Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (35ވަނަ ބައި)

writer Level 310 Stories100 Comments
October 5, 2017 4 Mins Read
15 Comments

 

މާޔާވެސް ކިހާ އާދޭހެއް ކުރި ހެއްޔެވެ. ނަކީލް މާޔާ އެކަނި ކޮށްލީ ލޯބި ނުވާތީތާއެވެ. މިއީ ދުރުގައިވުން ހައްޤު ލޯތްބެކެވެ. ނަކީލް އެލޯތްބައް ދިނީ ފެންކައްކާ ބޮލީގެއިއްޒަތެވެ. އެހެން ވީއިރު އަދިވެސް މާޔާގެ ހިތްމަށްޗަށް ކުރި ނުހޯދެނީ ކީއްވެހެއްޔެވެ. ނަކީލްގެ ހަޔާތުން މާޔާއަށް އެއްވެސް ޖާގައެއް ނެތްކަން ކަށަވަރުވާއިރުވެސް ބަސްނާހާ ހިތް އެލޯތްބަށް ތެޅެނީ ކީއްވެ ހެއްޔެވެ.

……………………………………………………………………………….

ސިއުލް އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމާއި އެކު މާޔާ ، ކައިލް އަދި ނަކީލްވެސް އަވަސްވެގަތީ ފްލައިޓްއިން ފޭބުމަށެވެ.  ކުއްލިއަކަށް ކޮރެއާއަށް ދާ ހިޔާލު ކައިލް ފާޅުކުރުމުން މާޔާގެ އެކިއެކި ސުވާލުތަކާއި ކައިލް ކުރިމަތިލާންޖެހުނެވެ. ކޮރެއާއަށް ދާ ހިޔާލުކުރިފަހުން މާޔާގެ ހިތްނުތަނަވަސްވެފައިވަނީ އެތަނަކާއި ގުޅިފައިވާ ހިތި ހަދާންތަކުގެ ސަބަބުންނެވެ. އެފަސްގަނޑަކީ ނަކީލް މާޔާ ބިކަ ކޮށްލި ފަސްގަނޑެވެ. އެލޯބީގައި ޖެހި ދީވާނަ ވެ  އަމިއްލަ ވަޒަން ދޫކޮށް އައި ފަސްގަނޑެވެ. އެހެން ނަމަވެސް ހިތުގެ އެއްކަނަކުން އުފާ ފާޅުކުރަމުންދިޔައީ ކީއްވެބާއެވެ.

ކާރުގައި އިންއިރުވެސް މާޔާގެ ނަޒަރު ހުއްޓިފައިވަނީ ބޭރުންފެންނަ މަންޒަރުތަކަށެވެ.  ކާރުގެ ފަހަތު ސީޓުގައި މާޔާއިން އިރު ކުރީ ސީޓުގައި ކައިލް އިނީ ދުއްވަން އިން ނަކީލްއާއި ވާހަކަ ދައްކާށެވެ. އިރުއިރުކޮޅާ ނަކީލްގެ ނަޒަރު މާޔާއަށް ހުއްޓެމުން ދިޔައީ މާޔާއަށް ތައުރީފުކުރާ ހާލުގައެވެ. ހަލާލު އަނބިމީހާ ކައިރީގައި އިންއިރުވެސް ބަލަންވެސް ޖެހެނީ ވަގަކު ވައްކަން ކުރާ އުސޫލުންނެވެ.   މާޔާ ކުއްލިއަކަށް ސީޓްގައި ލެނގިލައި ލޯ މަރާލީ ކުރީގެ ހަދާނެއް އާވުުމުންނެވެ. ނަކީލްއާއި އެކީ މާޔާ އެއާޕޯޓުން ގެއަށް ދިޔުމަށްޓަކައި ކާރުގައި ދަތުރުކުރާތަނެވެ. އެހެންނަމަވެސް މާޔާގެ އުނގުގައި އިނދެގެން ތަންތަން ބަލައި މަޖާވެފައި ވާހަކަދައްކަމުން ދިޔައީ ކޮންކުއްޖެއްބާވައެވެ. އެ ކުއްޖާގެ ހުނުމުގެ އަޑު ސިކުނޑީގައި ހިފާފައިވަނީ މީހާ ހާސްވާވަރަށެވެ. އެއީ ކޮންކުއްޖެއްބާވައެވެ. ހުވަފެންތަކުން ފެންނަ އެކުއްޖާއާއި މާޔާއާއި އޮތީ ކޮންގުޅުމެއްބާވައެވެ.

