Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ

Shaz Level 110 Stories
October 5, 2017 2 Mins Read
13 Comments

(ހަވަނަބައި)

“ކައިލް.. އަހަރެން ބަނޑުބޮޑު..” އަހަންނަށް ބުނެވުނީ އެހެންނެވެ. މަޑު ޖެހެވުނީ ކޮޓަރި ދޮރުމަތީގައި ހުރި ކައިލްގެ މަންމަ ފެނުމުންނެވެ.

“ބަލް… ” ކައިލްގެ މަންމަ ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިއަދު އަހަރެން ބޭނުމީ ހަގީގަތާ ކުރިމަތިލާށެވެ.

“ދައްތާ.. އަހަރެން ބަނޑުބޮޑީ ނަހަލާލަށް” ލޯ މަރާލުމަށްފަހު އަހަރެން ބުނީމެވެ.

“އެނގޭ… އަހަރުމެން ދެމައިންނަށްވެސް ތިކަން އެނގޭ..” ކައިލްމަންމަ ހަމަޖެހިލައިގެން ހުރެބުންޏެވެ.

“ބަލް. ބަލް މިގޭގައި އަހަރުމެންގެ ބެލުމުގެ ދަށުގައި ތިހުންނަނީ ސަބަބެއްނެތިއެއް ނޫން. އަހަރުމެންނަށް ހުރިހާ ކަމެއްވެސް އެނގޭ. ބަލް އިންޑިޔާއަށްއައީ ކީއްވެ ކާކާ ފިލަން ކަންވެސްއެނގޭ” މިފަހަރުވެސްވާހަކަ ދެއްކީ ކައިލްގެ މަންމައެވެ. ކައިލްގެ މަންމަ ދައްކަން އުޅޭ ވާހަކަ އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.

“ހައިރާންވެފަދޯ ތިހުރީ. އާން. އެނގޭ ހައިރާންވާނެވަރު…”ކައިލްގެ މަންމައައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

“އެނގޭތަ އެއަރ ޕޯޓުން ކައިލް އާ ބަލްއާ ދިމާވީ އިއްތިފާގަކުންނޫން. އެއީ އުލްވާން. ބަލް ދަނީއޭ ބުނެފަ މެސެޖް ކުރީމަ އުލްވާންގެ ރައްޓެއްސެއްލައްވައި ބަލްގެ ފޯން ޓްރޭޝް ކުރީ. ދެން އެނގުނީ ބަލް ހުރީ އެއަރ ޕޯޓްގަކަން. ދެންބެލީ ބަލްގެ މެސެޖް އައިގަޑިއާ އެންމެ ކައިރިން ނައްޓާލީ ކޮން އެއަރ ލައިންއެއްގެ ކޮން މަތިންދާބޯޓެއްތޯ؟ ދެން ޝައްފަގެ ބޭބެއެއް އުޅޭ ބަލް ދަތުރުކުރި މަތިންދާ ބޯޓްގެ އެއަރ ލައިންގަ. ނަސީބު ކަންދިމާ ކުރި ގޮތުން ކައިލްއަށްވެސް އުލްވާން އަށް ގުޅުނީ އެދުވަހު. އުލްވާން އެދުނީ ބަލް ބަލައިދޭން. އެކަމަކު އުލްވާންގެ އެދުމުގެ މަތިންކަން ނޭނގުމަށް. އެހެންވެސް ކައިލްއާ އަހަރެންވެސް އެކްޓުކުރީ… ބަލް މިގެއަށް ނައިސް ދާނޭތީ.ފަހުން އުލްވާން ކިޔައިދިން ހުރިހާ ވާހަކައެއްވެސް. ބަލް އިންޑިޔާއަށް ތި އައީ ދަރިފުޅަށްޓަކާކަންވެސް އަހަރުމެން ދެމައިންނަށް އެނގޭ. އެހެންވެ އަހަރުމެން އެހީވާން ނިންމީ. އެނގޭ މިފްޒާލްގެ ދަރިއެއް ކަންވެސް.” މިފްޒާލްގެ ނަން އެގޮތައް ކައިލްގެ މަންމަ ބޭނުން ކުރުމުން އަހަރެން ހައިރާންވިއެވެ.

