Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ވޭނީ ކަރުނަ -5

Shiya Level 110 Stories100 Login
September 29, 2017 3 Mins Read
5 Comments

ނިޔާމް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނިޔާމް އޭނާގެ ދެ އަތުން ރާޔާގެ ބޮލުގައި ނިކަން ލޯބިން ފިރުމާލިއެވެ. ނިޔާމްގެ މޭގައި ރާޔާ ބޯއަޅާލައިގެން ރޮނީއެވެ. ނިޔާމް ރާޔާއާ ވާހަކަ ދައްކަން އުޅެއުޅެވެސް  އެކަމެއް ވާގޮތެއް ނުވިއެވެ. ނިޔާމް ރާޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ.

ނިޔާމް ގައިގައި ރާޔާ ބައްދައިގެން ހުރުމުގެ ސަބަބުން ނިޔާމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ނިޔާމް ރާޔާ އާއި ކުޑަކޮށް ދުރުވެލިއެވެ… އޭރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. ނިޔާމް ބަލަން ނުހުރެ ރާޔާ އެތެރެއަށް ވެއްދިއެވެ… އަދި އަލަމާރިން ތުވާއްޔަކާއި ހުދު ކުރުތާއެއް ނަގައި   ރާޔާ އަތަށް ލަމުން ބުންޏެވެ.

” ރާޔާ! އަވަހަށް ހެދުން ބަދަލު ކޮށްލާ! ނޫނީ ހުން އަތުވެދާނެ”  ރާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.  ރާޔާ ކޮޓަރިއަށް ވަނުމުން ނިޔާމް ބަދިގެއަށް  ވަދެ ދެތަށި ކޮފީ ހަދަން ފެށީ އެތެރެ ހައްޓަށް ހޫނުކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އޭރުވެސް ނިޔާމްގެ ސިކުނޑީގައި ރާޔާގެ ހިޔާލުތައް ހުއްޓުމެއްނެތި ދަޢުރުވަމުން ދިޔައެވެ.  ނިޔާމް ދެ ތަށި ކޮފީ ހިފައިގެން ސިޓިންރޫމަށް ނިކުތްއިރު ރާޔާ އިނީ ސޯފާގައި އިށީދެގެންނެވެ. އޭރުވެސް މޫނުމަތިން ފެންނަނީ މާޔުސްކަމާއި އެކަނިވެރިކަމެވެ.

” ހިނގާ ދޯ ކޮފީތަށްޓެއް ބޯލަން،” އެހެން ބުނެ ރާޔާ އަށް ކޮފީ ތަށި ދިއްކޮށްލަމުން ނިޔާމް ރާޔާއި ޖެހިގެން ހުރި ސޯފާގައި އިށީނެއެވެ.  ރާޔާ ނިޔާމްގެ   ހަރަކާތްތަކަށް ބަލަމުން ދިޔައީ ނިޔާމް އަށް ނޭގޭނޭހެން ވަރަށް ސިއްރުންނެވެ.

” ރާޔާ ! އަހަރެން ރާޔާއާ ސުވާލެއް ކޮށްލައިފިނަމަ ތެދު ތެދަށް ޖަވާބު ދެވިދާނެތަ؟”

” އާން ކޮން ސުވާލެއް ؟”

” ރާޔާ އާއި ތި ދިމާވެގެން އުޅޭ ކަންތަށްގަޑު އަހަންނަށް ކިޔައި ދެވިދާނެތަ؟ އަހަންނަށް އިނގޭ ކޮންމެވެސް ކަންތައްގަނގަޑެއް ރާޔާ އާއި ލައިގަނެގެން އުޅޭކަން … ބުނީމަ އިނގޭނީވެސް.. ކުޑަކޮށްނަމަވެސް އަހަންނަށް އިތުބާރު ކޮށްފަ ވެގެން އުޅޭ ގޮތެއް ބުނެދީބަލަ”