” އާ ޔޫ އޯކޭ…”ނަކީލް އަށް މާޔާގެ މެރިފައިވާ ދެލޯލާއި ދާހިއްލާފައިވާ މޫނު ފެނުމުން ސުވާލުކޮށްލިއެވެ. އެއަޑަށް ކައިލްވެސް މާޔާއާއި ދިމާލަށް ބެލީ ކަމެއް ގޯސްވީހެން ހީވުމުންނެވެ. މިހުރިހާއިރުވެސް ނަކީލް މާޔާއާއި އަގައިން ބުނެ ނުލާއިރު ކުއްލިއަކަށް އެގޮތަށް ވާހަކަ ދެއްކުމުންނެވެ.

” ހްމްމް… ކުޑަކޮށް ބޮލުގައި ރިއްސަނީ.. މާ ވަރުބަލި ވީމަ ކަންނޭނގެ” ކައިލް އަށް ބަލަމުން މާޔާ ދޮގުހެދީ ނަކީލްއާއި ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. ނޫނީ ނަކީލްއާއި ވާހަކަ ދައްކާނެ ހިތްވަރެއްނެތީމައެވެ. މާޔާގެ ދުރުކަމުން ނަކީލްއަށްވެސް އުނދަގޫ ވިއެއްކަމަކު ކެތްތެރިވެގެން ހުންނަނީ ކިޔާރާއަށް ނޫނެކޭ ބުނުމުން ވެގެން އުޅޭގޮތެއްކަމަށްވިސްނާފައެވެ. ކިޔާރާ ވިޔަސް މާޔާގެ ހިތް ރޮއްވައިފިތާއެވެ. އެހެންކަމުން އެއީ ނަކީލްއަށް ލިބުން ހައްޤު އަދަބެއް ކަމުގައި ނަކީލް ދެކޭތީވެސްމެއެވެ.

” ކުޑަކޮށް ނިދާލަބަ… އެހާވަރަށް ބުނީމެއްނު ފްލައިޓްތެރޭ ފިލްމު ނުބަލައި ނިދަން… ކިޔާ ނަހަދާނެ މީހަކު ބުނާގޮތެއް.. މިހާރު ބަލިވީނު…ދެން..”  ކައިލް މާޔާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރީ ހިތްހަމަނުޖެހިހުރެއެވެ. މާޔާ މޫނުމައްޗަށް ފަޑު ހިނިތުންވުމެއް ވެރިކުރުވީ ކައިލްގެ މާޔާއާއި މެދު ވިސްނާ މިންވަރު ފެނިފައެވެ.

