Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުުރުގައިވިޔަސް… (34ވަނަ ބައި)

writer Level 310 Stories100 Comments
October 4, 2017 7 Mins Read
20 Comments

ކައިލް މޫނުމަތިން ދާތިކި ފޮހެލީ އެދުވަސް ސިފަކުރެވުމުންނެވެ. ފުރަތަމަަ ފަހަރަށް އޭނގެ ކަމެއް ގާތުން ފެނުމުން ބިރުނުގަންނާނީވެސް ކާކު ހެއްޔެވެ. ނަކީލް އަށް ބަލާލި އިރު ޝައުޤުވެރިކަމާއި އެކީ ކައިލްގެ ވާހަކަތަށް އަޑުއަހަން އިން އިރު އެގެން ބޭނުންވެފައިވި މިންވަރު ހާމަވެއެވެ.  ހިތްވަރުކޮށްފައި  ކަންހިނގިގޮތް ކިޔައިދޭން ފެށީ އެއީ ކޮންމެހެންވެސް އެނގުން މުހިއްމު ކަމަކަށް މިހާރު ވީތީއެވެ.

” އެ އަންހެން މީހާގެ މަޤްސަދު ހާމަވުމުން މައުސޫމެއްގެ ފުރާނަ އެގޮތަށް ނަގާލާން ބަލަން ހުންނަން ކެރޭނެތަ… އަމިއްލަަ ނަފްސަށް ދުވަހަކުވެސް މާފުކުރެވޭނެތަ… އަސްލު ނޭނގެ ކީއްވެ ކަމެއް އެވަގުތު އެގޮތަށް ކަންތައްކުރެވުނީވެސް… އެކުއްޖާއާއި އޮތީ ކޮން ގުޅުމެއްކަމެއްވެސް ނޭނގެ… ބައްޕަ ވަގުތުން އަވަސް ވެގަތީ ކަމާއި ބެހޭ ފަރާތްތަކަށް އަންގައި އެހީ ހޯދަން…އެގޮތުން ހޮސްޕިޓަލްގެ އިސްފަރާތަށް ގުޅައި ބައްޕަ ބޭނުންވާނެ ހެން އިންތިޒާމް ހަމަޖެއްސުނީ ވަރަށްވެސް ފަސޭހަކަމާއި އެކު…އެއީ ބައްޕަ ދަންނަ މީހަކަށް ވުމާއި އެކުވެސް މެ… އަހަރުމެންނަށް ލިބިފައިވަނީ ވަަރަށްވެސް ކުޑަ ވަގުތުކޮޅެއްކަމުން އެދުވަހު ވީއެންމެ އަވަހަކަށް ދުވެފައިގޮސް އެކޮޓަރި ކައިރީ މަޑުކުރިން… އެވަގުތު  އައިސީޔޫ ޑިއުޓީގައި ތިބި ދެތިން ނަރުހަކަށް ފައިސާ ދިނުމުން އަހަރެމެން ބޭނުންވާގޮތަށް ބަަޔަކަށް ނާންގާ ކަންތައްކޮށްދިނުމަށް އެއްބާރުލުން ލިބުނު… އެކޮޓަރިން މީހަކު ނިކުތްތަން ފެނި އަހަރުމެން އަވަސްވެގަތީ މާޔާ އެތަނުން  އެހެން ކޮޓަރިއަކަށް ބަދަލުކުރެވޭތޯ…  އަހަރުމެން ވަތް އިރު މާޔާ އޮތީ ހޭނެތިފައި.. ހޭނަރަނީ ކަންނޭނގެ… ފުދޭވަރަކަށް ސްޓޭބަލްކޮށް އޮތީ ކަންދިމާކުރި ގޮތުން…އެހެންވެ ނަރުހެއްގެ އެހީގައި މާޔާ ވީލް  ޗެއަރ އަކަށް ބަދަލު ކުރުމަށް ފަހު  އޮކްސިޖެން އާއ ގުޅައި އެކޮޓަރިން ބޭރަށް ނެރުނީ… އަހަރުމެން އެތަނުން ނިކުމެވުނީ ކިރިޔާ އޭ ބުންޏަސް ދޮގަކަށް ނުވާނެ… ދާދި ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެމީހަކު އެތަނަށް ވަނީ… އަތުގައި އޭރު ފާޑެއްގެ ސިރިންޖެއް ވެސް އޮތް… ބައްޕަގެ އެދިލެއްވުމުގެ މަތިން އެރެއިން އެރެއިން މާޔާ އިތުރު މީހަކަށް ނާންގައި އެ ހޮސްޕިޓަލް އިން ނެރެވޭ އިންތިޒާމް ހަމަޖެއްސި… އަހަރުމެންނަށް އެގުންވި އެެއްކަމެއް… މާޔާ އެ ހޮސްޕިޓަލްގައި އެތާގައި ހުރިހާ ހިދަކު އެމީހަކު މާޔާ މެރުމަށް މަސައްކަތް ކުރާނެކަން… ކޮރެޔާގަ ހުރުން ވާނީ މާޔާއަށް އޮތް ނުރައްކަލަކަށް ނޭނގެ އެއީ ކާކު ކަމެއް ނޫނީ ނަކީލްއާއި މާޔާއާއި ކޮން ގުޅުމެއް އޮތް މީހެއް ކަމެއް… އެނގޭ އެގޮތަށް މީހަކު ގެއްލުމުން ކިހާ އަސަރެއްކުރާނެކަން… ހޮސްޕިޓަލްގައި އެވަގުތު އެހީތެރިވި މީހުންނަށް ފިޔަވާ އެއްވެސް ބަޔަކަށް މިކަމެއް ނޭނގޭނެ… މާޔާގެ މިސިންގް ރިޕޯޓެއް ލިޔާނެ ކަން އެނގޭތީ އަހަރުމެން ކުރީބައިގަ ކޮމިޝަނަރަ އަށް ވެސް މި ކޭސް އާއި ބެހޭގޮތުން ސަމާލުކަމަށް ގެނައިން… މާޔާއެއީ ކޮރެޔާގެ ރައްޔިތަކަށް ނުވެފައި ކަމެއް ދިމާވެއްޖެނަމަ އެތަކެއް ސުވާލުތަކާއި ކުރިމަތިވާނެކަން އެނގޭތީ އެފަރާތުންވެސް އެއްބާރުލުން ލިބުނު… އަދި ފަސޭހަ ކަމާއި އެކު ކޮރެއާއިން މާޔާ އެމެރިކާއަށް ގެންދެވޭނެ އިންތިޒާމް ބައްޕަ ހަމަޖެއްސެވި.. އޭގެ އަނެއް ދުވަހު އަހަރުމެން ލަސްނުކޮށް ކޮރެއާއިން ފުރީ މާޔާއާއި އެކީގައި… ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ފަރުވާ ކުރާނެ ޑޮކްޓަރުންނާއި ނަރުހުންނާއި ވެސް އެކީގައި… ”