” ނިޔާމް ނޫނީ އަހަރެން މިދުނިޔޭގައި ކުޑަކޮށްނަމަވެސް އިތުބާރު ކުރާ އަދި ކުރިއަށް އޮތްތާނގައި އިތުބާރު ކުރާނެ މީހަކުވެސް ނެތް” ބަލި އަޑަކުން ރާޔާ ނިޔާމް އަށް ޖަވާބު ދިނެވެ…  ރާޔާ  އެނާގެ މުޅި ހަޤީތް ގޮތް ނޭނގޭ މީހަކާ ހިއްސާ ކުރަންފެށީ ދެން ވާނެ ގޮތަކާއި މެދު ވިސްނާލުމެއް ނެތިއެވެ.

”އަހަރެން ދުނިޔެއަށް އުފަންވުމީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެން ފަޤީރުވުން މީ އަހަރެންގެ ކުށެއް ހެއްޔެވެ؟” މިސްރާބު ގެއްލިފައިވާ އޮނޑިއެއް ފަދައިން ދާނޭ ވަކިދިމާލެއް ނޭނގި ވަށައިގެން އެކިދިމަދިމާއަށް ރާޔާ ބަލަން ފެށިއެވެ.

އެތައްއިރެއް ވަންދެން ރާޔާގެ އުދާސްތައް އަޑުއަހަން ފޫހިކަމެއްނެތި އިން ނިޔާމް ސިއްސައިގެން ދިޔައީ  ކުއްލިއަކަށް އިވެންފެށި ބާރުގަދަ އަޑުފަށްގަނޑަކުންނެވެ.. ގުގުރީގެ އަޑުފަށްގަނޑެވެ.

” ރާޔާ އަހަރެން އަންނާނަށް ތަށިތަށް ލާފައި…. ” އެހެން ބުނެ ނިޔާމް ކޮފީ ބުއި ތަށިތަށް ހިފައިގެން ގެންގޮސް ސިންކުތެރޭގައި ބަހަށްޓާފައި އައި  އިރު ރާޔާ އޮތީ ސޯފާގައި  ނިދިފައެވެ…  މަޑުމަޑުންގޮސް ނިޔާމް ރާޔާ ކައިރިއަށް ގޮސް ހުއްޓުނެވެ. އަދި ރާޔާ އަށް ބަލަން ހުއްޓެވެ. ރާޔާ އަށް ލިބިފައިވާ އެވާ ވަށް މޫނުމަތި ފުރިހަމަ ކޮށްދެނީ ކުރަނގި ދެލޮލާއި ފިނިފެންމާ ކުލައިގެ ފޮޅިފައިވާ ތުންފަތެވެ. އެ ތުންފަތް ކައިރީގައިވާ ކަޅުތިލައަކީ ބަލާލި ކޮންމެ މީހެއްގެ ހިތަށް ދޭނެ ވަރުގަދަ ހަމަލާއެކެވެ. ރާޔާ އަށް ގުދުރަތުން ދެއްވާފައި އެވާ ޗާލު ހަށިގަނޑާއި ދޮންކަމަކީ އެކަމަށް ނިޔާމްގެ ހިތް ވަގުތުން ލެނބިގެންދިޔަކަމެކެވެ.

ކޮޓަރިއަށް  ވަދެ ރަޖާއެއް  ނަގައިގެން އައިސް ނިޔާމް ރާޔާ ގައިގައި އަޅާލިއެވެ.  ރާޔާގެ  ވާހަކަތަށް އަޑުއެހުމަށްފަހު  ނިޔާމްގެ ލޮލަކަށް ނިންޖެއް  ނައެވެ. އެހެންކަމުން ނިޔާމް އޭނާގެ ފޯން އިން ރާއްޖެ އެފްއެމް ޖަހާލިއެވެ.  ކުއްލިއަކަށް އެފް އެމް އިިން އިވެމުންދިޔައީ ހިތްގައިމު ދިވެހިލަވައެކެވެ.