ދިގުދަތުރަކަށްފަހު ޑްރީމް ޕެލަސްް ކުރިމައްޗަށް ކާރުމަޑުކޮށްލުމާއި އެކު ދޮރުހުޅުވިގެން ދިޔައެވެ. ކާރުން ފޭބުމާއި އެކު ނޯކަރުންއައިސް ފޮށިތަށް އެތެރެއެއަށް ވެއްދުމާއި ހަވާލުވީއެވެ. ނަކީލްގެ ދައުވަތާއި އެކު ކައިލްއާއި މާޔާ އެތެރެއަަށްވަނެއެވެ. މާޔާ އާޝޯހްވެފައިވާހާލު އެގެއަށް ބަލަމުންދިޔައީ މިއީ ހަޤީގަތެއްކަން ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. ކައިލްއަށްވެސް ވީހަމަ އެވަރެވެ. އެއީ މާޔާ އާމުކޮށްކުރަހައި އުޅޭގެއާއި އެއްގޮތް ގެއެކެވެ. އެކިފަހަރުމަތިން މާޔާވަނީ އެގޭގެ އެކިތަންތަންކުރަހާފައެވެ. ބޭރުން ފެށިގެން އެތެރެއާ ހަމައަށް ވަކި ތަފާތެއް އެކުރެހުންތަކާއި ނެތީތީ ކައިލްހުރީ އަޖައިބުވެފައެވެ. އަވަސް ނަޒަރެއް މާޔާއަށް ދިން އިރު މާޔާ ހުރީވެސް އެފަދަ ހާލަތެއްގައެވެ. މިއީ ކުރިން ނަކީލް އުޅުނު ގެއެއް ނޫނެއެވެ. އެހެން ކަމަށްވުމާއި އެކު މިގެކުރަހަން މާޔާއަށް އެނގުނީ ކިހިނެތް ހެއްޔެވެ.  މިއީ ނަކީލް ފަހުގެ ލޯބިވެރިޔާއާއި އެކީ އުޅުނުގެ ހެއްޔެވެ. ނަކީލް އެބުނާ މާޔާއާއި އެކީ އުޅުނު ގެ ހެއްެޔެވެ. އެހެން ކަމަށް ވަންޏާ މިގެއާއި މާޔާ ހުރީ ކޮންގުޅުމެއްހެއްޔެވެ. ނުފެންނަ ތަނެއް މާޔާއަށް ކުރަހަން އެނގުނީ މިއާއި ކޮންމެވެސް ގުޅުމެއްއޮތީމަ ނޫން ހެއްޔެވެ. ނަކީލް އާއި ދިމާލަށް މާޔާ ސުވާލުގެ ނަޒަރަކުން ބެލީވެސް އިހްތިޔާރަކާއި ނުލައެވެ. އޭނގެ ބަދަލުގައި ނަކީލް ރައްދުކޮށްލީ ހިނިތުންވުމެކެވެ.

” އެންމެން ތިހެން ތިބޭނީތަ… ދާންވީނު ފެންވަރައިގެން އަރާމުކޮށްލަން… ސައި ފޮނުވާނަން ރޫމަށް… އޯކޭނު.. ” ނަކީލް ކޮޓަރި ހުރިތަން ދެއްކުމަށްފަހު ބުނެލީ މާޔާއަށް ވިސްނާފައެވެ. ކާރުތެރޭގައި އެހާ ބަލިކޮށް އުޅުމުން އަރާމުކޮށްލުން ކޮންމެހެންވެސް މުހިއްމުވާނެތީއެވެ.  ” މިއީ އަމިއްލަ ގެ ކަމަށް ހީކޮށްލާ..” ނަކީލް ހާއްސަކޮށް މާޔާއަށް ބަލަން ހުރެ އެހެން ބުނެލިގޮތުން މާޔާގެ ހަށިގަނޑުގެ ހިމަ ނާރަށްވެސް އަސަރުކޮށްފިއެވެ. ނަކީލް މާޔާއަށް މަލާމަތްކުރަނީ ހެއްޔެވެ. ނަކީލްގެ ލޯބީގެ ގަނޑުވަރުގެ ރާނީއަކަށް މާޔާ ނުވާއިރު މިގެ އަކީ އަމިއްލަ ގެއެއްކަމުގައި ދެކެވޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ.