“މިފްޒާލްދޯ. މިކަމުގައި އަހަރުމެން ބޭނުން ބަލްގެ އެހީ. މިފްޒާލްގެ ބައްޕައަކީ އަހަރެންގެ ބޭބެ. އަހަރެންނާ އަހަރެންގެ ފިރިމީހާ، ކައިލްގެ ބައްޕަގެ މަސައްކަތުން އުފެއްދި ވިޔަފާރިއެއް މިފްޒާލްގެ ބައްޕަ ފޭރިގަނެގެން އެވިޔަފާރިން އަހަރުމެން ބޭރުކޮށްލީ. ނަސީބު ރަނގަޅުކަމުން ކައިލްގެ ބައްޕައަތުގައި ފުދޭވަރަށް ލާރި ހުރުމުން އަހަރުމެން އިންޑިޔާއަށް އައިސް މިތާގަ ވަރަށް ކުޑަވިޔަފާރިއެއް ފެށީ. އެވިޔަފާރި ފެށުނުކަން އެނގުނު ހިސާބުން އަހަރެންގެ ބޭބެގެ އެކި ދުއްތުރާތައް ކުރަން ފެށި. އެހެންނަމަވެސް މިއަދު އެހުރިހާ ގޮންޖެހުންތަކާއެކުވެސް އަހަރުމެންގެ ވިޔަފާރި މިހާ ކުރިއަރައިގެން މިއަންނަނީ. އެއްވެސް މީހަކަށް ދެރައެއްނުދެވޭނެ އިރާދަކުރެއްވިއްޔާ. މިފްޒާލްގެ ބައްޕަގެ ވިޔަފާރިއާ މިފްޒާލް ހަވާލުވުމުން އަހަރެން މިފްޒާލްއަށް ގުޅިން. ހަމައެކަނި އަހަރުމެންގެ ވިޔަފާރިއަށް ދުއްތުރާ ނުކުރުމަށްއެދި. އޭގެ ބަދަލުގައި ރާއްޖޭގައި ހުރި އަހަރުމެންގެ ސިމެންތި ފެކްޓްރީގެ ލިޔެކިޔުންތައް ބަދަލުކޮށްފައި މިހާރު ކޯޓަށްދާން ކިޔައިފަ އޮތީ. އެފެކްޓްރީގެ ފައިސާއިން ސިޔާސީ މީހުންނަށް ރިޝްވަތު ދޭކަމަށް ދައުވާކުރަން ނިންމައިފަ  އޮތީ. އެކަމުގައި ކައިލްގެ ބައްޕަ ވިސްނާ ވިސްނާ ބަލިވީވެސް. އެހެންވެ އަހަރެން މިހާރު ބޭނުމީ ބޭބެއަކަސް ބަދަލުހިފަން.” ދެލޮލުން އައިސްފައި ހުރި ކަރުނަތައް  ފޮހެލަމުން ކައިލްގެ މަންމައައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

“ބަލް އަހަރުމެންނަށް އެހީވާނަންތަ؟” ކައިލްގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“މިފްޒާލްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ފަނާވެއްޖެ. އަހަރެން ކައިލްގެ އާއިލާއަށް އެހީވާނަން.” އަހަރެން ކައިލްގެ މަންމަގެ ގައިގަ ބައްދާލީމެވެ.

ކަންތައް ނިމުނީ އަހަރެން ހީކުރި ގޮތާ ޙިލާފަށެވެ. އެހެންނަމަވެސް އަހަންނަށް ނޭނގިނަމަވެސް އުލްވާން އަހަރެންގެ ކަންކަން އެންމެ ގާތުން ބެލީތީ އުލްވާންއަށްޓަކައި އަހަރެންގެ ހިތުގައި އޮތް އެކުވެރިކަމުގެ ލޯބި އިހުނަށްވުރެ ބޮޑުވިއެވެ. ކައިލްއާއި ކައިލްގެ މަންމަ އަކީ އަހަރެންގެ އަމިއްލަ އާއިލާ ކަމުގައި ބެލީމެވެ.

ކަންވީގޮތުން އަހަރެން ބޭނުންވީ ވީއެންމެ އަވަހަކަށް އުލްވާންއާ ގުޅުމަށެވެ. އުލްވާންއަށް ގުޅުނީ ހަތަރުވަނަ ފަހަރު ގުޅުމުންނެވެ.