ކައިލް ނަކީލްއަށް ބަލާލި އިރު ދުރުބަލަހައްޓައިގެން އިނދެ ލޮލުންފައިބަމުންދިޔަ ކަރުނައާއި ހަގުރާމަކުރަނީއެވެ. އެހިތުގައި ހާދަވޭނެއް އަޅައިފިއެވެ.

” ލަކިލީ… މާޔާ އެމެރިކާއަށް ގެނެވި ފަރުވާ ދެވެންފެށުމުން ހާލަތު ދިޔައީ ރަގަޅުވަމުން … ހޮސްޕިޓަލްގެ ފަރާތުން ފައިލް ލިބުން ވެގެން ދިޔައީ މާޔާއަށް ފުރިހަމައަށް ފަރުވާކުރުމަށް ލިބުނު ފުރުސަތަކަށް… ދެވަނައަށް ވީ ދުވަހު މާޔާ ހޭ އެރީ… އެކަމަކު…” ކައިލް މަޑުޖައްސައިލީ އެދުވަސް ސިފަކުރަމުންނެވެ.

……………………………………………………………………………..

“ޑޭޑް.. ލުކް ޝީއިޒް ގެއިނިން ކޮންޝިއަސް…” ކައިލް މާޔާ ބާއްވާފައި އޮތް އެނދުކައިރިއަށް ޖެހިލާއ މާޔާގެ މަގަތުގައި ހުރި އޭނާގެ ބައްޕައާއި މުހާތަބު ކުރީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. މިވީ ދެތިން ދުވަސް ތެރޭވެސް ކައިލްގެ ހިތުގައި ވަނީ މިކުއްޖާއަށް ހާއްސަ މަޤާމެއް ދެވިފައެވެ.

” އަލްހަމްދު ލިއްލާލި..” ކައިލްގެ މަންމަ މާޔާގެ އަތުގައި ފިރުމާލަމުން ބުނެލީ ހިނިތުންވެ ހުރެއެވެ. ނުދަންނަ ކުއްޖެއްކަމަކު މިކުއްޖާއާއި މެދު އެހިތުގައިވަނީ މައިވަންތަ ކަމުގެ ކުލުނު އުފެދިފައެވެ. އެދެމީހުންގެ އަންހެން ކުއްޖަކު ނެތުމުން ކަމަށްވެސް ވެދާނެއެވެ.

މާޔާ މަޑުމަޑުން އެސްފިޔަތަށް ތަޅުވާލައި ލޯ ހުޅުވައިލީ ވަރުބަލި ކަމާއި އެކުގައެވެ. އަލިކަމުގެ ތެރެއިން ތަންތަން ސާފުވަމުން ދިޔައިރު އޮވެވުނު ތަނަށް ނަޒަރު ހިންގައިލެވުނެވެ. ކައިރީ ތިބި މީހުންނަށް ވަކިވަކިން ބަލާލީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ.  ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުމަތީގައިވަނީ ބީރައްޓެހިކަމާއި ހާސްކަމެވެ.