ނޭނގި ހިތޭ ގެންދެވީމަ ލޯބިން މިތުރާ…ނުނިދޭ ހަދުމަވަނީ ހަނދުމަވަނީ………..

އެފްއެމް އިން އިވެމުންދިޔަ ލަވަޔާއެކު ނިޔާމް އަށް ނިދުނެވެ،….. ނިޔާމް ރާޔާ ގޮވައިގެން ތުނޑިއަށް ދިޔައެވެ. އަދި ތުނޑީ ގައި ހުރި ޖޯލިފަތީގައި ނިޔާމް ގިޓާހިފައިގެން މަޑުމައިތިރި ލަވައެއް ކިޔަން ފެށިއެވެ. ނިޔާމް އިނީ ގަދަ ނޫކުލައެއްގެ އަތްދިގު ގަމީސްއެއް ލައިގެން އަތްކުރި ކުޑަކޮށް އޮޅާލާފަ މޭމަތިން ދެގޮއްވެސް ނައްޓުވާލައިގެންނެވެ. އެހެންއިންނައިރު ނިޔާމްގެ ފިރިހެންވަންތަކަން ވަރަށް ރީތިކޮށް ދައްކުވާދެއެވެ. ރާޔާ ނިޔާމް އަށް ބަލަން ހުރުމައްފަހު ނިޔާމް ކައިރިއައްގޮސް ޖޯލީގައި އިށީންދެލައެވެ. ހަމަ އެއާއެކު ނިޔާމް ރާޔާއައް ބަލާލުމައްފަހު ހިނިތުންވެލައެވެ.  ނިޔާމް ބުނަންބޭނުންވާ ވާހަކަފަށައެވެ. ރާޔާފުރަތަމަ ފެނުނުދުވަހުން ފެށިގެން ނިޔާމް ރާޔާދެކެ ލޯބިވާ ވާހަކައާއި، ރާޔާއާގުޅެން ބޭނުންވާ ވާހަކަބުނެއެވެ. ރާޔާވެސް ނިޔާމް ވަރަށް ކަމުދާކަމައްބުނެއެވެ. އިރުއޮއްސި ހައެއްޖެހީއެވެ. ދެމީހުން ވާހަކައިގައި ތިއްބާ ވަގުތު ހިނގާދިޔަގޮތްވެސް އެކަކައްވެސް ނޭނގޭކަހަލައެވެ. ކުއްލިއަކަށް ވަރަށް ބޯކޮއް ވާރެވެހެން ފަށައިފިއެވެ. ނިޔާމް ތެދުވެ ރާޔާގެ އަތުގައިހިފައިގެން ދުއްވައިގަތެވެ. ހިޔާވާނެތަނެއް ފެނޭތޯއެވެ. ވަލުމަގާ ހިސާބުން ނިޔާމް  މެންނައް ފަނުންހަދާފަ ހުރި ގެގަނޑެއް ފެނުނެވެ. އޭރު ދެމީހުންތިބީ ތެމިފޯވެފައެވެ. ދެމީހުންގޮސް އެގޭތެރެއައް ވަނެވެ. ހީކަރުވާފައިތިބި ދެމީހުންވެސް އެވަގުތު ބޭނުންވަނީ ހޫނުކަމެވެ. ނިޔާމް ރާޔާ އާދިމާ ބަލާލިއެވެ. ތެމިފައިވާ ދިގު އިސްތަށިތައް ރާޔާގެ މޫނުމައްޗައް އެޅިފައިވާއިރު ރާޔާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އެވަގުތު ރާޔާވެސް ނިޔާމް އާދިމާއަށް ބަލާލިއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ގުގުރާލިއެވެ. ރާޔާ ބިރުންގޮސް ނިޔާމްގެ އަތުތެރެއައް ވަދެ ނިޔާމްގެ ހިމާޔަތް ހޯދިއެވެ.ނިޔާމްގެ ހޫނުނޭވާ ރާޔާގެ މޫނައް އެޅެމުން ދިޔައެވެ. ނިޔާމްގެ ހޫނު ނޭވާތަކުން ރާޔާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ރާޔާ ނިޔާމްގެ މޫނައް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ނިޔާމް ރަޔާގެ ކަނދުރާގައި ފިރުމާލިއެވެ. ރާޔާ ނިޔާމްގެ އެފިރުމުންތަކަށް ލެނބެނމުންގޮސް ދެމީހުންނައް ގައިގޯޅިވެވިއްޖެއެވެ.