މާޔާ ކޮޓަރިއަށް ވަނުމަށްފަހު ފެންވަރައި ތާޒާވެލައިގެން އެދުގައި އޮށޯތީ ބޭސްގުޅައެއް ކައިގެންނެވެ. ބޮލުގައި ރިހުންނުފިލާތީ އަރާމޮށްލަން ބޭނުންވީއެވެ.  ހީކުރި ގޮތާއި ހިލާފަށް މިގެއިން މާޔާއަށް ބީރައްޓެހިކަމެއް އިހްސާސްނުވިއެވެ. އެހެންނަމަވެސް ކޮންމެތަނަކުންވެސް ދެކެފަރިތަ ގޮތެއް ހުރީތީ މާޔާއަށް އުދަނގޫކުރަމުންދާ ސުވާލުތަށް އިތުރުވިހެން ހީވިއެވެ. މާޔާ ހަދާން ވާންޖެހޭ މުހިއްމު ބަައެއް އަދިވެސް ހަދާންނުވަނީއޭވެސް ހިތްބުނާކަހަލައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު އެކަންދޮގުކުރަނީ އެއީ ވާނެކަމަކަށް ނުވާހެން މާޔާއަށްހީވާތީއެވެ. ނަކީލްމާޔާ ދުރަށްލީ އަލުން އެހަޔާތަށް ގެންނާނެ ގޮތަކަށްނޫންވިއްޔާއެވެ.  ލޮލުން ފޭދުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލާ ރަޖާގަނޑުތެރޭ ބޮޑިވެލީ ހިތުގެ ރިހުން ކުޑަވޭތޯކަންނޭގެއެވެ. ބޮލުގައި އަޅާ ވޭނަށްވުރެ ހިތުގައި އުފެދިފައިވާ ރިހުން މާ ވަރުގަދައައެވެ.

ނަކީލް އެދުގައި އޮށޯވެލައިގެން އޮތީ ފާރުގައި ސައިޑް ޓޭބަލް މަތީ އިން މާޔާގެ ތަސްވީރު އަތަށް ނަގައިގެންނެވެ. ” އައި ފައުންޓް ޔޫ މައި ކުއީން… މި ގޭގެ ރާނީ މިގެއަށް ގެނެވިއްޖެ މިހާރު… ޔޫ އާ ބެކް… ހަމައެކަނީ މަދީ އަހަރުމެންގެ ކުޑަކުޑަ ޕްރިންސް… ” ނަކީލް ލޮލުން ވެއްޓުނު ކަރުނަތިކި ފޮޓޯގައިހުރި ނަތީޤްގެ މޫނުގައި ޖެހުމުން އަތުން ފޮހެލީ ލޯތްބާއި އެކުގައެވެ. ހީވަނީ އެކުޑަކުޑަ ނަތީޤްގައިގައި ފިރުމާހެންނެވެ. ” އަވަރ ކިންގްޑަމް ވިލް ނޮޓް ބީ ސޭމް އޭސް ބިފޯރ ވިތް އައުޓް ޔޫ ..” ނަކީލް ފަޑުހިނިތުންވުމެއް ވެރިކުރަމުން އެހެން ބުނެލީ ފޮޓޯގައި ނަތީޤްހުރިތާގައި އަތްލަމުންނެވެ. ” އެކަމަކު މިހާރު ކޮއްކީ މަންމި އައިއްސި ޑެޑީ ކައިިރިއަށް… ދެން ދެމީހުނާ ދުރަށް ދެވުނަ ނުދޭނަން… މަންމިއަށް އެއްވެސް އެއްޗެއް ހަދާންނުވިޔަސް އަބަދުވެސް ހަދާންކުރާތި ކޮއްކޮދެކެ މަންމީ ވަރަށް ލޯބި ވާކަން..” ނަކީލް ދައްކަމުންދިޔަ ހިތްދަތިވާހަކަތަކުން އެހިތަށްކޮށްފައިވާ އަސަރު ހާމަވާފަދައެވެ. އެކުޑަކުޑަ އާއިލާ ދެން އެއްނުވިކަމުގައި ވިޔަސް ނަކީލްގެ ހަޔާތަށް އަލުން މާޔާއައީ އެކުޑަކުޑަ ނަތީޤްމެދުވެރިއަކަށް ވުމުންނެވެ. އެފުރާނަ އެދެމެދުގައި ނެތަސް އެ ހަދާންތަކާއި ދުރުނުވެވޭނެކަން ގައިމެވެ.