” ދަރިފުޅު.. ރަގަޅުތަ މިހާރު…” ވަރަށް ލޯތްބާއި އެކު ކައިލްގެ ބައްްޕަ މާޔާއާއި މުހާތަބު ކުރީ ހިނިތުންވެ ހުރެއެވެ. އެ އަޑުގައި ވި ހާސްކަން މާޔާއަށް އިހްސާސް ނުވިއެއްކަމަކު އެތާ ދެންތިބި އެންމެނަށްވެސް އިހްސާސްކުރެވުނެވެ. އެއީ ތިން މީހުންގެ ހިތުގައި މިވަގުތު ވި ހާސްކަމާއި ކަންބޮޑުވުމެވެ. މާޔާ އާއިލާގެ މީހުންނާއި ބެހޭގޮތުން ސުވާލުުކުރިއްޔާ ކަންތައް ވާނީ ކިހިނަކުން ހެއްޔެވެ. އެއަށް ދޭނީ ކޮންޖަވާބެއް ހެއްޔެވެ.  އެންމެ ކުޑަމިނުން މިކުއްޖާއަށް ކިޔާ ނަންވެސް އެމީހުނަށް އެނގެނީ ކީ ނޫން ވިއްޔާއެވެ. ހޮސްޕިޓަލް އިން ދިން ޑޮކިޔުމެންޓްގައިވެސް މާޔާގެ ނަން އިނީ އެކްސް އެކްސް ގެ ގޮތުގައެވެ. އެއީ އިތުރު ބަޔަކަށް ޝައްކުވިޔަ ނުދިނުމަށެވެ.

މާޔާ ކައިލްގެ ބައްޕައާއި ދިމާލަށް ބަލައިގެން ހުރީ އެބުނި އެއްޗެއް ނޭނގުމުން ކަމަށްވެދާނެއެވެ. މާޔާއަށް އިގިރޭސި ނޭނގެނީ ކަމަށް ވިސްނައި ދެން ކޮރެއާ ބަހުން މާޔާއާއި މުހާތަބު ކުރުމުންވެސް ވީހަމަ އެއްކަމެކެވެ. މާޔާ އެމީހުންނާއި ދިމާލަށް ބަލަމުން ދިޔައީ ސުވާލުން ފުރިގެން ވާ ގޮތަކަށެވެ. މާޔާ ބޮލުގައި ހިފަހައްޓައި ލެވުނީ ބޮލަށް ތަަދުވާން ފެށުމުންނެވެ. ކައިރީ ހުރި މެޝިންތަށްވެސް ބީޕް ވާން ފެށީ މާޔާގެ ހާލަތު ގޯސް ވާކަމަށް ދައްކަމުންނެވެ. އަވަސް އަވަހަށް ކައިލް ޑޮކްޓަރަކަށް ގޮވައި ސަމާލުކަމަށް ގެނައީ މާޔާ ބޮލުގައި ހިފަހައްޓައިގެން ތެޅެމުން ދިޔަ ގޮތުންނެވެ.  ނިދާ އިންޖެކްޝަނެއްގެ އެހީގައި މާޔާގެ ހާލަތު ހަމައަކަށް އަޅުވާލެވުމުން ޑޮކްޓަރު އަވަސް ވެގަތީ އިތުރު ޓެސްޓްތަށް ހެއްދުމަށެވެ. އަދި ބަލިމީހާގެ ސިކުޑިއަށް ބުރަވާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް އެދުމަށްފަހު އެތަނުން ދިޔައީ  މާޔާގެ ޓެސްޓްތަށް ހެދުމަށް ތައްޔާރުވާށެެވެ.

……………………………………………………………………………….