” ނިޔާމް ! ނިޔާމް! .. ” ނިޔާމަށް ހޭލެވުނީ ރާޔާ ގޮވާ އަޑެށެވެ. ”

” ކާކުތަ މިގަޑީގަ؟ އަހަރެން އެއޮތް ރީތި ހުވަފެނުގައި އޮއްވާ ވިއްޔާ ތި ގޮވީ… އަދި ކުޑަ އިރުކޮޅަކަށް މަޑު ކޮށްލިނަމަ….” ލޯ އުނގުޅަމުން ނިޔާމް ޖެއްސުން ރާގަކަށް ރާޔާ ދިމާއަށް ބުނެލިއެވެ.

” ގަޑިން ކިހާއިރެއްތަ؟

” މެންދުރު ބާރަ ޖަހަނީ….” ނިޔާމް އެހެމުން ރާޔާ ޖަވާބު ދިނެވެ.

ގަޑިން މެންދުރު 12 ޖަހާ ބޮޑުވެއްޖެއެވެ. އަދިވެސް ރާޔާ ގެއަކަށް ނާދެއެވެ.. ޒުބޭދާ ވަރަށް ކަންތައް ބޮޑުވިއެވެ. ގޭތެރޭ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒުބޭދާ ރާޔާ އޭނާގެ އަތުަގައި ޖެހޭނެ ވަގުތަކަށް އިންތިޒާރު ގައި ވަގުތު ތައް ގުނަމުން ދިޔައެވެ. ކުއްލިޔަކަށް ކާރެއް މަޑުކޮއްލި އަޑު އިވުނެވެ. ޒުބޭދާ އަވަސް އަވަހަށް ބޭރަށް ނުކުތެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ މާރުކޭޓަށް މަސްގަންނަން ދިޔަ ޒުބޭދާގެ ފިރިމީހާ އިސްމާއިލެވެ.

“އާދޭ އަވަހަށް ކާން، މިހާރު ހުންނާނީ ވަރަށް ވަރުބަލިވެ ބަނޑު ވެސް ވެފައެއްނު!” ޒުބޭދާ ވަރަށް ލޯބިން އޭނާގެ ލޯބިވާ ފިރިމީހާ ޔާއި މުޚާތަބު ކުރިއެވެ. އިސްމާއިލް އަކީ ހިތުގެ މައްސަލަ ހުންނަ މީހެއްކަމާއި އޭނާ އާއި ދޭތެރޭ ވަރަށް ފަރުވާތެރި ކަމާއި އެކު ކަންތައްތައް ކުރުމަށް ޑޮކްޓަރ ވަނީ ޒުބޭދާ ކުރެން ނަސޭހަތްތެރި ވެފައެވެ.

