Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (6 ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
September 28, 2017 4 Mins Read
21 Comments

މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. މީހުންގެ މަލާމާތުގެ ބަސްތައް ދުވަހަކުވެސް ދެން ހުއްޓޭނެ ހެއްޔެވެ؟ އެ ލައްގަނޑާއެކު މީހުންގެ ކުރިމައްޗައް ނިކުންނަން ކެރޭނެ ހެއްޔެވެ؟ މާހިލްގެ ސިކުނޑިއަށް އަރާމެއް ލިބުމެއްނެތެވެ. ފިކުރުތަކުން ހިތް ރޮއްވަމުން ގެންދިޔައެވެ. ރައްޓެހިވެވުނު އަންހެނެއްގެ ސަބަބުން ދިރިއުޅުން ބަރުބާދުވީ ކަމަށް ހީވަމުން ދިޔައެވެ.
އެގޮތުގައި އެ ތޭރިތަކުގެ އެތެރޭގައި ދުވަސްތައް ގުނަމުން ދިޔައީ ހިތައް އެއްވެސް ހަމަޖެހުމެއް ނުލިބިއެވެ. މަޑުމަޑުން އޭނާޔާއެކު އެގޮޅީގައިވާ ޝޭޚްއާއި ވާހަކަދެކެވި ދެމީހުންގެ ގާތްކަން އިތުރުވިއެވެ. އެކިއެކި ވާހަކަތަކުންގޮސް އެންމެ ފަހުން މާހިލް ގައިދީއަކަށް ވާންޖެހުނު ގޮތް ކިޔައިދިނެވެ. އެހިނދު އެ ޝެއިޚް ބުންޏެވެ. “ކޮންމެކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅައް. ކަލޭ ތިކަމާއި ކުރަންވީ އުފާ. ހިތާމައެއް ނޫން. ކަލޭ އެއަންހެންކުއްޖާގެ ބައްޕައަށް ޝުކުރު އަދާކުރޭ” އެ ޖަވާބާއި އެކު މާހިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ސުވާލުތަކަކުން ހިތްފުރިގެން ދިޔުމުންނެވެ. “އަހަރެން ޝުކުރުވެރިވާންވީ ކީއްވެގެން؟ އޭނާގެ ނުބައި ރޭވުމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަރުބާދު ކުރީމަތަ؟ އެންމެންގެ ކުރިމަތީގައި ނުބައި ބަދުނާމަކުން ބަދުނާމު ކޮށްދިނީމަތަ؟” ހިތުގައި ފުނިޖެހުނު ސުވާލުތައް ފަށްޗަކައް އަމުނާލެވުނީ އަމިއްލަ އިޚްތިޔާރަކާއި ނުލައެވެ.
“ނޫން. ކަލޭ އުފާކުރަންވީ އެނުބައި ކަންކަމުން ކަލޭ ދުރުކޮށްދިނީތީ. އަހަރެމެން މުސްލިމުންނަށްވެ ތިބެ ފާފަތަކާއި ދުރައްދެވުމަކީ އަހަރެމެން އުފާކުރަންވީ ކަމެއް ނޫންތަ؟ ﷲވަނީ ޒިނޭއާއި ގާތްނުވުމަށް އަންގަވާފަ. އެކަމުގެ ހުރި ނުބައިކަން މިސާލު ޖައްސަވާ އަންގަވާފައިވޭ.” އެ ޝެއިޚައް އެ ހިސާބައް ބުނެވުމުން މާހިލް ރުޅިއައިސްފައި ބުންޏެވެ. “އަހަރެން މިދެއްކި ވާހަކަ ކަލޭއަށް ރަނގަޅައް އަޑު ނީވެނީތަ؟ އަހަރެން މިކަމުގައި މީހަކު ބެއްދީ. އަހަރެން މީ ހަށި ވިއްކާ މީހެއް ނޫން.” އެ ޝެއިޚް ޝައުޤުވެރިގޮތަކަށް މާހިލް އަށް ބަލައިލިއެވެ. އަދި ބުންޏެވެ. “އަހަރެންނައް ތިހެން ބުނި އަޑު އިވުނު. އަހަރެން ނުބުނަން ކަލޭތީ ހަށިވިއްކާ މީހެކޭ. ފުރަތަމަ މަޑުމައިތިރިކަމާއެކު އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ. އެއަށްފަހު ކަލޭގެ ސުވާލެއް އޮތިއްޔާ ކުރާނީ.” މިހެންބުނެ ގޮނޑީގައި ރަނގަޅައް ހަމަޖެހިލަމުން މާހިލްއާވީ ފަރާތައް ތަންކޮޅެއް ގާތްވެލާފާ ބުންޏެވެ.
“ޒިނޭ ކުރުމަކީ ހަމައެކަނި ހަށިވިއްކުމެއް ނޫން. އަންހެނަކާއި ފިރިހެނަކު އެކަހެރި ވާ ކޮންމެ ވަގުތެއްގައި އެ ކައިރިވެވެނީ ޒިނޭއަށް. ޝައިޠާނާ އެކަމަށް މަގުފަހިކުރުވާނެ. ކަލޭ ބުނީމެއްނޫންތަ ކަލޭ ތިން ކުދިންނާއި ރައްޓެހިވެގެން އުޅުނު ވާހަކަ. އަދި އެންމެ ކުއްޖަކާއިއެކު ނަމަވެސް ޒިނޭ ވާނީ ޒިނޭއަށް. ޒިނޭއަށް މަގުފަހިވާ ކޮންމެ ކަމަކަށް އަރައިގަތުމަކީ ބޮޑު ފާފައެއް…
އެންމެ ރަނގަޅު. ހަށިވިއްކާމީހުން އެކަން ކުރަނީ ރުފިޔާގެ ދަހިވެތިކަމުގައި. ދެން ކަލޭމެން އެކަން ކުރަނީ ކޮންއެއްޗެއްގެ ދަހިވެތިކަމުގައިތަ؟ .. އަހަރެން ބުނެދީފާނަން. ވަގުތީ އަރާމެއްގެ ދަހިވެތިކަމުގައި. ނޫންނަމަ ގުޅުން ގިނަދުވަހު ދެމެހެއްޓުމުގެ ދަހިވަތިކަމުގައި. ނުވަތަ ބައިވެރިޔާ ހިތްއުފާ ކޮށްދިނުމުގެ ދަހިވެތިކަމުގައި. އެ އުފާ ތިމާގެ ކިބައިން ބައިވެރިޔާއަށް ނުލިބިގެން އެހެން މީހަކު ކައިރިއަށް ގޮސްފާނެކަމުގެ ބިރައްޓަކައި. ދުނިޔޭގެ އެންމެންވެސް އުޅޭގޮތޭ ބޮލައްވަދެ ބޮޑުކަމެކޭ ހިތައް ނާރާތީ. މީހައްތަހާވެސް ޝައިޠާނާގެ މޮޅެތި ރޭވުންތައް. ވަސްވާސްތައް.
ފުރަތަމަ ރޭވުމަކީ އެކަކު އަނެކަކާއި ރައްޓެހިވުން. ޒަމާނުގެ ބަހުން ބުނަނީނަމަ ބިޓުން ނެގުން ނުވަތަ ޑޭޓް ކުރުން. އެކަންކުރަނީ އެކަކު އަނެކަކު ރަނގަޅައް ދަސްކުރުމަށްޓަކައޭ ކިޔާފައި. ކައިވެނި ކުރުމުގެ ކުރިން އެކަކު އަނެކަކު ރަނގަޅައް ދަސްކުރާށޭ ބުނެ. އެކަމަކު ވިސްނާލަބަލަ. ދުނިޔެއަށް ލޯ ހުޅުވާލާފަ ބުނެބަލަ. ތިބުނާ ގޮތައް އެކަކު އަނެކަކު ދަސްކުރަން ފެށީންސުރެ މިއަދާ ޖެހެންދެން ވަރީގެ ނިސްބަތްވަނީ ދައްތަ؟ ވަނީ ހަމަ އިތުރެއް ނޫންތަ؟ އެކަކު އަނެކަކަށް އެހާވަރަށް ދަސްކޮށްފަވެސް ދުވަސްކޮޅެއް ނުވެ ވަރިވާން ޖެހެނީ ދަސްނުވާތީތަ؟ މުޅިންވެސް ޝައިޠާނުން، އިންސާނުން މަގުފުރައްދަން ދޭ ވަސްވާސް މީ” ޝައިޠާނާ ވަނީ އެކަންކުރާނެކަމަށް ވަޢުދުވެފައި.” ޝެއިޚްގެ ވާހަކަ ނުނިމި އުޅެނިކޮށް މެންދުރުގެ ކެޔުމަށް އިންސާފު ކުރުމަށް އެމީހުންގެ ގޮޅީގެ ދޮރު ހުޅުވިގެން ދިޔައެވެ.
ބޮޑު ކެންޓީނެއް ފަދަ އެ ތާނގައި ގައިދީންތަކުގެ އަޑުތަކުން ގުގުމާލާފައި ވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ވަކި ކޮށްފައިވި ފާރުތަކުގެ ތެރެއިން ނުކުމެވުމުން ދައްކާނެ ވާހަކަތައް ގިނަވީ ކަންނޭނގެއެވެ. އާންމުކޮށް މުގުރިހަޔާއި ބަތް ލިބޭ އެ މެންދުރުގެ އަވީގައި ކެޔުމަށް އިންސާފު ކުރަމުން އެދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. ކުދިކުދި ކުއްވެރިންނުން ފެށިގެންގޮސް އެންމެ ބޮޑެތި ކުއްވެރިންވެސް މެއެވެ. މުޅީންވެސް މުސްލިމު މި ޤައުމަށް އުފަންވެފައިވާ މުސްލިމުންނެވެ. އެއްބަޔަކު އެމީހުންގެ ކުއްތަކަށް، ފާފަތަކަށް ތަޢުބާ ވެފައިވާ ހާލުގައި އެތަނުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކުރެޔެވެ. އަމިއްލަ މައިންބަފައިންގެ އަތުން ކައްކާ މީރު ކެޔުންތަކަށް އިންސާފު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަނެއްބަޔަކު އެތައް ފަހަރަކު އެއް ކުށަކަށް އަރައިގަނެ ކުށެއް ކުރެވިފައިވާކަންވެސް އިހްސާސް ނުކުރެވޭ ހާލު ވަށައިގެންވާ ހުރިހާ ކަމަކަށް ފާޑު ކިޔަމުންދަނީ ކުއްވެރިޔަކީ އޭނާ ފިޔަވާ އެހެން އެންމެން ފަދައިންނެވެ. އަނެއްބަޔަކު އެ ތޭރިތަކުގެ ތެރޭގައި ސަލާމަތްކަމާއި އަމާންކަން އިހްސާސްވާ ހާލު އެތަނުން ނިކުތުމަށް ބޭނުމެއް ނުވެއެވެ.
މުޅީންވެސް އިންސާނުންނެވެ. ތަފާތަކީ އެމީހުންގެ ތަޖުރިބާއެވެ. އެތަޖުރިބާއިން ޚިޔާލަށާއި ވިސްނުމަށް އައިސްފައިވާ ބަދަލެވެ. އެ ބަދަލުން އެ މީހުންގެ ދިރިއުޅުން ބިނާކުރަނީ އެމީހުންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތައް ކަމަށްވެސް ވެދާނެއެވެ. އެ ގޮތަކީ އަނެކާގެ ވިސްނުމާއި މުޅީންހެން ފުށުއަރާ ކަމެއްކަމުގައި ވަނީނަމަ އެފަދަ ދެބަޔަކު އެކީގައި އުޅެން އުނދަގޫ ވާނެއެވެ. އެ ބޮޑު ޖަލުތެރޭގައިވެސް އެފަދަ ކަންކަމުގެ ސަބަބުން އެތައް އަރާރުމަކާއި، މާރާމާރީއެއް ހިންގާ ދުވަސްތައް މަދެއް ނޫނެވެ.