………………………………………………………………………………

ދުވަސްތަށް ފާއިތުވަމުން ގޮސް ހަފްތާއެއް ވީއިރު ނަކީލްއާއި މާޔާގެ ކުދިކުދި ކޯޅުންތަށްވެސް އިތުރުވެފައިވާފަދައެވެ. ކައިލް އެތަށް މަސައްކަތަކުން އެމީހުންގެ ދުރުކަން ކަޑުވަން ކުރާ މަސައްކަތް ބޭކާރުވަނީ މާޔާގެ ހުންނަ ގޮތްދޫނުކުރާ އާދައިގެ ސަބަބުންނެވެ. އަބަދުވެސް ނަކީލްއާއި ދިމާލަށް ކޮންމެވެސް އެއްޗެކޭ ކިޔައި ދެރަކޮށްލެވޭތޯ ބަލަނީ ހިތަށް ހަމަޖެހުންލިބޭތޯއެވެ. އެހެންނަމަވެސް އޭގެއިން ޒަހަމްވަނީ ދެހިތެވެ. ނަކީލް އެކަމާއި ކިތަންމެ ދެރަވިކަމުގައިވިޔަސް ހަމަ އެގޮތުގައި ކުރިއަށްދަނީ މާޔާގެ ހައްޤުގައެވެ. އެތަށް ފަހަރަކު ހަޤީގަތް ހާމަކުރަން ބޭނުންވިއެއްކަމަކު މާޔާއަށް ދެރައެއް ދޭކަށްނޭދޭތީ ނަކީލްއަށް މަޖްބޫރުވަނީ ހިމޭންކަން އިހްތިޔާރުކުރާށެވެ. މާޔޫސް ވިކަމުގައިވިޔަސް އުއްމީދުކުރެވެނީ މާޔާގެ ހަދާންތައް ވީހާވެސް އަވަހަށް އާވުމަށެވެ. ނަކީލްގެ އުފާވެރި ދިރިއުޅުން ނަކީލްއަށް އަލުން ލިބޭނީ އޭރުންކަމަށްވީތީއެވެ.