“އުލްވާން. އަޅެ. އާދޭ ބައްލު ކައިރިއަށް.” އުލްވާން އެއްޗެއް ބުނުމުގެ ކުރިން އަހަރެން ރޮވެގަތީމެވެ.

“ބަލްގީޝް. ކަލޭ.”އެކޮޅުން ވާހަކަދެއްކީ ޝައްފައެވެ.

“ޝައްފަ.. ސޮރީ.. އަހަރެން ހީކުރީ އުލްވާންކަމަށް.” ޝައްފަ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަންނަށް އެނގުމުން އަހަރެން ހާސްވިއެވެ.

“އާން. މަށަށް އެނގޭ ކަލެއަށް މަކަން ނޭނގޭތީކަން. ދުރަށް ގޮސްވެސް ނުހުރެވުނީދޯ. ވަރުގަދަ ކަމެކޭ. ކީއްވެތަ މަށާ އުލްވާން އާ ދެމެދަށް އަބަދު އަންނަނީ. މަށަށް ހީވަނީ ކަލޭ ބަނޑުގައި ތިއޮތީވެސް އުލްވާންގެ ދަރިއެއްހެން.” ޝައްފަ އަހަރެން ދެކެ ރުޅިއަންނަކަން އަހަންނަށް އަބަދުވެސް އެނގެއެވެ.

“ހެޔޮނުވާނެ. އުލްވާން ދޫކޮށްލަދީބަލަ. އަހަރުމެންގެ ދިރިއުޅުން އުޅުނަދީބަލަ. ކަލޭގެ ދިރިއުޅުމުގައި އުޅެބަލަ. މީގެ ފަހުން އުލްވާންއަށް ނުގުޅާތި” ޝައްފަ ފޯނުކަނޑާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ވެނީ ކަރުނަ 6

Next

ތި ލޯތްބަށްޓަކައި (16)

Next
October 5, 2017

ތި ލޯތްބަށްޓަކައި (16)

Previews
October 4, 2017

ވެނީ ކަރުނަ 6

13 Comments!

  1. Maa says:
    October 5, 2017 at 11:13 am

    Too short …. but vvvv nice

  2. Reet says:
    October 5, 2017 at 11:19 am

    Alhy Haadha kurukoh up kuraaleh vess Haadha lahy mikanthah rangalhu kohbala please v reethi

  3. shaayan says:
    October 5, 2017 at 11:30 am

    haadha kurukoh. pis pis

  4. Juma says:
    October 5, 2017 at 12:04 pm

    Wow i just love it…luv u shaz…….bt too short:( next part dhigukohlahcheyy plx plx… when next part

  5. Nahu says:
    October 5, 2017 at 12:09 pm

    Alhey haadha kurey. Plxxxxxx dhigu khfaa avas kh up khbaaa.. v v v loabi vaahaka eh ❤❤❤❤

  6. Nashko says:
    October 5, 2017 at 12:12 pm

    Tooo short. But next part wrh dhigu khlahchey. Wrh reethi story?. I love it

  7. khajja says:
    October 5, 2017 at 12:31 pm

    Alhey haadha kurey ??? ekam ves masha allah stry v v v rythi v v v habeys whn nxt prt avaskolladhybala pls pls plx ??❤❤?????

  8. mal-mal says:
    October 5, 2017 at 12:51 pm

    this is toooooooooo short but a nice part! when is the next update???

  9. Shaz says:
    October 5, 2017 at 2:41 pm

    Sorry for late and short update. Shaz kudakoh bali ve ulheythy. But maadhan next part dhigu koh in sha allah genesdheynan.. thank you all so much for the love and support ??❤️

  10. ballu says:
    October 5, 2017 at 8:34 pm

    nyc story

  11. Shifa says:
    October 5, 2017 at 8:40 pm

    Vara salhi

  12. harry ge waathu aiy says:
    October 5, 2017 at 9:51 pm

    harry bunii kamaku nudhe o

  13. Mina says:
    October 5, 2017 at 10:17 pm

    Alhey varah salhi storyeh avahah up kolachey waiting for next part

Comments are closed.

Next Episodeސޮރީ.←


All Right Reserved!