” ޑޮކްޓަރުން ހޯދިހޯދުން ތަކުން އެނގުނީ މާޔާ ހުރިހާ ކަމެއްވެސް ހަދާން ނެތުނީކަމަށް… ޑިއުމަރު ހުރި ހިސާބަކީ މިކަންތައް ކޮންޓްރޯލްކޮށް ބަލަހައްޓާ ތަނަށްވެފައި އޭގެ ސަަބަބުން ބޮޑެތޮ ގެއްލުން ތަކެއް ވިކަމަށް… ޝީ އިޒް ސްލިޓް އެލައިވް… ވަޓް އެލްސް ޑޫ ވީ ވޯންޓް…  މާޔާ ހޭ އިރު އަލުން ވިހެއި ކުއްޖެކޭ ވަކި ތަފާތެއް ނެތް… ވާހަކަ ދައްކަން އެނގެނީ ކީއެއްނޫން.. އިތުރު އެހެން ކަމެއް ކުރަންވެސް އެނގެނީ އެއްނޫން… ސޯ ވީ ޑިސައިޑެޑް ޓު ކީޕް ހާ.. މޭކް ހާ ޕާޓް އޮފް އަވަރ ފެމިލީ… ވީ ގޭވް ހާ އަ ނޭމް… އެން އައިޑެންޓިޓީ..  ގެއްލުމެއް ދޭން ބޭނުންވާ މީހަކަށް ވެސް ނުހޯދޭނެ ފަދައިން ހިމާޔަތް ދިނިން… ނަސީބަކުން ކިޔާރާ ވީ ހީކުރިވަރާއި ހިލާފަށް އަވަހަށް ކަންކަންނަގައިގައި ކުއްޖަކަށް… އެއް އަހަރުތެރޭ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވީ ފުރިހަމައަށް ދިރިއުޅުމާއި ކުރިމަތިލާން ދަސްކުރަމުން … ބައްޕައާއި މަންމަ އެކްސިޓެންޓް ވި ދުވަހަކީ ކިޔާރާ ފުރަތަމަ ފަހަރަށް އަގައިން ބުނި ދުވަސް… އެކަމަކު އެއަޑެއް އަހާކަށް އެމީހުންނެއް ނެތް… އޭގެ ފަހުން އިޓް ވޯޒް ޖަސްޓް މީ އެންޑް ހާ… އައި ލަވްޑް ހާ ލައިކް މައި އޯން ސިސްޓަރ… އެދުވަހު މާޔާ ސަލާމަތްކުރުވީ މިހާ ލޯބި ކޮއްކޮއެއް ލިބެން ކަންނޭނގެ… ” ކައިލްގެ ވާހަކަ ނިންމީ ނަކީލްއަށް ފަޑުހިނިތުންވުމެއް ހަދިޔާކުރަމުންނެވެ.

” ކޮންމެ ގޮތެއްވިޔަސް… ކޮންމެ މީހަކު ކޮންމެ ކަމެއް ކުރަން އުޅުނަސް… ބުނެވިދާނެ އެއްނު.. ކޮންފަދަ އޮޅުވާލުމެއް… ނޭނގޭތެ އެއީީ އެހެން މީހުނަށް ކިހާ މުހިއްމު މީހަކަށް ވެދާނެއޭ.. .އެނގޭ… ކައިލް ނެތްނަމަ މާޔާއަށް ވާނެ ގޮތެއްވެސް ނޭނގޭކަން… ޔޫ ސޭވްޑް ހާ… އެކަމް ޔޫ ހިޑް ހާ ފްރޮމް މީ… އެނގޭތަ ކިހާ ދުވަހެއް ވެއްޖެކަން މާޔާ ހޯދަން އުޅޭތާ… ހައު ކުޑް ޔޫ ޓޭކް ހާ އަވޭ ފްރޮމް މީ..” ނަކީލް ޝަކުވާތަށް ބަންޑުންކޮށްލިއެވެ. ” އެންމެ ފަހަރަކު ވެސް އަންގާލި ނަމަ… އައި ކުޑް ޕްރޮޓެކްޓް ހާ… ކޮރެއާއިން ދުރަށް ނުގެންގޮސް…” ނަކީލް ކަރުނަތަށް ހުއްޓުވަން މަސައްކަތްކުރަމުން ދިޔައީ ކައިލްގެ ކުރިމަތީގައި ބަލިކަށިވާން ބޭނުންނުވާތީއެވެ.

” އައި އޭމް ސޮރީ… އެވަގުތު އަހަންނަށް އެންމެ ރަގަޅުހެން ހީވި ގޮތަށް ކަންތައްކުރެވުނީ…ސޮރީ.. އެނގޭ މިހެން ބުނުމަކުން ނުފުދޭނެކަން..ނަކީލް ދޭ ކޮންމެ އަދަބެއް ލިބިގަންނަން މިހިރީ ތައްޔާރަށް…” ކައިލް ނަކީލް ކުރިމަތީ ކަކޫ ޖައްސައި އިށީނީ މާފަށް އެދެމުންނެވެ. ނަކީލް ކައިލްގެ ދެއަތުގައި ހިފައި ކޮޅަށް ނެގީ ހިތަށް ކެތްނުވުމުންނެވެ.

” ޑޯންޓް ބީ… ޔޫ ސޭވްޑް ހާ.. ސަމްތިންގް އައި ފެއިލްޑް … މާޔާ އެހާލުގައި އޮންނަން ޖެހުނީވެސް އަހަރެންގެ ސަބަބުން… އަހަރެން ސަލާމަތްކުރަން ހަދައިގެން ވަޒަން އަމިއްލަ ގަޔަށް އެރީ… ޝީ ޕްރެޓެކްޓެޑް މީ ވިތް ހާ ލައިފް… އެންޑް އައި ކުޑްންޓް އީވެން ޑޫ ދެޓް ފޯ ހާ… އައި ފެއިލްޑް…”  ނަކީލް މަޑުމަޑުން އެހެން ބުނެލީ ފަޑު ހިނިތުންވުމަކާއި އެކުގައެވެ. ހަޤީގަތުގައިވެސް މާޔާއަށް އެދެވޭ ހިމާޔަތް ނަކީލްއަކަށް ނުދެވުނު ހެން ހީވަނީއެވެ. އެލޯބި ގެއްލުނީ އެހެންވެ ތާއެވެ. ކައިލް އެބުނި ހާލަތުގައި މާޔާ ވަނިކޮށް ފެނުނުނަމަ ނަކީލްއަށް ކެތްކުރެވޭނެ ބާވައެވެ. މާޔާ އެ ހާލުގައި ތެޅޭތަން ބަލަން ނަކީލްއަށް ކެތްްވާނެބާވައެވެ.