ނަކީލް މާޔާއާއި ކައިލްއާއި އެކީ ނަކީލްގެ މަންމަމެން އުޅޭ އިމާރާތަށް ދިޔައީ ނިހާލް ގުޅާފައި ބައްދަލުކުރުމަށް ބުނުމުންނެވެ. ނިހާލްއަކަށްވެސް ނަކީލްއާއި އެކީ އިތުރު ބަޔަކު އައިކަމެއްނޭނގޭނެއެވެ.  ކާރުން ފޭބުމާއި އެކު މާޔާގެ ހަރަކާތްތަކަށް ނަކީލް ބަލަންފެށީ އެ ތަނަކީ އެތަކެއް ހާދިސާތަކެއް ހިގާފާއިވާ ތަނަކަށްވާތީއެވެ. މާޔާއަށް އެއްޗެއް ހަދާންވާނެކަމުގެ އުއްމީދާއި އެކުވެސްމެއެވެ. އެހެންނަމަވެސް އެހިތުގައި އެވަރަށް ބިރުވެރިކަން އޮތީ އޭނގެ ސަބަބުން މާޔާއަށް ވެދާނެގޮތެއް ހިތަށް އަރުވާލަންވެސް ދަތިވުމުންނެވެ.  މާޔާ އެއިމާރާތަށް ބަލަން ހުރީ ބިރެއް ފެނިގެން ބަލާ އުސޫލުންނެވެ. މިއީ ހުވަފެންނުން ކުއްޖާވެއްޓޭ ތަނެވެ. ޖެހިލުންވެ ހުރެ އެތަނަށް ބަލަމުން ދިޔައީ އެއްޗެއް ސިފަވާހެން ހީވުމުންނެވެ. މާޔާ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ނަކީލް މާޔާއަށް ގޮވާލުމުންނެވެ. އެއާއި އެކު ކަރުނައިން ފުރިގެންވާ ލޮލަކުން މާޔާ ނަކީލްއަށް ބެލީ ހިމާޔަތަށް އެދޭ ހާލުގައެވެ. އަތުގެ އިޝާރާތުން ނަތީޤްވެއްޓުނުތަން ދެއްކީ ތުރުތުރުލާ ހާލުގައެވެ. ނަކީލްގެ ކެތްތެރިކަން ކޮޅުންލީ އެހާވަރަށެވެ. އަވަސް އަވަހަށް ހިނގާފައި ގޮސް މާޔާ އެއަތުގެ އެެތެރެއަށްލާ ހިމާޔަތްދިން އިރު އެލޮލުންވެސް ކަރުނަތަށް ވިދަމުންދިޔައެވެ. އެދެއަތުން ހިމާޔާތްދޭން އިންތިޒާރުކުރާތާ މިއީ ކޮންޒާމާނެއްހެއްޔެވެ. މާޔާ ނަކީލްގެ މޭގައި މޫނުފޮރުވައިގެން ހުރި އިރު އަވަސްވެފައިވާ އެހިތުގެ ހިނގުން ނަކީލްއަށް އަޑުއިވޭފަދައެވެ. މާޔާ ބިރުގެންފައިވާ ވަރު އޭނގެއިންވެސް ހާމަވެއެވެ.މިތަނަށް މާޔާ ގެނެވުނީތީ އަމިއްލަ ނަފްސަށް އެތަކެއް ފަހަރަކު އަޑުލައި ހެދިއެވެ. ހުވަފެނަކުންވެސް މީގެ ހަދާނެއް މާޔާ ވުން ނޭދޭތީއެވެ. އެ ހިތާމަ ދެވަނަ ފަހަރަށް މާޔަ ކުރުވުމަށް ނޭދޭތީއެވެ. ” ސޮރީ … އިޓްސް އޯކޭ ޕްރިންސަސް..” ނަކީލް މާޔާގެ ނިތުގައި ތުންފަތް ޖައްސާލަމުން ބުނެލީ ހިތްދަތިވެފައިވާހާލުގައެވެ. ނަކީލް ބޭނުންވިޔަސް ނުވިޔަސް މި ކަންތަކާއި މާޔާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާންޖެހޭނެކަން އިނގޭތީއެވެ.

ދުރުގައި ކައިލްވެސް ހިނިތުންވެފައި ހުރީ އެދެމީހުންނަށް ބަލާށެވެ. ކުޑަހިދުކޮޅަކަށް ނަމަވެސް ދެމީހުންގެ ދެެމެދުގައި އޮތްދުރުކަން ކެނޑިފައިވީތީ އުފާކުރިއެވެ. ކައިލް އެތަކެއް ދުވަހަކު ހޯދަމުންއައި ސުވާލުގެ ޖަވާބު މިއަދު ކައިލްއަށް ލިބުނުފަދައެވެ. މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުންފުޅާވީ އޭގެ ސަބަބުން ރަގަޅުކުރި އެރުމެއް ލިބޭނެހެން ހީވާތީއެވެ. އެގޭގައި ފޮރުވިފައިވާ ސިއްރެއްގެ ބޭނުންކޮށްގެން ކައިލްގެ އަމާޒަށް ވާސިލްވެވިދާނެ ކަމުގެ ފެހި ސިގްނަލް މިއަދު ފެނިއްޖެއެވެ. ނަކީލް ކިޔައިދިން ވާހަކަތަކުންނާއި މިއަދު މާޔާ އަށް އައި ކުއްލި ބަދަލުގެ ތަކާއި އެ ސިއްރާއި ގުޅިފައެވެއެވެ. ނަކީލް މާޔާއަށް އެ ސިއްރުކުރާ ފަރާތް މާޔާއަށް ތައާރަޕްކޮށްދޭދުވަސް ކައިިރިވީއެވެ. ކޮންމެ ގޮތެއްވިޔަސް އެދުރުކަމާއި އެ އަދިރިކަން އެ ހަޔާތުން ކަޑުވަން ކައިލް ބޭނުންވެއެވެ. ކިތަންމެ ބޮޑު ރިސްކެއް ނަގަން ޖެހުނަސް ހެޔޮކަމަށް ނިންމީ އެހެންވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 11