” އަހަރެން އަންނާނަން ފެންވަރާލައިގެން އިނގޭ،” އިސްމާއިލް ހުއްދަ ހޯދާ ފަދަ ގޮތަކަށް ޒުބޭދާ ގާތު ބުނެލިއެވެ. އާނ އެންމެ ރަނގަޅު، އިސްމާއިލް ފެންވަރަން ދިޔުމުން ޒުބޭދާ ބަދިގެޔަށް މިސްރާބު ޖެހިއެވެ. މާގިނައިރު ތަކެއް ނުވެ އިސްމާއިލް ފެންވަރާ ތައްޔާރުވެގެން އައިސް ކާމޭޒު ކައިރީ ގޮނޑިއެއް ދަމާލާ އިށީދެ ހަމަޖެހިލިއެވެ. އަދި ކާން ފެށިއެވެ، “ޒުބޭދާ ނުކަނީތަ، ކީއްވެ ކޮޅަށް ތިހުރީ؟ ” އިސްމާއިލް ޒުބޭދާ އާއި ސުވާލު ކޮއްލިއެވެ. “ދެން އަވަހަށް އިނށީދެ ކާން އުޅޭ!   ފިރިމީހާގެ ބުނުމަށް ޒުބޭދާ އިށީދެ ކާން ފެށިއެވެ. ދެމީހުން އެކު އެކީހެން ކައި ނިމުމުން އިސްމާއިލް ކޮޓަރިޔަށް ދިޔައެވެ. ޒުބޭދާ ތަށިތައް ނަގާ ކާމޭޒު ސާފު ކުރަން އުޅުނެވެ.

ނިޔާމް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތިން ފެންމަން ހުރީ ނިޔާމްގެ ކޮށްކޮ އަނަކް އަދި ނިޔާމް އެންމެ ލޯބިވާ ނިޔާމްގެ މަންމައެވެ. ނިޔާމް މަށް ހުރެވުނީ ކަޅި ހުއްޓިފައެވެ.

” މަންމަ ކިއްވެ ނުބުނެ ތިއައީ ކޮންއިރަކު މާލެއަށް އައީ؟”

” ދަރިފުޅު ހުއްދަ ދީގެންތަ މަންމަ ދަރިފުޅު ކައިރިއަށް އަންނާނީ….”

” ނޫނޭ މަންމަ  ކުއްލިއަކަށް އައީމަ ގުޅާވެސް ނުލާ އައީމަ އެހެން މިބުނީ”

” ދޮންބެ މަތިން މަންމަ މާބޮޑަށް ހަނދާންވާތީ އައީ…”  އެހެން ބުނަމުން ނިޔާމްގެ މަންމަ އަދި ކޮއްކޮ އެތެރެއަށް ވަނެވެ.

ނިޔާމް ފެންވަރައިގެން އަންނާނަމޭ ބުނެފައި ކޮޓަރިއަށް ވަނެއެވެ. ބަދިގެ ފަރާތުގައި މީހަކު އުޅޭހެން ނިޔާމްގެ މަންމަ ސީމާ އަށް ހީވެގެން ދިޔައިރު ރާޔާ ހުރީ މެންދުރަށް ކާއެއްޗެއް ހަދާށެވެ.