” ނޯ… ޑޯންޓް ސޭ ދެޓް… ޔޫ ލަވް ހާ … އެންޑް ޝީ ލަވްސް ޔޫ…”  ނަކީލްގެ މާފު ލިބުމުން ކައިލް ނަކީލްއަށް ޝުކުރު އަދާކުރިއެވެ.

” ކިޔާރާ ލަވްސް މީ… އެއީ ކިޔާރާގެ ގޮތުގައި ހުރިހާ ހިދަކު ކިހިނެތް… މާޔާގެ ހަދާންތަށް އައުމުން އެހެންނޫނީ ދައްކާނީ ކޮންމޫނެއް…” ނަކީލް ވިސްނުން ހުރި ގޮތް އެނގުމުން ކައިލް ދެފަރާތަށް ބޯ ހުރުވައިލެވުނީ ދެން ކުރަންވީ ވަކި ކަމެއް ނުވިސްނުމުންނެވެ. މިރޭ ކައިލް އަމިއްލަ ނަފްސާއި ވައުދުވީ ނަކީލްއާއި މާޔާ އަލުން ގުޅުވުމަށެވެ. އެކި އެކި ވާހަކަތަކުގެ ތެރޭ ވަގުތު ހޭދަވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.

” ކައިލް އަށް އެނގޭނެތަ އެ އަންހެން މީހާ ފެނިއްޖެނަމަ ވަކިކުރަން…” ނަކީލް ހަމަ ހުރެލާފައި ކޮށްލި ސުވާލަކުން ކައިލް ނަކީލްއާއި ދިމާލަށް ބެލީ އާއެކޭ ބުނަމުންނެވެ. ” ކިތަންމެ ގިނަ ދުވަހެއް ވިޔަސް ހިއެއް ނުވޭ އެއީ ކާކު ކަން އޮޅޭނެ ހެނެއް… ” ކައިލް އިތުރުކޮށްލިއެވެ.

 

 

 

” އެހެންވިއްޔާ ރަގަޅު… ކައިލްއަށް ކެރޭނެތަ އަހަރެން ބުނާކަމެއް ކުރަން..” ނަކީލް ވިސްނަމުން ކޮށްލީ ސުވާލެކެވެ. ނަކީލް އެދެން ބޭނުންވަނީ ކޮންކަމަކަށް ކަން ނޭނގޭ ހާލު ކައިލް އެކަމާއި އެއްބަސްވިއެވެ.

” ކަމް ޓު ކޮރެއާ ވިތް މީ.. މައި ވެސް ގޮވައިގެން..” ނަކީލްގެ އެދުނު ކަންތަށް އެނގުމުން ކުޑަ ހިދުކޮޅަކަށް ކައިލްގެ ނިތަށް ރޫގިނަވެގެން ދިޔައެވެ. އަނެއްކާ ނަކީލް މިއުޅެނީ ކީއްކުރަން ބާވައެވެ.  މާޔާ ގެންދަން ބުނީ ކީއްވެހެއްޔެވެ. އަނެއްކާ ނަކީލް މާޔާ އެކީ ގެންދަނީ ހެއްޔެވެ. އެހެން ވެއްޖެއްޔާ ކައިލް މުޅިން އެކަނިވެރިވާނެއެވެ. މާުޔާއާއި ދުރުގައި ކައިލްއަށް ކެތްކުރެވިދާނެ ހެއްޔެވެ.

“އެއީ ކީއްކުރަން..” ކައިލް ކޮށްލީ އިތުރު ސުވާލެކެވެ.

” ހެހެ… ޑޯންޓް ވޮރީ.. އަައި ވޯންޓް ފޯސް މާޔާ ފޯ އެނީތިންގް… ހަމަ އެކަނި ކައިލް އަންނަންވީ މާޔާ ގޮވައިގެން ކޮރެއާއަށް… އަހަރެން ކައިލްގެ ފަރާތުން އެދެނީ ހަމައެކަނި މިކަންތަކަށް … ޕްލީޒް …ޑޯންޓް ސޭ ނޯ…” ނަކީލް އާދޭހާއި އެކު ބުނެލިއެވެ.