Next

ޢެދެމޭ އުފާ…..(26)

Next
October 5, 2017

ޢެދެމޭ އުފާ…..(26)

Previews
October 5, 2017

ލޯބިން ހިނިތުންވެލާށޭ 11

15 Comments!

  1. song joong ki..KOREAN says:
    October 5, 2017 at 10:00 pm

    yeyys me first??

    1. writer says:
      October 5, 2017 at 10:04 pm

      Writer ah vure kurin thi first hoadhy..hehe… congrat…

    2. song joong ki..KOREAN says:
      October 5, 2017 at 10:09 pm

      haha mee aslu varah kiyaa hithun kiyaa story eh.. vv reethi 😉 ehveema writer ah vure kurin hama first libidhaanu dho 😀 anyways, this part is obiness… whn nxt part???? waiting,.. 🙂

  2. writer says:
    October 5, 2017 at 10:01 pm

    Here is a teeny tiny part for readers….hope u enjoy it… mirey liyevunu varah hithah ery upload kohlaany ey… have a goodnight

  3. Xxxx says:
    October 5, 2017 at 10:07 pm

    Wooooow..???????v.nice…..waiting 4 next part..keep it up??????

  4. Aimsithu says:
    October 5, 2017 at 10:07 pm

    Wow..varah reethi mi part ves

  5. annoying reader says:
    October 5, 2017 at 10:08 pm

    yay i am first tha? varah reethi mi bai ves, finally bust vaan ulheyhen eba heevey, din din hiy ves eba thelhey 😀 please bring maya and keel together. waiting for the next part tnq writer

    1. writer says:
      October 6, 2017 at 11:40 am

      Hehe..higaa dhw balaalama vaagoetheh… dhn mi nimeny vaahaka

  6. Maiii says:
    October 5, 2017 at 10:42 pm

    Vrh vrh reethi…?? hyvany hihvx beyrah nikunnan ulheyhen birun goss… ey writer keel mennah baby eh nulibenis vaahaka nunihmahchey plxx… ehen noony kingdom furihama vx nuvaane…??mi buru kuda kuda princess eh maii kahala… plxxxxx writer plxx…

    1. writer says:
      October 6, 2017 at 11:39 am

      Hehe… lets see dhe…next part liyevunu ha avahahkah genesdheynan ingey

  7. Reet says:
    October 5, 2017 at 10:55 pm

    v reethi vahaka eh mi ekamaku up kuraaleh lass vaney please please thankolheh avahah up kohdhee bala

    1. writer says:
      October 6, 2017 at 6:03 am

      I ll try

  8. click a shot ? says:
    October 6, 2017 at 9:45 am

    Varah reethi mi part ves… when next part..waitting…ly..??kail alun edhemyhun gulhuvadhene dhw..nakeel maaya ah eforuvany konfaraarhetha…☺️

    1. Shailaa says:
      December 3, 2018 at 11:06 pm

      No idea??

  9. Anee says:
    October 6, 2017 at 1:56 pm

    V v reethi thankolhe dhigu koladeebala

Comments are closed.

Next Episodeދުރުގައިވިޔަސް 36 ވަނަ ބައި←


All Right Reserved!