތި ފިއްސަމުން ދިޔަ އިރު މަގުތަކުން މީހުން ފެންނަނީ ވަރަށް މަދުންނެވެ. މަގުމަތީ އެއްފަރާތުގަޔާއި ގެތަކުގެ ފާރުކައިރީ މާ ގަސްތަށް އިންދާފައި ހުރުމުން ބަލާ ބެލުމަށް ވަރަށް ރީއްޗެވެ. ޖަނާ ފޮޓޯ ނެގުމުގައި އުޅުނު އިރު ސަކަރާތާއި މަޖަލުގައި ހަނާ އާއި އީރަމްގެ އިތުރުން ހައިފާވެސް އުޅުނެވެ. އެ މީހުންގެ ފަަހަތުގައި ތިބެ ހިނގަމުން އައި ލާމިހް އާއި ހުސެންގެ މެދުގައި ވާހަކައެއް ދެކެވެމުންދެއެވެ. ” ޖަނާ އައިމަ ބޮލަށް އުނދަގޫ.. އަނގަގަދަ ކަމުންވެސް..” ލާމިހް އެހެން ބުނުމާއެކު ހުސެން ގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. “އީމް އެއައީ ބޮޑީ ގާޑެއް ގޮވައިން..ދެން އަނެއްކާ ވެސް އީމް ކައިރީ އެ ވާހަކަ ދައްކަބަލަ..” ހުސެން ލާމިހް އަށް ބަލާލަމުން ބުނެލިއެވެ. ” އެހެން ހިތަށް އަރަނީ މި.. އެކަމަކު އީމް އާއި އެކަނި ބައްދަލުވާނެ ފުރުސަތެއް ލިބިގެންދޯ..” ލާމިހް ކުރިމަތިން ދާ އީރަމް އަށް ބަލަމުން ބުނެލިއެވެ. ރަށުގެ އެކި މަގުތަކުން ހިނގާލާފައި ގެ ހުންނަ މަގަށް އެޅުމާއެކު ހަނާ ގެ ހިނގުން ކުއްލިއަކަށް މަޑުޖެހުނެވެ. ގޭ ކުރިމަތީ ފާރުބުރި މަތީ ތިބި ޒުވާން ފިރިހެން ކުދިންގެ ގްރޫޕް ލާމިހް ގެ ލޮލުގައި ވެސް އަޅައިގަތެވެ. އެތަނުގައި ތިބި އެންމެންގެ އިސްތަށިގަނޑުވެސް ދިގުކޮއްލާފައި ވާއިރު މީހުން މިކިޔާ ޕާޓޭއިންނާއި ވައްތަރެވެ. އެތިބަ ގޮތަށް ތިއްބާ ފެނުނީ އެތަނުން އިސްކޮޅުން ދިގު ޒުވާނާ ފާރުބުރި މަތިން ފުއްމާލި ތަނެވެ. އަތުގައި ރަތް ކުލަ ހޭކިފައި ވާއިރު ނަޒަރު ސީދާ ވެފައިހުރީ ހަނާ އަށެވެ. އެ ޒުވާނާ އަންނަން ފެށުމުން ހުސެން އާއި ލާމިހް އީރަމް މެންނާ ގާތަށް ޖެހިލިއެވެ. ހަނާ ގެ ކުރިމަތީ ހުއްޓުނު ޒުވާނާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވުމާއެކު ދެން ފެނުނީ ހަނާ ގެ މޫނުމަތީ އަތުގައި ހުރި ކުލަ އުނގުޅާލިތަނެވެ. ހައިފާ އަށް އެ މީހާ ފެންނަ މީހަކާ ވައްތަރުވުމާއެކު ހަނާގެ މޫނަށް ބަލާލިއެވެ. އެ މީހާ ކުރިކަމަކުން ހައިރާންވެފައި ހުރި ހަނާ ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވުމާއެކު ދެން ފެނުނީ އެ ފިރިހެން ކުއްޖާ ގައިގައި ޖަހަން ފަަހަތުން ދުއްވައިގަތްތަނެވެ. ވާނުވާ ނޭނގިފައި ތިބި އީރަމް މެންނަށް ތިބެވުނީ ދެން ކަންތައް ވާނެ ގޮތް ބަލާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 36 (ސަތިރީސްވަނަ ބައި)

Next

ޢެދެމޭ އުފާ….(22)

Next
September 30, 2017

ޢެދެމޭ އުފާ….(22)

Previews
September 30, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 36 (ސަތިރީސްވަނަ ބައި)

6 Comments!

  1. seym says:
    September 30, 2017 at 1:56 pm

    Salaam hurihaa kudhin.. ?
    Ummeedhu kuran mi bai vx kamudhaane kamah.. Comment and let me know if u like the storyy.. ❤️? And i appreciate the readers who takes the time to read my story and thankyou for the lovely comments. So m thinking 25 th vana part ge fahun the story will be based after a time of 3 or 4 years. Total 50 chapters.. Anyway i know this part is short too and sorry for that. ☹️ Goodnyt and much love to ya all. ❤️❤️❤️

  2. annoying reader says:
    September 30, 2017 at 4:07 pm

    alhey kytha vaani janaa hiy kiya kahala boy eh thi rashun fenijjeya,gaimu eyrun laami fahathun dhuvun hutteyneh nu, i want laami and eem to b together. varah reethi,hanaa ge best frnd dhw efenuny? when next part

  3. Reader says:
    September 30, 2017 at 5:29 pm

    Ehaa dhuvass kohfa genessdhinn iru haadha kureyyy.. ?

  4. Petite says:
    September 30, 2017 at 9:55 pm

    Wowwww v v v reeeethi!! Hama obinness to the max!!❤❤❤ avahah story kiyaa nimmaalaa hiyy vany.. hehe.. waiting for the next part ? ?

  5. Sheii says:
    October 2, 2017 at 2:18 pm

    Nice. Wen next part??

  6. seym says:
    October 2, 2017 at 7:38 pm

    Thankew all…?
    And m not feeling well these days..? ragalhu v haa avahakah next part liyefa up kohladheynan.. Insha Allah ?

Comments are closed.

Next Episodeތިޔަ ދިން އުފާ 21←


All Right Reserved!