” ހަޤީގަތުގައި ނަކީލް ނުވެސްޖެހޭނެ އަހަރެން ކައިރީ އާދޭސްކުރާކަށް… ޝީ އިޒް ޔުއަރ ވައިފް… ނަކީލް ބޭނުން ތާކަށް ގެންދިޔުމުގެ ބާރު ނަކީލްއަށް އޮންނާނެ… އައި ޓްރަސްޓް ޔޫ… ކޮންދުވަހަކަށް ޓިކެޓް ނަގަންވީ” ކައިލްގެ ވާހަކަ ނިންމާލީ ނަކީލްއަށް ނިތްއަރުވާލަމުންނެވެ.

……………………………………………………………………………….

އާދިވަހަކަށް އިރުއަރައިގެން އައީ ވަންހަނާ ވެފައިވާ އެތަށް ކަމެެެއް ފާޅުކުރުމަށްފަހުގައެވެ. އެތަކެއް ކަންތަކެއް ބަދަލުކުރުވަމުންނެވެ.

އެެހެން ދުވަސްތަކާއި ހިލާފަށް މާޔާއަށް ހޭލެވުނީ ހެދުނު އަށެއް ޖެހިފަހުންނެވެ. ކަންނެތްކަމާއި އެކު ފޯނު ނަގައި ހުޅުވާލީ ވަރުބަލިކަމާއި އެކުގައެވެ. ސްކްރީންގެ ގަނޑިން އަށެއްޖަހައި ތިރީސް މިނިޓް ހިގައިފިކަން އެނގެން އިނުމުން އިތުރަށް ރަޖާގަނޑު ތެރޭ ބޮޑިވެލީ  ކޮޓަރިތެރޭ ފިނި ހިފާފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ. ރޭނގެ ހާދިސާ މަތިން ހަދާންވެސް ނެތްފަދައެވެ. އިރުކޮޅަކަށް އޮވުމަށްފަހު ފުއްމައިގެން ތެދުވީ ރޭނގެ ހަދާންތައް އާވުމުންނެވެ.

” އޯހް ނޯ… އައި އޭމް ކިޔާރާ ނޮޓް މާޔާ… ކީލް ކިތަންމެ ވަރަކަށް މާޔާ ދެކެ މިހާރު ލޯބިވެޔޭ ބުންޏަސް ނޭނގެ އެއްނު އެއީ ކޮންމާޔާއެއް ކަމެއް… ކުޑް ބީ އެނީވަން… އެހެންނޫނަސް ހީ ކިކްޑް މީ އައުޓް އޮފް ހިޒް ލައިފް.. ހުސް ފޭކް… ވަރަށް ފޫހިވޭ…. ” މާޔާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައީ މީހުންގެތެރެއަށް ނިކުުތުމުގެ ހިތްވަރު ހޯދަން ކަންނޭނގެއެވެ.ކިތަންމެ ވަރަކަށް ނަކީލްއަށް ނަފްރަތުކުރަން ބޭނުންވިޔަސް އެކަން ވާނެ ހެއްޔެވެ. އެކަމާއި މެދު ހުދު މާޔާއަށްވެސް ޝައްކެވެ. މާޔާއަށް ނޭނގި ނަމަވެސް ކިޔާރާގެ ގޮތުގައި ހުރެގެންވެސް ދެވަނަ ފަހަރަށްވެސް ލޯބިވެވުނީ ހަމަ ނަކީލް ދެކެއެވެ. އެހިތުގެ ރާޖާ ދެކެއެވެ. ރޭގައި ހަދާނަށް އައި މަދު ކަންތައްތަކުގެ މައްޗަށް ބިނާކޮށް މާޔާއަމިއްލަ ސިކުޑިއަށް ވިސްނޭގޮތަށް އެތުރުވި މަންޒަރެއްގެ މައްޗަށް ބިނާކޮށްނެެވެ.  މާޔާއަށް ހަދާންވީ ވާހަކައިގެ އެއްބައިކަން އެނގޭނެ ނަމަ އެހެން ނުވިސްނާނެކަން ޤައިމެވެ. ނަކީލް ވަމުން ގެންދާ ސާފުތާހިރު ލޯތްބަށް އެނަމުން ނަންނުދިނީސް ކަން ގައިމެވެ.

މާޔާ ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު ކައިލް އާއި ނަކީލް ތިބީ ވަރަށް ޓީވީ ބަލާށެވެ. އެހެން ކަމުން މާޔާ މަޑުފިޔަވަޅުތަކެއް އަޅަމުން ބަދިގެޔާއި ދިމާލަށް ދިޔައީ ކައިލްއަށް ނޭނގި ދެވޭތޯއެވެ.  ކައިލްއަށް ފެނިއްޖެ ނަމަ ކޮންމެވެސް ޖެއްސުމެއް ނުކޮށް ނުހުންނާނެ ކަން އެނގޭތީއެވެ.

” ކިޔާ… އެބަ އުޅެން ދޯ… ދޮންބެ އުޅުނީ ޕޮލިސް ސްޓޭޝަނަށް ދާންކަމަށް…” މާޔާ ކުރިއަށް އަޅަން ނެނގި ފިޔަވަޅު މަޑުޖައްސައިލީ ކައިލްގެ އަޑުންނެވެ. މާޔާ ކައިލްމެނާއި ދިމާލަށް ބެލިއިރު ކައިލް އިނީ މާޔާއަށް ޖެއްސުންކުރެވޭތީ ހެވިފައެވެ.