މާހިލްގެ ތައްޓައް ކާތަކެތި އަޅައިގެން އައިސް ޝެއިޚް ކައިރީ އިށީނދެލީ ދެން އެތަނުގައިވާ އެހެން އެއްވެސް މީހަކީ އޭނާ ދުވަހަކުވެސް ވާހަކަ ދައްކާ ދެކި ފަރިތަ ބަޔަކައް ނުވާތީއެވެ. ކުޑަ ހިނދުކޮޅެއް ކުރިން ޝެއިޚް ދެއްކި ވާހަކަތައް މާހިލްގެ ސިކުޑީގައި ދައުރުވަނީ އެހެން ކަމަކަށް ސަމާލުކަން ދެވޭ ވަރަކަށް ނޫނެވެ. އެހެން ކަމުން ތައްޓައް ބަލަހައްޓައިގެން އިނދެވުނީ އެ ވިސްނުމުގެ ތެރޭގައެވެ. “މިތާގައިވަނީ މުޅިންވެސް ކުއްވެރިން. އިންސާނުންނަކީ ކުއްކުރެވޭނެ ބައެއް. ކުށައް ތަޢުބާވުމުން ﷲ ފާފަ ފުއްސަވާނެ ކަމައް އަންގަވާފައިވޭ. ބުއްދިވެރީންނަކީވެސް އެއީ.” ސިހުންވީ ޝެއިޚް ވާހަކަ ދައްކަން ފެށުމުންނެވެ.
އެވާހަކަތައް ވީ ޝެއިޚްގެ ކިބައިން މާހިލްއަށް ލިބުނު ފުރަތަމަ ނަސޭހަތަށެވެ. ދުވަހަކައްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ދީނުގެ ކަންކަން އޭނާއަށް ދަސްވެ، ހެޔޮ ވިސްނުން ވިސްނި، އެކީގައި ދިރިއުޅުން އިސްލާހް ކުރެވޭތޯ މަސައްކަތް ކުރެވެމުން ދިޔަ ދުވަސްތަކަކަށެވެ. ﷲގެ ހެޔޮ ރަހްމަތުން އޭނާއަށް ތެދުމަގު ދެއްކެވީތީ އޭނާ ﷲ އަށް ހަމްދު ކުރެއެވެ. އެއާއެކު އަބަދުވެސް ނާސިރުގެ އެ ލަނޑު އޭނާއަށް ލިބުނު ނިޢުމަތެއްކަން ހަނދާންވާ ކޮންމެފަހަރަކު ނާސިރަށާއި އެ އާއިލާއަށް ތެދުމަގު ދައްކަވާތޯ ދުޢާ ކުރެވެނީ އެކަމަށް ހިތުގެ އަޑިން ޝުކުރުވެވޭލެއް ބޮޑުކަމުންނެވެ. ޔަޤީނުންވެސް އޭނާ އެ ޖަލައް ނުލީނަމަ މިއަދުވެސް އޭނާ ވާ ހުށީ އަންހެންކުދިންގެ ދިރިއުޅުމާއި ކުޅެމުންދާ، އާވާރާވެފައިވާ އިންސާނަކަށެވެ.
…………..