” އަހަ … ނިޔާމް މިހާރު ކައްކާ މީހެއްވެސް ގެންގުޅެންފެށީތަ؟ ނޭގުނުދޯ އަހަރެން މީކާކުމެއް ؟ މިއީ ނިޔާމްގެ މަންމ އިނގޭަ”  ސީމާ އެހެން ބުނުމުން ރާޔާ ނޫނެކޭ ބުނަން އުޅެފަވެސް ނިޔާމްގެ މަންމަ ދެކޭނެ ގޮތަކާއި މެދު ވިސްނާފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.  ސީމާ އައިސް އަލަމާރިން ޖޫސް ފުޅިނަގައި ތައްޓަކަށް އެޅުމަށްފަހު ނިޔާމް އަށް ދޭން ބުނުމުން ރާޔާ ޖޫސްތަށި ހިފައިގެން ގޮސް ނިޔާމްގެ ކޮޓަރީގައި މަޑުމަޑުން ޖަހާލިއެވެ. ނިޔާމް ދޮރު ހުޅުވައިލުމާއި އެކު ރާޔާ ޖޫސްތަށި ނިޔާމް އާއި ދިމާލަށް ދިގު ކޮށްލިއެވެ. ނިޔާމް ރާޔާގެ އަތުަގއި ހިފައި ކޮޓަރިއަށް ވެއްދިއެވެ. ޖޫސްތަށި  ނިޔާމް ނިދާ އެނދު ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައި ރާޔާ ނިކަން ރަނގަޅަށް ނިޔާމަށް ބަލައިލިއެވެ. ނިޔާމް އޮފީސް ކަޅު ބޫޓަށް ހުރީ އޮފްއަރައަރައެވެ. ފަޔަށް ހެޔޮވަރު ފަޓުލޫނުން އެއީ ފުރިހަމަ ހަށިގަނޑެއްގެ ވެރިއެއްކަން އެނގެއެވެ. ނޭވީނޫ ކުލައިގެ އަތްދިގު ގަމީސް ހަށިގަނޑަށް ފިޓްކޮށް ހުރުމުން ޢާމިލްގެ ހަށިގަނޑު އެއީ ޖިމަކުން އާރާސްތުކޮށްފައިވާ އެއްޗެއްކަން އެނގެއެވެ. އެ ހަތަރެސްކަން މޫނުގައި ތުބުޅިއެއް ނެތެވެ. އެހެނަސް ދިގުކޮށްފައިވާ ކަންހުޅިން ނިޔާމްގެ ޒުވާންކަން ދައްކުވައިދެއެވެ.

” ނިޔާމް އަހަރެން ގެއަށްވެސް ދާންޖެހޭ މިހާރު ދާންވީތަ…؟” ހިތާއި ދެކޮޅަށް ރާޔާ އަހާލިއެވެ.

އަދި އެކަން ނިޔާމް އަށް  އިހުސާސްކުރެވުުނުކަހަލައެވެ..

” ޕްލީޒް ނުދައްޗޭ ރާޔާ އެގެއަށް ފޮނުވާކަށް އަހަރެން ދެން ބޭނުމެއްނޫން…”

ރާޔާގެ  ދުލުން އިތުރަށް އެންމެ ބަހެއް ބުނެލުމުގެ ކުރިން ނިޔާމް  ބާރަށް ރާޔާގެ ގައިގައި އޮޅުލާ ބައްދާލިއެވެ. އެވަގުތު ރާޔާއަށް މުޅި ދުނިޔެ ރަންވި ކަހަލައެވެ. ގަޑީގެ ހުރިހާ ކައްޓެއް ހުއްޓި، މުޅި އުމުރު ދުވަހު އެ ހިނދުކޮޅު މަތީގައި ހުރެލަން ރާޔާގެ ހިތް އެދުނެވެ. ހިތާއި ހިތުން ރާޔާ އަށް އާއެކޭ ބުނެވުނެވެ.

 

  • * ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)

Next

02:30 33 ވަނަ ބައި

Next
September 29, 2017

02:30 33 ވަނަ ބައި

Previews
September 29, 2017

ލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)

5 Comments!

  1. Liaan says:
    September 29, 2017 at 5:11 am

    Wow what a story….. story was awsm but i am v v sad for poor raya…. dhen kihinehba vaani hithah aranee

  2. ?ain? says:
    September 29, 2017 at 9:13 am

    Up kuraaleh maa lahee thankolheh avahah up kohdheeba

  3. Sobira says:
    September 29, 2017 at 10:40 am

    Ehaa lahunn up kuraathyy vaanuvaa neynge rangalhakahh….bt this part was nice….:)

  4. Shiya says:
    September 29, 2017 at 3:17 pm

    thanks and will try to upload other parts as soon as possible.

  5. ? says:
    September 29, 2017 at 3:21 pm

    Ohh wow adhi miadhu mi story mikiyaaly v reethi..masha allah plxxx v avahah up kohdhehchey.. witingssss..❤❤❤❤?

Comments are closed.

Next Episodeވެނީ ކަރުނަ 6←


All Right Reserved!