“އެ ކީއްކުރަން…” މާޔާ އެހެން ބުނެލީ ބޮޑުކަމެއް ވީއޭ ހިތައެވެ. ” ދޮންބެ ހީކުރީ މީހަކު ކިޔާ ވަގަށް ނެގީ ކަމަކަށް… ނަސީބެއްނު ނުދަނީސް ފެނުނުކަން…” ކައިލް ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައީ މާޔާ ތުން އަބުރާލުމަށްފަހު އައިސް ސޯފާގައި އޮތް ކުޝަން އަކުން ބޮލުގައި ޖެހުމުންނެވެ.

“ޕޮޓޭޓޯ…” މާޔާ ދެރަނުވާން ވެގެން ބުނެލީ އަގަޔަށް ވައްތަރެއް ޖައްސަމުންނެވެ.

” އަޅެ ނަކީލް މަ ފަލަތަ… މީހަކު ހަމަ ޕޮޓޭޓޯ ކިޔަން… މިހާރުވެސް މިއުޅޭ އަންހެންކުދިން އުޅެނީ ފަހަތުން މަށަށް މަށަށް ކިޔާލަ ކިޔާލަ… ހުއް.. ޖެލަސް ވީ ދޯ..” ކައިލް ނަކީލްއަށް އެބަސް އެއްލީ މިސަމާސާގައި ނަކީލްވެސް ބައިވެރިކުރުމަށެވެ.

” ހަހަ… ހައި ހޭވް ނަތިންގް ޓޫ ސޭ… އަހަރުން ކިތަންމެ ސްމާޓް ވިޔަސް ބޭނުންވާ ކުއްޖާ ލިބެން ނެތިއްޔާ އޭނގެ އެއްވެސް ބޭނުމެއް ނެތެއްނު..” ނަކީލް އެހެން ބުނެލީ މާޔާއަށް ބަލަން ހުރެއެވެ.އެވަގުތަކީ މާޔާވެސް ނަކީލްއަށް ބެލި ވަގުތުކަމުން ދެމީހުންގެ ނަޒަރު ހިދުކޮޅަކަށްނަމަވެސް ދިމާވިއެވެ. އަވަހަށް މާޔާ އަނެއް ފަރާތަށް މޫނު އަބުރައިލީ ނަކީލްގެ އެބެލުމަށް ކެތް ނުވެގެންނެވެ.

“މާ ރީތި މީހެއްނަމަތާ.. އަންހެން ކުދިން ހިތްކިޔަން..” މާޔާ އެހެން ބުނެލީ މަޑުން ނަމަވެސް ކައިލްއަށްވެސް ނަކީލްއަށްވެސް އެބުނި އެއްޗެއް އަޑުއިވުނެވެ. ނަކީލް ހިނިތުންވެލީ މާޔާ ޖެލަސްވީ ކަން އެނގުމުންނެވެ.  ” ކޮންތަނެއް ހަޑީ.. ހަމަ ގައިމުވެސް މާ… ކީޔާރާއަށް ވުރެ ރީތިވާނެ ހުރިހާ ގޮތަކުން ބެލިޔަސް…މާމަ ގަނޑެއް” ނަކީލް އެހެން ބުނެލީ މާޔާ ރުޅިއެރުވުމުގެ ނިޔަތުގައެވެ. ކަން ވީ ވެސް އެހެންނެވެ.

” ހޭވޭ… ނޫޅެމޭ ތިމީހަކަށް ރީތިވާހިތަކުންވެސް… ކިޔާ ހަޑިޔޭ ނުބުނާނެ ދެލޯ ސަލާމަތުން ހުރި މީހަކު…އެނގޭނު ކާކު ކަން މުސްކުޅިވީ.. ވަރަށް ފޫހިވޭ…” ތުން އަބުރާލަމުން އެހެންބުނެލީ މަޑުމަޑުންނެވެ.

” ހިނގާ ކާން ދެން.. އައި އޭމް ހަންގްރީ” ކައިލް ދެފަރާތަށް ބޯ ހަލުވަމުން ބުނެލީ މާޔާގެ އިންތިޒާރުގައި ނުކައި ތިބުމުންނެވެ. މާޔާ ނަކީލްއަށް ލޯ އަޅާލުމަށްފަހު ކައިލްގެ ފަހަތުން ހިނގައިގަތީ ނަކީލްއަށް ކުދިކިޔަމުންނެވެ.