އަރާމު ނިންޖަކުން ބޮޑު އެނދުގައި ނިދާފައި އޮތް ހިބާ ސިއްސައިގެން ދިޔައީ މީހަކު އައިސް ކަންފަތްކައިރީގައި ހަޅޭލަވައި ގަތުމުންނެވެ. ސިހިފައި ތެދުވެ ލޯ ބޮޑު ކޮށްލެވުނީ ކައިރީގައި ހެވިދިއްލިފައި އިން ލީޝާގެ މޫނު ފެނުމުންނެވެ. ހިބާވެސް ބަލާކައް ނީނދެ ހަޅޭކަކާއިއެކު، ދެއަތް ފުޅާކޮށްފައި ލީޝާ ގައިގައި ބައްދާލީ އެތައް ދުވަހަކަށްފަހު އެންމެ ގާތް އެއް އެކުވެރިޔާ ލޮލައް ފެނުމުންނެވެ. ލީޝާ ވެސް އޮސްޓްރޭލިއާގައި ޓޫރިޒަމް ކިޔަވަމުންދާތީ ދެކުދިން އެ ބައްދަލުވީ ގާތްގަނޑަކައް ދެ އަހަރު ފަހުންނެވެ. ލީޝާއަކީ ހިބާގެ ތިމާގެ ވެސް ކުއްޖެކެވެ. އަފޫދައްތަގެ ދޮށީ ދަރިއެވެ. އަފޫދައްތައަކީ މަންމަޔާއި އެއްބަނޑު އެއްބަފާ ދައްތަ އެކެވެ. މިއަދުގެ މެންދުރު ކެއުމަށް އިންސާފު ކުރުމަށް އެމީހުން އަންނާނެ ވާހަކަ މަންމަ އޮތީ ބުނެފައެވެ.
އެ ހަނދާންވުމުން މެންދުރުވެގެން ދިޔައީ ބާއޭ ހިތާ އަވަސް އަވަހައް ގަޑި ބަލާލެވުނީ ނަމާދު ނުކޮށް ހުރި ހަނދާން ވުމުންނެވެ. ގަޑިން އަދި ކިރިޔާ އެގާރަ ޖެހީއެވެ. އެޔާއެކު ލީޝާ ހީލާފައި ތަންކޮޅެއް ކުރިން އައީ ހަމަ ހިބާ ދެކިލާހިތުން ނުހުރެވިގެން ކަމަށް ބުންޏެވެ. ދެން ތިބި މީހުން އަންނާނީ އެކެއް ޖަހާކައްހާއިރު ކަމަށް ބުންޏެވެ. އެއާއެކު ދެކުދިން އެކަކު އަނެކަކާއި އެތައް ވާހަކަތަކެއްގައި ޝާމިލްވެގެން ތިބީ ވާހަކަ ހުސްނުވާ ދެމީހުން ފަދައިންނެވެ.
“ހާދަހާ ވާހަކަ ގިނައޭ ދޯ؟” ހުމާގެ އަޑައް ދެކުދިން ބަލައިލިއިރު ކުޅި ކާޖާ ތައްޓަކާއި ދެ ކޮފީ ތަށި ހިފައިގެން އައިސް ހުމާ އެ އެދެކުދިން ކައިރީގައި ބަހައްޓަނީއެވެ. ނީލާ ކއްކުމުގައި ބިޒީ ކޮށް އުޅޭތީ މަންމަ ފޮނުވި އެއްޗެއްކަމަށްބުނެ އެ ބަހައްޓާފައި ހުމާ ނިކުމެގެން ހިނގައްޖެއެވެ. ހުމާގެ މޫނުމަތީގައިވާ ކުލަވަރުން ކަމެއް ގޯސްހެން ހިބާއަށް ހީވިއެވެ. އެ މޫނުމަތި ވަނީ އެއްކޮށް މިލާ މޯޅި ވެފައެވެ. ހީވަނީ ވަރަށް ގިނަ އިރު ރޮއެފާ ހުރުމުން މޫނުގައި ދުޅަކަމެއް ހުރި ހެންނެވެ. އަދި ކުރީގައި އެ ހުންނަ ޖޯޝާއި ފޯރިގަނޑެއްވެސް އެވަގުތަކު އެއަޑަކު ނެތެވެ. ނަމަވެސް ކައިޜިގައި ލީޝާ އިނުމުން އެކަމާއި ބެހޭގޮތުން ސުވާލެއް ކުރަން ނުކެރުނުތާ ލީޝާ ދޫކޮށްލާފައި ހުމާ ކައިރިއަށް ދާކަށްވެސް ނުކެރުނެވެ. އަދި ކުރީ ދުވަހު ބޭރައްދިޔައީ ކާކާއެކުތޯ އަހަންވެސް ހިބާ ބޭނުމެވެ.
**ނުނިމޭ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ބޭނުންވަނީ އުމުރަން 02