ކެއުމަށް އިންސާފުކުރުމަށްފަހު މާޔާ ކޮޓަރިއަށް ވަނީ ބޮލުގައި ރިއްސަނީ ކަމަށް ބުނަމުންނެވެ. މާޔާ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު މޭގައި އަތް އެޅީ އަވަސް ވެފައިވާ ހިތުގެ ހިނގުން އިހްސާސްކުރެވޭތީއެވެ. ކިތަށް ދުވަހު ނަކީލްގެ ކުރިމަތީގައި މާޔާ ފޮރުވައިގެން ގެންގުޅެވިދާނެ ބާވައެވެ. އެހިތުގައި އަދިވެސް އެލޯބި ތާޒާކަންމަތީ ވާއިރު ،ނަކީލްއަށް ނަފްރަތު ކުރަން ބޭނުންވިޔަސް އެކަން ވާނެ ހެއްޔެވެ.  މާޔާވެސް ކިހާ އާދޭހެއް ކުރި ހެއްޔެވެ. ނަކީލް މާޔާ އެކަނި ކޮށްލީ ލޯބި ނުވާތީތާއެވެ. މިއީ ދުރުގައިވުން ހައްޤު ލޯތްބެކެވެ. ނަކީލް އެލޯތްބައް ދިނީ ފެންކައްކާ ބޮލީގެއިއްޒަތެވެ. އެހެން ވީއިރު އަދިވެސް މާޔާގެ ހިތްމަށްޗަށް ކުރި ނުހޯދެނީ ކީއްވެހެއްޔެވެ. ނަކީލްގެ ހަޔާތުން މާޔާއަށް އެއްވެސް ޖާގައެއް ނެތްކަން ކަށަވަރުވާއިރުވެސް ބަސްނާހާ ހިތް އެލޯތްބަށް ތެޅެނީ ކީއްވެ ހެއްޔެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 39 (އޮނަސާޅީސްވަނަ ބައި)

Next

ވެނީ ކަރުނަ 6

Next
October 4, 2017

ވެނީ ކަރުނަ 6

Previews
October 4, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 39 (އޮނަސާޅީސްވަނަ ބައި)

20 Comments!

  1. Aki says:
    October 4, 2017 at 5:34 pm

    haadha dhigu inthizaarehge nimumekey miaee… thanks vaahaka up kohla dhineema

    1. Aki says:
      October 4, 2017 at 5:35 pm

      first libunee dho mi

    2. writer says:
      October 4, 2017 at 5:40 pm

      Congra Aki
      Thankyou inthizaaru kohdhinythy

  2. marsh says:
    October 4, 2017 at 5:42 pm

    alhe haaadha lahakun dhen mihaaa lasnukurahcheyyy

    1. writer says:
      October 5, 2017 at 7:02 am

      I ll try

  3. Maiii says:
    October 4, 2017 at 5:42 pm

    Woww…thank you so much writer…. ????vrh dhigu inthixaareh ge nimun… dhn kn dhuvas thakaku genes dheyny mi stry…

    1. writer says:
      October 5, 2017 at 7:04 am

      Thank you for waiting… next part maadan in sha allah

  4. song joong ki..KOREAN says:
    October 4, 2017 at 5:50 pm

    wowww. adhi kiriyaa inthizaarah nimun miaee. vvv reethi mi part. dhn kniraku nxt part?? 🙂 🙂

  5. Maahy says:
    October 4, 2017 at 5:59 pm

    Yeyy..Finally Story Up V…Story Ix Awsome…Loved It…Waiting For Next Part

  6. Maa says:
    October 4, 2017 at 6:37 pm

    Wen next part….. waitin……..pls avahah up kohdheeba

  7. khajja says:
    October 4, 2017 at 6:47 pm

    Ohhh wow ??? haadhahaa dhigu inthizaareh kurevijjeyey finaly alhamdhulillah, masha allah stry v v habeys ?? whn nxt prt svaskolladhybala can’t wait plx avaskolladhybala plx gud nyt ly ??❤❤???????????????

  8. Maurifa says:
    October 4, 2017 at 7:10 pm

    Dhamakun mi jehy Hama badieh

    1. writer says:
      October 5, 2017 at 7:02 am

      Badieh jehi reason i already explained previously… hehe

  9. Xxxx says:
    October 5, 2017 at 7:19 am

    V.v.nice dear..?????

  10. annoying reader says:
    October 5, 2017 at 9:47 am

    finally so happy to see this story again, plz maya and keel gulhuvaba then,and keel mamma bust kohllachey,waiting

  11. Almaa says:
    October 5, 2017 at 1:53 pm

    Thanks

  12. click a shot ? says:
    October 5, 2017 at 7:20 pm

    Yayy..finally up vehje..I was waiting for a long time…varah reethi mi part ves..next part konirakun?avaskohlachey..?

  13. Naju says:
    October 5, 2017 at 8:28 pm

    Finally story update.. I love this story… ?

  14. Aishath Reesha says:
    October 6, 2017 at 10:40 pm

    Yea…

  15. Vaahaka says:
    October 20, 2017 at 5:04 pm

    Kobaa mi story ge next part.. waiting.. v v v rythi story ❤❤

Comments are closed.

Next Episodeދުރުގައިވިޔަސް… (35ވަނަ ބައި)←


All Right Reserved!