Next

ލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)

Next
September 29, 2017

ލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)

Previews
September 28, 2017

ބޭނުންވަނީ އުމުރަން 02

21 Comments!

  1. Khjja says:
    September 28, 2017 at 10:54 pm

    Varah reethi

    1. Faathii says:
      September 29, 2017 at 8:34 am

      Jazaakallah khair.

  2. Lam says:
    September 28, 2017 at 11:34 pm

    Masha Allah

    1. Faathii says:
      September 29, 2017 at 8:35 am

      Jazaakallah khair.

  3. kudaa says:
    September 28, 2017 at 11:37 pm

    Haadha kurey..masha allah vahaka varah furihama..whn nxt part….

    1. Faathii says:
      September 29, 2017 at 8:37 am

      Jazaakallah khair. In Shah Allah v soon.

  4. binnu says:
    September 28, 2017 at 11:38 pm

    Mas kuree…but vaahaka v salhi

    1. Faathii says:
      September 29, 2017 at 8:38 am

      Jazaakallah khair.

  5. mishee says:
    September 28, 2017 at 11:40 pm

    vvvvvvv reethi

    1. Faathii says:
      September 29, 2017 at 8:39 am

      Jazaakallah khair.

  6. Shaaa says:
    September 29, 2017 at 12:27 am

    Maasha allah story v reethi bf maa maa kury dhw. We next part?

    1. Faathii says:
      September 29, 2017 at 8:41 am

      Jazaakallah khair. In Shah Allah Soon.

  7. Xxxx says:
    September 29, 2017 at 10:56 am

    V.nice???

    1. Faathii says:
      September 29, 2017 at 6:32 pm

      Jazaakallah khair

  8. aisha says:
    September 30, 2017 at 9:43 am

    Hope. V ibrayytheri vaane kamah maasha Allah v reethi

  9. mal-mal says:
    October 1, 2017 at 7:58 am

    MashaAllah, mi part ves varah rrethi adhi ehaame ibraitheri!!????
    ekamu mi bai maa kuru 🙁 dhen oi bai dhigukoh genesdhehcheyy!! kon irakun dhen oi bai kiyaalan libeynee,Faathii?????

  10. Shaaa says:
    October 2, 2017 at 9:16 pm

    Kobaa story? Kn irakun up kohdheyny faathiii?? Plx avahah up kohdhehchey

  11. Kia says:
    October 4, 2017 at 6:26 pm

    Mashaa allah..varah furihama..alhuganduge ulhun islaahu v heyolafaa kujjakaa rattehi vevunyma..adhi undhagoothah kurimathi v friends ge faraathun.. ehn v ma kudakoh similar right..

  12. Kia says:
    October 7, 2017 at 7:40 am

    Faathii dhen avahah story liyeba..waitingggg ey..

  13. someone says:
    November 6, 2017 at 12:46 am

    Writer please varah avahah story up kodhy baa

  14. nish says:
    December 2, 2017 at 8:13 am

    konirakun thw next part kiyan libeynee??
    n writer ge habarehvs nuve?? y??? aneh bai kiyan nulibeynetha??

Comments are closed.


All Right Reserved!